Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ޤާޠިލް .. 7 ވަނަ ބައި..

Fantasy Level 310 Stories500 Comments100 Comments
November 22, 2014 10 Mins Read
18 Comments

“އަހަރެން ސަސްޕެކްޓްއެކޭ.. ބަލަ އަހަރެންނަކީ ރާއިދުގެ..” ސުނާ އެހާ ހިސާބަށް ބުނުމާއި އެކު ރާކިން ސުނާގެ އަތުގައި ހިފާލިއެވެ. އެވަގުތު ސުނާގެ ލޮލުން ކަރުނަތައް ކޯތާފަތުގައި ބޮސްދިނެވެ. “ރާކިން ޕްލީޒް.. ބުނެބަލަ އޭނަ މޮޔައޭ.. އަހަރެން ކީއްކުރަން.. ކީއްވެ.. އަހަރެން” ސުނާއަށް އިތުރަށް ވާހަކަ އެއް ނުދެއްކުނެވެ. ރާކިންގެ ކޮޑުމަތީގައި ބޯއަޅާލީ ހިތައް ލިބުނު ތަދު ކުޑަކުރުމުގެ ބޭނުމުގައެވެ. ރާކިން އެވަގުތު ރާއިދުއާއި ދިމާލަށް ބަލާލިއެވެ. އެދެލޮލުގައި ވާ ރުޅިވެރިކަމުން ހީވަނީ ރާއިދުވެސް ފިއްސާލަފާނެހެންނެވެ. ރާއިދު ކުޑަ ހިނިތުންވުމެއް ރައްދުކޮށްލަމުން އެތަނުން ނިކުންނަށް ހިގައިގަތެވެ.

ދަންވަރުގެ ވަގުތު..

ނަދީމް އޭނަގެ އެނދުގައި ދެފާރާތައް ފުރޮޅި ފުރޮޅި އޮންނަތާ ކޮން އިރެއް ހެއްޔެވެ. މިރޭ މާއިންއާއި ބައްދަލެއް ނުކުރެވުނެވެ. ގުޅާގުޅާ ފޯނުވެސް ނެގީއެއްނޫނެކެވެ. މެންދުރުގެ ވަގުތުގައި ވަރަށް އަސަރުގަދަ މެސެޖްއެއް ފޮނުވިއެވެ. އޭގެ ފަހުން މާއިންގެ ހަބަރެއް ނުވިއެވެ. ނަދީމްއަށް އެގެއަށް ދާކަށް ނުކެރުނެވެ. އެއީ މާއިން މަނާ ކޮށްފަ އޮންނަ ކަމެކެވެ. އެންމެ ކައިރިއަށް ދިޔަޔަސް ދެވޭނީ ގޯޅިގަނޑު ތެރެއަށެވެ. މިރޭވެސް ނަދީމް އެތަނުގައި އެތެއް އިރެއް ވަންދެން އިނެވެ. އިރުކޮޅެއްފަހުން ނަދީމްގެ ފޯނު ރިންގުވާން ފެށިއެވެ. ފޯނުގެ ޑިސްޕްލޭއަށް ބަލާލަމުން ފޯނު ނެގިއެވެ. “ހަލޯ.. އާ އޯކޭ” އެކޮޅުން އެމީހާ ބުނެލި އެއްޗަކުން ކުއްލިއަކަށް ނަދީމް އެނދުން ތެދުވިއެވެ. އަދި އަވަސްއަވަހަށް ފާހަނައަށް ވަދެ ރެޑިވެލިއެވެ.

ވެސްޓަން ޕާކް..

ފުލުހުންގެ ރީދޫކުލައިގެ ޓޭޕްވަނީ ދެފަރާތުން ދަމާފައެވެ. އެއްވެފައިވާ މީހުން ދުރުކުރަމުން ނަދީމް އެތެރެއަށް ވަނެވެ. “އަނެއްކާވެސް” އާހިލް ފެނުމާއި އެކު ނަދީމް އަހާލިއެވެ. “އެހެންބުނީ.. އަޅުގަނޑުވެސް ދެންމެ މިއައީ.. ރާއިދުސަރއަށް ހަބަރެއްކޮށްލިންތޯ” އާހިލް ނަދީމްގެ މޫނަށް ބަލާލަމުން އަހާލިއެވެ. “ޔާ.. ބުނި މިތަނުގައޭ.. ރާކިން އަށްވެސް މެސެޖް ދީފިން” އަތައް ރަބަރު އަންގި ލައްވަމުން ނަދީމް ބުނެލިއެވެ. ޕޮލިހުން އެތަނުގައި ހަރަކާތްތެރިވަމުން ދިޔައެވެ. “ތިތަނުގަ މަޑު ކުރޭ” ދެމީންގެ ފިޔަވަޅުތަކަށް ހުއްޓުން އެރީ ރާއިދު އަޑު އިވުމުންނެވެ. “އެތަން ބަލަން ކޮންމެހެން ދާނެ ކަމެއްނެތް.. ބަލައިގެން ކުރެވޭނެ ކަމެއް ނެތް.. ” ރާއިދުގެ މޫނުމަތިން ފެންނަމުން ދިޔައީ ބިރުވެރިކަމެވެ. އާހިލްއާއި ނަދީމް ހައިރާންވިއެވެ. “އަހަރެން ބުނެފިން އެތަނުގެ” އެހާ ހިސާބަށް ރާއިދު އަށް ބުނެވުމާއި އެކު ނަދީމް ހިގައިގަތެވެ. “ނަދީމް” ރާއިދު އަޑަށް ބާރު ލަމުން ގޮވާލިއެވެ. ނަމަވެސް ނަދީމްއަށް އަޑު އިވުނު ހެނެއް ހިޔެއް ނުވިއެވެ. ދެޕޮލިހެއް އިށީދެލައިގެން އަދި އތުރު ތިންޕޮލިހެއް ހުއްޓިލައިގެން ހުރި ތަނަށް ނަދީމްވެސް ގޮސް ހުއްޓިލިއެވެ. އެވަގުތު ދެލޯ ބޮޑުވެގެން ދިޔައެވެ. މީހާގެ ނޭވާތާށިވިއެވެ. ކުރިއަށް އަޅަން ހުޅުނު ފިޔަވަޅާއި އެކު ނަދީމްއަށް ހުއްޓުން އެރިއެވެ. އަނގަމަތީގައި އަތްއަޅާލެވުނީ ހޮނޑު އެތަނަށް ލެވިދާނެހެން ހީވީމައެވެ. ވަގުތުން ދުރައްޖެހިލިއެވެ. ދެއަތުން ބޮލުގައި ހިފަހައްޓާލަމުންނެވެ. މީހާ ހަމައަކަށް އެޅުމައްޓަކައި ވީހާވެސް މީހުންނާއި ދުރަށްޖެހިލިއެވެ.

