Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

ހިތް ދެވިއްޖޭ ކަލާއަށް ޓަކައި 15

Shyyyms
Shyyyms Level 510 Stories100 Login
June 23, 2026 5 Mins Read
0 Comments

އޮހް.” ޒިވްޔާ ގާތަށް ހިނިއައެވެ. މިދިޔަ 3 ދުވަސް ތެރޭގައި ވެސް ޔަޝްމީގެ ދުލުން ޝަޔާލްގެ ނަން ނުފިލާ ވިއްޔާއެވެ. އެހެންނަމަވެސް ޒިވްޔާއަށް ނޭނގުނު ކަމަކީ އޭނާއަށް އެއަށް ވުރެ ބޮޑު ކަމަކާއި ކުރިމަތިލާން ޖެހިފައިވާ ކަމެވެ.

 

“ހެއި، ޑާލިން.” އޭނާގެ ކުރިމައްޗަށް އައިސް ހުއްޓުނީ އައިކަނެވެ. “ޑިޑް ޔޫ ހޭވް އެ ފަން ޓައިމް ވިތު އިޒިކިއަލް؟”

…………………………

ޒިވްޔާ ދެލޯ ބޮޑުކޮށްލާފައި އައިކަނަށް ބަލާލިއެވެ. އަދި އަވަސް އަވަހަށް ޔަޝްމީގެ ގައިން ދޫކޮށްލިއެވެ. “ހެއި. އައިކަން.. ޔޫ ޑިޑްންޓް ކަމް ޓު ކޮލެޖް.. އާ ޔޫ އޯކޭ؟”

“އޮހް ނޯ ނޯ ނޯ. މަޢުލޫ ބަދަލު ކުރަން ނޫޅޭ. ޖަވާބު ދީ. ޑިޑް ޔޫ އޮރް ޑީޑް ޔޫ ނޮޓް ހޭވް ފަން ވިތު އިޒިކިއަލް ވައިލް އައި ވޯޒް އަވޭ، ޒިވްޔާ؟” އައިކަން ޒިވްޔާ އާއި ގާތަށް ފިޔަވަޅެއް އަޅާލިއެވެ. ވަގުތުން ޔަޝްމީ ދުރަށް ޖެހުނެވެ. އޭރު ޝަޔާލް ހުރީ ފާރުގައި ލަށްގަނެ ލައިގެން ހަށަން ބަނެގެން ހުރެ ޔަޝްމީ އާއި ދިމާއަށް ބަލާށެވެ. ޔަޝްމީގެ ދެލޯ އޭޏާގެ ދެލޮލާއި ބައްދަލު ވުމާއެކު ޝަޔާލް ޔަޝްމީ އާއި ދިމާއަށް އެއްލޯ މަރާލިއެވެ. ޔަޝްމީ ވަގުތުން ގޮސް ހަޔާލްގެ ފަހަތަށް ވަނެވެ.

“ޒިވްޔާ.” އައިކަން ދިޔައީ ޒިވްޔާ އާއި ދިމާއަށް ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ނަގަމުންނެވެ. “ވާޓް؟؟ ދެން ކީއްވީ؟ އިޒިކިއަލް އަހަރެން ގެއަށް ލާދިނީ އޭ. އެހެންނޫނަސް.. އެއީކީ އައިކަނާ ބެހޭކަމެއް ނޫނެއްނު.” ޒިވްޔާ ލޯ އަނބުރާލިއެވެ. “އެހެންތަ؟” އައިކަން އޭނާގެ ބޮލުގައި އަތް ހާކާލިއެވެ. ހީވަނީ އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމަށް ހެނެވެ. ފުން ނޭނވާއެއް ފަޒާގެ ތެރެއަށް ދޫކޮށްލުމަށްފަހު އަނެއްކާވެސް ޒިވްޔާއަށް ބަލާލިއެވެ.

“އިޒިކިއަލް އާ ވާހަކަ ނުދައްކާތި.” އައިކަން ބަލާލީ ސީދާ ޒިވްޔާގެ ލޮލަށެވެ. “ހާހް؟ ވަޓް؟ އަޅެ ތީ އަހަންނަށް ކަން ކުރަންވީ ގޮތް ކިޔާދޭން ކާޚުތަ؟ މަގޭ ބައްޕަތަ ތީ؟” ޒިވްޔާ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ.

