ދެވުނީ ވޭނޭ 78
މި ކަންތައްގަނޑުގެ ތެރެއިން ޢަލީ އަހުމަދު އެއްފަރާތަކަށް ޖެހިލީ ސެކިޔުރިޓީއިން ގުޅަން ފެށުމުންނެވެ. ފޯނު ނަގައިފައި އޭނާ އެއަށް ޖަވާބު ދާރީ ވިއެވެ. “ކީކޭ. ބަޔަކު މިގޭގެ ތެރެއަށް ވަނިއްޔޭ. ކާކުތަ؟ ހަމަ މިހާރު އެ ބަޔަކު ބޭރު ކުރޭ. އަހަރެންގެ ކޮޓަރިއާއި ދިމާލަށް އެ މީހުން އަޔަކަ ނުދޭތި. ކެމެރާތައް ބަލަން ތިބި މީހުން އެހެން ދުނިޔެއެއްގަތަ ތިބީ. އެހާ ފަސޭހައިން މި ގޭތެރެއަށް ވަދެގަނެވެންވީ ކީއްވެތަ؟” ޢަލީ އަހުމަދު އަޑަށް ބާރުލައިފައި ބުނެލިއެވެ.
“އޯހް **. ޢަލީ އަހުމަދަށް އަހަރެމެން ވަތްކަން އެނގުނީ ކަންނޭނގެ. އަވަސް ކުރޭ. އެމީހުން ފިލައިފާނެ.” ޒައިން އެހެން މީހުންނަށް އިވޭ ވަރަށް ބުނެލީ ބަޔަކު ބޭރު ދޮރުގައި ތަޅައިގަތުމުންނެވެ. ތެޅިގަންނަމުން އެމީހުން ޖެހުނު ތަނެއް ހާވަން ފެށިއެވެ. އެމީހުންގެ ނަސީބު ވެސް ރަނގަޅީއެވެ. ސަލާމަތްވެވުމުގެ ނިޔަތުގައި ޢަލީ އަހުމަދު ނުކުތީ ދެނެވެ. ސުމައްޔާ ބަލާކަށް ނުހުރެ އޭނާ ބިމަށް ތިރިކޮށްލަމުން އަތުގައި ބިޑި އަޅުވައިފިއެވެ. ދެން ތިބި މީހުން އެތެރެއަށް ވަދެގަތެވެ.
“ކައެމެން ކީއްވެގެންތަ ތިއުޅެނީ؟ ތިޔަހެން އަހަރެންގެ ގެއަށް ވަދެފަ އައިސް ހައްޔަރު ކުރެވޭތަ؟” ޢަލީ އަހުމަދު އަޑަށް ބާރުލައިފައި ބުނެލިއެވެ. ސުމައްޔާ އޭނާގެ އަތުގައި އޮތް ކޯޓު އަމުރު ދައްކާލިއެވެ. އެއާއި އެކު ޢަލީ އަހުމަދުގެ މޫނުން ދިޔައީ ތަރި ބުރައިގެންނެވެ. އެކަން ޤަބޫލުކުރާކަށް ނޫޅުނެވެ. ސުމައްޔާ އާއި ދިމާލަށް ހެއްދި ނެހެއްދިއަށް ގޮވަން ފަށައިފިއެވެ. ސުމައްޔާ ކަޅި އަނބުރާލައިފައި އެތެރެއަށް ވަދެގެން ދިޔައީއެވެ.
“ބައްޕާ! މި ވަރު ވާއިރު ވެސް އަމިއްލަ ކުށް ފޮރުވާފަ އެހެންމީހުންނަށް އަވަގުރާނު ގޮވަންތަ އެނގޭނީ؟ ޗީޗީ. މަ މިހާރު ލަދުގަނޭ ކަލެއަށް ބައްޕައޭ ކިޔަން ވެސް.” ޢަލީ އަހުމަދުގެ ކަންކަށިމައްޗަށް ހޫނު އެތިފަހަރެއް ވީއްލާލަމުން ނައުރީން ބުނެލިއެވެ.
އެތެރެއަށް ވަދެގަނެފައި އިޙުސާނު އެންމެ ފުރަތަމަ ވެސް ބިޑި އަޅުވާ ހައްޔަރު ކޮށްލީ ސަގަރޭއެވެ. އެއްބަޔަކު ސަލާމަތްވުމުގެ ނިޔަތުގައި އެތަނުން ނުކުތެވެ. އެހެނަސް ބޭރުން އެމީހުން ހިފައިގަތީ ބެކަޕް ޓީމުންނެވެ. އަތުލައިގަނެވުނު މީހުން ހަމަތޯ ގުނަމުން ދިޔަ ސުމައްޔާ ހިތްހަމަ ނުޖެހުނީ ނާއިލް ނެތް ކަން އެނގުމުންނެވެ.
“ނާއިލް! ކޮބާ އޭނާ؟ ** **!” ސުމައްޔާ އަށް ހަޅޭއްލަވައިގަނެވުނެވެ. “ނެތް. މުޅި ގެ ބަލާ ފާސް ކުރެވިއްޖެ. އެކަމަކު ވެސް ނުފެނުން.” ޒައިން ދެއަތް މުއްކަވާލަމުން ބުނެލިއެވެ. “ރިލޭކްސް. އިލެވެން ލައްވާ އެ ސޮރު ޓްރެކް ކުރާނީ. މި މީހުން ގޮވައިގެން އިހަށް ހިނގާ.” އިޙުސާނު ސުމައްޔާގެ އަތުގައި ހިފާލަމުން ބުނެލިއެވެ. އިޙުސާނު ފޯނު ހިފައިގެން އެއްފަރާތަކަށް ޖެހިލިއިރު އެހެން މީހުން މިސްރާބު ޖެހީ އަތުލައިގަނެވުނު މީހުން ގޮވައިގެން ދާށެވެ. ކޮންމެ މީހަކު ވެސް ހަޅޭލަވަމުން މަސައްކަތް ކުރީ ފުލުހުންގެ ކިބައިން ސަލާމަތްވެވޭތޯއެވެ. “ކަލޭމެންނަށް ނޭނގެނީތަ އަހަރެމެންނަކީ ކޮން ބައެއް ކަމެއް. އޭނ. ވަޒީފާ ގެއްލެން ބޭނުން ނޫނިއްޔާ މި ބިޑި ނައްޓާލާ.” ގަދަ ދައްކަމުން ޖިހާދު ހަޅޭއްލަވައިގަތެވެ.
“އިސް ފުލުހަކަށް ވެ ހުރެ ނުބައި ޖަރީމާތައް ހިންގާފަ ހީކުރީތަ ކަލޭމެންނަށް ސަލާމަތްވެވޭނޭ. އެނގިދާނެތާ ކާކުގެ ވަޒީފާއެއް ތޯ ގެއްލޭނީ.” ސުމައްޔާ ޖިހާދުގެ ބުރަކަށީގައި އަތް އަޅުވާ ތިރިކޮށްލަމުން ބުނެލިއެވެ.
ކުށްވެރިންތައް ޖިޕަށް އަރުވަމުން ދިޔަ މަންޒަރު ބަލަން އަރީން އިނީ ޒަވިއަންގެ އަތުގައި ބާރަށް ހިފަހައްޓާލައިގެންނެވެ. މި ހިސާބަށް ދިޔަ ނަމަވެސް އެ އަނިޔާވެރީންގެ ކިބައިން މިންޖުވަނީކަން ޤަބޫލުކުރަން އޭނާ އަށް ދަތިވިއެވެ. އަދިވެސް އެ ހިތް ބިރުގަންނަނީއެވެ. ހީވަނީ ދެންމެ ދެންމެ ވެސް އެއިން މީހަކު އައިސް އޭނާގެ ފުރާނަ ނަގާލަން މަސައްކަތް ކޮށްފާނެހެންނެވެ. އެ ހޭޒަލް ކުލައިގެ ދެލޮލުން އެތައް ހާސް ހިތާމައެއް ފައުޅުވާން ހުއްޓެވެ.
