Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

އިންތިޒާރު 33

darkangel Level 110 Stories
June 23, 2015 4 Mins Read
23 Comments

ޒަޔާން ނޫރާއަށް އެހަގީގަތް ކިޔާދޭން އުޅުމުން އެކަމަށް އިންކަރުކުރީ ޔަޝްރާއެވެ. އަދި މާއަވަސްކަމުގައި ބުނެ އިހަށް މަޑުކުރުމަށް ބުންޏެވެ. މަންމަ ބޭނުންވިގޮތަށް ޒަޔާން ކަންތައްކުރިއެވެ. އަދި ސިއްރުނުކޮށް އެކަންތައްވީގޮތް މަންމައަށް ހިއްސާކުރެވުމުން ހިތްހަމަޖެހުން ލިބުނެވެ.  ނަމަވެސް ހިތުގެ އެއްކަނަކުން އަދިވެސް ޒާޔާއަށް އެދެވެމުން ދިޔަ ނަމަވެސް ޒާޔާއަށް އޭނަގެ ލޯބި ނުހޯދައިދެވުމުން އެކަމާ ދެރަވިއެވެ. ހުރިހާ ކަމެއް އެނގިހުރެ އެކަން ސިއްރުކުރަން ޖެހުމުން އުނދަގޫވެސް ވިއެވެ. ޒާޔާ ދެރަވާނެވަރު އިހުސާސްވެފައި އަދި އިތުރަށް ދެރަވިއެވެ. ނަމަވެސް ޒާޔާއަށް ހިތްހަމަޖެހުމެއް އޭނަ ހޯދަދޭނީ ވަކިކިހިނެތްހެއްޔެވެ؟ ހަގީގަތް ހާމަ ކުރަންވީހެއްޔެވެ؟ ކަންތައްކުރަންވީގޮތް ނޭނގިފައި އޭނައަށް ހުރެވުނީ ހުރިހާ ގޮތަކަށް ވިސްނަންޖެހޭތީއެވެ.

     ދުވަސްތައް ފާއިތުވަމުންގޮސް ޒާޔާގެ ކިޔެވުންވެސް ނިމިއްޖެއެވެ. ދިރިއުޅުމުގައި ކަމެއް ހާސިލް ވެއްޖެކަމުގެ އިހުސާސް ޒާޔާއަށް ކުރެވުނެވެ. ދެން އޭނަ އެނބުރި މާޒީއަށް ބަލަން ބޭނުމެއް ނުވިއެވެ. ހިތުގައި އޮތް އަޒުމާއި އެއްގޮތަށް ދާން ބޭނުންވީ ކުރިއަށެވެ. ދިރިއުޅުމުގައި ކުރިއަށް ފިޔަވަޅު އަޅަންބޭނުންވީ އެންމެ ފަހަރަކުވެސް ފަހަތް ބެލުމެއް ނެތިއެވެ. އޭނައަށް އެގޮތުގައި ސާބިތުވެވި ހުރެވޭނެކަމުގެ ޔަގީންކަން މިހާރު ހިތުގައި އެބައޮތެވެ. ބޭނުންވަނީ ކުޑަ ހިތްވަރެކެވެ. ހިތްވަރު ދޭނެފަރާތެކެވެ. އެގޮތުގައި ދެމިހުރުމަށް އަޒުމެކެވެ. ނަމަވެސް އެގޮތުގައި ދެމިހުރުމަށް ކުރަންޖެހޭ އަދިއެއްކަމެއް އެބައޮތެވެ. އެކަންވެސް އޭނައެހުރީ ކުރަން ތައްޔާރަށެވެ.