“ޒިވްޔާ. އަހަރެން ދެން މިހެން ބުނާނީ ހަމަ އެންމެ ފަހަރަކު. ސޯ ލިސެން ކެއަފުލީ. އިޒިކިއަލް އިޒް މައި އެނެމީ. އެން މައި އެނެމީ އިޒް ޔުއަ އެނެމީ.”

“އެހެންތަ؟ ޔޫ އާ ބިޔޯންޑް ރިޑިކިއުލަސް. ދެން އިތުރަކަށް ތިކިޔާ ނަންސެންސް އަޑު އަހާކަށް ނުހުރެވޭނެ. ދަނީ. ދެން ލަލަލާ.” ޒިވްޔާ އައިކަނާއި ދިމާއަށް ދޫ ނެރެފައި ދާން ހިނގައިގަތެވެ. ނަމަވެސް އައިކަން ހުރީ ގޮތް ދޫކުރާކަށް ނޫނެވެ. އޭނާ ހިފެހެއްޓީ ޒިވްޔާގެ ދަބަހުގައެވެ. “ދެން ދެވޭތޯ ބަލާބަލަ.”

ޒިވްޔާ ފަސް އެނބުރި ބަލާލިއިރު އައިކަންގެ ތުންފަތްމަތީގައި ވަނީ ލާނެތް ހިނިތުންވުމެކެވެ. “ޔޫ… ޔޫ… ދޫކުރޭ ހަމަ މިހާރު!” ޒިވްޔާ ހަޅޭލަވައިގަތެވެ. އެމަންޒަރު ބަލަން ހުރި ޔަޝްމީ އާއި ޝަޔާލްގެ ގާތަށް އައީ ހިންޏެވެ.

ޝަޔާލްގެ އެންމެގާތް ރަޙުމަތްތެރިޔާ އައިކަން ދުވަހަކުވެސް އެގޮތަށް އަންހެންކުއްޖަކާ ވެގެން އުޅޭތަނެއް ފެންނާނެ ކަމަކަށް ޝަޔާލް ހިޔެއް ވެސް ނުކުރެއެވެ. އެހެން ކަމުން އެ ފެންނަމުން ދިޔަ މަންޒަރުން އޭނާގެ ގާތަށް ކިތަންމެ ހިނި އައި ނަމަވެސް އެއަށް ވުރެ ބޮޑަށް އޭނާގެ ހިތަށް ލިބުނީ ހަމަޖެހުމެވެ. ފަހަރުގައި ނަމަ އެކުވެރިޔާގެ ހިތްދަތި މާޒީއަށް ނިމުމެއް އަންނަނީއެވެ.

“އައިކަންންންން!!!!!” ޒިވްޔާ ހަޅޭލަވައިގަތެވެ. ޒިވްޔާ ދުރަށް ދާން އުޅޭ ވަރަކަށް އައިކަން ހަމަ އެދަބަހުގައި ހިފަހައްޓައިގެން ހުރީއެވެ. “ޒިވްޔާ ގެ ސައިކަލު ކުރިއަކަށް ނުދޭނު؟” އައިކަން މަޖަލަކަށް ބުނެލިއެވެ. އަދި ޒިވްޔާއަށް ޖަވާބެއް ދޭން ވަގުތެއް ދިނުމެއް ނެތި ޒިވްޔާގެ ދަބަހުގައި ހިފާ ދަމައިގަތެވެ. ޒިވްޔާ ނުވެއްޓުނީ ކިރިޔާއެވެ. ނަމަވެސް އައިކަން ހުށިޔާރު ކަމާއެކު ޒިވްޔާ ހިފެހެއްޓިއެވެ. އަދި ގެނެސް އައިކަންގެ މޭގައި ލަށްކޮށްލިއެވެ. ޒިވްޔާ ހުރީ އައިކަނަށް ފުރަގަސްދީގެން ކަމުން އައިކަންގެ މޭގައި ޖެހިފައި އިނީ ޒިވްޔާގެ ދަބަހެވެ.

“ސްޓޮޕް ޓެސްޓިން މައި ޕޭޝިއެންސް.” ޒިވްޔާ ދަތްކުނޑި ވިކާލިއެވެ.