ޒަވިއަނަށް އަރީންގެ ދެލޮލުގައިވީ ހިތްދަތި އަސަރު ފާހަގަ ވުމުން ހިފާ ގާތަށް ދަމާލިއެވެ. އަރީންގެ ބޮލުގައި ފިރުމަމުން ދިޔައީ ހުރިހާ ކަމެއް ވެސް ރަނގަޅުވާނޭ ބުނާ ފަދައަކުންނެވެ. އަރީން ދެލޯ މަރާލަމުން ހަމަޖެހެން މަސައްކަތް ކުރިއެވެ. އެހެނަސް އޭނާއަށް އެކަމެއް ނުވިއެވެ. އަދިވެސް ވިސްނެނީ އެ ހައްޔަރު ކޮށްގެން ގެންދެވުނު ކުށްވެރިންނާއި މެދުގައެވެ.
“އެހާ ވަރަށް އެކަމާއި މެދު ވިސްނާނެ ކަމެއް. މިރޭ ކަންތައް އެ ދިޔައީ އަހަރެމެން ބޭނުންވި ގޮތަކަށްނު. ހަފްތާ އެއް ފަހުން އޮންނަ އަޑު އެހުމުގައި ފަސްނުޖެހި ވާހަކަ ދައްކަން ވާނެ. އެމީހުން ފެނިފައި ހާސްވާނެ ކަމެއް ނެތް. ދެނެއް އެ މީހުންނަކަށް ނުފޫޒެއް ނުފޯރުވޭނެ.” ޒަވިއަން މަޑުމަޑުން ބުނެލިއެވެ. އަރީން ދުރަށް ޖެހިލިއެވެ.
“އެކަމަކު ނޭނގެއެއްނު ހައްޔަރުގައި ތިބެފަ ވެސް ކޮށްލާނެ ކަމެއް. ހަމަ ނުކުމެގެން އައިސްފާނެއްނު.” އަރީން ބުނެލިއެވެ. “ހާސްނުވޭ. އައި ޕްރޮމިސް، މި ފަހަރު އެމީހުންނަށް ސަލާމަތެއް ނުވެވޭނެ.” ޒަވިއަން އަރީންގެ އަތުގައި ހިފާލަމުން ބުނެލިއެވެ. އަރީން ހަމަޖެހެން މަސައްކަތް ކުރަމުން ސީޓުގައި ލެނގިލައި ދެލޯ މަރާލިއެވެ.
ޖިޕު ތެރޭގައި ވެސް ސަގަރޭމެންނަކަށް ހިމޭނަކުން ނުތިބެވުނެވެ. މިއޮއްހާ ދުވަހަކު އަރާމުގަ އެހެން މީހުންގެ ދިރިއުޅުން ހަލާކު ކުރަމުން ދުވިއެއްކަމަކު ފުލުހުންގެ އަތްދަށަށް ހިނގައިދާނެ ކަމާއި މެދަކު ނުވިސްނައެވެ. މި ކަހަލަ ކަމަކުން ސަލާމަތް ކޮށްދެވޭނެ ބާރު ހުރި އެންމެން ވެސް މި ތިބީ ހައްޔަރުވެފައެވެ.
ސުމައްޔާގެ މޫނުމަތީގައި މިއަދު ވަނީ ފަތަޙައިގެ ހިނިތުންވުމެކެވެ. މަންމަ އާއި އަޒާޔާ އަށް އިންސާފު ލިބޭނެ ދުވަސް ގާތް ވެއްޖެ ކަން އިޙުސާސްވުމުން އޭނާގެ ހިތަށް ލިބުނީ ބަޔާން ކުރަން ދަތި ފަސޭހަ ކަމެކެވެ. މިފަހަރު މިކަންތައް ކާމިޔާބު ކޮށްފައި ސަގަރޭމެންގެ އަނިޔާވެރިކަމަށް ނިމުމެއް ގެންނާން ކަނޑައެޅި އަޒުމަށް ވާސިލުވާން އޭނާ އަމިއްލަ ނަފްސަށް ވައުދުވިއެވެ.
ލީވާން ކާރުން ފައިބައިގެން ދިޔައީ ނައުރީން ގާތަށެވެ. ގޭޓު ކައިރީގައި ހުރި ފާރަށް ލެނގިލައިގެން ފުލުސް ޖިޕުތައް ދިޔަ މަންޒަރަށް ނަޒަރު ހުއްޓާލައިގެން ހުރި އިރު އެ މޫނުމަތީގައި ވަނީ ބަޔާން ކުރަން ދަތި އަސަރެކެވެ. ލީވާން ގޮސް އެ އަތުގައި ހިފާލުމާއި އެކު ވެސް އޭނާ ދިޔައީ ސިހިގެންނެވެ. ދެވަނަ ސިކުންތުގައި ލީވާންގެ ގައިގައި އޮޅުލައިގަންނަމުން ނައުރީން ރޯން ފެށިއެވެ. ލީވާން ނައުރީންގެ ބުރަކަށިމަތީ ފިރުމަމުން އޭނާ ހަމައަކަށް އަޅުވަން މަސައްކަތް ކުރިއެވެ.
“އެމީހުން ހާދަ ގޯހޭ. ހާދަ ނުލަފަޔޭ. ހައްޔަރު ކުރެވުނީމަ ވެސް ހާދަ ހުތުރު ގޮތަކަށޭ ފުލުހުންނާ ވެސް އެ ވާހަކަ ދެއްކީ. އެ ފިރިހެނާ އަށް ބައްޕަ އޭ ކިޔަން ޖެހުނީމަ ލަދުގަނޭ.” ނައުރީން ނޭފަތް ދަމަމުން ވާހަކަ ދައްކަމުން ދިޔައެވެ. “ދެން އެކަމާ ވިސްނާނެ ކަމެއް ނެތް. ހިނގާ އަހަރެން ގެއަށް. ވަރަށް ވަރުބަލިވެފައެއްނު ތި ހުރީ.” ލީވާން ނައުރީން ދުރަށް ޖައްސާލަމުން އެ އަތުގައި ހިފިއެވެ. އެއީ އިޙުސާނު އެ ގެއިން ނުކުތް ވަގުތެވެ. “ކަލޭ ފޯނު ނިއްވާލައިގެންތަ ތި އުޅެނީ. އިތުރު ކަމެއް ނުކޮށް އިހަށް ނާއިލް ވީ ތަނެއް ހޯދަދީ. ކެޕްޗަރ ހިމް ވިތް ޒެވް އެންޑް ހޭންޑް ހިމް އޯވަރ. އަހަރެމެންނަށް އެހާ ފަސޭހައަކުން ނާއިލް ހުރި ދިމާލެއް ނުހޯދޭނެ.” ލީވާން ކޮނޑުގައި ހިފާލަމުން އިޙުސާނު ބުނެލިއެވެ. އެއަށްފަހު އޭނާ ނައްޓާލީ ސްޓޭޝަނަށް ދާށެވެ. “ނައުރީން އިހަށް ދޭ ގެއަށް.” ލީވާން ޓެކްސީ އަކަށް ގުޅާލަމުން ބުނެލިއެވެ. އެއަށްފަހު ދިޔައީ ޒަވިއަންގެ ކާރު އޮތް ދިމާލަށެވެ.
ކާރު އިސްޓާޓު ކޮށްލުމާއި އެކު ލީވާން އެރުމުން ޒަވިއަން ސިހުނެވެ. “ކިހިނެއްވީ؟ ގެއަށް ޑްރޮޕެއް ދޭންވީތަ. ނޫރީ ކޮބާ؟” ޒަވިއަން ފަހަތަށް އެނބުރިލަމުން އެހިއެވެ. “ނާއިލް ފިލައިފި. ނެތް ވަގުތު ބޭކާރު ކުރެވޭކަށް. ހިނގާ ކޮންޕެނީއަށް. މައެގެ ސިސްޓަމް ބޭނުންވާނެ އެ ސޮރު ޓްރެކް ކުރަން.” ލީވާންގެ ވާހަކައިން ޒަވިއަނަށް ދަތްކުނޑި ވިކާލެވުނެވެ. އަނެއްކޮޅުން ލިބުނު ސިހުމުގައި އަރީންގެ ހަށިގަނޑުން ހީބިހި ނަގައިގެން ދިޔައެވެ.
