Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ހިތް ދެވިއްޖޭ ކަލާއަށް ޓަކައި 17

Shyyyms
Shyyyms Level 510 Stories100 Login100 Comments100 Stories
June 25, 2026 4 Mins Read
10 Comments

 

ދެކުދިން ސަކަރާތުގައި ވަގުތު ހޭދަކުރަމުން ދިޔައެވެ. އިރުކޮޅެއް ފަހުން ވިޝާލާއި، އިޒިކިއަލް އަދި ޝަޔާލް ވެސް އައިސް އެމީހުނާ ބައިވެރިވިއެވެ. ޝަޔާލް އައުމާއެކު ޔަޝްމީ ގޮސް ޒިވްޔާގެ ފަހަތަށް ވަނެވެ. އެއާއެކު ޝަޔާލްގެ ތުންފަތްމަތީގައި ވިދާލީ ލާނެތް ހިނިތުންވުމެކެވެ. އެހެންނަމަވެސް އިތުރު އެއްޗެއް ނުވެބުނެއެވެ.

“ވީ ވޮން، ޔަޝް ގަނޑާ. ބާސްކެޓް ބޯލް މުބާރާތުން. ކޮންގްރާ ވެސް ނުބުނެ. ފޮނި ކޮއްކޮގަނޑެއް.” ވިޝާލް ޖެއް ސުމަށް ބުނެލިއެވެ. “ކޮންގްރާ ކޮންގްރާ، ފޮނި ވިޝާލު.” ޔަޝްމީ ޒިވްޔާގެ ފަހަތުން ބޯދިއްކޮށްލިއެވެ. އަދި ޝަޔާލަށް ބަލާލިއެވެ. އެއަށްފަހު ވަރަށް މަޑުމަޑުން ޝަޔާލަށް ވެސް ކޮންގްރާއޭ ބުނެލިއެވެ.

ގުރޫޕް އެއްކޮށް އެކި އެކި ސަކަރާތާއި މަޖަލުގައި ވަގުތު ހޭދަކުރަމުން ދިޔައެވެ.

 

“ޒިވްޔާ.. ޒިވްޔާ އަޒްހިރް.” ކުއްލިއަކަށް ލައުޑް ސްޕީކަރުން އިވެން ފެށީ ޒިވްޔާއަށް ގޮވާ އަޑެވެ. ޒިވްޔާ ދިޔައީ ސިއްސައިގެނެވެ. އެއަޑަކީ ދެވަނަ ދެ އަޑެއް ނޫނެވެ. އައިކަންގެ އަޑެވެ.

“ޒިވްޔާ އަޒްހިރް. ޔޫ. އާ. ލޭޓް.”

އެންމެން ޒިވްޔާއަށް ބަލަންފެށިއެވެ. ޒިވްޔާ ވެސް ހުރީ ވާނުވާގައެވެ.

“ޔޫ ހޭވް 2 މިނަޓްސް ޓު ގެޓް ހިޔާ. އާޓްސް ސްޓޫޑިއޯ އަށް އާދޭ. 2 މިނަޓްސް އޮރް ޔޫ އާ ޑޫމްޑް ފޯ ލައިފް.” އައިކަން ބުނި އަޑު އިވުނެވެ.

“އިޒް ހީ ކްރޭޒީ؟” ޒިވްޔާގެ ދަތްކުނޑި ވިކިގެން ދިޔައެވެ. “ނޫޅެން ދާކަށް.”

“ދޭބަ ދޯ ދެން. މޭ ބީ ހީ ވޯންޓްސް ޓު ކޮންފެސް ހިޒް ލަވް ޓު ޔޫ.” ޔަޝްމީ ދިމާކުރަންފެށިއެވެ.

“އޮރް.. އިޓްސް އެ ޓްރޭޕް. ޑޯންޓް ގޯ.” އިޒިކިއަލް ވަގުތުން ހުރަސް އެޅިއެވެ. އެއާއެކު ޒިވްޔާ ލޯ އަނބުރާލިއެވެ. “ދެން މިހިރީ އަނެއް މީހާ. ސަލާމަތެއް ވެސް ނެތޭ.”

