Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ޤާޠިލް…. 9 ވަނަ ބައި

Fantasy Level 310 Stories500 Comments100 Comments
November 29, 2014 8 Mins Read
20 Comments

9 މިނެޓް ތެރޭގައި އާހިލް އެ އައި ޕީ އެޑްރެސް ހެކް ކޮށްލިއެވެ. “ނިމުނީ” ފަހުރު ވެރިކަމާއި އެކު އާހިލް ބުނެލިއެވެ. “ގުޑް.. އަހަރުމެންގެ ކިލާ އަކީވެސް ހަމަ ތިހާ މޮޅު މީހެއް.. އެނގޭތަ.. އެކަން” އާހިލްއާއި ދިމާލަށް ފާޑަކަށް ބަލާލަމުން ރާކިން ބުނެލިއެވެ. އާހިލްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. “ކީކޭތޯ ބުނަން ތިއުޅެނީ” އާހިލް ހާސްކަމާއި އެކު އަހާލިއެވެ.  ރާކިން ހިނިތުންވެލީ އާހިލްގެ މޫނުމަތިން ފެންނަމުން ދިޔަ ހާސްކަމުގެ ސަބަބުންނެވެ. “އެކަމަކު އަހަރެންނަށް އެގޭ އާހިލްއަކީ ނޫންކަން އަހަރުމެންގެ ކިލާ އަކީ.. ހާދަ ހާސްތިވީ” ރާކިން އެނދުގައި ރަނގަޅަށް ހަމަޖެހިލަމުން ބުނެލިއެވެ. “ނޭނގޭނެއެއްނުން.. މިހާރު ގްރޫޕް ތެރޭގައި އޮންނަނީ އެކަކު އަނެކަކާއި ދިމާލަށް އިނގިލި ދިއްކުރުން ވިއްޔަ” އާހިލްވެސް ހަމައަކަށް އެޅެމުން ވާހަކަ ދެއްކިއެވެ. “ތިއީ ތެދެއް.. އެކަމަކު މި ޤާޠިލް އަކީ އާހިލްއަށް ވުރެއް ކުޅަދާނަ މީހެއް.. ކުރިން އަހަރުމެން ހީކުރީ އޭނަ ކޮމްޕިއުޓަރ މަސައްކަތައް އެކަނި އޭ މޮޅީ.. އެކަމަކު އޭނައަކީ ގުޑް ހެކާއެއް” ރާކިން ލެޕް ނަގަމުން އަނެއްކާވެސް ފިއްތަކަށް ބާރު ކުރަން ފެށިއެވެ. “އޭނަ އަހަރެންގެ ސިސްޓަމް ހެކް ކުރީ 7މިނެޓާއި 30 ސިކުންތުގެ ތެރޭގައި.. އާހިލްއަށް 9 މިނެޓް ތެރޭގައި.. 10 މިނެޓް ތެރޭގައި ސިސްޓަމް ހެކް ނުކުރެވިއްޖެނަމަ އެލާމްއެއް އަޅާނެ އަހަރެންގެ ސިސްޓަމްއިން.. އެންޑް.. ވެއިޓް.. ވަޓް ދަ..” ރާކިން އެހާ ހިސާބަށް ބުނެފައި ހުއްޓާލިއެވެ. އަދި އާހިލްއާއި ދިމާލަށް ބަލާލިއެވެ. “ނަދީމްއަކީ ކޮންޕިއުޓަރގެ މަސައްކަތް ކުރާ މީހެއްތަ” އާހިލްއަށް ލެޕް ދައްކާލަމުން ބުނެލިއެވެ. އާހިލް ބޯ ދެފަރާތައް ހޫރާލީ ނޭނގެއޭ ބުނާ ކަހަލަ ގޮތަކަށެވެ. “ކޯލް ރާއިދު އެންޑް ފަހުދު.. ރާއިދު ކައިރީގައި ބުނޭ މިގެއަށް އަންނާށޭ.. ފަހުދު ކައިރީގައި ބުނޭ އަހަރެންނާއި މީޓް ކުރާށޭ ނަދީމްގެ ގެ ކައިރިން.. އެންޑް ޕްލީޒް ޓެކްސްޓް މީ ހިޒް އެޑްރެސް” ރާކިން ބާރު ހިގުމެއްގައި ބޭރަށް ނިކުންނަމުން ބުނެލިއެވެ.

އާހިލްއަށް ވާން އުޅެނީ ކީއްކަމެއް ނޭނގެއެވެ. އެކަމަކު އޭނަ ރާކިންއަށް ނަދީމްގެ އެޑްރެސް މެސެޖް ކުރިއެވެ. އަދި ފަހުދުއަަށް ގުޅާފައި ރާކިންއާއި ބައްދަލު ކުރުމަށް ބުނެލިއެވެ. ރާއިދުއަށް ގުޅާފައި އެގެއަށް އައުމަށް ބުނެލިއެވެ. ރާކިން ބާރު ސްޕީޑެއްގައި އާހިލް ފޮނުވި އެޑްރެސް ކައިރިއަށް މަޑުކޮށްލިއެވެ. އޭރު ފަހުދު އެތަނުގެ ބޭރުގައި މަޑުކޮށްލައިގެން ހުއްޓެވެ. “ސޮރީ މޭން.. އަހަރެންނަށް ފިއުނަރަލް އަށް ނުދެވުނީމަ… ބަޓް އައި ވޯޒް ޑުއިން ސަމްތިން ވެރީ އިމްޕޯޓެންޓް” ރާކިން ފަހުދު ފެންނަ އިރަށް ބުނެލިއެވެ. “ހޫމް. ނަދީމް ކޮންމެވެސް ވަރަކަށް ކިޔައިދިން ވީ ގޮތުގެ ވާހަކަ.. މިގަޑީގައި ކީއްކުރަން މިތަނަށް އަންނާށޭ ބުނީ” ފަހުދު އަހާލިއެވެ. “އެގޭތަ ނަދިމް އުޅޭ އެޕާޓްމެންޓް” ރާކިން އަހާލިއެވެ. ފަހުދު ބޯޖަހާލީ އާއެކޭ ބުނާ ކަހަލަ ގޮތަކަށެވެ. ” އޯކޭ ހިނގާ” ރާކިން އަވަސް ކަމާއި އެކު ހިގައިގަތެވެ. “މަޑުކޮށްބަލަ.. މިއީ ކޮންކަމެއްތަ.. ކިހިނެއް ވެގެންތަ ރާކިން ތިއުޅެނީ” ފަހުދު ރާކިންގެ އަތުގައި ހިފަހައްޓަމުން ސުވާލު ކުރިއެވެ. ރާކިން އެއްފަހަރު ފަހުދުއަށް އަނެއް ފަހަރު އަތައް ބަލާލިއެވެ. އެވަގުތު ފަހުދު އޭނަގެ އަތުން ދޫކޮށްލިއެވެ. “އަހަރެންނަށް ހީވަނީ ކިލާގެ ދެވަނަ ޓާގެޓަކީ ނަދީމްހެން… ފަހުދުއަށް އޭނަ ބޭނުން ގޮތެއް ހަދާލައިފި.. ދެން އޭނަ އެ އަންނަނީ ނަދީމްއާއި ދިމާލަށް” ރާކިން ބުނެދިނެވެ. އެވަގުތު ފަހުދު ބާރު ހިގުމެއްގައި އެތެރެއަށް ވަނެވެ.