“ރީން. ހާސްނުވޭ. ނާއިލަށް ސަލާމަތްވެގެންނެއް ނުދެވޭނެ.” ޒަވިއަން އަރީނަށް އަވަސް ނަޒަރެއް ދެމުން ކާރު ދުއްވާލީ ނިކަން އަވަސް ބާރުމިނެއްގައެވެ. ބްރިޖުމަތިން ދިޔައިރު ވެސް ނުރައްކާތެރި މިނަށް އަވަހެވެ. ފަރިތަކަމާއި އެކު ދުއްވަމުން ގޮސް ޒަވިއަން ފުރަތަމަ ހުއްޓާލީ ގެ ކައިރިއަށެވެ. އަރީން ކާރުން ފޭބުމާއި އެކު ދެން ދުއްވާލީ ތިންވަނަ ފިޔަވައްސަށް ދިއުމަށެވެ. ފުލުހަކު ފަހަތު އަޅުވާލިޔަސް ވަރިހަމަ ކަމަށް ކާރު ދުއްވަމުން ދިޔަ ޒަވިއަންގެ މޫނުމަތީގައި ވަނީ ސީރިއަސް ކަމެވެ.
ޒަވިއަންގެ ކެބިނަށް ވަދެވުމާއި އެކު ލީވާން އޭނާގެ މަސައްކަތް ފަށައިގަތެވެ. ކެތްތެެރިކަމެއް ނެތި އެ މަސައްކަތަށް ނަޒަރު ހުއްޓާލައިގެން ހުރި ޒަވިއަނަށް ދޭތެރެއަކުން އަވަސްކޮށްލަން ބުނެވެއެވެ. ލީވާނަށް ނާއިލް ހުރި ހިސާބެއް ދެނެގަންނަން ފަނަރަ ވަރަކަށް މިނެޓް ނެގިއެވެ. “ހީޒް މޫވިން ޓުވާޑްސް ފޭސް ޓޫ ބިޒްނެސް ޖެޓީ. ލަފާކުރެވޭ ގޮތުން ފަހެއްކަ މިނެޓް ތެރޭ މަންޒިލަށް ފޯރާނެ. އަމިއްލަ އުޅަނދެއްގައި މާލެއިން ރައްކާވާން ހާދަ ހީލަތްތެރިއޭ.” ލީވާން ލެޕު ނައްޓާލަމުން ތެދުވެ ހިނގައިގަތެވެ. އަވަސް ވެފައިވާ ހިތަކާއި އެކު ދެމީހުން މިސްރާބު ޖެހީ ދެވަނަ ފިޔަވަހީގެ ބިޒްނެސް ޖެޓީ ސަރަހައްދަށެވެ. ދެވަނަ ފިޔަވައްސަށް އެރުނު އިރު ނާއިލް އޭނާގެ މަންޒިލަށް ފޯރައިފިއެވެެ. ޒަވިއަންމެންނަށް އެ ހިސާބަށް ދެވުނު އިރު އަދި ނުފުރާކަން އެނގުނީ ލެޕުން ލޮކޭޝަން ބަދަލު ނުވާތީއެވެ.
ޒަވިއަނަށް ނާއިލް ފެނުނީ ޕްރައިވެޓް ޔޮޓަކަށް އަރަނިކޮށެވެ. ދުވެފައި އެ ދިމާލަށް ދަނިކޮށް ނާއިލަށް ފެނިއްޖެއެވެ. އަވަސް އަރުވާލަމުން ޔޮޓު ކައްޕިއަށް އަންގާލީ ދުއްވާށެވެ. އެހެނަސް ޔޮޓު ދުރަށް އަނބުރާލަން ވާއިރަށް ޒަވިއަން ގޮސް އޭގެ ތެރެއަށް ފުންމާލައިފިއެވެ. ނާއިލަށް އެހީވާން ދެ ފަޅުވެރިއަކު ޒަވިއަނާއި ދިމާލަށް އައީ ދަގަނޑު ހޮޅިއެއް އަތަށް ހެޔޮވަރުކޮށްލަމުންނެވެ. އެއިން ފަޅުވެރިއަކަށް ހަމަލާއެއް ދެވެން ވާއިރަށް ޒަވިއަން ހޮޅިބުރި އަތުލަމުން އޭނަގެ ފަޔަށް އެތިފަހަރެއް ވީއްލާލިއެވެ. ޒަވިއަންގެ ހަމަލާތަކުން އެ ދެމީހުން ތިރިއަށް ދެމިގެން ދިޔައީ ސިކުންތު ކޮޅެއްގެ ތެރޭގައެވެ.
ނާއިލްގެ ހިތުގައިވީ ބިރުވެރިކަން ދެގުނަވެގެން ދިޔައީ ޒަވިއަން އައިސް ކައްޕިއަށް ޚާއްސަ ކެބިންގެ ދޮރު ހުޅުވާލުމުންނެވެ. ދުއްވަން ހުރި މީހާ ސިހިގެން ގޮސް ހުންގާނުން އަތް ދޫކޮށްލައިފިއެވެ. އޭނާ ޒަވިއަނާ ކުރިމަތިލާން އުޅުނު ނަމަވެސް ފަސްޖެހެވުނީ ޒަވިއަންގެ ދެލޮލުން ފެންނަން ހުރި ރުޅިވެރިކަން ފެނިފައެވެ.
”ޔޮޓު ހުއްޓާލާ!” ޒަވިއަންގެ ހަރުކަށި އަޑު މުޅި ކެބިން ތެރޭގައި ގުގުމާލިއެވެ. މި މަންޒަރު ބަލަން ހުރި ނާއިލް މަޑުމަޑުން ފަހަތަށް ޖެހެމުން ގޮސް ކެބިންގެ ކަނަކަށް އޮބިއްޖެއެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ އިންތިހާ ދަރަޖައިގެ ހާސްކަމެވެ. ޒަވިއަން ނާއިލާއި ދިމާކޮށްލީ ކައްޕި ވެސް ހޭނައްތާލައިފައެވެ. އޭނާގެ ކަތުރުކަށިގަނޑަށް ވާންވެފައިވީ އިރު ފެންނަނީ އަންހެންވެރިން ހޭނެތޭހާ ފުރިހަމަ، ނުރައްކާތެރި ގޮތަކަށެވެ. އޭރު ޒަވިއަންގެ ސިކުނޑީގައި ކުލަވަމުން ދިޔައީ ނާއިލްގެ ސަބަބުން އަރީންގެ ދިރިއުޅުން ބަނަވެގެން ދިޔަ ގޮތެވެ. ފުރާނަ ފަދައިން ލޯބިވި ކޮއްކޮ ކަމުގައިވާ އަޒާޔާ މަރާލަން ރާވާ އެ ޖަރީމާ ހިންގި ގޮތެވެ. އޭނާގެ ހީލަތްތެރިކަމުގެ މަޅީގައި ޖެހި، އަރީނަށް ނަފްރަތު ކުރެވުނު ދުވަސްވަރެވެ. އަރީންގެ ނުރުހުމުގައި ގާތްވެ ހެރޭސްކުރި ކަމެވެ. އެއްވެސް ކުށަކާ ނުލާ އަރީންގެ ހިތާއި ހަށިގަނޑަށް ލިބުނު ނަފްސާނީ އަދި ޖިސްމާނީ ފުން ޒަޚަމްތަކެވެ. ޒަވިއަންގެ ނާރުތަކުގައި ދައުރުވަމުން ދިޔައީ ބަދަލުހިފުމުގެ ރޫހުން ފުރިގެންވީ ރުޅިވެރިކަމުގެ ގަދަ އަލިފާނެކެވެ. އެ ޖަޒުބާތުތައް އޭނާ ފާޅުކުރަމުން ދިޔައީ އަމަލުންނެވެ. ނާއިލްގެ މޫނުމައްޗަށް ހޫނު އެތިފަހަރުތައް ވީއްލަމުން ދިޔައީ ހަމައިން ނެއްޓިފައިވާ ފަދައަކުންނެވެ. ކޮންމެ އެތިފަހަރަކާއެކު މުޅި ދުނިޔެ އެނބުރެމުންދާ ފަދަ އިހުސާސެއް ނާއިލްއަށް ކުރެވެމުން ދިޔައެވެ. މޫނުމަތި ފަޅައިގެން ގޮސް ލޭ އޮހޮރެމުން ދިޔައިރު ވެސް ޒަވިއަން ހުއްޓާލާކަށް ނޫޅުނެވެ. ޒަވިއަންގެ ރަހުމެއްނެތް އަމަލުތަކުން ނާއިލްގެ ހަށިގަނޑު ޒަޚަމުން ފުރެމުން ދިޔައެވެ. އެ ތަނުގައި ގުގުމަމުން ދިޔައީ ނާއިލްގެ ވޭނީ ހަޅޭކުގެ އަޑެވެ. ކަށިތައް މުގުރެމުން ދިޔައިރު ވެސް ޒަވިއަން ހަމައަކަށް ނޭޅުނެވެ. އޭރު ޒަވިއަންގެ ޖީބުގައި އޮތް ފޯނު ހުއްޓުމެއް ނެތި ރިންގުވަމުން ދިޔައެވެ. ޒަވިއަން ދުރަށް ޖެހިލީ އިރުގަނޑެއް ފަހުންނެވެ. ކަރުގައި އަޅާފައިވާ އޮތް ޓައި ދޫކޮށްލަމުން އޭނާ ފުންނޭވާއެއް ބޭރުކޮށްލިއެވެ. އޭރު ލޭހިލިގެން ގޮސް ހީވަނީ ނާއިލްގެ ފުރާނަ ވަކިވެގެން ހިނގައިދާނެހެންނެވެ.
