
ޝާލިނީ މަޑުމަޑުން ގޮސް އެ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެއާއެކު އޭނާގެ ދެލޯ ތަންމިނަށް ހުޅުވިގެން ދިޔައީ ފެނުނު މަންޒަރުގެ ސަބަބުންނެވެ.
ޝާލިނީއަށް ފަހަތަށް ޖެހިލެވުނެވެ. ކުރިމަތިން ފެނިގެން މިދަނީ ކޮންފަދަ މަންޒަރެއް ހެއްޔެވެ؟ ނޫނީ އެއީ އޭނާގެ ލޯ އޭނާއަށް ކުރާ ޖެއްސުމެއް ހެއްޔެވެ؟ އިސާހިތަކު އޭނަގެ ދެލޯ ފުރިގެން ގޮސް، ކަރުނަތައް ކޯތާފަތް މައްޗަށް އޮހޮރިގެން ދިޔައެވެ.
ޝާލިނީގެ ކޮއްކޮ ބަލްޝަމް އިނީ ފާރުގެ ކަނަކަށް ބިއްޖެހިފައެވެ. އަތުގައި އޮތް ޗޯކުބުރި ފާރުގައި ކާއްތަމުންދިޔައިރު މުޅި ހަށިގަނޑު ދިޔައީ ތުރުތުރު އަޅަމުންނެވެ. އިސްތަށިގަނޑުވަނީ އެގޮތް މިގޮތަށް ހާވާލާފައެވެ. މޫނުމައްޗަށް އިސްތަށިތަށް އެޅިފައި ހުރުމެ ސަބަބުން މޫނު މާރީތިކޮށް ފެންނަވަރެއް ނުވިއެވެ. ނަމަވެސް ހިކިފައިވާ ތުންފަތް ފެންނަން ހުއްޓެވެ.
“ކޮއްކޯ؟!” ޝާލިނީ މަޑުމަޑުން ބަލްޝަމް ކައިރިއަށް ޖެހިލިއެވެ. އެއިރު އޭނާގެ ހިތް ނެގިނެގިފައި ޖެހެމުންދިޔައެވެ. އޭނާގެ ކޮއްކޮއަށް ޖެހިފައި މިވަނީ ކޮންފަދަ ހާލެއް ހެއްޔެވެ؟ އެފަކީރު ތަހައްމަލު ކުރަމުން އެދަނީ ކޮންފަދަ މުސީބާތެއް ބާއެވެ؟ ޝާލިނީގެ ހިތުގައި ސުވާލުތައް ދިޔައީ އުތުރި އަރަމުންނެވެ. ވާނުވާ ނޭނގޭ ހާލު އޭނާ މަޑުމަޑުން ގޮސް ބަލްޝަމް ގެ ކޮނޑުގައި އަތް ބާއްވާލިއެވެ.
“އޭތް!!” ބަލްޝަމް ކަރުބުޑުން ހަޅޭލަވައިގަންނަމުން ކޮޅަށް ތެދުވިއެވެ. “ކާކު؟ ކާކު ތީ؟”
ޝާލިނީ ދިޔައީ ސިއްސައިގެންނެވެ. އޭނާއަށް ފަހަތަށްވެސް ޖެހިލެވުނެވެ. ބަލްޝަމްގެ ރުޅިވެރި ނަޒަރު އެއިރު ހުއްޓިފައިހުރީ ޝާލިނީގެ މޫނަށެވެ.