     ޒާޔާގެ ކޯސްނިމުނުން ޒަޔާންގެ އެދުމުގެމަތިން ޔަޝްރާވަނީ ޔާސިރުއާއި ސަލްމާގެ ގާތުގައި ޒާޔާއާއި ޒަޔާން ކައިވެނި ނުކުރާނެ ވާހަކަވެސް ކިޔާދީފައެވެ. އެމީހުންގެ ފަރާތުން އެނގުމަށްވުރެ ޔަޝްރާއެވާހަކަ ކިޔައިދިނުމުން މާރަނގަޅުވާނެކަމަށް އޭނައަށް ވިސްނުމުންނެވެ. ނަމަވެސް އޭގެ އަސްލު ސަބަބު އޭނަވެސް ނުބުނެއެވެ. ބުނާނީވެސް ކިހިނެތް ހެއްޔެވެ؟ ސަލްމާއަށް އެކަމުން ހިތްހަމަޖެހުމެއް ލިބުނެވެ. ޒާޔާ އެއާއިލާއާ ނުގުޅޭނެކަން އެނގުމުންނެވެ. ނަމަވެސް ޔާސިރުދެރަވިއެވެ. އޭނަބޭނުންވަނީ ޒާޔާއަށް ރަނގަޅު ދިރިއުޅުމެއް ހޯދައިދިނުމަށެވެ. ނަމަވެސް އެކުދިން ބޭނުން ގޮތަކަށް ކަންތަކަށް ކުރުމަށް ދޫކޮށްލީއެވެ. އަދި އިތުރަށް އެކަމަށް ބާރުނޭޅުމަށްވެސް ބުންޏެވެ.

     ޒާޔާބޭނުންވާގޮތްވެސް އެދުވަހު ޔާސިރުގާތުގައި ހިއްސާކުރިއެވެ. އޭނަ ކިޔަވައި ނިމިފައިހުރުމާއި އެކީގައާއި އެއްކޮށް އޭނަ ބޭނުންވަނީ އަމިއްލަ ފައިމައްޗަށް ތެދުވެ ހަރުދަނާ މީހަކަށް ވާންކަމުގައި ބުންޏެވެ. އިތުރަށް ކިޔަވަން ބޭނުންވާކަމުގައިވާނަމަ ޔާސިރު ހުރީ އެފުރުސަތުވެސް ޒާޔާއަށް ހޯދަދޭށެވެ. ނަމަވެސް ޒާޔާ އޭނަގެ ނިންމުން ބަދަލުކުރަން ބޭނުމެއް ނުވިއެވެ. އެކަމާއި ޔާސިރު ހިތްހަމަނުޖެހޭކަން އެނގިހުރެވެސް ޒާޔާ އޭނަގެ ނިންމުމުގައި ސާބިތުވެހުއްޓެވެ. ޔާސިރުއާއި ސަލްމާކޮށްދިން އިހުސާންތެރިކަމުގެ ބަދަލު ދުވަހަކުވެސް އަދާ ނުކުރެވޭނެ ކަމުގައި ޒާޔާ ބުންޏެވެ؟ މިހާރު ދެން އޭނައަށް އެކަނި އުޅެވޭވަރުވުމުން އިތުރަށް އެއިހުސާންތެރިކަން އޭނައަށް ބަލައިގަނެވެން ނެތްވާހަކަވެސް ބުންޏެވެ؟ ޔާސިރު އޭނައެގޭގައި ބަހައްޓަން ކިތަންމެ ބޭނުންކަމުގައި ވިނަމަވެސް އެގޭގައި އޭނަ ބަލައިނުގަންނަމީހުން އަދިވެސް އެބައުޅެއޭބުނުމުން އިތުރަށް ބުނާނެއެއްޗެއް އޭނައަކަށް ނޭނގުނެވެ. މިހުރިހާދުވަހު ޒާޔާގެ ދުލުން އެހެން ނުބުނެ ހުރިކަމުގައިވިނަމަވެސް އެއީ ހަގީގަތެއްކަން އޭނައަށްވެސް އެނގެއެވެ.

“ޔޫ ނޯ ޔޫޑޯންޓް ހޭވްޓް ޑޫދެޓް” ޒަޔާން ފޯނުން ވާހަކަ ދައްކަމުންދިޔައީ ޒާޔާއާއެވެ. ޒާޔާގެ ނިންމުން ބަދަލުކުރުވަން އޭނަވެސް ބޭނުންވަނީއެވެ.