ނަދީމްގެ ރޫމް ހުންނަނީ ގްރައުންޑް ފްލޯގައެވެ، ދެމީހުން ގޮސް ދޮރުގައި ޓަކި ތަޅައިގަތެވެ. ބެލް ހަލާކުވާ ވަރަށް ބެލް ޖެހިއެވެ. ނަމަވެސް އެތެރެއިން އެއްވެސް ހަބަރެއް ނުވިއެވެ. “ކިހިނެއް ހަދަނީ” ރާކިން ފަހުދު އާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. “މީހެއްގެ ރޫމްއަކަށް ހުއްދަ ނެތިއެއް ނުވަދެވޭނެ ދޯ..” ފަހުދު ދެކޮޅު ހޯދާ ބަލާލިއެވެ. “ހެޔޮ ދޯ އެމީހަކު ވާހަކަ ނުދެއްކޭ ހާލުގައި އޮތަސް” ކޮޓަރިއާއި ދިމާލަށް ބަލާލަމުން ރާކިން ބުނެލިއެވެ. އަނެއްކާވެސް ފަހުދު ދޮރުގައި ޓަކި ތަޅައިގަތެވެ. “ދޮރު ވައްޓާލަންވީނުން” ރާކިން ބުނެލިއެވެ. ފަހުދު ދެލޯ ބޮޑު ކޮށްލަމުން ރާކިން އާއި ދިމާލަށް ބަލާލިއެވެ. “ރިޔަލީ.. ކާކު މިތަނަށް ދެން ލާރި ދައްކަނީ.. ރާކިންތަ” ފަހުދު ބުނެލިއެވެ. އަދި ޖީބުން ދެ ކްލިޕް ނަގާ ތަޅަށް ލައްވާލިއެވެ. ދެފަރާތަކަށް ހަލުވާލިތަނާ ތަޅު ހުޅުވިއްޖެއެވެ. ފަހުދު ހިނިތުންވުމެއް ރައްދުކޮށްލަމުން މަޑުމަޑުން ދޮރު ހުޅުވާލިއެވެ. އެވަގުތު ރާކިން ފަހުދުގެ އަތުގައި ހިފަހައްޓަލިއެވެ. “މިހާރު ކިހިނެއްވީ” ފަހުދު ބަލާލަމުން އަހާލިއެވެ. ރާކިން އެއްވެސް އެއްޗެއް ނުބުނެ ތަންކޮޅެއް ދުރުގައި ހުރި ސާފު ކުރާ ފިހިގަނޑެއްގެ ދަނޑިގަނޑު ހިފައިގެން އައެވެ. “ތިއީ ކޮންކަމެއް” ހައިރާން ކަމާއި އެކު ފަހުދު އަހާލިއެވެ. “ރެޑީވާންޖެހޭނެ.. ކޮންމެ ފަދަ ކަމެއްވެސް ދިމާވެދާނެ” މަޑުމަޑުން ރާކިން ބުނެލިއެވެ. އަދި މަޑުމަޑުން އެތެރެއަށް ވަނެވެ. މުޅިތަނުގައި ވަނީ އަދިރިކަމެވެ. ލައިޓެއް ދިައްލާފައި ނެތުމުން އެއްވެސް އެއްޗެއް ސިފަވާގޮތެއް ނުވެއެވެ. ނަމަވެސް ކޯޓަރީގެ ދޮރު ހުޅީ ހުޅުވާފައެވެ. އެ ދޮރު ހުޅުވާފައި ހުރުމުންނާއި ކޮޓަރީގެ ދިއްލާފައިވާ ލައިޓްގެ ސަބަބުން ލޮަލައް ފެންނަ ވަރު ވެއެވެ. ކޮޓަރި ތެރެއިން ބާރުބާރަށް ލަވަޖަހާފައި ހުއްޓެވެ. މަޑުމަޑުން ރާކިން ކޮޓަރިއާއި ދިމާލަށް ހިގައިގަތެވެ. ދަނޑިގަނޑު އަތައް ހެޔޮވަރުކޮށްލައިގެންނެވެ. ފަހުދު ރާކިންގެ ފަހަތުން ދިޔައެވެ. ދެމީހުން އުޅޭގޮތުން ހީވަނީ ވައްކަން ކުރަން ވަދެ އުޅޭ ދެމީހުންނެވެ.

