Skip to content
އެސްފިޔަ

މޯޅި ނުވަނިސް އެމާ. . [1]

އަހަރެންނަކީ ރާއްޖެތެރެއިން މާލެއަށް ފައިބާއުޅޭ އެހެންމީހުންނެކޭ އެއްގޮތަށް ބޮޑުއަގުދީފައި ތަންތަން ކުއްޔަށް ހިފައިގެން އުޅޭ މީހަކީމެވެ. އެންމެފަހުން ކުލިދައްކައިގެން އުޅުނު ތަނުން ކޮންޓްރެކްޓް ހަމަވުމާއިއެކު އެއަށްވުރެ އަގު ބޮޑުކުރީއެވެ. އަހަރެންގެ ޖީބަށް ކެތް ނުވާވަރު ވީމައި އެންމެ ފަހުން އެތަންކޮޅު ބޮޑުވެފައި ހިތްފަސޭހަ ކަމުގައިވިޔަސް ޖެހުނީ ދޫކޮށްލާށެވެ. އަހަރެންނަކީ ހުސްހަށިބައި ފިރިހެނަކީމެވެ. ވަޒީފާގައި ގިނައިރު ހޭދަކުރަން ޖެހުމާއިއެކީގައި ގޭގައި ހޭދަކޮށްލަން ލިބެނީ ރޭގަނޑު ނިދާވަގުތުކޮޅެވެ. އެހެންކަމުން ކިތަންމެ ކުޑަތަންކޮޅެއް ނަމަވެސް ލިބޭތޯ އަހަރެންގެ ބައެއް ރައްޓެހިންނާއި ވާހަކަ ދައްކައިގެން އުޅެނިކޮށް ކުޑަ ހެންވޭރުން އަހަރެންނަށް ކޮޓަރިއެއް ލިބުނެވެ. އެކަނި އުޅޭ މީހަކަށް އެތަން ގޯހެއް ނޫނެވެ. އަގުހެޔޮވީމައާއި އެކު ޖެހިގެން އައިދުވަހު އެކޮޓަރިއަށް ބަދަލުވީމެވެ.

      އެކޮޓަރި ހެދުމަށްފަހު އަލަށް ކުއްޔަށް ހިފުމުގެ ޝަރަފު ލިބުނީ އަހަރެންނަށެވެ. ބެލްކަންޏަށް ބޮޑުދޮރެއް ލާފައި ހުރި ކުޑަ އެއްކޮޓަރީގެ އެޕާރޓްމަންޓެކެވެ. ވަރަށް ރީތިކޮށް މަގުމަތީގައި ހިނގާއުޅޭމީހުންނާއި ދުއްވާއެއްޗިހި ފެނެއެވެ. އަހަރެން ވަރަށް ހިންހަމަ ޖެހުނެވެ. ގެނައި ސާމާނުތައް ކޮޓަރީގައި އަތުރާލުމަށްފަހު އަހަރެން ދޮރުހުޅުވާލައި ބެލްކަންޏަށް ނިކުމެލީމެވެ. ވައި ޖައްސާލާށެވެ.

        ބެލްކަނީގައި ހަރުކޮށްފައި ހުރި ދޮރަކީ އެނތެރެ ނުފެންނަ ބިއްލޫރިން ހަދާފައިވާ ދޮރެއްކަމުން ބިއްލޫރިގަނޑުން ބަލައިގެން އަހަރެންގެ ކަނދުރާ އާއި ހަމައަށް އޮތް ފަން އިސްތަށިގަނޑު ރީތިކޮށްލީމެވެ. އެވަގުތު އަހަރެންގެ ލޮލުގައި އަޅައިގަތީ ކުރިމަތީ، މަގުގެ އަނެއްފަރާތުގައި ހުރި ގޭގެ ބެލްކަނީގައި ހުރި ޒުވާން އަންހެންކުއްޖާއެވެ. ޒުވާންކަން އެހަށިގަނޑުގައި އުތުރިއަރަމުން ދެއެވެ. އެ ސާފު ދޮން މޫނާއި އެފަން އިސްތަށިކޮޅު ވަނީ އެ ރީތިކަމުގެ ބައެއް ކަމުގައެވެ. ހެދިހުރި ހަށިގަނޑާއި ބިއްލޫރި ކޮޅެއް ފަދަ ދެލޮލެވެ. އެ މައުސޫމު މޫނު ފެނިފައި ހިނދުކޮޅަކަށް ނަމަވެސް އަހަރެންގެ ދުނިޔެ ހިނގުން މަޑުކޮށްލި ކަހަލައެވެ. އޮއްސިފައިވާ ހަނދެއް ފަދައެވެ. އެ ތުންފަތުގައި އުފާވެރިކަމެއް ނެތެވެ. އެމޫނު މަތީގައި އުޖާލާ ކަމެއް ނެތެވެ. އެފަދަ ހަނދެއްގެ އަލިކަން ފަނޑުކޮށްލާފައި ވަނީ ކޮންފަދަ މުސީބާތެއް ބާއެވެ؟ އެފަދަ ފަރި މަލެއް މޯޅިވަމުން އެދަނީ ކޮންފަދަ ޙަރީފެއް ގައި ބާއެވެ؟