 

ޒިވްޔާ ހިނގައިގަތެވެ. އާޓްސް ސްޓޫޑިއޯއަށް ދާށެވެ. ނަމަވެސް އޭނާއަށް މަޑުކުރަން މަޖުބޫރުވީ ކުއްލިއަކަށް އިތުރު އެނައުންސްމެންޓެއް އިއުލާން ކުރުމުންނެވެ. އެއީ ފޮޓޯގުރަފީ މުބާރާތުގެ ނަތީޖާ އިއުލާން ކުރާތީވެ ބައިވެރިން ވަރަށް އަވަހަށް މެއިން ހޯލަށް ދާން އެންގުމުންނެވެ. އެހެންކަމުން އެ ހުރިހާ ކުދިން އެއްކޮށް ދިޔައީ މެއިން ހޯލަށެވެ. އިޒިކިއަލް ހަމަޖެހުމުގެ ނޭވާއެއް ލިއެވެ. ޒިވްޔާ އައިކަންގެ ގާތަށް ނުދިޔައީމައެވެ.

ފޮޓޯގުރަފީ މުބާރާތުން ދެވަނަ ހާސިލު ކުރީ ޔަޝްމީ ކަމުން ޒިވްޔާ ވަރަށް އުފާވިއެވެ. ތަށި ހިފައިގެން ޔަޝްމީ އައިސް އަރާ ހަމަ ކުރުމާއެކު ވަގުތުން ޔަޝްމީގެ ގައިގައި އޮޅުލައިގަތެވެ. “ޔޭ!!! ކޮންގްރެޓްސްސްސް ޔަޝްޝްޝް!!!”

އެންމެން ޔަޝްމީއަށް މަރުހަބާ ކިޔެވެ. ޝަޔާލް ވެސްމެއެވެ. ޔަޝްމީ ހުރީ ވަރަށް ވެސް އުފަލުންނެވެ.

 

“އިޓްސް މައި ޓާން..” އިޒިކިއަލް ގަނޑިއަށް ބަލާލަމުން ބުނެލިއެވެ. އެއާއެކު ޒިވްޔާ ކިހިނެއްވީތޯ އަހާލިއެވެ. “ޒިވްސް ހާދަ ހަނދާން ބައްޔޭ ދޯ؟ ހަނދާން ނެތުނީތަ؟ އައިމް ސިންގިން ޓުޑޭ.” އިޒިކިއަލް އަވަސް އަވަހަށް ހިނގާފައި ގޮސް ބެކް ސްޓޭޖަށް ވަނެވެ. އޭގެ މާގިނަ އިރެއް ނުވެއެވެ. 2 ބައިވެރިންގެ ހުށަހެޅުމަށްފަހު އިޒިކިއަލް ސްޓޭޖަށް އެރިއެވެ.

“ޔަޝް.. ޒިވީ ދަނީ އިނގޭ.. އައިކަން ބުންޏެއްނު.” ޒިވްޔާ ދާން އުޅުނެވެ. ނަމަވެސް ޔަޝްމީ ޒިވްޔާ ހުއްޓުވިއެވެ. “ޕްލީޒް ޑޯންޓް ލީވް މީ އެލޯން ވިތު ދީޒް ޓޫ.” ޔަޝްމީ އާދޭސް ކުރާ ރާގަކަށް ބުނެލީ އެތާގައި ޝަޔާލް ހުރުމުންނެވެ. އެންމެފަހުން ޒިވްޔާ މަޑުކުރަން އެއްބަސް ވިއެވެ.

އެންމެފުރަތަމަ ވެސް ސްޓޭޖަށް އެރި ގޮތަށް އިޒިކިއަލްގެ ލޯ ހޯދާލީ ޒިވްޔާއެވެ. އޭނާގެ ލޮލުގައި ޒިވްޔާ އަޅައިގަތުމާއެކު ޒިވްޔާއަށް އެއްލޯ މަރާލިއެވެ. ވަގުތުން ޒިވްޔާ ކުނި މޫނު ހަދާލިއެވެ. އެމަންޒަރު ފެނިފައި އިޒިކިއަލް ގާތަށް ހިނިއައެވެ.

އިޒިކިއަލް ސްޓޭޖުގެ މެދަށް ޖެހިލުމަށްފަހު ގިޓާ އަތަށް ހިޔަވަރުކޮށްލިއެވެ. އަދި މަޑު ރާގެއް އަޅުވާލިއެވެ. އެއާއެކު މުޅިތަން ހިމޭންވެގެން ދިޔައެވެ.