ކުއްލިއަކަށް ކޮޓަރީގެ ދޮރު ހުޅުވުމާއި އެކު ރާކިން ދަނޑިގަނޑު ބާރަށް ހިފަހައްޓާލިއެވެ. އަދި އަތުގައި ހުރި ބާރު ލާފައި ނިކުމެ ނިކުމެ ހުރި މީހާ ގައިގައި ޖެހިއެވެ. “އޯހްހްހްހްހްހް” އެވަގުތު ނަދީމްގެ ބާރުގަދަ އަޑު އެ ހަމަހިމޭން ސަރަހައްދުގައި ގުގުމައިގެން ދިޔައެވެ. “އޯހް… ޝި..” ފަހުދު ބުނެލި އަޑު އިވުނެވެ. އަދި މުޅިތައް އަލިވެގެން ދިޔައެވެ. ރާކިން ބަލާލި އިރު ކަރުމަތީގައި އަތް އަޅާލައިގެން ވެއްޓިފައި އޮތީ ނަދީމް އެވެ. ރާކިން އޭނަގެ އަތުގައި އޮތް ދަނޑިބުރީގައި ހިފަހައްޓާލައިގެން ނަދީމްއާއި ދިމާލަށް ބަލަހައްޓައިގެން ހުއްޓިފައި ހުއްޓެވެ. “ބަލަ އަދިވެސް ކުރެވުނު ވަރު ކުޑައީތަ… އެއީ ނަދީމޭ… ފިނި ފެންއެއްޗެއް ފެނޭތޯ ބަލާބަލަ” ފަހުދު ބޮކި ދިއްލާފައި ދުވެފައި އައިސް ވެއްޓިފައި އޮތް ނަދީމް ކައިރީގައި އިށީނެވެ. ތުވާލިއެއް އެކަނި އަދެލައިގެން އޮތީ ދެއަތުން ކަރުމަތީގައި ހިފަހައްޓާލައިގެންނެވެ. އޭރުވެސް މީހަގެ ގައިން ފެން ނުހިކެއެވެ. ރާކިންއަށް ހޭވެރިކަންވީ ފަހުދު ހަޅޭލަވައިގަތީމެވެ. ދުވެފައި ދިޔަގޮތައް ގޮސް އައިސް އަލަމާރި އުޅުވާލަމުން އައިސްކިއުބް ތައް ނަގާ އެތަނުގައި އޮތް ފޮތިގަނޑަކަށް ލާ އޮޅާލިއެވެ. އަދި ދުވެފައި އައިސް ނަދީމް ކައިރީގައި އިށީނެވެ. “ނަދީމް.. އާ އޫ އޯކޭ.. ސޮރީ ވަރަށް ބޮޑަށް.. އަހަރެން ހީކުރީ.. ނަދީމް ދައްކަބަލަ” ރާކިން އައިސް ނަދީމް އަތް ނައްޓާލަމުން ގޮވާލިއެވެ. ރުޅިވެރިކަމާއި އެކު ނަދީމް ރާކިންގެ އަތް ފޮޅާލިއެވެ.

 ވަމުން ދިޔަ ތަދަށް ނަދީމް ދިޔައީ ކެތްކުރެވޭނެ އެންމެ ބޮޑު މިންވަރަށް ކެތްކުރަމުންނެވެ. “މޮޔަވީތަ.. ބަލަ ގެއަށް ވެގެން.. މީ ކަލޭގެ ގެއެއްތަ.. އެއްޗެއް ފެންނަ އިރައް” ނަދީމް ބުނަން އުޅުނު އެއްވެސް ޖުމްލައެއް ފުރިހަމައެއް ނުކުރިއެވެ. “ނޭނގޭނެއެއްނުން.. ގުޅާ ގުޅާ ފޯނު ނެގީއެއްނޫން.. އަނެއްކާ ބެލް އަޅާ އަޅާވެސް.. އަހަރެން ހީކުރީ ކިލާ” ރާކިން ބުނެލިއެވެ. ފަހުދު އައިސްކިއުބް ނަދީމްގެ ކަރުމަތީގައި ޖައްސާލިއެވެ. “އަހަރެންނަށް ހީވަނީ ޑޮކްއަށް މިތަން ދައްކަން ޖެހޭނެހެން” ފަހުދު ބުނެލިއެވެ. “ދުރައްދޭ.. ބަލަ އަހަރެން ހުރީ ފާހާނަގައޭ.. ފޯނު ސައިލެންޓްއަށް ލާފަ އޮތީމަ ރިންގްވި ކަން ނޭނގުނީ.. އެހެންނޫނަސް މިއުޒިކް އެހުރި ފުލްކޮށް.. އއެހެންވެ ބެލް ޖެހި އަޑު ނީއްވުނީ” ނަދީމް އެތަނުން ތެދުވެ އެމީހުންނާއި ދުރައް ދަމުން ރުޅިވެރިކަމާއި އެކު ބުނެލިއެވެ. “ސޮރީ.. ރިޔަލީ.. އައި ޑިޑިންޓް މީން ދިސް” ނަދީމްގެ މޫނުމަތީގައި ހުރި ރުޅިވެރިކަން ފެނުމުން ރާކިން ހިނި އަންނަ ގޮތްވިއެވެ. އެހެންކަމުން އަނގަމަތީގައި އަތްއަޅަމުން ބުނެލިއެވެ. “ފަހުދު ކަލެއްއަށް އެގެންވާނެ އަހަރެން އައި ގޮތައް ފެންވަރާނީކަން.. ކަލެއަށް އެހުރިހާ އެއްޗެއް ކިޔައިދީފަ މަމި އައީ މިރޭ.. އެންޑް ރާކިން.. އަހަރެން ހިޔެއް ނުކުރަން ތީ މޮޔައެއް ކަމަކަށް.. ހުވާ ހާދަ ވޭނެކޭ،. ކަލޭމެންގެ ހުރިހާ..” ނަދީމްގެ އަޑު މަޑުވާ ގޮތެއް ނުވިއެވެ.

އެވަގުތު ގޭގެ ކުޑަ ދޮރު ކައިރިން ރާކިންއަށް ހިޔަންޏެއް ފެނުނެވެ. “އެހުރީ އެމީހާ” އެތަނުގައި އޮތް ދަނޑިގަނޑު ނަގައިގެން ދުއްވައިގަންނަމުން ރާކިން ހަޅޭލަވައިގަތީ ނަދީމްގެ ވާހަކަތަކަށް އަޑުއެހުމެއް ނެތިއެވެ. ރާކިން ދުއްވައިގަތުމާއި އެކު ކުޑަދޮރުކައިރީން މީހަކު ދުއްވައިގެން އަޑު ނަދީމްއަށާއި ފަހުދުއަށް އިވުނެވެ. އެހެންކަމުން ފަހުދުވެސް ރާކިންގެ ފަހަތުން ދުއްވައިގަތެވެ. ނަދީމް ހުރީ ފޮތިގަނޑު ކޮޑުމަތީގައި ޖައްސާލައިގެން ފާރުގައި ލެގިލައިގެންނެވެ.

