Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކަލޯބި

ސިއްރު ކައިވެނި – 5

leafy Level 210 Stories100 Login
June 23, 2026 5 Mins Read
0 Comments

“ވަރަށް ދުވަސްވެއްޖެ ދޯ މިހާރު މި ގޭގެ މަސައްކަތުގައި އުޅޭތާ؟” ހަސަނު ފުރަތަމަވެސް ކޮށްލީ ސުވާލެކެވެ. ވަރަށް މަޑުން ލައްބައޭ މަލްޝާ ބުންޏެވެ. “މި ވާހަކަ މަލްޝާގާތު ދައްކަން ބޭނުންވެފައި ހުންނަތާ ކިތަންމެ ދުވަހެއް. މަލްޝާ ތިއަކީ ވަރަށް ހިތްހެޔޮ ރަނގަޅު ކުއްޖެއް. އެހެންކަމުން އަހަރެންގެ ދަރި ޒަޔާންއާ މިދިޔަމަހު ކައިވެނިކޮށް ސެޓިފިކެޓު ހައްދާފައިވާނެ. ތިޔަ ދެ ކުދިން ހެޔޮގޮތުގައި އުޅުމަށް އެދެން.” ހަސަނުގެ މަލްޝާއަށް ބަލަމުން ބުންޏެވެ. “އަޅުގަނޑަށް ނޭނގި ކައިވެނި ކުރީ ކީއްވެތޯ؟ ވަލީ ހޯދީ ކިހިނަކުން؟” މަލްޝާ ސުވާލު ކުރިއެވެ. “މަލްޝާ، މި ވާހަކަތަށް އަޑުއަހަން ބޭނުން ނުވެދާނެ. އެކަމަކު ތިޔައީ ޝަރީފުގެ ދަރިއެއް ނޫން.” މަލްޝާގެ ހިތުގައި އުފާވެރިކަމެއް އިހުސާސްވިއެވެ. އެއީ އަނިޔާވެރިއަކަށް ބައްޕަގެ މަގާމު ދެވޭނެ ހެއްޔެވެ؟

“މަލްޝާ ތިއީ އަހަރެންގެ ވަރަށް ގާތް ރަހުމަތްތެރިއެއްގެ ދަރިއެއް. ނަމަކީ އިބުރާހިމް. އޭނާއަކީ އަހަންނަށް ވަރަށް އެހީވި މީހެއް. ނަމަވެސް އޭނާ ދިޔައީ ގޮހޮރުގެ ކެންސަރަށް ހަނގުރާމަ ކުރަމުން. ފަހު ހަރުފަތްތަކުގައި ވަނިކޮށް އެއް ރޭ އަހަރެން އޭނާ ގާތަށް ގެންދިޔަ. އެއީ އޭނާގެ ފަސް އަހަރު ފުރިފައިވާ މަލްޝާ ބެލުމާ ހަވާލުވުމަށް. ނަމަވެސް އަހަރެން އޭރު ހާލަތު ހުރި ގޮތުން މަލްޝާއަކާ ހަވާލެއް ނުވެވުނު. އެހެންވެ، އަހަރެންގެ ރައްޓެހި ޝަރީފުއަށް އޭރު މަލްޝާ ހަވާލު ކުރީ.” ހަސަނު ހަނދާން ކުރަމުން ކިޔައިދެމުން ދިޔައެވެ. “ދެން އަހަރެންގެ މަންމައާ އެހެން މީހުން އެބަ އުޅޭތަ؟” މަލްޝާ ސުވާލު ކުރިއެވެ. “މަލްޝާ ވިހެއުމާއެކު މަލްޝާގެ މަންމަ މިދުނިޔެ ދޫކުރި. ދެން ބާކީ ހުރި ބޮޑުބެ މީހަކާ ނީނދެ ހުއްޓާ ސައިކަލުން ދިމާވި ހާދިޘާއެއްގައި ވަރަށް ބަލި ހާލުގައި އޮވެފައި މި ދުނިޔެ ދޫކުރި. މަލްޝާ ތިއީ ހަމައެކަނި ދުނިޔޭގައިހުރި އިބުރާހިމްގެ ނިޝާނަކީ. ގާޒީ ވަލީ ލައިދިނުމާއެކު އަހަރެންގެ ޒަޔާންއާ ކައިވެނިކުރީ ދަރިފުޅުގެވެސް ރައްކާތެރިކަމަށް.” ހަސަނު ފުރިހަމައަށް ވާނުވާ އޮޅުންފިލުވައިދިނެވެ.

