Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ބިރުވެރިލޯބި

ހަވާތިފް…. 15 ވަނަ ބައި (ފަހުބައި)

Hoody Level 310 Stories100 Comments
July 8, 2015 14 Mins Read
106 Comments

ބާކީ އޮތީ އެންމެ ކަމެކެވެ. އެއީ، އޭނާގެ ޝައުގުވެރިކަން ހޯދާފައިވާ ޝިއާނާ ހާސިލް ކުރުމެވެ. އަތުގައި އޮތް ތަވީދަށް ބަލާލުމަށްފަހު އަބްރާސް މިސްރާބު ޖެހީ ޝިއާނާގެ ގެއާ ދިމާއަށެވެ.

***

ކޮޓަރިތެރެއަށް ވެރިވެފައިވަނީ ނިދާބޮކީގެ ފަނޑު އައްޔެވެ. އެނބުރެމުންދިޔަ ފަންކަލުގެ ފިޔަތަކަށް ނަޒަރު ހުއްޓާލައިގެން އެނދުގައި އޮތް ޝިއާނާގެ ސިކުނޑިތެރޭ އެނބުރެމުންދިޔައީ ޔައީޝްގެ ހިޔާލުތަކެވެ. ތުންފަތަށް ވެރިވެފައިވަނީ ލޯބިވެތި ހިނިތުންވުމެކެވެ. ނިދާ ބޮކީގެ އޮރެންޖް އަލީގެ ސަބަބުން އެނާގެ މޫނުގެ އޮމާން ހަންގަނޑަށް ވެރިވެފައިވަނީ އަޖައިބުވާހާ ރީތި ކުލައެވެ. މުށި ކުލައިގެ ފުން ކަނޑެއްފަދަ ދެ ލޮލުގައި ވަނީ އުފަވެރިކަމުގެ ވިދުވަރެކެވެ.

އޭނާ ދެރަވެ ހިތާމަ ކުރާ ކޮންމެ ދަނޑުވަޅެއްގައި ޔައީޝް އޭނާގެ ހިތްހަމަ ޖައްސައިދޭން މަސައްކަތް ކުރަނީ ކީއްވެބާއެވެ؟ މީހަކު ވަރިކޮށްލުމަށްފަހު އެއްލާލާފައިވާ އަންހެން ކުއްޖަކު ގެއަށް ގެނެސް އެއްވެސް އަގަކާ ނުލާ ބަލަހައްޓައިދިނުމުގެ ސިއްރަކީ ކޮބައިބާއެވެ؟ އޭނާއަށް ވަކިން ހާއްސަކޮށް ކޮޓަރިއެއް ހުސްކޮށްދިނީ ކީއްވެ ބާއެވެ؟ އޭނާ ފެންނަ ކޮންމެ ފަހަރަކު ޔައީޝްގެ ތުންފަތަށް ވެރިވެގެން އެދާ މާނަވީ ހިނިތުންވުމުގެ ސިއްރަކީ ކޮބައިބާއެވެ؟

މި ފަދަ ސުވާލުތަކެއް ހިތަށް އެރުމާއެކު ޝިއާނާ ލަދު ގަންނަ ގޮތްވިއެވެ. މަޑުމަޑުން ބާލިހުގައި ބައްދާލަމުން ދެލޯ މަރާލިއެވެ. އެއާއެކު އޭނާގެ ސިކުނޑިއަށް ތަސްވީރުވެގެން ދިޔައީ ޔައީޝްގެ މޫނެވެ. ހިނިތުންވެލާއިރު ދެކޮލަށް އެޅިގެންދާ ފުން އަޑިކޮޅެވެ. ރީތި ފިރިހެން ވަންތަ ދެލޮލެވެ. ޝިއާނާ މަޑުމަޑުން ލޯ ހުޅުވާލިއެވެ. އެއާއެކު އެނާ ސިއްސައިގެން ދިޔައީ އެނދުކައިރީ އޭނާގެ މޫނަށް ބަލަހައްޓައިގެން ހިނިތުންވެފައި ހުރި ޔައީޝް ފެނިފައެވެ. ހީ ނުކުރާ ގޮތަކަށް ޔައީޝް ފެނުމުން ޝިއާނާގެ މުޅި ގައިން ހީބިހި ހިލުވާލިއެވެ. މަޑުމަޑުން އެނދުން ތެދުވަން އުޅުމާއެކު ޔައީޝް އެނދުގައި އިށީނދެލަމުން ޝިއާނާގެ ކޮނޑުގައި އަތް ބާއްވާލިއެވެ.