ރާކިން ދިޔަ ބާރުގައި ކުޑަދޮރުން ފުއްމާލައިގެން އެމީހާ ފަހަތުން ދުއްވައިގަތެވެ. ފަހުދުވެސް ރާކިން ދިޔަމަގުން ދިޔައެވެ. ކަޅު ކުލައިގެ ޖެކެޓްއެއް ލައިގެން ހުރި މީހާ ވަރަސް ބާރަށް ދުވެފައި ގޮސް އެތަނުގައި ހުރި އެހެން ގޯޅި އަކަށް އެޅިއެވެ. ރާކިންއަށް އެހާ ހިސާބަށް އާދެވުނު އިރު އެމީހާގެ ފެންނާކަށް ނެތެވެ. އެގޯޅީގެ ވަކި ހިސާބަކަށް ގޮސްފައި ރާކިން ހުއްޓެލިއެވެ. ދެތިން ނޭވާ މީހާ ހަމަޖެހުމައްޓަކައި ބޭރުކޮށްލިއެވެ. “ކޮބާ..” ފަހުދުގެ އަޑު އިވުމުން ރާކިން ބަލާލިއެވެ. “ނޭނގެ.. މިތަނުން ކޮންމެވެސް ތަނަކަށް ވަދެއްޖެ..” ރާކިން ބުނެލިއެވެ. ނަމަވެސް ދެމީހުން އޭނަ ހޯދާކަށް މަޑެއް ނުކުރިއެވެ. ދުވެފައި އަނެއްކާވެސް ދިޔައީ ނަދީމްގެ ގެއަށެވެ. އޭރު ނަދީމް ޖިންސެއް ލައިގެން ސޯފައި އިށީދެލައިގެން އިނެވެ. އޭރުވެސް ކޮޑުގައި އައިސްކިއުން ފޮތިގަނޑު ޖައްސާލައިގެން އިނެވެ. “ކޮބާ” ދެމީހުން ވަދެގެން އަންނަ ތަން ފެނުމުން ނަދީމް އަހާލިއެވެ. ރާކިން ދެފަރާތަށް ބޯ ހޫރާލީ އެކަމެއްނުވިއޭ ބުނާ ގޮތަށެވެ. “ދައްކަބަލަ” ފަހުދު އައިސް ނަދީމް އަތުން އެ ފޮތިގަނޑު އަތުލަމުން ބުނެލިއެވެ. “އަސްލުވެސް.. ޑޮކްއަށް ދައްކަން ޖެހޭނެ.. ހިގާދާން.. ” އެތަނަށް އަރާފައިވާ ނޫކުލަ ފެނުމުން ފަހުދު ބުނެލިއެވެ. “ކޮޑުހުޅުގަވެސް ރިއްސާ އެބަ” ނަދީމް ރުޅިވެރިކަމާއި އެކު ރާކިންއަށް ބަލާލަމުން ބުނެލިއެވެ. “އޯކޭ.. ރެޑީވޭ.. އަހަރެން ނަދީމް ޑޮކްއަށް ދެއްކުމުގެ ހުރިހާ ހަރަދެއް ކޮށްފާނަން” ރާކިން ބުނެލިއެވެ.

ރާއިދު އޭނަގެ ސައިކަލުގެ ސްޕީޑް ބާރު ކޮށްލިއެވެ. ވީހާވެސް އަވަހަށް އައި.ޖީ.އެމް.އެޗް އަށް ދިއުމަށެވެ. ފަހުދު ގުޅާފައި ނަދީމް ގޮވައިގެން ހޮސްޕިޓަލްއަށް ދިޔަ ވާހަކަ ބުނީ ރާއިދު އެމީހުންގެ އިންތިޒާރުގައި އާހިލްގެ ގޭގައި އިންދައެވެ. އިތުރު ތަފްސީލްއެއް ނުދީ ފަހުދު ފޯނު ބޭއްވުމާއި އެކު ރާއިދުގެ ހިތުގައި އުތުރިގަތީ އެންމެ ނުބައި ހިޔާލެވެ. އެހެންކަމުން ބާރު ސްޕީޑެއްގައި ގޮސް ހޮސްޕިޓަލް ކައިރީގައި ސައިކަލު މަޑުކޮށްލިއެވެ.އަދި ބާރު ހިގުމެއްގައި އައިސް އެމެޖެންސީއަށް ވަނެވެ. އެވަގުތު ތަންކޮޅެއް ދުރުގައި ހުރި ފަހުދު ރާއިދުއަށް ފެނުނެވެ. “ކިހިނެއްވީ” ހާސްކަމާއި އެކު ރާއިދު ސުވާލު ކުރީ ފަހުދުއާއި ކައިރިވެލަމުންނެވެ. އެވަގުތު އެނދުމަތީގައި އިށީދެގެން އިން ނަދީމް ރާއިދުއަށް ފެނުނެވެ. “އާ ޔޫ އޯކޭ.. ވަޓް ހެޕެން” ރާއިދު ނަދީމް ކައިރިއަށް ޖެހިލަމުން އަހާލިއެވެ. ނަދީމް ބަލާލީ ފަހުދު އާއި ދިމާލަށެވެ. އެވަގުތު އެތަނަށް ރާކިން އައިސް ހުއްޓުނެވެ. “ޑޮކް ބުނަނީ ތިތަނަށް ވެފައި ހުރި ގޮތުން އެކްސް.ރޭ އެއް ނަގައިގެންނޭ އެއްޗެކޭ ބުނެވޭނީ.. ” އެހެން ބުނެލުމައްފަހު ރާކިން ކުޑަކޮށް އެމީހުންނާއި ކައިރިވެލިއެވެ. “ޑޮކް ބުނީ ޕޮލިސްއަށް އިންފޯމް ކުރަން ޖެހޭނެއޯ ތިކަހަލަ މައްސަލައެއްވީމަ” ވައި އަޑަކުން ތިންމީހުނަށް އެކަނި އަޑުއިވޭގޮތައް ރާކިން ބުނެލިއެވެ. އަދި ހިނިގަނޑެއް ޖަހާލިއެވެ. ނަދީމް ދެލޯ އަޅާލިއެވެ. ފަހުދު ދެފަރާތައްބޯ ހުރާލީއެވެ. “އަދިވެސް މަށަށް ވެގެން އުޅޭ ގޮތެއް ބުނެއެއް ނުދެމެންނުން.. ކިހިނެއްވީތަ.. ކޮންތަނެއްތަ އެކްސް.ރޭ ނަަގަންޖެހުނީ” ރާއިދު ރުޅިވެރިކަމާއި އެކު އަހާލިއެވެ.