“ދެން މީގެ ފަހުން ޝަރީފުގެ ކަންތަކުގައި ފައިސާ ދައްކަން ޖެހޭނީ ނުޒުހާ. މަލްޝާ ޒަޔާންއާއެކު ދިރިއުޅޭ. ގެންގުޅޭ ސާމާނު ހިފައިގެން ޒަޔާންގެ ކޮޓަރިއަށް މިހާރު ދޭ.” ހަސަނު ކުޑަކޮށް ޒަޔާންއަށް އެހީތެރިވިއެވެ. “އަޅުގަނޑުގެ ކޮއްކޮއެއްފަދަ ޝައިރާއަށް ކިހިނެތްތޯ ހަދާނީ؟ އަބަދުވެސް އެކަންތައް ނުޒުހާ އަހަރެންގެ ބޮލުގައި އަޅުވަނީ.” މަލްޝާ ހާސްވިއެވެ. “އެކަމާ ހާސްނުވޭ، އެއީ ނުޒުހާ ސަމާލުވާންޖެހޭ ކަމެއް.” ހަަސަނު ކަންކަން ސާފުކޮށްދިނެވެ. މަލްޝާގެ ބޮލުން ބޮޑު ބަރެއް ނެގިހެން ހީވިއެވެ. މީހާގެ ސިކުނޑި ތާޒާވެގެން ދިޔަހެން ހީވިއެވެ. އޭނާއަށް މިތަނުން ސަލާމަތްވެވުނީއެވެ. ވީ އުފަލަކުން އޭނާ ރިހިނާމެންނާއެކު އުޅުނު ކޮޓަރިއަށްވަދެ އޭނާގެ އެއްޗެހި އަޅައިގެން ނުކުތެވެ. އަދި ގޭގެ މައިދޮރުން ނުކުންހެން ކާރެއް ވަދެގެން އައިތަން ފެނެއެވެ. ކާރުގެ ދޮރު ހުޅުވުމަށްފަހު، ނުކުތީ ޒަޔާންއެވެ. ކުޑަ ފޮތި ދަބަހެއް ހިފައިގެން މައިދޮރުން ނިކުންނަން ދިޔަ މަލްޝާ ހުއްޓުވިއެވެ. “ކޮންތާކަށް ތި ދަނީ؟” ޒަޔާން މަލްޝާގެ އަތުގައި ހިފެހެއްޓިއެވެ. “މިތާ ހުރުމުގެ ބޭނުމެއް ނެތީމަ ދެން މިދަނީ” މަލްޝާ ތެދަށް ބުންޏެވެ.

މަލްޝާ އަދިވެސް ޒަޔާން ފިރިއެއްގެ ގޮތުގައި ގަބޫލެއް ނުކުރެއެވެ. އޭނާއަށް މިދުނިޔޭގައި އިތުރަށް ހުރުމުގެ ބޭނުމެއްވެސް ނެތެވެ. އޭނާގެ މަންމައެއް ބައްޕައެއް ނެތެވެ. ނުވިތާކަށް އާއިލާގެ އެކަކުވެސް ނެތެވެ. މަލްޝާ އެކަނިވެރިކަން އިހުސާސްވިއެވެ. ނަމަވެސް އޭނާގެ އެންމެ ގާތް ރައްޓެހި ޒޫނާ ހުރިކަން ހަނދާންވީ ދެނެވެ. ޒަޔާންގެ އަތުން ސަލާމަތްވުމަށްފަހު ޒޫނާގެ ގެއާ ދިމާއަށް މިސްރާބު ޖެހިއެވެ. ޒަޔާން އެތަނަށް ހުއްޓިފައި ހުއްޓެވެ. ޒަޔާން މޫނަށް ގޮތެއް ހަދާލުމަށްފަހު، އަތް މުއްކަރުވާލިއެވެ. މަލްޝާ އޭނާދެކެ ރުޅި އަންނަނީހެއްޔެވެ؟ ނޫނީ އޭނާ އަބަދުވެސް އަހަރުންދެކެ ފޫހިވަނީހެއްޔެވެ؟ ޒަޔާންގެ ހިތަށް އަރަމުން ދިޔައެވެ.

