Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ދެވުނީ ވޭނޭ 77

White rose
White rose Level 1010 Stories100 Login100 Comments500 Comments100 Stories1K Comments
June 22, 2026 7 Mins Read
20 Comments

“ޒެވް! ތިއިން އެތިކޮޅެއް ރަޙަ ބަލާލަން ދެއްޗޭ.” އަރީން ޒަވިއަންގެ އަތުގައި ހިފާލަމުން ބުނެލިއެވެ. އެހެނަސް ޒަވިއަން ފާޑަކަށް ހީނލަމުން ދަޅު އެއްކޮށް ހުސްކޮށްލައިފިއެވެ. “ދޭން ޒެވް! ހަމަ އެންމެ ކޯވަރެއް ވެސް ރަހަ ބަލާލަން ނުބެހެއްޓުނުތަ؟” އަރީން އަކުރުތަކަށް ދަމާލީ ޒަވިއަން އެ ހުސްކޮށްފައި ޑަސްބިނަށް ލުމުންނެވެ. “ހަމަ އެހާ ރަޙަ ބަލަން ބޭނުންތަ؟ އަހަރެން ނުބުނަމެއްނު ރަޙަ ބަލަން ނުދޭނަމެކޭ.” ޒަވިއަން އަރީންގެ ގާތުގައި އިށީންނަމުން ބުނެލިއެވެ. އަރީން ދެބުމަ ގާތް ކޮށްލިއެވެ. އަރީނަށް އެ ވާނުވާ ދެނެގަންނަން ފުރުސަތެއް ނުލިބުނެވެ. ޒަވިއަން މޫނުގައި ހިފާ ގާތް ކޮށްލަމުން އެ ތުންފަތް ލޯބިކޮށްލައިފިއެވެ. މި މަންޒަރު ފެނި ސުމައްޔާގެ އަނގަތެރޭގައި ހުރި ސޮޑާ ކޮޅު ބުރައިގެން ދިޔައީ އިޙުސާނުގެ ގަމީހަށެވެ. އެ ސޮރު ދެލޯ އަޅާލަމުން ކޮޅަށް ތެދުވެއްޖެއެވެ. “ކިއުޓް.” ލީވާނަށް އިވޭ ވަރަށް ނައުރީން ބުނެލިއެވެ.

“މީރުތަ؟” ދުރަށް ޖެހިލަމުން ޒަވިއަން ލާނެތް ރާގަކަށް އަހާލިއެވެ. އޭރު އަރީންގެ ހަށީގައި ވީހާ ލެޔެއް އެ ދޮން މޫނަށް ޖަމާވެފައި ހުރި ކަހަލައެވެ. ލަދުގެންފައި ހުރުމުން ބިންފަޅައިފައި އަޑިއަށް ދެވޭނެ ނަމައޭ އޭނާ ހިތަށް އެރިއެވެ. މޫނުގައި އަތް އަޅާލަމުން އޭނާ އިސްޖަހާލީއެވެ. “މި އެންމެންގެ ތެރޭގައި އެހެން ހަދާކަށް ނުވާނެއްނު.” ބަނޑަށް އިވޭ ވަރަށް އަރީން ބުނެލީ އެހެންނެވެ. “މިތާ ނެތެއްނު ކުޑަ ކުއްޖެއް. މައްސަލައެއް ނޫނޭ އެ ގޮތަށް އެއްޗެއްގެ ރަހަ ބަލައިލިޔަސް.” ޒަވިއަން އަރީންގެ އަތުގައި ހިފާލަމުން ބުނެލިއެވެ.

“އޫޕްސް. މި ޒެވް ގަނޑުގެ ކަންތަކޭ. ޖެހޭތަ ކުއްލިއަކަށް ހުރެފަ އެހެން ހަދަން. މި ކެބިންގައި އިތުރު ގަމީސް ހުންނާނެތަ؟” ސުމައްޔާ ސޮޑާ ދަޅު މޭޒުމަތީގައި ބަހައްޓަމުން ތެދުވިއެވެ. “ހޫމް. އެހެރަ އަލަމާރި ތެރޭގައި ހުންނާނެ.” އެއަށް ރައްދެއް ދިނީ ލީވާނެވެ. ސުމައްޔާ ގޮސް އެ އަލަމާރިން ގަމީހެއް ހިފައިގެން އައެވެ. އިޙުސާނު އަނގަޔަށް ވައްތަރެއް ޖައްސާލައިފައި އެ ހިފައިގެން ގޮސް ވަނީ ފާޚާނާއަށެވެ.

“ޒެވް. ޕްލީޒް ކޮންޓްރޯލް ޔުއަރސެލްފް. ބައެއް ކަންކަން ކުރަންވާނީ ރޫމްގައޭ” ސުމައްޔާ ތޫނު ނަޒަރެއް ދެމުން ބުނެލިއެވެ. ޒަވިއަން އެއަށް ރައްދެއް ނުދިނެވެ. އިޙުސާނު ގަމީސް ބަދަލުކޮށްގެން އައުމުން އަނެއްކާ ވެސް އެމީހުންގެ މަސައްކަތް ފަށައިގަތެވެ.

” ‘ކަލޭމެންނަށް ދެން އެހާ ގިނަ ދުވަހެއް ނުލިބޭނެ. ތި ލައްޒަތުގެ ދިރިއުމަށް އަލްވަދާޢު ކިޔަން ތައްޔާރުވޭ. ގޭންގުތައް ހިންގަމުން މަސްތުވާތަކެތި އެތެރެކުރުމުގެ ހިތި ނަތީޖާ ދެކެން ޖެހޭ ދުވަސް ގާތްވެއްޖެ. ސިލްވިޔާ މަރާލައިގެން ކަލޭގެ ކުށްތައް އަބަދަށް ވަންހަނާ ކޮށްލެވޭނެ ކަމަށް ހީކުރީތަ؟’ އޯކޭ. މި ރަނގަޅެއްނު. ދެން އެހެންވީމާ މެސެޖު ފޮނުވާލަން ވީނުން.” ސުމައްޔާ އެ ކިޔާލަމުން ބުނެލިއެވެ. ލީވާން މެސެޖު ފޮނުވާލިއެވެ.