“ކަލޭ ތިއައީ މަގޭ މާހިލް ގޮވައިގެންތަ؟ ކޮބަ އޭނަ؟” ޝާލިނީގެ ފުރަގަހަށް ބަލަމުން އަވަސް އަވަހަށް ބަލްޝަމް ވާހަކަ ދެއްކިއެވެ. އޭނާގެ ބަސްތަށް އައީ މުގުރެމުން ކަހަލަ ގޮތަކަށެވެ. އޭނާ ކީ އެއްޗެހި ޝާލިނީއަށް ފަހުމްވީ ވަރަށް ކުޑަކޮށެވެ. “މާހިލް އަންނާނެ! އޭނަ ބުނި އަންނާނަމޭ! ކީއްވެ އޭނާ ނާންނަނީ؟ ކަލޭ ތިޔައީ މަގޭ ލޯބިވާ މާހިލް މަރާލާފަ ދޯ؟؟”
ޝާލިނީއަކަށް ކެތެއް ނުކުރެވުނެވެ. އޭނާގެ ބަޑި ފަޅައިގެން ގޮސް ގިސްލަ ގިސްލާފައި ރޮވެންފެށުނެވެ. އޭނާ މަޑުމަޑުން ބަލްޝަމްގެ މޫނުގައި ފިރުމާލިއެވެ. މޫނުމައްޗަށް ވެއްޓިފައި އިސްތަށިތަށް ރަނގަޅުކޮށްލަ ދިނި ލޯތްބާ އެކުގައެވެ.
“ކޮއްކާ!” ޝާލިނީ، ބަލްޝަމްގެ ދެލޮލަށް ބަލައިލިއެވެ. އެ ދެލޮލުގެ ވަށައިގެންވީ ސަރަހައްދުވަނީ ކަޅުވެ، ވަޅު ވަދެފައެވެ. ދެ ލޮލުން ފެނިގެން ދިޔައީ ކުޑަކުދިންގެ ހުންނަފަދަ މައުސޫމް ކަމެކެވެ. “ކޮއްކައަށް ކިހިނެއް ވީތަ؟”
“ތީ ކާކުތަ؟” ޝާލިޔާ ދުރަށް ޖައްސާލަމުން ކުޑަކުއްޖެއް ފަދައިން ބަލްޝަމް ބުނެލިއެވެ.
“މީ ބަލޫގެ ތުއްތަ އެއްނު؟ ހަނދާނެއް ނެތް ތަ؟”
“ކޮން ތުއްތަ އެއް؟ މަ ނުހުންނާނެ އެއްވެސް ތުއްތަ އެއް؟؟؟” ބަލްޝަމް އޭނާގެ އަތުގައި އޮތް ޗޯކު ބުރިން، ފާރުގައި ކޮންމެވެސް އެއްޗެއް ލިޔަންފެށިއެވެ. ތުރުތުރު އަޅައަޅާ އޮތް އަތުން ލިޔުނު އަކުރުތައް ކިތަންމެ ހަޑި ނަމަވެސް އެ ލިޔުން ކިޔާލަން ޝާލިނީއަކަށް އުނދަގުލެއް ނުވިއެވެ.
މުޅި ފާރުގައި ކޮންމެވެސް އެއްޗެހިތަކެއް ލިޔެފައި ހުރިކަން ޝާލިނީއަށް ފާހަގަވީ އެވަގުތެވެ. އޭނާ މަޑުމަޑުން ދުރަށްޖެހިލަމުން ފާރަށް ބަލައިލިއެވެ. މުޅި ފާރުގައި ވަނީ ‘މާހިލް’ ގެ ނަމެވެ. މާހިލް އަކީ ކާކުބާއެވެ؟ ޝާލިނީގެ ހިތުގައި ސުވާލު އުފެދުނެވެ.
“ދަރިފުޅާ! ތީ މިހާރު ކޮއްކޮގެ ހާލަކީ!” ޒުލްފާގެ އަޑު އިވުމާއެކު ޝާލިނީ ފަސްއެބުރި ބަލާލިއެވެ. އެއިރު ޒުލްފާ ހުރީ ކޮޓަރި ދޮރުމަތީގައެވެ. އޭނާގެ ދެލޮލުންވެސް އޮހޮރެމުން ދިޔައީ ހޫނު ކަރުނައެވެ.
“ކޮއްކޮގެ ކަމަކީ އެ މާހިލް އަކަަށް ގޮވަ ގޮވާފައި ހަޅޭލެވުން! ބަލާބަލަ މުޅި ފާރު!”
“މާހިލް އަކީ ކާކުތަ؟”
“އެއީ ވަރަށް ދިގު ވާހަކައެއް!!” ޒުލްފާ މަޑުމަޑުން އަނެއް ފަރާތަށް އެނބުރުނެވެ. އޭނާގެ ސިކުނޑިއަށް އެވަގުތު ވެރިވެގެން ދިޔައީ ބަލްޝަމްގެ އުފާވެރި ދިރިއުޅުމެވެ.