“އައި ހޭވެޓް، އިޓްސް ނޮޓް ޔުއަރ ފޯލްޓް، އަހަރެން ބޭނުންވެގެން ކުރާކަމެއް މިއީ، އަހަރެން ބޭނުންވެގެން މިގެދޫކޮށްދާން މިއުޅެނީ، އިޓްސް ނޮޓް ޔުއަރ ފޯލްޓް، އެގޮތް އެންމެންނަށްވެސް އެންމެ ރަނގަޅުވާނީ، ވަރަށް ހިތްވަރުން މި ޑިސިޝަން މިނެގީ، ޑޯންޓް ޓްރައި ޓް ޗޭންޖްއިޓް، ޕްލީޒް” ޒާޔާވާހަކަ ދައްކަމުން ދިޔައީ ގަދަކަމުންނެވެ.

“އައި ނޯވް، އެމް ސޯސޮރީ،” ޒަޔާންއަށް އިތުރަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އެއްވެސް އެއްޗެކޭ ނުބުނެ އޭނަ އެތައްއިރެއް ވަންދެން ފޯނުގައި އޮތެވެ. ޒާޔާވެސް ކޮންމެހެން ފޯނުބާއްވާކަށް ނުބުނެއެވެ.

     ޒާޔާބޭނުންވިގޮތަށް ކަންތައްތައް ހަމަޖެހުމުންވެސް އޭނައަކަށް ހިތްހަމަޖެހުމެއް ނުލިބުނެވެ. ފުރުން އޮތީ ހަވީރުކަމުގައިވާތީ އެދުވަހު ހެނދުނު ހޭލައިގެން ސައިބުއިގޮތަށް އޭނަ އުޅުނީ އެއްޗެހި ޕެކްކޮށް ކޮޓަރި ސާފުކުރުމުގައެވެ. ސަނާވެސް އޭނައާއިއެއްކޮށް އެހީތެރިވުމުގައި އުޅެއެވެ. ޒާޔާގެ މޫނުމަތިން އޭނަ ދެރަވެފައިހުރިވަރު ސަނާއަށް ކިތަންމެ ރަނގަޅަކަށްވެސް އެނގެއެވެ. ހުރިހާ ކަރުނައެއް ދިރުވައިލައިގެން ހިތްވަރުކޮށްގެން އުޅޭތީ އޭނައަށް ހަމްދަރުދީވެވުނެވެ. ނަމަވެސް އެކަމާބެހޭގޮތުން އެއްވެސް އެއްޗެކޭނުބުނެހުރީ އިތުރަށް ދެރަކުރަން ބޭނުންނުވާތީއެވެ. މެންދުރުފަސްވިއިރު ގާތްގަނޑަކަށް ހުރިހާކަމެއްކޮށް ނިމިއްޖެއެވެ. ޒާޔާފެންވަރަން ވަނުމުން ސަނާވެސް އެކޮޓަރިން ނުކުތީ ޝާންގެއަށް އަންނަން ކައިރިވެފައި ހުރުމާއިއެކުއެވެ.

“ހުރިހާ އެއްޗެއް ރެޑީވީތަމިހާރު؟” ކާކޮޓަރިއަށް ވަތް ޒާޔާފެނިގެން މޭޒުކައިރީގައި އިން ޝާން އަހާލިއެވެ. ޒާޔާ ހޫމް އަޅުވާލަމުން އައިސް މޭޒުކައިރީގައި އިށިއިނެވެ. ޔާސިރުވެސް އޭނައާއި އެތައް ވާހަކައެއް ދެއްކިއެވެ. އެހުރިހާއިރުވެސް އެއްވެސް އެއްޗެކޭ ނުބުނެ އިނީ ސަލްމާއެވެ. ޒާޔާދެރަވިނަމަވެސް އެކަން ނާންގާ އިނީއެވެ.

