*”އަހަރެން މިދަނީ ނާއިމް ކައިރީ ވެސް ސޮރީ ބުނަން. ހަމަ ހަގީގަތުގައި ވެސް އަހަރެން ވަރަށް ދެރަ ވެއްޖެ އަހަރެންގެ ސަބަބުން މިކަހަލަކަމެއް ވީމަ.” ހާނިޔާ އަށް އިތުރު އެއްޗެއް ބުނުމުގެ ފުރުސަތުނުދީ އަހަރެން ނާއިމް ކައިރި އަށް ދިއުމަށް ހިނގައިގަތީމެވެ.* އަހަރެން ގޮސް ނާއިމް އަށް ހުރިހާ ވާހަކަ އެއް ކިޔައިދިނީމެވެ. “ހާނިޔާ އަށް ކެރިއްޖެއްނު ޒީވާ އަށް އެއްޗެހި ކިޔަން. އޭނަ އެއް ނޫންތަ މީހުންގެ ދޭތެރޭ ޖައްސަން އުޅެނީ. އޭނަ އެހެން އުޅޭއިރު […]
ހަ އަހަރު ދުވަސް ފާއިތުވެގެން ދިޔަ ކަމުގައި ވިޔަސް، ‘ރަންމުތް ހޯލްޑިންސް’ ގެ ކޮންފެރެންސް ރޫމަކަށް އެއްވެސް ބަދަލެއް ނާދެއެވެ. އިންޑިޔާ ކަނޑު ހާމަކޮށް ފެންނަ ގޮތަށް ހަދާފައި އިން ބިއްލޫރި ފާރެވެ. ހަމަ އެ ހަތަރެސްކަން ބޮޑު މޭޒެވެ. އެ މޭޒުގެ ދެ ފަރާތުގައި ޖުމުލަ އަށް ގޮނޑިއެވެ. މޭޒުގެ ކޮޅުގައި އެންމެ ގޮނޑިއެކެވެ. އެހެނަސް، އެކޮޓަރީގެ މާހައުލު އޮތީ ބަދަލުވެފައިއެވެ. އެސީގެ ފިނި ހޫނުމިން އިނީ ތޭވީސް ޑިގްރީގައެވެ. ބިއްލޫރި ފާރުން، މެންދުރުގެ ގަދައަވި […]
*އިރުކޮޅަކުން އެންމެން ކައިވެނީގެ ހަފްލާ ބާއްވަން ހަމަޖެހިފައިވާ މާލަމަށް ދިޔަ އެވެ. އެތަން ވެސް ވަނީ އެކި ނޫކުލައިގެ މާތަކުންނާއި ފޮތިތަކުން ޒީނަތްތެރި ކުރެވިފަ އެވެ. މައިހާ އާއި ރީހާން މެހެމާނުންނަށް މަރުހަބާ ކިޔަން ދޮރުކައިރީ ކުޑަ ސްޓޭޖެއްް ހަދައިފައި ޒީނަތްތެރި ކޮއްފައި ހުއްޓެވެ. އެކިހިސާބުގައި މޭޒު ބަހައްޓައި ގޮނޑި އަތުރާފައި ހުއްޓެވެ. ކޮންދިމާލަކުން ވެސް ފެންނަނީ ފުރިހަމަ ކަމެވެ.* “މިން! އައިސް ބަލަ!” މާޔާ އާއި ހަނާ އަދި މިންނަ އާއި އެކު މިންހާ ފޮޓޯ […]
ސަލާމް ކިޔުންތެރިން… ފުރަތަމަ ކަމަކަށްވެސް މިބައި ލަސްވީތީ ހުރިހާ ކިޔުންތެރިންގެ ކިބައިންވެސް ނިހާޔަތަށް މަޢާފަށް އެދެން. 66 ވަނަ ބައިގަ އަދި އަޅުގަނޑުގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ތަކުގައިވެސް އަޅުގަނޑުގެ އަތަށް އަނެއްކާވެސް ސީޓީއެސްގެ އުނދަގޫ ކުރާލެއް ބޮޑު ވުމުގެ ސަބަބުން، ވާހަކަ ލިޔަން އުނދަގޫ ވާހަކަ ވާނީ ހިއްސާ ކޮށްލާފައި. އަތް އައްސި ވުމުގެ ސަބަބުން މިވަގުތު އަޅުގަނޑު މިއުޅެނީ އަނެއްކާވެސް ‘ރިސްޓް ބްރޭސް’ ވެސް އަޅައިގެން. އަދި އޭގެ އިތުރުން ހަމަ އެ އަތް […]