“އަހަރެން ނުބުނަންތަ” ރާއިދުގެ އަޑު ފަހަތުން އިވުނެވެ. “މިދެން ކިހާ ދެރަކަމެއްތަ.. އަޅެ އެއީ އިންސާނެއްތަ” ނަދީމް އެހެން ބުނެލަމުން އަތުން ދެލޯ ފިއްތާލިއެވެ. “އާހިލް” ރާއިދު އާހިލްއަށް ގޮވާލީ އެމަންޒަރު ބަލަން އާހިލްވެސް އެތަނަށް ކައިރިވާތަން ފެނުމާއި އެކުގައެވެ. ނަމަވެސް އާހިލްއަކީވެސް ފިރިހެނެއް ވިއްޔާއެވެ. އަދި އެވެސް ޕޮލިހެކެވެ. އެހެންކަމުން ރާއިދުގެ އަޑު ނާހާ އެތަނާއި ކައިރިވެލިއެވެ. އެތަނުގައި އޮތް ކުއްޖާގެ އެތެރެހަށީގެ ހުރިހާ ގުނަވަނެއް ހުރީ ފެންނާށެވެ. ކަރުންފެށިގެން ފޫޅާއި ހިސާބަށް ފަޅާލާފައި އޮތް އިރު ފައިގެ ފަލަމަސްގަނޑުވެސް ވަނީ ކަފާލާފައެވެ. މޫނު އަންދާލާފައިވާއިރު އަތުގެ އިނގިލިތައް ބުރިކޮށްލާފައެވެ. މުޅިތަނުގައި ވަނީ ލޭގެ ސާލެއް ލެވިފައެވެ. އާހިލް ދެލޯ ބޮޑުކޮށްލަމުން ރާއިދުއާއި ދިމާލަށް ބަލާލިއެވެ. އެތަނުގައި ތިބި އެންމެންގެ މޫނުމަތިންވެސް ފެންނަމުން ދިޔައީ ބިރުވެރިކަމެވެ. “ސަރ” ރާއިދު ސިހިގެން ދިޔައީ ޕޮލިހެއްގެ އަޑު އިވުމުންނެވެ. “މިއޮތީ ބޮޑީކައިރީގައި އޮތް އެއްޗެއް” އެވިޑެންސް ބޭގް ދިއްކޮށްލަމުން އެމީހާ ބުނެލިއެވެ. ރާއިދު އޭގައި ހިފަމުން އެއަށް ބަލާލިއެވެ. އެއީ ލިޔެފައިވާ ލިޔުން ކޮޅެކެވެ. “ޑޫ ޔޫ ސްޓިލް ތިންކް ދެޓް އައި އޭމް ކަވާޑް، އެންޑް ފިޑި” އޭގައި ލިޔެފައި އިނެވެ. ރާއިދު ބޯ ހޫރާލިއެވެ. “އެހެންވީމަ މިއީ ސަރ ބުނި އެއްޗަކުން އޭނަ ކުރިކަމެއްތަ” ނަދީމް ހިތްހަމަނުޖެހިފައި ބުނެލިއެވެ. ރާއިދު ބަލާލީ އާއެކޭ ބުނެލާގޮތަށެވެ.

“މިދެން ބޮޑުވަރު” ނަދީމް ކޮންފަރެންސް ރޫމްއަށް ވަދެ ގޮޑީގައި އިށީދެލަމުން ބޮލުގައި ދެއަތުން ހިފަހައްޓާލިއެވެ. އެތަނުގައި އެމީހުން މަޑުކުރަން ބޭނުން ނުވާތީ އަވަހަށް އޮފީހަށް އައީއެވެ. އާހިލް އައީ އެތަނުގެ ޕޮލިހެއް އަތުން ކެމެރާ ހިފައިގެންނެވެ. “ނަސީބެއް މިއަދު ފަހުދު ސަރ ނެތްކަން.. ނޫންނަމަ އެތަނަށް ހޮޑުލީސް” އާހިލްވެސް އައިސް އިށީދެލަމުން ބުނެލިއެވެ. އޭނައަށްވެސް އެމަންޒަރު ނުބެލުނު ނަމައޭ ހިތައް އަރަމުން ދިޔައެވެ. ނަދީމް ފަޑު ހިނިތުންވުމެއް ރައްދުކޮށްލިއެވެ. “އަހަރެންނަށްވެސް ކިރިޔާ ހަމަ” ނަދީމް ބުނެލިއެވެ. “އަހަރުމެންގެ މަސައްކަތް ފަށަންވީ” ރާއިދު އެތެރެއަށް ވަންނަމުން ބުނެލިއެވެ. “ކޮން މަސައްކަތެއް” ނަދީމް ރާއިދުއާއި ދިމާލަށް ބަލާލަމުން އަހާލިއެވެ. “އަސްލުވެސް.. ކޮން މަސައްކަތެއް އަޅުގަނޑުމެންގެ.. އަނެއްކާވެސް އަނެއް 24 ގަޑިއިރު މިއީ ކޮން މީހެއްތޯ ބަލަންތަ… ނޫނީ އޭނަގެ ފެމެލީގައި ކިތައް ޕޮލިހުން އުޅޭތޯ ބަލަންތަ.. ނޫނީ އޭނަގެ ގުނަވަންތައްވީ ކޮންތާކުތޯ ބަލަންތަ.. އެއީތަ ސަރ ތިބުނުއްވާ މަސައްކަތަކީ.. މިއީ މިހާރު ކިތައްވަނަ ބޮޑީ.. ކިތައްވަނަ..  ފަސްވަނަ.. އެކަމަކު އަދިވެސް އަޅުގަނޑުމެން ކުރާހާ ކަމަކީ އެއީ ކާކުތޯ ބެލުމާއި އޭނަގެ ފެމެލީގެ މައުލޫމަތު ހޯދުން.. އިތުރަށް އެމަސައްކަތް ކުރާކަން ބޭނުމެއްނޫން އަޅުގަނޑެއް.. އަޅުގަނޑު ބޭނުންވަނީ މިކަން ކުރާ މީހަކު ހޯދަން.. މިކަން ކުރަނީ ކީއްވެތޯ ބަލަން” ނަދީމްގެ އަޑުގައި އެކުލެވިގެންވި މާޔޫސްކަން ރާއިދުއަށް ފާހަގަ ކުރެވުނެވެ. ކޮންމެ ގޮތެއްވިޔަސް ނަދީމް އެބުނީ ދޮގެއް ނޫންކަން ރާއިދުއަށް އެނގެއެވެ. “ކަމެއް ހޯދޭނީވެސް ހޯދަން އުޅުނީމަ.. މީސްމީހުންގެ ގެއަށްގޮސް ފާޑުފާޑު ވާހަކަ ދެއްކީމައެއްނޫން” އެންމެން ބަލާލީ ރާކިންގެ އަޑަށެވެ. ރާކިންގެ މޫނުމަތިން ފެންނަމުން ދިޔައީ ރާއިދުއަށް އިރާކޮޅުގައި ފެނުނު ރުޅިވެރިކަމުގެ އަލިފާނެވެ. ރާކިން ބާރު ހިގުމެއްގައި އެތެރެއަށް ވަދެ ރާއިދުގެ ކުރިމައްޗަށް ހުއްޓެލިއެވެ. “އަހަރެންގެ ވާހަކަ ކަނުލާ ރާއިދު އަޑުއަހާ.. އަހަރެންގެ ގެއަށް ގޮސް މީގެ ފަހުން ސުނާއާއި ދިމާލަށް އެއްޗެކޭ ބުނާ ދުވަހަކީ އަހަރެންވެސް އަހަރުމެންގެ ގުޅުން ހަނދާން ނައްތާލާނެ ދުވަސް.. އަދި ރާއިދުގެ ސަބަބުން ސުނާގެ ލޮލުން އިތުރު އެންމެ ކަރުނަތިއްކެއްވެސް ވެއްޓޭ ދުވަހަކީ އަހަރެން މި ގްރޫޕްއަށް ކީއްކުރަން މި ޕޮލިހަށްވެސް ނުވަތްނަމައޭ ރާއިދު ހިތައްއަރާނެ ދުވަސް” ވަރަށް މަޑުން ރާއިދުއަށް އެކަނި އަޑުއިވޭ ވަރަށް ރާކިން ބުނެލިއެވެ. އަދި ދުރަށް ޖެހިލިއެވެ.