      އިރުކޮޅެއް ވަންދެން އަހަރެންނަށް ބަލަހައްޓައިގެން ހުރެވުނެވެ. ފިކުރުތަކުގެ ފުން ކަނޑަކަށް ޣަރަޤުވެފައި އެ ކުއްޖާ އިންއިރު ވަށައިގެން ހިނގާ އެއްވެސް ކަމެއްގެ ހިލަމެއް ނުވާ ކަހަލައެވެ. ކުއްލިއަކަށް އެކޮޓަރީގެ ދޮރު ހުޅުވުނު އަޑަށް ސިހިފައި އެކުއްޖާ އެނތެރެއަށް ދެމިގަނެއްޖެއެވެ. ބިރަކަށް ފިލަން އުޅުނުހެނެވެ. އަހަރެންވެސް ބެލްކަނިން އެތެރެއަށް ވަނީމެވެ. ދޮރުލައްޕާލުމަށް ފަހު ބިއްލޫރިގަނޑުން ބަލަން ހުރީމެވެ. އަހަރެންގެ ހިތުގައި އުފެދެމުންދާ އެތަކެއް ސުވާލެއްގެ ޖަވާބު ލިބޭނެކަމަށެވެ. އެ އެޕާރޓްމަންޓްގައި ހިނގާ ހުރިހާކަމެއް އެންމެ ރީތިކޮށް އަހަރެންގެ ކޮޓަރިއަށް ފެނެއެވެ. އެހެންކަމުން އަހަރެން ހުރީ އެ މާ މޯޅިވަމުންދާ ސަބަބު ހޯދަން ޢަޒުމް ކަނޑައަޅައިގެންނެވެ.

         އެކޮޓަރިއަށް ވަނީ ދެބައި ޢުމުރުގެ އަންހެނެކެވެ. ބުރުގާ އަޅާފައި ހުރިއިރު ޒަމާނީ ގޮތްގަނޑު ހެނދުން އެޅުމުގައި ހުއްޓެވެ. “އަން.. ސައިހަދާލާ. . ” އަތުގައި އޮތް ހެދިކާ ކޮތަޅު ދިއްކޮށްލަމުން އެއަންހެންމީހާ ބުނެލިއެވެ. އެއަށްފަހު ބުރުގާ ބާލައި ކޮނޑެއްގައި އަޅުވާލަމުން ފާހާނައަށް ވަނެވެ. އެއާއިއެކު އެކުއްޖާ ސައިހެދުމުގައި އަވަދިނެތިވެއްޖެއެވެ. ފަތްޖެހޭ މޭޒުފަތުރައި އޭގެ މަތީގައި ސައި ތައްޔާރު ކުރިއެވެ. އެމަގަކީ ހަނި މަގަކަށް ވުމާއިއެކު އެއެޕާރޓްމަންޓްގައި ދެކެވޭ ވާހަކަތައް އެންމެ ސާފުކޮށް އަހަރެންގެ ކޮޓަރިއަށް އިވެމުން ދިޔައެވެ.

          “ރާޔާ. . ގެނެސްދީބަލަ ކޮނޑުގައި އަޅުވާފއި އިން މަންމަގެ ހެނދުން. . ” އެއަންހެންމީހާ ފާހާނައިގެ ދޮރު ކުޑަކޮށް ހުޅުވާލާފައި ބޯދިއްކޮށްލަމުން ބުންޏެވެ. ރާޔާ. . އަހަރެންނަށް އެނަން ކިޔާލެވުނެވެ. އެނަން އަހަރެންގެ ހިތުގެ އެންމެ ފުނަށް ވާޞިލްވިއެވެ.

            އުމުރުން 24 އަހަރު ވީއިރު އަހަރެންނަށް ސައުވީހަކަށް ކުދިންނާއި ރައްޓެހި ވެވިފައި ވާނެއެވެ. އެއިން އެއްވެސް ކުއްޖަކާއިއެކު އުޅެވޭގޮތެއް ނުވިއެވެ. އަހަރެންނަށް އަޅާނުލެވޭތީއެވެ. ކޮންމެ ކުއްޖަކާއިވެސް ރައްޓެހި ވާންޖެހެނީ އެކުދިންގެ އާދޭހުގެ ސަބަބުންނެވެ. އަހަރެން ބޭނުންވެގެން ލޯބިވެގެނަކުންނެއް ނޫނެވެ. ނަމަވެސް މިޔަދު އަލަށް އަހަރެންގެ ހިތުގައި އާ ރާގެއް ކުޅެލައިފިއެވެ. އެންމެ ފެނިލުމަކާއިއެކު އެ ސޫރަ ހިތުގައި ކަނޑާ ބިންވަޅު ނެގިއްޖެއެވެ. ދިރިއުޅުމަށް އައު މަޤްސަދެއް ލިބިއްޖެއެވެ. މާމެލާ މެއްޔާއި، ލޭކޮކާ ބަޅިނދާއި، މީރުވަސް ހުވަނދު ވަނީ އަހަރެންގެ ޙަޔާތުގައި މިއަދާއި ހަމައަށް ނެތް އެއްޗެއް ކަހަލައެވެ. ހުރިހާ މަންޒަރެއްވެސް ފުރިހަމަ ވެފައިވާ ކަހަލައެވެ.