     “ވަރަށް މިސްވާނެ ޒާމަތިން، ދެންނުހުންނާނެ އަހަންނާއެއްކޮށް އަނގަތަޅާނެ މީހަކުވެސް” ކައިނިމިގެން ތަށިތައް ނަގަން އުޅުނު ސަނާ ޒާޔާއަށް ބުނެލިއެވެ. ނަމަވެސް ބަދަލުގައި ބުނާނެއެއްޗެއް ޒާޔާއަކަށް ނުވިސްނުނެވެ. އޭނަކުރަމުންދިޔަ މަސައްކަތާއިގެން މަސްއޫލުވެއުޅުނެވެ. ތަށިތަށް ނަގާފައި ޒާޔާ ކޮޓަރިއަށްދިޔައިރުވެސް އޭނަފަހަތުން ސަނާ އެކޮޓަރިއަށް ދިޔައެވެ. މިއަދު ހަތަރުދަމު އޭނަ އެއުޅެނީ ޒާޔާގެ ހިޔަނި ހެނެވެ.

ކޮޓަރިއަށްވެދެފައި ޒާޔާ އެކޮޓަރީގެ ހުރިހާ ދިމާއަކަށް ފަރުވާވެ ބަލާލިއެވެ. ހީވީ އެއިން ކޮންމެ މަންޒަރެއް ހިތުގައި ތަސްވީރެއްހެން ފޮރުވަން ބޭނުންވީހެނެވެ. “އަހަރެންވެސް ވަރަށް މިސްވާނެ އެންމެންމަތިން، އަބަދުވެސް ހަނދާންވާނެ” އެތެރެއަށް ވަނުމަށްފަހު އެނދުގައި އިށިއިންނަމުން ޒާޔާ ސަނާއަށް ބުނެލިއެވެ. ރޯން ބޭނުން ނުވިކަމުގައިވިނަމަވެސް އޭނަގެ ދެލޮލުން އެވަގުތު ކަރުނަ ފާއްދާލިއެވެ. “ޒާޔާ…” ކަރުނަތަށް ފޮހެލިތަން ފެނިފައި ސަނާ މަޑުމަޑުން ޒާޔާއަށް ގޮވާލިއެވެ. އަދި ދެފަރާތަށް ބޯހޫރާލަމުން ނުރުއިމަށް ބުނެލިއެވެ. ޒާޔާވެސް ހީލާފައި މާ އިމޯޝަނަލް ވެވެނީދޯއޭ ބުނެލިއެވެ.

     ތިނެއްޖެހިއިރު ޒާޔާހުރީ ތައްޔާރުވެނިމިގެނެވެ.އެނދުގައި އިށިއިދެގެން އިނީ ފޯނުން ރާއިންގެ ތަސްވީރަކަށް ބަލާށެވެ. ދިއުމުގެ ކުރިން އެއްފަހަރު ރާއިންގެ މޫނު ފެންނާނެނަމައޭ ހިތާހިތުން ކިޔާލަކިޔާލައެވެ. ތިންގަޑިބައިވަން ކައިރިވެފައި ހުއްޓައި ސަނާ އެކޮޓަރިއަށް ވަންނަމުން ދާންވީކަމުގައި ބުނެލިއެވެ. އޭނަގެ ފަހަތުން ޝާންގެ އަތުގައި ހިފާލައިގެން ޒަކްވާންވެސް ވަނެވެ. ޒަކްވާން އައިސް ސަލާމްކޮށްލަމުން އޭނައަތުގައި އޮތް ޗޮކްލެޓެއް ޒާޔާއަށް ދިނެވެ. ހީލަމުން ޒާޔާއެޗޮކްލެޓުގައި ހިފިއެވެ. ޒާޔާ ހޭންޑްބޭގް ކޮނޑުގައި އަޅުވާލުމުން ޝާން ދެންހުރި އެއްޗެހި ހިފައިގެން ކޮޓަރިން ނުކުތެވެ. ޝާންގެ ފަހަތުން ސަނާމެންވެސް ކޮޓަރިން ނުކުތެވެ.

