Skip to content
އެސްފިޔަ

ލަފްޒު (ފެށުން)

“ޝިޓް!” އަހަރެންނަށް ބުނެވުން އިރު މާ ބޮޑަށް ލަސްވެއްޖެއެވެ. ސާރވެސް އަހަރެންނަށް ބަލަން ހުރި އިރު ހީވަނީ އަހަރެންގެ އިތުރު ބޮލެއް ފަޅާފައި އިންހެނެވެ. ބުނެވެނުނީ މާބާރަށެވެ. އަހަރެމެންގެ އެސައިންމެންޓް ހަވާލު ކުރަން އޮތީ މިރެއެވެ. އަހަރެން މި އައީ އަވަހަށް އަންނަން ހަދައިން އެވެސް ގޭގައި ބާއްވާފައެވެ. ގުޑް ޖޮބް! ސާރ މިހާރު ލޮލުން ކިހިނެއްވީތޯ އަހަނީއެވެ. “އަމް…. އައި ފޮރގޮޓް މައި އެސައިންމެންޓް..” އަހަރެން އިސް ޖަހައިން ބުނީމެވެ.

   “ދެން އެހެންވިއްޔާ ބަލާދޭ. އެކަމު 20 މިނެޓްސް މެކްސިމަމް!” އިރުކޮޅެއް ވުމާއިއެކު ސާރ ބުންޏެވެ. އަހަރެންގެ ދަބަސް ކޮންޑުގައި އެޅުވުމަށްފަހު އަހަރެން ވަގުތުން ދުއްވައިގަތީ ބޭރަށެވެ. ކޮލެޖްގެ ދޮރާއި ހިސާބަށް އެރުމާއި އެކު އަހަރެން ފޯނު ނަގާ ހަމައެކަނި ހިތުން އެނގޭ ނަމްބަރަށް ގުޅީމެވެ. އެހެން ނަމްބަރެއް ބޭނުން ވާންވީ ކީއްވެ ހެއްޔެވެ؟ އަހަރެން މިހާރު ހުރި ހަމައެކަނި ހުރިހާއެއްޗަކީވެސް އެއީއެވެ.

   ފޯނެއް ނުނަގައެވެ. ދެވަނަ ފަހަރަށް ގުޅީމެވެ. ތިންވަނަ ފަހަރަށްވެސް ގުޅީމެވެ. އެފަހަރު ފޯނު ކަންފަތާއި ދުރުކޮށްލި ގަޑީގައި ދޮރުކައިރިއަށް ޓެކްސީއެއް މަޑު ކުރަނީއެވެ. އޭގެން މީހަކު ފޭބުމާއި އެކު އަހަރެން އެއަށް އެރީއެވެ. އަވަހަށް އެޑްރެސް ދިނީމެވެ.

   ގެއަށް ކާރު މަޑު ކުރުމާއި އެކު އަހަރެން ދަބަހުން ތަޅުދަނޑި ނަގަމުން ދުއްވައިގަތީމެވެ. ފުރަތަމަ ސިޑިން ނުވެއްޓުނީ ކިރިޔާއެވެ.  އަހަރެމެންގެ އެޕާރޓްމަންޓާއި އަރާ ހަމަ ވުމާއި އެކު ފެނުނީ ދޮރުގެ ތިރިން ފުރޭނިގެން އަންނަ އައްޔެވެ. އެކެމު އަހަރެން ދިޔައީ ބޮކި ނިވާލާފައެވެ. ތަޅު ހުޅުވަމުން އަހަރެން ވަތް އިރު ގޭތެރެއަކު އަކު އެކަކުވެސް ނެތެވެ. އަހަރެންނަށް ހަނދާން ނެތިގެން ނުނިވާލާ ދެވުނީ ކަންނޭނގެއެވެ.

   އަވަސް އަވަހަށް ކޮޓަރިއަށް އަހަރެން ވަނީ ފައިލް  އޮތީ އެތާގައި ވީމައެވެ. ނަމަވެސް ވަނުމާއި އެކު ވަގުތުން ދޮރުމަތީ ގަނޑުވިއެވެ. ހީވީ މީހަކު އަހަރެންގެ ކަންކަށި މަތީ ޖެހިހެންނެވެ. ނޫނެކެވެ. އެއްފަހަރަކު ނޫނެވެ. ދެފަހަރެވެ. އަހަރެން ހަމަ ދޮރު ކކައިރީ ލޯބޮޑުވެފައި ހުރީއެވެ. ހިނގަންވެސް ނޭނގިފައެވެ. ވަގުތުން ފަހަތަށް ޖެހެމުން ދިޔައީމެވެ. ނަމަވެސް ބާރުކޮށް ދޮރުގައި ޖެހުމާއިއެކު އެދެމީހުން ވަގުތުން އަހަރެންނާއި ދިމާލަށް ބަލާލިއެވެ.

