މިވަގުތު ގޭގައި ތިބީ ރާޔާ އާއި ބޮކޮޅޭ އާއި އެކަނިކަން އެނގުމާއިއެކީ އަހަރެންގެ ސިކުނޑިނުބައި ސިގްނަލެއް ދީފިއެވެ. އަނެއްކާ މިވަގުތު ރާޔާ އާއި ދިމާކޮށްލައިފިއްޔާ ވަކި އަހަރެން ހަދާނީ ކިހިނެއް ހެއްޔެވެ؟ ރާޔާ އަށް ވަކި ހެދޭނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ރާޔާގެ ނިކަމެތިކަން އިޙްސާސް ކުރެވިފައެވެ. ރާޔާގެ ޙިމާޔަތަކަށް ވެހުރުމަށް ހިތް އެދުނެވެ. ރާޔާއަށް ޓަކާ މުޅި ދުނިޔެއާއި އެކަނި ކުރިމަތިލާންވެސް އަހަރެން މިހުރީ ތައްޔާރަށެވެ.
އެމީހާ ތެދުވެގެން ތުވާލި ހިފައިގެން ފާހާނައާއި ދިމާލަށް ދާން ފެށިއެވެ. އެމީހާއަށް ބަލައިލުމުން މަސްތުގެ އަސަރު ފިލައިގޮސްފައި ވާކަން އެނގުނެވެ. އެޔާއިއެކު އަހަރެންގެ ހިތަށް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނެވެ. އޭނާގޮސް ރާޔާ އިން ސޯފާއާއި އަރާ ހަމަވި ވަގުތު އަހަރެންނަށް ރާޔާގެ މޫނަށް ބަލައިލެވުނެވެ. އެމީހާ ކައިރިވަމުން ދިޔަވަރަކަށް ރާޔާގެ ހާސްކަން އިތުރުވަމުން ދިޔައެވެ. އެ ތުނި ހަންއޮމާން މޫނުމަތިން ދާހިއްލަން ފެށީ ކީއްވެގެން ބާއެވެ.
ރާޔާއާއި އަރާ ހަމަވެފައި އެމީހާގެ ހިނގުން ހުއްޓުނެވެ. ކުރިޔަށް އަޅަން ނެގި ފިޔަވަޅު ފަހަތަށް ޖައްސާލާ ރާޔާ އާއި ލިމާލަށް މޫނު އަނބުރާ ބަލައިލީ ނުލަފާ ހިނިތުންވުމެއް މޫނުމައްޗަށް ވެރިކުރުވައިގެންނެވެ. އޭރު ރާޔާ އިނީ ސިހި ސިހި އެވެ. “ނޫން. . އެހެނެއް ނުވާނެ. . ” އަހަރެންނަށް ހިތާއި ހިތާ ކިޔާލެވުނީ ހިތަށް ވެރިވި ބިރުވެރި އިންޒާރަކުންނެވެ. ނަމަވެސް ދެވަނަ ސިކުންތުގައި މޫނު އަނބުރާލައި ގޮސް އެމީހާ ފާހާނައަށް ވަދެއްޖެއެވެ. އެއާއިއެކު އަހަރެންގެ ހިތައް ފިނިކަމެއް ލިބުނެވެ. އަހަރެންގެ ހިތްދެމުން ދިޔަ ވިހަގަދަ އިންޒާރު ދޮގެކަށް ވީމައެވެ. ކިތަންމެ ފަހަރަކު ރާޔާއަށް ފެންނަ ހިސާބަށް ނިކުމެލަން ހިތަށް އެރިއެވެ. ދެނަހުރިކަމަށް ނަހަދާ ހަމަ ނިކުމެ ފެނިލާށެވެ. ނަމަވެސް އަހަރެންނަކަށް އެވަރުގެ ހިތްވަރެއް ނުލިބުނެވެ. ކީއްވެގެންކަމެއް ނޭނގެއެވެ.