“ސޮރީ.. އަހަރެންނަށް ލަހުން އާދެވުނީމަ.. ވަޓް އައި މިސް” ރާކިން މީހާ ހަމައަކަށް އަޅުވާލަމުން ނަދީމްއާއި ދިމާލަށް ބަލާލިއެވެ. ނަދީމް އެއްފަހަރު ރާއިދުއަށް އަނެއްފަހަރު ރާކިންއަށް ބަލާލަމުން ކެމެރާ ނަގާ ރާކިންއަށް ދިއްކޮށްލިއެވެ. “ބެލުމުގެ ކުރިން އިށިދެލާ ގޮޑީގައި” ނަދީމް ގޮޑި ކައިރިކޮށްލަމުން ރާކިންއަށް ބުނެލިއެވެ. ރާކިން ޝުކުރިއްޔާ އޭ ބުނެލާ ގޮތައް ހީލަމުން ގޮޑީގައި އިށީދެލިއެވެ. އަދި ފޮޓޯތައް ބަލަން ފެށިއެވެ. ފޮޓޯތައް ބަލާ ނިމުނު އިރު ރާކިން ހުރީ ކޮޅަށް ތެދުވެއެވެ. ފަހަރަކު މީހެއްގެ މޫނަށް ރާކިން ބަލާލިއެވެ. ގަބޫލު ނުކުރަފަދަ ގޮތަކަށެވެ. “މިއީ” ރާކިންއަށް ބުނެވުނެވެ. ރާއިދު ބޯޖަހާލިއެވެ. އެވަގުތު ނަދީމް ލިޔުންކޮޅު ލިޔެފައިވާ ގަނޑު ރާކިންއަށް ދައްކާލިއެވެ. “އޭނަ ހީވަނީ އަޅުގަނޑުމެންނަށް މަލާމަތް ކުރާހެން.. މީގެން ކޮންމެ އެއްޗެއް ބުނެދެނީ ތަފާތު ވާހަކައެއް” ނަދީމް ގޮޑީގައި ލެގިލަމުން ބުނެލިއެވެ. އާހިލް ލެޕް ލައްޕާލަމުން ގޮޑީގައި އިށީދެލިއެވެ. “މިވެސް މީހެއްގެ ދަރިއެއް.. ހާދަ އެހެންކަހަލަ ގޮތެއް މިފަހަރު..” ރާކިން ބުނެލިއެވެ. “ތި ބުނުއްވީ..” އާހިލް ރާކިންގެ މޫނަށް ބަލާލަމުން އަހާލިއެވެ. “މިއީ.. ރާއިދުއަށް އޭނަ ކޮށްފަ އިންކަމެއް.. އޭނަ އެބުނަނީ.. އަޅެ މޮޅިއްޔާ އަހަރެން އަތުލައިގަންނާށޭ.. އެންޑް މި ލިޔުންތައް.. މިއީ ހަތަރުވަނަ ބޮޑީއިން ފެށިގެން އަހަރުމެންނަށް ލިބެންފެށި އެއްޗެއް.. ކީއްވެ އޭނަ މިހާރު އަހަރުމެންނާއި ވާހަކަ ދައްކަންވީ.. އެންޑް ކީއްވެ އެކުއްޖާ އެގޮތައް ފަޅަންވި.. އެވެސް ހަތަރުވަނަ ބޮޑިއިން ފެށިގެން.. އެކަމަކު އޭނަގެ އެހެން އެއްވެސް ކަމެއް ބަދަލެއް ނުވޭ” ރާކިން ވިސްނަމުން އަހާލިއެވެ. “އަހަރެންނަށް އެހެން ބުނެވުނީމަ މިފަހަރު މީހަކު އެމަރުވީ.. އަހަރެން ބުނީ އޭނައަކީ ފިޑީއެކޭ.. އަހަރެން ބުނަން ނުޖެހޭ އެއްޗެއް ބުނެވުނީ..” ރާއިދު އޭނަގެ ބޮލުގައި ހިފަހައްޓާލަމުން ބުނެލިއެވެ. “ޔާ ވެލްކަމް ޓު ދަ ކްލަބް” ރާކިން އެހެން އިދެ ބުނެލިއެވެ. އަދި ކުއްލިއަކަށް ތެދުވިއެވެ. “އާހިލް  ފޮޓޯތައް އަޅުވާބަލަ ބަލަ.. ޕްރޮޖެންޓާ ކޮށް” ރާކިން އަވަސްކަމާއި އެކު ބުނެލިއެވެ. “ސަރ ޕްލީޒް.. އަޅުގަނޑަށް ތިޔަށް ބަލާނެ ހިތްވަރެއް ނެތް.. ” އާހިލް ލެޕް ހުޅުވާލަމުން ބުނެލިއެވެ. “އައި ނޯ ކިޑް.. އައި ނޯ” ފަޑު ހިނިތުންވުމެއް ރައްދުކޮށްލަމުން ރާކިން ބުނެލިއެވެ. އާހިލް ފޮޓޯތައް އަޅުވާލިއެވެ.

އެފޮޓޯތައް އެޅުވުމާއި އެކު ނަދީމް ދެލޯމަރާލިއެވެ. އާހިލް މަޑުމަޑުން އިސްޖަހާލިއެވެ. ރާކިން އެފޮޓޯތަކާއި ދިމާލަށް ބަލާލިއެވެ. “އިތުރު އެއްވެސް ކަހަލަ ތަފާތެއް ފާހަގަ ވޭތަ.” އެންމެންނަށް އަމާޒުކޮށްގެން ރާކިން އަހާލިއެވެ. ނަދީމްވެސް ނުބަލަން އިދެފައި ދެލޯ ހުޅުވަލީ ރާކިން އެހެން ބުނުމުންނެވެ. އާހިލް ލެޕްއާއި ދިމާލަށް ބަލާލިއެވެ. “މިއީ އެންމެ ފަސްމިނެޓްގެ ކަމެއްނޫން.. އޭނަ އެ މަސްގަނޑުކައިރީގައި ވަރަށް ގިނަ އިރު ހޭދަކޮށްފަ އެހުރީ.. އެންޑް ލުކް.. އެގޮތަށް ފަޅަން އެނގޭނީވެސް ހާދަ މޮޅުވީމައޭ..” ރާކިން އަތުން ތަނެއް ދައްކާލަމުން ބުނެލިއެވެ. “ރާއިދު ކީކޭ ބުނަނީ” ރާއިދު މާމަޑުން އިންނަތަން ފެނުމާއި އެކު ރާކިން އަހާލިއެވެ. ކިތައްމެ ހިތްހަމަނުޖެހުނު ކަމުގައިވިޔަސް މިކަން ރަނގަޅަށް ނިއްމާކަމަށް ވަންޏާމު ރާއިދުއާއި ރާކިން އެކީގައި މަސައްކަތް ކުރަން ޖެހެއެވެ. “އަހަރެންނާއި ހެދި ތި ކުއްޖާ މަރުވީ.. އަހަރެން އެހެން ބުނީމަ.. އޭނަ.. އަހަރެން…” ރާއިދު އިންގޮތައް އިދެ ވާހަކަ ދެއްކިއެވެ. ރާކިން ރާއިދުއާއި ދިމާލަށް ބަލާލިއެވެ. އަދި ނަދީމްއާއި އާހިލް އާއި ދިމާލަށް ބަލާލިއެވެ. “ނަދީމް އަހަރެންނަށް ވަރަށް ބިޮޑު ކަމެއް ކޮށްދެވިދާނެތަ.. އަހަރެންނަށް ބްލެކް ކޮފީއެއް ލިބިދާނެތަ” ދޮރާއި ދިމާލަށް ބަލާލަމުން ރާކިން އަހާލިއެވެ. ނަދީމްއަށް ރާކިން ބުނަން އުޅުނު އެއްޗެއް އެނގިގެންދިޔައެވެ. އެހެންކަމުން އާހިލްއާއި އެކު ބޭރަށް ނިކުތެވެ.

