އެންމެފަހުން އިންތިޒާރު ނިމޭވަގުތު އައިސް ޖެހިއްޖެއެވެ. ފޯނު ރިންގުވަން ފެށުމާއެކު އަހަރެން ދިޔައީ ސިއްސައިގެންނެވެ. ހަމަޖެހިލެވޭތޯ މަސައްކަތް ކުރަމުން ފޯނުނެގީމެވެ. ” ހެޕީ ބާތު ޑޭ!” ދުޚާން ބުނިއެއްޗަކުން އަހަރެން ހުއްޓުން އެރިއެވެ. ” ކޯންޗެކޭ؟” އަހަރެން ރިޝްދެކެ ވަރަށް ލޯބިވޭ ކޮބާއެއްޔެވެ؟ “ހެޕީ…ބާތު ޑޭ!” ލަސްލަހުން ދުޚާން ބުންޏެވެ. ރީތިވާ މޭޒުމަތީ ހުރި ކަލަންޑަރު ބަލާލީމެވެ. ދެން ގަޑި ބަލާލީމެވެ. ބާރަޖަހައި ފަސްމިނެޓެވެ. ރަނގަޅެވެ. އަހަރެންގެ ވިހިވަނަ އުފަންދުވަހެވެ. ” ޝުކުރިއްޔާ!” ހިތާމަވެރިކަން އަހަރެންގެ އަޑުން […]
ފުރާވަގުތު ކައިރިވަމުން ދިޔަވަރަކަށް އަހަރެންގެ ހިތަށް ނޭނގޭ އަސަރުތަކެއް ވެރިވަމުން ދިޔައެވެ. އަހަރެންގެ ދަތުރު އެރެހައްޓަން އައިސްތިބި އަހަރެންގެ ހަމައެކަނި ދެރަހުމަތްތެރިން ތިބީ ތަންކޮޅެއް ދުރުގައި ހުރި ގަހެއްގެ ހިޔަލުގެ ދަށުގައެވެ. އަހަރެން ފުރަން އޮތް ދޯނި އޮތީ އަހަރެން ނާރައިގެން ނުފުރިފަހެން ހީވެއެވެ. މެންދުރުގެ ދިލަހޫނު އަވީގައި ދޯންޏާ ދިމާއަށް މަޑުމަޑުން ހިނގަމުން ދިޔައީމެވެ. އަހަރެންގެ ފޮށި ބަރުކަމަކުން ނޫނެވެ. އެހެނީ ފޮށީގައި އޮތީ އަހަރެންގެ ދެތިން ހެދުމަކާ ރީތިވާ ސާމާނު ކޮޅެކެވެ. ކުއްލިއަކަށް ކުރިމަށްޗަށް […]