“މަޙަމް ދެން އަންނަނީ ޙަލީލުބެމެން ގެޔެކަށްނު. މިހާރު ދެން ތީ އެގޭ ކުއްޖެއްނު.” އަހަރެންގެ ބޮލުގެ ތެރޭގައި އެޖުމުލަ ތަކުރާރުކޮށްލެވުނީ އެނޫން މާނައެއް ނަގައިގެނެވޭތޯއެވެ. އަހަރެން ފުން ނޭވައެއްލީ، މިހުރެވެނީ މެހެމާނުންގެ ކުރިމަތީގައިކަން އަމިއްލަ ހިތައް ވިސްނައިދެމުންނެވެ. އެންމެ ކުޑައިރުއްސުރެ އަހަރެންގެ މައިންބަފައިން ދަސްކޮށްދިން އެއްކަމަކީ މީހުންގެ ކުރިމަތީގައި އަމިއްލަ އިޙްސާސްތައް ކޮންޓްރޯލްގައި ހިފެހެއްޓުމުވެ. އާއިލާގެ ޤަދަރާއި ޢިއްޒަތުގެ ކުރިމަތީގައި އަހަރެންގެ އިޙްސާސްތަކުގެ އެއްވެސް އަޤެއް ނޯވެއެވެ. ގަދަކަމުން ހިނިތުންވެލުމަށްފަހު އަހަރެން ކޮޓަރިއަށްގޮސް ދޮރު ލައްޕާލީމެވެ. ކޮޓަރިއަށް […]
ވަރުބަލިކަން ވެރިވެފައިވާ މޫނު ހައިރާންކަމުން ފުރާލީ ފޯނަށް ސިމު ލެއްވުމާއެކު ނޮޓިފިކޭޝަން އިން ފެނުނު މެސެޖުންނެވެ. “ސޮރީ- ޒައީން” އަހަންނަށް އަނެއްކާވެސް އެމެސެޖު ކިޔާލެވުނެވެ. ދޭނެ ޖަވާބެއް އަހަރެންގެ ހިތަކު ނެތެވެ. ޒައީންއާ ބެހޭގޮތުން އަހަންނަށް އެންގެނީ ކޮންއެއްޗެއްބާއޭ؟ މިއީ އޭނާގެ ރުހުމުގައިކުރެވޭ ކަމެއް ކަމާމެދުވެސް އަހަންނަށް ޝައްކެވެ. ބަލާލަން ހުތުރީއެއްނޫނޭ، ނުވިތާކަށް ޑޮކްޓަރެކެވެ. އޭނާއަށް ނުލިބޭނީ ވަކިކާކުހެއްޔެވެ؟ ދެން ބީރެއްޓެއްސަކާ ކައިވެންޏަށް އިޤްރާރުވުމުގެ ބޭނުމަކީ ވަކިކޮބާ ބާއޭ ހިތާހިތުން އަހާލެވުނުވެ. މާލަސްތަކެއްނުވެ އެމެސެޖާއި ވިދިގެން އަނެއް […]
ދޮޅު އަހަރު ކުރި އަނބުރާ ރާއްޖެ އާދެވުމުގެ އިންތިޒާރުގައި އަހަރެން ހުރީ ދުވަސް ގުނާލަ ގުނާލައެވެ. މިއިންތިޒާރަށް ނިމުމެއް އައީ އަހަރެން ބެޗްލަރސް ޙާޞިލްކުރަމުންދިޔަ ލިޓްރެޗަރ އެންޑް އަރޓްސް ކޯސް ފުރިހަމަކޮށް ނިމުމުންނެވެ. 3 އަހަރުގެ ޑިގްރީ 5 އަހަރަށް ދެމިގެން ދިޔައީތީ އަހަރެންނަށް ކޯސް ފުރިހަމަ ކުރެވުނީ އެކުގައި ކިޔެވި ކުދިންނަނަށް ވުރެ މާފަހުންނެވެ. ދިރިއުޅުން އަހަރެން ގެނެސް ބެހެއްޓީ އެފަދަ މަންޒިލެއްގައެވެ. އެއްރޭގެ ތެރޭގައި ދިރިއުޅުން އެފުއް މިފުއްވެގެން ދިޔައީއެވެ. އެރެއަށްފަހު… އެހުރިހާކަމަކަށްފަހު އަހަރެންނަށް […]
“ދުވަސް އޭގެ ޒާތުގައި ބަދަލުވަމުންދިޔައެވެ. އިރު އޭގެ ޒިންމާ އެންމެ ފުރިހަމަ އަށް އަދާކުރަމުންދިޔައީތާއެވެ. އަހަރެއް ވޭތުވީއެވެ. ހުޅަގު މޫސުން އަތުވީއެވެ. މުޅި އަހަރުގެ މަސައްކަތުން އެއްކުރުވި ހިތް، ވިއްސާރައިގެ އެންމެ އަލާމާތަކާއި އެކު ފަނާކޮށްލީހެއްޔެވެ؟ މިސްރާބެއް ނެތް ހިތުގެ ބަދަލުގައި ބަދަލަވަމުންދާ ވަޔާ އޮއެވަރު ކުއްވެރިކުރަން ފަސޭހައީއެވެ.” ފޮތުގައި ލިޔަންހުރި ޖުމްލަތައް ކުރުކޮށްލީ ދެން އެދެލިން ލިޔެވޭނީ ދުވަހަކު ދުލުން ބަޔާންކުރަން ބެނުންނުވާނެ ޖުމްލަތަކަކަށް ވެދާނެތީއެވެ. މަޑުމަޑުން ގަލަން ބާއްވާލީމެވެ. އަހަރެންނަކީ ލިޔުންތެރިޔަކީމެވެ. އަހަރެންގެ ނަޒަރުގައެވެ. […]