 

“ނޭނގި ތިބާ

ހިނިތުންވުން،

ފެނިފަ މި ހިތް

ދޫ ވެވުނޭ…

 

ހާލު މަގޭ ބުނެދެން ހޭ،

ޗާލު ކަމޭ

ލިބިގެންވޭ..

ލިބިގެންވޭ…..”

 

ހޯލް ތެރޭގައި އިޒިކިއަލްގެ ފިރިހެންވަންތަ އަޑު ގުގުމާލިއެވެ. ހަމަ ޔަގީނުން ވެސް އެ އަޑު އިވިފައި އެތަކެއް އަންހެން ކުއްޖެއްގެ ހިތްތަކަށް ދިރުން ގެނުވައިފިއެވެ. އެތަކެއް މޫނުތަކަކަށް ހިނިތުންވުން ވެރި ކުރުވައިފިއެވެ. އެހެންނަމަވެސް އިޒިކިއަލްގެ ލޯ އަމާޒުވެފައި ވަނީ ހަމައެކަނި އެންމެ މޫނަކަށެވެ. އާއެކެވެ. ހައިރާންވެފައި އިޒިކިއަލާއި ދިމާއަށް ބަލަހައްޓައިގެން ހުރި ޒިވްޔާއަށެވެ. އިޒިކިއަލް އެއްމިޔަކަނުން ހީލިއެވެ. އޭނާއަށް ޒިވްޔާގެ ފުރިހަމަ ސަމާލުކަން އަމާޒުވެފައި ވާ ކަން އެނގުމުންނެވެ. އެހެން ކަމުން އޭނާގެ އަތަށް ރަނގަޅަށް ގިޓާ ހެޔޮވަރު ކޮށްލުމަށްފަހު ކުރިއަށް ގެންދިޔައެވެ.

 

“ތީ ލޯބި ޖަވާހިރެކޭ

ބުނެދޭކަށެއް ހަމަ ނޭނގޭ،

ތީ ލޯބި ޖަވާހިރެކޭ

ބުނެދޭ ކަށެއް ހަމަ ނުކެރޭ،

ތީ ލޯބި ޖަވާހިރެކޭ

ތީ ލޯބި ޖަވާހިރެކޭ

ތީ ލޯބި ޖަވާހިރެކޭ

ބުނެދޭކަށެއް ހަމަ ނުކެރޭ…”

 

ހިނިތުންވެލަމުން އިޒިކިއަލް މަޑުމަޑުން މިއުޒިކެއް އަޅުވާލިއެވެ. އޭރު އަޑުއަހަން ތިބި މީހުން އެރާގާއި އެއްވަރަށް ބޯ ހަލުވަމުން ދިޔައެވެ.

 

“ބުނެލަން ބޭނުން ވިޔަކަސް

ބުނެދޭކަށެއް ނޭނގޭ،

އަބަދަށް އެދެވޭ މޫނު ތިއޭ..

 

މިލޮލުން ބަލާލީމާ

ފުރިހަމަކަން ފެނެއޭ މިލޮލަށް،

ގައިމޭ ނުވާނޭ މި ލޯތްބެއް..

 

ހީލާފަ ބަލާލީމާ

ފުރެޔޭ މި ހިތް މުޅި އެކުގައި،

ތިޔަ އަތުގައި ހިފާލީމާ

ނޭދެން ބީހުމެއް ތިޔަ ނޫން،

 

ލޯބިން ބުނެލަން ބޭނުން

ވޭ ހާދަހާ ޔާރާ،

ތީ ލޯބި ޖަވާހިރެކޭ

ބުނެދޭކަށެއް ހަމަ ނޭނގޭ،

ތީ ލޯބި ޖަވާހިރެކޭ

ބުނެދޭކަށެއް ހަމަ ނުކެރޭ،

ތީ ލޯބި ޖަވާހިރެކޭ

ތީ ލޯބި ޖަވާހިރެކޭ

ތީ ލޯބި ޖަވާހިރެކޭ

ބުނެދޭކަށެއް ހަމަ ނުކެރޭ….”