“ތެދުވާނެ ކަމެއް ނެތް!” ޔައީޝްގެ ރާގުގައި ވަނީ މަސްތީކަމެވެ. ޔައީޝްގެ ދެލޯ ސީދާ އަމާޒުވެފައިވަނީ ޝިއާނާގެ މޫނަށް ކަމުން އޭނާ ލަދުގަންނަ ގޮތްވިއެވެ.

“ޔައީޝް ކީއްވެ މިގަޑީގަ؟…”

“ޝްޝްޝް!!” ޔައީޝް ޝިއާނާގެ ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލަމަށްފަހު މަޑުމަޑުން ޝިއާނާ އާ ގާތްވާން ފެށިއެވެ. ކޮންމެވެސް ކަމެއް ގޯސްވާން އުޅޭކަމުގެ އިހުސާސް ޝިއާނާއަށް ކުރެވުމާއެކު އޭނާގެ ހިތް ބިރުވެރި ގޮތަކަށް ތެޅިގަނެގެންދިޔައެވެ.

“އަހަރެން ޝިއާނާ ދެކެ ވަރަށް ލޯބިވޭ!” ޔައީޝް ވައިއަޑުން ބުނެލިއެވެ.

“ޔައީޝް!!” ޝިއާނާގެ ހިތުގެ ވިންދުވަނީ އެތަށް ގުނައަކަށް ބާރުވެފައެވެ. ނިތްކުރިމަތިން ދަލުގެ އަސަރު ފާޅުވާން ފެށިއެވެ. އެއިރު ޔައީޝްގެ މޫނު ވަނީ އޭނާގެ މޫނާ ވަރަށް ގާތްވެފައެވެ. އެންމެފަހުން ކެތްނުކުރެވުމުގެ ސަބަބުން ޝިއާނާ ބާރަށް ދެލޯ މަރާ ފިއްތާލިއެވެ. އެވަގުތު ޔައީޝްގެ ތުންފަތުގެ ހޫނުކަން ޝިއާނާގެ ކޯތާފަތަށް އިހުސާސްކުރެވިގެން ދިޔައެވެ.

“ޔައީޝް ޕްލީޒް!!” ޝިއާނާ ޔައީޝްގެ މޭމައިތީ އަތްއެޅުމަށްފަހު ދުރުކޮށްލަން މަސައްކަތް ކުރިއެވެ. ނަމަވެސް ޔައީޝް ގެ ހަށިގަނޑު އެންމެ ތަންފުކެއްވެސް ދުރަކަށް ނުޖެހުނެވެ. އެއިރު އެ ހަށިގަނޑުގެ ހޫނުކަން ޝިއާނާއަށް ދިޔައީ އިހުސާސް ކުރެވުމުންނެވެ.

ޔައީޝް ކޮޓަރީގެ ބޮކި ނިއްވާލިއެވެ. އެއާއެކު މުޅި ކޮޓަރިތެރެއަށް ވެރިވެގެން ދިޔައީ ފުން އަނދިރިކަމެކެވެ. ޝިއާނާއަށް އޮތީ ގުޑިލަންވެސް ނުކެރިފައެވެ. ހިތުގައި ޔައީޝްގެ މައްޗަށް އުފެދިގެން ދިޔަ ލޯބި، ކުޑަ ހިނދުކޮޅެއްގެ ތެރޭ އަވާމެންދުރަކަށް ބަދަލުވެގެން ދިޔައީއެވެ…..

