މޯޅި ނުވަނިސް އެމާ. . [3]
އެރޭ އެގެޔަށް ބޮކޮޅޭ އައީ ގޮސް އެގާރަ ޖަހާދިޔަ ފަހުންނެވެ. އެދެމައިންގެ ނަސީބުވެސް ރަނގަޅެވެ. ކައި ނިމުމާއިއެކު އަނެއްކައިވެސް ނިކުމެގެން ދިޔައީއެވެ. އަހަރެން ހުރީ އެވަގުތަށް ބަލަބަލައެވެ. އެމީހާގެ ފަހަތުން ކަހަލަގޮތަކަށް އަހަރެންވެސް ނިކުތީމެވެ. މަގުމައްޗަށް ނިކުމެގެން ހިނގައިގަންނަންދެން އަހަރެން ހުރީ އެއްފަރާތެއްގައި ނުދެނެހުރިކަމަށް ހެދިގެނެވެ. ބޮކޮޅޭ ގޮސް ޖެހިގެން ހުރި ގޯޅި އެޅުމާއިއެކު އަހަރެންވެސް ގޮސް އެ ގޯޅި އެޅީމެވެ. އޭނާގެ ފަހަތުން އަހަރެން ފާރަލަމުން ދިޔައީމެވެ. އެކިހިސާބު ތަކުގެ ބޮޑެތިން އޭނާ ފެނުމުން އަތް ހިއްލާލައެވެ. އެއިޝާރާތްތަކަށް ބޮޑާކަންމަތީ ބޯޖަހާލަމުން އޭނާ ކުރިޔަށް ދިޔައެވެ. ގެޔާއި މާދުރުނޫން ހިސާބެއްގައި ހަދަންފަށާފައި ވާޢިމާރާތެއްގެ ކައިރިޔަށް ހުއްޓިފައި ދެކޮޅު ބަލައިލިއެވެ. އެއަށްފަހު އެތެރެއަށް ދެމިގަތެވެ. އެހިސާބުން އަހަރެންނަށް ބޮކޮޅޭގެ އައްޑާ އެނގުނީތާއެވެ. ހިތަށް އެރިއެވެ. ކަލޭގެ ތިބޮޑާކަން މާގިނަދުވަހަކު ދެއްކިޔަކަ ނުދޭނަމެވެ.
ގެޔަށްދިޔަ މަގުމަތީގައި ފޯނު ފަހަތު ޖީބަށް ޖަހައިގެން ދިޔަ މީހަކު ފެނުނެވެ. އޯލެވެލް ކިޔެވިއިރު ރަށުގައި ކެޑޭޓަށް ފަރިތަކޮށްދޭން އައިސްއުޅުނު ސަރ ކައިރިން އަހަރުމެން ވާނީ ޕިކް ޕޮކެޓް ލެސަންތަކެއް ނަގައިފައެވެ. އެއީ ހުއްދަ ކަމެއްވެސް ނޫނެވެ. ނަމަވެސް ސަރ ބޭނުންވިކަމެއް ކޮށްދިނުމުން ދަސްކޮށްދިނީއެވެ. އެހެންބަޔަކަށް ނޭނގި ސިއްރުންނެވެ. އެހެންކަމުން އެފޯން އެމީހާއަށް ނޭނގި ޖަހައިގަތުންވީ މެޓައެއްކާލާހާ ފަސޭހަ ކަމަކަށެވެ. އެއަށްފަހު އެފޯނުން 119 އަށް ގުޅީމެވެ އަދި މިރޭ މަސްތުވާތަކެތިގެ ވިޔަފާރިތަކެއް އެ އައްޑާ ތެރޭގައި ހިނގާނެވާހަކަ ބުނީމެވެ. އެކަމުގެ ބޮޑަކަށް ހުރީ ބޮކޮޅޭ އޭވެސް އަހަރެން ވަރަށް ސާފުކޮށް ބުނީމެވެ. ނަންއެހުމުން އަހަރެން ބުނީމެވެ. “ފިނިފެންމާ” އެވެ. އެއީ ރާޔާގެ ބޮލުގައި ޖަހާފައި އިން ރީތި ފިނިފެންމާ ޖެހި ވޫލް ކޮޅާ ގުޅުވާލައިގެންނެވެ. އެއަށްފަހު ފޯން ހިފައިގެން ގޮސް އެފޯނުގެ ވެރިފަރާތުގެ ޖީބަށް ހަމަ އޭނަޔަށް ނޭނގި ލައިފީމެވެ. ނިވާލާފައެވެ. އަދި އަހަރެންގެ ފިންގަރޕްރިންޓް ނުހުންނާނެވަރަށް ފޮހެވެސްލާފައެވެ. ދެވަނަ ފަހަރަށް އެނަމްބަރަށް ގުޅިޔަސް އެކަން ކާމިޔާބު ނުވާނެހެނެވެ. އަދި ވަރށް ރަނގަޅަށް އެ ޒުވާން ފިރިހެން ކުއްޖާގެ މޫނު ބަލައިލީމެވެ. އެހެންތާކުން ފެނުނަސް ހަނދާން ހުންނާނެ ވަރަށެވެ.