 

އިޒިކިއަލްގެ ތޫނު ދެލޯ ޒިވްޔާގެ މޫނުން އެންމެ ހިނދުކޮޅަކަށް ވެސް ވަކި ނުވެއެވެ. އެހެން ކަމުން ޒިވްޔާ ކުޑަކޮށް ލަދުގަތެވެ. ނަމަވެސް މޫނަކުން އެކަމެއް އޭނާ ނުދައްކައެވެ. އޭނާ ބޭނުންވީ އެރީތި ލަވަ ހަމަ އަޑުއަހާލާށެވެ.

 

“ހުމްމްމްމް..

މި ދުލުން ބުނެލަން ވިސްނާ

ލިޔަކަސް އާޝޯހު ވެވިދޭ،

މިދުލުން ބަޔާންވެސް ނުވާނޭ..

ހޯ އޮ އޮ އޯ…..”

 

ޒިވްޔާ އެލަވަ ކަނުލާ އަޑު އަހަމުން ދިޔަ މަންޒަރު ފެނުމުން އިޒިކިއަލް އުފާވިއެވެ. ނަމަވެސް އޭނާއަށް ނޭނގުނު ކަމަކީ ޒިވްޔާގެ ހިތުގެ އެންމެ ފުނުގައި ބިންވަޅު ނެގިފައި ވަނީ ހަމަ އެންމެ ނަމެއް ކަމެވެ. އެ ނަމަކީ އޭނާގެ ނަމެއް ނޫންކަމެވެ.

 

“މިދުލުން ބުނެލަން ވިސްނާ

ލިޔަކަސް އާޝޯހު ވެވިދޭ،

މިދުލުން ބަޔާންވެސް ނުވާނޭ،،

 

ރީތީގެ ރަނިކަން ކުރުމަށް

އެދެވޭ މަލަކާ އޭތީ،

ޝާހީ ތި ތުންފަތުގައި ލިޔެވޭ…”

 

“ހީލާފަ ބަލާލީމާ

ދޭނަން މި ޖާނު މުޅި އެކުގައި،

ތިޔަ އަތުގަ ހިފާލީމާ

ނޭދެން ބީހުމެއް ތިޔަނޫން.

 

ލޯބިން ބުނެލަން ބޭނުން

ވޭ ހާދަހާ ޔާރާ،

ތީ ލޯބި ޖަވާހިރެކޭ

ބުނެދޭކަށެއް ހަމަ ނޭނގޭ،

ތީ ލޯބި ޖަވާހިރެކޭ

ބުނެދޭކަށެއް ހަމަ ނުކެރޭ،

ތީ ލޯބި ޖަވާހިރެކޭ

ތީ ލޯބި ޖަވާހިރެކޭ

ތީ ލޯބި ޖަވާހިރެކޭ…

ބުނެދޭކަށެއް ހަމަ ނުކެރޭ….”

 

އިޒިކިއަލް ލަވަ ކިޔާ ނިންމާލުމާއެކު މުޅި ހޯލް ތެރޭގައި އަތްތިލަ ބަނޑީގެ އަޑާއެކު ބައެއް ކުދިންގެ ތަރުހީބީ ހަޅޭކުގެ އަޑު ގުގުމާލިއެވެ. ހަމަ ޔަގީނުންވެސް އެ ލަވައިން އެކަނި ވެސް އެތައް ކުއްޖެއްގެ ހިތް މިއަދު އިޒިކިއަލް މިލްކު ކޮށްފިޔެވެ.

 

އިޒިކިއަލް ލަވަ ކިޔާ ނިމުމާއެކު ބެކް ސްޓޭޖުން ލާފައި އޭނާ އައީ ސީދާ ޒިވްޔާގެ ކައިރިއަށެވެ. “ސޯ؟ ހައު ވޯޒް އިޓް؟”

“ނޮޓް ބޭޑް. ޒިވީ ހީކުރީ އިޒިކިއަލް ސްޓޭޖަށް އަރާފައި ކިޔާނީ ރެޕް ލަވައެއް ކަމަށް. ހަމަ އަސްލަށް ވެސް ހިޔެއް ނުކުރަން ތިހާ ގައްޑާ ވެގެން އުޅޭ މީހަކު ތިކަހަލަ ލަވައެއް ކިޔާނެ ކަމަކަށް.” ޒިވްޔާ މަޖާވެލާފައި އެހެން ބުނެލިއެވެ.