އެމީހުން ނިކުތުމާއި އެކު ރާކިން ރާއިދު އާއި ދިމާަލަށް ބަލާލިއެވެ. “ރާއިދު އަމިއްލަ ނަފްސު ކުށްވެރި ކުރަނީތަ” ރާއިދު އާއި ކައިރިވެލަމުން ރާކިން އަހާލިއެވެ. ރާއިދު އެއްވެސް އެއްޗެއް ނުބުނެ އިސްޖަހާލައިގެން އިނެވެ. އަތުގެ އިނގިލިތަކާއި ގުޅެމުން ދިޔަގޮތުން މިކަމުގެ ސަބަބުން އޭނަގެ ހިތައް ކޮށްފައިވާ އަސަރު ރާކިންއަށް ދެނެގަނެވުނެވެ. “ރާއިދު” ރާކިން ގޮވާލިއެވެ. “ޑޯން ޑޫ ދެޓް ޓު ޔުއަރ ސެލްފް” ގޮޑިއެއް ރާއިދުއާއި ކައިރިކޮށްލަމުން ރާކިން އިށީދެލިއެވެ. “އަހަރެން އެހެން ބުނީމަ އެމީހަކު އެކުއްޖާ އެމަރާލި.. އަހަރެން ބުނީ ބުނެގެން ވާނެ އެއްޗެއްނޫން.. ހައު ކޭން އައި ފޮގެޓް.. އޭނައަކީ ނާސަސިސްޓިކް ބިހޭވިއަރ ހުންނަ މީހެއްކަން… ހައު ކޭން” ރާއިދު ބޮލުގެ އިސްތަށިގަނޑުގައި ހިފަހައްޓަލަމުން ވާހަކަ ދެއްކިއެވެ. “ލުކް.. އަހަރެން ނުބުނަން ރާއިދު ދެއްކީ ރަނގަޅު ވާހަކަ އެކޭ… ކަމޯން.. އަހަރުމެން އެންމެނަކީ އިންސާނުން… ރާއިދުވެސް އަހަރެންވެސް.. މިސްޓޭކްއެއް ހެދިދާނެ… އެންޑް އަސްލު އެކަހަލަ ތަނެއްގައި ވާހަކަ ދައްކާއިރު ވިސްނާލަން ވާނެ.. އެކަމަކު އެމީހަކު އެގޮތައް އެކުއްޖާއަށް އެހެން ހެދި ރާއިދުގެ ސަބަބަކުންނޫން.. އެއީ އޭނަގެ މައްސަލައެއް.. ރާއިދު ބުނިންތަ އެމީހާ ކައިރީގައި އެގޮތައް ކަންތައް ކުރާށޭ.. އެންޑް ރާއިދު ބުނިން ދޯ އެންމެން ކައިރީގަވެސް ދަންވަރު ގަޑީގައި ބޭރަށް ނުނިކުންނާށޭ.. އެހެންވީމަ ރާއިދުގެ މަސައްކަތް އެނިމުނީ ނުން” ރާކިން ރާއިދުއަށް ވިސްނަދޭ ގޮތައް ވާހަކަ ދެއްކިއެވެ. “މި މީހާ އަހަރެން ކުރިން ހިފެހެއްޓިނަމަ.. އަހަރެންނަށް މިއައްވުރެއް ބޮޑަށް މަސައްކަތް ކުރެވުނު ނަމަ” ރާއިދު އެއިން ގޮތައް އިދެ ވާހަކަ ދެއްކިއެވެ. “ރާއިދު ކިހާ ބޮޑަކަށް މަސައްކަތް ކުރަންވީ.. ބަލަ ހަމަ ނިދި ނުނިދާ އުޅޭތާ މިހާރު ކިތައް ދުވަސް ވެއްޖެ… އަދިވެސް ބޮޑަށް މަސައްކަތް ކުރަންވީ.. އަހަރެންނަށް ހީވަނީ ތި ބުނާ ގޮތައް މަސައްކަތް ކުރަންޏާ ރާއިދު ދެން ނެރެންޖެހޭނީ މޮޔައިގެން މަރުކަޒުންހެން” ރާކިން ގޮޑީގައި ހަމަޖެހިލަމުން ބުނެލިއެވެ. ރާއިދު ހިތްހަމަނުޖެހިފައި އިސްއުފުލާ ބަލާލިއެވެ. “އޯކޭ އޯކޭ.. އެކަމަކު އަހަރެން މި ބުނާ އެއްޗެއްވެސް އަޑު އަހާލުން ރަނގަޅު.. އަހަރެންނަށް އެނގޭ އަހަރެންނަށް ގިނަ ފަހަރަށް ކަންތައް ކުރެވެނީ ރާއިދު އެންމެ ބޭނުންވާ ގޮތައް ނޫން.. އެންޑް ރާއިދު އެންމެ ބޭނުންވާ ނަތީޖާއެއް ނޫންކަން އަހަރެންނަށް ހޯދައިދެވެނީވެސް.. އަހަރެންނަށް އެނގޭ އެހެންވެކަން ރާއިދު އަހަރެންނަށް ޝައްކު ކުރަނީވެސް.. އެކަމަކު” ރާކިން ގޮޑިން ތެދުވެ ފޮޓޯތަކަށް ބަލާލިއެވެ. “ޝައްކު ކުރަނީ އެގޮތައް ކަންތައް ކުރާތީ” ރާއިދު ބުނެލިއެވެ.

ރާކިން ރާއިދުއާއި ދިމާލަށް ބަލާލިއެވެ. “ތިބުނަނީ އެލާރީގެ ވާހަކަ ތަ” ރާކިން ހަށަން ބަދެލަމުން ރާއިދުގެ މޫނަށް ބަލާލިއެވެ. “އަހަރެން ކިތައް ދުވަހު ބުނަންވީ އަހަރެން އޭގެ އެންމެ ލާރިއެއްގަވެސް ނުޖެހެމޭ.. ވައި ކާންޓް ޔޫ ބިލީވްމީ..” ރާކިން އަހާލިއެވެ. “އެގޭތަ.. އަހަރެން އެންމެ ދެރަވީ ކޮންމެ ހެން ޓީމް މީހުން އަހަރެންގެ ވާހަކަ ގަބޫލު ނުކުރީމައެއް ނޫން… އަދި އަހަރެން ސަސްޕެންޑްކޮށް ޑީމޯޝަންއެއް ދިނީމައެއްވެސް ނޫން.. އެކަމަކު އަހަރެންގެ އެއްބަނޑު އެއްބަފާ ބޭބެ އަހަރެންގެ ވާހަކަތައް ގަބޫލު ނުކުރީމަ.. އެންމެ ކުޑައިރުއްސުރެއް އަހަރެންގެ ހުރިހާކަމެއް އެނގޭ ބޭބެ.. އެގަޑީގައި އަހަރެންނާއި އެކު ނުވީމަ.. އަހަރެން އެންމެ އެހީތެރިކަން ބޭނުންވި ދުވަހު އަހަރެން އެކަނި ކޮށްލީމަ..” ރާކިން ބުނެލިއެވެ. ރާއިދު ރާކިންއާއި ދިމާލަށް ބަލާލިއެވެ. “އަހަރެން ބޭނުންވި ރާކިންގެ ވާހަކަ އަޑު އަހަން.. އެކަމަކު ހުރިހާ އެވިޑެންސްއެއް ހުރީ ރާކިން އާއި ދެކޮޅަށް” ރާއިދު ރާކިންގެ މޫނަށް ބަލާލިއެވެ. “ދެއަރ އިޒް ފަނީ ތިންގް އެބައުޓް އެވިޑެންސް.. އެވިޑެންސް އަކީ އެމީހަކު ބޭނުން މީހަކާއި ދެކޮޅަށް ހޯދޭނެ އެއްޗެއް.. އެންޑް އަަހަރެންނަށް އެނގޭ ރާއިދު އެންމެ ފަހަރަކު ހިތާ ސުވާލުކޮށްލި ނަމަވެސް ޖަވާބު ލިބޭނެކަން.. އަދި މިހާރު.. މިހާރުވެސް ރާއިދު ތި ހަދަނީ ހަމަ އެހެން.. ފަހުދުގެ ކޭސްގަ” ރާކިން ވާހަކަ ދެއްކިއެވެ. “އަހަރުމެން އެންމެންނަކީވެސް އިންސާނުން ރާއިދު.. މިކަމުގަ އުޅޭ ކޮންމެ މީހަކަށްވެސް މިސްޓޭކްއެއް ހެދި ދާނެ.. އެކަމަކު އަހަރެންނަށްވެސް އަދި ރާއިދުއަށްވެސް އެނގޭ ފަހުދު އެކަހަލަ ކަމެއް ނުކުރާނެކަން.. އެއަށްވުރެއް ބޮޑަށް އޭނަ މި ޓީމް ދެކެ ލޯބިވޭ.. ރާއިދު ދެކެ.. ނަދީމް ދެކެ.. އާހިލް ދެކެ. އޭނަ ކީއްކުރަން މި ޓީމްއަށް ބިޓްރޭ ކުރަންވީ” ރާކިން ރާއިދުއަށް ވިސްނަދޭ ގޮތައް ވާހަކަ ދެއްކިއެވެ.