“މި މީހުންނަށް ފަހު ޝައުލާ ހައްޔަރު ކުރާނީ. އަރީންގެ ދަރިފުޅު މަރާލަން މަސައްކަތް ކުރިކަމަށް ކަނޑައެޅުނު މުއްދަތު ހަމަ ކުރަން ޖެހޭނެއްނު. އެކަމު އެއަށް ވުރެ އަދި ގިނަ ދުވަހު އޭނާ ކަސްތޮޅުއަޅުވާފަ ބަހައްޓަން ހާދަ ބޭނުމޭ. އެހާ ވެސް ޖެއްސުން ބޮޑު އަންހެނެއް.” ސުމައްޔާ ބުނެލިއެވެ.

“އަހަރެން ވެސް ހިއްސާ ކުރުން މުހިންމު ވާހަކަތަކެއް އެބަހުރި. ފުރަތަމަ ކަމަކަށް ސުކޫލުގައި އުޅުނު އިރު ލެބުގަ ރޯކޮށްލި ކަންތައްގަނޑުގައި ޝައުލާ އުޅުނު. އެރޭ އަސްލު ހިޔެއް ނުކުރަން ރީން މަރާލަން ކުރި މަސައްކަތެއް ކަމަކަށް. އަހަރެން ހީކުރީ އެރެއަށް ބަންދުކޮށްލީ ކަމަށް. ދެން ރީން މެރީ ކުރި ދުވަހު އޭނާ ބަޔަކަށް ލާރި ދީގެން އިލެވެން ދުއްވި ކާރަށް ހަމަލާދީ ރީން މަރާލަން ވެސް މަސައްކަތް ކުރި. އޭގެ ފަހުން ގޭންގެއްގެ ބަޔަކަށް ލާރިދީފަ ރީންގެ އަބުރު ކަތިލެވޭ ވަރުގެ ބަރަހަނާ ވީޑިއޯ އެއް ހޯދަން ވެސް އޭނާ މަސައްކަތް ކުރި. ޒެވް އާއި ހެދި މޮޔަވެފަ ހުރެގެން އޭނާ އެތައް ފަހަރަކު ރީން މަރާލަން މަސައްކަތް ކުރި. ނަސީބަކުން ގިނަ ޕްލޭންތައް ފަނުފުލުން ދިޔައީ. ޝައުލާ އެމީހުންނަށް ވާހަކަ ދެއްކި ކޯލް ރިކޯޑިންތައް އަހަރެން ހޯދާފަ ހުންނާނެ. ވަންސް އެގެއިން. އައިމް ސޮރީ ރީން. އަހަރެންނަށް އެ ކަންކަމަށް ކޮންމެވެސް ވަރަކަށް އެއްބާރުލުން ދެވުނު.” ނައުރީން އިސްޖަހާލަމުން އަރީންގެ އަތުގައި ހިފާލިއެވެ. “އަހަރެން މާފުކޮށްފީމެއްނު. އިންސާނަކަށް ވީމަ ކުށްކުރެވިދާނެ. އެހެން ޝައުލާގެ ރޭވުމެއްގައި ފުރިހަމައަށް ބައިވެރިވީ ސުކޫލުގައެއްނު. އެ ފަހަރު އަހަރެންނަށް އެންމެ އަނިޔާ ކުރީ ފަހުން އެ ތަނަށް އައި މީހެއްނު. ދެން ހުރި ކަންކަމަށް ވިސްނުމަށް ވުރެ ނޫރީ އުޅުނީ އިއްސޭ ޙާސިލުކުރެވޭތޯއެއްނު. އެއީ ވެސް ބޮޑު ނަސީބެއް. އެހެންނޫންނަމަ ނޫރީ އަށް ވެސް ޖަލަށް ދާން ޖެހިދާނެ. މިހާރު ތި ކުރި ކަންތައްތަކަށް އަހަރެން ކޯޓުގައި މާފު ދޭނަން. އެކަމަކު ޔޫލީން އާއި ޝައުލާ އަށް މާފެއް ނުކުރެވޭނެ. ނޫރީ ތި ބުނި ވީޑިއޯއެއް ކުރަން އުޅުނީ ކޮން އިރަކު ތަ؟ އަހަރެން ހަނދާނަކު ނެތް ތި ކަހަލަ ކަމެއް.” އަރީން ރައްދުގައި ބުނެލިއެވެ.

“އަމްމް. އެއީ ސުމައްޔާ ބެލްކަނިން ފުންމައިގެން އުޅުނު ވީޑިއޯ އާންމުވި ދުވަސްކޮޅު. ސީދާ ދުވަހެއް ހަނދާނެއް ނެތް. ޝައުލާ އެ މީހަ އަތަށް ދިން ސެކްސިން އެއް ތޯއްޗެ ކިޔާ ރޭޕް ޑްރަގެއް.” ނައުރީން ޖަވާބެއް ދިނީ އިރުކޮޅެއް ފަހުންނެވެ. “ވަޓް؟ ނާއިލް އެއް ނޫންތަ އެކަން ކުރީ؟ އެރޭ ރީން ހޯދުނު އިރު އޮތީ ނާއިލްގެ ކާރުގަ.” ޒަވިއަން ހައިރާންވެފައި ބުނެލިއެވެ. މިއާއި އެކު ނައުރީން ނޫން އެހެން އެންމެންގެ ނަޒަރު ޒަވިއަނާއި އަމާޒުވިއެވެ. ވާނީ ވެސް އެހެންތާއެވެ. އަރީނަށް ފާޅުގައި ނަފްރަތު ކުރި ދުވަސްކޮޅެއްގައި އަރީން ސަލާމަތްކުރުމަށް އޭނާ މަސައްކަތް ކޮށްފާނެކަން ޤަބޫލުކުރަން އުނދަގޫ ވާނެ ތާއެވެ.