“މީ ޓޫ.” އިޒިކިއަލް ވަރަށް މަޑުމަޑުން ބުނެލި އަޑު އިވުނެވެ.

“ހަހް؟” އިޒިކިއަލް ބުނެލި އެއްޗެއް ސާފު ނުވުމުން ޒިވްޔާ އަހާލިއެވެ.

“ނަތިން. ހަހަ. ހިނގާ ދާން ދޯ ޖޫގޯ ގަންނަން އެންމެން.” އިޒިކިއަލް ޝަޔާލްގެ ކޮނޑަށް އަތް ވައްޓާލަމުން މައުލޫ ބަދަލުކޮށްލިއެވެ.

…………….

“ޒިވީ. ހިނގާ ޔަޝްގެ ގެއަށް މިރޭ ސްލީޕްއޯވާ އަކަށް އަނެއްކާވެސް. ވީ ނީޑް ޓު ސެލެބްރޭޓް!!! އައި ގޮޓް ސެކަންޑް ޕްލޭސްއޭ!!!” ޔަޝްމީ އުފަލުން ފުންމަ ފުންމާފައި އުޅުންގޮތުން ހީވަނީ މަސްކާށްޓެއް ހެނެވެ. “އަޅެ ޒިވީ އެބައިން އެސައިންމެންޓެއް ނިންމަން.” ޒިވްޔާ ދެރަވެފައި ބުންޏެވެ.

“އައި ގޭގަ ނިންމާނީއޭ. ހުރިހާ ފަން އެއް ފަށާނީ ހަޔާ އައީމަ. ދެންމެ މެސެޖު ކޮށްފަ އަހާލީމަ ބުނީ ޑިއުޓީ ނިންމާފަ އަންނާނަމޯ.” ޔަޝްމީ ފޯނުން ދައްކާލީ ހަޔާލްގެ މެސެޖެވެ. “އޫހްހްހް. އެހެންވީރު ހިނގާ. އައިމް ވަރަށް ޓަޔަޑް މިހާރު ވެސް. ހިނގާ ދާން މައި ހައުސް އަށް ފުރަތަމަ. ޒިވީގެ ލެޕް އާ ހެދުން އެއްޗެސް ހިފައިގެން ދާނީ ތިގެއަށް.” ޒިވްޔާ އެއްބަސްވިއެވެ.

“ވިޝާލް. އައި މެން ޒިވީ ގެއަށް ލާދީބަ.” ޔަޝްމީ ވިޝާލް ގާތު އެދުނީ އެއީ ވިޝާލްގެ އަތުގައި ކާރެއް އޮންނާތީއެވެ.

………….

 

އާޓް ސްޓޫޑިއޯ އިން މީހުން ހުސްވެގެން ދިޔައިރުވެސް އައިކަން މޭޒެއްގެ ދޮށުގައި އިނެވެ. ޒިވްޔާ ކައިރީ އަންނަން ބުނިތާ ވެސް މިހާރު އެތައް ގަނޑިއިރެއް ވެއްޖެއެވެ. ނަމަވެސް ޒިވްޔާގެ ހިލަމެއް ވެސް ނުވިއެވެ. އައިކަންގެ އަތް މުށްކެވިގެން ދިޔައީ ހިތްހަމަ ނުޖެހުން ވަރުންނެވެ. ޒިވްޔާ އޭނާ ދެކެ ހަމަ އެހާ ފޫހިވޭ ހެއްޔެވެ؟ އެހެން ހިތަށް އެރުމާއެކު އައިކަންގެ ހިތަށް އުނދަގޫ ވިއެވެ. ނަމަވެސް އެއީ ހީވި އެއްޗެއް ކަމަށް ބަލާފައި އައިކަން އަޅައެއް ނުލައެވެ.