   ދެމީހުން ލޯބޮޑު ވެފައި ތިބިއިރު އަހަރެންނަށް ފެންނަނީ އަހަރެންގެ މުޅި ދުނިޔޭގެ އެނބުރުން ހުއްޓެމުންދާ ތަނެވެ. ނަމަވެސް އަހަރެންނަކަށް އަދިވެސް ޖުމްލައެއް އުފެއްދޭ ވަރެއް ނޫނެވެ. ދުވަމުން ނިކުތީއެވެ. ނަމަވެސް ދޮރާ ހިސާބަށް އަރާ ހަމަ ވުމާއިއެކު މާޔާ ގޮވިއެވެ. އަހަރެން ހުއްޓުނީމެވެ. މާޔާ. އަހަރެންގެ އެންމެ ގާތް ރަހުމަތްތެރިޔާ، އެއް އެނދެއްގައި އެ އޮތީ އަހަރެންގެ ފިރިމީހާ އާއި އެކު އެވެ.

  މުޅި ގައި ތުރު ތުރު އަޅަނީއެވެ. ނަމަވެސް އަދިވެސް އަހަރެން ރުއިމަށް ދެކޮޅު ހެދީމެވެ. މިމީހުން ކުރިމަތީއެއް އަހަރެންނެއް ނުރޯނަމެވެ. “ޒީމް! ޕްލީޒް!” މިފަހަރު އާދޭހުގެ އަޑުން ގޮވިއެވެ. އަހަރެން އަދިވެސް ނޭނބުރެމެވެ. “އެކްސްޕްލޭން ކުރަންދީބަލަ!” ހުސެއިން ބުންޏެވެ. އަހަރެން ބޭނުންވީ ހޭށެވެ. އިތުރަށް އޭނާ ބުނަން އޮންނާނީ ކޯއްޗެއް ހެއްޔެވެ؟ ހަމަ ގައިމުންވެސް ދެމީހުން ހެދުމެއް އަމިއްލައަކަށް ނުބޭލޭނެއެވެ.

  “ހަ! އިތުރު އެއްޗެއް އެބަ އޮތޭ ބުނަން!” އެނބުރެމުން އަހަރެން ހަޅޭލަވައިގަތީމެވެ. “ގޭގެ އެންމެނާ ދެކޮޅަށް ކައިވެނި ކުރީ. އެކަމު ލިބުން އެއްޗަކީ މިއީ ދޯ!” އެއައްފަހު އަހަރެން ވަގުތުން ނުކުމެގެން ދިޔައީއެވެ.

   މީހުން ބުނަނީ ތެދަށެވެ. އެ ތިން ބަސް އެއް ޖުމްލައަކަށް ހަމަ އާދެއެވެ. މިސާލު މި ފެނުނީ ޚުދު އަހަރެންނަށެވެ. ޔަންގް އިން ލަވް އެންޑް ސްޓޫޕިޑް ދުވަހަކުވެސް އަހަރެންނަށް ދިމާވާނެ ކަމަކަށް ހިޔެއް ނުކުރަމެވެ. ނަމަވެސް އަހަރެންވެސް ގަމާރެވެ. ޒުވާނެވެ. ލޯބިވީއެވެ. ކުށުގެ އިލްޒާމް އަޅުވާނެ މީހެއް އަހަރެން ފިޔަވާ އެކަކުވެސް ނެތެވެ.

  އަހަރެންނެއް ނުރޯނަމެވެ. އަހަރެންނެއް ނުރޯނަމެވެ. ހިނގުން ވަރެއް އަހަރެންނަކަށް ނޭނގެއެވެ. ދެވެނީ ކޮންތާކަށް ކަމެއް ނޭނގެއެވެ. ނަމަވެސް މިހާރު ލޯ ކޮންމެ ދެ ސިކުންތަކު އެސްފިޔަ ޖަހަންޖެހެއެވެ. ހަމަ ލޯ ފުސްވަނީއެވެ. ކަރުނައިންނެވެ. ފޯނު ރިންގް ވާ ވަރުން އުނދަގޫ ވަނީއެވެ. އަހަރެން އެނެ ފަހުން ބެލުމެއް ނެތި ފޯނު ނެގީމެވެ. “ހަލޯ! މިދަނީ ދާ… ޒިމް؟ ކީއްވެ ރޮނީތި؟” ހުސެއިންނެއް ނޫނެވެ. އަހަރެން ނުރޮވޭތޯ ވަރަށް ބެލީމެވެ. ނަމަވެސް އޭނާގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުމާއި އެކު ހުރިހާ ހިތްވަރުތަކެއް މޮހެވިގެން ދިޔަކަހަލައެވެ. ބާރަށް ރޮވެން ފެށުނީ ދެނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (23)