“އޮހް. ސޯ ސްކޭރީ ޒިވްޔާ.. ވަޓް އާ ޔޫ ގޮނަ ޑޫ؟ ދަތް އަޅާނީ؟ ޖަހާނީ؟ ބުނެބަލަ ނިކަން. އޮރް… ޝޯ މީ ވަޓް ޔޫ އާ ކެޕޭބަލް އޮފް..” އައިކަން ޒިވްޔާގެ ކަންފަތްދޮށުގައި ބުނެލިއެވެ. ޒިވްޔާ އައިކަނަށް އިތުރު އެއްޗެއް ބުނާކަށް ވަގުތެއް ވެސް ނުދިނެވެ. ބަލާކަށް ނުހުރެ އައިކަންގެ ފައިގައި ގައި ހުރި ބާރެއްލާފައި ފައިން ޖަހާލިއެވެ.

“ވަޓް ދި ފަ*، ޒިވްޔާ؟؟؟!!” އައިކަން ޒިވްޔާގެ ދަބަހުން އަތް ދޫކޮށްލާފައި ގުދުވެ ފައިގައި ހިފަހައްޓާލިއެވެ. ހަޤީގަތުގައި ވެސް ޒިވްޔާ ޖެހީ ވަރަށް ވެސް ބާރަށެވެ. ޒިވްޔާ ދުރަށް ޖެހިލުމަށްފަހު އައިކަނަށް ބަލާލިއެވެ. “ދެޓްސް ޖަސްޓް އެ ޓޭސްޓް އޮފް ވަޓް އައިމް ރިއަލީ ކެޕޭބަލް އޮފް. ޓްރައި މެސިން ވިތު މީ އެގެއިން.” ޒިވްޔާ ފޮނިވެލާފައި އެހެން ބުނުމަށްފަހު ދާން ހިނގައިގަތެވެ. ޔަޝްމީ ވެސް ދުވެފައި އައިސް ޒިވްޔާގެ އަތުގައި ހިފައި ދާން ހިނގައިގަތެވެ. ހަޔާލް ދެފަރާތަށް ބޯ ހޫރާލުމަށްފަހު ކޮލެޖުން ނުކުމެގެން ދިޔައީއެވެ.

ޒިވްޔާ މެން ލޮލުކޮޅުން ގެއްލުމާއެކު ޝަޔާލް ބިނދިބިނދިފައި އަޅާފައި ހޭން ފެށިއެވެ. “ޔޫ އާ ސޯ ޑެޑް، ޒިވްޔާ.” އައިކަން ތެދުވެލަމުން ބުނެލިއެވެ. “ޒިވްޔާތަ ނޫނީ އައިކަންތަ؟ މަށަށް ހީވަނީ ތީ ހެން މިވަގުތު ރޯން ވީ މީހަކީ ހަހަހަ.”  ޝަޔާލް އޭރު ވެސް ހެނީއެވެ. އައިކަން އެނބުރި ޝަޔާލާއި ދިމާއަށް ބަލާލިއެވެ. “ސީރިއަސްލީ މޭން؟ ކޯއްޗެއް ވެގެން ތިވަރަށް ތި ހެނީ އޭން؟” އައިކަން ލޯ އަޅާލިއެވެ.

“އައިކު އެއްނު. ޒިވްޔާ ދޯ އެހެންމަ.” ޝަޔާލް ދިމާ ކުރަން ފެށިއެވެ.

“ވަޓް؟! މޮޔަ ނުވޭ ޝަޔާލް. އައިމް ޖަސްޓް މެސިން ވިތު ހާ.” އައިކަން ވަގުތުން އިންކާރު ކުރިއެވެ. “މެސިން ވިތު ހާ އޯ. ދަތޭ ކިޔާ. މަށަށް ރަނގަޅަށް ދުށީމޭ. ޔޫ ވާ ޖެލެސް މޭން.” ޝަޔާލް އަދިވެސް ހެނީއެވެ.

“ޖެލެސް؟ މީ؟ މަ؟ ހާހް. ޝަޔާލް. ޔަގީންތަ ތީ މަގޭ ބެސްޓްފްރެންޑް ކަން؟ އައި ޑޯންޓް ބިލީވް އިން ލަވް. ޔޫ ނޯ ދެޓް.” އައިކަން ލޯ އަޅާލަމުން ޝަޔާލްގެ ގައިގައި އަޅާ ކޮށްޕާލުމަށްފަހު ހިނގައިގަތެވެ.