“ޑޮކް އެހެން ބުނީމަ ރާކިން ކީކޭ ބުނީ” ނަދީމް ރާއިދުގެ ސުވާލަށް އެއްވެސް ޖަވާބެއް ނުދީ އަނެއްކާވެސް ރާކިން އާއި ސުވާލު ކޮށްލިއެވެ. “އަހަރެން އަހަރެންގެ ބެޖް ދައްކާލީ.. ޑޮކް މައިތިރި ވެއްޖެ ވަގުތުން” ރާކިން ބޮޑާ ގޮތަކަށް ބުނެލިއެވެ. “ކިހިނެއް ވީތަ އަޅެ” ރާއިދު މިފަހަރު ތަންކޮޅެއް ބާރަށް ބުނެލިއެވެ. “ޕްލީޒް.. ރާއިދު.. ދިސް އިޒް ނޮޓް ޔުއަރ އޮފީސް.. މިއީ ހޮސްޕިޓަލްއެއް… ނަދީމް ބުނެދީބަލަ ސަރ އަށް ވީ ގޮތް” ރާކިން އަނގަޔަށް ގޮތެއް ހަދާލަމުން ބުނެލިއެވެ. ނަދީމް އޭނަގެ ފުރަގަސް ރާއިދުއަށް ދައްކާލިއެވެ. އޭރު ކޮޑުން ފެށިގެން ބޮޑުބައެއްވަނީ ނޫފައިގަންފައެވެ. “ކިހިނެއްވީ” ހާސްކަމައި އެކު ރާއިދު އެހިއެވެ. “ފަހުދު ކިޔައިދީބަލަ” ނަދީމް ހިތްހަމަނުޖެހުމުގެ ރާގެއްގައި ބުނެލިއެވެ. “މާބޮޑުކަމެއްނުވޭސަރ.. ކިލާރ ކަމަށް ހީކޮށް ރާކިން ނަދީމްގެ..” އެހާ ހިސާބަށް ބުނެފައި ފަހުދު ހުއްޓާލިއެވެ. “ރާކިން” ރާއިދު އަކުރުތަކަށް ބާރު ލަމުން ކިޔާލިއެވެ. ރާކިން ދެކޮޑު އަރުވާލިއެވެ. “ކޮބާތަ އާހިލް” އާހިލް ފެންނަން ނެތުމުން ރާކިން އަހާލިއެވެ. “ނޭނގެ.. އަހަރެން އެގެއެއް ނެގެސްފައި އޭނަ ކޮންމެވެސް ތާކަށް ދިޔައީ.. އަންނަނީއޭ ބުނެފައި.. އަދި ނާދޭ..” އެހެން ބުނުމާއި އެކު ރާކިން އާހިލްގެ ފޯނަށް ގުޅާލިއެވެ. ނަމަވެސް ފޯނެއް ނުނެގިއެވެ.

ނަދީމް އެކްސް.ރޭ ނަގަން ގެންދިޔައީ އޭގެ ފަނަރަ ވަރަކަށް މިނެޓް ފަހުންނެވެ. ފަހުދު ގޮޑިބަރީގައި އިށީދެލައިން ފޯނާ ކުޅެން އިންއިރު ރާކިން ހުރީ ތަންކޮޅެއް ދުރުގައި ހުއްޓިލައިގެން ފޯނުން ކަމެއް ކުރާށެވެ. “ހިތްހަމަޖެހިއްެޖަތަ” ރާކިން އިސްއުފުލާ ބަލާލީ ރާއިދުގެ އަޑު އިވުމުންނެވެ. “ކޮންކަމަކާ” ހިނިތުންވުމެއް ރައްދުކޮށްލަމުން ރާކިން އަހާލިއެވެ. “ނަދީމްގެ..” ރާއިދު ބުނެލިއެވެ. “ލުކް.. އެއީ އަހަރެން ގަސްދުގަ ކުރި ކަމެއްނޫން އިގޭ” ރާކިން ރާއިދުގެ މޫނަށް ބަލާލަމުން ބުނެލިއެވެ. “ދެން.. ވައި ޑޫ އައި ގެޓް ދަ ފީލިން ދެޓް.. އެއީ ރާކިން ގަސްދުގަ ކުރި ކަމެކޭ” ރާއިދު އަހާލިއެވެ. “އެއީ ރާއިދުއަކީ އަހަރެންގެ ކަމެއް ވެއްޖެއްޔާ އެންމެ ނުބައިކޮށް ވިސްނާ މީހެއްވީމަ” ރާކިން ބުނެލިއެވެ.

“އަނެއްކާ އެދެމީހުން އެކުވެރިވީތަ” ފަހުދު އިސްއުފުލާ ބަލާލީ ނަދީމްގެ އަޑު އިވުމުންނެވެ. ނަދީމް އެއްއަތުން އަނެއް އަތުގައި ހިފަހައްޓާލައިގެން ހުރީ ކޮޑަށް ވަމުން ދިޔަ ތަދު ކުޑަކޮށްލުމުގެ ގޮތުންނެވެ. “ނޭގެ.. އެމީހުންގެ ވާހަކަ ދައްކާކަށް” ފަހުދު ތެދުވަމުން ބުނެލިއެވެ. ރާކިންއާއި ރާއިދު އެމީހުން ކައިރިއަށް ހުއްޓުނީ އެވަގުތުއެވެ. “އަހަރެން އަދި ސުވާލެއް ކުރަން ބޭނުންވޭ ރާކިން ކައިރީގައި.. ކީއްވެތަ އަހަރެންގެ ގެއަށް ދިޔައީ.. ކިހިނެއްވެތަ ތި މީހުން ހީކުރީ އެމީހާ އަންނަނީ މަށާއި ދިމާލަށޭ” ރާކިން ހުއްޓުމުން ނަދީމް އަހާލިއެވެ. “އަހަރެން ބެލީ އަހަރެންގެ ކޮމްޕިއުޓަރ ހެކް ކުރީ ކޮން ސިސްޓަމްއަކުންތޯ.. ބެލި އިރު ނަދީމްގެ ސިސްޓަމްއިން އެކަން ކޮށްފަ އިންކަމަށް ދައްކަނީ.. އެންޑް އަހަރެންނަށް ކުޑަކޮށް ވިސްނާލެވުނީ.. އޭނަ ފަހުދުގެ ފޯނުން މީޑީއަރ އަށް ގުޅައިގެން ފަހުދުގެ ބޮލުގައި ބްލޭމް އެޅުވީ.. އެންޑް ދެން އޭނަ އެޓޭކް ކުރީ ފަހުދުގެ ކޮއްކޮއަށް.. އަހަރެން ވިސްނާލީމަ އަހަރެންގެ ގަޓް ބުނީ ނަދީމްއަށޭ ދެން އޭނަ އެޓޭކް ދޭނީ” ރާކިން ވާހަކަ ދެއްކިއެވެ. “ޔާ އަހަރެންނަށް އެޓޭކް ލިބިއްޖެ” ނަދީމް ބުނެލިއެވެ. ރާކިންއާއި ފަހުދު ހީގަތެވެ.