“ރާކިން ތި ބުނަނީ ރާކިންއާއި މީހަކު އޭރުގަ ޖައްސާލައިގެންނޭތަ އުޅުނީ.. އެންޑް މިހާރު ފަހުދު އާވެސް.. ކާކު ކީއްވެ އެކަހަލަ ކަމެއް ކުރަންވީ” ރާއިދު ވާހަކަ ދެއްކިއެވެ. “އަހަރެން ހަމަ ހައިރާންވޭ ބައެއް ފަހަރު ރާއިދުގެ ވިސްނުން ހުންނަ ގޮތުން.. އެންޑް ހިތައް އަރާ އަހަރުމެން ދެމީހުންނަކީ އަސްލަށްވެސް ރިލޭޓިވްސް ބާއޭ.. ނޫނީ މަންމައާއި ބައްޕަ އަހަރެން އެޑޮޕްޓް ކުރީބާއޭ ނޫނީ ރާއިދު.. ކީކޭ ބުނަނީ އަޅެ.. ރާއިދުއަށް އަޅެފަހެ ލިބިފަ ތިހުރީ މީދާ ކޭ އުނބެއްތަ” ރާކިން ބުނެލިއެވެ. ރާއިދު ދެލޯ އަޅާލިއެވެ. “ދެން އަޅެ އެހެން ނުބުނާ ވަރެއްތަ.. އަހަރެންގެ މައްސަލަ ޖެހުނު އިރު އަހަރެން އުޅުނީ މާލޭގެ އެންމެ ބޮޑު ގޭންގް ދުއްވާލަން.. އެހެންވީމަ އަހަރެން ބައްދާލީ.. އަހަރެން ބައްދާލީމަ އެމައްސަލަ ނިމުނީ އެހާ ހިސާބުން.. އެކަމަކުވެސް އެމައްސަލަ ބަލާކަށް ނޫޅުނު ފަހުންނެެއް.. އެންޑް ތި އަހަނީ ފަހުދުގެ ވާހަކަ.. ބަލަ އޭނައަކީ ރާއްޖޭގައި ބަލަމުން އަންނަ އެންމެ ބިރުވެރި އެއް ކޭސް ހޭންޑްލް ކުރާ މީހުންގެ ތެރެއިން އެކަކު ނޫންތަ..” ރާކިން ބުނެލިއެވެ. “އެނީވޭ އަހަރެން ބުނަން މިއުޅެނީ.. މިކަމުގެ ފަހުދުގެ ބޮލަށް އެގޮތައް ކަމެއް ދުއްވާލައިގެން އޭނައަށް ލިބޭނެ ފައިދާއެއް އަދި އަހަރެންނަކަށްވެސް ނުވިސްނޭ.. އެކަމަކު އަހަރެންގެ ހިތެއް ނުބުނޭ އޭނަ ނިމުނީއެކޭ.. އަހަރުމެން އެންމެވެސް މިކަމުގައި އެއްބާރުލުން ދޭން ޖެހޭނެ.. އަހަރެން ބައެއް ފަހަރު ހިތައް އަރާ އޭނަ ރާއިދު ޓެސްޓް ކުރަނީއޭވެސް” ރާކިން ބުނެލިއެވެ. “ތިބުނީ” ރާއިދު ޝައުގުވެރިކަމާއި އެކު އަހާލިއެވެ. “ނޭނގެ.. ރާއިދު އެއްވެސް މީހެއް ރުޅި އެރުވިންތަ މީގެ ކުރިން.. މިބުނީ ރުޅި އައިސްގެން މީހަކު މަރާވަރަށް”” އެހާ ހިސާބަށް ވާހަކަ ދިޔަތަނާ ނަދީމްއާއި އާހިލް ވަދެގެން އަންނަތަން ރާކިންއަށް ފެނުނެވެ. ނަދީމްގެ އަތުގައި ދެތަށި ކޮފީ ހުއްޓެވެ. އާހިލް އަތުގަވެސް ދެތަށި ކޮފީ ހުއްޓެވެ.

“ޔާ… އަހަރެންގެ ކެރިޔަރުގަ މިހާ ހިސާބަށް އާދެވޭނީ ވަރަށް މީހުން ރުޅި އަރުވާފަ ދޯ.. ” ރާއިދު ބުނެލިއެވެ. ނަދީމް އައިސް ރާކިންއަށް ކޮފީ ތަށި ދިއްކޮށްލިއެވެ. އާހިލް ރާއިދުއަށް ކޮފީތަށި ދިނެވެ. “މިއަދު އެހެންވީމަ ހިނގާ އެގޮތައް އަހަރުމެން މަސައްކަތް ކުރަމާ.. އަހަރުމެން ބަލާލީ އަހަރުމެންގެ މަސައްކަތުގެ ތެރޭގައި ކިތައް ފަހަރު ތޯ އަހަރުމެންނަށް ބަޔަކު ރުޅި އަރުވާލެވުނީ.. އައި މީން ވީ ހޭވް ޓު ފައިންޑް އައުޑް އަވާރ އެނެމީސް” ރާކިން ބުނެލިއެވެ. “އަޅުގަނޑު އަދި އެހާ ގިނަ ދުވަހެއްނުވޭ ޕޮލިހުގައެއް.. އެހެންވީމަ އަޅުގަނޑުގެ އެނެމީސް އެއް ނުހުންނާނެ” އާހިލް ބުނެލިއެވެ. “ލެޓްސް ޗެކް ދޯ.. އަހަރުމެން ބަލާނީ ކޮންމެ މީހެއް ހޭންޑްލް ކޮށްފަ ހުރި ކޭސްތައް.. އޭގެ ތެރޭގައި އެއްވެސް ކަހަލަ ތުރެޓެއް ވިޔަސް ނޫނީ އެއްވެސް ކަހަލަ ބިރެއް ދެއްކުމުގެ ގޮތުންވެސް މީހަކު އެއްޗެއް ބުނެފަ ވޭތޯ ބަލާނީ..” ރާކިން ކުރަންވި މަސައްކަތް ބުނެލިއެވެ. “އިޓްވިލް ޓޭކް އަވާސް އިނގޭ” ނަދީމް ބުނެލިއެވެ. “އޭގެ ކުރިން އަހަރެން ބޭނުން ރާކިން އާހިލް ކުޑަ މަސައްކަތެއް ކުރަން.. ވެސްޓް ޕާކްގައި ކައިރީގައި ހުރި ކެމެރާގެ ފުޓޭޖްތައް ބަލަންވީ.. އެއްވެސް އެއްޗެއް ފެނޭތޯ.. އަހަރެން މަސައްކަތް ކުރާނަން އަހަރެން މީގެ ކުރިން ވޯކް ކުރި ކޭސްތަކުގެ ޑީޑެއިލް އެއް އެއްކުރެވޭތޯ.. ނަދީމް ގެނެސްދީބަލަ ފައިލްއެއް.. އަހަރެން ފަހުދުއަށް ދިން ފައިލްއެއް އެއީ. ހުދު ކުލައިގެ.. އޭނަ ބުނީ އޮންނާނެއޯ އޭނަގެ މޭޒުމަތީގައި..” ރާއިދު އެންމެންނަށް މަސައްކަތް ބަހާލިއެވެ. ރާކިން އިތުރު އެއްވެސް އެއްޗެއް ނުބުނެ އާހިލް އާއި ދިމާލަށް ބަލާލަމުން ކޮފީތަށި ހިފައިގެން ބޭރަށް ނިކުންނަށް ހިގައިގަތެވެ. ނަދީމްވެސް ބޯޖަހާލަމުން ބޭރަށް ހިގައިގަތެވެ.