          މަންމަ އާއި ދަރިފުޅުގެ ދެމެދުގައި އަޅައިގަންނަކަހަލަގެ ކަމެއް ނުހިނގައެވެ. ހަމަ އާދައިގެ ބިޒީމަންމަ އަކާއި ދަރިއެއްގެ ދެމެދުގައި އޮންނަ ގުޅުމެވެ. ނަމަވެސް އަހަރެން ވަރަށް ފުންކޮށް ވިސްނީމެވެ. ކޮންމެވެސް ކަމެއް ނެތިއެއް ރާޔާ އެހާ ފިކުރުބޮޑުވެފައި ނުހުންނާނެހެން އަހަރެންނަށް ހީވާތީއެވެ. އެއް ސުފުރާގެ މަތިން މަންމަ އާއި ދަރިފުޅު ސައިބޮއި ނިމިއްޖެއެވެ. ނަމަވެސް އެދެމެދުގައި އެއްވެސް ވާހަކައެއް ބަދަލެއް ނުކުރެއެވެ. ދެމައިންވެސް ތިބީ އިސްޖެހިފައެވެ. ދައްކާނީ ކޮންވާހަކައެއް ކަމެއް ނޭނގިފައި ކަހަލައެވެ. އެދެމެދުގައި ވީ މަރުފަދަ ހިމޭންކަމެކެވެ. އެ ހަމަހިމޭންކަން އަންގައިދިނީ ފޮރުވިފައިވާ އަނދިރިކަމެކެވެ. އެއަނދިރިކަމުގެ ތެރޭގައި ދާންވީ މިސްރާބެއް ނޭނގި ގޮތް ހުސްވެފައި ވާކަހަލައެވެ. މަގުގެއްލި އުންމީދުގެ ހުޅުކޮޅު ނިވިފައިވާ ކަހަލައެވެ. އިތުރަށް ކުރިޔަށް ދާނެހާ ހިތްވަރު ނެތިފައި ވާކަހަލައެވެ.

          އެރޭ 8 ޖަހާލާކަންހާއިރު އަހަރެން، އަހަރެންގެ އެކުވެރި ހަމްދާން އާއި ކޮފީއަކުން ބައްދަލު ކުރީމެވެ. ހަމްދާން އަކީ އަހަރެން މި އުޅޭ ގޭގެ ތިރީ ފަންގި ފިލައެއްގެ ކޮޓަރިއެއްގައި އުޅޭ ޒުވާނެކެވެ. އަދި އަހަރެންނަށް އެ ކޮޓަރި ކުއްޔަށް ލިބުނީ ވެސް ހަމްދާނުގެ އެކުވެރިކަމުގައެވެ. އަހަރެންނާއި ހަމްދާން ވަރަށް ގިނައިރު ވާހަކަ މަޖަލުގައި ތިބީމެވެ. ކޮފީއަކީ އަހަރެން ހަމްދާން އަށް ޝުކުރު އަދާކުރުމަށް ދިން ދަޢުވަތެކެވެ.

             މަޖާ އަނގަތެޅުމުގައި ސިނގިރެޓަކަށްފަހު ސިނގިރޭޓެއް ހުލި ވަމުން ދިޔައެވެ. ނަމަވެސް އަހަރެންގެ ހިތަކަށް ފިނިކަމެއް ނުލިބުނެވެ. ރާޔާގެ ޚިޔާލު އަހަރެންގެ ސިކުނޑި ބަރުކޮށްފައި ވެއެވެ. އެންމެފަހުން އަހަރެން ގަސްދުކުރީ ހަމްދާން އާއި އެވާހަކަތައް ޙިއްސާ ކޮށްލާށެވެ. ހަމްދާން އަކީ އެހިސާބުގަނޑުގައި ޒަމާންގަނޑެއް ވަންދެން އުޅެފައިވާ މީހަކަށްވުމާއިއެކު ހަމްދާންއަށް އެކުއްޖާއާއި ބެހޭ ގޮތުން އެނގޭ އެއްޗެއް އޮވެދާނެތީއެވެ.

          އަހަރެންގެ ސުވާލާއި އެކު ހަމްދާންގެ މޫނުގެ ހުދުވެގެން ދިޔަކަހަލައެވެ. އުފާވެރިކަމާއި، ޖޯޝާއި، ފޯރީގައި މަޖާ ކުރަމުންދިޔަ ހަމްދާންގެ ބަސްހުއްޓި މޫނުމަތިން ހާސްކަން ފެންނަން ފެށިއެވެ. ނަމަވެސް އެކަން އަހަރެންނަށް ފޮރުވޭތޯ ވަރަށް މަސައްކަތް ކުރިއެވެ. ކާމިޔާބު ނުވިޔަސް ވެހެވެ. އަހަރެންގެ މަޤާމުގައި ކޮންމެ މީހަކު ހުރިކަމުގައި ވީނަމަވެސް ހަމްދާންގެ މޫނުމައްޗަށް އަރައި ފައިބަމުން ދިޔަ ކުލަވަރު ފާހަގަ ކުރެވުނީހެވެ. ހަމްދާން އަހަރެންނަށް ކޮނަމެވެސް ކަމެއް ފޮރުވަން މަސައްކަތް ކުރާކަހަލައެވެ.