އަހަރެން އެމީހުންނަށް ނުފެންނާނެހެން އެ އައްޑާއާއި ދުރުނޫން ހިސާބެއްގައި މަޑުކޮށްގެން އަހަރެންގެ ޝަކުވާއަށް ރައްދުދޭ ގޮތެއްބަލަން މަޑުކޮށްގެން ހުރީމެވެ. މާގިނައިރެއްނުވެ ޕޮލިސް ޖިޕު ގާތްކޮށްލިއެވެ. އަހަރެން ވަރަށް ރަނގަޅަށް ޕޮލިހުންގެ ޙަރަކާތް ތަކަށް ބެލީމެވެ. ފަށް އަރާފައިވާ ތިން މީހުނެވެ. އެކަކުގެ ކޮނޑަށް ދެފަށް އަރާފައި ހުއްޓެވެ. ނަމަވެސް ފެނުނީ ހައިރާންވާކަހަލަ މަންޒަރު ތަކެކެވެ. އެތަނަށް ދިޔަ ސިފައިންގެ ތިންމީހުން ގޮސް އެތަނުގައި ބޮޑަކަށް ތިބި މީހުންގެ ކޮނޑަށް އަތްވައްޓައިގެން ވާހަކައިގައި ތިބީއެވެ. އިރުގަނޑަކު އެހެން ތިބުމަށްފަހު ކޮންޓްރޯލް ރޫމަށް އެންގީ އެތަން ކްލެއަރ ކަމަށެވެ. އަހަރެންނަށް ދަތްކުނޑި ވިކާލެވުނެވެ. ޤައުމު ހަލާކުކުރަނީ ވަކި ކޮންބައެއްހެއްޔެވެ؟ ޤާނޫނަކީ ކޮބައި ހެއްޔެވެ؟ ޤާނޫނަށް ބޯލަނބައިގެން ލިބޭ އިންސާފަކީ ކޮބައި ހެއްޔެވެ؟ އަހަރެން އެތަނުން ދެފަށް އަރާފައި ހުރި މިހާގެ ކައިރިން ހުރަސް ކޮށްލީމެވެ އަދި ނަންޓެގް ކޮޅުން ނަން ބަލާލީމެވެ. ދެވަނަ ފަހަރަށް ވެސް ޕިކްޕޮކެޓެއް ކުރީމެވެ. މިފަހަރު ގުޅާފައި ސިފައިންގެ މީހާ ގެ ނަން ބުނެފައި އެމީހާ ކަންތައްކުރިގޮތުގެ ވާހާކަ ކިޔައިދިނީމެވެ. އެއަށްފަހު ކުރިންފަހަރެކޭވެސް އެއްގޮތަށް ފޯނު އެފޯނުގެ ވެރިޔާއަށް ރައްދުކޮށްދިނީ މެވެ.
ގެޔަށް ދެވުނީ އެކެއް ޖަހަން އުޅެނިކޮށެވެ. އަހަރެންނަށް ނިދިއަންނަންދެން އިނދެވުނީ ރާޔާއުޅޭ ކޮޓާރިއަށް ބަލަހަށްޓައިގެންނެވެ. މިރޭ އަހަރެންނަށް ހުރެވުނީ ހިންހަމަ ޖެހިފައެވެ. ރަޔާއަށް ޓަކައި އަހަރެންނަށް ކަމެއްކޮށްދެވުނު ކަމުގެ ހިތްހަމަޖެހުމެވެ. ނަމަވެސް ހަޤީގީ ހިންހަމަޖެހުމެއް ލިބޭނީ އެ ނުލަފާ ބޮކޮޅޭ ޖަލުގެ ތޭރިތަކުގެ ބިއްދަށަށް އަނެއްކާވެސް ފޮނުވާލެވޭ ދުވަހަކުންނެވެ.
ޖެހިގެން އައި ދެދުވަހުވެސް ބޮކޮޅޭގެ ކޮންމެ ފިޔަވަޅަކަށް ފާރަލަމުން ދިޔައީމެވެ. އަދި ގަވާއިދާ ޚިލާފުކަމެއް ކުރާހަމަ ކޮންމެ ފަހަރަކު ކޮންމެވެސް މީހެއްގެ ފޯނުން ގުޅާފައި ރިޕޯޓްކުރަމެވެ. ނަމަވެސް ދިހަ ބާރާ ފަހަރަށް ވެސް ޕޮލިހުން އައިސް އެމީހުންނާއި ވާހަކަ ދައްކަން ތިބެފައި ދަނީއެވެ. ބޮކޮޅޭ ކުރާނަމަ ހުރިހާކަމަކީވެސް ހުއްދަ ކަންތައްކަމުގައި ވެފައިވާ ކަހަލައެވެ. އޭނާދެކެ މީހުން ބިރުގަންނަނީ ކީއްވެހެއްޔެވެ. އޭނާ އަކީ ވަކިކާކުހެއްޔެވެ؟ އަހަރެންގެ ހިތަށް އެރިއެވެ. އެހައި ހިސާބުން ޤާނޫނު ތަކުގެ މަތިން ފޫހިވާން ފެށިއެވެ. ޤަވާއިދު ހެދިފައި ވަނީ މުގުރަން ތާއޭ ހިތައްއެރިއެވެ. ބޮކޮޅޭމެން ފަދަ ބޮޑެތި ނުރައްކާތެރި ކުއްވެރިންގެ ކުރިމަތީގައި ޤާނޫނުތައްވެސް އިނދަޖެހިފައި ވާކަހަލައެވެ.
ކޮންމެ ދުވަހަކުވެސް ހެނދުނު ޑިއުޓީއަށް ދާ މަރީނާއަށް ގެޔަށް އާދެވެނީ ގޮސް ހަތަރެއް ޖަހާފަހުންނެވެ. ގެއިންބޭރުގައި ހޭދަކޮށްލަން ލިބޭ ވަގުތުކޮޅަކީ މަރީނާގެ ހިތަށް ހަމަޖެހުންލިބިދޭ ހަމައެކަނި ވަގުތުކޮޅަށް ވަނީ ވެފައެވެ. ނަމަވެސް ރާޔާއަކަށް އެހައި މިނިވަން ކަންވެސް ލިބިފައި ނެތެވެ. އެނގުނު ގޮތުގައި ރާޔާއަށް ގެއިން ބޭރަށް ނިކުތުން ބޮކޮޅޭ އޮތީ މަނާކޮށްފައެވެ. އަދި މީހަކާ ވާހަކަ ދައްކާ އަނގައިން ބުނުންވެސް ވެހެވެ. ކޮންފަދަ ނިކަމެތި ކަމެއް ހެއްޔެވެ؟ އެންމެ ޒަރޫރީ އިންސާނީ ޙައްޤުތައްވެސް މި ވަނީ ނިގުޅާގަނެވިފައެވެ. ހެޔޮވާނީ ކިހިނަކުން ހެއްޔެވެ؟ އެފަކީރުގެ އެކަނިވެރިކަމުގެ ކޮޅެއް، ފެށުމެއް ނިމުމެއް ނެތެވެ.