***

ކުރަން އައި ކަންތައް ނިމުމާއެކު ޔައީޝް އެނދުން ތެދުވިއެވެ. އެނދުގައި ރޯން އޮތް ޝިއާނާ އެ އޮތްގޮތަށް ބޭއްވުމަށްފަހު ޔައީޝް ހިނގައިގަތީ ކޮޓަރިން ނުކުންނާށެވެ. ދޮރާ ހަމައަށް ދެވުމާއެކު ޔައީޝްގެ ސޫރަ އޮލަ ދުންކޮޅަކަށްވެގެންގޮސް ފާރުގެ ތެރެއަށް ފޭދިގެން ދިޔައެވެ. ކޮޓަރިތެރެއަށް ވެރިވެފައިވާ ކަނު އަނދިރިކަމުގެ ސަބަބުން މި މަންޒަރެއް ޝިއާނާއަކަށް ނުފެނުނެވެ.

ޝިއާނާއަށް ގިސްލަ ގިސްލާފައި ރޮވެން ފެށުނީ އޭނަގެ ނިކަމެތިކަން އިހުސާސް ކުރެވުމުންނެވެ. އޭނާ އަކީ ފިރިހެނުން ކުޅެން ބަހައްޓާފައި ހުރި ބުދެއްހެއްޔެވެ؟ ޔައީޝް އޭނާ މިގެއަށް ގެނައީ މި ބޭނުމުގައި ކަން މި އެނގުނީ އަދިކިރިޔާއެވެ. ހިޔާވަހިކަން ދިނުމުގެ ބަހަނާގައި އޭނާ އެ ގެއަށް ގެނައީ ޔައީޝްގެ ކަރުހިއްކުން ފިލުވާށެވެ. އެއީ ކޮންފަދަ އިންސާނެއް ހެއްޔެވެ؟ މޫނުމަތިން މައުސޫމުކަން ދައްކައިގެން ހުރި ޝައިޠާނެކެވެ. ޔައީޝްއާއި މާހިލްއާ ހުރީ ކޮންތަފާތެއް ހެއްޔެވެ؟ ހުރިހާ ފިރިހެނުންނަކީވެސް ހަމަ އެއްކަހަލަ ބައެކެވެ.

ފަތިސްނަމާދު ބަންގި ގޮވިއިރުވެސް ޝިއާނާ އޮތީ ހަމަ އެހެންނެވެ. ދެލޮލުން ފައިބަމުންދިޔަ ކަރުނަ ތަކުން ބޯއަޅައިގެން އޮތް ބާލީސް ފޯވަމުންދިޔައެވެ. އޭނާގެ ހިތްވަނީ ޝަކުވާއިން ފުރިފައެވެ.

“ޔައީޝްއެވެ! ޔައީޝްގެ މައްޗަށް އަހަރެންގެ ހިތުގައި އުފެދިފައި މިވާ ލޯބި ފުނޑު ފުނޑު ކޮށްލީ ކީއްވެ ހެއްޔެވެ؟ އަހަރެން ޔައީޝްއަށް ހާދަ އިތުބާރެއް ކުރީމެވެ. ނަމަވެސް އެ އިތުބާރު ތި ގެއްލުވާލީ ހަމަ ތި ދެއަތުންނެވެ. ތިޔަ މައުސޫމު މޫނުގެ ފުރަގަހުގައި ފޮރުވިފައިވާ ހަގީގީ ސިފަ ކުރިން އަހަންނަށް ފެނުނުނަމައެވެ!”

ކޮޓަރީގެ ފެން ލައިޓުން، އިރުގެ އަލި ކޮޓަރިތެރެއަށް އެޅިގެން ދިއުމާއެކު ޝިއާނާ މަޑުމަޑުން އެނދުން ތެދުވެލިއެެވެ. މުޅި ގައިގާ ރިއްސަމުންދިޔަ ނަމަވެސް އޭނާ ކެތްކުރިއެވެ. ލަސް ހިނގުމެއްގައި މަޑުމަޑުން އޭނާގޮސް ވަނީ ފާހާނައަށެވެ.