ޒަވިއަން ދެން ގޮސް ޔޮޓުގެ ކޮންޓްރޯލްތަކާ ހަވާލުވީ ހުޝިޔާރުކަމާއެކުގައެވެ. އޭނާ އެ ރާޅުތަކުގެ ތެރެއިން ޔޮޓު ދުއްވާލިލެއް ފަރިތަކަމުން އެއީ އޭނާއަށް އާދައިގެ ކަމެއް ހެން ހީވެއެވެ. ފާލަމާއި ގާތް ކޮށްލުމާއި އެކު ލީވާން އެޔަށް ފުންމައިގެން އަރައިފިއެވެ. ހަލުވި ފިޔަވަޅުތަކެއްގައި ގޮސް ކެބިނުގެ ދޮރު ހުޅުވާލިއެވެ. އޭރު ޒަވިއަންގެ މޫނުން ފެންނަނީ ހަމަޖެހުމުގެ ކުލަވަރެކެވެ. އެއް ކަނުގައި އޮތް ނާއިލް ފެނި އެ ސޮރުގެ އަނގަ ތަންމިނަށް ހުޅުވުނެވެ. ޒަވިއަން އެ ސުންޕާ ފިރިހެނާ އަށް ނަފުރަތު ކުރާ މިންވަރު އެ ހުރީ ނާއިލްގެ ޖިސްމުން ފެންނާށެވެ.
“ބްރޯ! އެ ސޮރަށް މިހާ ވަރަށް އަނިޔާ ކުރިއްޔޯ. މި ހާލުގައި ފުލުހުންނާ ހަވާލުކުރިއްޔާ ބްރޯއާ ދެކޮޅަށް ދަޢުވާ ކުރާނެ. އިނގޭ ނާއިލަށް ނަފުރަތު ކުރެވޭނެކަން އެކަމު ވެސް.” ލީވާން ހާސްވެފައި ހުރެ ބުނެލިއެވެ. “އަދިވެސް އޭނާއަށް ކޮށްލި ވަރު ކުޑަ. ޔޫ ހޭވް ނޯ *** އައިޑިޔާ ހައު މަޗް އައި ވޮނަ މާރޑާ ހިމް. ހައު މަޗް އައި ވޯންޓް ޓު އެވެންޖް ޒައްކޮ ވިތް ހިޒް ބްލަޑް. ހައު މަޗް އައި ވޮނަ ސްޓެބް ހިމް، ޓޯރޗަރ ހިމް އަންޓިލް ބެގްސް ޓު ގެޓް ކިލްޑް. އެކަމު ރީން.. ޝީ އިޒް ދަ ރީޒަން ދެޓް ** އިޒް އެލައިވް. ޑޯންޓް ވޮރީ، އައިލް ޕެޗް ހިމް އަޕް ބިފޯރ ހޭންޑިން އޯވަރ.” ޒަވިއަން ދަތްކުނޑި ވިކާލަމުން ބުނެލިއެވެ. ލީވާން ފުން ނޭވާއެއް ބޭރުކޮށްލަމުން އުޅެގަތީ އެ ހިސާބު ގަނޑުގެ ކެމެރާ ފުޓޭޖްތައް ރިކަވަރ ނުކުރެވޭނެހެން ފުހެލުމަށެވެ. އެއަށްފަހު ނާއިލް ގޮވައިގެން އެމީހުން ދިޔައީ އާހިލަށް ގުޅައިފައި އޭނާ ހިންގާ ކްލިނިކަށެވެ.
“އަސްތަޣުފިރުއް ﷲ ސުބުހާނަ ﷲ. މިޔޯ.” އާހިލަށް ނާއިލްގެ ހާލަތު ފެނި މޫނުން ތަރިބުރައިގެން ދިޔައެވެ. “ތިއީ އަޒާޔާގެ ޤާތިލް. އަރީނަށް އަނިޔާވެރިވި **. ފުލުހުންނާ ހަވާލުކުރުމުގެ ކުރިން ހޭޖައްސަން ކަމަށް. ބްރޯ އަކަށް ނުވާނެތަ؟ ދެތިން ސާޖަރީ ކުރަން ޖެހިދާނެ ކަންނެ. ގިނަވެގެން ދެ ދުވަސް. ވާނެ ދެ މިލިޔަނެއްހާ ރުފިޔާ ޓްރާންސްފާ ކޮށްފަ. މެޑިކަލް ބިލްސް..” ޒަވިއަން ފަރުވާކުޑަ ނަޒަރެއް ދެމުން ބުނެލިއެވެ.
“އެކަންޏަކު ނުވާނެ މިކަމެއް. ކްލިނިކްގެ އެހެން ޑަކުޓަރުންގެ އެހީ ބޭނުންވާނެ.” އާހިލް ބުނެލިއެވެ. “ތެންކްސް މޭން.” ޒަވިއަން އާހިލްގެ ކޮނޑުގައި ޖަހާލަމުން ނުކުމެގެން ދިޔައީއެވެ. “ހިޒް މިސްޓޭކް ވޯޒް ރަނިން އަވޭ.” ލީވާން ވެސް އުނދަގޫ ގޮތަކަށް ހީނލަމުން ނުކުމެގެން ދިޔައީއެވެ.
ޒަވިއަނަށް އަނބުރާ ގެއަށް ދެވޭ ވަރުވީ ދަންވީ ފަހުންނެވެ. އަރީން ނިދައިފައި ކަމަށް ނިންމާ އޭނާ ކޮޓަރިއަށް ވަދެގެން ދިޔައީ ވަރަށް މަޑުމަޑުންނެވެ. ވޯޑުރޯބާއި ދިމާލަށް ދަނިކޮށް ޒަވިއަނަށް ސިހިފައި ހުއްޓިލެވުނީ އަރީން ގޮވާލި އަޑަށެވެ. ޒަވިއަން ފަސް އެނބުރި އަރީނާއި ކުރިމަތިލާން ބޭނުން ނުވީ އަމިއްލަ ސޫރަ ހުރިގޮތުންނެވެ.
“ޒެވް… ކީއްވެ އެހާ ލަ..ސް..ވީ؟” ބާރަށް ހިނގައިފައި އައިސް ޒަވިއަންގެ ކުރިމަތީގައި ހުއްޓެލި އަރީންގެ އަނގަ ބަންދުވީ ޒަވިއަންގެ ހުދު ގަމީސް ޚަރާބުވެފައިވީ ލޭގެ އަސަރު ފެނިފައެވެ. އެހެނަސް ތުންފަތް ކައިރި ފަޅައިގެން ދިއުން ފިޔަވައި ޒަވިއަނަށް އިތުރު އަނިޔާއެއް ލިބިފަކާ ނެތެވެ. އެ ގަމީހުގައި ވަނީ ނާއިލްގެ ލެޔެވެ.