އެއީ އަހަރެންވެސް މެންދުރުކާން ތައްޔާރުކުރުމުގައި ގޭގައި ވަގުތު ހޭދަކުރަމުން އައި ދުވަހެކެވެ. އާދައިގެ މަތިން ކޮންމެ ދުވަހަކުވެސް މިގަޑިޔަށް ރާޔާ ފެންވަރައި ރީތި ވެއެވެ. ނަމަވެސް އަހަރެން ބޮކޮޅޭ އާއި ދެކޮޅަށް މައްސަލަތައް ހުށަހަޅަން ފެށިފަހުން އޭނާ ހުންނަނީ އަބަދުވެސް ފާޑަކަށެވެ. ހިންހަމަޖެހުމެއް އެނުލަފާ މޫނުމަތީގައި ނުވެއެވެ. އަހަރެން ކުރަމުންދާ ރިޕޯޓްތަކުގެ ސަބަބުން ކޮންމެވެސް ވަރަކަށް އޭނާޔަށް ޕްރެޝަރު ވަމުން ދާކަން އެމޫނު ހެކިދެއެވެ. ދުވަސްތަކަކަށްފަހު ބޮކޮޅޭގެ ދިރިއުޅުމުގެ ހަމަޖެހުން ގެއްލިފައި ވީކަހަލައެވެ. ކާކުގެ ނަސީބެއްކަމެއް ނޭނގެއެވެ. އޭގެ ސަބަބުން ދުވާލުގަޑީގައި ރާޔާއާއި ބެހުމުގެ ޚިޔާލެއް ނުކުރެއެވެ. ނިދާ ތެދުވުމާއެކު ކާލާއިގެން ދަނީއެވެ.
ދުވަސްތައް ފާއިތުވަމުން ދިޔައެވެ. ބޮކޮޅޭގެ ދިރިއުޅުމުގެ ހަމަޖެހުން އަލަށް ނަގައިލި ހަމައެކަނި މީހާއަށް ފިނިފެންމާ ވެއްޖެއެވެ. އަދި އަދަށް ދާންދެންވެސް ބޮކޮޅޭއަކަށް އެއީ ކާކު ކަމެއް ހޯދިފައެއް ނެތެވެ. އަހަރެން ވަރަށް ކައިރިން ވާނުވާ ބަލަމުން ދިޔައީމެވެ. އަހަރެން އެމީހެއްގެ ފޯނުން ގުޅައި މައްސަލަޖައްސާ ކޮންމެ މީހަކު މައްސަލަ ޖައްސާތާ މާ ގިނައިރެއްނުވެ ސިފައިން ގެޔަށް ޙާޒިރުކުރެއެވެ. އެމީހުންގެ ބޭނުމަކަށްވަނީ ޙަޤީގީ “ފިނިފެންމާ” ހޯދުންކަން އަހަރެންނަށް އެނގެއެވެ. އަހަރެންނަށް އެޅޭ އެންމެ ކަތި ފިޔަވަޅަކުންވެސް ދުވަސްދުއްވާލަފާނެއެވެ. އަހަރެންގެ އެންމެ ބޮޑު ޙިމާޔަތަކަށް ވެފައިއޮތީ އަހަރެން މިއުޅޭ ކޮޓަރި ކުއްޔަށް ދިންކަން ބޮކޮޅޭއަށް ނޭނގި އޮތްކަމެވެ. އެހެންކަމުން ބޮކޮޅޭއަކަށް އަހަރެންނަށް ޝައްކެއްވެސް ނުވެއެވެ.
މާގިނަ ދުވަހެއް ނުވެ ބޮކޮޅޭގެ އަތުން ކުށެއްނެތް އެހެން އިންސާނެއް ޤަތުލުވެގެން ހިނގައްޖެއެވެ. އެކުއްޖާގެ ސައިކަލުގައި ރަތް ފިނިފެންމަލެއް ކުރަހާފައި ވާތީ އެވެ. އަދި ރަތް ފިނިފެންމާ ޖަހާފައިވާ ގަމީހެއް ލާފައި ވާތީކަމަށް ވެއެވެ. އެއީ ބޮކޮޅޭ އަށް އުނދަގޫކުރާ “ފިނިފެންމާ” ކަމަށް ބަލާފައެވެ. އެހެންކަމުން އޭނާހުރީ ވަރަށް ހިތްހަމަ ޖެހިފައެވެ. ނަމަވެސް އަހަރެންނަކަށް އެރޭ ނިދާކަށް ފަސޭހައެއް ނުވިއެވެ. އެކުށެއްނެތް ކުއްޖާގެ ޤަތުލު ވެގެން ދިޔައީ އަހަރެންގެ ސަބަބުން ކަމަށް ވާތީއެވެ. އެމަރުގެ ޒިންމާ އަހަރެންގެ ހިތް އަހަރެންގެ ބޮލުގައި އެޅުވީ އެވެ. އެއީ ބޮކޮޅޭގެ ފަރާތުން ދިން ނުރައްކާތެރި އިންޒާރެކެވެ. އަސްލު “ފިނިފެންމާ” މަރާލެވެންދެން ފަހަރަކު މީހަކު މަރާނެ ކަމުގެ އިންޒާރެވެ. އެހެންކަމުން އެހެން ގޮތެއް ހޯދެންދެން އަސްލު ފިނިފެންމާ މަރާލެވުނީކަން ބޮކޮޅޭއަށް ޔަޤީންވެފައި އޮތުން ވަރަށް މުހިންމެވެ. އެހެންކަމުން ރިޕޯޓްކުރުން ހުއްޓާލީމެވެ.