“މާހިލް އަކީ ބަލްޝަމް އިންތިހާއަށް ލޯބިވި ލޯބިވެރިޔާ! އޭނާ އާ ހެދި ބަލޫ ކޮއްކޮ އުޅުނު ގޮތް ފެންނާނީ އަހަންނަކަށްނު! މާހިލް ނުގުޅައިފިއްޔާ އެ ފަކީރަށް ނުވެސް ކެވޭ! ނުވެސް ނިދޭ! ވަރަށް ގިނަ ދުވަސް ވަންދެން އެ ދެމީހުން އެއްކޮއް އުޅުނު. ދެމީހުންގެ ކައިވެނިވެސް ހަމަ ޖެހިގެން ދިޔަ! ނަމަވެސް އެންމެ ފަހު ވަގުތު މާހިލް ބަލްޝަމް ދޫކޮށް ދިޔައީ! އެދުވަހު ރޮއެ ރޮއެ ބަލްޝަމް ކިރިޔާ ހަލާކު ނުވީ! އެންމެ ފަހުން ހިތުގައި ޖެހުނުލެއް ބޮޑުކަމުން އެފަކީރުގެ ހޭވެރިކަން ނެތުނީ! ހޭ އެރިއިރު……. ހޭ އެރިއިރު އެފަކީރުގެ ބުއްދި ވަނީ ފިލާ ގޮއްސަ!!” ޒުލްފާ ގިސްލަ ގިސްލާފައި ރޯންފެށިއެވެ. ޝާލިނީގެ ލޮލުންވެސް ހުއްޓުމެއްނެތި ކަރުނަ އޮހޮރެމުންދިޔައެވެ. ހަމްދަރުދީއިން ފުރިގެން ވީ ނަޒަރަކުން އޭނާ ބަލައިލީ ބަލްޝަމްއަށެވެ. އެއިރުވެސް ބަލްޝަމް އިނީ ފާރުގައި މާހިލްގެ ނަން ލިޔާށެވެ.
“ކޮބާތަ މިހާރު އެ މާހިލް!” ޝަލިނީގެ ހިތުގައި މާހިލްއާ ދޭތެރޭ ރުޅިވެރިކަން އުފެދިގެން ދިޔައެވެ.
“އޭނާ އެބައުޅޭ މީހަކާ އިނދެގެން! ކުއްޖެއްވެސް ހުރޭ މިހާރު! މާހިލް އަކީ މިރަށު ހޮސްޕިޓަލުގެ ކަށިތަކާ ބެހޭ ޑޮކްޓަރު!”
“ކަކާތަ އިނީ؟” ޝާލިނީ އަވަސް އަވަހަށް އަހާލިއެވެ.
“ކޮންމެވެސް ޝިއާނާ އަކާ އިނދެގެން އުޅެނީ!” އަތުގެ ނުފުށުން ކަރުނަތައް ފުހެލަމުން ޒުލްފާ ނުކުމެގެން ދިޔައީއެވެ. ޝާލިނީ ގޮސް ހުއްޓިލީ ކުޑަ ދޮރު ކައިރިއަށެވެ. އޭނާގެ އަތް މުއްކެވިގެން ދިޔައެވެ. ދެ ބުމަ ގޮއްޖެހުނެވެ.
އޭނާގެ ކޮއްކޮއަށް އެހާލުޖައްސާފައި މާހިލްއަކަށް އުފަލުގައި އުޅޭކަށް ލާހިކެއް ނޫނެވެ. އެކަކަށް ދެރައެއް ދިނުމަށްފަހު އަނެކާއަށް އުފަލުގައި އުޅެވުމަކީ އިންސާފުވެރި ގޮތެއް ނޫނެވެ. މާހިލްގެ ކިބައިން އެކަމުގެ ބަދަލު ހިފަން، އެވަގުތުވެސް ޝާލިނީ ހިތާހިތުން އަޒުމް ކަނޑައެޅިއެވެ.