އިރުކޮޅަކުން މަލްޝާ ޒޫނާމެން ގޭގައި ޓަކި ޖެހިއެވެ. “އައްސަލާމު ޢަލައިކުމް!” މަލްޝާ ތަކުރާރުކޮށް ގޮވަމުން ދިޔައެވެ. ދޮރު ހުޅުވާލުމަށްފަހު މަލްޝާ ފެނުނުހެން ޒޫނާ ދުވެފައި ދިޔައެވެ. “މަލް ކޮންތާކު އުޅެއުޅެފަ ތިޔައީ؟ އޮފީހަށް ހާޒިރު ނުވާތީވެ ވަރަށް ހާސްވެފައިހުރީ. ދެން ދުވަސްކޮޅަކުން ހީވީ މަލް އެހެން ރަށަކަށް ދިޔައީބާވައޭ. ގުޅާގުޅާ ފޯނެއްވެސް ނުނެގިވިއްޔަ.” ޒޫނާގެ ޖަޒުބާތުތައް ފުރި ބަންޑުންވެގެން ދިޔައެވެ. މިދިޔަ އަހަރެއްހާ ދުވަހު ވީ ކަންތައްތައް ޒޫނާއަށް ކިޔައިދިނެވެ.

ހަވީރުގެ ވަގުތުކަމުން ދެ ކުދިންވެސް ތައްޔާރުވެ، ހިނގާލަން ނުކުތެވެ. މަލްޝާ ފުރަތަމަވެސް ދިޔައީ ބަނދަރަށެވެ. އޭނާ އެންމެ ފަހުން ހަނދާންހުރީ ޝައިރާ ގޮވައިގެން އައި ހަނދާނެވެ. ނަމަވެސް އެ ޚިޔާލުތައް ދޫކޮށް ޒޫނާއާއެކު މަޖާނެގިއެވެ. އެއަށްފަހު، މަލްޝާއަށް ޒޫނާ ކުޑަވަރެއްގެ ފޯނެއް ގަނެދިނެވެ. މާދަމާ ވަޒީފާއަށްލުމަށް ޒޫނާ ބުންޏެވެ. “މަލްޝާ މަސައްކަތްކުރަމުންދިޔަ އޮފީހުގައި ސެކެޓަރީއެއް ބޭނުންވެގެން އިއުލާންކޮށްފައި އެބައޮތް.” މަލްޝާ ހަމަޖެހެމުން ބުންޏެވެ. “ލައްބަ، ލާންވީ އޭރަށް ފައިސާވެސް ލިބޭނީ.” ހަވީރުގެ ވަގުތު ސަކަރާތް ޖެހުމަށްފަހު، ޒޫނާއާއެކު އޭނާގެ ގެއަށް މަލްޝާ އެނބުރި ދިޔައެވެ. މަލްޝާ ސެކެޓަރީ މަގާމަށް ބޭނުންވާ މައުލޫމާތުތައް ފުރުމަށްފަހު، ފޯމު ލިއެވެ. އަދި އަމިއްލައަށް އުޅެން ތަނެއް ލިބެންދެން، ޒޫނާމެން ގޭގައި ހުރުމަށް ޖާގަ ހަދައިދިނެވެ.

ދެތިން ދުވަސްވިއިރުވެސް ޒަޔާންއަށް މަލްޝާގެ ޚަބަރެއް ނުވުމާއެކު އޭނާ ހާސްވާން ފެށިއެވެ. އޭނާގެ ބައްޕަ ނަސޭހަތް ދީފީމޭ ބުންޏަސް އޭނާއަށް މަލްޝާ ތަބާވަނީކީއެއް ނޫނެވެ. ޒަޔާންއަށް މަލްޝާ ދިޔަތަނެއްވެސް އިނގެނީކީއެއްނޫނެވެ. ޒަޔާން މަލްޝާއާ ދޭތެރޭ ދެކެނީ އެހާވެސް ގާތްކޮށެވެ. ނަމަވެސް މަލްޝާ ޒަޔާންއާމެދު ދެކޭގޮތް އޭނާއަށް އަދި ސާފެއް ނުވެއެވެ. ބައިވަރު އަންހެން ކުދިންގެ ފަރާތުން ލޯބި ހުށަހަޅާއިރުވެސް ޒަޔާން ބުނަން ޖެހެނީ ނޫނެކެވެ. މަލްޝާއަށްޓަކައި އޭނާ އެވަރު ކުރެއެވެ. އޮފީހުގެ ގުރޫޕަށް ކުއްލިއަކަށް މެސެޖުތަކެއް އައީތީވެ، ޒަޔާން ބަލައިލިއެވެ. އޭގައި ލިޔެވިފައިވަނީ “އަޅުގަނޑުމެންގެ އާ ސެކެޓަރީއަށް މަރުޙަބާ”އެވެ. އެއަށްފަހު އޭގެ ތިރީގައިވަ ފޮޓޯގަނޑަށް ބަލައިލުމަށްފަހު، ޒަޔާން ހިނިތުންވުމެއް ފާޅުކުރިއެވެ.