ޖެހިގެން އައި ދުވަހުގެ މެންދުރުގެ ވަގުތެވެ. އާންމުކޮށް މެންދުރުފަހަތަށް އިރުއަރާ ބޮކޮޅޭ އަށް މިޔަދު ހީވީ ޢީދު ލައިގަނެގެން އުޅޭހެނެވެ. އެމޫނުމަތިން ހިންހަމަޖެހުން ފެންނަމުން ދިޔައެވެ. އެއީ މާތްﷲ ޙުރުމަތްތެރި ކުރެއްވި ނަފްސެއް ޤަތުލުކޮށްލެވުނީމައި ލިބުނު ހިތްހަމަ ޖެހުމެއްކަމެއް ނުވަތަ އޭނާގެ ހިތުން އޭނާގެ ދިރިއުޅުމަށް ވިހަލަމުން އައި “ފިނިފެންމާ” މަރާލެވުނީމައި ލިބުނު ހިތްހަމަޖެހުމެއް ކަމެއް ނޭނގެއެވެ. އަހަރެންގެ ބޮލުގައި ޒާތަކަށް ރިއްސާލިއެވެ. ފާއިތުވެގެން ދިޔަ ދުވަސް ތަކުގައި ރާޔާގެ މިޒާޖަށް އައި ބަދަލު އަހަރެންނަށް ފާހަގަވިއެވެ. އެމޫނުމަތިން ފެންނަމުން ދިޔަ މޮޅިވެރިކަން ހިސާބަކަށް ކުޑަވެފައި ވަނިކޮށް ފެނެއެވެ. ނަމަވެސް ރާޔާ އަށް އަހަރެން ވަޢުދުވީ ދުވަހުގެ ފަހަކުން އަހަރެންނެއް ރާޔާއަކަށް ނުފެންނަމެވެ. އެވަޢުދު ފުރިހަމަވީ ދުވަހަކުން ނޫނީ ރާޔާއަށް ފެންނަ ހިސާބަށް ނުދިއުމަށް އަހަރެން ނިންމައިގެން ހުރީމެވެ.
ފެންވަރައިގެން ނިކުތް ބޮކޮޅޭ މިޔަދު އައި ގޮތަށް އައިސް ޖެހިލީ ސޯފާ ތެރެޔަށެވެ. އެތައް ދުވަހެއްގެ މެދު ކެނޑުމަކަށްފަހު އެފަދަ ކުރިމަތިލުމެއް ފެނުމާއިއެކު މާޒީ ހަނދާންވެ ރާޔާގެ ހިތްވަރު އެލުނެވެ. އެއީ މިންޖެއް ވާން އޮތް ނަރަކައެއް ނޫނޭ ހިތައް އަރާކަހަލައެވެ. އެއާއިއެކު ކުރި އަސަރުން ރާޔާއަށް ރޮވޭ ގޮތްވިއެވެ. އަހަރެންނަށްވެސް ސިހުނެވެ. އަދި އެހާމެ އަސަރު ކުރިއެވެ. މީގެކުރިން ރާޔާއެއް ނުރޮއެވެ. އެއީ އުންމީދެއް ނެތި ހޭދަކުރި ދިގު ދުވަސްތަކުގެ އަސަރުން އުންމީދު ގެއްލިފައި ވުމުންކަން ޔަގީނެވެ. އުއްމީދުގެ ހުޅުކޮޅު ކަނިވެ ނިވުމަށްފަހު އަލުން އެއުންމީދުގެ ފީތާގައި ދިލަ އަނގުރުކޮޅެއް ފަދައިން ކުލަ ދައްކާލި ވަގުތު އެވެސް ވީ އަވާމެންދުރަކަށް ކަން އެނގުމާއިއެކު ރާޔާގެ ހިތަށް ކެތް ނުވީއެވެ.
މިޔަދު ބޮކޮޅޭގެ ހަށީގައި ހިފާފައި ވަނީ އައު ފޯރިޔެއެކެވެ. ކުރިމަތިވަމުން އަންނަ ނާމާން ވަގުތުކޮޅު އަހަރެންނަށް މާކުރިއްސުރެ ވިސްނިއްޖެއެވެ. އަހަރެންނަކަށް އެމަންޒަރު ބަލާކަށް ކެތެއް ނުވާނެއެވެ. ދެއަތް އުރާލައިގެނެއް ދެނެއް އަހަރެންނެއް ނުހުންނާނަމެވެ. މިހެން ހިތަށް ހެރުމާއިއެކު އަހަރެން ކޮޓަރިން ނިކުތީމެވެ. އާންމުކޮށް “ފިނިފެންމާ” ނިކުމެ އުޅޭއިރު ބޮލުގެ އިސްތަށިގަނޑު ފޮރުވަން އަޅާ “ހުޑް” ހިފައިގެނެވެ. އޭރު ރާޔާ އަށް ހަމަލާ ދޭން ސިންގާއެއްފަދައިން އެ ޝައިޠޯނު ދަނީ މަސައްކަތް ކުރަމުންނެވެ.
އަހަރެން މަގުމައްޗަށް ނިކުމެ ދެތިން ގޯޅިއެއް އަޅައި ގެހުންނަ ހިސާބާއި ދުރަށް ޖެހިލީމެވެ. އެއަށްފަހު ހުޑް ބޮލަށް މަހާލާ އަހަރެންގެ ފަން އިސްތަށިގަނޑު ފޮރުވާލީމެވެ. އެއީ މީހުން އާންމުކޮށް އަހަރެން ފާހަގަ ކުރަނީ އަހަރެންގެ ބޯ، ފަން އިސްތަށިގަނޑުން ކަމަށްވާތީއެވެ. ވަގުތަކީ މެންދުރުގެ ވަގުތަކަށްވުމުން މަގުމަތީގައި މީހުން އެހާ ގިނައެއްނޫނެވެ. އަހަރެނަނަށް ރަނގަޅަށް އެއްވެސް ކަމެއް ވިސްނެނީކީއެއް ނޫނެވެ. ރާޔާގެ ހިތަށް ކުރަމުންދާނެ އަސަރު ހިތަށް އަރާފައެވެ. ރާޔާއަށް ބަރުދާސްތު ކުރަންޖެހިފައިވާ ވޭން ހިތަށް އަރާފައެވެ. އަހަރެންގެ ހިތް ވަނީ އަވަސް ވެފައެވެ. އަވަހަށް ފޯނެއް ހޯދަންވީއެވެ. ނަމަވެސް މިހާ ހިތްއަވަސްވެފައި ވަނިކޮށް ފޯނު ނަގަން އުޅެގެން އަހަރެން އަތުވެ އިތުރު އެތައް ނުރައްކަލަކާ ކުރިމަތި ވެދާނެއެވެ. އެވަގުތު އިވުނީ މެންދުރު ބަންގީގެ އަޑެވެ. އެވަގުތު ހުއްޓިފައި އިން އަހަރެންގެ ސިކުނޑި މަސައްކަތް ކުރަންފެށި ކަހަލއެވެ.