އެނބުރިގޮސް ކާން އިށީނީމެވެ. ރާޔާގެ މޫނު ފެންނާނެހެނެވެ. އެސޫރަ ނުފެންނަ ހިސާބެއްގައި އުޅުމަކީ އަހަރެންނަށް އުނދަގޫކަމަކަށް ވެފައި ވާކަހަލަ އެވެ. އަހަރެންގެ މޮޔަހިތަށް މަލާމާތްކޮށްލެވުނެވެ. ކެއުމާއިގެން އަހަރެން ކުރިއަށް ދިޔައީމެވެ. ރާޔާގެ މޫނަށް ބަލަމުން ކަމުން ދިޔައިރު އަހަރެންނަށް ދޫހެފޭ އިރުވެސް ނޭނގިފައި އިނދެވެއެވެ. އިރުކޮޅެއް ފަހުން އަހަރެންކަށް ކަމެއް ފާހަގަ ވެގެން ކުއްލިޔަކަށް ބަލައިލެވުނެވެ. އެ ފިރިހެން މީހާ ހޭލިފަހުން ރާޔާގެ މޫނުމަތިން ހާސްކަމެއް ފިލައެއް ނުދެއެވެ. އެމީހާ ފާހާނައަށް ވަނުމުން އަހަރެންނަށް ހީކުރެވުނީ ހާސްކަން ފިލައި ކުޑަ ހިނދުކޮޅަކަށް ނަމަވެސް ހަމަޖެހުމެއް އެހިތަށް ލިބިގެންދާނެ ކަމަށެވެ. ނަމަވެސް އޭގެފަހުން ހިނގައި ދާ ކޮންމެ ސިކުންތަކާއިއެކު ރާޔާގެ މޫނުމަތީގައިވި ހާސްކަމުގެ އަސަރު ބޮޑުވަމުން ދިޔައެވެ. ކީއްވެގެން ބާއެވެ؟
ފާހާނައިގެ ދޮރުހުޅުވުމާއިއެކު އަހަރެން އަނގައަށް ލާން ނަގަނަގާހުރި ސަމްސާގެ މަތިންވެސް ހަނދާން ނެތުނެވެ. ހުރިހާ ސަމާލުކަމެއް ދެވުނީ ކުރިމަތިން ފެންނަން އެހެރަ ބިރުވެރި ސިފައެއްޖަހާ ނުލަފާ މީހާއަށެވެ. އެމޫނުމަތީގައި ނުބައި، ނުލަފާކަމާއި، ޖައްބާރުކަން ނޫން އެހެން އެއްޗެއް ފެންނާކަށް ނެތެވެ. އެލޮލުގައިވަނީ ޖެހިލުންކުޑަކަމާއި ރަހުމްކުޑަކަމެވެ. ތުވާލި އޮޅާލައިގެން ނިކުމެގެން އައިސް ފުރުޖުން ފެންފުޅިއެއްނަގާ ތުންޖެހިއެވެ. ހިތްފުރޭވަރަށް ފެންއަޅާލެވުމުން އެދޫކޮށްލީ ބިންމައްޗަށެވެ. އެއަށްފަހު އަނެއްކައިވެސް ދިމާކޮށްލީ ރާޔާއާއިއެވެ. އަހަރެންނަށް ބޯ ދެކޮޅަށް ހޫރާލެވުނެވެ.
ބިރުގަނެފައި ވީވަރުން ރާޔާ ތުރުތުރު ލައެވެ. ހާސްވެފައި ވީވަރުން އެ ކުލައަލި މޫނު އެކީ ރަތްވެ ފެންކަޅި ވެފައިވެއެވެ. ސޯފާ ގެ ކަނެއްގައި މޭގައި ކަކޫ ޖައްސައި ހިފަހަށްޓައި ބާރުކޮށްލައިގެ އިންއިރު ދެންމެ ދެންމެ ވިރިގެން ފަބައިފާނެ ކަހަލައެވެ. އެމައުސޫމު ކުއްޖާއަށް ކުރަމުންދާ އަސަރު ފެނިފައި އަހަރެންގެ ހިތަށް ކެތްވާވަރެއް ނޫނެވެ. އެމީހާ އައިސް ރާޔާއާއި އަރާ ހަމަވުމާއިއެކު ރާޔާއާއި ދިމާލަށް އެނބުރުނީ ނުލަފާ ހިނިތުންވުމަކާއި އެއްކޮށެވެ.
“ބައްޕަގެ ދޫނީ.. މިޔަދުވެސް ބައްޕަދެކެ ރުޅިއައިސްފަތަ. . ” ގޮތްކުޑަ ގޮތަކަށް ދެލޯ ބޮޑުކޮށްލާފައި އެމީހާ ބުނެލީ ރާޔާއާއި ދިމާލަށް ގުދުވެލާފައެވެ. އެއަޑުގައިވަނީ މަލާމާތެވެ. ބޮޑާކަމާއި ކިބުރުވެރިކަމެވެ. އެވަގުތު އަހަރެންގެ އަތުން ސަމުސާ ދޫވެގެން ތަށީތެރެއަށް ވެއްޓުނެވެ. އަހަރެންގެ ހިތް ދެމުންދިޔަ ވިހަގަދަ އިންޒާރު ހަޤީގަތަކަށް ވަނީބާއެވެ. އެމީހާ ރާޔާގެ ބޮލުންފެށިގެން ފަޔާހަމަޔަށް ބަލައިލީ ޝައިޠޯނީ އެދުންވެރިކަމުން ފުރިގެންވާ ބެލުމަކުންނެވެ.
އޭނާގެ އެވިޔާނުދާ އަތުގެ އިނގިލިތަކުން ރާޔާގެ ކަކުލަށްވުރެ ތިރިޔަށްދާ ހަރުވާޅުން ބޭރަށް ހާމަވާންހުރި ޅަނދޮޅު ފައިކުރީގައި ބީހެންފެށީ މަސްތުވެފައިވާ މީހެއް ފަދައިންނެއެވެ. ތިރިންފެށިގެން މައްޗަށް އަތް ހާކަމުން ދިޔައެވެ. ރާޔާއަށް އިނީ ރޮވޭވަރު ވެފައެވެ. އަހަރެންނަށް މުއްކަވާލެވުނެވެ. ކަކުލާއި ހަމައަށް އަތް ހޭކުމަށްފަހު ކަކުލަށްވުރެ މަތި ހާމަ ކުރަން އުޅުނެވެ. ނަމަވެސް ރާޔާ އަތުން ހިފަހަށްޓާފައި އިންވަރުން އެކަން އެހާ ފަސޭހަ ކަމަކަށް ނުވިއެވެ. އެވަގުތު އޭނާގެ މޫނުމަށްޗަށް އަރައިގެން ރުޅިވެރިކަމުގެ ކުލަވަރު ފެނިފައި އަހަރެންގެ މެޔަށް ފިނިވެގެންދިޔައެވެ. އަހަރެންނަށް ހަނދާންވީ ރޭގައި އެމީހާ ކަންތައްކުރި ގޮތެވެ. ނަމަވެސް ކާކުގެ ނަސީބެއް ކަމެއް ނޭނގެއެވެ. އޭމީހާގެ ފޯނު ރިންގުވީ އެވަގުތުއެވެ. ފޯނު ކަންފަތުގައި ޖަހައި ވާހަކަ ދައްކަމުން ކާމޭޒުދޮށަށް ދިޔައެވެ.