     “ދޮންބެ ތަނަކަށް ދަނީތަ؟” ގޭތެރެއަށްވަދެގެން އައި ރާއިންއަށް ޝާން ދަބަސްތަށް ހިފައިގެން އަންނަތަން ފެނިގެން ވިސްނާލުމަކާއި ނުލާ ސުވާލުކޮށްލިއެވެ. ނަމަވެސް އެސުވާލުގެ ޖަވާބު ދިނުމުގެ ކުރިން ރާއިންއަށް ދަނީ ކާކުކަން ނަގައިގަނެވުނުހެން ޝާން އަށް ހީވިއެވެ. ކޮނޑުގައި ދަބަސް އަޅައިލައިގެން އޭނަގެ ފަހަތުން ފައިބަމުން އައި ޒާޔާއަށް އޭނަގެ ނަޒަރު ހުއްޓިފައި ހުރުމުންނެވެ. ދެން ރާއިން ބަލާލީ ޝާން އަށެވެ. ސުވާލުގެ ނަޒަރަކުންނެވެ. މަޑުމަޑުން ޝާން ބޯޖަހާލިއެވެ. ޖަވާބެއްގެ ގޮތުންނެވެ. ރާއިންއަށް ބޮލުގައި އަތްހާކާލެވުނެވެ. އޮފީހުގައި އުޅެފައި މިއަދު ތަންކޮޅެއް އަވަހަށް ގެއަށް ދާންޖެހޭނެއޭ އޭނަގެ ބައްޕަ ބުނުމުންވެސް އަހާލުން މުހިންމު ކަމަކަށް އޭނަ ނުހެދީ އެއްވެސް ވަރަކަށް ވިސްނާނުލައެވެ. އޭރުގައި އަހާލެވުނުނަމައޭ އޭނަގެ ހިތަށް އެރިއެވެ. ނަމަވެސް ޒާޔާ ދާން ނިންމީ ކޮންއިރަކު ހެއްޔެވެ؟ ޒާޔާ ދަނީ ކޮންތަނަކަށްހެއްޔެވެ؟ މިހުރިހާއިރު އޭނައަށް މިކަން ސިއްރުވެފައި އޮތީ ކިހިނެތް ހެއްޔެވެ؟ އެއްވެސް މީހަކު އޭނަގާތުގައި ނުބުނީ ކީއްވެގެން ހެއްޔެވެ؟ ޝާންވެސް ނުބުނީ ކީއްވެހެއްޔެވެ؟ ޒާޔާއާއި ވާހަކަ ދައްކާނެ ފުރުސަތެއްވެސް އޭނައަށް ނުލިބުނީއެވެ.

     ވިސްނަންހުރެފައި އޭނަ ޒާޔާއާއި ދިމާ ބަލާލިއެވެ. އޭރު ޒާޔާވެސް ހުރީ އޭނައަށް ބަލަހައްޓައިގެނެވެ. އެލޮލުގައިވި ހިތްދަތިކަން އެހެންމީހުންނަށް ނުފެނުނުކަމުގައި ވިނަމަވެސް އޭނައަށް ރަނގަޅަށް ފެނުނެވެ. ނުދާށޭ ބުނަން ކިތަންމެހައިވެސް ރާއިން ބޭނުންވިއެވެ. ނަމަވެސް ބުނާނީ ކޮންހައިސިއްޔަތަކުން ހެއްޔެވެ؟ ބަލަހައްޓައިގެން ހުރުންފިޔަވައި އިތުރުކަމެއް އޭނައަކަށް ނުކުރެވުނެވެ. އިރުކޮޅަކުން ޔާސިރުއައިސް ކާރަށް އަރަން ދިއުމަށް ބުންޏެވެ؟ ގޭގެ އެންމެން އޭރު ސިޓިންގރޫމުގައި ތިއްބެވެ. ސަލްމާ ބޮލުގައި ރިއްސަނީކަމުގައި ބުނެ ބަހަނާއެއް ދައްކާލާފައި ދިއުމުން އެއްކިބާވިއެވެ. ޒާޔާ ސަލްމާގެ އެއަމަލު ބޮޑުކަމަކަށް ނުހަދައި ސަލާމްކޮށްލަމުން އޭނަގެ މައްޗަށް ހިތްހެޔޮކުރުމަށް އެދުނެވެ. އަދި އޭނަގެ ފަރާތުން ސަލްމާ ހިތްހަމަނުޖެހޭ އެއްވެސް ކަމެއް ފެނިފައިވާނަމަ އެކަމަކަށް މަޢާފަށް އެދުނެވެ. އެހެންމީހުން ތިބުމުން ސަލްމާވެސް ޒާޔާގެ ކޮނޑުގައި ފިރުމާލަމުން ބަލައިގެން އުޅުމަށް ބުނެލިއެވެ. އަދި އެހެންމީހުންނާއިއެކު ގެއިން ނުކުންނަން ހިނގައިގަތެވެ.

