ހަތަރު އުދަރެސް (2)
“އާނ، އަދި ޔާއްކޮއަކަށް އަރީ އެއް ނޭނގޭނޭދޯ! ޔާއްކޮ މީ އަރީފް، ދޮންތަގެ ބޯއިފްރެންޑް. އަރީ މީ ލުޔާ، ލިއުގެ ކޮއްކޮ. ޔާއްކޮ ކިޔަވަން ގޮސް ހުރީ ކެނެޑާގަ. މިހާރު ނިންމާފަ އެއައީ. ލިއުބުނީމެންނު ބޭރުގަ ހުންނަ ކޮއްކޮއެއް ވަރައް އަވަހައް ރާއްޖެ އެބަ އާދެޔޭ… އެއީ ޔާއްކޮގެ ވާހަކަ… ދެންމިހާރު އިންޓްރޮޑިއުސް ވެއްޖެ އެންނު، ހިނގާ އެތެރެއަށް” ލިއުޒާ ހިނގައިގަތީ އެއްއަތުން އަރީފުގެ އަތުގައި، އަނެއްއަތުން ލުޔާގެ އަތުގައި ހިފަހައްޓައިގެންހުރެ ސިޓިންގ ރޫމާ ދިމާލަށެވެ.
“ލުޔާ ދޭބަ ފެންތައްޓެއް ގެނެސްދޭން.” އަރީފުއާއި އެކު ސޯފާގައި އިށީންނަމުން ލިއުޒާ ބުންޏެވެ.
ޢާއިލާގެ ތަނަވަސްކަން ހަމައެކަނި އެ ސިޓިންގ ރޫމަށް ބަލާލިޔަސް ފެނިގެންދެއެވެ. ހަފޫޓުގެ މަސްޓޭންކުން ކުލަކުލައިގެ މަސްތައް ފެނިދެއެވެ. ހަތަރުކަނުގައި ސަރައުންޑް ސައުންޑް ސިސްޓަމް ހަރުކުރެވިފައިވެއެވެ. އަދި ސިޓިންގރޫމުގެ އެކި ހިސާބުގައި ބެހެއްޓިފައިވާ މާވަށިތައް އެތަނުގެ ފުރިހަމަކަން އިތުރުކޮށްދެއެވެ. ފާރުގައި ހަރުކޮށްފައިވާ ބޮޑު ފްލެޓް ސްކްރީން ޓީ.ވީއިން ލޯބީގެ ހިންދީ ލަވައެއް ދައްކަމުންދިޔައެވެ. އިވެމުންދާ މިއުޒިކާއި އެއްވަރަށް ފިޔަވަޅު އަޅަމުންއައިސް ލުޔާ އޭނާގެ ދޮންތައަށް ފެންތަށި ދިއްކޮށްލިއެވެ. ތަންވަޅުގެ ބޭނުން ހިފުމަށްޓަކައި އެފެންތަށީގައި ހިފީ އަރީފެވެ. އަދި އެއްކޯވަރުން ތަށި ހުސްކޮށްލުމަށްފަހު ލުޔާއަތަށް ހުސް ބިއްލޫރި ތަށި ދިއްކޮއްލަމުން އެއްލޯ މަރާލިއެވެ.
“އަދި އެއް ފެންތަށި.. ޕްލީޒް..” އަރީފު ލުޔާއާއި ދިމާލަށް މިހެން ބުނީ ހަމަ ޖެއްސުމަށެވެ.
ދެ ބުމަ ގޮށްޖަހައިގެންހުރެ ތުން އަނބުރާލުމަށްފަހު ލުޔާ އެނބުރި ބަދިގެއާ ދިމާލަށް ހިނގައިގަތީ ރުޅިއައިސްގެންނެވެ. ދެމީހުންގެ ދެމެދުގައި ހިނގާދިޔަ ކަންތަކަށް އެއްވެސް ސަމާލުކަމެއް ލިއުޒާއެއް ނުދެއެވެ. އޭނާގެ މަސައްކަތަކީ އައިޕެޑުން ކޮންމެވެސް ގޭމެއް ކުޅުމެވެ.
މަޑު މަޑުން ހިނގާފައި ލުޔާ އައި އިރު އެއް އަތް ވަނީ އޭނާގެ ފުރަގަހުގައެވެ. މިފަހަރުވެސް ލިއުޒާއަށް ފެންތަށި ދިއްކޮށްލުމުން އޭގައި ހިފަން އަތް ދިއްކުރީ އަރީފެވެ. ނަމަވެސް ހުށިޔާރުކަމާއެކު ލުޔާ އެ ފެންތަށި ދުރުކޮށްލުމަށްފަހު އަނެއްއަތުން ފޮރުވައިގެންހުރި ފެންފުޅި އަރީފުގެ ބޮލަށް އޮއްސާލިއެވެ.