ފާހާނައިގެ މޫނުބަލާ ބިއްލޫރިގަނޑު ކައިރީ ހުރެގެންވެސް އޭނާ ރުޔެވެ. ގިނައިން ރުއިމުގެ ސަބަބުން ދެލޮލުގެ ރީތިކަން ގެއްލިފައިވާއިރު ލޮލުގެ ވަށައިގެންވާބައި އިހުނަށްވުރެ ކަޅުހެންވެސް ހީވެއެވެ. އިސްތަށިގަނޑުވަނީ އެއްވެސް ތަރުތީބެއްނެތި އެގޮތްމިގޮތަށް ހޭވިފައެވެ. ތުންފަތްވަނީ ހިކިވެ ހަންފޮޅިފައެވެ.

***

“ދަރިފުޅާ ހާދަ އަވަހަކަށް؟” އޮފީހަށް ދިއުމަށްޓަކައި ތައްޔާރުވެލައިގެން އައިސް ކާގެއަށް ވަން ޔައީޝް ފެނުމާއެކު ސީމާ ބުނެލިއެވެ. “އަދި އެބޮތް 15 މިނެޓް! އާދޭ އަވަހަށް ކޮފީއެއް ބޯލަން!!”

“އާނ! އަވަހަށް ހޭލެވުނީމަ ތައްޔާރުވެލީ!”

ޔައީޝް އައިސް ގޮނޑީގައި އިށީނދެލިއެވެ. ކޮފީޕެކެޓް ޖޯޑަށް އަޅަލަމަށްފަހު ހޫނުފެން އަޅުމުން ސީމާ ޔައީޝްގެ މޫނަށް ބަލާލިއެވެ.

“މަންމަ އެބޮތް ވާހަކައެއް ދައްކާލަން ވެފަ!!” ސަމުސަލުން ކޮފީތަށި ގިރަމުން އައިސް މޭޒުމަތީ ޖޯޑުބެހެއްޓުމަށްފަހު ސީމާ ގޮނޑީގައި އިށީންދެލިއެވެ. “މަންމަ ބުނީ، ދަރިފުޅު ޝިއާނާ އާ ކައިވެނި ކުރަންވީ ނޫންހޭ!!”

ޔައީޝް އަކަށް ބުނާނެ އެއްޗެއް ނޭނގުނެވެ. އިސްޖަހާލައިގެން އިންއިރު އޭނަގެ ތުންފަތަށް ވެރިވެފައި ވަނީ ހިނިތުންވުމެކެވެ. އޭނާގެ މި ހަމަހިމޭންކަމުންވެސް ސީމާއަށް ޖަވާބު ލިބުނުކަހަކައެވެ.

“ޝިއާ މިގެއަށް ގެނައި ދުވަހުވެސް މަންމައަށް އެނގުނޭ ދަރިފުޅުގެ ހިތުގައި އޭނާއަށް ކޮންމެވެސް އެއްޗެއް ވާކަން!” ކޮފީތަށި ޔައީޝްގެ ގާތަށް ޖައްސާލަމުން ސީމާ ހިނިތުންވެލިއެވެ. “ދަރިފުޅު އެއްބަސް ދޯ! ޝިއާނަގެ އިއްދަ ހަމަވީހާ އަވަހަކަށް ކައިވެނި ކުރަން މަންމައަށް ފެންނަނީ!!”

“ކޮބާތަ ޝިއާ؟” ކޮފީތަށިން ކޯވަރެއް ބޯލުމަށްފަހު ޖޯޑު މޭޒުމަތިބަހައްޓަމުން ޔައީޝް އަހާލިއެވެ.