އަހަރެން ބޮޑު ފިޔަވަޅު ތަކެއްގައި ގޮސް އެންމެ ކައިރިން ޖެހުނު މިސްކިތާއި ދިމާކޮށްލީމެވެ. އެއްފަހަރާ އެތައްބަޔެއް ތޮއްޖެހިގެން ވަންނަން ދިމާ ކުރަނީއެވެ. އަހަރެންގެ ހިތައް ފިނިކަމެއް ލިބުނެވެ. ވަގުތު ނަގާނުލާ އެންމެ ފަސޭހައިން ދަމައިގަނެވުނު ފޯނު ހިފައި ގެން ނިކުތީމެވެ. 119 އަށް ގުޅުމާއިއެކު ފޯނު ނަގައިފިއެވެ. އެނަރަކައިގައި ރާޔާއަށް ތަޙަންމަލް ކުރަންޖެހިފައިވާ ލާއިންސާނީ ޢަމަލު އަހަރެން ވަގުތުން ރިޕޯޓްކުރީމެވެ. ރިޕޯޓްކުރާ ފަރާތުގެނަން އެހުމުން އަނެއްކާވެސް ބޮކޮޅޭ އާއި ދެކޮޅަށް ހުށަހަޅާ ހުރިހާ މައްސަލައެއްވެސް ހުށަހަޅާ “ފިނިފެންމާ” ހަނދާންކޮށްދިނީމެވެ. އެއަށްފަހު އެހެން ފަހަރުތަކެކޭ ވެސް އެއްގޮތަށް ފޯނު އޭގެ ވެރިފަރާތަށް ރައްދު ކުރުމަށްފަހު އަނބުރާ ގެޔަށް އައީމެވެ.
ގެޔަށް ވަދެވުމާއިއެކު ވެސް ރާޔާގެ ކެކުޅުމުގެ އަޑު އިވެމުން ދިޔައެވެ. ދޮރުފޮތިގަނޑު ކަހާލާފައި ބަލާލެވުނީ ނުހުރެވިގެންނެވެ. އެވަގުތު ފެނުނު މަންޒަރުން އަހަރެންގެ މޭ ވިރިގެން ފޭބި ކަހަލައެވެ. ދެލޯ ކަރުނައިން ފޯވިއެވެ. ސިންގާއެއްފަދައިން އެބިޔަ ޝައިޠޯނާ ރާޔާގެ މައުސޫމު ހަށިގަނޑުގެ ޠޯހިރުކަން ވެއްޔާއި މޮޑެމުން ދަނީއެވެ. ޢިއްފަތްތެރިކަން ނިގުޅައިގަންނަނީއެވެ. އެބާރުގަދަ އަތުގެތެރޭގައި ރާޔާގެ އިސްތަށި ގަނޑު އޮޅާލާފައި ވެއެވެ. އެ ނިޔަނެތި ދެލޮލުން ލޭކަރުނަ އޮހޮރެނީއެވެ. ލިބެމުންދާ ވޭނީ ޢަޒާބުގައި އެމާ މިލާ މޯޅިވަނީއެވެ. ސަލާމަތަށްއެދި ރޮއި ހޭރެނީއެވެ. އަހަރެންގެ ހަމަލޮލަށް ފެންނަމުންދާ މަންޒަރު ބަލަން ކެތެއް ނުވިއެވެ. ދެލޯ ނޭދިއެދެވޭ އަހަރެންގެ މިހިތުގައި އެމީހަކަށްޓަކާ ކުޑަނަމަވެސް ލޯތްބެއް އުފެދުނު ހަމައެކަނި އިންސާނާ އަހަރެންގެ ކުރިމަތީގައި ކަތިލެވެމުން ދަނީއެވެ. ފޭރާމެއް ނެތް އެނިކަމެތި ހަށިގަނޑުގައި އަޅަމުންދާ ވޭން ފެނިފައި އަހަރެންގެ ހިތް ކުދިކުދި ވެގެން ދިޔައެވެ. އަހަރެންނަށް ހަޅޭއްލަވައިގަނެވުނީ ހިތްފަޅައިގެންގޮހެވެ. ގައިގައި ހުރިބާރެއް އަތަށް ލާފައި ފާރުގައި ޖަހާލެވުނީ އެވަގުތުއެވެ.
އެހިނދު އެޝައިޠޯނާގެ ބާރުގަދަ އަތުން ރާޔާގެ ހަށިގަނޑަށް އަރުވާލި ޙަމަލާއިން އެހަށިން ހޭ ފިލާ ދިޔަކަހަލައެވެ. އަހަރެންގެ ހަޅޭކުގެ އަޑު އިވިފައެވެ. ނަމަވެސް އަޑުއައީ ކޮންތާކުން ކަމެއް ނޭނގިފައި އެ ޝައިޠޯނާ ހޯދާލިއެވެ. އިތުރަށް އަޑެއްވެސް ލައްވާލާކަށް ނުކެރިފައި އެވޭނުން ހަނާވަމުން ރާޔާ ދިޔަ އިރު އެޝައިޠޯނާ އޭނާގެ އެތެރެ ހަށީގައި އަނދަމުން ދިޔަ ޝަހުވަތުގެ އެދުންވެރިކަން ޙާޞިލް ކުރަމުން ދިޔައެވެ. ނަމަވެސް އެއަޑުއަހަން ތިބީހުންތައް ކޮބާހެއްޔެވެ. ފެންނަމުންދާ ހިތާމަވެރި މަންޒަރު، ޝައިޠޯނީ ޢަމަލު ހުއްޓުވަން ކުރީ ފަހެ ކޮންކަމެއް ހެއްޔެވެ؟
އިސާހިތަކު ޕޮލިހުންގެ ހަތަރުމީހަކު އެގެކައިރިޔަށް އައެވެ. އެއާއިއެކު އަހަރެން ހިތްވަރު ކޮށްފައި އަހަރެން ގެންގުޅޭ ކެމެރާ ނަގައިގެން އެޝައިޠޯނީ ނަމްޒަރު ވީޑިޔޯ ކުރަން ފެށީމެވެ. އެންމެ ބޭނުމެއްގައެވެ. އެ ސިފައިންގެ މީހުން އެ ޝައިޠޯނާ ހައްޔަރުކޮށްގެންދާ މަންޒަރު ވީޑިއޯ ކުރާށެވެ.