***
“ޕީކް އަ ބޫ!!” މޫނުމަތީ އަތް އެޅުމަށްފަހު ކުއްލިއަކަށް އަތް ނަގަމުން މާހިލް ބުނެލިއެވެ. އެއާއެކު އޭނާގެ 2 އަހަރުގެ ދަރިފުޅު އިކާން އަޑުގެ ކޮޅަށް ހީގަތެވެ. މާހިލް އިކާން ގެނެސް އޭނާގެ މެޔާ ލާ ބޮނޑިކޮއްލިއެވެ.
“މާހިލް! ގަމީހުގަ ރޫޖެހިދާނެ!” އެވަގުތު ޝިއާނާ އައިސް ކޮޓަރިތެރެއަށް ވަނެވެ. އޭނާގެ އަތުގައި ކޮފީ މަގެއް ހުއްޓެވެ. “އަން ކޮފީ! އަވަސް ކޮއްލާ އެއޮއް ގަޑި ޖެހެނީ!!”
“ލަވް ޔޫ!!” ކޮފީތަށި އެއްކޯވަރުން ދަމާ ހުސްކޮށްލުމަށްފަހު ޝިއާނާގެ ކޮލަށް ދޮނެއް ދެމުން މާހިލް ނުކުމެގެން ދިޔައެވެ.
“ދަރިފޫ! ހިނގާ ފެންވަރަން ދާން ދޯ!!” އިކާން އުރާލުމަށްފަހު ޝިއާނާ ހިނގައިގަތީ ފާހާނައާ ދިމާއަށެވެ.
***
“ޕޮއް!!”
ޖޯލިފަތީގައި ވާހަކަ ފޮތެއް ކިޔަން އިން ނީމް ދިޔައީ ސިއްސައިގެންނެވެ. ވާހަކަ ފޮތް ލައްޕާލަމުން އޭނާ ބަލައިލިއެވެ. އެއިރު އާނާ ކުރިމަތީ ހުރީ ޝާލިނީއެވެ.
“އަހަނ ޝާލިނީ!!” ނީމްގެ މޫނުމަތިން ފެނިގެން ދިޔައީ އުޖާލާ ކަމެވެ. “ކޮބާ ކޮންއިރަކު ވައްޓާލީ؟؟”
“މިއަދު ހެނދުނު ލޯންޗުގަ އައީ!” ޖެހިގެން ހުރި ޖޮލިފަތީގައި ޖައްސާލަމުން ޝަލިނީ ބުންޏެވެ.
“ހާދަ ތަފާތޭ މިހާރު! އަދިވެސް ބުރުގާ ނާޅަންތަ؟” ޝާލިނީގެ ހަށިގަނޑަށް ހިފާފައިވާ ބާރު ޓީޝާޓަށް ބަލައިލަމުން ނީމް ބުނެލިއެވެ.
“މަށަކަށް ނޫޅެވޭނެ ނީމް މެން ތި އުޅޭހެންނެއް! ބުރުގާ އެޅީމަ ހާދަ ހޫނު އަރާނެޔޭ! ނީމްއަކަށް ހޫނެއް ނުވޭތަ؟؟” ނީމްގެ ބުރުގަލަށް ދަމައިގަންނަމުން ޝާލިނީ ސަމާސާ ކޮއްލިއެވެ.
“އާނ ނުވޭ! އޭނ ތިޔެއް ނޫނޭ! ކޮބާ ނެއްތަ ކަމެއް؟”
“ކަމެއް ދޯ!!” ޝާލިނީ ކުޑަކޮށް ވިސްނާލިއެވެ. އެއާއެކު އަނެއްކާވެސް އޭނާގެ ސިކުނޑިއަށް ވެރިވެގެން ދިޔައީ އޭނާގެ ނިކަމެތި ކޮއްކޮ ބަލްޝަމް އެވެ. އެހެންކަމުން އޭނާގެ މޫޑު ވަގުތުން ހަރާބު ވިއެވެ.
“މިހާރު ކިހިނެއްވީ؟؟” ޝާލިނީގެ މޫނުމައްޗަށް ވެރިވެގެން ދިޔަ ކުލަވަރު ފެނިފައި ނީމްގެ ހިތުގައި ސުވާލު އުފެދުނެވެ.