“ކީއްވެގެންތަ ތި މީހުން މަށާ ދިމާއަށް އެހާ ފާޑަކަށް ތި ބަލަނީ؟” ޒަވިއަން ދެލޯ ހަނިކޮށްލަމުން އެހިއެވެ. “ބްރޯ ތިއީ ހާދަ ތަފާތު މީހެކޭ. ރީނަށް އެހާ ވަރަށް އަނިޔާ ކުރަމުން ދިޔަ ދުވަސްކޮޅަކު ރީން ސަލާމަތްކުރުމަށް ދާނެ ކަން ޤަބޫލުކުރަން ދަތިވީމައޭ މިހެން ބަލަނީ. ކިހިނެއް ވީ ރެއެއްތަ؟ އެންޑް ރީން އެއްވެސް ވަރަކަށް އެރޭގެ މަތިން ހަނދާނެއް ނެތްތަ؟” އިޙުސާނު ބުނެލިއެވެ.

“އޭނާ ހަނދާނެއް ނުވާނެ. އެ ސެކްސައިނޭ ކިޔުނު ޑްރަގަކާއި ހެދި އޭނާ ސިކުނޑި ރަނގަޅަށް މަސައްކަތް ނުކުރި ރެއެއް އެއީ. އެރޭ ނިދަން އޮށޯތް އިރު އަރީން ނެތުމުން މަށަށް ހިލާ ނުނިދުނު. ނޭނގޭ ކީއްވެގެން ކަމެއް. އެންމެ ފަހުން ތެދުވެ ފޯނު ނަގާ ރީންގެ ލޮކޭޝަން ބަލައިލީ. އަހަރެން ރީންގެ ފޯނަށް އަޅައިފައި އިން އެޕަކުން އެއީ. އިލެވެންމެންނާއި ވާހަކަ ދެއްކިޔަކަ ނުދޭން އަހަރެން އެ ނަންބަރުތައް ބްލޮކް ކުރަން އަސްލު އެޅި އެޕެއް. އެއިން މާލެ ދާން މިސްރާބު ޖަހައިފައިވާ މަންޒަރު ފެނުނީމަ އަހަރެން ހިތްހަމަނުޖެހުނު. އަހަރެންނަށް އަންގާ ނުލާ އެހާ ދަން ވަގުތަކު ތަންތަނަށް ދާތީ. އެހެންވެ ވަރަށް ބާރަށް ކާރު ދުއްވާފަ އެ ދިމާލަށް ދިޔައީ. ދިޔަ އިރު ނާއިލްގެ ކާރުން އެ ލޮކޭޝަން މޫވް ވަމުން ދިޔައިމަ އޭގެ ފުރޮޅުތައް ފަޅާލަން އެއްޗެއް ދޫކޮށްލިން. ފިރިހެނަކު އެ ކާރުން ނުކުމެގެން އައިމަ އަހަރެން އެންމެ ނެއްޓީ. އަހަރެންގެ އަންހެނުންގެ ނަމުގައި ހުރި ފަރާތް އެހެން ފިރިހެނަކާ ގާތް ވުމަކީ އަހަރެންނަށް ރުހެވޭނެ ކަމެއް ނޫން. ވަރަށް ތަޅާލައިގެން ރީން އަތުލައިގަނެވުނީ. އޭރު ރީނަށް އޮތީ ނިދިފަ. ދެން އަނބުރާ އައި މަގުމަތީގައި ވަކި ހިސާބަކުން ރީން އަހަރެންނަށް ކޮންފެސް ކޮށްފި. މަށަށް ސިހިފައި ބުރެކި ޖައްސާލެވުނު. އަރީންގެ މޫނަށް ނަޒަރު ހުއްޓާލިއިރު ވެސް އޮތީ ދެލޯ މަރައިގެން. ދެން ހުރެފަ ކުއްލިއަކަށް އަހަރެންގެ މޫނުގައި ހިފާފަ ތުންފަތުގައި ބޮސްދޭން ފަށައިފި. އަހަރެން ރީން ދުރަށް ކޮށްޕާލީ އިރުކޮޅެއް ފަހުން. ސިހޭނެއްނު އަހަރެންނާއި ގާތްވާން އެންމެ ފިޔަވަޅެއް ވެސް ނާޅާލާ މީހަކު އެ ކަހަލަ ކަމެއް ކުރީމަ. މިހެން އުޅޭތީ އަހަރެން ދިޔައީ އާހިލްގެ ކްލިނިކަށް. އެތަނުން ބެލީމަ އެނގުނީ ޑްރަގް ކޮށްފަކަން. އެ ލިޔުންތައް މަ އަތުގައި ހުންނާނެ.” ޒަވިއަން އެ ވާހަކަ ތަފްސީލު ކޮށްލަދިނެވެ. އަރީން އެ އަޑު ވާހަކަ އަހައިފައި ދެލޯ ދެ ކާށި ކިބައަށް ހަދާލައިފިއެވެ.