އާޓް ގެލެރީއިން އެތައް ކުރެހުންތަކެއް މިއަދު ވިކުނެވެ. ހަމަ އެއާއެކު އައިކަންގެ ކުރެހުން އެތައް ބަޔަކަށް ކަމު ގޮސްގެން ގަންނަން ވެސް އުޅުނެވެ. ނަމަވެސް ގަންނަން އަގު ކީ ކޮންމެ މީހެއް ކައިރީ ވެސް އައިކަން ބުނީ އެއީ ވިއްކާ ކުރެހުމެއް ނޫންކަމަށެވެ. އެއީ އޭނާ ވަކި މީހަކަށް ހަދިޔަލަކަށް ކުރެހި ކުރެހުމެކެވެ. ވީއިރު އެ ކުރެހުން ވިއްކާލުމަކީ ނުވާނޭ ކަމެކެވެ.

އައިކަން އިން ތަނުން ތެދުވެގެން ގޮސް އެ ކުރެހުން ކައިރީ ހުއްޓެލިއެވެ. އެހިނދު އޭނާގެ ތުންފަތް މައްޗަށް މަޢުނަވީ ހިނިތުން ވުމެއް ވެރިވެގެން ދިޔައެވެ. އެންމެ ރަނގަޅެވެ. މިއަދު ޒިވްޔާ ނަޔަސް މައްސަލައެއް ނެތެވެ. ފަހުން ވެސް މި ކުރެހުން ޒިވްޔާއަށް ހަދިޔާ ކުރެވިދާނެއެވެ.

================

 

އުންމީދުކުރަން މިބައި ވެސް ކިޔުންތެރިންނަށް ކަމުދާނެ ކަމަށް.

ޝައިމްސް.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Shyyyms
Follow Me Written By

Shyyyms

Level 510 Stories100 Login100 Comments100 Stories

21-year-old author of the stories that hurt.🥀 Writing psychological tales of betrayal, silenced truths, and the wreckage of "love." ⚖️Trauma, Revenge, & the Journey to Justice. Because sometimes, the ones who should trust you the most are the ones who let you burn.

Other Articles

Previous

ހިމޭން 3

Next

ލޯބިން ބުނާތީ 27

Next
June 26, 2026

ލޯބިން ބުނާތީ 27

Previews
June 25, 2026

ހިމޭން 3

10 Comments!

  1. Yal says:
    June 25, 2026 at 8:52 pm

    Thank you thank you thank you for uploading soon. Warah reethi hama aslah wes. Adhiwes awahah up kohdhehche hihi

    1. Shyyyms Shyyyms says:
      June 26, 2026 at 6:55 am

      Haha thanks 🩷😂
      Will upload next episode next week feshey kolhu insha’Allah 🫶🏻

  2. Anonymous says:
    June 25, 2026 at 9:28 pm

    Thanks for uploading soon…
    Alhey haadha reehcheyy … when next?

    1. Shyyyms Shyyyms says:
      June 26, 2026 at 6:54 am

      Haha thanks 🩷
      Will upload next episode next week feshey kolhu insha’Allah 🫶🏻

  3. Anonymous says:
    June 26, 2026 at 12:13 pm

    މި ވާހަކައިގައި ޑައިލޮގުތައް ވަރަށް ކިޔަން އުދަގޫ. ވަރަށް ފާޑަކަށް ވާހަކަދައްކާ ކުދިބައެއް އުޅޭ ވާހަކައެއް ތަމިއީ؟

    1. Shyyyms Shyyyms says:
      June 26, 2026 at 3:22 pm

      Please elaborate so that I’ll know how to improve.

  4. ★IFSHAN says:
    June 26, 2026 at 1:23 pm

    Darling Mi Bai Ves Varah Salhi.
    Buneveyneyy Hama Thi Hihvaraa eku Masaikai koh Ulheyshey.
    Mashallah
    Varah Reethi
    When Next?
    Take Care of Yourself Darling

    1. Shyyyms Shyyyms says:
      June 26, 2026 at 3:21 pm

      Thanks for ur support 🩷
      Will upload next episode next week insha’Allah 🩷

  5. Azu says:
    June 26, 2026 at 1:24 pm

    Mashallah.
    Varah Reethi Mi Baives.
    And Ezekielge Lava… So Heartwarming
    Varah Furihama
    When Next?
    Take Care of Yourself

    1. Shyyyms Shyyyms says:
      June 26, 2026 at 3:21 pm

      Thanks🩷
      Will upload next episode next week insha’Allah 🩷

Comments are closed.

Next Episodeހިތް ދެވިއްޖޭ ކަލާއަށްޓަކައި (އާ ސީރީސްއެއް)←


All Right Reserved!