ހަތަރު ޕޮލިހުން އެގޭތެރެއަށް ވަދެގެން އައިއިރުވެސް އެޝައިޠޯނާ އޭނާގެ ފާޙިޝް ޢަމަލުގައި އޮތެވެ. އޭނާޔަށް ހޭވެރިކަމެއްވީ ހަތަރު ޕޮލިހުން ވަށާލާފައި ކޮއްޓާލުމުންނެވެ. އެހުރިހާ މަންޒަރެއް އަހަރެންގެ ކެމެރާގައި ރިކޯޑުކުރީމެވެ. ކިރިޔާ ދަންނަ މީހަކަސް އެއީ ކޮންބައެއްކަން ވަކިކުރަން އެނގޭނެ ވަރަށް ސާފުކޮށެވެ. އެމީހުންގެ އަޑަށް ރާޔާގެ ހަށިގަނޑު އެ އޮތް ތަކަށް ދޫކޮށްލާފައި އޭނާ ތެދުވިއެވެ. އެއާއި އެކު ކަނޑާ ވައްޓާލި އެއްޗެއްހެން ހޭ ހުސްވެފައިވާ ރާޔާގެ ހަށިގަނޑު ސޯފާގެ މައްޗަށް ގުޅަވަރަކަށް ޖެހުނެވެ. އައިޕޮލިސް ހަތަރު މީހުންނަކީ އެޝައިޠޯނާގެ ހަށި ފާރާވެރިންކަހަލައެވެ. އޭނާ ފާހާނައަށް ވަންނަން ދަމުން ރާޔާ ގާގައި އަތް ނުލުމަށް އެމީހުންނަށް އިންޒާރު ދިނެވެ. އޭނާ ނިކުންނަންދެން އެ މައުސޫމު ކުއްޖާގެ އައުރަވެސް ނިވާ ކޮށް ނުލައެވެ. ކޮންފަދަ އަނިޔާވެރިކަމެއް ހެއްޔެވެ؟
ބޮކޮޅޭ ނިކުތުމުން އެމީހުން އޭނާގެ ފަހަތުން ދިޔައީއެވެ. ހީވަނީ އެކުވެރި ކުދިބަޔެއް ހެނެވެ. ހުރި ލަދުޙަޔާތް ކުޑަކަމާއެވެ. އެމީހުން ދިޔަކަން ޔަޤީންކޮށްފައި އަހަރެން ކެމެރާ ބަހައްޓާފައި ދުވެފައި ނިކުތީމެވެ. ދުވަހަކުވެސް އެގެއެއްގެ ހަތަރުފަރާތުން އެތެރެއަށް ވަންނަން މީހަކަށް ހިތައްވެސް އަރުވައިލެވިފައި ނުވާ ނުލަފާ ބޮކޮޅޭގެ ގެޔަށް ވަނީމެވެ. އެކޮޓަރިޔަށް ވަދެގެން ގޮސް ސޯފާ މަތީގައި ޚަބަރު ހުސްވެފައި އޮތް ނިޔަނެތި މިހިތުގެ އެތިކޮޅު ނިވާކޮށްލީމެވެ. އޭރު އަހަރެންނަށް ގިސްލެވެނީއެވެ. ބޭ އިންސާފުވެރި މި ދުނިޔޭގައި އުޅޭ އަނިޔާވެރިންގެ އަތުން ޒަހަމްވެ ހޭ ހުސްވެފައިވާ އެ މައުސޫމު ހަށިގަނޑު ސޯފާ މަތީގައި ރީތިކޮށް ބާއްވާލީމެވެ. ރޮމުން ގިސްލަމުންނެވެ. ނަމަވެސް އެއަޑު އަހާނެ ހުރީ ފަހެ ކާކުހެއްޔެވެ؟
އެކޮޓަރީ ފުރުޖުން ފެންފުޅިއެއް ނަގައިގެން އައިސް އަހަރެން ރާޔާގެ މޫނަށް ވިއްސާލީމެވެ. ހިތާމައާއި ވޭނުން ކަޅިވެފައިވާ އެމޫނަށް އެނގުންވެލި އެވެ. އެއާއިއެކު އަހަރެންނަށް ގޮވައިލެވުނެވެ. “ރާޔާ. . . ” އަޑު ނިކުތީ އަހަރެންގެ ހިތުގެ އެންމެ ފުންމިނުންނެވެ. އެއާއިއެކު އަހަރެންނަށް ރާޔާގެ ހަށިގަނޑު އަހަރެންގެ އަތުގެ ތެރޭގައި ފުރަތަމަ ފަހަރަށް ފޮރުވައިލެވުނެވެ. އެ ހަށިގަނޑުގައި އޮޅުލަމުން އަޑުން އަޑުނަގައި އަހަރެންނަށް ރޯންފެށުނެވެ. ލޮލުގައިވި ހުރިހާ ކަރުނައެއް އެކީ ހުސްކޮށްލަން ބޭނުންވިއެވެ. ރާޔާގެ ހަށިގަނޑުގައި އަޅަމުންދާ ވޭނަށް ކުޑަވެސް ލުޔެއް ލިބޭ ތޯއެވެ. އެހިތުގައި އަޑިނޭނގޭ ފުންކަނޑެއް ފަދައިން ފުރިފައިވާ ހިތާމަތަކުން ޒައްރެއްގެ މިންވަރުވަރު ވިޔަސް ލުއި ވޭތޯއެވެ.