        “ބްރޯ ބުނަން. .  މިއީ ފަރަށް ފާޑެއްގެ ހިސާބުގަނޑެއް. . މިހިސާބުގަ އުޅެންޏާ މާބޮޑަށް އަންހެންކުދިންނާއި ވައި ނޭޅޭތި.. ބަލާލާ ގޮތަކުންވެސް އައިސް ކޮށާލާކަށް ނުބަލާނެ. . ” ހަމްދާން ބުނީ އެހާވަރަށެވެ. އެޖުމްލައިގެ ޒަރިއްޔާއިން އަހަރެންނަށް ދިނީ އިންޒާރެއްކަމެއް ނުވަތަ ނަސޭޙަތެއްކަމެއް ނޭނގުނެވެ. ފަހަރެއްގައި ދެބައި އެކީގައި ކަމަށްވެސް ވެދާނެއެވެ. ނަމަވެސް އެއްކަމެއް ގައިމު ވެއްޖެއެވެ. އެއީ އެކުއްޖާއާއި ދޭތެރޭ ވިސްނުމަކީ އަހަރެން އެއްގޮތަކަށްވެސް ކޮށްގެން ވާނެކަމެއް ނޫންކަމެވެ. ނަމަވެސް އެއީ ކީއްވެގެން ހެއްޔެވެ؟

        ކޮފީ ނިންމާލާފައި ގެޔަށް އާދެވުނުއިރު 11 ޖަހަން ވަނީ ކައިރިވެފައެވެ. ފާހާނައަށް ވަދެ ފެންވަރާލާ ތާޒާ ވެލައިގެން ނިދާ ހެނދުމަށް ބަދަލުކޮށްލީމެވެ. އެއަށްފަހު ކޮޓަރީގެ ހުރިހާ ބޮތްކެއް ނިވާލާފައި ދޮރުފޮތިގަނޑު ކަހާލީމެވެ. ރާޔާގެ މޫނު ދެކިލާހިތުންނެވެ. އެވަގުތު އަހަރެންގެ މެޔަށް ހީވީ ހޫނު ފެންއެއްޗެއް ޖަހާލިހެނެވެ. ދެބުމަ ގޮށް ޖަހާލެވުނީ ބޭ އިޚްތިޔާރުގައެވެ. އެގޭ މޭޒުދޮށުގައި ކާން އެއިނީ ކޮން ފިރިހެނެއް ހެއްޔެވެ؟ ނޫނެކެވެ. ކޮން ފުރޭތަ އެއް ހެއްޔެވެ؟ އަނގުރު އަލިފާން ކަހަލަ ރަތް ދެލޮލެވެ. ހާވާލެވިފައިވާ އެއްވެސް ތަރުތީބެއް ނެތް ބޮލެކެވެ. ކުލަޖައްސައިފައި ހުރި އިސްތަށިގަނޑުގެ ބުޑުން ހިސާބަކަށް ހުދާއި ކަޅު ކުލައިގެ އިސްތަށި ވެސް ފެންނަން ހުއްޓެވެ. އަތުގެ ކޮންމެ އިނގިއްޔަކަށް އަނގޮޓިއެއް އޮތެވެ. ބިރުވެރި ސިފައެއްޖަހާ އަނދިރި މޫނެކެވެ. ހައިވެފައިވާ ސިންގާއެއްފަދައިން ބަތްތައްޓަށް ހަމަލާ ދެމުންދާއިރު އެއިން އެއްވެސް ރާޙަތެއް ނުކުރާ ކަހަލައެވެ. އިރު އިރުކޮޅާ ގައިގެ އެތަން މިތަން ކަހާލައެވެ. ސިކުންތަކު ދެފަހަރު ނޭފަތް ދަމާލައެވެ. އެމަންޒަރުބަލަން  ކުޑަވަރެއްގެ ސޯފާ އެއްގެ ކަނެއްގައި ގުޅަޔަކަށް ޖެހިފައި އިން ރަޔާ އަށް ބަލައިލެވުނީ ދެނެވެ. އެފަކީރު އިނީ ބިރުން ވިރިވިރިއެވެ.

        މިނެޓެއް ނުވަނީސް  އެމީހާ ކައިނިންމާލައިފިއެވެ. ހީވީ ތަށި އެއްފަރާތަކަށް ތަށި އަރި ކޮށްލާފައި ކަހާލި ހެންނެވެ. އެހާވެސް އަވަހެވެ. އެއަށްފަހު ޒިންކާއި ދިމާލަށް ގޮސް ތުން ދޮންނަމުން އޭނާގެ އަޑު އިއްވާލިއެވެ.