*ޖެހިގެން އައި ދުވަސްތަކުގައި މިންހާ ގުޅުމުން ވެސް ނާއިލް ފޯނެށް ނުނަގައެވެ. މެސެޖު ކުރަމުން ވެސް ޖަވާބެއް ނުދެ އެވެ. އޭނާ އެއްވެސް ވަރަކަށް މިންހާ އާއި ވާހަކަ ދައްކާކަށް ބޭނުމެއްނުވި އެވެ. މިންހާ ހުރީ އެކަމާ ވަރަށް ބޮޑައް ހިތުގައި ޖެހިފަ އެވެ. *7 އަހަރު ފަސް* ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އަރައިވަލް އިން ނުކުމެގެން ދިޔަ ހުދު އަތްދިގު މަތިކޮޅަކާއި މަޑު ނޫކުލައިގެ ޖީންސެއް ގައި އިސްތަށިގަނޑު މިނިވަންކޮށް ދޫކޮށްލެވިފައި ހުރީ އަންހެން ކުއްޖާ […]
ތިއާ: އައްސަލާމް އަލައިކުމް. އަޅުގަނޑު، ތިއާ، ތި ހުރިހާ ކިޔުންތެރިންނާ މިއަދު މި ބައްދަލުކޮށްލީ ވަރަށް ހާއްސަ މެހެމާނަކާ އެކު. އާދެ އަޅުގަނޑުގެ ވާހަކަ، މި ލޯތްބާއި ތި ވަޢުދުގެ އަންހެން ލީޑު، ރޫޔާ. މަރުހަބާ…. ރޫޔާ. މި ވަގުތު ކޮންކަހަލަ އިހުސާސެއްތޯ؟ ރޫޔާ: (ހީލަމުން) އުފާވެފައި. ތިއާ: (ހީލަމުން) ތިއާވެސް އުފާވެއްޖެ ރޫޔާ އުފާވީމަ.. ކިހިނެއް ހާލު؟ ރޫޔާ: ހާލު ރަނގަޅު. ތިއާގެ ހާލު ކިހިނެއް؟ ތިއާ: (ރަޒާންގެ އިންޓަވިއު މަތިން ހަނދާން ކުރަމުން) އޯކޭ. […]
ތިއާ: އައްސަލާމް އަލައިކުމް. އަޅުގަނޑު، ތިއާ، ތި ހުރިހާ ކިޔުންތެރިންނާ މިއަދު މި ބައްދަލުކޮށްލީ ވަރަށް ހާއްސަ މެހެމާނަކާ އެކު. އާދެ އަޅުގަނޑުގެ ވާހަކަ، މި ލޯތްބާއި ތި ވަޢުދުގެ އަންހެން ލީޑު، ރޫޔާ. މަރުހަބާ…. ރޫޔާ. މި ވަގުތު ކޮންކަހަލަ އިހުސާސެއްތޯ؟ ރޫޔާ: (ހީލަމުން) އުފާވެފައި. ތިއާ: (ހީލަމުން) ތިއާވެސް އުފާވެއްޖެ ރޫޔާ އުފާވީމަ.. ކިހިނެއް ހާލު؟ ރޫޔާ: ހާލު ރަނގަޅު. ތިއާގެ ހާލު ކިހިނެއް؟ ތިއާ: (ރަޒާންގެ އިންޓަވިއު މަތިން ހަނދާން ކުރަމުން) އޯކޭ. […]
ވަރަށް ގިނަ ފަހަރު ވަރަށް ގިނަ ގޮތް ގޮތަށް އަހަރެން ވިސްނީމެވެ. ޒާނާއާއި އަހަރެންގެ ދަރިފުޅަށް ދިން އަނިޔާގެ ބަދަލު ރުހާމްގެ ފުށުން ކޮންމެވެސް ސިފައެއްގައި ނަގަން އަހަރެންގެ ހިތް ހަޅޭލަވަމުން ދިއައެވެ. އެ ކުށް ކުރެވުނު މޮޔަ ރުހާމްގެ ހިތަށް އަރާވަރު ކޮށްލަން އަހަރެންގެ ޒަމީރު އެދި ގޮވަމުން ދިއައެވެ. ކޮންމެ ގޮތެއް ވިޔަސް އެއީ އަހަރެންގެ ފުރަތަމަ ދަރިފުޅެވެ. ދުނިޔެއަށް ނޭވާ ލާނެ ފުރުސަތު މީހެއްގެ އަނިޔާވެރި ކަމުން ނުލިބުނު ކަމުގައި ވިޔަސް އެއީ […]
*ހަސަން ބުނުމުން ރީހާން އަށް ވެސް ދެކޮޅު ހަދާކަށް ނުކެރުނެވެ. ނާއިލް އާއި ދިމާލައް ރުޅިވެރި ނަޒަރަކުން ބަލައިލައި ފައި ނުކުމެގެން ދިޔައީ އެވެ. އެމަންޒަރު ކިތަންމެހާ ވެސް ރީތިކޮށް ހަސަން އަށް ފެނުނެވެ.* “ނާއިލް ވެސް އެއްވެސް ވާހަކަ އެއް ކިޔައެއް ނުދިން. ހަމައެކަނި ބުނީ މިން ވާކަހަ ދެއްކިއޭ. މިން ވަރަށް ރުޔޭ. ދެއްކި ވާކަހަ އެއް ނުބުނި.” މަޔާން މޮޅިވެރި ރާގަކަށް ބުންޏެވެ. “އަޅޭ ދެން ކިހިނެއް އަހަރެންމެން ވެސް ކަމެއް ކޮއްދޭން […]