އެހިތްދަތިކަންމަތީގައި އަހަރެންނަށް ރާޔާގެ ހަށިގަނޑު ގައިގައި ލައްކޮށްލައިގެން ހުރެވުނީ ކިހާއިރަކު ކަމެއް ނޭނގުނެވެ. ރާޔާގެ އަތް މަޑުމަޑުން ޙަރަކާތް ކޮށްލިއެވެ. އަހަރެން ރާޔާ ގަޔާ ދުރުކޮށްލާ ސޯފާ މަތީގައި ބާއްވާލީމެވެ. ރާޔާ އޮތީ ލޯ ހުޅުވާލައިގެންނެވެ. އެމޫނުގައި އެއްވެސް އަސަރެއް ނުވެއެވެ. އަހަރެން ފެނިފައި ހައިރާނެއްވެސް ނުވެއެވެ. ނުވަތަ އެހެން ވެސް އިޙްސާސެއް އެމޫނަކު ނެތެވެ. އަހަރެންނަށް ރާޔާގެ ހުޅުވިފައިވާ ލޯ ފެނުމާއިއެކު އިތުރަށް ރޮވޭގޮތްވިއެވެ. އުފަލުންނެވެ.
އަހަރެން ރާޔާއަށް އަވަހަށް ފެންފޮދެއް ދެވޭތޯ އުޅުނީމެވެ. އަހަރެންގެ އަތުން ރާޔާގެ ތުންފަތުގައި ފެންތަށި ޖައްސާލީމެވެ. އެކަނިވެރިކަމާއި ހިތްދަތިކަމާއި، އަނިޔާއިން އެޙާލުގައި އޮވެ ހޭހަށިންފިލައިގޮސް، އަލުން ހޭއަރައިދާއިރު އޯގާތެރިކަމުގެ އަތެއް ދުވަހަކުވެސް ދެކިފައިނުވާ ރާޔާގެ އެދެލޯ ފުރިގެން ފައިބަންފެށީ މިއަދާހަމައަށް އެހިތުގައި ގަނޑުވެފައިވާ ހިތާމަތަކުގެ މުތީ ތައް ކަހަލައެވެ. ރާޔާގެ ތުން ބިނދިއްޖެއެވެ. ނަމަވެސް އެއްނޭވައިން އެފެންތަށި އެއްކޮށް ހުސްކޮށްލިއެވެ. އެފަދަ އޯގާތެރިކަމަކަށް އެދި ފެންބޮވާގަނެފައިވާ ކަހަލައެވެ. ރާޔާއަށް ގިސްލެވެންފެށުނެވެ. އަހަރެން ރާޔާ އަހަރެންގެ މެޔާއި ލައްކޮށްލީމެވެ. ރާޔާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަކުން އަހަރެންގެ ކުރުތާ ތެމެމުން ދިޔައިރު އެފަން އިސްތަށިކޮޅުގައި އޯގާތެރިކަމާއެކު ފިރުމަމުން ދިޔައީމެވެ. އެފަދަ ހިތާމަޔަކާއި ކުރިމަތިލާން ދެން ދުވަހަކުވެސް ޖެހުނަ ނުދޭނެކަމަށް ވަޢުދުވަމުންނެވެ. އަހަރެން އަބަދުވެސް ދެން ރާޔާއާއި އެކީގައި ވާނެކަމަށް ވަޢުދުވަމުންނެވެ. ރާޔާގެ ހިތާމަ އަބަދަށްޓަކާ ދުރުކޮށްދޭނެ ކަމަށް ވަޢުދު ވަމުންނެވެ. ހިތާމައާއި ހިތްދަތިކަމުގެ ދުވަސްތަކަށް ނިމުންއައި ކަމުގެ ފޮނި އުންމީދު އާކޮށްދެމުންނެވެ.
ދެހިތުގައި ކަޅިވެފައިވާ ހިތާމަތައް އޯގާތެރިކަމުގެ ފިރުމުންތަކުން ލުއިކުރަމުން ދިޔައީމެވެ. ދެހަށިގަނޑެއް ގައި ވި ފުރާނަ އެއްހަށިގަނޑަކަށް ވެ ނިމެންދެނެވެ. އަހަރެން އެނބުރި ގެޔަށް ދިޔައީ ހަތަރެއްޖަހަމް ކައިރިވެފައި ވަނިކޮށެވެ. މަންމަ އަންނަނީ ހަތަރެއްޖަހާއިރު ކަމަށް ވާތީއެވެ. އަހަރެން އެއެޕާޓްމަންޓުން ނިކުމެ މަގުމައްޗަށް ނިކުތީމެވެ. އެއާއިއެކު ފެނިގެން ދިޔައީ މުޅިން ތަފާތު މަންޒަރެކެވެ. މިއަދާހަމައަށް ދޮރުތައް ލައްޕައިގެން ފުރާނައަށް އޮތް ބިރެއްގެ ސަބަބުން ބޮކޮޅޭގެ ހުރިހާ މުޑުދާރު ޢަމަލަކަށް ބީރު ކަންފަތެއް ދީގެން ތިބި އެއްމެން ދޮރު ދޮރުން ނިކުމެ ބޯދީ ބަލަނީއެވެ. އެގެޔެއްގެ ދޮރުމައްޗަށް ކުޅު ގަނޑެއް ޖަހާލަން މީހަކަށް ނުކެރޭ ބޮކޮޅޭގެ “ކުޅިކުޅޭގޭ” ތެރެއަށް އަލަށް މީހަކު ވަދެ ނިކުމެގެން އަންނަތަން ބަލާށެވެ. ކަންތައް ހިނގައިދިޔަގޮތް އެއެންމެން ވަރށް ގާތުން ދެކެފިއެވެ. އަނގައިން ބުނަން ނުކެރިފައި އާގަމަ ވެފައި ތިބި މީހުންނަށް، ފަހަރަކު މީހަކަށް ބަލަމުން އަހަރެން މަގުގެ މެދަށް ނިކުމެލީމެވެ. ވަށަވަށައިގެން ބުރިބުރިއަށް ނަގާފައި ވާ ހުރިހާ ގެއަކުންހެން މީހުން ނިކުމެ ކުޅި ބަލަމުން ދިޔައެވެ. އޭގެތެރޭގައި ބަސްހުއްޓިފައި ހަމްދާން ވެސް ހުއްޓެވެ. އެހުރިހާ މީހުންގެ މޫނުމަތިން ފާޅުވަމުން ދިޔައީ ކަންބޮޑުވުމެވެ. އެއީ މީހެއްގެ ތުންމަތިންވެސް އަހަރެންގެ ޢަމަލު ބޮކޮޅޭ އާއި ހިސާބަސް ގޮސްފިނަމަ ނެރެން ޖެހޭނީ އަހަރެންގެ ފުރާނަ ނެތް މަސްގަނޑު ކަމުން އަހަރެންނަށްޓަކައި ވެފައިވާ ކަންބޮޑުވުމެވެ.