ނަދީމް ފަހުދުގެ މޭޒު ކައިރީގައި އިށީދެލިއެވެ. އަދި ކޮންޕިއުޓަރ އާއި ދިމާލަށް ބަލާލިއެވެ. ކުއްލިއަކަށް ނަދީމް ސިހުނީ ނުލާހިކު ކައިރިން ހުސައިން ފެނުނީމައެވެ. “ހުސައިން… އަދިވެސް އޮފީހުގަތަ” ހުސައިން ބަލަހައްޓައިގެން ހުރި ގޮތުން ނަދީމް ސުވާލުކުރިއެވެ. “ތީ ފަހުދުގެ މޭޒު.. ނަދީމް ކީއްކުރަނީތި” ހުސައިން އެހުރި ގޮތައް ހުރެ ސުވާލު ކޮށްލިއެވެ. ރޭގަނޑުގެ ދަންވަރުގެ ވަގުތު ކަމުންނާއި އެ ފަންގިފިލާގައި ދިއްލާފައިވާ ލައިޓްގެ މަދުކަމުން އެވަގުތު ނަދީމްއަކަށް ހުސައިންގެ މޫނެއް ސާފުވާގޮތެއް ނުވިއެވެ. އަދި ހުސައިން ތޮފި އަޅައިގެން ހުރުމުން މޫނުމައްޗަށް ކުޑަކޮށް ވަނީ އަދިރި ވެފައެވެ. “ޔާ.. މިއީ ރާއިދުސަރ ބުނީމަ މިތަނުގަ އޮތް ފައިލްއެއް ބަލާ” ނަދީމް ފައިލްތައް ހާވަމުން ބުނެލިއެވެ. “އެހެންތަ.. އަހަރެން އަޑު އެހިން ފަހދު ސަސްޕެންޑް ކުރި ވާހަކަ އެއީ ތެދެއްތަ” ހުސައިން އޭނަގެ މޭޒު ކައިރިއަށް ޖެހިލަމުން ވާހަކަ ދެއްކިއެވެ. “އަދި ނޭނގެ.. ރާއިދު ސަރ ހިތްހަމަ ނުޖެހިގެން ގެއަށް ފޮނުވާލީ.. އަދި ފަހުދު އަންނާނެ” ނަދީމް އެވާހަކަ އެހާ ބޮޑަކަށް ދައްކާކަށް ބޭނުމެއް ނުވިއެވެ. އެވަގުތު ނަދީމް ބަލާލިނަމަ ހުސައިންގެ މޫނުމަތިން ހިނިތުންވުމެއް ފެނުނީހެނެވެ. “ކޮންކަހަލަ ފައިލްއެއްތަ ތި ހޯދަނީ” ފަހުދުގެ މޭޒާއި ކައިރިވެލަމުން ހުސައިން އަހާލިއެވެ. “ހުދު ކުލައިގެ ފައިލެއް..” ނަދީމް ވަތްގަނޑުތައް ހާވަމުން ޖަވާބު ދިނެވެ. “މިއީތަ” ހުސައިން އެތަނުން ފައިލްއެއް ނަގާ ދިއްކޮށްލިއެވެ. “ޔާ.. މިއީ” އޭގައި ހިފަމުން ނަދީމް ބުނެލިއެވެ. “އެންޑް ހުސައިން ގެއަށް ނުދަންތަ މިރޭ..” ނަދީމް ރަނގަޅަށް ހުސައިންނާއި ދިމާލަށް ބަލާލިއެވެ. އެވަގުތު ހުސައިން ދުރައްޖެހިލާ އޭނަގެ ގޮޑީގައި އިށީދެލިއެވެ. “ނޫން ދާންވީ.. ނަދީމް ނުދައްތަ ގެއަކަށް.. އަނެއްކާ މިރޭވެސް ކަމެއް ހިގީތަ” ހުސައިން އިސްޖަހާލަމުން މޭޒުގެ ވަތްގަނޑާއި ބެހެލިއެވެ. ހީވަނީ ނަދީމްއާއި ހަތަރުކަޅި ހަމަކުރަން ބިރުން އުޅޭހެންނެވެ. “ޔަ.. ވަރަށް ބޮޑު.. އެނީވޭ މާދަން މޯނިންގަ މައުލޫމާތު ލިބޭނެ.. އަހަރެންދަނީ.. ހުސައިންވެސް އަވަހަށް ގެއަށްދޭ ދެން..” ނަދީމް ބޭރަށް ނިކުންނަމުން ބުނެލިއެވެ. ހުސައިން ނަދީމްއާއި ދިމާލަށް ބަލަހައްޓައިގެން އިނެވެ.