“…………….އޭ ކޮންޅާއެއް. . **ބަޅު. . !. .ތިޅާމެން މަޑުކުރޭ!. . މަމި މިގާތްކުރީ. . !” ވާހަކައިގެ ތެރެއިން ހޮނުގުގުރިއެއްފަދަ އަޑަކުން އެހެން ބުނެފައި ފޯން ކަނޑާލާފައި އެމީހާ ކާ ތަށި ދޫކޮށްލިއެވެ. އަވަސް އަވަހަށް ތެދުވެ އެއްޗިހި ލައިގެން ގެއިން ނިކުމެ ބާރަކަށް ދޮރު ޖަހާލައިފައި ނިކުމެގެން ހިނގައްޖެއެވެ. އެއާއިއެކު ފެނުނީ ރާޔާ ދެއަތް އުފުލާ މާތްރަސްކަލާނގެ ޙަޟަރަތަށް ޙަމްދު ކުރިތަނެވެ. އެނުލަފާ މީހާގެ ވިޔާނުދާ ވަކި ތަކުން ސަލާމަތް ކުރެއްވީތީއެވެ. އަހަރެންގެ ލޮލުން ކަރުނަ ނީރާލިއެވެ. “އަލްޙަމްދު ލިﷲ. . ” އަހަރެންނަށް ވެސް ބުނެލެވުނެވެ. “މާތް ﷲ އެކަލާނގެއަށް ވަކީލްކުރާ އެކަލާނގެ އެއްވެސް އަޅަކަށް ދެރަގޮތެއް މެދުވެރިއެއް ނުކުރައްވާނެ. . ” އަހަރެންނަށް ހިތާ ހިތާ ބުނެލެވުނެވެ. ރާޔާގެ މޫނުމަތިން ފެންނަމުންދިޔަ ހާސްކަން މަޑުމަޑުން ފިލައި ދިޔައެވެ.
އެއީ އެހެން އެކަން ދިމާވާނެ ފުރަތަމަ ފަހަރެއް ނޫނެވެ. އަހަރެންނަށް ޔަޤީނެވެ. އެއީ އާންމުކޮށް ހިނގާ ކަމެކެވެ. އެނުލަފާ މީހާ ރާޔާގެ ގަޔަށްވެސް އަތްލައެވެ. އެއީ ހަމަ ރާޔާގެ ބައްޕަހެއްޔެވެ؟ ނުލަފާ ކުމަގައިވެސް ހައްދެއް، އިމެއް ނެތެވެ. އަހަރެންގެ ހިތުގައި ރާޔާއާއި ދޭތެރޭ ރަހުމް އުފެދުނެވެ. ކުށެއްނެތް އެ ނިކަމެތި އަންހެންހެން ކުއްޖާ އެއުފުލަމުން ދަނީ ކިހާ ވޭނެއްބާއެވެ. އާހް. . .
އަހަރެންނަށް ހުރެވުނީ ބިއްލޫރިގަނޑުގައި އަތް ވިއްދައިގެން ރާޔާގެ ހަރަކާތްތަކަށް ބަލާށެވެ. އެވަގުތު ރާޔާ އަހަރެންނާއި ދިމާލަށް ބަލައިލިއެވެ. ސީދާ އަހަރެންގެ ލޮލަށެވެ. ނޫނެކެވެ. އަހަރެންނެއް ނުފެންނާނެއެވެ. އެއީ އަހަރެންނަށް ހީވި ގޮތެކެވެ. އެއީ އެތެރެ ނުފެންނަ ބިއްލޫރިއެކެވެ. އަހަރެން މަޑުމަޑުން ފަހަތަށް ޖެހިލީމެވެ. އެއާއިއެކު ރާޔާގެ ނަޒަރު އެހެންދިމާލަކަށް އަނބުރާލިއެވެ. އަދި ސޯފާގެތެރޭގައި ގުޅަވެލައިގެން އޮށޯތެވެ.
އަހަރެން ހަމްދާނަށް ގުޅީދެނެވެ. ބޭނުންވީ އަނެއްކާވެސް ބައްދަލުކޮށްލާށެވެ. އަހަރެންގެ ސިކުނޑީތެރެ ފުރެމުންދާ ސުވާލުތަކުގެ ޖަވާބު ދެވޭނެ މީހަކީ ހަމްދާނެވެ. މެންދުރުގެ ވަގުތުކަމުން އަހަރެން އެދުނީ އަހަރެންނާއި އެކު ކެއުމަކަށް އިންސާފުކޮށްލަން ރެސްޓޯރަންޓަކަށް ދިއއުމަށެވެ. ހީކުރި ވަރަށްވުރެ އަވަހަށް އެއްބަސްވިއެވެ.