“އައި ޑިޑް ވަޓް؟ އެއާއި ޖެހިގެން އައި ދުވަހުތަ ގެއިން ބޭރުގައި އެކަނި އުޅެން މަނާ ކުރީ.” އަނގަމަތީ އަތް އަޅަމުން އަރީން އެހިއެވެ. އެ ދުވަހުގެ ހަނދާންތައް އައިސް ވަށާލުމުން އަރީން ފެންކަޅިވާ ގޮތްވީ ޒަވިއަނަށް އޭނާއަށް ބަވާލި ގޮތް ޚިޔާލަށް އައުމުންނެވެ. “ދެން މީގެ ފަހުން ޑިޔުޓީ ނިމުމަށް ފަހު ކަލޭ ބޭރުގައި އުޅުމަކީ މަނާ ކަމެއް. މަ އަނބިމީހާ އަށް ވެ ހުރެ އަހަރެންނަށް ހުތުރު ނަމެއް ލިބިދާނެ އެންމެ ކަމެއް ކޮށްލިޔަސް އެކަމުގެ އަދަބު ލިބޭނެ. އަހަރެން ކަލެއަށް ނަފުރަތު ކުރަން” އަރީނަށް މޫނުގައި އަތް އަޅާލެވުނެވެ. “ރީން! އަމް ސޮރީ. އޭރު.. އަހަރެން.. އައި ޑިޑިންޓް މީން ޓު. ވަޓްއެވަރ އައި ސެއިޑް. އާހް.. އައި ވޯޒް އޭން ****.” ޒަވިއަން އަރީންގެ އުނަގަނޑުގައި ހިފާ ގާތަށް ދަމާލަމުން އެ މޭގައި މޫނު ފޮރުވާލިއެވެ. އަރީންގެ ބޮލުގައި ފިރުމަމުން ދިޔައިރު އެ އަތުގައި މަޑު ތުރުތުރެއް ވިއެވެ. ދެން ތިބި މީހުންނަށް ބުނާނެ އެއްޗެއް ނޭނގިފައި ބަލަން ތިބެވުނީއެވެ.

“ނާއިލް! ހީ އެކްޗުއަލީ ޓްރައިޑް ޓު ރޭޕް ހާރ ވެން ޑްރަގްޑް!!! ހުވާ މިކުރި މިހާރު ގޮސްފަ ތަޅައިގަންނަން ބޭނުން.” ސުމައްޔާ ދެއަތް މުއްކަވާލިއެވެ. އެއާއެކު އަރީން ވެސް ދުރަށް ޖެހިލައިފިއެވެ. ކަރުނަ ފުހެލަމުން ކުރަންއައި މަސައްކަތަށް ސަމާލުކަން ދެވޭތޯ ބެލިއެވެ. ޒަވިއަން ދުރު ބަލާލީ ދެއަތް މުއްކަވާލަމުންނެވެ. އިނގިލި މަޅާލި ގޮތުން ހަންގަނޑަށް ނިޔަފަތި ހެރި ލޭ ހިލުނެއް ކަމަކު ފަރުވާލެއް ނެތެވެ.

“ތިހެންވީ ކަމަށް ނިންމަމާ. އެކަމަކު ކިހިނެއް ޝައުލާ އެ ކަހަލަ އިލީގަލް ޑްރަގެއް ހޯދީ.” ލީވާން އެހިއެވެ. “ޔޫލީން ގެންގުޅޭނެ އެ ކަހަލަ އެއްޗެހި. އޭނާގެ ސްޕާ ތިރީގައި ހުންނާނެ ނައިޓް ކްލަބެއް. އައި ނެވަރ ވެންޓް އިން. އެހެންވީމަ ތަން ސިފަކޮށްދީ ހަދާކަށް ނޭނގޭނެ. އެކަމު ވަންނާނެ ގޮތް މޮޅުކޮށްގެން ޔޫލިން އެ ވާހަކަ ކީ. އެއީ ސްޓާފް ފާޚާނައިގެ ތެރޭގައި ހުންނަ ސްޓޯރ ރޫމަކުން.” ނައުރީން ބުނެލިއެވެ. “ކީކޭ؟ ނައިޓް ކްލަބެކޭ. ހަމަ އެއް ތަނަކުން ކިޔަވާފަ ތިބި ބައެއް ދޯ މިއީ. ކުށަކަށް ފަހު ކުށެއް. އެންމެ ފަހުން ޖަލަށް ދާން ޖެހުނީމަ އެމީހުންނަށް ވާނެ ގޮތް ބަލައިލަން ބޭނުން.” ސުމައްޔާ ބޯ ހޫރާލަމުން ބުނެލިއެވެ.

“ތިހެން ވިއްޔާ ޝައުލާ އާއި ޔޫލީން ތި ނައިޓް ކުލަބެއްގަ ހުއްޓާ ރެޑް ހޭންޑެޑް ކޮށް ހިފަން ބަހައްޓާ. ޒެވް އަށް ކިތައް ދުވަސް ނަގާނެތަ ކޯޓު އަމުރު ހޯދަން.” އިޙުސާނު ބުނެލިއެވެ.

“މާދަމާއަށް ލިބޭނެ. އެހެންވީމާ އިއްސޭގެ ޓީމު ތައްޔާރަށް ބަހައްޓާތި. ބެކަޕަށް ގެންނަ މީހުންނަށް ވެސް އިތުބާރު ކުރެވޭ ކަހަލަ ބަޔަކު ހޯދާ. މިއީ އެ ނުލަފާ މީހުން އަތުލައިގަންނަން އަހަރެމެންނަށް ލިބޭނެ އެންމެ ފަހި ފުރުސަތު. ޢަލީ އަހުމަދު ގެއަށް އެންމެން އެއްވީމަ ތި މީހުން ގޮސް ވައްޓާލާ.” ޒަވިއަން ބުނެލިއެވެ.

“ކަލޭ ބުނެގެން ދުރުދުރުން އެ އަރީނަށް ލޯއަޅައިގެން އެއްވެސް ކަމެއް އެބަ ވޭތަ؟ ކޮންމެ ދުވަހަކު ހެން މަށަށް ފެންނަނީ އެ ދެމީހުން ލޯބީގެ ފިލްމެއް ކުޅޭ މަންޒަރު. އެމީހުން އުފަލުގައި އުޅެން ދޫކޮށްލީމަ އެވީ ކޯއްޗަކަށްތަ؟ މި ވަރުން ދަންޏާ މަށަށް ޖެހޭނީ އެ ވީޑިއޯ ވައިރަލްކޮށްލަން.” ނާއިލާއި ބައްދަލުކޮށްފައި ޝައުލާ އޭނާގެ ޝަކުވާ ބޮނޑި އޮއްސާލައިފިއެވެ.

“ބަލަ ކަލޭ އަށް އެ ޒަވިއަން އަރީ ރައްކާތެރިކުރަން ކުރަން އުޑުގަ ޖެހިފަ ބިމުގައި ޖެހިފަ ވިޔަސް މަސައްކަތް ކުރަމުން ދާ ތަން ނުފެންނަނީތަ؟ ކަލޭ އެހާ ވަރަކުން އެ ދެމެދަށް ވަންނަން ބޭނުމިއްޔާ ދޭބަލަ ދިމާލަށް ދެން ވާ ގޮތެއް ބަލައިލަން. މަ ވަކި ބޭނުންވެގެންނެއް ނޫނޭ ކަމެއް ނުކޮށް މި ހުންނަނީ. އެ ޒަވިއަނޭ ކިޔުނު ފިރިހެނާ އަރީނާއި ގާތްވާ ކޮންމެ ފަހަރަކު އަހަރެންގެ ލޭ ކެކެޔޭ. އަބަދު ވީޑިއޯ ވީޑިއޯ. ކެރެންޏާ އެ ވައިރަލް ކޮށްލަބަލަ. ހަމައެކަނި އަހަރެންނަކަށް ނޫނޭ އޭގެން އަސަރު ކުރާނީ. އަހަރެންނަށް ހުތުރު ނަމެއް ލިބުނިއްޔާ އޭގެ ބަދަލު ކަލެއަށް ވެސް ދޭނަން.” ނާއިލް އެހެން ބުނެފައި ގޮނޑިން ތެދުވެގެން ގޮސް އެ ކެފޭ އިން ބޭރަށް ނުކުތެވެ. ދެއަތް މުއްކަވާލަމުން އޭނާ ގޮސް ކާރަށް އަރައިފިއެވެ. އޭރު ކާރު ތެރޭގައި އޮތް ފޯނު ވައިބްރޭޓް ވަމުން ދިޔައީ މެސެޖު އަންނަލެއް ގިނަ ކަމުންނެވެ. މޫނު ކުނިކޮށްލަމުން އޭނާ އެ ނަގައިފިއެވެ.

ފުރަތަމަ ފެނުނީ ނުދަންނަ ނަންބަރަކުން ފޮނުވައިފައިވީ އިންޒާރުގެ މެސެޖެކެވެ. އެއަށްފަހު ދެން ހުރީ އަލީ އަހުމަދުމެންގެ ފަރާތުން އައިސްފައިވާ މެސެޖުތަކެކެވެ. މާދަން ރެއަށް ޢަލީ އަހުމަދުގެ ސިއްރު ކޮޓަރިއަށް އަންނަން ބުނެފައި އޮތެވެ. މި މެސެޖުތައް ފޮނުވާ މީހެއްގެ ސަބަބުން އެމީހުން ބޭޒާރު ވެދާނެ ކަމުގެ ބިރުބޮޑުވެފައި ވާތީއެވެ. ވީހާ ވެސް އަވަހަކަށް އެ މީހަކު ހޯދަން ބޯގާނަން ޖެހިފައި ވާތީއެވެ.

“ވާހް. ސަގަރޭމެން އަވަހޭ ދޯ. ސީދާ ޓްރެޕް ތެރެއަށް އެ ވެއްޓިގަތީ. އިއްސޭ. ބްރޯ ހެޑް އިންސްޕެކްޓަރާއި ވާހަކަ ދައްކައިގެން އެމީހުން ހައްޔަރުކުރަން ދިއުމުގެ ކަންތައް ހަމަޖައްސާ. މާދަން ހަވީރު ހާއިރު ކޯޓު އަމުރު ލިބުނީމަ އެ ހިފައިގެން އަހަރެން ދާނަން.” ކެބިނުން ނުކުންނަން ދިޔަ ވަގުތު ޒަވިއަން އެހެން ބުނެލީ ޢަލީ އަހުމަދު އޭނާގެ އައުވާނުންނަށް ފޮނުވައިފައި ހުރި މެސެޖުތައް ބަލައިލަމުންނެވެ.

“އެހެންތަ. މައްސަލައެއް ނޯންނާނެ. އެހެންވީމާ މާދަމާ ރެއަށް އެންމެން ވެސް ތައްޔާރަށް ތިބޭތި. ނޯ މިސްޓޭކްސް އާރ އެލޯވްޑް.” އިޙުސާނު ބުނެލިއެވެ. އެންމެން ވެސް އެކަމަށް އެއްބަސްވަމުން ލިފްޓަށް އަރަން ހިނގައިގަތެވެ. ލިފްޓު ތެރޭގައި ތިބި އިރު އެމީހުންގެ މެދުގައި ވީ ހަމަހިމޭން ކަމެވެ. ކޮންމެ މީހަކު ވެސް ވިސްނަމުން ދިޔައީ މާދަން ކަންތައް ވެދާނެ ގޮތަކާއި މެދުގައެވެ.