އެއްވެފައިވާ މީހުންގެ ތެރެއިން ދެވަނަ ފިންގިފިލައިގެ ކުޑަދޮރަކުން ނިކުމެއިން އުމުރުން ދުވަސްވެފައިވާ ބޭބެއެއް އެއެންމެންގެ ހަމަހިމޭންކަން ފޫ ދުއްވާލިއެވެ. “ސާބަހޭ ދަރިފުޅާ!. . ތިއީހަމަ ފިސާރި ބަޠަލެއް. . ! އެމަންޖެއަށް ހެޔޮކޮށް ހިތާތި. . ! މި ގޭމީހެއްގެ ފަރާތަކުން އެ ނުލަފާ މީހާއަށް ހިލާ އެނގުނަކަ ނުދޭނަން. . !” އެބޭބެގެ ހިތްވަރުގެ ބަސްކޮޅާއިއެކު އެއްވެފައި ދެންތިބި ހުރިހައި އެންމެންގެ ހިތުގައި ގެއްލިފައިވާ އަޚުވަންތަކަމުގެ ލޯބި އުތުރިގެން ދިޔަކަހަލައެވެ. އެކަކު އަނެކަކުގެ ކިބައިން ހިތްވަރުނެރެ އަނިޔާވެރިކަމާއި ދެކޮޅަށް އަޑުއުފުލާނެ ހިތްވަރު ލިބިގެންދިޔަކަހަލައެވެ. ނިވިފައިވާ އަމާންކަމާއި، މިނިވަންކަމުގެ ދަންމަރުގައި އަލުން ހުޅުހިފީއެވެ. ނިވާނުލެވޭނެ ވަރުގަދަ އަލިފާނަކުންނެވެ. އަހަރެންނަށް ހިތްވަރު ދިނުމުގެ ގޮތުން އަތްޖަހަމުންނެވެ. އަހަރެންގެ ހިތް އުފަލުން ފޮޅުނެވެ. މަރު އަތްމައްޗަށް ލައިގެން ނިކުމެ ކުރި ހިތްވަރުން ބިރުވެރިކަމުގެ ސާލުއޮޅައިގެން އޮތް ފަޒާގައި އުންމީދުގެ އަލިކަން ފެތުރިގެން ދިއުމުންނެވެ. އެހުރިހާ ހިތްތަކެއް އަހަންނަށް މިލްކު ވުމުންނެވެ. ކުޅިބަލަން ނިކުމެ ތިބި މީހުންގެ ތެރެއިން “ކުޅިކުޅޭގޭ” ތިންވަނަ ފަންގިފިލާގެ ބެލްކަނިން ބޯދިއްކޮށްގެން ހުރި ރާޔާ އަހަރެންނަށް ފެނުނީ އެހިނދުއެވެ. އެވަގުތު ރާޔާގެ މޫނު މަތިން އުންމީދުގެ ކުލަވަރު ފެނިގެން ދިޔައެވެ. އެ ތުންފަތައް މަޑު ހިނިތުންވުމެއް ވެރިވިއެވެ.
ރާޔާގެ މަންމަ ގެޔަށް އާދެވުނު އިރު އެހުރިހައި ކަމެއް ވަނީ ނިމި ފޯރި ހިނދި އެހެން ދުވަސްތަކެކޭވެސް އެއްގޮތް ވެފައެވެ. ހިނގައި ދިޔަ އެއްވެސް ކަމެއްގެ ޚަބަރެއް ރާޔާގެ މަންމައަކަށްވެސް ނުވެއެވެ. އަވައްޓެރިންގެ އަނގަތަށް އެހާ ބަންދުކަން ބޮޑެވެ. ބޮކޮޅޭ އަށް ހިނގައިދިޔަ ކަންތައްތަކާއިމެދު ޝައްކެއްވެސް ވެނުދިނުމަށްޓަކައެވެ.
26 Comments!
Comments are closed.
mi bae thn ok.. ekam thnkx
Thanks Mink. .
ti ee school kujetha
he he thy scul kujjehtha? raya
Vaahakaiga Genesdheefa in Raya aky around 20 yrs ge kujjeh. . eynage umurun 10 ga bokolhey Umurah jalahly. . eyge around 10 yrs fahun eyna jalun salaamai vegen aithaa adhi around 2 yrs. . Vaahakaige 4 vana bain ehurihaa mauloomath thakeh vx libigen dhaane. . 🙂
…. thanks avahah up kohladhinima v nice.. waitin 4 the next part.. keep it up..
v. ufaa vejje kamudhiyaiy ma. . 🙂
alhe varah reeti mibaives
ehehe. . Thanks. . 🙂
mi bai adi maa ryti
cnt wait to read the next part
3> thanks lady. . iraadha kurevviyyaa maadhamaa reyga aneh part kiyaalan libeyne. . 😀
mihaaru dhen thankolheh filmy hen heevany
Mivaahak nimenden genes dechey.plx plx
Already finished writing. . 🙂 dnt u worry abt it. .
pls pls mivaahaka nimadyti pls
Okie sim. . I will
mi bai vvv habeys 🙂
i <3 this
Thanks Garry. . Dhen Oibai adhi maa habeysss vaane. . In Sha Allah. . 🙂
Wow haada reethi story ekey
Wow haadha reethi story ekey
DHEN VAANE GOTHAKAMEDHU VISNENI MI… V REETHI MIBAIVES, KIYAALAAHIVANI ADHIVES …AVAHA UP LOAD KOH DHECHE…. BEST WISH ALWAYS THERE FOR U … =D
Thanks Lin. . i’ll bring u guys a new episode tonight at 8pm. . come back to read. . 🙂
V v salhi thikuraa hiyvarahvhama#
saabas
i dont like the picture
plx change it
v v v nice this part ..v real u r doing a great job GUDU am dying to resd upcoming parts… ……
Thankew Princess. . and all who liked my work. . 🙂