އާހިލްއާއި ރާކިން ސީ.ސީ.ޓީ.ވީ މޮނިޓަރ ކުރާ ރޫމްއަށް ވަނެވެ. އޭރު އެތަނުގައި ތިން ޕޮލިހުން ތިއްބެވެ. “އަހަރުމެން މިއައީ ފުޓޭޖްއެއް ބަލާލަން.. ރާއިދު ސަރ ބުނެގެން..” ރާކިން އެމީހުންނާއި ދިމާލަށް ބަލާލަމުން ބުނެލިއެވެ. “ދައްކާލަ ފާނަންތަ އަހަރެންނަށް” އެތަނުގައި އިންމީހެއްގެ ގޮޑުގައި ޖަހާލަމުން ރާކިން އެދުނެވެ. އެމީހާ އެތަނުން ތެދުވުމާއި އެކު ރާކިން އެކެމެރާތަކައި ކުޅެން ފެށިއެވެ. އަދި ވެސްޓް ޕާކް ކައިރީގައި ހުރި ކެމެރާތަށް އަޅުވާލިއެވެ. އާހިލްވެސް އެތަނުން ގޮޑިއެއް ކައިރިކޮށްލަމުން އިށީދެލިއެވެ. ދެމީހުންވެގެން ހޯދަމުން ދިޔަ މަންޒަރު ފެންނަން ފެށި އިރުކޮޅެއް ފަހުންނެވެ. ގަޑިއަކަށް އިނީ 2 ޖަހާއިރު ކަމަށެވެ. ކަޅު ކުލައިގެ ޖެކެޓް އެއް ލައިގެން ހުރި މީހަކު ކުއްލިއަކަށް ފެނުނެވެ. އޭނަގެ އަތްމަތީގައި ކުއްޖަކު އޮތެވެ. އެމީހަގެ ފުރަގަހުގައި ދަބަހެއް އަޅުވާފައި ހުއްޓެވެ. އެމީހާ އެކުއްޖާ ގޮވައިގެން ވެސްޓްޕާކް ކައިރިއަށް ގޮސް އެކުއްޖާ ދުވާރު މަތީގައި ބާއްވާލިއެވެ. އަދި ދަބަސް ނަގާ އޭގެން ސާމާނުތަކެއް ނަގަން ފެށިއެވެ. ނަގަމުން ދިޔަ ސާމާނުތަކެއް ފެންނާކަށް ނެތެވެ. ސަބަބަކީ އެމީހާ ހުރީ ކެމެރާއަށް ފުރަގަސް ވާ ގޮތަށް ކަމަށް ވާތީއެވެ. އެމީހާ ބޭނުންވާ ވަރަށް އެއްޗެހި ނެގުމށްފަހު އެކުއްޖާ ކައިރީގައި ިއށިދެލިއެވެ. އަދި އެކުއްޖާގެ އަތުގައި ނުވަތަ ގައިގެ ކޮންމެވެސް ތަނެއްގައި ހިފެހއްޓިއެވެ. ދެން ފެނުނީ ތޫނު ވަޅިއެއް ހިއްލާލިތަނެވެ. އަދި މަޅާލިއެވެ. އެވަގުތު އެކުއްޖާ ކުޑަކޮށް ގުޑިލިއެވެ. އެފެނުނު މަންޒަރާއި އެކު އާހިލްއަށް އަނގަމަތީގައި އަތް އަޅާލެވުނެވެ. ރާކިންގެ ދެލޯ ބޮޑުވެގެން ދިޔައެވެ. ދެވަނަ ފަހަރަށް ހިއްލާލި އިރު ވަޅީގެ ކޮޅުގައި ހުރި ލޭތައް ކެމެރާއަށް ފެނުނެވެ. ދެވަނަ ފަހަރަށް ތިންވަނަ ފަހަރަށް ވަޅި ހަރާލިއެވެ. އާހިލްއަށް މި މަންޒަރުތައް ބަލަން ނުކެރިގެން ދެއަތުން ދެލޮލުގައި އަތް އަޅާލިއެވެ. ގައިގަނޑަކަށް 25 ފަހަރު ވަޅި ހެރި އިރުވެސް އެކުއްޖާ މަރެއް ނުވެއެވެ. އެކަން އެނގެނީ ކޮންމެ ފަހަރަކުވެސް ހަށިގަނޑުގެ ކޮންމެވެސް ބައެއް ހަރަކާތް ކުރާތަން ފެންނާތީއެވެ. ނަމަވެސް އޭގެ ފަހުން އެކުއްޖާގެ އެއްވެސް ހަރާކަތެއް ނުވިއެވެ. ބޭނުންވާ ވަރަށް ވަޅި ހަރާ ނިމުމުން އެމީހާ ކުޑަކޮށް އެކުއްޖާއާއި ދިމާލަށް ގުދުވެލިއެވެ. އިރުކޮޅެއް ފަހުން ދެތުވެ އެކުއްޖާގެ ފަލަމަސްގަނޑުގައި ވަޅި ދަމާލިއެވެ. ދެން ފެނިގެން ދިޔައީ މާ ބިރުވެރި މަންޒަރެކެވެ. ދަބަހުން ފާޑެއްގެ ދިޔާ އެއްޗެއް ނަގާ އެކުއްޖާގެ މޫނަށް އަޅާލިއެވެ. އަދި އަލިފާން ދަނޑިއެއް އަޅާ ރޯކޮށްލިއެވެ. އިރުކޮޅަކު އެހެން އިނުމަށްފަހު ދަބަހުން ފޮތިގަނޑެއް ނަގާ މޫނުގައި ރޯވެފައިވާ އަލިފާންގަނޑު ނިންވާލިއެވެ. ދެން އަތުގެ އިނގިލިތައް ބުރިކުރަން ފެށިއެވެ. އަދި އޭގެ ފަހުގައި ދަބަހުން ގަނޑެއް ނަގާ އެއްޗެއް ލިޔެލިއެވެ. އެވަރުންވެސް އެމީހަކު އެ މަސްގަނޑު ދޫކޮށްފައި ދާ ހިޔާލެއް ނުކުރިއެވެ. އަނެއްކާވެސް ވަޅި މަޅާލިއެވެ. ބޭނުންވާ ވަރަށް އެމަސްގަނޑަށް އަނިޔާ ދެވުމުން އެތަނުން ދުރައް ދިއުމަށް ހިޔާލު ކުރީ ކަންނޭނގެއެވެ. މަޑުމަޑުން އެތަނުން ތެދުވިއެވެ. އަދި ދަބަހުން ފާޑެއްގެ ބޫޓެއް ނަގާ އެރިއެވެ. އެއީ އެތަނުގައި އޭނަގެ ފިޔަވަޅުގެ ނިޝާން ނުބެހެއްޓުމުގެ ގޮތުންނެވެ. އަދި އޭނަ އަރައިގެން ހުރި ބޫޓާ އަދި އެތަނުގައި ހުރި އޭނަ ބޭނުންވާ ސާމާނު ދަބަހަށް ލުމަށްފަހު ފަހަތައް ފަހަތައް ޖެހެމުން ގޮސް ގެއްލުނެވެ. ބުނާކަހަލައެވެ. ކަލޭމެން ކިތައްމެ ވަރެއްވިޔަސް މަގޭ މޫނެއް ނުފެންނާނެއެވެ.