މަލްޝާ ބަސްދީބަސްގަތުމުން ފާސްވެ ސެކެޓަރީއަކަށް ހޮވިގެންދިޔަ ޚަބަރު އަޑު އިވުމާއެކު، ޒޫނާ އުފަލުން ފޮޅުނެވެ. އެވަރަށް މަސައްކަތް ކޮށްދީގެންވެސް މަލްޝާއަށް އުޅެވެންޏާ ހެޔޮކަމަށް ޒޫނާ ނިންމިއެވެ. އޮފީހަށްދިޔަ ފުރަތަމަ ދުވަހު، މަލްޝާ އުޅުނީ ލަދުންނެވެ. އެއީ އެހާ ބައިވަރު އާ މޫނުތަކަކާ ބައްދަލުވީމައެވެ. އެއަށްވުރެ މާބޮޑު ކަމަކަށްވީ އޭނާ ވަޒީފާ އަދާކޮށްދޭންޖެހޭ މީހާ ފެނުމުންނެވެ. އެއީ ދެވަނައެއްނެތް ޒަޔާންއެވެ. މަލްޝާ އަނެއްކާވެސް ދެރަވާންފެށިހެން، ޒޫނާ އައިސް ހަމަޖައްސައިދިނެވެ. ޒޫނާ އައިސް ދިއްކޮށްލި ފައިލުތައް ހިފައިގެން ޒަޔާން ކައިރިއަށް ދާން ބުނުމުން މަލްޝާ ފަސްޖެހުނެވެ. ނަމަވެސް އިރުކޮޅަކުން އަމިއްލައަށް ހަމައަކަށް އެޅި، އޮފީހުގެ މާހައުލުގައި އުޅޭ އުސޫލުން ހަރަކާތްތެރިވިއެވެ. ފައިލު ހިފައިގެން ވަދެވުމާއެކު، ޒަޔާންއާ ވާހަކަދައްކަން ފެށިއެވެ. “މިއީ މިދިޔަ މަހުގެ ރިޕޯޓުތަކުގެ ޚުލާސާ.” އެހެން ބުނުމަށްފަހު، މަލްޝާ ފަހަތަށް އެނބުރުނެވެ. ޒަޔާން ފަހަތުން މަލްޝާގެ އަތުގައި ހިފެހެއްޓިއެވެ. “އަހަރެން ދޫކޮށްލާފައި މި ތިންދުވަހު ކޮންތާކު އުޅުނީ؟” ޒަޔާން ހިތްހަމަ ނުޖެހިފައި ވާހަކަ ދެއްކިއެވެ.