ހޮނިހިރު ދުވަހެވެ. ދިހައެއް ޖެހުމާއި އެކު ޢަލީ އަހުމަދުގެ ގެއަށް އޭނާ ގެންގުޅޭ އިސް މީހުން އަންނަން ފަށައިފިއެވެ. މި މީހުން ވަދެގެންދާ މަންޒަރު ބަލަން ދުރުގައި ސުމައްޔާމެން ތިއްބެވެ. ދެ ފުލުސް ޖިޕު އެ ތަނުގައި އޮތް އިރު ވަކި ހިސާބެއްގައި ޒަވިއަންގެ ކާރު އޮތެވެ. އެތެރޭގައި އަރީނާއި ލީވާނާއި ނައުރީންގެ އިތުރުން ޒަވިއަން އިނީ އެންމެން އެތެރެއަށް ވަންނާނެ ވަގުތަކަށް އިންތިޒާރު ކޮށްލަކޮށްލައެވެ.

ޢަލީ އަހުމަދު އޭނާގެ އައުވާނުން އެއްކޮށްގެން މަސައްކަތް ކުރަމުން ދިޔައީ އިންޒާރުގެ މެސެޖު ފޮނުވާ މީހެއްގެ ގޮތް ހޯދޭތޯއެވެ. ބްލެކް މާކެޓުގައި ޖަހައިގެން ވެސް ކުރިއެރުމެއް ލިބިފައި ނުވާތީ އެމީހުން ތިބީ ހަދާނެ ގޮތް ހުސްވެފައެވެ. މެސެޖް ފޮނުވައިފައި ހުރި ކަމަށް ބެލެވުނު ޤައުމުތަކުގެ ލޮކޭޝަންތައް ޑިސްޕްލޭ ކޮށްފައި ހުރީ އެމީހުންނަށް ލިބުނު ހަމައެކަނި މައުލޫމާތަކީ އެއީ ކަމަށް ވާތީއެވެ.

“މި ލޮކޭޝަންތަކުގައި ހުރި އެއްގޮތް ކަމެއް ދެނެގަނެވޭތޯ ބަލާބަލަ.” ސަގަރޭ ބުނެލިއެވެ. އެންމެން ވެސް ތިބީ ކުރިމަތީގައި ހުރި ސްކްރީނަށް ކަޅި އަޅާލައިގެންނެވެ. ނާއިލަށް އެއްޗެއް ހީވުމުން ފޯނުނަގައި އެއިން ނެޓު ހާވާލިއެވެ. “މަށަށް އެނގިއްޖެ.” ކުއްލިއަކަށް ކޮޅަށް ތެދުވަންނަމުން ނާއިލް ބުނެލިއެވެ.

އިޙުސާނުމެން ދިން ސިގުނަލަށް ނައުރީން ކާރުން ނުކުތެވެ. ޑިކީ އިން އޭނާގެ ސޫޓް ކޭސް ނަގާ އެ ދަމަމުން ގޭޓާއި ދިމާލަށް ދިޔައެވެ. އޭގެ ކޯޑު ޖަހާލުމަށްފަހު އެތެރެއަށް ވަދެގެން ދިޔައީ އެ ތަޅު ނުލައެވެ. އޭނާ ލޯވްން ތެރެއިން ހިނގައިފައި ދިޔައީ ބަގީޗާ އާއި ދިމާލަށެވެ. ވަކި ހިސާބަކުން އޭނާ ތޫލި އަޑަކުން ހަޅޭއް ލަވައިގަތެވެ. މި އާއި އެކު ދޮރުމަތީގައި ހުރި ދޮރުވާނުންގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. އެހެނަސް އިތުރަށް ކަމެއް ނުކުރެއެވެ. ނައުރީން ބޮލުގައި އަތް އަޅާލަމުން ވިނަގަނޑު މައްޗަށް ވެއްޓިގަތީ ދެނެވެ. އެ ދެމީހުން ދުވެފައި އެ ދިމާލަށް އައީ އެހެންވެގެންނެވެ. މި ހަނި ފުރުސަތުގައި އިޙުސާނުމެން އެ ގޭތެރެއަށް ވަދެގަތެވެ. ނައުރީން ބުނި ގޮތަށް އެމީހުން ދިޔައީ ސިޑިންނެވެ. އެ ތަނުން ގާޑަކާއި ދިމާވިއްޔާ ސިކުންތު ކޮޅެއްގެ ތެރޭގައި އެމީހުން ހޭނައްތާލަމުން ދިޔައެވެ.

ނައުރީން އުނދަގޫ ގޮތަކަށް ދެލޯ ހުޅުވާލީ އެ ތަނުން އެކަކު މޫނު މައްޗަށް ފެން ފުޅިއެއް އޮއްސާލުމުންނެވެ. ކުރީގައި ވެސް ކަމަކާ ހިތްހަމަ ނުޖެހިއްޖެނަަމަ ހަޅޭއްލަވައިގަންނަހެން މި ފަހަރު ވެސް ހަޅޭއްލަވައިގަތީ އޭނާ ބަދަލުވެއްޖެ ކަން އެމީހުންނަށް އެނގުނަކަ ނުދޭށެވެ. އެމީހުންނަށް އެއްޗެހި ކިޔައިގަނެފައި ނައުރީން ގޭތެރެއަށް ވަންނަން ދިޔައީ އިރުކޮޅެއް ފަހުންނެވެ.

ލިފްޓަށް އަރައިފައި އޭނާ ފުރަތަމަ ދިޔައީ އަމިއްލަ ކޮޓަރިއަށެވެ. އެއަށްފަހު އެ ތަނުން ނުކުމެގެން އެރީ ޢަލީ އަހުމަދުގެ ކޮޓަރި ހުންނަ ބަޔަށެވެ.