ލެމަންގްރާސްގެ ޓެރަސްމަތީ އޯޕަން އޭރިޔާއިން އަހަރެންނާއި ހަމްދާން ބައްދަލު ވިއެވެ. ހަމްދާންއަށް ރަނގަޅަށް ކާންދީފައި އަހަރެން ނެގީ ބޯލާނެ އެއްޗެކެވެ. “ބޮކޮޅޭ ދަންނަންތަ؟” ކެއުމުގެ ތެރެއިން އަހަރެން އަހާލީމެވެ. ހަމްދާން ކޮށިނޭރީ ހަމަކިރިޔާއެވެ. ބިރެއްފެނިގެން އުޅޭފަދައިން ވަށާ ހޯދާލިއެވެ.
“ތިވާހަކަ ދައްކަންދޯ މަ ތިގެނައީ. . ؟” ހީވަނީ ހަމްދާން އެމަޢުލޫއަށް އިތުރަށް ވާހަކަދައްކަން ބޭނުންނުވާހެނެވެ.
“ބްރޯ. . ޕްލީޒް.. ތި ނޫނީ އަހަރެންނަށް މިވާހަކަތަށް ޝެއަރ ކޮށްލަން ކެރޭ އެހެން މީހަކު ނުހުންނާނެ.. އަހަރެންގެ ސިކުނޑި މިހާރު ސުމަކަށް ގޮސްފި. . އަހަރެންނަށް ކިޔައިދީ. .” އާދޭހުގެ ރާގެއްގައި އަހަރެން ބުނީމެވެ. އަހަރެންނަކީ ދުވަހަކުވެސް މީހެއްގެ ކައިރިން ކަމެއް ބޭނުންވެގެން އާދޭސް ކުރި މީހެއް ނޫނެވެ. ނަމަވެސް ރާޔާ އަށްޓަކައި ފިޔަ މަޅައިލީއެވެ.
“މީގެފަހުން މަގޭ ކައިރީ އޭނަޔާ ބެހޭގޮތުން އެއްވެސް ވާހަކައެއް ނާހާމަތިން ކޭއަށް ކިޔާދޭނީ. . ” ދެވަނަފަހަރަށް ވަށާ ހޯދާލުމަށްފަހު ހަމްދާން ކިޔައިދޭން އެއްބަސްވެ ޝަރުޠު ކުރިއެވެ. އަހަރެން ވަގުތުން އެއްބަސް ވީމެވެ.
“އެއީ ކޭއަށް ފެންނާނެ އެންމެ ބިރުވެރި ހުވަފެން. . !” އެންމެ ފުރަތަމަވެސް އިއްވާލިއެވެ. ހަމްދާން ނިސްބަތްކުރީ ބޮކޮޅޭ އަށެވެ. “ނަމަނަމަ އެޅާޔާ ވައިވެސް ނޭޅޭތި. . “
އަހަރެންގެ ކެތްތެރިކަން ކޮޅުންލީ އެހިސާބުންނެވެ. “ބަލާއެއްނު އެޅާ ހިތު ހުރިހާ ގޮތަކަށް ތެޅޭ އިރު މަވީހަމަ ވައިނޭޅެންވެގެން ދުރުގަ ކުޅިބަލަން ހުންނަން ތަ. . ؟؟؟” އަހަރެން ރުޅިގަދަވެގެން ތަންކޮޅެއް ބާރަށް ބުނީމެވެ.
“ކޭގެ ޑެތް ވިޝް އެއް އޮތީތަ އެނ؟؟ ކައެއަށް އެނގޭތަ އެއީ ކިހާ ވަރެއްގެ މީހެއްކަމެއް؟؟ އެއީ ބޮޑު ޑީލަރެއް. . ބޮޑު ގޭންގެއް އޮޕަރޭޓް ކުރާ ގޮލައެއް. . މީހުން މަރާވެސް ޅާއެއް!. . އެޅާގެ ނުބައި ނުލަފާކަމުން އެލާ މަގެއްގެ އެއްކޮޅުން ހިނގަންޏާ މީހަކަށް ނުކެރޭނެ އެކޮޅަށް ބަލައިލާކަށްވެސް. ހިފަހަށްޓާ ނުލެވިގެން އުމުރަށް ޖަލަށް ލީ އޭރުގެ ސަރުކާރާ އިދިކޮޅު މީހުންގެ ބޮޑު ބާރަކަށް އެޅާވީމަ.. 10 އަހަރު ފަހުން ދެވަނަ ފުރުޞަތަށް ދޫކޮށްފަ އެހެރީ 2 އަހަރު ކުރިން. . ސަރުކާރުގެ ބޮޑެތި މީހުންނާވެސް އެޅާޔާ ވަރަށް ގުޅުން އޮވޭ. . !” ހަމްދާން ވެސް ހުރީ އޭނަދެކެ ބިރު ގެންފައެވެ.
” އެޅާ އެގޭ އުޅޭ އަންހެންމީހާއަށް ވެސް އަނިޔާ ކުރޭ. . އޭ މަށަށް އޯކޭ. . އެކަމު ރާޔާ ގަޔަށްވެސް އަތްލަނީޔޭ **ބޮވިގެން. . ” އަހަރެން ކައިރި ވެލާފައި މަޑުމަޑުން ބުނީ ރުޅިއައިސް ރަތް ވެގެންނެވެ.