“މި ވިސްނެނީ ބަލޫ އާ މެދު!”
“އާނ!! މަވެސް ވަރަށް ދެރަވި އެ ވާހަކަ އަޑު އަހާފަ!” ނީމް މަޑުމަޑުން ޝާލިނީގެ ހިނގިލި ތަކާ ކުޅެލިއެވެ. “ވަރަށް ފަހަކުންވެސް ދިޔައިން ބަލޫ ކައިރިއަށް! އެކަމަކު މަ މީ އެނގޭ މީހެއް ކަމަށްވެސް ނުހެދި!”
“ކޮބާތަ މިހާރު އެ މާހިލް ކިޔާ ފުރޭތަ؟” ޝާލިނީގެ ރާގު ބަދަލުވެގެން ދިޔައީ ރުޅިވެރި ކަމަށެވެ. އެއާއެކު އޭނާގެ ދެ ބުމަ ގޮށް ޖެހިގެން ދިޔައެވެ.
“އޭނަ އެބަ އުޅޭ ފާޑެއްގެ ރަށުން ބޭރު މަންޖެއަކާ އިނދެގެން! މަ ވަރަށް ނެއްޓި މާހިލް އެހެން ހެދީމަ! ކޮބާތަ ބަލޫގެ ކުށަކީ؟ އެހެން ހަދާކަށް ނުވާނެ އެންނު އެ ފަކީރަށް!” ނީމް ވެސް ވާހަކަ ދެއްކީ މާހިލް އާ ދެކޮޅަށެވެ.
“މަ ބޭނުން އޭނާގެ ކިބައިން އެކަމުގެ ބަދަލު ހިފަން!!”
“އަހަރެމެން ވަކި ކީއްތަ ކުރާނީ؟” ނީމް ސުވާލު ކޮއްލިއެވެ.
“ބްލެކް މެޖިކް!” ވިސްނާލުމަށްފަހު ޝާލިނީ ބުނެލިއެވެ.
“ބްލެކް މެޖިކް؟؟؟؟؟” ނީމްގެ ދެލޯ ތަންމިނަށް ހުޅުވިގެން ދިޔައެވެ. “ސުބުހާނަﷲ! ތިހާ ހިސާބަށް ނުދޭ! އެނގޭތަ އެއީ ކިހާ ނުރައްކާ ކަމެއްކަން!”
ހެވޭ!!” ޝާލިނީ ގޮތެއް ދުލެއް ނުކުރިއެވެ. “މިރަށުގަ ހުރޭތަ ބްލެކް މެޖިކް ހަދާ މީހެއް؟”
“އާން ހުރޭ! އެ ދޮން އަހުމަދު!!” ނީމް ބުންޏެވެ. “އެކަމަކު….” ނީމް އަށް ބުނެވުނީ އެހިސާބަށެވެ.
“ހިނގާ އެ ގެ ދައްކަން!!” ޝާލިނީ ނީމްގެ އަތުގައި ހިފާ ދަމަން ފެށިއެވެ.
“މަށަކަށް ނުކެރޭނެ….”
“ހިނގާބަލަ!!” ނީމްއަށް އެންމެ ފަހުން މަޖުބޫރު ވީ ޝާލިނީ ގޮވައިގެން އެގެއަށް ދިއުމަށެވެ.
***
“އެހެރީ އެ ގެ!!” އިނގިލިން ދޮން އަހުމަދުގެ ގެއަށް އިޝާރާތް ކުރަމުން ނީމް ބުނެލިއެވެ. “މަށެއް ދެން ނުދާނަން އެކޮޅަކަށް! ޝާލިނީ އެކަނި ދޭ!!”
ޝާލިނީ އެއްވެސް ވަރަކަށް ޖެހިލުން ވާ ހެންނެއް ހިޔެއް ނުވެއެވެ. އޭނާ ވަގުތުން ހިނގައިގަތެވެ. ނީމް އަވަސް އަވަހަށް މިސްރާބު ޖެހީ އޭނާގެ ގެއާ ދިމާއަށެވެ.