“މިއީ އޮފީހެއްނު. މިފަދަ ގޮތްގޮތަށް ވާހަކަ ދެކެވުމަކީ އެދެވިގެންވާ ކަމެއް ނޫން.” މަލްޝާ ޒަޔާންގެ ކިބައިން ސަލާމަތްވޭތޯ ބުންޏެވެ. މަލްޝާގެ ހަށިގަނޑުގައި ޒަޔާންއާ ވީކޮޅަށް އަނބުރާލުމަށްފަހު ޒަޔާން ބައްދާލިއެވެ. ޒަޔާން ބޭނުންވީ މަލްޝާގެ ފަރާތުން ލޯތްބެވެ. “މިއީ އޮފީހޭ. މަގޭ ގައިން ދޫކުރޭ. ތި ފާޑަށް އުޅެންޏާ މިތަނުން ކެނޑޭނީ އިނގޭ.” މަލްޝާ ހިތްހަމަނުޖެހި ޒަޔާން ދުރަށް ކޮއްޕާލަން އުޅުނެވެ. “އެހެންތަ، މިތަނުން ކެނޑެންޏާ ހަމަ މިހާރު ފަނަރަހާސް ރުފިޔާ ގެނޭ. އެ ކޮންޓުރެކުޓުގައި ވާނެ ބަޔާންކޮށްފައި.” ޒަޔާން މަލްޝާ ގައިން ދޫކޮށްލަމުން ބުންޏެވެ. މަލްޝާ އަޅައިނުލާ ޒަޔާންގެ ބައިން ބޭރަށް ނުކުތެވެ. ފުން ނޭވާއެއް ލުމަށްފަހު، މަލްޝާ އޮފީހުގެ މަސައްކަތްތައް ބަލަހައްޓަމުން ދިޔައެވެ. ތަފާތު ޒިންމާތައް އަދާކުރުމުގައި މުޅި ދުވަސް އަވަދިނެތި އުޅުނެވެ. އޮފީސް ނިމޭ ގަޑި ކައިރިވުމާއެކު، ޒަޔާން މަލްޝާއަށް އޮފީހަށް އައުމަށް ގޮވާލިއެވެ.

މަލްޝާ ދޮރުހުޅުވަންދެން ޒަޔާން ދޮރު ނިވަލުގައި މަޑުކޮށްގެން ހުއްޓެވެ. މަލްޝާއަށް ވަދެވުނުހެން ޒަޔާން ދޮރުލައްޕާލިއެވެ. މަލްޝާ ފާރާ ދިމާއަށް ގާތްކުރިއެވެ. މަލްޝާގެ ހިތް ބާރަށް ތެޅެމުން ދިޔައެވެ. ޒަޔާން ބޮސްދޭން ފެށިއެވެ. ކުރިން ހެދިހެން މަލްޝާ ދަތް އަޅަން މަސައްކަތް ކުރިއެވެ. ނަމަވެސް އޭނާގެ މަސައްކަތް ނާކާމިޔާބުވީ ޒަޔާން ދޫނުކޮށްލުމުންނެވެ. އެގޮތުގައި އިރުކޮޅެއް ހޭދަވުމަށްފަހު، މަލްޝާއަށް ކެތްނުކުރެވިގެން ގައިގައިހުރި ބާރެއްލައި ދެއަތުން ޒަޔާން ދުރަށް ކޮއްޕާލިއެވެ. ނަމަވެސް ކަންވީ ހީކުރިގޮތާ ޚިލާފަށެވެ. ޒަޔާން ފަހަތަށް ވެއްޓެން ދިޔަހެން މަލްޝާވެސް ވެއްޓުނެވެ. ޒަޔާން އިރުކޮޅަކު ދޫނުކޮށް ހިފެހެއްޓިއެވެ. މަލްޝާ ހިތްހަމަނުޖެހި ޒަޔާންގެ މޫނުގައި ޖެހިއެވެ. އިރުކޮޅަކުން ޒަޔާންގެ ދެއަތުން މަލްޝާ ދޫކޮށްލިއެވެ.

ދެ މީހުންވެސް ކޯތާފަތްމަތިވަނީ ރަތްވެފައެވެ. މަލްޝާ ހޫން އަޅުވާލުމަށްފަހު، ހެދުމުގެ އަތުކުރިން ތުންފަތް ފުހެލަމުން ބޭރަށް ނިކުތެވެ. ފާހާނާއަށްގޮސް އަނގަ ދޮވެސާފުކުރިއެވެ. މުށިގަނޑުމަތީގައި އޮތް ޒަޔާން މަޑުމަޑުން ތެދުވިއެވެ. އޭނާގެ ކާމިޔާބީއަށް ފަނޑު ހިނިތުންވުމެއް މޫނަށް ވެރިވެފައިވެއެވެ. އޮފީހުގެ ގަޑި ޖެހުމާއެކު، މަލްޝާ އަވަސް އަވަހަށް އެއްޗެހި އަޅައިގެން ދާން އުޅުނެވެ. ޒަޔާން ކުރިއަށް ތައްޔާރުވެ، މަލްޝާ ހިނގާފައިދިޔަ މަގުން ކާރުގައި ދިޔައެވެ. މީހުންމަދު ސަރަހައްދަކަށް ދިޔުމުން ވަންނާށޭ ބުންޏެވެ. އެތައް ފަހަރަކުބުނެ އިންކާރުކުރުމުން ޒަޔާންގޮސް މަލްޝާ އުރާލައިގެން ކާރަށް އެރުވިއެވެ. އެހެން ނަމަވެސް ޒަޔާން ކާރަށް އެރަންވާއިރަށް ކާރުގެ އަނެއް ފަރާތުން ނިކުމެގެން މަލްޝާ ޒޫނާމެންގެއަށް ދުވެފައި މިސްރާބު ޖެހިއެވެ. ޒަޔާން ތުންފަތުގައި އަތްކާއްތާލަމުން މިއަދަށް ހެވޭ ބުނުމަށްފަހު ކާރުގައި ގެއަށް ދިޔައެވެ.