“ލޭޑީސް އެން ޖެންޓަލްމެން! ދި ގްރެއިޓް އައިކަން އިޒް އިން ލާވްވްވްވް!!!” ޝަޔާލް ވަރަށް ބާރަށް ގޮވާލިއެވެ. ވަގުތުން އައިކަން އެދިމާއަށް އެނބުރުނެވެ. އޭރު އޭނާގެ ދެލޮލުން ދިލަކަނި ބުރާ ކަހަލައެވެ. އޭނާ ގައި ހުރި ބާރެއްލާފައި ހިނގާފައި އައިސް ޝަޔާލްގެ ގިރުވާނުގައި ހިފެހެއްޓިއެވެ. އަދި އެއްމިޔަކަނުން ހީލިއެވެ. “ނައު ނައު ޝަޔާލް. ޑޯންޓް ޑޫ ދެޓް. އަންލެސް ޔޫ ވޯންޓް ޓު ވޭކްއަޕް ތަލަ ބޮލަކާ އެއްކޮށް ލައިކް ލާސްޓް ޓައިމް.”

“ޝިޓް.. އޯކޭ އޯކޭ. އައި ސަރެންޑާ.” ޝަޔާލް ވަގުތުން އަތް މައްޗަށް ނެގިއެވެ. “ގުޑް.”

 

…………………

 

ކޮލެޖު ސްޓޫޑެންޓް އޮފީހަށް ވަތް ޒިވްޔާ އަވަސް އަރުވާލާފައި އުޅުނީ ޓެލެންޓް ފެސްޓިވަލްގައި ބައިވެރިވާ ފޯމް ފުރާށެވެ. އެވަގުތު އައި ނައި ދިމާއެއް ނޭނގި އިޒިކިއަލް އައިސް ޒިވްޔާގެ އަތުން ފޯމު އަތުލިއެވެ. “ހުމް.. މީ ކޯއްޗެއް؟”

“އިޒިކިއަލް! އަޅޭ. ވަގުތެއް ނެތޭ. ދީބަ.” ޒިވްޔާ އެ ފޯމު އަތުލަން އުޅުނެވެ. ނަމަވެސް އިޒިކިއަލް އޭނާއަށް ވުރެ ދިގުކަމުން އެ ފޯމު އަތުލެވޭ ގޮތެއް ނުވިއެވެ. “ޓެލެންޓް ފެސްޓިވަލް.. ހުމްމް.. ޒިވްޔާ މިކަހަލަ ކޫސަނި ކަންކަމަށް ވަރު ހުންނާނެ ކަމަކަށް ހިޔެއް ނުކުރަން. މައްސަލައެއް ނެތް. ޒިވްޔާ ބައިވެރި ވަންޏާ މަވެސް ބައިވެރިވާނަން.” އިޒިކިއަލް ބުނެލިއެވެ. އަދި އިތުރު ފޯމެއް ނަގިއެވެ. “ފިލް ދިސް ފޯ މީ ޓޫ.”

“ވަޓް؟ އިޒިކިއަލްގެ އަތްފައި ނެތީތަ؟” ޒިވްޔާ ލޯ އަޅާލިއެވެ. “ވަރަށް ލޭޒީ ވެފަ މިހުރީ. ޕްލީޒް؟ ޒިވްޔާގެ ފޯމު ލިބޭނީ މަގޭ ފޯމު ވެސް ފިލް ކޮށްދެންޏާ.” އައިކަންގެ ތުންފަތްމަތީގައި ވިދާލީ ލާނެތް ހިނިތުން ވުމެކެވެ.

ޒިވްޔާ މޫނު ކުނިކޮށްލިއެވެ. “އަފް. ވަޓެވާ. ދައްކާ. އައި ވިލް ޑޫ އިޓް، ޔޫ ސްލޮތު.” ޒިވްޔާ އެއްބަސްވީ ބޮލަށް އުނދަގޫވީ ވަރުންނެވެ. “ވަޓް ޓެލެންޓް ޑޫ ޔޫ ހޭވް އެނީވޭ؟”

“މައި ފޭސް.” އިޒިކިއަލް ވަރަށް ސީރިއަސްކޮށް ބުނެލިއެވެ. އެއާއެކު ޒިވްޔާ އިޒިކިއަލާއި ދިމާއަށް ބަލާލީ ‘ތީ މޮޔައެއް ހެއްޔޭ’ ބުނާފަދަ ގޮތަކަށެވެ. އެއާއެކު އިޒިކިއަލް ހިނިގަނޑެއް ޖަހާލިއެވެ. އެ ފިރިހެންވަންތަ ހުނުމުގެ އަޑު އިވިފައި އެދިމާއަށް އެތައް ބައެއްގެ ލޯތައް އަމާޒު ވެގެން ދިޔައެވެ.