ތުރުތުރު އަޅަމުން ދިޔަ ޙާލު އަރީން ޒަވިއަންގެ މޫނުގައި ދެއަތުން ހިފާލި އިރު ފެންކަޅިވެއްޖެއެވެ. “ކާކު؟؟ ކާކު ޒެވް އަށް މިހެން… ނާއިލްތަ؟” އަރީން ހީވަނީ ދެންމެ ދެންމެ ވެސް ރޮއިގެންފާނެ ހެންނެވެ. “އަމް ސޮރީ. މާ ބޮޑަށް ސިހުނީ ދޯ. އަހަރެންނަށް ކަމެއް ނުވޭ. ދިޒް އިޒިންޓް މައި ބްލަޑް. އިޓްސް ނާއިލްސް. އަހަރެން.. އަހަރެން އޭނާ ފިލަން އުޅެނިކޮށް އަތުލައިގަނެފިން. ދެން.. ދެން ދުވަހަކުވެސް އޭނާ އަކަށް ރީންގެ ގައިގައި އިނގިލި ކުރި ވެސް ޖައްސާ ނުލެވޭނެ. ރީނަށް ދެރައެއް ނުދެވޭނެ. ނޮޓް އެނީމޯރ.” ޒަވިއަން އަރީންގެ މޫނުގައި ހިފާލަމުން ބުނެލިއެވެ. އަރީނަށް ރައްދެއް ނުދެވި ޒަވިއަނަށް ބަލަން ހުއްޓުން އަރާފައި ހުރެވުނީއެވެ. އުފާވެ ހިތްހަމަޖެހުނު ނަމަވެސް އެކަން ފާޅުކުރަން ނޭނގިފައެވެ. ޒަވިއަނަށް ޝުކުރު އަދާކުރަންވީ ކިހިނެއް ކަމެއް ނޭނގިފައެވެ. އިސް ޖަހާލައިގެން އަރީންގެ ޖަޒުބާތުން ފުރިގެންވީ ދެލޮލުން ބުނާ ވާހަކައެއް ދޭހަ ކުރަން ޒަވިއަން މަސައްކަތް ކުރަމުން ދިޔައެވެ. އިސްކޮޅުގެ ތަފާތު ބޮޑުކަމުން ޒަވިއަން ގާތު ހުންނައިރު އަރީން ހީވަނީ ކުޑަ ކުއްޖެއް ހެނެވެ. ދެމެދުގައިވީ ހިމޭންކަމުގެ ތެރެއިން އިވެނީ ދެ ނޭވާގެ އަޑެވެ.
“ވައި އަރ ޔޫ ސްޓެއަރިން ލައިކް ދެޓް. ވޮނަ ޓޭސްޓް މައި ބްލަޑް؟؟” ޒަވިއަން އަރީންގެ އިސްތަށިގަނޑުގައި އަތް ހިންގާލަމުން އެހިއެވެ. މިއާއި އެކު ކައްޓެއް ޖެހުނު ފަދައިން އަރީނަށް ޒަވިއަންގެ މޫނުން އަތް ދޫކޮށްލެވިއްޖެއެވެ. ޒަވިއަން އެއް މިޔައަކުން ހީނލަމުން އަރީންގެ އުނަގަނޑުގައި އަތް އަޅުވާ ގާތަށް ދަމާލިއެވެ. “ރީން ބޭނުމިއްޔާ ކޮންމެ ކަމެއް ވެސް ކުރެވިދާނެ. އައިލް ޑޫ އެނީތިންގް ފޯރ ޔޫ ހަނީ. ޖަސްޓް ނޭމް އިޓް.” އަރީންގެ ނޭފަތާއި ނޭފަތް ޖައްސާލަމުން ޒަވިއަން ބުނެލިއެވެ. ލަދުން މޯޅިވަމުން ދިޔަ ޙާލު އަރީނަށް ދެލޯ މަރާލެވުނީއެވެ. ޒަވިއަނަށް ރައްދެއް ދޭން ނުކުޅެދިފައިވާ ކަހަލައެވެ.
“ޔޫ އަރ މައި ފަސްޓް، މައި ލާސްޓް، މައި އެވްރީތިންގް. އިފް އެނީވަން އެލްސް ޓްރައިސް ޓު ހާރޓް ޔޫ، އައިލް ހަންޓް ދެމް ޑައުން ޓު ޕްރޮޓެކްޓް ޔޫ ރީން.” ޒަވިއަން ބުނެލިއެވެ. “ލަވް ޔޫ މޯރ. ތިހެން އަހަރެން ގާތު ހުރެދެއްޗޭ. ބަދަލު ނުވައްޗޭ.” އަރީން ހިތްވަރުކޮށްފައި ދެލޯ ހުޅުވާލިއެވެ. ދެ ނަޒަރު ގުޅިގެން ދިޔައީ ދުލުން ނުބުނެވޭ އެތައް ވާހަކައެއް ހިއްސާކުރަމުންނެވެ.
ގޮޅިތަކަށް ވެއްދުމުން ވެސް ސަގަރޭމެން މައިތިރިވާކަށް ނޫޅުނެވެ. އެ ސްޓޭޝަން ހަލަބޮލިވެފައިވަނީ އިންތިހާއަށެވެ. އެއް އަޑަކަށް އެ މީހުން އަވަގުރާނު ގޮވާ އަޑެވެ. އެމީހުންގެ އިތުރުން އެ ތަނުގައި މަރުފަލި ގޭންގްގެ ގިނަ މެންބަރުން ހައްޔަރުކުރެވިފައި ވުމުން ފޯރި އަރާނެ މިންވަރާއި މެދު ނިކަން ވިސްނާލާށެވެ. މަރުފަލި ގޭންގްގެ މީހުން އަތުލައިގަތުމަށް އެންމެ ބޮޑު އެހީތެރިކަމެއް ލިބުނީ ޒައިންގެ ފަރާތުންނެވެ. އަފާފަށް ޖެއްސި ޙާލުގެ ބަދަލު ދޭން އޭނާ ރެއާއި ދުވާލު ކުރި މަސައްކަތުގެ ނަތީޖާ ވަރަށް ވެސް ފޮންޏެވެ. ބާރަ މީހުން ފިޔަވައި އެހެން ހުރިހާ ގޭންގް މެންބަރުން ހައްޔަރު ކުރެވުނެވެ.
މަސައްކަތް ބުރަ ވުމުން އެ ރޭ ގިނަ ފުލުހުންތަކެއް އިތުރު ގަޑިއަށް މަސައްކަތް ކުރަން އައިސް އުޅުނެވެ. ކުށްވެރިންގެ ބަޔާން ނެގުމަކީ ވެސް ފަސޭހަ ކަމަކަށް ނުވިއެވެ. ރުހުމުގައި ބަޔާން ދިން ހަމައެކަނި މީހަކީ ޔަޒާނެވެ. މި ލިބުނު ކުރިއެރުމުގެ ސަބަބުން ހަމްޒަތު ހުުރީ ދަތްޕިލަ ސޭލު އަޅުވާލައިގެންނެވެ. މިއީ އޭނާގެ ޙަޔާތުގައި ވެސް ކުރަން އުޅެ އުޅެ ކާމިޔާބުނުވި މަސައްކަތެކެވެ.
“އޭ ސޫމޯ. މިހާރު އެއޮށް އެކެއް ޖަހަނީނުން. ނޫރީ ބުންޏެއްނު މިހާރޭ ޔޫލީންގެ ސްޕާގައި މީހުން އުޅޭނީ. މި މީހުން ހައްޔަރު ކުރި ކަމުގެ ޚަބަރު ޝައުލާ އަށް ލިބުމުގެ ކުރިން ހައްޔަރު ކުރިއްޔާ އެމީހުން ސަލާމަތް ވިޔަކަ ނުދީ އަތުލައިގަނެވޭނީ. އިހަށް ތި މަސައްކަތް ދޫކޮށްލާފައި އަހަރެމެންނާއި އެކު އާދޭ.” އިޙުސާނު ސުމައްޔާ އަށް ގޮވާލަމުން ބުނެލިއެވެ. އެ އަޑު އިވިފައި ސުމައްޔާ އަވަސް އަރުވާލަމުން ގޮނޑިން ތެދުވިއެވެ. އަދި ތައްޔާރުވެގެން އިޙުސާނުމެންނާއި އެކު ގޮސް ފުލުސް ޖިޕަށް އަރައިފިއެވެ.
ސްޕާ ތެރެއިން ބިންގަރާސް ބަޔަށް ވަންނަން ހުރި ދޮރު ކުރިމަތީގައި އެންމެން އެތުރެލިއެވެ. އިޙުސާނު އިޝާރާތް ކޮށްލުމާއި އެކު ޒައިން ތަޅަށް ވަޒަނެއް ދޫކޮށްލިއެވެ. ދޮރު ހުޅުވާލަމުން އެއްބަޔަކު އެ ތަނުގެ ތެރެއަށް ވަދެގަތީ ކުއްލިއަކަށެވެ. އަނެއްބަޔަކު ބޭރުގައި ސަމާލުވެ ތިބީ ކްލަބުން ބޭރަށް ނުކުތިއްޔާ އެބަޔަކު ހިފަހައްޓާށެވެ.