“ޝިއާ މިއަދު ކިހިނެއްވީބާ؟ އެހެން ދުވަސް ދުވަހު މަންމައަށް ހޭލެވޭއިރު ޝިއާ އުޅޭނީ ހޭލާ!” ސީމާ ގޮނޑިން ތެދުވިއެވެ. “އެބަ އަންނަން ބަލާލާފަ!”

***

“ޝިއާ! ހޭލީތަ” ދޮރުގައި ޓަކިޖަހާލަމުން ސީމާ ބުންޏެވެ. ފާހާނަތެރޭ ރޯން ހުރި ޝިއާނާ އަވަސް އަވަހަށް ކަރުނަ ފުހެލަމުން ފާހާނައިން ނުކުތެވެ.

“އާނ! މި ދަނީ!” އަޑު ހަމައަކަށް އަޅުވާލަމުން ޝިއާނާ ބުންޏެވެ. އެއަޑު އިވުމާއެކު ސީމާ އަނެއްކާވެސް އައިސް ކާގެއަށް ވެނެވެ.

“ދަރިފުޅަށް އެނގޭތަ؟ ޒާހިރައްތަ ގުޅާފަ ބުނީ ރޭގަ އެއްކަލަ ދޮން އަހުމަދުގެ ގޭގަ ރޯވިއްޔޯ! މުޅި ގެ އޮތީ އަނދާ އަޅިއަށް ވެފަޔޯ!!” ސީމާ ބުންޏެވެ.

“އެވީ ހަމަ ވާން ވީ ގޮތަށް! އޭނާއާ ހެދި މިރަށުގެ ކިތައް މީހުން މަރުވެގެން އެ ދިޔައީ! އެހާ ނުލަފާ މީހަކު ނިމިގެންދާން ޖެހޭނީ ހަމަ އެކަހަލަ ގޮތަކަށް!!”

ކުޑަކޮށް ތައްޔާރުވެލުމަށްފަހު ބުރުގާ އަޅަމުން ޝިއާނާ ކޮޓަރިން ނުކުތެވެ. ލަސް ހިނގުމެއްގައި އައިސް ކާގެއަށް ވަން ޝިއާނާގެ ފިޔަވަޅުތަކަށް ހުއްޓުމެއް އައީ މޭޒުދޮށުގައި އިން ޔައީޝް ފެނިފައެވެ. އެއާއެކު އަނެއްކާވެސް އޭނާގެ ލޮލަށް ކަރުނަތައް ގިނަވެގަތެވެ. ނަމަވެސް އޭނާ އަށް މަޖުބޫރުވީ ގަދަކަމުން ކަރުނަތައް ދިރުވާލާށެވެ.

“އަހަނ ޝިއާ!!” ކާގޭ ދޮރުމަތީ ހުއްޓިލައިގެން ހުރި ޝިއާނާ ފެނުމާއެކު ސީމާ ބުނެލިއެވެ. ޔައީޝްވެސް ފަހަތަށް އެނބުރިލަމުން ޝިއާނާއަށް ބަލާލިއެވެ.

“އާދޭ ސައިތައްޓެއް ބޯލަން!!” ޔައިޝް ބުންޏެވެ. އޭނާގެ މޫނުމަތިން މިހާރުވެސް ފާޅުވަމުންދަނީ މައުސޫމް ކަމެެވެ. އެއީ އެހާ ނުބައި ނުލަފާ މީހެއްކަމެއް ބަލާމީހަކަށް ހިޔެއްވެސް ނުވާނެއެވެ. އެކްޓް ކުރަން ޔައީޝް ހާދަހާ ވާ ކުޅަދާނައޭ ޝިއާނާގެ ހިތައް އެރިއެވެ.

އިރުކޮޅަކު އެހެން ހުރުމަށްފަހު ޝިއާނާ މަޑުމަޑުން އައިސް ގޮނޑީގައި އިށީނދެލިއެވެ. އޭނާ އިސްޖަހައިގެން އިނީ، ރޮއެރޮއެ ރަތްވެފައިވާ ދެލޯ ސީމާއަށް ފޮރުވުމަށްޓަކައެެވެ.