     ގެއިން ނުކުންނަމުން އަދިވެސް އެއްފަހަރު ޒާޔާ އެގެއަށް ބަލާލިއެވެ. މަންޒަރު ފުސްވިވަގުތު އަނެއް ފަރާތަށް އެނބުރި އަވަހަށް ކާރަށް އެރިއެވެ. އޭނަގެ ފަހަތުން ސަނާވެސް ކާރަށް އެރިއެވެ. ޑްރައިވަރު ސީޓުގައި ޝާން އިނދެފައި ދެން އިންސީޓުގައި ޒަކްވާން އިނުމުން ރާއިންއާއި ޔާސިރު އެރީ އެހެން ކާރަކަށެވެ. ރާއިންގެ ހިތުގައި ހައިޖާނުގަނޑުވަނީ ބޮޑުވެފައެވެ. ދެރަވެފައި އެއާ އެއްވަރަށް ރުޅިވެސް ގަދަވެފައެވެ. ދެދަތްޕިލާ ޖައްސާބާރުކޮށްގެން އިނީ ބައްޕައިނުމުން ރުޅި ކޮންޓްރޯލް ކުރަން މަސައްކަތް ކުރުމަށެވެ. ޒާޔާ ދާތަނަކާ ބެހޭގޮތުން އޭނައަށް ޔާސިރުއާއިވެސް ސުވާލު ކުރެވިދާނެއެވެ. އެކަމަކު އެގޮތަށް ކަންތައް ނުކުރަން އިނީ ބައްޕަ ދޭނެ ޖަވާބަކުން އިތުރަށް ރުޅިގަދަވެދާނެތީއެވެ. ހުޅުލެއަށް ދެވެންދެންވެސް އޭނަ އެއްވެސް މީހެއްގެ ގާތުގައި އެއްވެސް އެއްޗެކޭ ނުބުނެއެވެ.

“ދަރިފުޅު އަމިއްލަ ފައިމައްޗަށް ތެދުވަން މަސައްކަތް ކުރުމަކީ ވަރަށް ރަނގަޅު ކަމެއް، ކޮންމެތާކު ހުރިނަމަވެސް ދަރިފުޅުގެ ހާލު ބޭބެބަލާނަން، އެއްވެސް ކަމަކު އެދެން ފަސްނުޖެހޭތި، ކަމެއްބޭނުންވެގެން އެކަމަކަށް ނޭދި ނުހުންނާތި، ދަރިފުޅު ބޭނުން އިރަކު އަންނަންވީ، ބޭބެގެ އުފަން ދަރިއަކަށް ނުވިކަމުގައިވިނަމަވެސް ބޭބެ ބަލަނީ ތިއީ ބޭބެގެ އުފަން ދަރިއެއްގޮތުގަ، ބަލައިގެން އުޅޭތި” އެންމެ ފަހުވަގުތު ޒާޔާގެ ބޮލުގައި ފިރުމާލަމުން ޔާސިރު ބުނެލިއެވެ. ކުޑަކޮށް ހިނިތުންވެލާފައި ޒާޔާ ބޯޖަހާލިއެވެ. ޝާން އާއި ސަލާމް ކޮށްލުމަށްފަހު ސަނާގައިގައި ޒާޔާ ބައްދާލިއެވެ. ކަރުނުންފުރިގެންވީ ލޮލަކުން ރާއިންއަށް ބަލައިލަމުން ޒާޔާ ހީނިތުންވުމެއް ހަދިޔާކުރިއެވެ. ރާއިންއަށް އިސްޖަހާލެވުނީ އެމަންޒަރު ބަ

ލަން ކެތްނުވެގެނެވެ.