އަވަސް ފިޔަވަޅު ތަކަކާއެކު ޝާލިނީ ގޮސް ދޮން އަހުމަދު ގެއަށް ވަނެވެ. ދެފަޅީގައި ހެދިފައިވާ ބޮޑު ދެ ބަނބު ކެޔޮ ގަހުގެ ސަބަބުން މުޅި ސަރަހައްދުވަނި ހިޔާވެފައެވެ. ތެޅިގަލުން ރާނާފައިވާ އެ ކުޑަ ގޭގެ ދޮރުގައި ޝާލިނީ ޓަކި ޖަހާލިއެވެ. ނަމަވެސް ފުރަތަމަ ފަހަރު ޚަބަރެއް ނުވިއެވެ. ޝާލިނީ އަނެއްކާވެސް ތަންކޮޅެއް ބާރަށް ޓަކި ޖަހާލިއެވެ. އެއާއެކު މުރަނަ އަޑަކާއެކު މަޑުމަޑުން ދޮރު ހުޅުވިގެން ދިޔައެވެ.
“ކީއްކުރާ ކުއްޖެއް؟” ދޮން އަހުމަދު މި ސުވާލުކޮށްލިއިރުވެސް، މީހަކު އެގެއަށް އަންނާނީ ކީއްކުރަންކަން ހަމަ ސާފު އެނގެއެވެ.
“ކުޑަ ކަމެއް ކޮއްލަދީބަލަ!!” ޝާލިނީއަށް އެހެން ބުނެވުނު އިރު ދޮން އަހުމަދު ހުރީ ޝާލިނީ އެތެރެއަށް ވަނުމަށް ދައުވަތު ދީގެންނެވެ. ހީވަނީ މާ ކުރިންވެސް އެކަމަށް ތައްޔާރު ވެގެން ހުރި ހެންނެވެ. ޝާލިނީ މަޑުމަޑުން އެތެރެއަށް ވަނެވެ. އެއާއެކު ދޮން އަހުމަދު ދޮރު ޖަހާ ތަޅުވެސް ލައިފިއެވެ.
މުޅި ގޭތެރެއިންވެސް ދުވަމުންދިޔައީ ތަތްމުޑު ވަސް ކަހަލަ ނޭފަތަށް އުނދަގޫ ކުރާފަދަ ވަހެކެވެ. ޝާލިނީއަށް އޯއަކަށް ދެމެން ވެސް އުޅުނެވެ. ނަމަވެސް ހިނދިރުވާލަމުން އޭނާ ހަމަޖެހިލެވޭތޯ ބެލިއެވެ.
“އިށީނދޭ!” ކުރިމަތީ ހުރި ގޮނޑިއަށް އިޝާރާތް ކުރަމުން ދޮން އަހުމަދު ބުނެލިއެވެ.
“ކޮބާ ކޮންމެއް ކޮންދޭންވީ!!” ޝާލިނީގެ ލޫޅާފަތި ހަށިގަނޑަށް ކަޅި އަޅާލަމުން ލާނެއް ރާގެއްގައި ދޮން އަހުމަދު ބުނެލިއެވެ. އެއާއެކު ޝާލިނީ އޭނާގެ ވާހަކައިގެން ކުރިއަށް ދިޔައެވެ. އެއިރު އޭނާގެ ފަހަތުގައި ހުރިހާ ވާހަކައެއް އަޑުއަހަން އަބްރާސް ހުރިކަމެއް އޭނާއަކަށް ނޭނގެއެވެ.
އަބްރާސް ގެ މޫނުމަތިން މި ފަހަރުވެސް ފެނިގެން ދިޔައީ މާޔޫސީ އަސަރުތަކެކެވެ. އަނެއްކާވެސް އަމާން ކަމާއެކު ދިރިއުޅެމުން ދާ ކުޑަ ކުޑަ އާއިލާއަކަށް ގެއްލުން ދޭން ޖެހުމުގެ ސަބަބުން އޭނާ ދެރަވިއެވެ. މީގެ ކުރިން ކިތަންމެ ބަޔަކަށް އޭނާ ވަނީ ގެއްލުން ދީފައެވެ. އެހެނެއް ކަމަކު މިހާރު އޭނާގެ ވިސްނުން ވަނީ ބަދަލުވެފައެވެ. ނަމަވެސް ކުރެވޭނެ ކަމެއް ނެތެވެ. ދޮން އަހުމަދުގެ އަމުރުތަކަށް ކިޔަމަން ވުމަކީ މިއަދު އޭނާއަށް މަޖުބޫރު ކަމެކެވެ.