“ހެހެ. . އަންހެންމީހާޔަށް އަނިޔާ ކުރަނީޔޭ؟؟ ބަލަ މަގުމަތިންދާ މީހުންވެސް މަރަޔޭ އެޅާ . .”
“ދެން ކީއްވެތަ ކޮޕުންނަށް ނާންގަންވީކީ؟؟” ހައިރާންވެގެން އަހަރެން އަހައިލީމެވެ. މީހުންގެ ގޮތްކުޑަކަމޭ ހިތަށް އަރާފައެވެ.
” ބަލާއެއްނު. . އެޅާޔާ މުޅި ސަރުކާރާ އޮތީ ގުޅިފައޭ އަޑިއަޑިން. . އެޅާޔާ ދެކޮޅަށް މީހަކު ކޮމްޕްލެއިނެއް ކުރިޔަސް އެ ފޯނު ޓްރެކްކޮށްގެން އެޅާޔެއް ކޮށާލާ!. . އެނގޭތަ މިދިޔަ ހަފްތާ ތެރޭ އައި.ޖީ.އެމް.އެޗް ގަ މަރުވި ގޮލާޔަށް ވީ ގޮތް އެއީ ދަރުމަވަންތައިގަ އުޅުނު ޅަ ގޮލައެއް. . ހަވީރުގަޑީ އެގޮލާމެން ގްރޫޕެއް ހަދާފަ ނިކުމެގެން ކުޑަހެންވޭރަށް އަރައިގެން އުޅެނިކޮށް ބޮކޮޅޭ ހިނގާފަދަނިކޮށް ނޭނގިގެން އެޅާ ގައިގަ ލައިގަތީ. . ގޯސް މޫޑެއްގަ އެޅާ ހުރީ. . ވަގުތުން އެ ގޮލާ ކަރުގަ ހިފާ ފާރާށް ތަތް ކޮށްލި ގޮތަށް ވަޅިން އަޅާ ކޮށާލީ ރޯމާ ދުވާލު މަގުމަތީގަ!!. . އެ ގޮލާގެ ޕާޓުންގެވެސް ކުރިމަތީ. . !! އެއްޅާ އަކަށްވެސް ނުކެރުނު އަރާކަށް. . ހެކިބަސް ވެސް ދޭކަށް. . މައްސަލަ ސާބިތެއް ނުވި! ދެން ތިބުނާ މަންޖެ ގަޔަށް އަތްލަނީޔޭ؟؟ އަތްލަނީ އެކަންޏެއް ނޫން. . އެމަންޖެ ގަޔަށް އަރަންވެސް އަރާއެޅާ!!. . ” ހަމްދާން އެންމެފަހުން އިއްވާލީ އަހަރެންގެ ހިތް ކުދި ކުދި ވެގެން ދިޔަ ޖުމްލައެވެ. އަހަރެންނަށް ހީވީ ފައިދަށުން ބިންގަނޑު ދެމިގަތް ހެނެވެ. “އެކަން ހިސާބުގަނޑު އެންމެންނަށްވެސް އެނގޭ. . ބޮކޮޅޭގެ ހަގީގަތް އެނގޭ އެއްޅާއަކަށްވެސް ނުކެރޭނެ އެމަންޖެ ކިތަންމެ ކިތަންމެ ރީއްޗަސް ބަލައިލާކަށްވެސް. . އެހެންވެ ކޭ ކައިރީ މި ބުނީ. . ފުރާނަ ބޭނުމިއްޔާ އެޅާޔާ ވައި އެޅޭ ޅާޔަކާވެސް ވައި ނޭޅޭތި..!!”
އަހަރެންގެ އުންމީދުގެ ހުޅުކޮޅު ނިވުނު ކަހަލައެވެ. ރާޔާގެ އޮއްސިފައިވާ އެމޫނު އެވަގުތު އަހަރެންގެ ހިތަށް ސިފަވިއެވެ. ރާޔާގެ ހިތުގައި އަޅަމުންދާނެ ވޭނާއި އެފަކީރު އިޙްސާސް ކުރާނެ އެކަނި ވެރިކަން ހިތަށްވެސް ނުގެނެވެއެވެ. ކޮންފަދަ ބޭއިންސާފެއް ތޯއެވެ. . ؟ އާހް. . . އަހަރެންގެ ލޮލުން ނުހިފެހެއްޓުގެން ކަރުނަ ބަންޑުންވީ ކޯދު ލާފައެވެ. ގިސްލެވެން ފެށުނެވެ. މިއީ އެއްވެސް އިންސާފެއް ނެތް ދުނިޔެއެކެވެ. ދިރިހުއްޓާ އެފަކީރުގެ ރޫޙްއެވަނީ މަރާލައިފައެވެ. ފަޅު ވެފައިވާ އެގޭތެރެއިން ފެނުނު ހަމަހިމޭންކަމުގެ ހަޤީގަތް އެނގުމުން އަހަރެންނަށް ގިސްލަ ގިސްލާފައި ރޮވުނެވެ. ރާޔާއަށްޓަކައި އަހަރެންގެ ހިތުގައިވި ސާފު ލޯބީގެ ސަބަބުންނެވެ. އެއްވެސް ޙައްޤަކާކުލާ އަނިޔާއާއި ވޭނީ ޢަޒާބު ލިބެމުންދާ އަންހެން ކުއްޖެއްގެ ޙައްޤުގައެވެ. ކުރިމަތީގައި އުފަންދަރިފުޅުގެ ޢިއްފަތް އުފަން ބައްޕަގެ އަތުން ފޭރިގަތްއިރު ގޮތްހުސްވެފައިވާ މައެއްގެ ޙައްޤުގައެވެ. މިނިވަންކަން ގެއްލި އަޅުވެތިވެފައިވާ ދެމައިންގެ ޙައްޤުގައެވެ. މިފަދައިން އަނިޔާ ލިބެމުންދާ ކޮންމެ މީހެއްގެ ޙައްޤުގައެވެ. އެދެމައިންގެ ހިތްވަރުގަދަކަމާއެވެ. މިހުރިހާ ހިތާމަޔަކާއި ކެކުޅުމެއް ތަޙަންމަލު ކުރަމުން ދިރި ދުނިޔޭގައި ތިބީ ކޮންފަދަ އީމާން ކަމެއްގެ މަތީގައި ހެއްޔެވެ. އެހެން މަޔެއްނަމެ އެފަދަ މަންޒަރަކަށް ކެތް ނުކުރެވިގެން ހިތް ފަޅައިގެން މަރުވީހެވެ. ނަމަވެސް އެމައިމީހާ ނެތް ދުވަހު އެދަރިފުޅާއި ދޭތެރޭގައި ކަންތައް އަދި ވެގެންދާނެ ގޮތުގެ ޚިޔާލުގައި އެނޫން ދުވަހެއް ދައްކަވާތޯ ދުޢާކޮށްލަ ކޮށްލާ ހުރީއެވެ. ސުބުޙާނަﷲ އެވެ.
ކަންބޮޑުވެފައި އިން ހަމްދާން އަހަރެންނަށް ޓިޝޫ ބޮނޑި ދިއްކޮށްލިއެވެ. ބޮޑު ފިރިހެނެއް ގިސްލަ ގިސްލާފައި އެފަދަ ގޮތަކަށް ރޯން ޖެހުނީ ކީއްވެހެއްޔެވެ؟ ހަމްދާން ސުވާލުކުރިއެވެ. އެއީ ލަ ގޮނޑިއަށް ކެތް ނުވެގެނެވެ. އިންސާނިއްޔަތުގެ ކުޑަވެސް ކަންފުޅެއް ވާ ހިތަކަށް ނަމަ އަސަރު ކުރާނެއެވެ. އަހަރެންނަކީވެސް އިންސާނެކެވެ. އެއީ ވެސް އިންސާނުންނެވެ. އެއީ އަހަރެންގެ ޖަވާބެވެ. އެދުވަހު އަހަރެން އެތަނުން ނިކުމެގެންދިޔައީ ހިތުގެ އަޑިން ޢަޒުމްތަކެއް ކަނޑައަޅައިގެނެވެ.
އަހަރެންގެ މަންމައާއި ބައްޕަގެ ހުރި ހަމައެކަނި ދަރިޔަކީ އަހަރެންނެވެ. ކުޑަ ކުޑަ އިރު މަންމަ ނިޔާވެއްޖެއެވެ. ބަލާ ބޮޑުކުރީ ބައްޕަގެ ބުރަ މަސައްކަތުންނެވެ. ޢުމުރުން ވިހިއަހަރުގައި ބައްޕަ މިދުނިޔެއާއި ވަކިވީފަހުން އަހަރެން އުޅެމުން މިދަނީ އަމިއްލަ މަސައްކަތުން ލާރިހޯދައިގެން އެލާރިންނެވެ. އަހަރެންނަކީ ބަރޯސާ ވާންޖެހޭ އެއްބަނޑެއް އެއްބަފަޔެއްގެ މީހަކު ނެތް އެކަނިވެރިޔަކީމެވެ. އަހަރެންގެ ނަސްލު މިހާ ހިސާބަށް ނިމުމަށް އިރާދަފުޅު ކުރައްވާފައި ވީނަމަ އެކަން ހުއްޓުވޭނެ ބާރެއް ނުވެއެވެ. އަދި އެ ނަސްލު ޙިމާޔަތް ކޮށްދެއްވަން އިރާދަފުޅު ކުރައްވައިފިނަމަ އެކަން ހުއްޓުވޭނެ އެހެން ފަރާތެއްވެސް ނާންނާނެ ކަން ޔަޤީނެވެ. އެހެންކަމުން މި ކަނު-ޤާނޫނީ މުޖުތަމަޢެއްގައި، އެފަދައިން ބޭއިންސާފުން އަނިޔާ ކުރަމުން، ނުޙައްޤުން ޤަތުލު ކުރަމުން ދާ ބޮޑު ކުއްވެރިޔަކު ދޫވެފައި އޮތް އޮތުން ހުއްޓުވާނަމެވެ. ފުރާނަ އަތްމައްޗަށް ލައިގެންވެހެވެ. އަނިޔާ ލިބެމުންދާ އެތަކެއް ޢާއިލާއެއްގެ ޙައްޤުގައެވެ. ހިންގެމުންދާ އެތަކެއް ޖަރީމާއެއްހުއްޓުވުމަށެވެ. މަރާލާނެ އިރެއް ނޭނގި މަގުމައްޗަށް ނުކުންނަން ނުކެރިތިބި އެތަކެއް ބައެއްގެ ހައްޤުގައެވެ. ކުރިމަތީގައި މީހަކު މަރާލާފައި ދިއުމުން އަމިއްލަ ފުރާނަ ގެއްލިދާނެކަމުގެ ބިރަށް ހެކިބަސް ދޭން ނުކުޅެދޭ އެތަކެއް ދިވެހި ރައްޔިތުންނެއްގެ ޙައްޤުގައެވެ.