އެމަންޒަރުތައް ބަލާ ނިމުން އިރު ރާކިން އިނީ ނޭވާ ލާންވެސް ހަދާން ނެތިއެވެ. “އައި ތިންކް އައި އޭމް ގޮއިން ޓު ބީ ސިކް” ރާކިން ސިހުނީ އާހިލްގެ އަޑަށެވެ. ބަލާލިއިރު އާހިލް އަނގަމަތީގައި އަތް އަޅައިގެން ދުވެފައި ބޭރަށް ނިކުމެއްޖެއެވެ. “ކަލޭމެން މިތަނުގައި ތިބި އިރު މި މަންޒަރުތަކެއް ނުފެނޭތަ.. ބަލަ އަވަހަށް މިކަން ރިޕޯޓް ކުރަން ޖެހޭނެއެއްނުން” އެތަނުގައި ތިބި ޕޮލިސް މީހުންނާއި ދިމާލަށް ބަލާލަމުން ހިތްހަމަނުޖެހިފައި ރާކިން ބުނެލިއެވެ. އޭރު ތިންމީހުންވެސް ތިބީ ފެނުނު މަންޒަރުން ދެލޯ ނަގާ ‘އަތައް’ ލައިގެންނެވެ. “ސަރ” ތިންމީހުންނަށް އެއްފަހަރާ ކަހަލައިން ބުނެވުނެވެ. “މިކަހަލަ ކަންތައް މަދު ކުރުމަށް އަހަރުމެން ސީ.ސީ.ޓީ.ވީ ކެމެރާތައް މުޅި މާލޭގައި ހަރުކުރަނީ..” ރާކިން ގޮޑިން ތެދުވަމުން ބުނެލިއެވެ. ހަގީގަތުގައި ރާކިންއަށް ވަނީ އެފެނުނު މަންޒަރުތަކުގެ ސަބަބުން ވަރަށް އަސަރުކޮށްފައެވެ. “ކީއްވެ ރިޕޯޓް ނުކުރީ.. ކީއްވެ.. ކޮންބައެއް އެގަނޑީގައި މިތަނުގައި ތިބީ.. ޖަވާބު ދީބަލަ” ރާކިން ހަޅޭލަވައިގަތެވެ. ތިންމީހުން އިސްޖަހާލިއެވެ. “ކަލޭމެން މިތަނުގައި ކީއްކުރީ.. އެވަރު އެކުއްޖާއަށް ކުރި އިރު..” ރާކިންގެ ރުޅި ގަދަވަމުން ދިޔައެވެ. “ސަރ އަޅުގަނޑު އައީ ތަންކޮޅެއް ފަހުން.. ކޮފީއެއް ބޯންވެގެން ބޭރަށް ދިޔައީ” އެތަނުން އެކަކު އިސްވެ ވާހަކަ ދެއްކިއެވެ. “އަޅުގަނޑު އިނީ މިތަނުގަ އެކަމަކު..” އެހާ ހިސާބަށް ބުނެފައި ދެން ހުރި މީހާ ހުއްޓާލިއެވެ. “ކަލޭމެންނަށް ލާރި ދެނީ ޑިއުޓީގައި ކޮފީއަށް ދާންތަ.. ނޫނީ މިތަނުގައި ތިބެ ނިދަންތަ.. ނޫނީ ތާސްކުޅެންތަ.. ކަލޭމެންގެ ފަރުވާ ކުޑަކަމުން އެކުއްޖާ ފަކީރަށް ވީގޮތް ފެނިއްޖެއެއްނުން.. ކަލޭމެންނާއި ހެދި..” ރާކިން އެހާ ހިސާބަށް ބުނެފައި ހުއްޓާލިއެވެ. މުއްމަޅާ ބާރުކޮށްލަމުން އިސްޖަހާލީ މީހާ ހަމައަކަށް އެޅުމަށްޓަކައެވެ. “މީގެ ފަހުން މިކަހަލަ ކަމެއް ފެނިގެން ނުވާނެ.. އެންޑް ކަލޭމެން ސުޕަވައިޒަރ ކައިރީގައި އަހަރެން މިވާހަކަ ބުނާނަން.. ރަނގަޅު ގޮތަކީ ކަލޭމެން ބުނުން.. އަހަރެން ދޭނަން 24 ގަޑިއިރުގެ މުހުލަތެއް.. އޭގެ ފަހުން އަހަރެން ދާނަން ބުނަން… ކަލޭމެން ނުބުނެ އޮވެއްޖެނަމަ ރަނގަޅެއް ނުވާނެ” އިންޒާރު ދިނުމަށްފަހު ރާކިން އެތަނުން ހަލުވި ކަމާއި އެކު ބޭރަށް ނިކުތެވެ.

ނުނިމޭ…

Share Article

Follow Me Written By

Fantasy

Level 310 Stories500 Comments100 Comments

Other Articles

އެލީޝާ
Previous

އެލީޝާ (15ވަނަބައި)

އެލީޝާ
Next

އެލީޝާ (16ވަނަބައި)

Next
އެލީޝާ
November 23, 2014

އެލީޝާ (16ވަނަބައި)

Previews
November 22, 2014

އެލީޝާ (15ވަނަބައި)

އެލީޝާ

18 Comments!

  1. lady says:
    November 22, 2014 at 2:56 am

    Very nice story..keep it up!
    Please upload fast and a bit long. Pleaseeeeee fantasy. I love your stories.. its very realistic..

  2. faai says:
    November 22, 2014 at 7:08 am

    Thank you so much Fantasy… Faai kiyaa hithun moya wefa huhta mi part thi up kohdhiny… Kyhwe mi part ehaa las v?? Anyways,, Aslu vx v v v rythi mi story… Hama bunaane ehcheh vx neynge… Ehaa vx interesting… I luv luv n really luv it… Nxt part thankolheh awahah up kohdhehchey…plx 🙂
    M waiting…….. 🙂

  3. Fantasy says:
    November 22, 2014 at 11:16 am

    thnks lady and faai… ya anna bai iraadha kureviyya dhugukohlaanan igey..
    thnks dhekudin nah ves thi haa lobi comment eh kohleema 🙂

  4. ish.. says:
    November 22, 2014 at 1:32 pm

    Fantasy thee me ge sisy ge favorite story waiter ,v Fantasy vegen ulheyni abadhu ves .. ehen ve me hietha aree alhe Fantasy mi story kiyaalan.. not bad!! dhen ithurah kiyalaafa caomment kuraanan..keep it up..

  5. nash says:
    November 22, 2014 at 1:56 pm

    Kyhwe mi part ehaa las v?
    vaahaka varah reethi……varah real mi vaahaka…i luv it……..<3
    nxt part miah vuren avahah up kohlachey…….:P

  6. Fantasy says:
    November 22, 2014 at 2:05 pm

    ohh ish.. fantasy v happy vejje dhatha ah fantasyge vaahaka thah kamudhathee.. and fantasy hykuran ish ah ves fantasyge vaahaka thah kamudhaane kamah.. thnks for ur lovely comment ish 🙂

  7. Fantasy says:
    November 22, 2014 at 2:06 pm

    sory nash lasveema igey… ekam liyan beynun vi varanh nuliyevunyma kudakoh lasvee.. fantasy v try kuraanan avahah vaahaka up kureveythoo.. v happy vejje nash ge faraaathun lobi comment eh libunyma.. thnks v bodah 🙂

  8. athoo says:
    November 22, 2014 at 5:32 pm

    fahudhah ladu dhinee hussain dho?

  9. maw says:
    November 22, 2014 at 5:37 pm

    hussain kuraa kameh dho???? v hyveyy..
    v v reethi..
    avahah up kohdhehcheyyy……..

  10. shhh says:
    November 22, 2014 at 8:31 pm

    love this story . .plx upload next part avahah

  11. sum1 says:
    November 22, 2014 at 11:16 pm

    Baefaharu hyvey manzaru fenna hen…. oh maai….. vrh realistic…. luv da story…. keep it up fantasy…. and vaahaka medhukandaa nulahchey…. its awsm

  12. Fantasy says:
    November 23, 2014 at 8:35 am

    ohh athoo… adhi neyge dhoo kon kujjeh kameh ehen hadhany eh.. maw.. konme meehakuves koh faane dhooo 🙂
    thnks dhekudinge comment ah igey 🙂

  13. Fantasy says:
    November 23, 2014 at 8:37 am

    sum1 iraadha kureviyya vaahaka medhu kanda eh nulaana igey.. thnks v bodah thihaa loni comment eh kohleema.. 🙂
    shh ge comment fenunyma v happy vejje .. thnks 🙂

  14. ishal says:
    November 23, 2014 at 3:30 pm

    Fentasy ge “aniyaa” vaahaka in site eh bunedheeba … v gina dhuvas vehjje e story hodhani bt nufenun..

  15. ........ says:
    November 24, 2014 at 6:36 pm

    when is the nxt part……

  16. Fantasy says:
    November 25, 2014 at 8:33 am

    ishal mihaaru ehves site eh ga hiyeh nuvey ‘aniya’ vaahaka in heneh…
    and huriha kudin nah ves v bodha sory.. miulheny hama vaahaka up nukurevigen igey

  17. zu says:
    March 31, 2015 at 9:06 pm

    awesome story!!!!!
    I love suspense stories
    I think Hussain kanneyge dw meehun marany
    anyways gain heebihi nagaa varu vey mi story kiyaafa
    all the best
    Hope I get to read a lot of stories like this 😀
    Just looooooooove it!!!! 😀

  18. Faxoo says:
    January 12, 2016 at 7:01 pm

    varah suspecious koh Hussain ulheny. anekka e cupboard in eccheh negy ba 😮 anyway mi part vx varah varah reeeeeeethi 😀

Comments are closed.


All Right Reserved!