އެމީހުންނަށް ހޮސްޕިޓަލްއިން ނިކުމެވުން އިރު ރޭގަނޑު ދިހައެއް ޖަހައިފިއެވެ. އެކްސް.ރޭ ނަތީޖާ ލިބުނު އިރު ނަސީބަކުން ނަދީމްގެ ކޮޑުގެ ކަށިގަނޑަކަށް ގެއްލުން ލިބިފައެއް ނެތެވެ. އެހެންކަމުން ޑޮކްޓަރ ދެތިން ބޭހެއް ލިޔެދީގައި ގެއަށް ފޮނުވާލީއެވެ. ރާކިންއާއި ރާއިދުއާއި ފަހުދު އައީ ނަދީމްގެ ގެއަށެވެ. އެމީހުން އެތަނުގައި އެރޭގައި މަޑު ކުރަން ނިންމިއެވެ. އެކި ވާހަކަ ތައް ދައްކަމުން ދިޔައިރު އެއީ މީގެ ކުރިން މައްސަލަތަކެއް ޖެހިފައިވާ ބައެއްކަން ހާމަވެގެންނެއް ނުދެއެވެ. ހީ ސަމާސާ ކުރަމުން ދިޔަ ގޮތުން އެއީ ނުގުޑާވަރުގެ އެކުވެރިކަމެއް އޮތްބައޭ އެމަންޒަރު ފެންނަ ކޮންމެ މީހެއްގެ ހިތައްވެސް އަރާނެއެވެ. އެހެންކަމުން އެމަންޒަރުތައް ބަލަން ދުރުގައި ހުރި ގަހާއި ނިވާވެގެން ހުރި މީހާ ދަތްކުޑި ވިކާލިއެވެ. މުއްމަޅާ ބާރުކޮށްލީ އެކުވެރިކަން ނައްތާލާނެ ގޮތަކާއި މެދު ވިސްނަމުންނެވެ. އެމީހާ ބޭނުންވީ ވަކިވަކިން ގޮސް އެތާ ތިބި އެންމެން ހޭއަރުވާލާށެވެ. ކޮންމެ މީހަކުވެސް ހިތުން ނުފިލާކަހަލަ އަނިޔާއެއް ކޮންމެ މީހަކަށްވެސް ދޭށެވެ. އެމީހާ ވަކިވަކިން ކޮންމެ މީހަކަށް ބަލާލިއެވެ. ނަދީމް މިރޭ ސަލާމަތްވީ ރާކިންގެ ސަބަބުންނެވެ. ފަހުދުގެ މޫނުމަތީގައިވާ ފަޑު ހިނިތުންވުމުގެ ސަބަބުން އަދިވެސް ފަހުދުއަށް ދެވުނު އަނިޔާ ކުޑައޭ އެމީހާ ހިތައް އަރަމުން ދިޔައެވެ. ރާއިދު އާއި ރާކިންއަކީ، އެމީހުންނަށް ކިތައްމެ އަނިޔާއެއް ދިނަސް ހިތްނުފުރޭ ވަރުގެ ދެމީހުންނެވެ. އެމީހާ ގަހާއި މަޑުމަޑުން ދުރައް ޖެހިލިއެވެ. އަދި ލައިގެން ހުރި ކަޅު ޖެކެޓް ޖީބުން ތޮތްޕެއް ނަގާ ބޮލުގައި އަޅާލިއެވެ. އަދި ޖެކެޓްގެ ދެފަރާތުގައި އިން ޖީބަށް އަތް ޖަހާލަމުން ކުރިއަށް ހިގައިގަތެވެ. އޭރު އެމޫނު މަތީގައި ވަނީ ނުލަފާ ހިނިތުންވުމެކެވެ.

ފަހުދު ދިޔަ ގޮތައް ދޮރު ހުޅުވާލީ ބެލް ޖަހަން ފެށުމުންނެވެ. އާހިލް ބޭރުގައި ހުއްޓިލައިގެން ހުއްޓެވެ. “އާދެވިއްޖެތަ” އާހިލް ފެނުމާއި އެކު ފަހުދު ބުނެލިއެވެ. “ސޮރީ ސަރ.. އަޅުގަނޑު ކުޑަކޮށް ލަސްވީ” އެތެރެއަށް ވަންނަމުން އާހިލް ބުނެލިއެވެ. “ސަރ.. މިތަނުވެސް އާހިލް ތިހެންތަ ކިޔަންވީ.. މިއީ އޮފީހެއް ނޫން.. ސަރ ކިޔާނެ ކަމެއްނެތް” ފަހުދު ބުނެލިއެވެ. އާހިލް އެތަނުގައި ތިބި އެންމެންނަށް ބަލާލިއެވެ. ކޮންމެ މީހެއްގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ އުފާވެރިކަމެވެ. “ކޮބާ އާހިލްއަށް އާދެވިއްޖެދޯ” ހިނިތުންވުމެއް ރައްދު ކޮށްލަމުން ބޮމުން ގެންދިޔަ ކޯކުތަށި މޭޒުމަތީގައި ބަހައްޓަމުން ރާއިދު ބުނެލިއެވެ. “ހާދަ ހާސްވެފަ އާހިލް.. ކޮންތާކަށް ވަދެ އޮވެފަތަ ތި އައީ.. މުޅި މީހާ ދާހިއްލާ ފޯވެ” އާހިލް އައިސް ކައިރީގައި ހުއްޓުމުން ރާކިން އާހިލްއާއި ދިމާލަށް ބަލާލަމުން އަހާލިއެވެ. “ހާސްވާނެ ދޯ.. އެވަރަކަށް ނޫންވިއްޔަ ގުޅާފަ އޮތީ.. އަޅުގަނޑު ހީކުރީ ބޮޑުކަމެއް ވީކަމަށް.. އަނެއްކާ ކިލާ އެޓޭކް ދިނީކަމަށް.. ގެއިން ރާކިން ސަރ ނިކުތީ ހާސްވެގެން ހުރެ.. ނަދީމްސަރ އަތަށް ކިހިނެއްވީ” އަތާއި ކަރާއި އެކު އައްސާފައިވާ ފޮތިގަނޑު ފެނުމުން އާހިލް ނަދީމްއާއި ސުވާލު ކުރިއެވެ. އެވަގުތު އެންމެން ހޭންފެށިއެވެ. އަދި އެވާހަކަ ކިޔައިދިނެވެ. “އެކަމަކު ވާ ރާކިންސަރ” އާހިލްއަށް ބުނެވުނެވެ.