ގެޔަށް ދިއުމާއިއެކު އަހަރެންގެ އޮފީސް ބޮޑުމީހާއަށް ގުޅީމެވެ. އަހަރެން ޗުއްޓީއެއް ނުނަގާ މަސައްކަތް ކުރަމުންދާތާ ދެއަހަރު ފަހުން އަހަރެން ޗުއްޓީއަކަށް އެދުނީމެވެ. އަހަރެންގެ އެދުމުގެ މަތިން ވަގުތުން އަހަރެންނަށް މަސްދުވަހުގެ ޗުއްޓީ ހަމަޖެހުނެވެ. އަހަރެން ހިންހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލީމެވެ. އެއަށްފަހު އަހަރެން ދޮރު ހުޅުވާލައިފައި ބެލްކަންޏަށް ނިކުތީމެވެ. އެއީ މެންދުރު ފަހެވެ.
ކުރިމަތީހުރި އެޕާޓްމަންޓްގެ ބެލްކަންޏަށް ހުރި ދޮރުގެ ދޮރުކަނީގައި ލެނގިލައިގެން ހުރި ރާޔާ އަހަރެންނަށް ފެނުނެވެ. ރަތްކުލައިގެ ފިނިފެނަމަލެއް ޖަހައިފައިހުރި ވޫލްކޮޅަކުން މާބޮޑު ތަރުތީބެއް ނެތް އެފަން އިސްތަށިކޮޅު ހަރުކޮށްލާފައިވެއެވެ. ކުދި މާތަކެއްޖަހާފައިހުރި ކްރީމްކުލައެއްގެ މެކްސީގައި ހުރިއިރު އެދޮން ހަންގަނޑުގެ އަލިކަން އިތުރުހެން ހީވެއެވެ. ރެއިލިންގް މަތީ އަތްބާއްވައިލައިގެން އަހަރެން އެމޫނަށް ބަލަން ހުރީމެވެ.
ރާޔާ އަހަރެންނާއި ދިމާލަށް އެނބުރިލިއެވެ. ސީދާ އަހަރެންގެ ލޮލަށް ބަލައިލިއެވެ. އެއްވެސް އަސަރެއް ނުވާ ބެލުމެކެވެ. އެއްވެސް ކުލައެއްނުވާ މަންޒަރެކެވެ. ފުންކަނޑެއްފަދަ ފަޅުކަމެކެވެ. އިންތިހާއީ ކެކުޅުމެވެ. ބަޔާންކުރަން ދަތި އިޙްސާސްތަކެކެވެ. އަހަރެންނަށް ކެތެއް ނުކުރެވުނެވެ. އަހަރެންގެ ހިތް ރޯލިއެވެ. ނަމަވެސް ހިތްވަރުން އަހަރެންގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިކުރުވީމެވެ. ކަރުނަތައް ދިރުވައިލާފައެވެ. ނަމަވެސް އަހަރެން އެތާނގައި ހުރިކަމެއްވެސް ރާޔާއަށް ނޭނގޭ ކަހަލައެވެ. އެލޮލުގެ ފުރަގަހުން ސިކުނޑީގެ ފަރުދާ ވަނީ ބަންދުކުރެވިފައި ކަހަލައެވެ.
ކެތްތެރިވާށެވެ. ތިޔަ ތަޙަންމަލު ކުރަމުންދާ ވޭނާއި ކުކުޅުން ހުއްޓުމަކަށް އަންނަދުވަސް ކައިރިވެއްޖެއެވެ. ލިބުނު އަނިޔާއަށް ބަދަލު ހޯދައި ދޭނަމެވެ. ކެކިއުތުރި އަރަމުންދިޔަ ޖޯޝާއިއެކު އަހަރެންގެ ހިތް ރާޔާގެ ހިތަށް އެބަސްކޮޅު ރައްދުކޮށްދެވޭތޯބެލިއެވެ. ލޮލުގެ ޒަރީޢާއިންނެވެ. އެވަގުތު ރާޔާގެ އެސްފިޔަތައް ހަރަކާތްކުރަން ފެށިއެވެ. އެދެލޯ ފުރުނީ ކަރުނުންނެވެ. އެއާއިއެކު އެނތެރެއަށް ވަދެގެން ދިޔައެވެ. އަހަރެންގެ ހިތައް ކުޑަނަމަވެސް ހަމަޖެހުމެއް ލިބުނެވެ. ކީއްވެގެންކަމެއް ނޭނގެއެވެ. އަހަރެންގެ ހިތުގައިވި އެއްޗެއް ރާޔާއަށް އަންގައިދެވިއްޖެކަމުގެ ފޮނި އިޙްސާސް ކުރެވުނެވެ.