       “އޭ މަރީނާ! ނަގާބިއަ ހަންޑްރެޑް ބަގު. . ” ނުލަފާ، ބަރު އަޑެކެވެ. ޅިނދު ކަށިގަނޑުގައި ހަރުނުލަމުންދާ ޖިންސު މައްޗަށް ދަމާލަމުން ޖިންސުން އަތް ފުހެލިއެވެ. ބިޔަ، ބޮޑު ހަށިގަނޑެއްގެ ވެރިއެކެވެ. އައިސް މަރީނާގެ ކުރިމައްޗަށް ހުއްޓިފައި ނޭފަތް ފޮހެލަމުން އޭމީހާ އަތް ދިއްކޮށްލިއެވެ.  އެއާއިއެކު މަރީނާގެ މޫނުމަތިން ކަންބޮޑުވުން ފާޅުވެގެން ދިޔައެވެ.  ހަދާނެގޮތް ހުސްވެފައިވާ މީހެއްފަދައިން މަޑުމަޑުން ފަހަތައް ޖެހެންފެށިއެވެ.

“ރާޔާއަށް ހެނދުމެއްގަނެފަ ބާކީވީ ފަންސަވީހަކަށް ރުފިޔާ. .” މަރީނާގެ އަޑު ކުރެހެމުން ނިކުތެވެ. އެއަޑުގައި ވަނީ ހިތާމަޔާއި ކަންބޮޑުވުމެވެ. “އެފަކީރު އަތަކު ލާނެ ރީތި ހެނދުމެއްވެސް ނެތި ބާވެފައި ހުރީމަ އަހަރެން..”

 ”މަށަށް ނޭނގި ތިޅާ ލާރިޔާގެޅޭކަށް ނުޖެހޭނެ!!”  އެފިރިހެންމީހާގެ އަމުރުވެރި އަޑު އިއްވާލިއެވެ. ރުޅިއައިސް ރަތްވެފައި ލޯ އަޅާލިއިރު ހީވަނީ ދެންމެ ދެންމެ އެ މަރީނާ ނޮޅައި ކާލަފާނެ ހެނެވެ.

“ބަކުރު.. މީގެކުރިންވެސް. . .” އެހާ ހިސާބަށް ބުނެވުމާއިއެކު ސިންގާއެއް ފަދައިން ފުންމައިގެން ގޮސް މަރީނާގެ ކަރުގައި ހިފާ ފާރާ އެއްކޮށްލިއެވެ. ސޯފާގެ ތެރޭގައި އިން ރާޔާ ބިރުން ސިހިފައި އަޑެއްލައްވައިލިއެވެ. އަދި ހަމައެވަގުތު އަމިއްލަ އަތުން އަނގަމަތީގައި އަޅާ އެއަޑު ބޭރުވިޔަނުދީ ހިފެހެއްޓިއެވެ. އެހެންނޫންނަމަ އެހަމަލާ އޭނާއަށް އަމާޒުވެދާނެތީ ކަހަލައެވެ. އަހަރެންނަށް މުއްކަވައިލެވުނެވެ.

       ކަރުގައި ހިފާފައި ހުރިލެއްބާރުކަމުން ނޭވާ ނުލެވިގެން މަރީނާ ތެޅެންފެށިއެވެ. މޫނުމައްޗަށް ލޭޖަމާވެ ރަތް ވަމުން ދެލޯ ބޮޑުވަމުން ދިޔައިރު އެ ވަރުގަދަ އަތުން ސަލާމަތްވުމަށް ކުރަމުންދިޔަ ހުރިހާ މަސައްކަތެއް ދިޔައީ ނާކާމިޔާބު ވަމުންނެވެ. މަންމަގެ ގައިގާ އަޅަމުންދާ ވޭނަށް ކެތްނުކުރެވިގެން ރާޔާގެ ލޮލުން ލޭކަރުނަތައް ކޯދުލާފައި އޮހިގަތެވެ. ނަމަވެސް ދިފާޢުގައި ކުރެވޭނެ އެއްކަމެއްވެސް ނެތި ގޮތްހުސްވެފައި އިނުން ފިޔަވައި މިޔަދަކު ރާޔާއަށް ކުރެވޭނެ ކަމެއްނެތް ކަހަލައެވެ. ސަލާމަތް ކޮށްދިނުމަށް އެދުނަސް މިޔަދު އަންނާނެމީހަކު ނުވާނެކަން އެނގޭތީ ހެއްޔެވެ؟

“ތިޅާ މަށަށް ބަކުރު ނުކިޔާށޭ!!! ބޮކޮޅޭ ކިޔާ. . !! ބޮކޮޅޭ..!!” އެ ނުލަފާ ފިރިހެންމިހާގެ ހޮނު ގުގުރިއެއްފަދަ އަޑު އިއްވާލިއެވެ. އެއަށްފަހު މަރީނާގެ ނަގާ ބިންމައްޗަށް ހޫރާލިއެވެ.