މަލްޝާ ޒޫނާގެ ގެއަށް ދެވުނުހެން ފާހާނާއަށްވަދެ މުޅި ގަޔަށް ފެން އެޅިއެވެ. ސައިބޯނިލައިގެން ޒަަޔާން އަތްލި ތަންތަން އުނގުޅިއެވެ. ތުންފަތްވެސް އަނގަތެރޭ ސައިބޯނި ރަހަލާވަރަށް ސާފު ކުރިއެވެ. އަދި އިރުގަނޑެއް ވަންދެން ދަތް އުނގުޅިއެވެ. މަލްޝާ ޒަޔާންދެކެ ވީ ފޫއްސެވެ. އޭނާއަކީ ފިރިމީހާކަމުގައި ވީނަމަވެސް މިއީ ބޮޑުވަރޭ ހިތަށް އަރަމުން ދިޔައެވެ. މަލްޝާ ފެންވަރައިގެން ނިކުންހެން ޒޫނާ ސުވާލުކުރިއެވެ. “ފާހާނާތެރޭގައި ހާދަ އިރެއްވީ؟” މަލްޝާ ފުން ނޭވާއެއްލަމުން އިސްދަށަށް ޖަހާލިއެވެ. މަލްޝާއަށް އަދިވެސް ކުޑަކޮށް ރަހަލައެވެ. މަލްޝާ ޒޫނާ ކައިރި ބުނުމަށްފަހު ގަހުވައެއް ބުޔުމަށް ދިޔައެވެ. ގަހުވަތަށި ހަދަންހުރި އިރުވެސް މަލްޝާއަށް ވިސްނެމުންދިޔައީ ޒަޔާންގެ ހަރަކާތްތަކަށެވެ. އޭނާގެ ފިރިހެންވަންތަ ގަދަ މުށިކުލައިގެ ލޮލެވެ. މަސްތަކުގެ ބައްޓަން ފުރިހަމަ އަތެވެ. ބޭއިޚްތިޔާރުގައި ނަމަވެސް ޒަޔާންއާމެދު މަލްޝާ ވިސްނަމުން ދިޔައެވެ. ގަހުވަ ތަށި ބޮއެ ހުސްވިހެން ހިތި ރަހަގަނޑު އަނގަތެރޭގައި ވެރިކަން ކުރަމުން ދިޔައެވެ. ޒަޔާންގެ ޚިޔާލުތަކަށް ފުރަގަސްދީފައި މަލްޝާ އޮފީހުގެ މަސައްކަތް ކުރުމަށް ފައިލުތައް ހުޅުވާލިއެވެ.