“ޝިއާ ކިހިނެއްވީ ބަލީތަ؟” ޔައީޝް ބުންޏެވެ.

އޭނާއަށް ހަމަ ވެގެން އުޅޭގޮތް ނޭނގެނީހެއްްޔެވެ؟ ނޫނީ އެއީ އޭނާ ކުރާ އެކްޓެއް ހެއްޔެވެ؟ ޝިއާނާގެ ހިތް ނަފުރަތުން ފުރެމުންދިޔައިރު އޭނާ ލޮލަށްވެސް ދިޔައީ ކަރުނަތައް ޖަމާވަމުންނެވެ.

“ޝިއާ؟؟” ޝިއާނާގެ ލޮލުން ވެއްޓުނު ކަރުނަތިކި ފެނުމާއެކު ޔައީޝްގެ ހިތް ސުވާލުން ފުރިގެން ދިޔައެވެ. އޭނާ މަޑުމަޑުން ޝިއާނަގެ އަތްމަތީ އަތް ބާއްވާލިއެވެ. އެއާއެކު ޝިއާނާ އޭނާގެ އަތް ދަމައިގަތެވެ.

“ކަމެއް ގޯސްވީތަ ޝިއާ؟”

އެންމެ ފަހުން ގިސްލެވެން ފެށުމާއެކު ޝިއާނާ ދުވެފައި ގޮސް ވަނީ ކޮޓަރިއަށެވެ. މި މަންޒަރު ބަލަން އިން ޔައީޝް ސުވާލުގެ ނަޒަރަކުން ސީމާއަށް ބަލާލިއެވެ. ސީމާގެ މޫނުމަތިންވެސް ފެންނަމުންދިޔައީ ހައިރާންކަމެވެ.

“އެވާނީ މާ ބޮޑަށް އިކާންމަތިން ހަނދާން ވީ ކަމަށް! އިރުކޮޅަކުން ހަމައަކަށް އެޅިދާނެ!!” ސީމާ ބުންޏެވެ.

ކޮޓަރިއަށްވަދެ ދޮރުލެއްޕުމަށްފަހު ޝިއާނާއަށް ދޮރުގައި ލެނގިލެވުނެވެ. އަނގަމަތީ އަތްއަޅައިގެން ހުރެ ގިސްލަ ގިސްލާފައި ރޮމުންދިޔައިރު އޭނާގެ މުޅި ހަށިގަނޑު ތުރުތުރު އަޅަމުންދިޔައެވެ. އަޑު ބޭރުނުކުރަން ކިތަންމެ މަސައްކަތްކުރިނަމަވެސް އޭނާގެ ގިސްލުމުގެ އަޑު، ކޮޓަރިން ބޭރަށްވެސް އިވެމުންދިޔައެވެ. ދޮރުގައި ލައްވެލައިގެން ހުރުމަށްފަހު ޝިއާނާ މަޑުމަޑުން ތިރިވާން ފެށިއެވެ. ދޮރުބުޑުގައި އިށީނދެލުމަށްފަހު ދެކަކޫގެނެސް މޭގައި ޖައްސާލަމުން، ކަކޫ މަތީ ބޯއަޅާލިއެވެ.

“ޝިއާ!!” ޔައީޝް އައިސް ޝިއާނާގެ ކޮޓަރީގެ ދޮރުގައި ޓަކިޖަހާލިއެވެ. އެއިރު ޝިއާނާގެ ރުއިމުގެ އަޑު މަޑުމަޑުން ކޮޓަރިން ބޭރަށް އިވެމުންދިޔައެވެ. އެ އަޑުގެ ސަބަބުން ޔައީޝްގެ ހިތް ހަލާކުވަމުން ދާކަމެއް ޝިއާނާއަކަށް ނޭނގެއެވެ. އޭނާ ދެކޭ ގޮތުގައި ޔައީޝްއަކީ އަމިއްލަ އެދުން ބޮޑު، ހިތްހެޔޮކަން ބޭރުން ދައްކައިގެން ހުރި ނުބައި ނުލަފާ ޝައިޠާނެކެވެ. އަބްރާސް ޔައީޝްގެ ސިފައިގައި އައިސް އޭނާގެ ކިބައިން އުފާ ހޯދުމުގެ ސަބަބުން، ހުރިހާ އިލްޒާމެއް އެޅިގެން މިދިޔައީ ކުށެއް ނެތް ޔައީޝްގެ ބޮލުގައެވެ. ހެޔޮވާނީ ކިހިނެއް ހެއްޔެވެ؟