“ގޯޑް ޒިވްޔާ.. ހަހަހަހަ.. ޔޫ ޝުޑް ހޭވް ސީން ޔުއަ ފޭސް.. ހަހަހަހަ..” އިޒިކިއަލް ހެމުން ދިޔައެވެ. “އޯއި. ސީރިއަސްވޭ އިޒިކިއަލް ގަނޑު.” ޒިވްޔާ ލޯ އަނބުރާލިއެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ؟ އެޕްލިކޭޝަންސް ލާ ގަނޑި ހަމަވަނީއެވެ. އެވަރުން ވެސް މި އިޒިކިއަލް ހުރެގެން ހަމަ ހެނީއެވެ.

“ފައިން ފައިން.. އައިމް ގޮނަ ސިންގް އެ ސޯންގް.”

“ޔޫ؟ އިޒިކިއަލް؟ ލަވަ ކިޔަން އިނގޭ؟” ޒިވްޔާ ހައިރާންވިއެވެ. “ހުމްމް. އިނގޭތީ ދޯ މިބުނީ.” އިޒިކިއަލް އެހެން ބުނެލިއެވެ.

“ފައިން އޯކޭ.” ޒިވްޔާ އަވަސް އަވަހަށް އިޒިކިއަލްގެ ފޯމް ފުރާލަދިނެވެ. އެއާއެކު އިޒިކިއަލް ޒިވްޔާގެ ފޯމު އަނބުރާ ދިނެވެ.

…………

އެދުވަހު ގެއަށްގޮސް ޒިވްޔާ އަވަދިނެތި އުޅުނީ ޓެލެންޓް ޝޯއަށް އޮންނަ ވާހަކަ ލިޔުމުގެ ކމުބާރާތަށް އޭނާ ލިޔަމުން ދިޔަ ވާހަކަ ނިންމާށެވެ. އޭރު އޭނާގެ އެނދުމަތީގައި ޔަޝްމީ ވެސް އިށީނދެލައިގެން އިނދެ ފޮތޯގުރަފީ މުބާރާތަށް ތައްޔާރު ވަމުން ދިޔައެވެ.

“އަފްފްފް.. ހީވަނީ ހޮޑު ލެވިދާނެހެން. ދެން ބްރޭކެއް ނުނަގަ ނުވާނެ ހަމަ.” އެނދުގައި އިށީނދެގެން އިން ޔަޝްމީ ވަރުބަލިވެގެން އެނދުމައްޗަށް ވެއްޓިގަތެވެ. އޭރުވެސް ޒިވްޔާ ހަމަ ލެޕްޓޮޕުން ޓައިޕް ކުރަނީއެވެ. “ސާބަސް ޒިވީއަށް. ދެން ބްރޭކެއް ނަގާބަލަ ދޯ؟ ދުވަސް އައިސް ޖެހުނީކީ ނޫން ވިއްޔަ.” ޔަޝްމީ ޝަކުވާކުރަން ފެށިއެވެ.

“4 ދުވަސް ޔަޝް. އެންމެ 4 ޑޭސް ދެން އިނީ. އަދި އެޑިޓް ކުރަން ވެސް ޖެހެޔޭ.” ޒިވްޔާގެ އަތުގެ ހަރަކާތްތަކަށް އެއްވެސް މަޑުޖެހުމެއް ނާދެއެވެ.

“ދެން ހެވޭ. މިއަދު މީ ކޮން ދުވަހެއްކަން ވެސް ޒިވީ ހަނދާނެއް ނެތް ދޯ؟” ޔަޝްމީ އަހާލިއެވެ. އެއާއެކު ޒިވްޔާ އެނބުރި ޔަޝްމީއަށް ބަލާލިއެވެ. “ކޮން ދުވަހެއް- އޮހް ނޯ. ޔަޝްމީ! ބުނަންވާނެ އެއްނު.” ޒިވްޔާ އަވަސް އަވަހަށް ތެދުވިއެވެ. ތެދެކެވެ. މިއަދަކީ ޔަޝްމީ މެންގެއަށް ސްލީޕް އޯވާއަކަށް ޒިވްޔާމެން ރާވާފައިވާ ދުވަހެވެ. “ހިނގާ ދާން ތިގެއަށް. ހަޔާ އަންނާނީ އަދި ފަހުނެއްނު. ތިގެއަށް ގޮސް ބާކީ އިން ބައި ނިންމާނީ.” ޒިވްޔާ އަވަސް އަވަހަށް ޕެކް ކުރަންފެށިއެވެ.

