ބޭރުގައި އިނުމަށްފަހު ސަމީރު އިރުކޮޅަކު ޚަދީޖާ ކައިރިއަށް ވަނެވެ. އޭރުވެސް ޚަދީޖާގެ މޫނުމަތިން ފެންނަމުންދަނީ ކޮންމެސް ފިކުރެއްގާ ވާފަދަ އިޝާރާތެކެވެ. އެނދު ކައިރިޔަށް ޖެހިލަމުން ސަމީރު އޭނާގެ މަންމައަށް މަޑުމަޑުން ގޮވާލިއެވެ. “މަންމާ. އަހަރެން މިތާ އިނަސް އެންމެ ރަނގަޅުތަ؟” ސަމީރު ޚަދީޖާގެ ކިބައިިން ހުއްދައަށް އެދުނެވެ. އެޔާއެކު ޚަދީޖާ މަޑުމަޑުން ބޯ ޖަހާލިއެވެ. އިތުރު ވާހަކައެއް ދައްކަން ބޭނުން ނުވުމުން ޚަދީޖާ އަނެއްކާވެސް މާޒީގެ ތެރެއަށް ފީނަން ފެށިއެވެ. މަސްދުވަސް ވަންދެން ކަނޑުމަތީ އުޅުމަށްފަހު ސަމީރު […]
*ނީޝަލް ކޮނޑާއި ހަމައަށް އަރާވަރުގެ ވަށާފާރު މަތީގައި ބަހައްޓާފައި ހުރި ކުޑަ ދަބަސް ނަގަންވެގެން އަތް ދިމާކޮށްލި ތަނާހެން މީހެއްގެ ގައިގައި ލައިގަތެވެ. ދުވެފައި ދިޔަ އިޒްކާންއަށް މީހެއްގެ ގައިގައި އޭނާ ޖެހުނުކަމުގެ އިހުސާސް ކުރެވުނެވެ.* ލިބުނު ސިހުމާއި އެކީގައި ނީޝަލްއަށް ފްރެންޗް ބަހުން ދެތިން ޖުމްލައެއް ބުނެލެވުނެވެ. ނީޝަލްއަށް ވެއްޓެންދިޔަ ވަގުތު ހިފާ ބާރުކޮށްލެވުނީ ކުރިމަތީގައި ހުރި މީހާގެ ޓީޝާޓުގައެވެ. އިޒްކާންއަށްވެސް ބޭއިޚްތިޔާރުގައި ކުރިމަތީހުރި ކުއްޖާގެ ކޮނޑުގައި ހިފާ ކުއްލިއަކަށް ގަޔާ ކައިރި ކޮށްލެވުނެވެ. އެކުއްޖާ […]
ކޮރެއާ މެޗުގައި ސަޕޯޓަރުންގެ އަޑު އިވުމާއި އަމިއްލަ ފަސްގަނޑުގައި ސަޕޯޓަރުންގެ އަޑު އިވުމުން ކުރެވޭ އިޙްސާސްތައް ތަފާތު ވިއެވެ. ބެންޗުގައި އިންނަން ޖެހުނު ނަމަވެސް އިޝަލްގެ ހިތަށް ބަޔާން ކުރަން ދަތި ހަމަޖެހުމެއް ލިބެމުން ދިޔައެވެ. ކޮންމެސް ދުވަހަކުން އަދި ސަޕޯޓަރުން ކުރިމަތީ ރާއްޖޭ ޤައުމީ ޓީމަށް ކުޅެ ދިނުމުގެ ހުވަފެން ދެކެން ފެށުނެވެ. އެ ދުވަސް ވީ މާ ދުރުގައި ނޫންކަން ހިތްބުނަމުން ދިޔައެވެ. އޭނާ ޖެހޭނީ ކެތް ތެރިކަމާއެކު އެ ދުވަހަށް އިންތިޒާރުކޮށް އެ […]
ޒޯޔާ ޒަފަރް އާ ކައިވެނި ކުރަން ނިންމި ޚަބަރު ލިބުމާއެކު ސޯބިރާއަށް ލިބުނީ ހައިރާންކަމެވެ. ވަޤުތުން ދަރިފުޅު ކުރެން އިތުރަށް އޮޅުން ފިލުވަން ސޯބިރާ އެތަކެއް ސުވާލެއް ކުރަން ފެށިއެވެ. ނަމަވެސް ޒޯޔާ އެއްވެސްކަމެއް ހާމައެއް ނުކުރެއެވެ. ދިރިއުޅުމުގައި ކުރިމަތިވެފައިވާ މަޖުބޫރީގެ ހާލަތު މަންމައަށް އަންގާކަށް ޒޯޔާ ބޭނުމެއް ނޫނެވެ. ޒޯޔާގެ ފަރާތުން އެދެވޭ ޖަވާބެއް ނުލިބުނު ނަމަވެސް ސޯބިރާގެ ސިކުނޑިވަނީ ހާސްކަމެއްގެ ތެރޭގައެވެ. ކުއްލި ގޮތަކަށް އޭނާގެ ދަރިފުޅު ޒަފަރް އާ ކައިވެނި ކުރަން ނިންމި […]