ސިޑި ގޮޅިން ސުމައްޔާމެން ގޮވައިގެން ގޮސް ނައުރީން ވަނީ ޢަލީ އަހުމަދުގެ ކޮޓަރިއަށެވެ. އެތެރެއިން އެ ސިއްރު ކޮޓަރި ފެނޭތޯ އެ މީހުން މަސައްކަތް ކުރަމުން ދިޔައީ ވަރަށް ހިމޭން ކަމާއި އެކުގައެވެ. ޓްރެޕް ދޮރެއް ވިޔަސް ފެނޭތޯ ބަލަމުން ދިޔައިރު ކޮންމެ މީހަކު ވެސް އިރު އިރު ކޮޅާ ދޮރާއި ދިމާއަށް ކަޅިއެއް އެއްލައެވެ.

“ކާކު ކަން އެނގުނީތަ؟” އަމީރު އެހިއެވެ. “މިއީ ޒަވިއަންގެ ކަމެއް. ރަނގަޅަށް ބަލާބަލަ. މިއިން ކޮންމެ ޤައުމެއްގައި ވެސް ޒަވިއަން ހިންގާ ހޮޓެލެއް އެބަހުރި. އަހަރެމެންނާއި ދެކޮޅަށް މި ވަރުގެ ކަމެއް ކުރަން ކެރޭނެ މީހަކަށް ހުރީ އޭނާ އެކަނި.” ނާއިލް އޭނާގެ ފޯނު ދައްކާލަމުން ބުނެލިއެވެ. އިސާހިތަކު އެ ތަން ހަލަބޮލިވެގެން ދިޔައީ އެހެން މީހުން ނާއިލް ބުނި އެއްޗަކާއި ވިއްދައިފައި ރައްދު ދޭން ފެށުމުންނެވެ.

މި ކަންތައްގަނޑުގެ ތެރެއިން ޢަލީ އަހުމަދު އެއްފަރާތަކަށް ޖެހިލީ ސެކިޔުރިޓީއިން ގުޅަން ފެށުމުންނެވެ. ފޯނު ނަގައިފައި އޭނާ އެއަށް ޖަވާބު ދާރީ ވިއެވެ. “ކީކޭ. ބަޔަކު މިގޭގެ ތެރެއަށް ވަނިއްޔޭ. ކާކުތަ؟ ހަމަ މިހާރު އެ ބަޔަކު ބޭރު ކުރޭ. އަހަރެންގެ ކޮޓަރިއާއި ދިމާލަށް އެ މީހުން އަޔަކަ ނުދޭތި. ކެމެރާތައް ބަލަން ތިބި މީހުން އެހެން ދުނިޔެއެއްގަތަ ތިބީ. އެހާ ފަސޭހައިން މި ގޭތެރެއަށް ވަދެގަނެވެންވީ ކީއްވެތަ؟” ޢަލީ އަހުމަދު އަޑަށް ބާރުލައިފައި ބުނެލިއެވެ.

“އޯހް **. ޢަލީ އަހުމަދަށް އަހަރެމެން ވަތްކަން އެނގުނީ ކަންނޭނގެ. އަވަސް ކުރޭ. އެމީހުން ފިލައިފާނެ.” ޒައިން އެހެން މީހުންނަށް އިވޭ ވަރަށް ބުނެލީ ބަޔަކު ބޭރު ދޮރުގައި ތަޅައިގަތުމުންނެވެ.

– ނުނިމޭ –

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

White rose
Follow Me Written By

White rose

Level 1010 Stories100 Login100 Comments500 Comments100 Stories1K Comments

- 𝑨 𝒔𝒊𝒎𝒑𝒍𝒆 𝒈𝒊𝒓𝒍 𝒘𝒉𝒐 𝒍𝒐𝒗𝒆𝒔 𝒕𝒐 𝒓𝒆𝒂𝒅 𝒂𝒏𝒅 𝒘𝒓𝒊𝒕𝒆 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑾𝒓𝒊𝒕𝒊𝒏𝒈 𝒔𝒕𝒐𝒓𝒊𝒆𝒔 𝒉𝒆𝒍𝒑𝒔 𝒎𝒆 𝒕𝒐 𝒃𝒓𝒊𝒏𝒈 𝒎𝒚 𝒊𝒅𝒆𝒂𝒔 𝒕𝒐 𝒍𝒊𝒇𝒆. 𝑯𝒐𝒑𝒆 𝒖 𝒂𝒍𝒍 𝒆𝒏𝒋𝒐𝒚 𝒓𝒆𝒂𝒅𝒊𝒏𝒈 𝒎𝒚 𝒔𝒕𝒐𝒓𝒊𝒆𝒔. 𝑨𝒖𝒕𝒉𝒐𝒓 𝒐𝒇 𝑯𝒂𝒒𝒆𝒆𝒒𝒂𝒊𝒚 𝒉𝒐𝒂𝒅𝒉𝒖𝒎𝒆𝒚, 𝑲𝒂𝒕𝒉𝒊 𝒇𝒊𝒚𝒂𝒗𝒂𝒍𝒉𝒖 𝒂𝒏𝒅 𝑫𝒉𝒆𝒗𝒖𝒏𝒚 𝑽𝒆𝒚𝒏𝒆𝒚 -

Other Articles

Previous

ސިއްރު ކައިވެނި – 4

Next

ލޯބިން ބުނާތީ 26

Next
June 22, 2026

ލޯބިން ބުނާތީ 26

Previews
June 22, 2026

ސިއްރު ކައިވެނި – 4

20 Comments!

  1. Aisha says:
    June 22, 2026 at 11:27 am

    Varah salhi mi part VX, Masha Allah, when next episode??