“ވަޓް ދަ…….. ކީއް ތިކުރީ؟!” އޭނާގެ އައިޕެޑު ފެނުން ސަލާމަތްކުރުމަށް މަސައްކަތްކުރަމުން ލިއުޒާ ތެދުވިއެވެ.
ކަޅިޖަހާވެސް ނުލައި ލުޔާއާއި ދިމާލަށް އަރީފު ބަލަހައްޓައިގެންހުރިއިރު އޭނާގެ ތުންފަތްމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވަމުން ދިޔައެވެ.
“ސޮރީ ދޮންތާ! ކުޑަކޮށް… ފައި އޮޅުނީ.. މިގޮވަނީ މަލީކާއަށް” ލުޔާ އޭނާގެނައި ފެންތަށި ލިއުޒާއަށް ދިއްކޮށްލަމުން ބުންޏެވެ. އޭނާ ފެންތަށި ހުސްކޮށްލުމަށްފަހު މަލީކާއަށް ގޮވަމުން ބަދިގެއާއި ދިމާލަށް މިސްރާބުޖެހިއެވެ.
“ފައި އޮޅުނީ؟” އެއްބުމަ އަރުވާލުމަށްފަހު އަރީފު ސުވާލުކޮށްލީ ދިމާކޮއްލުމުގެ ރާގަށެވެ.
ޖަވާބުދިނުމުގެ ބަދަލުގައި މިފަހަރުވެސް ތުން އަނބުރާލުމަށްފަހު ލުޔާ ހިނގައިގަތީ އޭނާގެ ކޮޓަރިއާއި ދިމާލަށެވެ. ދޮރާއްޓާއި އަރާހަމަވުމަށްފަހު ފަސްއެނބުރި ބަލައިލިއެވެ. އޭރުވެސް އަރީފުހުރީ ހިނިއައިސްފައި ލުޔާއާއި ދިމާލަށް ބަލަހައްޓައިގެންނެވެ. ތުއްތު ކުއްޖެއްފަދައިން ދޫ ނެރެފައި ލުޔާ ދޮރުލެއްޕިއެވެ. ފުރަތަމަ ބައްދަލުވާއިރު ލުޔާގެ މިޒާޖަކީ މަޑުމައިތިރި ސީރިއަސް މިޒާޖެއްކަން ކޮންމެ މީހަކުވެސް ނަގައި ގަންނާނެއެވެ. އެހެންނަމަވެސް ދެކެފަރިތަ މީހަކަށް އޭނާއަކީ ސަކަރާތްޖަހާ މަޖާ މިޒާޖެއްވެސް ހުންނަ ކުއްޖެއްކަން އެނގޭނެއެވެ. ނުދަންނަ މީހުން ކުރިމަތީގައި އޭނާ ހުންނަނީ ނުހަނު މަޑުމައިތިރިކޮށެވެ. އެހެންކަމުން ފެންފުޅި އަރީފުގެ ބޮލަށް އޮއްސާލަން ކެރުނުކަން އޭނާ އަމިއްލައަށްވެސް ހުރީ ގަބޫލުކުރަން ދަތިވެފައެވެ. ދޮރުފަތުގައި ލެނގިލައިގެން ހުރެ އެކަމާ ވިސްނާލުމުން ލުޔާ ކުޑަކޮށް ލަދުގަތެވެ. އެހެންކަމުން މާބޮޑަށް އެކަމާ ވިސްނުމުގެ ބަދަލުގައި އޭނާ އަވަސްވެގަތީ ފެންވަރައިގެން އޭނާ ކިޔަންއިން ވާހަކަ ނިންމުމަށެވެ.
“ދޮންތާ…. ދޮންތާ!” ލިއުޒާގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހަމުން ލުޔާ ގޮވިއެވެ.
“އޯއި” ޖަވާބުއައީ ކޮޓަރިތެރެއިންނެވެ. އޭރުވެސް ލިއުޒާ ދޮރެއް ނުހުޅުވައެވެ.
“ދޮންތަ ހޯދަން މީހަކު އައިސް އެބަހުރި…. އަވަސްކޮއްބަލަ” ވާހަކަ ފުރިހަމަ ނުކުރެވެނީސް ލިއުޒާ ދޮރު ހުޅުވިއެވެ. ކާކުތޯ އެހުމުން ޖަވާބުގައި ލުޔާ ކޮނޑުއަރުވާލިއެވެ.