  1. me

    oh kiyaa hiyy vejje, heevey salhi vane hen, gaimuves mi part v salmi

    1. Tanager
      me

      ހީކުރަން ދެން އިން ބައިވެސް ކަމުދާނެ ކަމަށް. ޝުކުރިއްޔާ! 🙂

  2. Naza

    thankolheh dhigukoh up kohdhiyya warah rangalhu..warah reethi 🙂

  3. Tanager

    ޝުކުރިއްޔާ ނަޒާ! މި އަދި ފުރަތަމަ ބައި ނޫން ވީމަ އެހާ ކުރުކޮށް އެއިނީ… މި ދެން ހަމަ ޕްރޮލޮގް… ދެން ފެށޭނީ ފުރަތަމަ ބައި… ހީކުރަން އިނތިޒާރު ކުރާނެ ކަމަށް.. 🙂

  4. lady gaagaa

    vrh reathi
    next time thankolhe dhigu koh up kohdheythi igey

    1. Tanager
      lady gaagaa

      ލައްބަ! ދެން އެހެން ނޫނަސް ލޭޑީ ގާގާ ބުނާ ގޮތަކަށްތާ ދޯ ހެދޭނީ.. ؛)
      ޝުކުރިއްޔާ

  5. Hainaut

    kon dhuvahakun. furathama bai????

    1. Tanager
      Hainaut

      އަވަހަށް.
      ކަމުދިޔަތޯ؟
      ޝުކުރިއްޔާ.. 🙂

  6. ainee

    heekuran varah avahah up koh dheyne kamah varah kiyaa hithun mi huree.. varah reethi mi vaahaka.. 🙂

  7. Tanager

    އާދެ.. ލައްބަ.
    ޝުކުރިއްޔާ! 🙂

  8. hhhhhhhhhhhhhhhhhhhhhhhhhhh

    nnnnnnnn

    1. Tanager
      hhhhhhhhhhhhhhhhhhhhhhhhhhh

      Complimenteh Thw Noony Faadu Kiyumeh Thw

  9. sorryyy

    waitn for the next part……
    laifa e in pic me ah kamaku nudhey…….

    1. Tanager
      sorryyy

      Shukuru
      Foto Hadee Thw Noony NuGulheny Thw

  10. Aju

    Vaahaka reethi ekamu sorryyy bunihen photo kamaku nudhey . Aju ah thi laa photo tha thankolhe nivaakan kudavefa mi society akaa nugulhey. Dhen thi bunihen mi bai kurakas dhen oi baitha dhigu vaane kama hope kuran.ps : adhi avas vaanekama ves

    1. Tanager
      Aju

      ޝުކުރިއްޔާ! ފޮޓޯ ހަމަ ގައިމުވެސް ބަދަލު ވާނެ ދެން އިން ބައިގަ.. 🙂

  11. sorryyy

    …..tanager….. kn iakun next part

    1. Tanager
      sorryyy

      އަދި ނުލިޔަން… މޭބީ ދެ ދުވަސް ނޫނީ ތިން ދުވަސް…. ވީހާވެސް އަވަހެއް ކުރާނަން.. އިންތިޒާރު ކުރައްވާނެ ކަމަށް ހީކުރަން. 🙂

  12. zeenaa

    Nice…

    1. Tanager
      zeenaa

      ތެންކިޔު ޒީނާ.. 🙂

  13. mal

    v v v v salhi i lke thix

  14. nanni

    photo varah obi like the story

  15. GuDu

    Tanager thee Jaishan kan hama yageen.. rangalhakah noontha alhe mi heevee.? Jaishan ge liyun thakuga hunnaane unique gotheh.. faahaga vaaene v.faseyha in.. heevanee hama Jaishan ge liyumeh hen.. This is epic just like all other stories of urs.. awesome.. 🙂

Comments are closed.