ގަޑިތައް ދިޔަ ގޮތެއްވެސް ނޭނގުނެވެ. އެކި ވާހަކައިގައި ތިބެގެން އެކި މީހުންނާއި ދިމާކުރަމުން ދިޔައިރު ކުރިން އެމީހުންގެ ކޮންމެ މީހެއްގެ ހިތުގައި އުފެދިފައިވާ ބިރުވެރިކަންވެސް ނެތް ކަހަލައެވެ. ކުއްލިއަކަށް ރާއިދުގެ ފޯނު ރިންގް ވާން ފެށިއެވެ. އެންމެންގެ ސަމާލުކަން ދެވުނީ ރާއިދު ވާހަކަ ދެއްކި ގޮތުންނެވެ. “ހަލޯ… އަނެއްކާ.. އަސްލުތަ… ޔާ މިދަނީ އަހަރުމެން.. ނޫން އޮފީހަށް.. އާ އޯކޭ” އެހެން ބުނުމަށްފަހު ރާއިދު ފޯނު ބޭއްވިއެވެ. “މިރޭވެސްތަ” ރާކިންއަށް ރާއިދުގެ އަޑު ތަފާތުވިކަން ފާހަގަ ކުރެވުނެވެ. “ހޫމް.. އެކަމަކު މިރޭ ޤާތިލް އަތުލައިގަނެވިއްޖެ” މޫނުމަތިން ފެންނަމުން ދިޔަ ހިނިތުންވުމަށްވުރެއް ބޮޑު ހިނިތުންވުމެއް އެންމެންނަށް ރައްދު ކޮށްލަމުން ރާއިދު ބުނެލިއެވެ. “އަސްލުތަ.. ތި އޮތީވެފަ.. ކާކު.. އެމީހަކު ހޭއަރުވާލަން ޖެހޭނެ” ފޯރިއާއި އެކު ނަދީމް ބުނެލިއެވެ. “އަހަރެން ބޭނުން އެމީހަކު ބަލާލަން.. ސުވާލު ކުރަން.. ކީއްވެތޯ އެހެން ހެދީ..” ފަހުދު އަޑު މަޑުކޮށްލަމުން ބުނެލިއެވެ. “އަދި ކާކުކަމެއް ނޭނގެ.. ދިޔައީމަ އެގޭނީ.. ފަހުދު ހާސްނުވޭ.. އަހަރުމެން ހުރިހާ ސުވާލެއްގެ ޖަވާބު ހޯދާނަން.. ހިގާ ދަމާ އެހެންވީމަ..” ރާއިދު އަވަސްކަމާއި އެކު ތެދުވިއެވެ. “އޯހް ހޯ… ރިމެމްބަރ.. ވީ އާރ ސަސްޕެންޑެޑް” ފަހުދު އާއި ދިމާލަށް އިނގިލި ދިއްކޮށްލަމުން ރާކިން ބުނެލިއެވެ. “ސަސްޕެންޑް ކުރިޔަސް އޮފީހަށް އަހަރެން ހުއްދަ ދިނީމަ ވަދެވޭނެއެއްނުން.. އެހެންނޫނަސް.. މިރޭ ހިގާ ދެމީހުން.. އަނެއްކާ މާދަން ސަސްޕެންޑް ކުރާނީ” ރާކިންއަށް އެއްލޯ މަރާލަމުން ރާއިދު ބުނެލިއެވެ. އެންމެން އެކުގައި ބޭރަށް ނިކުތެވެ. ނަދީމްވެސް ބޭނުންވީ އޮފީހަށް ދާށެވެ. އެހެންކަމުން ފަހުދު އާއި އެކު ނަދީމް ސައިކަލުގައި ނައްޓާލިއެވެ.

އޮފީހަށް ވަދެވުމާއި އެކު އެންމެންވެސް މިސްރާބު ޖެހީ ޤާޠިލް ބަލާލުމަށްޓަކާއި އެދިމާލަށް ދިއުމަށެވެ. އޭނަ ބަހައްޓާފައި ހުރީ ސެލްއެއްގައެވެ. އެހެން ސެލްއަކުން އެސެލްގެ އެތެރެ ފެނޭގޮތައް ބިއްލޫރިގަނޑެއް ޖަހާފައި ހުރި އިރު ސެލްގައި އިންނަ މީހާއަށް އެތަނުގައި ތިބޭ މީހުންނެއް ނޭނގޭނެއެވެ. އާހިލްއާއި ރާކިންއާއި ރާއިދުއާއި ފަހުދު އަދި ނަދީމް އައިސް އެރޫމް ތެރެއަށް ވަނެވެ. އަދި ސެލްއާއި ދިމާލަށް ބަލާލިއެވެ. ދެގޮޑި އެސެލްގައި ބަހައްޓާފައި ހުރި އިރު މޭޒެއް ދެގޮޑީގައި މެދުގައި ބެހެއްޓިފައި ހުއްޓެވެ. ފަސްމީހުންނަށް އެތަނުގައި އިން މީހާ ފެނުމުން ހުއްޓުން އެރިއެވެ. ރާއިދުގެ ދެލޯ ބޮޑުވެ ރާކިންއާއި ދިމާލަށް ބަލާލެވުނެވެ. ފަހުދުއާއި އާހިލްއަށް ބަލާލެވުނީ ނަދީމްއާއި ދިމާލަށެވެ. “ޔޫ ގޮޓް ޓު ބީ ކިޑިން މީ” ނަދީމް ބުނެލި އަޑު އިވުނެވެ. އެތަނުގައި އިސްޖަހާލައިގެން ލެޔާއި ތަތް ތެޅިފައި އިނީ މާއިންނެވެ. ދެއަތް ކުރިމައްޗަށް ވާ ގޮތައް ބިޑި އަޅުވާފައިވާ އިރު އިސްތަށިގަނޑު ވަނީ ކޮންމެވެސް ވަރަކަށް ދޫކޮށްލެވިފައެވެ. އެހެންކަމުން އިސްޖަހާލައިގެން އިންގޮތުން މޫނު ވަނީ ކުޑަކޮށް ފޮރުވިފައެވެ. “އިޒް ދިސް އަ ޖޯކް” އެއްފަހަރު އެދިމާލަށް އަނެއްފަހަރު އެތަނުގައި ތިބި އެންމެންގެ މޫނަށް ވަކި ވަކިން ބަލާލަމުން ނަދީމް ހައިރާން ކަމާއި އެކު އަހާލިއެވެ. އެވަގުތު މާއިން ބަލާލިއެވެ. އެމޫނުމަތީގައިވެސް ކޮންމެވެސް ވަރަކަށް ލޭގެ އަސަރު ހުއްޓެވެ. ނަމަވެސް އޭރުވެސް މާއިންގެ ދެލޮލުން ކަރުނައިގެ އަސަރު ފާޅުވަމުން ދިޔައެވެ. ބަލާލި ގޮތުން ބުނާ ކަހަލައެވެ. “ނަދީމް ޕްލީޒް ހެލްޕް މީ” ނަދީމްއަށް މަޑުމަޑުން ބިއްލޫރިގަނޑާއި ކައިރިއަށް ޖެހިލެވުނެވެ.