            އެވަރުގެ ކުޑަ ކަމަކާއި ހެއްޔެވެ؟ އަހަރެންގެ ހިތަށް އެރިއެވެ. ހިންހަމަ ނުޖެހޭ ގޮތަކަށް ގޮވައިލެވުނީތީ ހެއްޔެވެ؟ އެއީ ހަމައިންސާނެއް ހެއްޔެވެ؟ އިންސާނިއްޔަތުގެ ކަންފުޅެއްވެސް އޭނާގެ ކިބައިގައެއް ނެތީހެއްޔެވެ؟އެއީ ނިކަމެތި އަންހެނެއްކަން އެ ޖައްބާރު އިންސާނާއަށް ނުވިސްނުނުހެއްޔެވެ؟ އޭރު އެއަންހެންމީހާ ބިންމަތީގައި ކަކޫޖަހައިގެން އިނދެ ކެއްސަނީއެވެ. ކަރުގައި ހިފިލެއްބާރުކަމުން ނޭވާ ނުލެވިގެން ކޮށިއަރައި ތެޅި ފޮޅެނީއެވެ. އެމަންޒަރުބަލަން އިން ރާޔާއަށް ކުރަމުން ދިޔަ އަސަރު ހިތަށްއަރާފައި އަހަރެންގެ ލޮލުން ކަރުނަ އައެވެ. އަހަރެންގެ ހިތް ރޯލިއެވެ. ވަގުތުން ކަރުނަ ފޮހެލީމެވެ. އަހަރެންނަކީ ފިރިހެނެކެވެ. އަހަރެންނެއް ނޮރޯނެއެވެ. އަދި އެވެސް، އެހެންމީހަކަށްޓަކާ ހެއްޔެވެ. ނަމަވެސް އަހަރެންނަށް ރާޔާ ތަޙަންމަލް ކުރަމުންދާ ވޭނާއި ކެކުޅުން، އަނިޔާއާއި ހިތްދަތިކަން އިޙްސާސްކުރެވި ލޯފުރިގެން ކަރުނަ ފައިބަންފެށީ ހިފަހައްޓާ ނުލެވިގެނެވެ. “ސުބުޙާނަﷲ . .”  އަހަރެންނަށް ބުނެލެވުނީ ކުރިއަސަރުންނެވެ.

            އެމީހާ އެރޭ އެގެއިން ނިކުތީ ބަދަލުގައި މަރީނާ ލައިގެންހުރި ހެނދުން ވީދާ އަޅާލާފައެވެ. ރަހުމެއްގެ ކަންފުޅެއްވެސް ނެތިއެވެ. އެ ނުލަފާ މީހާ އެއީ މަރީނާގެ ފިރިމީހާ ހެއްޔެވެ. އެއީ ރާޔާގެ ބައްޕަހެއްޔެވެ؟ އެސުވާލުގެ ޖަވާބެއް އަހަރެންނަކަށް އެރެޔަކު ނުލިބުނެވެ.

           އެރޭ އަހަރެންނަށް ނިދުނީ ކިހާއިރަކުކަމެއް ނޭނގެއެވެ. އެޚިޔާލުތައް އަހަރެންގެ ހިތާއި ސިކުނޑިއަށް ވެރިވެގަނެ ނިދި މުޅިން ބީކޮށްލައިފިއެވެ. އެއީ އަހަރެންގެ ޙާލަތެވެ. ފެނުނު އެންމެ މަންޒަރަކުންނެވެ. އެހެންވީރު އެ ބިރުވެރި، ނާމާން ކަމުގައި ރެޔާއި ދުވާލު ހޭދަކުރަމުންދާ ނާޒުކު އަންހެން ކުއްޖަކަށް ކުރާނެ އަސަރު އިޙްސާސް ވެސް ނުކުރެވޭނެއެވެ. އިސާހިތަކު އެމާ މޯޅިވެދާނެކަން ގައިމެވެ. އެރޭ އަހަރެން ޢަޒުމް ކަނޑައެޅީމެވެ. މޯޅި ނުވަނިސް އެމާ އެހިތްދަތިކަމުން ސަލާމަތް ކުރުމަށެވެ. އެއީ އަހަރެންގެ ފުރާނައިން ޤުރުބާން ވާން ޖެހޭވަރުގެ ކަމަކަށް ވިޔަސް ވެހެވެ. އަހަރެންގެ ހިތުގައި ރާޔާގެ މަށްޗަށް އުފެދިފައިވާ ހަޤީގީ ލޯތްބަށް ޓަކައެވެ. އަނިޔާ ލިބެމުންދާ މައުސޫމް އަންހެންކުއްޖަކަށް ޓަކައެވެ. އިންސާނިއްޔަތަށް ޓަކައެވެ. އެއީ އަހަރެންގެ ދިރިއުޅުމުގެ މަޤްސަދު ކަމުގައި ހަދައިފީމެވެ.

             ހޭލެވުނުލެއް ލަސްކަމުން އޮފީހަށް ދާން ނިކުމެވުނީ ގަޑި ޖެހިގެންނެވެ. އަހަރެންނަކީ ވަޒީފާއަށް ނިކުންނަން ފެށިފަހުން ފާއިތުވެދިޔަ ހަތަރު އަހަރުވެސް ގަޑިޖެހިގެން އޮފީހަށް ދިޔަ މީހެއް ނޫނެކެވެ. އެހެންކަމުން އަހަރެން ވަރަށް ލަދުގަތެވެ. އަދި ދެރަވެސް ވިއެވެ. އެއީ އަހަރެން ފަރުވާކުޑަކަމުން ވީގޮތެއް ނޫންކަން އޮފީސް ހުރިހާ މުވައްޒަފުންނެއް ވެސް ޤަބޫލު ކުރިއެވެ. އެކަމާ އަހަރެން ވަރަށް ބޮޑަށް އުފާވިއެވެ. އަހަރެންގެ މައްޗަށް އެމީހުންގެ ހިތުގައި އޮތް އިތުބާރު ފެނިފައެވެ. ނަމަވެސް އެދުވަހުގެ އޮފީސް މަސައްކަތް ތަކަށް ބުރޫ އަރަމުން ދިޔައީ ހީވެސް ނުކުރާކަހަލަ ގޮތަކަށެވެ. މީހަކު ދައްކާ ވާހަކައަކަށް އަހަރެންނަކަށް ސަމާލުކަމެއް ނުދެވެއެވެ. ކުރާ މަސައްކަތަކަށް ވެހެވެ. ވިސްނެނީ ރާޔާ އާއި ދޭތެރޭގައެވެ. އެންމެ ފަހުން އަހަރެން ނިންމީ އެދުވަސް އޮފް ނަގާށެވެ. އަހަރެންގެ އެދުމުގެ މަތިން އެދުވަހު އޮފްކޮށްދިނެވެ. އޭރު ގަޑިން މެންދުރު ބާރަ ޖެހީއެވެ.