ސުމައްޔާ އެންމެ ފުރަތަމަ ވެސް ގޮސް ހައްޔަރު ކުރީ ޝައުލާއެވެ. ދެން ތިބި މީހުން ބެހިލައިފައި ފަހަރަކު މީހަކު ހައްޔަރު ކުރަމުން ދިޔައެވެ. މަސްތުގެ އަވައިގައި ޖެހިފައި ތިބި ގިނަ ބަޔަކަށް މި ވާ ގޮތް ރެއަކާލަން ފަސޭހައެއް ނުވިއެވެ. އެ ތަނުގައި ހަމަހޭގައި ހުރި ހަމަ އެކަނި މީހަކަށްވީ ޔޫލީނެވެ.
ކުއްލިއަކަށް ފުލުހުން އައިސް އެ ތަނަށް ވަދެގަތުމުން އޭނާ އަށް ލިބުނީ ވަރުގަދަ ސިހުމެކެވެ. ސަލާމަތްވުމަށް ޚިޔާލު ކޮށްފައި އޭނާ މައި ދޮރާއި ދިމާލަށް ބޮނދަމުން ކަހަލަ ގޮތަކަށް ދިޔައެވެ. އެހެނަސް އޭނާގެ މަގުސަދު ހާސިލެއް ނުވިއެވެ. ކުރި ބައްދާލީ އަފާފް އެވެ. “ކަލޭމެން ކޮން މޮޔައެއް ވެގެންތަ ތި އުޅެނީ. ޖެހޭތަ ހަމަ ހުރެފަ އަހަރެންގެ ތަނަކަށް ވަންނަން. ދޫކުރޭ. މަ މި ބުނީނުން ދޫކުރާށޭ. ގޮތެއް ފޮތެއް ނެތް *****!” ޔޫލީން ކަރު ބުޑުން ހަޅޭއްލަވައިގަތެވެ.
އެ އެންމެން ނެރެގެން ގެންދިޔަ ފަހުން ސުމައްޔާމެންގެ ޓީމް އުޅުނީ އެ ތަނުގައި ހުރި މަސްތުވާތަކެތި ކޮންފިސްކޭޓް ކޮށް ހެކި އެއްކުރުމުގައެވެ. ފެނުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި ހިފައިގެން އަފާފް އާއި ޒައިންގެ އިތުރުން އަކްމަލް ފުލުސް ސްޓޭޝަނަށް މިސްރާބު ޖެހިއިރު ދޭއް ޖަހާ ބޮޑު ވެދާނެއެވެ. ސުމައްޔާ ނުގޮސް އަދިވެސް ހުރީ އެ ތަން ބަލާ ފާސްކުރާށެވެ.
“ދެން ދާން ހިނގަންވީނުން. ހިޔެއް ނުވޭ އިތުރު އެއްޗެއް ހުންނާނެ ހެނެއް. މިހާރު އެއޮއް ތިނެއް ޖަހައިގެން ދިޔައީ ވިއްޔާ.” އިޙުސާނު ސުމައްޔާގެ އަތުގައި ހިފާ ދަމާލަމުން ބުނެލިއެވެ. “އޮހޯން. އަދި ވެސް ހުރެދާނެ. އަދި ރަނގަޅަށް ނުބެލޭ ތަންތަނެއްނު މި ހުރީ.” ސުމައްޔާ އަތް ދަމައިގަންނަމުން ބުނެލިއެވެ. އޭރު އެމީހުން ތިބީ އެންމެ އެތެރޭގައި ހުރި ކޮޓަރީގައެވެ. މީހުން އައިސް ‘ޖައްސާ’ ތަނެކެވެ. ސުމައްޔާ އެ ތަނުގެ ކަބަޑުތަކާއި އެއްޗެހި ހުޅުވާ ބަލަމުން ދިޔައީ ލޯމައްޗަށް ފަރުދާވެފައި ވިޔަސް އެއްޗެއް ހުރެދާނެ ކަމަށެވެ. އިޙުސާނު ވަރުބަލިވުމުން އެނދަށް ވެއްޓިގަތެވެ. މިރޭ މުޅީންހެން އުޅެން ޖެހުނީ މީހުން ހައްޔަރު ކުރުމާއި ބަޔާން ނެގުމުގައެވެ. އެހެންވީމާ ހެސްކިޔާފަ ވަރުބަލިވާނެތާއެވެ. އެހެނަސް ސުމައްޔާގެ ކިބައިން ވަރުބަލިވެފައި ހުރި ކަމުގެ އަސަރެއް ނުފެނެއެވެ. ހުރީ ނިކަން ފޯރިއަރައިފައެވެ. ސުމައްޔާގެ މި ޙަރަކާތްތަކަށް ނަޒަރު ހުއްޓާލައިގެން އިޙުސާނު އޮތީއެވެ.
ކަބަޑުތަކުން އިތުރު އެއްޗެއް ނުފެނުމުން ސުމައްޔާ ގޮސް ހުއްޓުނީ އެއްފަރާތުގައި ހުރި ދިގު ލޯގަނޑު ކުރިމަތީގައެވެ. އޭގެ މަތީގައި ދެތިން ފަހަރަކު ޖަހާލައިފައި އޭނާ އެ ނައްޓާލެވޭތޯ އުޅުނެވެ. އެހެން ހުއްޓާ ސުމައްޔާ ސިހުނީ އެ އެއްފަރާތަކަށް ކަހާލެވުމުންނެވެ. ލޯގަނޑު ވެއްޓި ތަޅައިގެން ގޮސްދާނެ ކަމުގެ ބިރަށް އޭނާ އަށް އޭގައި ހިފާލެވުނެވެ. މި ތަން ފެނިފައި އިޙުސާނު އެނދުން ފުންމައިގެން ތެދުވިއެވެ.
“ކޮބާ. މަ ބުނީމެއްނު އަދި ހުރިހާ ތަނެއް ރަނގަޅަށް ނުބެލެޔޭ. މި ދޮރު ހުޅުވޭތޯ ބަލަމާ ހިނގާ. ކޮންމެވެސް އެއްޗެއް ހުރެދާނެ.” އެ ތަޅުލެވިފައި ހުރި ދޮރު ފެނުމުން ސުމައްޔާގެ މޫނުމަތި އުޖާލާވެއްޖެއެވެ. ސުމައްޔާ އޭނާގެ ދަބަސް ހާވާލައިފައި އެކި އާލާތްތައް ނަގާ ފަހަރަކު ލޮކެއް ނައްޓަން ފެށިއެވެ. އިޙުސާނު އަނގަ ޗޭ ކޮށްލައިގެން ބަލަން ހުރީ ސުމައްޔާ ފެން ފޮދެއް ބޯލާހާ ފަސޭހައިން އެ ތަޅުތައް އަންލޮކް ކުރަމުން ދިއުމުންނެވެ.
“ކިހިނެއްތަ ސޫމޯއަށް މި އެއްޗެހި ބޭނުންކޮށްގެން ކޮންމެ ކަހަލަ ތަޅެއް ވެސް ހުޅުވަން އެނގެނީ؟” އިޙުސާނު އެހިއެވެ. “ކުޑައިރު ދަސްކޮށްފަ. އިއްސޭހާ ބާރުގަދަ ނުވިޔަސް އަހަރެންނަށް ބްރޯ މައިތިރިކޮށްލެވެނީ އޭރު ދަސްކުރި ސްކިލްސް ބޭނުން ކޮށްގެން. ޑޭޑް ރެއިޒްޑް މީ ވެލް.” ސުމައްޔާ ރައްދުގައި ބުނެލިއެވެ. އެއަށްފަހު ފަހު ތަޅު ހުޅުވާ އެ ދޮރު ހާކޮށްލިއެވެ. އެތެރެއަށް ވަދެގެން ދިޔައިރު އެ ތަނުގައި އޮރެންޖް ލެޑްގެ ފަނޑު އަލިކަން ފެތުރިފައިވިއެވެ. އޭސީގެ ފިނިކަން މަތިކޮށްފައި ހުރި އެ ތަނުގައި ދިގު ދިގަށް ދަގަނޑު ހަރުތަކެއް ހުއްޓެވެ. ކޮންމެ ހަރެއް ފުރާ އެކި ޒާތްޒާތުގެ ފުޅިތައް ބަރި ޖަހައިފައި ހުއްޓެވެ. ސުމައްޔާ އެ ތަނުން ފުޅިއެއް ކަނޑާލަމުން އޭގައި ވަސްގަތެވެ.