Share Article

Follow Me Written By

darkangel

Level 110 Stories

Other Articles

Previous

ފަނާ 25

Next

ހަވާތިފް

Next
June 23, 2015

ހަވާތިފް

Previews
June 22, 2015

ފަނާ 25

23 Comments!

  1. ummi says:
    June 23, 2015 at 1:47 am

    Oww v reethii

  2. salumaa says:
    June 23, 2015 at 2:37 am

    Vaahaka varah nice ekam maaa lahy

  3. finni says:
    June 23, 2015 at 4:09 am

    Haadha roveye dhw vvvvv v thithi konirakun aney part nikunnanny vvv avaha up kohdhey thi ingey…plzplzplzplz

  4. Liu says:
    June 23, 2015 at 4:23 am

    Hadhaan nrtheyhaa kohfa up thikurany..NYC story eh awahaha up kohbala

  5. zaa says:
    June 23, 2015 at 8:05 am

    Konmes kujjaku plx bunedhyba keevvegen kan raain n zaa ah marry nukureveny

  6. Aaaah!!!! says:
    June 23, 2015 at 9:23 am

    Foohi vaahakaeh ….dhn ehvx baeh nukiyaanan sala ge vaahaka maa reethi n barabarah up vey…….

  7. maleeha says:
    June 23, 2015 at 9:55 am

    Wow… v v reethi.. haadha lahey upload vyleh.. next part ehaa kuru nukoh thankolheh dhigu kohlaba.. inthixaaru mi kurany next part ah

  8. nazi says:
    June 23, 2015 at 11:23 am

    vvvvvv reethi aalhe avaha up colla dheychey mikurevuneeves haadha dhigu inthizaarekey ekamu foni plz plz plz avaha upkolla dheythi

  9. azoo says:
    June 23, 2015 at 11:27 am

    ?when next part

  10. naj says:
    June 23, 2015 at 2:42 pm

    nyce

  11. raain says:
    June 23, 2015 at 2:48 pm

    Vaahakr vvvvvvvvvvv salhi BT up khdhey leg Maya less…keep it up

  12. swyty girl.. says:
    June 23, 2015 at 3:39 pm

    Alhey vvvv nice… Bt ehaa dhuvas vy iruvx vvvvv kuda thankolheh libuny kiyaalan.. Soooooo sad……! Ehn next part..

  13. neem says:
    June 23, 2015 at 6:57 pm

    Dark angle maru v kamah nimmaigen hutta thi up kury vaahak..
    Meehaku up kurun las vius thy dhn fukeh bodu varu.. ghi huri kannei kamah saabas dhen..
    Ekm vaahaka reethi
    Vaahaka genes dheylai las kamun kamah vx vedhaane, kurin hunna shaugeh neh.,

  14. Faathun says:
    June 23, 2015 at 8:04 pm

    Waahaka awahah up nukurewenyaa nuliyan v ennu dhw.. mihaaru kn dhuwaheh..

  15. ainth says:
    June 23, 2015 at 9:40 pm

    v v nyc..ekamu v lus up vaaleh..thankolheh avaha next part up kohlahcheyy..

  16. nishy says:
    June 24, 2015 at 12:27 am

    Vaaahaka v reeerthi… ekam up vaaaleh maaa las.

  17. misty says:
    June 24, 2015 at 11:23 am

    story v nice.bt haudhahai lahey up vaaleh.kiyan foohi vaafahun up thi kurany.plx avahah up kurahchey

  18. Nash says:
    June 24, 2015 at 11:30 am

    vrhhh reethi

  19. dark says:
    June 24, 2015 at 1:13 pm

    hadha lahuney up thikuranee

  20. zee says:
    June 24, 2015 at 2:59 pm

    meeheyge esfena nujasavaashi maashaa alah

  21. Meesh says:
    June 24, 2015 at 4:22 pm

    Vaahaka v v v nice… but v v v dhigu dhaw inthixaar …. next part avas kohla dhineema kiyuntheringe shakuvaa handhan nethidhaane.

  22. shadow says:
    June 26, 2015 at 12:39 am

    when is the nxt part

  23. swyty girl.. says:
    June 26, 2015 at 5:38 pm

    Kbaa

Comments are closed.


All Right Reserved!