ރޭގަނޑުގެ އަމާން ވަގުތުގައި ޒަޔާން އަދިވެސް ވިސްނަމުން ދިޔައީ މަލްޝާއާ މެދުއެވެ. “އޭނާ އަހަރުންދެކެ ފޫހިވާންވީ ކީއްވެ ހެއްޔެވެ؟ އަހަރެން ބޮސްދިނުމުންވެސް އޭނާގެ ހިތެއް ނުލެނބުނު. ދެން ކިހިނެތް ހަދާނީ. ބައްޕަ އަހަންނަށް މަޖުބޫރުކޮށްފައި އޮތީ މަލްޝާއާ ގުޅިގެން އުޅުމަށް.” ޒަޔާން އޭނާގެ އެކުވެރިޔާ މާޒިންއަށް ފޯނުން ކިޔައިދެމުން ދިޔައެވެ. “ބަލަ ތިހެން ގަދަކަމުން ކުރުވަންޏާ ފޫހިވާނެއްނު. އަހަރެންގެ ޚިޔާލެއް އެބައޮތް! މަލްޝާއަށް އެއްޗެއް ގަނެދީ. އޭރަށް އޭނާގެ ހިތް ލެނބިދާނެ.” މާޒިން ޚިޔާލެއް ދިނެވެ. ޒަޔާން އާނއެކޭ ބުނެ ފޯނު ކަނޑާލިއެވެ. ޒަޔާން އޭނާގެ އެނދުގައި އޮވެ ވިސްނަމުން ދިޔައީ މަލްޝާއާ މެދުއެވެ. މަލްޝާގެ ގައިން ދުވި މާމެލާމެލީގެ ވަސް ޒަޔާންއަށް ކަމުދިޔައެވެ. ތުންފަތްވެސް އޮމާންކަމާއި ތާޒާކަން ހުއްޓެވެ. ޒަޔާންގެ ހިތަށް ބަރުވަމުން ދިޔައީ، މަލްޝާ އޭނާ ދޫކޮށްލާފައި ހިނގައިދާނެތީއެވެ. އެކަމު ޒަޔާންއަށް ލިބުނު ޔަގީންކަމަކީ އޭނާއާ ކުރެވިފައިވާ ކައިވެންޏެވެ. މަލްޝާގެ ޚިޔާލުތަކަށް ގެއްލި ގަޑި ދިޔަ ގޮތްވެސް ނޭނގެއެވެ. ޒަޔާންއަށް ނިދުނީ ދަންވިފަހުންނެވެ.

މަލްޝާ އަދިވެސް އޮފީހުގެ މަސައްކަތްތައް ކުރަމުން ގެންދިޔައެވެ. ނަމަވެސް އޭނާގެ ސިކުނޑީގެ އެއްބައި ފުރިފައިވަނީ ޒަޔާންގެ ޚިޔާލުތަކެވެ. ކިތަންމެ އިންކާރު ކުރިޔަސް މަލްޝާގެ ސިކުނޑިއަކުން ޒަޔާންއެއް ނުފޮހެވުނެވެ. އިރުކޮޅުކޮޅާ ބޭއިޚްތިޔާރުގައި ތުންފަތުގައި އަތްލެވެއެވެ. ކުއްލިއަކަށް ބަދިގެއާ ދިމާލުން އެއްޗެއް ވެއްޓި ތަޅައިގެން ދިޔައަޑަށް މަލްޝާ ސިއްސައިގެން ދިޔައެވެ. ޒޫނާއަށް ގޮވަމުން ބަދިގެއަށް ދިޔައެވެ. ނަމަވެސް ޒޫނާ ފެންނަ ހިސާބަކު ނެތެވެ. ތަޅައިގެން ގޮސްފައިވާ ޖޯޑެއް މުށިތަކުމަތީގައި އޮތެވެ. ކުޑަދޮރު ހުޅުވިފައިވާތަންފެނި ކުޑަދޮރުލައްޕަން ދިޔަހެން ފަހަތުން ހިޔަންޏެއްވެގެން މަލްޝާ ފަހަތަށް އެނބުރުނެވެ. ފަހަތުގައިހުރީ ކަލުކުލައިގެ މޫނުގަނޑެއް އަޅައިގެންހުރި މީހެކެވެ. މަލްޝާއަށް ހަޅޭއްލަވައިނުގަނެވެނީސް އެ މީހާ މޫނުމަތީގައި އަތް އެޅިއެވެ. އަދި މަލްޝާގެ ދެއަތުގައި ބާރަށް ވާގަނޑަކުން އެއްސިއެވެ. މަލްޝާ ގަދަކަމުން ކާރަކަށް އަރުވާ ދުއްވާލިއެވެ. އޭނާ ބިރުން ފިތްކަނޑައިގެން ދިޔައެވެ.

(ނުނިމޭ)

Share Article

Follow Me Written By

leafy

Level 210 Stories100 Login

Other Articles

Previous

ގުރާފުޅު 1

Previews
June 23, 2026

ގުރާފުޅު 1



All Right Reserved!