    1. White rose White rose says:
      June 22, 2026 at 11:31 am

      IA next Thursday
      Shukran Aisha ✨✨

  2. BLOSSOM says:
    June 22, 2026 at 3:28 pm

    zev ves dho , alhey don’t let them get away this time everyone needs justice

    1. White rose White rose says:
      June 22, 2026 at 4:36 pm

      Mifaharu emyhun athulaiganeveyne kamuge unmeedheh eba oiy 🙃🙃
      Shukran BLOSSOM ✨✨

  3. Futtaki says:
    June 22, 2026 at 3:30 pm

    Mifaharu e sagarey maraalaathi huvaa mibuni..
    Anyways mi ep vx vrh reethi Maasha Allah
    Curiously waiting for the nxt prt
    Whn nxt?????
    Tc.. Lyy💙💚

    1. White rose White rose says:
      June 22, 2026 at 4:37 pm

      Umm, let’s see whether he dies orr not 👀👀
      IA next Thursday
      Shukran Futtaki ✨✨
      Lyt darl 🫰🏻🫰🏻

  4. xxx_dodo_xxx says:
    June 22, 2026 at 3:33 pm

    Omg mi bai vrh vrh furihama. Hama ehA vx salhi. Vrh vrh reeethi. Adhi haassakoh mi prt dhigu v ma vrh ufaa vejje.
    🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
    Dheyyyynnnnn. Eheree Xev emanje ah hadhaa goiyy. Emmen ge thereyga. Aaaaah. I also sometimes get shy while reading Xev ge koosani prt. Hehe.
    Emeehun ge plan aaigen kuriah dhevijjenama yaqeen dhww kaamiyaabu vaanekan.
    Ekamaku kihineyyy Naail ah ehaa faseyha in engunee eii Xev kan. Super curious.
    Quick guys quick. Find where Ali Ahmed is.
    Reallyyyyy appreciate your hard work which takes a lot of time.
    When next ?????
    Waitinggg fr the next ep.
    …….
    🌸🌸🌸🌸🌸🌸🌸🌸
    Take good care.
    Luv u 🩷

    1. White rose White rose says:
      June 22, 2026 at 4:39 pm

      I’m delighted to hear that 🥰🥰
      Hehe, zev’s teasing her a lot 🤭🤭
      Aan, plan successful viyya high chance for justice 😄😄
      IA next Thursday
      Shukran xxx_dodo_xxx ✨✨
      Lyt darl 🫰🏻🫰🏻

  5. Leeshaa says:
    June 22, 2026 at 3:38 pm

    Alheyyyy. Avas kohbala. Emeehu. Mi faharu bachaigen dhiya nudheythi. Aammukoh wicked role hunna meehun gengulheyne vrh molhu ideas dhww. 🤔
    Mee varah salhi bayeh ingeyy. So excited 😊 after reading this. Really.
    Xev ves dhen dhww. Sumee buni hen room ah gos kohbala. Did Nau said ‘cute’ to Xev n Reen.
    When next?????

    1. White rose White rose says:
      June 22, 2026 at 4:41 pm

      Filumuge kurin athulaiganevunniyya rangalhu, let’s see how it goes, stay tuned 😄😄
      Zev doesn’t care abt the audience sadly 😭😭
      IA next Thursday
      Shukran Leeshaa ✨✨

  6. Miss rose says:
    June 22, 2026 at 5:39 pm

    Mi part ves varah reethi . aww zev and reen so romantic. Looks like ihsaan is not going to taste anything from sumayya unlike zev and reen . finally ali ahumadh ah engijje dho zev kan egothah massage kuranee. Curiously waiting for next part??

    1. White rose White rose says:
      June 23, 2026 at 7:22 am

      Hehe, zev is married to reen ehnu while sumy and ihsaan are just engaged 😅😅
      Aan, vrh dhuvas fahun adhi emyhunnah engey varu mi vee 😆😆
      Shukran Miss rose ✨✨

  7. Your fav bab says:
    June 22, 2026 at 7:39 pm

    Yo zev daaannmm!! Ekahala kameh enmen therey kolla iru vx hama hithakah naara dhw ekahchekey vx🤦 reen fakeeru! Hama huvaa feeling pity for her rn😹
    Alhey naail golaa men ge sikudiyah theh kameh libijje dhw? Adhi kiriyaa viyya investigate kuran feshy!
    But it’s too late to r.e.a.l.i.s.e… Vaane kameh mihaaru zev men kohffaane hen I think! Hope they reach victory..
    Anyways mi part hurihaa part thakah vure reethi vefa furihama hen heevey✨ EXCELLENT job darling!
    Lysm n TC💗

    1. White rose White rose says:
      June 23, 2026 at 7:25 am

      I’m ecstatic to hear that 🥰🥰
      Hehe, zev really is straight forward 😅😅
      Emyhun kurin ves masahkaiy kuri ehnu, adhi kiriyaa ekm ehcheh engey varu e vy 🙃🙃
      Shukran Your fav bab ✨✨
      Lyt darl 🫰🏻🫰🏻

  8. diva_gurly says:
    June 22, 2026 at 7:50 pm

    SUCH A BREATHTAKING PART
    BTW zev is not even taken aback to smooch her in front of everyone i even blushed hhehe
    whn nextt?
    sooo intresting
    i want this story to never endddddddd
    can we do a 82 ep plsss
    im so sad that this is ending
    i love this story sooo much
    lysmmm

    1. White rose White rose says:
      June 23, 2026 at 7:26 am

      I’m overjoyed to hear that 🥰🥰
      Hehe, abdhu reen ladhuganavany dhw 😭😭
      IA next Thursday
      There’s like 83 orr 84 eps
      Shukran diva_gurly ✨✨
      Lyt darl 🫰🏻🫰🏻

  9. DINO says:
    June 23, 2026 at 6:13 am

    What was the night Xev mentioned????

    1. White rose White rose says:
      June 23, 2026 at 7:28 am

      That incident is in 28 & 29th episode of the story
      Shukran DINO ✨✨

  10. Exxo says:
    June 24, 2026 at 1:42 pm

    Nice

    1. White rose White rose says:
      June 24, 2026 at 1:51 pm

      Shukran Exxo ✨✨

Comments are closed.

Next Episodeދެވުނީ ވޭނޭ 78←


All Right Reserved!