-ނުނިމޭ-
1429 Comments
Comments are closed.
mink
March 30, 2014 at 8:01 pmthnkx….. mi bae v salhi. adhi kiyaaly mathi mathin
GuDuMeena
March 30, 2014 at 8:04 pmehehe Thanks Mink. . adhi hama jehilaigen kiyaalah chey. . 🙂
mink
March 30, 2014 at 8:03 pmeyy me first dhw cmmnt kurry…. yay
shine
March 30, 2014 at 8:25 pmmivaahaka adhi hama varah reethi…..dhivehi mujuthamauge mihaaruge haalatha v gulhey…..sifakurunves salhi…ekam vaahaka dhahkaa bahuruva miyahvure reethikohlan feney….
GuDuMeena
March 30, 2014 at 9:17 pmThanks Shine. . Shine kahala molhu vaahaka liyun theriyaku comment kollyma v. ufaavejje. . vaahaka bodah 18+ kolly vx genesdheyn jehey baazaarumathyge goi kuda manzaru thakai adu thakuge sababun. . bodah mihaaruge youthunge gaai dhemeehaku coffy ah gosfa vaahaka dhakaa iru gengulhey aslu bahuruva genesdheyn beynun v aslu feelga. . dhen e nulafaa meehaa u knw how foul mouthed they are. .
Sorry guys. . thankolheh kiyaalan faseyhanun baeh bas bas beynun kuran jehunyma. . its STRICKTLY 18+ ehenve. .
thahleex
March 30, 2014 at 9:13 pmsalhi ibaaratharun liyefa oi foni foni vahaka eh,,continue
GuDuMeena
March 30, 2014 at 9:18 pmehehe. . Thanks thahu+fazeel. . 😀
poh
March 30, 2014 at 9:22 pmv salhı
aisha
March 30, 2014 at 10:14 pmV sali story eh plz continue
elsa
March 31, 2014 at 1:17 amVarah salhi mi story aneh bai thankolheh avahah up kolladhehchey thanks GuDuMeena
amal
March 31, 2014 at 4:20 am!itx realy interesting
…keep up the good work
GuDuMeena
March 31, 2014 at 8:19 amThanks Poh, Aisha, Elsa and Amal. . Ur support keeps me going.. and u dont have to wait that long. . a very touching new episode will come tonight at 8pm. . Enjoy. . Thanks for the Likes.
]mary
March 31, 2014 at 9:01 amnice story..avahah upkohdhehchey next partves..v.interesting to read this story.
GuDuMeena
March 31, 2014 at 9:08 amehehe Thanks Mary. .
lin
March 31, 2014 at 9:37 amreethi mibaives..keep going .. 🙂
GuDuMeena
March 31, 2014 at 9:49 am🙂 thanks
lady
March 31, 2014 at 12:00 pmstory vrh reathi 18+ v ma language ves okei
i lurv the story
mi script ah film eh ves hadhan feney loodhifaa ah vuren maa salhi vaane
kyp up the good wrk
VAAHAKA KEE MEEHA
March 31, 2014 at 12:20 pmhabeys story eh!!!!!!!!!!v v v v asarukoffi….roven ves rovijje, amilla llife aa ves v gulhun hurihn heeve
mzda
March 31, 2014 at 2:07 pmvara salhi kuriah gendey eyrun comment taves libeyneeeeeeeeeeeee…………… good luk for the next part
GuDuMeena
March 31, 2014 at 2:33 pmMivaahaka aki mikahala hithi thajuriba kuran jehifaivaa.. aniyaa thakeh libemundhaa kudhinnah hivvarekah vegen dhaane. . adhi v.asaruves kuruvaane vaahaka eh. .vaahakaige ithuru baeh vidhaalhu vumah mirey 8pm ga vist kollavva. . 🙂 vaahaka ah thiya dhevvaa tharuheebah fah fashun shukuru dhannavan. .
lara
March 31, 2014 at 2:58 pmkon irakun next part????
GuDuMeena
March 31, 2014 at 3:04 pmtonight 8pm. . 🙂
sul
March 31, 2014 at 3:15 pmV v v v v vvv Reethi vaahakaeh anebaya inthizaaru kuran
GuDuMeena
March 31, 2014 at 3:16 pm🙂
Aahshaaa
March 31, 2014 at 3:19 pmOverol koh mi partvs v ryti…. ekm Shain buni hen basmagu ehn beynun kohfa huryma vaahaka kiyaairu kudakoh ebas bas nukiyen ulhey….. kiyamun daairu kudakoh alhaiganey…… ekm mihaaru mujutamau oyy haalatah mivaahaka bodah beyskohfa inyma egotah basmoshun terikan huhtas vaahaka hama v perfect….. den 18+ jahaafa inyma hama v hiyy hama jehey…. k hama ….. kyp it up Gudu…… INSAA ALLAH SUKURAN Gudu……..
princess
March 31, 2014 at 5:18 pmv v nice….thankx gudu…am a fan of u hop the next part will be uploaded soooooon ……
GuDuMeena
March 31, 2014 at 7:17 pmThanks Aaahshaa. . and Princess. . Thanks for leting me know ur view. . i appreciate ur support. . 🙂
blossom queen
March 31, 2014 at 7:49 pm, goodluck 🙂
this story is toataly fantastic i love this story ,please continue like this
GuDuMeena
April 1, 2014 at 12:39 amIt will. . till The End 🙂 Thanks. .