“**. މި ހުސް ޑްރަގް. އިލީގަލް ޑްރަގް. މަށަށް މި ވަސްބެލުނީ ނުބައި އެއްޗެއްގަ.” އެ ފުޅި ދުރަށް ޖައްސާލަމުން ސުމައްޔާ މޫނަށް ވައްތަރެއް ޖައްސާލިއެވެ. އެ ވަގުތު އޭނާގެ ބޮލުގައި ތޫނު ރިހުމެއް އުފެދުނެވެ. ލޮލުން ކަރުނަ އަންނަން ފެށިއެވެ. އިޙުސާނު އެ ފުޅީގައި މަތި ޖަހައިފައި ސުމައްޔާގެ އަތުގައި ހިފާލަމުން އެ ތަނުން ނުކުތެވެ. ސުމައްޔާ އެނދުމަތީގައި ބައިންދައިފައި އޭނާ ގުޅާލީ ރައްޓެހި ފުލުސް ކުދިންކޮޅަކަށެވެ. އެ ހުރިހާ ސާމާނެއް ގެންދަން ވޭނެއް ބޭނުންވާނެ ތާއެވެ.
ސުމައްޔާ އަށް ފެން ދީފައި އިޙުސާނު އެ ބޮލުގައި ފިރުމާލިއެވެ. ސުމައްޔާ އިޙުސާނުގެ މޭގައި ބޯ އަޅާލުމަށް ފަހު ހަމަޖެހެން މަސައްކަތް ކުރިއެވެ. އޭނާ އަށް އަމިއްލަ ނަފްސު ހަމައަކަށް އަޅުވަން ވަގުތު ނެގިއެވެ.
“މިހާރު އޯކޭ.” ސުމައްޔާ ތެދުވަންނަމުން ބުނެލިއެވެ. އިޙުސާނު ގުޅި ގުރޫޕް އެ ތަނަށް އައީ ވެސް ދެނެވެ. “އޯކޭ ވިޔަސް ދެން މިކަމާ އުޅޭނެ ކަމެއް ނެތް. ހިނގާ ގެއަށް. މިހާރު ވެސް މާ ލަސްވެއްޖެ.” އިޙުސާނު ސުމައްޔާ ހުއްޓުވައިފައި އޭނާ ގޮވައިގެން އެ ބިންގަރާހުން ނުކުންނަން ދިޔައެވެ. ސުމައްޔާ ވަކި އެއްޗެއް ނުބުނެ އޭނާ އާއި އެކު ދިޔައީ ހަތަރެއް ޖަހަން ގާތްވެފައި ވުމުންނެވެ.
____ ހަފްތާއެއް ފަސް ____
ލޯގަނޑު ކުރިމަތީގައި ހުރެ ޝޯލް އަޅަމުން ދިޔަ އަރީންގެ މޫނުމަތީގައި ވަނީ ނުތަނަވަސްކަމެވެ. މިކަން ޒަވިއަނަށް ފާހަގަވުމުން އައިސް ފަހަތުން އަރީންގެ މެދު ހަށީގައި ބައްދާލިއެވެ. “މާ ބޮޑަށް ހާސްވަނީދޯ. ރީން އަށް މިކަން ކުރަން ނުކެރެންޏާ ބުނޭ. އަހަރެންނަށް މި ވަގުތު ވެސް އެހެން ލޯޔަރެއް ހޯދާކަށް އުނދަގުލެއް ނުވާނެ.” އަރީންގެ ބޮލުގައި ފިރުމާލަމުން ޒަވިއަން ބުނެލިއެވެ. އަރީން ފުން ނޭވާއެއް ބޭރުކޮށްލިއެވެ.
“އުހުން. މި ހިސާބަށް އައިސްފައި ފަހަތަށް ޖެހުނީމަ އެ ކަޑަ ވީނުން. ލޯޔަރުކަން ކިޔަވަން ދިޔައިރު ވެސް އަހަރެންގެ އުންމީދެއް އެއީ އަޒާއަށް އިންސާފް ހޯދައިދިނުން. ހާސްވިއެއް ކަމަކު ކޯޓުގައި އަހަރެންގެ ހުނަރު އެންމެ ފުރިހަމަ ގޮތުގައި ބޭނުން ކުރާނަން އިންޝާ ﷲ.” އަރީން ރައްދުގައި ބުނެލިއެވެ. “ދެން ހިނގާ ދަމާ. ހަތަރުގަޑި ބައިގައި އަޑުއެހުން ފެށޭނެއްނު. ތައްޔާރުތަ؟” ޒަވިއަން އަރީނާއި ދުރަށް ޖެހިލަމުން ބުނެލިއެވެ. އަރީން ބޯ ޖަހާލަމުން އޭނާގެ ދަބަސް ކޮނޑުގައި އަޅުވާލަމުން ޒަވިއަންގެ އަތުގައި ހިފާލިއެވެ.
ކޯޓު ރޫމް ތެރޭގައި ތިބެ އަރީންމެން އިންތިޒާރު ކުރީ އަޑުއެހުން ފެށޭނެ ވަގުތަށެވެ. އެ ތަނަށް އަރީނާއި ޒަވިއަންގެ މައިންބަފައިންގެ އިތުރުން ޢަބްދުއްރަޙްމާން ވެސް ހުރީ އައިހެވެ. އާދައިގެ މަތިން މިއަދު ވެސް ޢަބްދުއްރަޙްމާން ހުރީ ކަޅު ހުޑީ އެއްލައި މޫނު ނިވާކޮށްލުމުގެ ގޮތުން މާސްކެއް އަޅައިގެންނެވެ. ސުމައްޔާމެންގެ ގުރޫޕްގަނޑުގެ އިތުރުން އަދި އެކަކަށް ވެސް ޢަބްދުއްރަޙްމާންގެ ޙަޤީޤަތް ހިއްސާކޮށްފައެއް ނެތެވެ.
ހައްޔަރު ކުރެވިފައިވީ ކުށްވެރިން ވެއްދެމުން ދިޔައިރު ސުމައްޔާމެންގެ ދެލޮލުން އަލިފާން ކަނި ބުރަމުން ދިޔަ ކަހަލައެވެ. ޒިޔާދުމެން ވެސް އެމީހުންނަށް ހަދިޔާ ކޮށްލަނީ ނަފުރަތުގެ ބެލުމެކެވެ. އެ ނުލަފާ މީހުންތަކަށް އެ ތަނުގައި ވެސް ހިމޭނުން ތިބެވޭ ކަމަކަށް ނުވިއެވެ. އެމީހުން ކިރިޔާ ވެސް މައިތިރިވެލީ ޤާޟީ އިންޒާރެއް ދިނުމުންނެވެ.
އަޑުއެހުން ފެށިގެން ކުރިއަށް ދިޔަ ވަރަކަށް އެ މާހައުލު ހޫނުވަމުން ދިޔައެވެ. ޕްރޮސެކިޔުޝަނުން އެމީހުންނާއި ދެކޮޅަށް އެތަކެއް ދައުވާތަކެއް އުފުލައިފައި ވެއެވެ. އެ މީހުންގެ އަނިޔާވެރިކަމުގެ ވާހަކަ ހެއްކާއި އެކު ބަޔާން ކުރަމުން ދިޔަ ވަރަކަށް ސަގަރޭ ކެކެމުން ދިޔައެވެ. އޭނާ ޙައިރާންވެގެން ފުންމައިގެން ތެދުވެވުނީ އޭނާގެ އަސްލުނަމުން މުޚާޠަބުކޮށް ގޮވާލުމުންނެވެ. މީގެ ފަންސަވީސް އަހަރު ކުރީގެ ހާދިސާ ނެގުމުންނެވެ.
“އަހަރެންނަށް ނިސްބަތް ކޮށްފަ ތިޔަ ވަރުގެ ދޮގު ތުހުމަތެއް އަޅުވަން ޖެހޭތަ. ކަލޭމެން މިހާރު މައްސަލަތައް ކޯޓާއި ހަމައަށް ގެންނަނީ އަމިއްލަ ވާހަކަ ހަދަހަދައިގެންތަ؟ *** ތަކެއް ހެން ދެއަތަށް **ނެކަމެއް ނެތް.” ސަގަރޭ ހަޅޭއްލަވައިގަތެވެ. މިއަށް ރައްދެއް ދިނީ އެ ވަގުތު ހެކިބަސް ދިނުމުގެ މަގާމުގައި ހުރި ސުމައްޔާއެވެ.