          ބާރުބާރަށް އަހަރެން ސައިކަލުގައި އައިސް ގޭދޮށަށް މަޑު ކޮށްލީމެވެ. އެއަށްފަހު ދުވެފައި ކަހަލަގޮތަކަށް ސިޑިން މައްޗަށް އަރައިގެން ކޮޓަރިއަށް އައީމެވެ. ފުރަތަމަވެސް ބެލީ ރަޔާ ފެނޭތޯއެވެ. ނަމަވެސް ރަޔާ ފެންނާކަށް ނެތެވެ. ނާއުންމީދުން ހިތް މޮޅި ކޮށްލައިފިއެވެ. ލޯތްބަކީ ކިހާ ބާރުގަދަ އިޙްސާސެއް ހެއްޔެވެ. ހިލަ ހިތްތައްވެސް މަޑު ކަފަކޮޅަކަށް ހަދާލައެވެ. ބުނެދޭންވެސް ނޭނގޭ ބޮޑެތި ބަދަލުތައް މީހުންނަށް ގެނުވައެވެ. އަހަރެންމީ ދިރިހުރި މިސާލެކެވެ. މީގެކުރިން ދުވަހަކުވެސް މިވަރަކަށް އަމިއްލަ ނަފްސުގެ މައްޗަށް ބާރު ދޫވެގެނެއް ނުދެއެވެ. އަހަރެންގެ ހިތް އަޅެ މޮޔައެއް ނޫންހެއްޔެވެ. އެހިތް އެކުއްޖަކަށްޓަކައި ވަޤުފްކުރެވުނު ކުއްޖާއަށް އަދި އަހަރެންގެ ސޫރަވެސް ނޭނގޭނެއެވެ. ވީއިރު އަހަރެންގެ ހިތުގެ ޙާލަތު ބަޔާންކޮށްދެވޭނީ އަދި ކޮންފަދައަކުން ހެއްޔެވެ.

         އަހަރެންބެލީ އެވަގުތު އިތުރަށް ކަމެއްނެތި އިންނަން ޖެހުމުން މެންދުރު ކާލާނެ އެއްޗެއް ކައްކާލާށެވެ. އަމިއްލަޔަށް އުޅެން ފެށިފަހުން ކައްކައި، ކައި، އެއްޗިހި ދޮވެ، އިސްތިރިކުރުމަކީ އަހަރެންގެ ކޮންމެ ދުވަހެއްގެ ދިރިއުޅުމުގެ އެއްބައެވެ. މާގިނައިރެއް ނުވެ ނޫޑްލްސް ކޮޅެއް ރޯފިލުވާލައިފީމެވެ. ކައްކާ ނިމިގެން ކާން އިށީނުމުގެ ކުރިން އަނެއްކާވެސް ފޮތިގަނޑު ކަހާލާ ބަލައި ލެވުނީ ރާޔާ އުޅޭ އެޕާޓްމަންޓަށެވެ. އަހަރެންނަށް ބަލައިލެވުނު ވަގުތުވީ ފާހާނައިގެ ދޮރު ހުޅުވުނު ވަގުތަށެވެ. އަހަރެން މަޑުކޮށްލީމެވެ.

         އިންތިޒާރުގެ ނިމުން ވަރަށްވެސް ފޮންޏެވެ. ފެންވަރާލައިގެން ނިކުމެ ޓީޝާޓެއްގެ މަތިން ތުވާލި އޮޅާލައިގެން ހުރި ރަޔާ ފެނުމާއިއެކު އަހަރެންގެ ހުރިހާ ޙިއްސެއް އެކީގައި ހޭލައްވާލިއެވެ. ހިތުގެ ތެޅުން އަވަސްވެ ބަޔާން ކުރަން ނޭނގޭ ފޮނި އިޙްސާސެއް ކުރެވެން ފެށިއެވެ. ރާޔާގެ ކޮންމެ އަދާއެއް ދިޔައީ އަހަރެންގެ ހިތުގެ އެންމެ ހިމަނާރާ ކުޅެމުންނެވެ. ފޮނި ރާގެއްގައެވެ. އެހާ މިނިވަންކޮށް ރާޔާގެ ހަރަކާތްތަކަށް ބަލާލަން ލިބުމުން އަހަރެންގެ ހިތް އުފަލުން ނަށަމުން ދިޔައެވެ. ކަޅު ކުލަގަދަ ތެތް އިސްތަށިގަނޑު ރާޔާގެ ތާޒާކަން އިތުކޮށްދީފައި ވެއެވެ. ޝަބްނަމުން ފޯވެފައިވާ ފަތިހަށް ފޮޅޭ ފިނިފެންމަލެއް ފަދައެވެ. ކޮންމެ ޙަރަކާތެއް ދިޔައީ ވަކިހަމައަކަށް އަހަރެންގެ ހިތުގެ ތެޅުން ބައްޓަންކުރަމުންނެވެ. ނޭނގޭ ބާރަކުން މިދެހިތް ގުޅުވަމުން ނެވެ.