ނުނިމޭ….

Share Article

Follow Me Written By

Fantasy

Level 310 Stories500 Comments100 Comments

Other Articles

Previous

ޝިކާރަ

Next

ޙަޤީޤަތް…. 01 ވަނަ ބައި..

Next
December 1, 2014

ޙަޤީޤަތް…. 01 ވަނަ ބައި..

Previews
November 28, 2014

ޝިކާރަ

20 Comments!

  1. sal says:
    November 29, 2014 at 5:56 am

    V salhi. Alhe hama maain tha?

  2. shaff says:
    November 29, 2014 at 7:36 am

    i think aahil is the killer

  3. raakin says:
    November 29, 2014 at 8:20 am

    Dhen rakin vx dhw…alhe hama maain tha….

  4. look says:
    November 29, 2014 at 9:00 am

    އެމަންޒަރުތައް ބަލަން ދުރުގައި ހުރި ގަހާއި ނިވާވެގެން ހުރި މީހާ ދަތްކުޑި ވިކާލިއެވެ. މުއްމަޅާ ބާރުކޮށްލީ އެކުވެރިކަން ނައްތާލާނެ ގޮތަކާއި މެދު ވިސްނަމުންނެވެ. އެމީހާ ބޭނުންވީ ވަކިވަކިން ގޮސް އެތާ ތިބި އެންމެން ހޭއަރުވާލާށެވެ. ކޮންމެ މީހަކުވެސް ހިތުން ނުފިލާކަހަލަ އަނިޔާއެއް ކޮންމެ މީހަކަށްވެސް ދޭށެވެ. އެމީހާ ވަކިވަކިން ކޮންމެ މީހަކަށް ބަލާލިއެވެ.

    ކީކޭތަ މިބުނީ، އެގެ ހުންނަނީ އެއްކޮށް ބިއްލޫރި ޖަހާފަތަ؟
    ވަރަށް ރީތި މިވާހަކަ މާއިން ހެނެއް ހިޔެއްނުވޭ. ހީވަނީ އާހިލް ކުރާކަމަެއްހެން. ދެން ކޮން ދުވަހަކުން އަނެއްބައި ގެނެސްދެނީ…………

  5. aii says:
    November 29, 2014 at 9:02 am

    Interestn

  6. Shadhi says:
    November 29, 2014 at 10:06 am

    Eyna eh nun e nadheemah dhin hamala eynage gf ah aran ulhunee…

  7. faai says:
    November 29, 2014 at 10:39 am

    V v v v salhi… Faai ah hywany murderer aky aahil hen… Waiting waiting n waiting for the nxt part… Plx up soon ingey fantasy… 🙂

  8. Fantasy says:
    November 29, 2014 at 10:55 am

    thnks hurihaa kudinge lobi comment thakah… 🙂
    look aslu kurin innane egeygai window eh huri vaahaka bunefa.. aslu ethanun emeehaa balan hury igey 🙂
    faai iraadha kureviyya avahavh up koh dheveytho try kuraanan igey 🙂

  9. faai says:
    November 29, 2014 at 11:13 am

    Bt maain ah vx wedhaane dhw.. Eyna work kurany leb ga wiyya.. Egothah falhan ingeyne ehnu.. Dhen neynge.. Mi story raawaafa in goii molhy eyy hama buneweyny.. Its an amazing story.. I luv it… 🙂

  10. faai says:
    November 29, 2014 at 11:14 am

    Thnkx fantasy… 🙂

  11. sum 1 says:
    November 29, 2014 at 1:08 pm

    This is kwl… maain eh nun gaathilaky… thats aahil i guess… vrh vahtharu aahil hen… dhen engidhaanetha kuriah oe bai thah kiyaaleema… vrh suspnc bodu… Keep up da good wok fantasy.. nd waitin fr da nxt part. 😉 😉

  12. nash says:
    November 29, 2014 at 10:16 pm

    oh my!!!! asluves v unbelievable!!!nxt part varah kiyaalaa hithun mihiry…..vvv avaha up kohlachey…….this is amazing!!!!!:P

  13. nash says:
    November 29, 2014 at 10:35 pm

    Vvvvvv.salhi !!!!alhe nxt part vvvvv avahah update kolachey ingey…..vahah kiyaalaa hithun mihiry…..
    mee hama fantasy ge amilla hiyaala liyaa vaahaka eh tha?????bcux mi vaahakaiga mihiry varah thafaathu idea thakeh…..anyway vaahaka varah reethi….:p

  14. nash says:
    November 29, 2014 at 10:55 pm

    mee fantasy ge amilla hayaalah liyaa vaahaka eh tha????bcux vahaakaige idea varah thafaathu…..
    anyway vaahaka Vvvv reethi….varah avahah update kohlachey…….

  15. thaath says:
    November 30, 2014 at 1:19 am

    aalheyyyyy…aahil eoh cute golaa… nuvaane aahil akhh.. this story is becmin interesting part by part…eagerly waiting for the nct part..may the killer be reveald soon…just make him NOT Ahil

  16. ލިލީ says:
    November 30, 2014 at 11:15 am

    މާއިންކަން ކުރިންވެސް އެނގުން މީހުނަތައް ފަޅާފަ ހުނަނަނީ ވަރަށްް ޕްރޮފެޝަނަލް މީހެއް…. މާއިން އުޅެނީ ލެބްގަ

  17. Fantasy says:
    December 1, 2014 at 8:13 am

    hurihaa kudinge ‘lobi’ comment thakah v bodah shukuriyya 🙂

  18. nash says:
    December 1, 2014 at 2:51 pm

    Vv reethi vaahaka….nxt part avahah update kolachey…..

  19. Shadhi says:
    December 1, 2014 at 6:47 pm

    Vaahaka up vetho bala bala meenee..

  20. Faxoo says:
    January 13, 2016 at 5:24 pm

    woww neynge bunaane eccheh vx 😉 its an amazing story! dhen Maain tha Killer aky? thats awful!

Comments are closed.


All Right Reserved!