“އައްދޭ. އަންކަލް ހަމަޖެހިބަލަ. ފައިސާގެ ދަހިވެތިކަމުގައި އަމިއްލަ ކޮއްކޮ މަރާލި ކަމަށް އެއްބަސްވާން ނުކެރެންޏާ އެ ވަރުގެ ކަމެއް ކުރަން ޖެހޭތަ؟ ބައްޕަ އިތުރު ތަފްސީލު ދިނީމަ ކަލޭ ހިންގި ލާއިންސާނީ ޖަރީމާ މަތިން ހަނދާންވެދާނެ. އޭރު ކުޑަކުއްޖެއްގެ ގޮތުގައި ހުރެފަ ފަހުން ފެނުނީމަ ބޮޑުބޭބެ އަށް އަހަރެން ވަކި ކުރަން ނޭނގުނީ ދޯ. އަހަރެންގެ މަންމަ މަރާލާފަ ކޮންމެހެން ނޭނގޭ ކަމަށް ހަދާނެކަމެއް ނެތް ސަލްމާން މުޙައްމަދާ!” ވިހަ ގޮތަކަށް ހީނލަމުން ސުމައްޔާ ބުނެލިއެވެ.
ސުމައްޔާ ވާހަކަ ދެއްކި އަޑު އިވިފައި ސަގަރޭ އަށް އެ ދިމާ ބަލާލެވުނީ މަރަށް ސިހުނު ފަދައަކުންނެވެ. ދެލޯ ބޮޑުކޮށްލެވުނު އިރު ހަމަ ރަނގަޅަށް ވެސް އޭނާގެ އަނގަ ބަންދުވެއްޖެއެވެ. މުޅި މީހާ ދާހިއްލާލައި ހާސްކަމުގެ އަނދިރިކަމެއްގައި އޭނާ ބަނދެވުނު ކަހަލައެވެ.
– ނުނިމޭ –
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
32 Comments!
Comments are closed.







Wow wow hama speechless..
When next?.
IA next Sunday
Shukran Anonymous ✨✨
Haan… Miadhu mi thursday tha… Surprise vefa mi hury ingeyy… Thnkusm ingey avahah up kohleema
Ooomaaagaaaddd…… Ufalun maruvanings…… Kalo e sagreyah amilla myhaa falhaa aruvaalyma goiy goiy vey eba dhwww….. Alheyy.. Sabahey zavianoo… Adhi kohli varu kuda.. E naail gan’du maraalaafa dhookohli nama dhww…. Anehkaa romance kurumun vx no. 1 viyya…. Even tho he is fictional he is the 7th person i love the most noww.. Lol…
Anyways mi ep vx vrh reethi Maasha Allah
Curiously waiting for the nxt prt
Whn nxt?????
Tc.. Lyyy💙💚
I’m delighted to hear that 🥰🥰
Hehe, thankolheh avahah submit kohlee 😅😅
Hmmm, sagarey enme fahun bedhijje 😏😏
Naail maraalihyya zev will face jail time ehnu 🫠🫠
Ouhh, zev is now stealing ppl’s heart dhw 🤭🤭
IA next Sunday
Shukran Futtaki ✨✨
Lyt darl 🫰🏻🫰🏻
finally sagarey is about to get what he needs after all these years
Yhh, finally he’s receiving the deserved punishment 😌😌
Shukran BLOSSOM ✨✨
Mi part ves varah reethi. Finally mimeehunna athulaiganevijje. Zev and reen ge bai is making me shy. Sumayya ” salmaan muhammad’s” got me laughing . curiously waiting for next part??
Yhh, mifaharu zev men kuri masahkathuge natheeja vrh foni 😌😌
Hehe, e salmaan innaanehnu dhen birugenfa 🤣🤣
Shukran Miss rose ✨✨
Oh my goshhh!!! Hama bunaane ehcheh neyngeyhaa furihama eyyy!! Impressively extraordinary✨✨ I’m in awe💖
Alheyy ufalun gos mi oth fumeny!! E sorumen hama fanufulun😂 zev and his mates hard work is bout to get paid off!! Gosh!
Btw Sagarey guess wha?? Karma has found ur address! Now FACE IT! Can’t wait to know what’s gonna happen in the courtroom after sumy said that!
Appreciate and admire your hard work darling👏
Lyssm and Tc💗💗
I’m thrilled to hear that 🥰🥰
Yhh, we are seeing the fruitful results of their hard work 😌😌
Hehe, wait until Sunday to know whts happening next 😄😄
Shukran Your fav bab ✨✨
Lyt darl 🫰🏻🫰🏻
gurl finally justice 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭
Yep, they are really close to justice 😌😌
Shukran pumpkin🎃 ✨✨
Mi
Shukran Anonymous ✨✨
Nice
Shukran Exxo ✨✨
Mi part ves vrh reethi MA! I’m sorry last ep ga comment nukurevuneema! I’ve been very bxy
E sagarey men adhives maithiri vaakah noolhey thr. Ulhey gotheh vs dhw🙄🙄
Naail hurihaa kusheh kohfa vs filan e ulhunee
Xev did the right thing to Naail
Reen and Xev are just too cute.😍❤️ I wish I could get a love like that
Sumee hama gadhaee ingey sagarey ge anga vs bandhu koh lee viya
Whn nxt?????????
Luv u 💗
I’m delighted to hear that 🥰🥰
Aaaey, sagarey mennah ladhuvethi kamakee kobaikan dhaskohdheynvii 😒😒
Yup, naail deserved a beating 👏🏻👏🏻
Aan, mi faharu sumayya e huree varugadha azumehga insaafu gaaimu kuran 😄😄
IA next Sunday
Shukran 🥀 ✨✨
Lyt darl 🫰🏻🫰🏻
Mi part ves varah reethi masha Allah
Curiously waiting for next part
Sagarey ah salaamaiy nuveveyne dhen
Naail ah ehn fileytha hurihaa echeh kohffa
Fainally emmenah Justice libeyne Insha allah
Mi kiyaafa rovijje
Haadha curious kohlaafa thi nihmaaly
Nau fakeeru haadha dhera eh vefa ey
Miayee varah saugu veri kamakaa eku kiyaa vaahaka eh
Really appreciated your hard work 🥰
When next
Glad to know 🥰🥰
Aan, mi faharu emyhunnah salaamatheh nuvevun 😌😌
Dhww, naureen is heartbroken family ge fathi fuh engunyma 🥀🥀
IA next Sunday
Shukran Cutie girl ✨✨
Shukran Anonymous ✨✨
Omg it’s almost doneee
Yhh, few more eps left 🥀🥀
Shukran Anonymous ✨✨
OMG zev sounds soooo hot
i blushed aree kairy zav ge blood taste kuran beynunhey ehyma hes sooooo funny and teasy tooo hot
im sooooo happyyy
i didnt even want mibai nimeykah vessss
lysm
whn next gorgeous?
I’m overjoyed to hear that 🥰🥰
Hehe, zev ge kamakee reen ladhugennevun 🤭🤭
IA next Sunday
Shukran diva_gurly ✨✨
Lyt darl 🫰🏻🫰🏻
Gadha ey sumii
Mi vaahaka genesdheefai vaa goh varah kanudhey heevani ethaa hureveyhen. Waiting for nrxt part
I’m delighted to hear that 🥰🥰
Shukran Nadhoo ✨✨
Wow vrh vrh salhi ingeyy. Busy kamun mama lahun comment kurevuny. Hehe.
Close to justice I’m so happyyyy.
When Sumee is marrying?????
How many left ????
Luv u
I’m delighted to hear that 🥰🥰
Issoke vaguthu vee varakun kiyaani 😄😄
Let’s see when the wedding will take place 🤭🤭
5 or 6 i think
Shukran xxx_dodo_xxx ✨✨
Lyt darl 🫰🏻🫰🏻
Cool.
Waiting fr next …
Shukran Leeshaa ✨✨
how many more eps…?cant wait for the next partttt
5 orr 6
Shukran Anonymous ✨