       ކުޑަގޮތަކަށް ރީތި ވެލައިގެން ރާޔާ މޭޒުމައްޗަށް ކާންހެދުމަށްފަހު އިށީނީ ސޯފާގައެވެ. ކާކަށް ނޫޅެއެވެ. ކުއްލިޔަކަށް އަހަރެންގެ ތުންފަތުން ހިނިތުން ފިލައިދިޔައީ ކޮޅަށް ތެދުވެ މޯޅިއަކަށް ދެމިލި ބޮކޮޅޭ ފެނިފައެވެ. އޮށޯވެގެން އޮތްއިރު އަހަރެންގެ ކޮޓަރިއަށް ނުފެނުނީއެވެ. އެމީހާ ނިދަނީވެސް އެކޮޓަރީގައި ހެއްޔެވެ؟

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (27)

  1. GuDuMeena

    މިވާހަކައިގައި 18 އަހަރުން ދަށުގެ ކުޑަކުދިންނާއި ނުގުޅޭ މަންޒަރާއި އަޑު ހުރުމަކީ އެކަށީގެން ވާ ކަމެއް . . :p

  2. aishaa

    Varah reethi avahah up kohdhecheyy ingey 🙂

    1. GuDuMeena
      aishaa

      Insha Allah GuDu ge vaahaka thah kiyaahithun thibey kudhin maayoos vaakah jehunaka nudheynan. . 🙂

  3. sim

    varah reethi pls pls pls avahah up kohdhecheyyy

  4. milly

    plz varah avahah up kodhy bala v interest.

    thanks

  5. GuDuMeena

    Thanks Sim, Milly and everyone. . next part mirey 8pm ga up kohdheynan In Sha Allah. .

  6. kyra

    vvv reethie mi story vex keep it up

    1. GuDuMeena
      kyra

      Thanks <3

  7. hhv

    hihihi vaahakai ga adeh neh kanneynge dhw :P!! varah reethi. intresting. waiting for the next part. keep it up meena 😀

    1. GuDuMeena
      hhv

      ehehe. . Thanks hhv <3 visit again @ 8. . 🙂

  8. princess

    v v nice…hop theup coming parts will be as nice as this part…N thanks GUDU….

    1. GuDuMeena
      princess

      Thank u Princess. . Cant let down a princess right. . 🙂 will kyp u guys entertained. . <3 u all

  9. lara

    v nice feshumeh….. dhuvas gandeh fahun reethi vaahaka eh kiyaalan mi libuny… tnkx

    1. GuDuMeena
      lara

      Thanks Lara. . ekimeehunnah kamudhaany eki kahala vaahaka. . n im glade that u like it. . 🙂

  10. lax

    v v reethi… waiting for next part…

    1. GuDuMeena
      lax

      Thanks Lax sis im waiting for ur comment. . 😀

  11. mink

    hadhaankoh 8 ga up kurahche

    1. GuDuMeena
      mink

      Can’t wait till 8. . =)

  12. zaaaaaa

    nice story eh… v thafathuvanehen hevey.. keep it up.. waitin 4 the next part… hope kuran avas avahah up kohladheyne kamah…

  13. leex de uhaht

    nice story ,keep it up

  14. thahleex

    excellent dhontha be…nice story

    1. GuDuMeena
      thahleex

      Thanks all. . Thanks Thahu+faxeel. . So happy to c u guys commenting. . will bring u a new episode every night. . 🙂

  15. leel

    The most nice story I have ever read from this site. It’s just wow. Keep it up..

    1. GuDuMeena
      leel

      Thank yew Leel. . and everyone who liked this story. . this is just the kind of support i needed. . 🙂

  16. Aahshaaa

    Waaaaaaaooooooo Gudu…… vaahakaige nan hama v salhi n v asarugada hama fentaastic…… uhmydu kuran kuriah huri part tahvs v v v hot vane kamah….. vaahakaige feshun buneveyney hama v perfectey………. Aaaaash beynunvany biruveri kerectaatakahvure mikahala loabyge asarugada kerectaatakey……….. Gudu kyp it up…. im ur fan 4ever…….. bst of luck Gudu….. INSAA ALLAH ….. SUKURAN Gudu………

    1. GuDuMeena
      Aahshaaa

      Thankew so much Aaash. . GuDu v.ufaa vejje Aaaash ah mi vaahaka ehaa kamudhiya iythy. . In Sha Allah Kuriyah Huri baithah vx Hama mihaa asarugadha vaane :). .

  17. princess

    thank u…….

Comments are closed.