“ހަވާތިފް!!” ޝާލިނީގެ ވާހަކަ ނިމުމާއެކު ދޮންއަހުމަދު ވައި އަޑުން ބުނެލިއެވެ. “ތި ކަމަށް ބޭނުންވާނީ ހަވާތިފް! އަހަރެން ތިކަން ކޮއްދީފާނަން!! އެކަމަކު ޓިސް ޓިސް!!” އަތުގެ ބޮޑުވައި އިނގިއްޔާ ޝަހާދަތް އިނގިލި ކާއްތާލަމުން ދަހިވެތިކަމާއެކު ދޮންއަހުމަދު ބުނެލިއެވެ.
“ލާރިޔާ މެދު ހާސް ނުވެބަލަ! ކަލޭ ބުނި ވަރަކަށް ލާރި ދީފާނަމޭ! އެކަމަކު މަ ބޭނުންވާގޮތަށް މާހިލްގެ ވިސްނުން ބަދަލު ކޮށްދޭން ޖެހޭނެ!!”
“އާނއެކޭ އާނއެކޭ!!” ދޮން އަހުމަދު އަވަސް އަވަހަށް ބުނެލިއެވެ.
“މިވަގުތަކު އަތަކު ނެތް ލާރިއެއް! މިއަދު ހަވީރުން އަންނާނަން ލާރި ހިފައިގެން!!” ޝާލިނީ ތެދުވުމަށްފަހު އެތަނުން ނުކުމެގެން ދިޔައެވެ. އެއާއެކު އެތަނަށް އަބްރާސް ފާޅުވިއެވެ.
“ކޮބާ ކަލޭއާ ޖެހުނީ!!” އަބްރާސް އާ މުހާތަބު ކޮށް ދޮންއަހުމަދު ރުންކުރުކަމާއެކު ބުނެލިއެވެ. “ކަލޭ ހަދަން ޖެހޭނީ މަ ބުނާގޮތެއް! އެހެން ނޫނީ ވާނެ ގޮތް ކަލެއަށް ހަމަ ރަނގަޅަށް އެނގޭނެ! ހަނދާން ކުރާތި! ކޮންމެ ތާކު ހުއްޓަސް ކަލޭ ހަދާ ނުހަދާ މަށަށް އެނގޭނެ!! ގޯހެއް ހަދައިފިއްޔާ…..”
ނުނިމޭ
54 Comments!
Comments are closed.
Vvvvvvv. Nice…. Hoody Ur Di best… 🙂
Yahoo I am Di frst
mi bai kuru koh genes dhevuneethee sorry… but eiy hama thi lobuvethi kiyuntherinnah takaa avahah Up koh dheyn vegen….. ummeedhu kuran mi baivex kamudhaane kamah… and mi baigavex yaeesh eh nugenes dheve dhw….. but next bai ga dfntly genes dheynan… In Sha Allah…. 🙂
ahahaha… Hoody ah vure kurin comment koffi mixna…. hehehe…. conguratulations… 🙂 😀
Alhe haadhakuray dhw.. ekam vaahaka v reethi.. next part dhigukoh genesdhaynekamah ummeedhu kura:-)
wow nice mi part vx…nxt part ah wait kuran..:-)
Yeah…. Kuda koh kuru…. But thnxx dude… Inhey school dhuvas kolhu bxy vaane kan … I am also a student …anyways story is awsme…:)
Thnkx Sham Naboo and mixna… 🙂
Hoody… Do u have a fb ID
Yeah….. Search Hoodh Ibrahim…. Innaane black kulaige Profile Picture eh laafa… Cover ga innaanee Pen eh…..