“ހިނގާ ހަޔާ ބަލާ ދާން.”

“އުހުން. ކަމަކު ނުދާނެ. ހަޔާ އެހާ ހިތްހަމައެއް ނުޖެހެއެއްނު ހާ ވޯކްޕްލޭސެސްއަށް ޒިވީ މެން ދިޔައީމަ. ވީ ޝުޑް ރެސްޕެކްޓް ދެޓް.” ޒިވްޔާ އެކަމާ ދެބަސްވިއެވެ.

“ފައިން ފައިން. ބަޓް އަސްލު ކީއްވެތަ ހަޔާ އެކަމާ އެހާ އޯކޭ ނޫނީ. ވީ އާ ފްރެންޑްސް. އައި ނޯ ހާ ފެމިލީ އިޒް ސްޓްރަގްލިން. އެހެންވިޔަސް ޝީ މެޓާސް ޓު އަސް. އައި ވުޑް ނެވާ ޖަޖް ހާ.” ޔަޝްމީ ދެރަވިއެވެ. ހަޔާލް އެކުދިންނަށް އިތުބާރު ނުކުރަނީއޭ ހިތަށް އެރީމައެވެ.

“ޔަޝް. އައި ނޯ. ޒިވީ ވެސް ދެރަވޭ. އެކަމު ވެސް ޖެހޭނެ ބައުންޑަރީސްއަށް އިޚުތިރާމު ކުރަން. މޭބީ ކޮންމެވެސް ދުވަހަކުން ހަޔާ ޒިވީ މެނަށް ހުރިހާ އެއްޗެއް ކިޔާދޭނެ.” ޒިވްޔާ ނަސޭހަތް ދިނެވެ. ތެދެކެވެ. ހަޔާލް އޭނާގެ އާއިލާގެ މިވަގުތުގެ ޙާލަތު ސިއްރު ކުރަން އުޅޭކަން ޒިވްޔާއަށް އިނގެއެވެ. އެތަކެއް ފަހަރު އެހީވާން ވެސް މަސައްކަތް ކޮށްފިއެވެ. ނަމަވެސް ކޮންމެ ފަހަރަކު ވެސް ހަޔާލް އެކަމާ ހިތްހަމަ ނުޖެހިފައި އިންކާރު ކުރީ ވިއްޔާއެވެ. ދެން އެކުދިން އެކަމާ ކުރާނެ ކަމެއް ނޯންނާނެ ނޫންހެއްޔެވެ. ކިތަންމެ ދެރަވިޔަސް އެކުވެރިޔާގެ ނިންމުން ތަކަށް އިޚުތިރާމު ކުރަން ޖެހޭނެއެވެ. އަދި ހަޔާލް އެކުދިންގެ ފަރާތުން އެހީއަކަށް އެދޭ ދުވަހެއްގެ އިންތިޒާރުގައި ޒިވްޔާ އާއި ޔަޝްމީ މަޑުކުރާނެއެވެ. އެއީ އެކުދިންނަކީ ގާތް އެކުވެރިންނަށްވީތީއެވެ.

 

——————–

އުންމީދު ކުރަން މި ބައި ވެސް ކިޔުންތެރިންނަށް ކަމުދާނެ ކަމަށް.

Share Article

Shyyyms
Follow Me Written By

Shyyyms

Level 510 Stories100 Login

21-year-old author of the stories that hurt.🥀 Writing psychological tales of betrayal, silenced truths, and the wreckage of "love." ⚖️Trauma, Revenge, & the Journey to Justice. Because sometimes, the ones who should trust you the most are the ones who let you burn.

Other Articles

Previous

ހަގީގަތަކީ ކޮބައިހޭ؟…29

Previews
June 23, 2026

ހަގީގަތަކީ ކޮބައިހޭ؟…29



All Right Reserved!