ކޮޓަރިން ނިކުމެގެން ދޮރާއްޓާ ދިމާލަށް ލިއުޒާ ހިނގާފައި ދިޔައިރު ފަހަތުން ލުޔާވެސް ދިޔައެވެ. ދޮރާށީގައި ލެނގިލައިގެން ހުރި ފިރިހެންކުއްޖާ ފެންނަނީ ވަރަށް ސްމާރޓްކޮށެވެ. ބަލާބެލުމަށް ހަމަ ދެންމެ މީޓިން އަކުނ ނިކުމެގެން އައި މީހެއްހެން ހީވެއެވެ. އޭނާގެ ދޮން ކުލައާއި ލައިގެންހުރި މަޑު ނޫކުލައިގެ ގަމީސް ވަރަށް ގުޅެއެވެ. އަދި ޓައީ އަޅާފައި ވާއިރު އޭނާގެ ހައިބަތު ދައްކުވައިދެއެވެ.
“ޔިވާމް ކީއްވެ އަންގާވެސް ނުލާ ތިއައީ. ނުގުޅީމަ އަހަރެން ހީކުރީ މިރޭގެ ޕްލޭންތައް ކެންސަލެ ވީކަމަށް” އެ ފިރިހެންކުއްޖާ އާއި އަރާ ހަމަވުމުން ލިއުޒާ ވާހަކަ ދެއްކިއެވެ. ލިއުޒާ އާއި އެކު ފަހަތުން އައިސް ލުޔާ އިށީނީ ސޯފާގައެވެ. އޭނާގެ ސަމާލުކަން ހުއްޓިފައިވީ ޓީ.ވީ އިން ދައްކަމުން ދިޔަ އިނގިރޭސި ސިލްސިލާއަކަށެވެ. ޔިވާމް އެއްފަހަރު ލުޔާއަށް، އަނެއްފަހަރު ލިއުޒާއަށް ބަލާލުމަށްފަހު ބޮލުގެ އިޝާރާތުން އެއީ ކާކުތޯ އެއްސެވެ.
“އޯ. އެއީ ދޯ… ކިހިނެއްވީ؟ ސެޓުކޮށްދޭންވީތަ؟” ލާނެތް ފާޑަކަށް ހެމުން ލިއުޒާ ޖަވާބުދިނެވެ. އޭރުވެސް އެދެމީހުންގެ ދެމެދުގައި ދެކެވޭ ވާހަކައެއް ލުޔާ އަކަށް ރޭކާވެސް ނުލައެވެ.
“އޭ، ތިކަހަލަ ސަމާސަ ނުކުރައްޗޭ… މަގޭ ހިތަށް ވަރަށް ގޮތް ގޮތް ވާނެ” ޔިވާމު ޖަވާބު ދިނީ ލުޔާއަށް ގެއްލިގެން ހުރެއެވެ.
“ހޫން. ސާބަހޭ. އެއީ މަގޭ ސިސް އޭ. ޔިވާމްއަކާ ނުވެސް ގުޅޭނެ.” ލިއުޒާ ހޭންފެއްޓިއެވެ. އަދި ޔިވާމްގެ އަތުގައި ހިފައިގެން ފެންޑާއާއި ދިމާލަށް ނިކުތެވެ.
22 Comments
Comments are closed.
sorry guys thankolheh kuruveema. insha allah next part will be longer. 😀 cheers
Nice story hope next part would be longer
Reethi mi part ves..
varah reethi mivaahaka..nxt part vx avahah up kohdhehchey,,adhi thankolheh dhigukoh…:)
V.nice
Mihaaru story up kureveyne tha??
aneh bai? Sorry Lai, Iraadha kureviyya maadhama up kohdheynan. 😀
Tommorw aky 11 July ennu.. Does that mean the story will be uploaded on 11july?
I support lai.. Can u upload it faaast!!
When can I get to read the next part??
Superb!!!!! Next part avasss………….
Ah vaha update plz
Reethi
Reethi aneh part avas kohlahcheyyy.. its a little short.. so plz make it a liitle longer next time..
waiting
nice
nice story
vv rythi mi part ves , daily koh up kohdhe vidhaanetha plz
Nice
Oh yes!! Wow wow vvvvvvvv rythi … Alhey dhn knirakun thr aneh part upload vany……
Maasham thank u sooooo much.. <3 v happy vejje up khdhineemaa….nd v reethi.. 😀
Varah reethi mi part ves….thankolheh kuruvyma mahsala aky….unmeedhu kuran next part dhigu kon genes dheyne kamah