Vara reethe
Hood you are the best story varah reethi ☆☆☆☆☆☆☆☆☆☆☆☆☆☆
Wow v v v salhi miaives ♥♥♥♥
Wow v v v salhi mibaives ♥♥♥♥♥
Hooodh ur the best
Wow awsome
But thankolheh kuru dho
Any ways i understand school days we ma kan
Gud luck 4 the next episode
☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆
Vrh reethi…
Waaaauuu… vvv salhi ige … lv dis stry
Thnkx all… :)…
Wow vrh shalhi ehgey….anehba ves veh shalhi…inthaazarugah aneh bayaves
Kon irakun 3 vana part
Vara reethi..maasha Allah..u r the best hoody
kada. haadha kurey. kiyaa hithun ovvaa e nimuny. bt ur the best. hoody.
Wow varah salhi
Thnkx crazi,Rres, naj, sif and shally…. 3 vana part liyevunuhaa avahakah Up koh dheynan… In Sha Allah…
i want tomoro.
Vvvv nice keepit up.avaha up kolathi hooodu
Varah salhi vaahaka ingey Hoodh…. Heeves nuvey Hoodh thihaa vaahaka liyan molhu kamakah good luck for ur career
Wow! V v v v nice.. waiting for next part…hoody ur the best..♡♡♡
kobaa yaish hoody
Thnkx all…
Shiaa, Yaish vex adhi annaaney…. Wait…. 🙂
Wow nice thanks avahah up kuraathyve ur the best
Vvvvvvvv salhi ingey…a
Hoody how do u write all these
I mean its amazing
Ur stories are awsum..avaha next part up kohlaba.. kiyaa hithun hama inthizaaruga ♡
Wow vaahaka vara reethi…waiting next part….
vaahaka varah varah salhi….
Hoodx meethi varah salhi… 🙂 next part avahah up kohdhehchey… Ok? Kobaatha yaeesh? Avas kurahchey. By the way hoody ulheny male’ ga tha? I mean are you studying in male’ ? Kon grade eh ga tha ulheny?
v habeys vaahaka ehmi . kon irakun next part
hoody i hav send u fb rwquest
Zaa hiyeh nukuran hoody ehaa fast koh mi bai fonuvaalaane kameh…. shockeh libunee…. Zaa ah mibaives vvvvvv reathi….
hoody ah story liyan family enmen ves support tha? im not lucky….. Manma beynumee Zaa lavva nurse kan kiyavan…. ekamaku furathama dhuvahu clahah vaneema ves firihen kudhin dhimaaa kuran feshy….. Class in 3 boys Zaa aai alhaagen ulheythee huttalee…. office in ge ah anna iru kujjaku athah dheefa love letter dhey varu fahun ekan ehkoh huttalumah fahu dhivehin master negee….
i want 2 frnd on fb. hoody
vvvvvvvv reethi ingey mi part wes . hama awesome. ingey hoody . kon irakun next part . 🙂 🙂 🙂 waiting
ky kuraany zaa . shiaa mom and dad ves beynun vany nurse kan kiyavan . shiaa ge cousin eh ves nursing hadhaa eba mihaaru. and adhi ehen cousin aky phermesist eh . shiaa wes benun way stories liyan . ekamu dhen kihineh hadhaany . …….. dhen mihaaru hithah eba araa nursing hadhaany eyy ves 🙁 🙁 . mamma menge edhumaa dhe kolhu hadhaakah nuvaane eh nu dhw
Thnkx all 🙂
yeah zaa… family hama OK… Zaa ah mi dhimaavee varah dherakoh dhw…. But Zaa mihaaru vex story liyamehnu….
Zaa maa reethi veemaey kudhin kudhin letter aa ehchehi e fonuvanee… hehehe :p BTW, Whats your age Zaa???
Yeah Shiaa, Mom men bunaagothah hadhaigen dheraeh nulibeyne… 🙂
hoodh mirey kobaa???? i jus love thix story
vv reethi mi vaahaka . when the next prt?
year…. family in enme reethi Zaa… dhen Zaa ge age ake 18… how about you hoody? how olde?
to shiaa,
miulheny cousin eh geah dhaan nursing kiye viyya faidhaa vaanee ves shiaa ah…
sorry hoody….. 18 eygehunee…. 19
aa dhw
Luv dis stry
V reethi