މެންދުރުގެ ހޫނުގަދަ ވަގުތެވެ. ގޭތެރޭގައި މީހުން ގިނަވެ އަޑުފަށްގަޑުވަނީ ގަދަވެފައެވެ. ރައްޓެހިންނާއި ތިމާގެ މީހުންނާއި އެމީހުންގެ ދަރިންނެވެ. ސްޕީކަރު ތަކުން ޖަހަމުންދާ ލަވަތަކާ، ހުޅުވާފައި ހުރި ޓީވީގެ އަޑެވެ. ގޭގައި ދުވެދުވެފައި އުޅޭ ކުޑަކުދިންތަކާއި، ސިޓިން ރޫމުގައި ތަންތަންކޮޅުގައި ގޮނޑިޖަހައިގެންތިބި ޒުވާންކުދިންގެ އޮލަވާހަކާއިގެ އަޑާއި އެކު އެމީހުންގެ ހުނުމުގެ އަޑުން މާހައުލަށް ވެރިވެގެން އުޅޭ އުފާވެރިކަން އިތުރުވެގެންދެއެވެ. އޭރު ބަދިގޭގައި ހެދިކާ ހަދާ މީހުން ހެދިކާހަދަނީއެވެ. ތަށިތައް ހިފައިގެން ދެކޮޅަށްދުވާމީހުންވެސް މަދެއްނޫނެވެ. އެއްފަހަރު ކާއެއްޗެހި އަޅާފަހުރި ތަށިތަކެވެ. […]
ލީންގެ މަގަތުގައި ލަމްހާވެސް އޮށޯންނަން އުޅެނިކޮށް އޭނާގެ ފޯނު ރިންގުވިއެވެ. “ކީކޭ އޭޝްލީ؟” އޭޝްލީ ގުޅުމުން ލަމްހާ ކުޑަކޮށް ހައިރާން ވިއެވެ. “ލަމް.. އާދެބަލަ ވަރަށް އަވަހަށް.. ސުހާން” އޭޝްލީ އަޑު އައީ ކެނޑިގެންނެވެ. “ސުހާންއަށް ކިހިނެއްވީ؟” ލަމްހާގެ ހާސްވެ ބިރުގަތް ވަރުން އޭނާގެ މޫނު ހުދުވިއެވެ. **** “ސުހާން ހޭއަރާފި.. ހީ ވޯކް އަޕް” އޭޝްލީގެ އަޑުންވެސް އޭނާ އުފާވެފައި ހުރި ވަރު ދޭހަވެއެވެ. “އަސްލުވެސްތަ.. އޯކޭ އަހަރެން މިދަނީ” ލަމްހާ ފޯނު ބޭއްވިއިރު އެތުންފަތް […]
“ޒިއާމްއާ ޒިއާމްގެ ލޯތްބާ ދެމެދު ހުރަހަކަށް ވެގެން ހުންނާކަށް އަހަރެން ބޭނުމެއް ނޫން. ޒިއާމްއާ ދޭތެރޭ އަހަރެންގެ ހިތުގަ އެއްވެސް ބުރަ ކަމެއް ނެތް. އަހަންނަށް އެނގޭ ޒިއާމްއަށް އަހަރެން ދެކެ ލޯބި ނުވެވޭނެ ކަން. އެއަށް ވުރެ މާ ބޮޑަށް ޒިއާމް އޭނަ ދެކެ ލޯބި ވަނީ. އަހަރެން ޒިއާމް ހިފަހައްޓާކަށް ބޭނުމެއް ނޫން. އައި ވޯންޓް ޔޫ ޓު ބީ ހެޕީ. ޒިއާމް އޭނަ ދެކެ ލޯބި ވަންޏާ މަސައްކަތް ކުރޭ އޭނަގެ ހިތް […]
އާޒިމްއާއެކު ހޯލުން ނުކުތް ސުހާންގެ ފައިން ވަރު ދޫވެ ތިރި ވެވުނެވެ. މޭގައި އަތް އަޅާލެވުނީ ނޭވާ ލާން ދަތި ވެގެންނެވެ. “ސުހާން؟ ކިހިނެއްވި؟” އާޒިމް ހާސްވެފައި ބުނެލިއެވެ. ސުހާންގެ ބޮލަށް ބަރުވެ ރިއްސަން ފެށިއެވެ. ނާށިގަނޑު ފަޅާލާފައި ސިކުނޑި ނުކުންނަން އުޅޭ ހެން ހީވާން ފެށިއެވެ. ސުހާން އަތުލަފިކޮށްގެން ތިރިއަށް ފޭބުނީ ކިރިޔާއެވެ. ނަމަވެސް ކާރާ ހަމައަށް ދެވެން ވާއިރަށް ސުހާންގެ ހަބަރު ހުސްވެގެން ބިންމައްޗަށް ވެއްޓުނެވެ. **** އެމާޖެންސީ ރޫމުގެ ބޭރުގައި އާޒިމް ދެފަރާތަށް […]
ކޮޓަރި ތެރެއަށް ވަދެގެން އައި ޒޯޔާގެ މޫނުމަތީގައި އެއްވެސް ދިރުމެއް ނުވެއެވެ. އެތެރެއިން ދޮރުލައްޕާލުމަށްފަހު ކަނޑާ ވައްޓާލި ރުކެއްހެން އެނދުމައްޗަށް ޒޯޔާ ވެއްޓިގަތެވެ. އެހިނދު ކޮޓަރީގެ ހަތަރު ފާރު ތެރޭގައި ހަރުލައިގެން ދިޔައީ ޒޯޔާގެ ރުއިމުގެ އަޑެވެ. ބަންޑުން އޮވެ ގިސްލަމުން ދިޔަ ޒޯޔާ އެނދުގައި އަޅާފައި އޮތް މެޑުޝީޓުގައި ހިފަހައްޓާ އަތުގެ ތެރެއަށް ބޮނޑި ކޮށްލިއެވެ. އިރުއޮއްސުނު ވަޤުތުން ފަށައިގެން ވެދިޔަ ހުރިހާ ކަމެއް އެސިކުނޑީގައި އެނބުރެމުން ދިޔައިރު ބޯ ފަޅާ ސިކުނޑި ނިކުންނަން އުޅޭހެން […]