ޝިއާނާ ދޮރު ނުހުޅުވުމުން ޔައީޝް މާޔޫސްވެ ހުރެ ހިނގައިގަތީ އޮފީހަށް ދިއުމަށެވެ. ހިތުގައި ސުވާލުތައް އުތުރިއަރަމުންދިއުމުގެ ސަބަބުން އޭނާގެ ބޮލުގައި ރިއްސަމުންދިޔައެވެ. އިކާން މަތިން މާބޮޑަށް ހަނދާން ވުމުން ޝިއާނާ އޭނާ ދެކެ ރުޅިއަންނަން ވީ ސަބަބެއް ޔައީޝްގެ ވިސްނުމަކަށް ނައެވެ. ކޮންމެވެސް އެހެން ކަމެއް ވެއްޖެ ކަން ކަށަވަރެވެ. ވީ ކަމެއް ނުހޯދެނީހެއް ދެން އޭނާގެ ސިކުނޑިއަކަށް ހަމަޖެހުމެއް ނުލިބޭނެއެވެ.

އޮފީހަށް ގޮސްފައިވެސް ޔައީޝްއަކަށް ރަނގަޅަކަށް މަސައްކަތެއް ނުކުރެވުނެވެ. އަބަދުވެސް އިނދެވެނީ ކޮންމެވެސް ހިޔާލުތަކަކަށް ގެއްލިފައެވެ.

“ކޮބާ ޔައީޝް؟ ކޮންކަމެއް ލައިގަތީ؟” ޔައީޝް އިން ގޮތް ފެނުމާއެކު ފަޒީލް އަހަލިއެވެ.

“މާ ބޮޑު ކަމެއް ނުވޭ!!” ޔައީޝް އޭނާގެ އިހުސާސް ތައް ސިއްރުކުރިއެވެ. އެހެންކަމުން ފަޒީލްވެސް އިތުރަކަށް ސުވާލެއް ނުކުރެއެވެ.

***

ޝިއާނާ ކޮޓަރިން ނުކުތީ މެންދުރުވެސް ވީ ފަހުންނެވެ. އެއިރު ސީމާ އުޅުނީ މެންދުރަށް ކެއްކުކުމެ މަސައްކަތުގައެވެ.

“އަހަނ! ޝިއާ!! އާދޭ އަވަހަށް އެއްޗެއް ކާލަން!!” ޝިއާނާ ފެނުމާއެކު ސީމާ ބުންޏެވެ. “ހެނދުނު ހޭލިގޮތަށް އެއްޗެއް ނުވެސް ކައެއްނު ތިއުޅެނީ!”

ތައްޓަކަށް މަސްހުނި ކޮޅެއް އަޅާލުމަށްފަހު ރޮއްޓެއް ނަގައިގެން ޝިއާނާ ލަސްލަހުން ކާންފެށިއެވެ. ޝިއާނާގެ ހަރަކާތްތަކަށް ބަލަން ސީމާ ހުރީ ހައިރާން ވެފައެވެ.

“އެއްވެސް މައްސަލައެއް އުޅެނީތަ؟” ސީމާގެ ސުވާލާއެކު ޝިއާނާ އަނގައަށް ލާން ނެގި ރޮށިކޮޅު ގަނޑުވިއެވެ. “އެއްވެސް ކަމެއް ގޯސްކޮށް ދަންޏާ ސީމާއްތަ ކައިރިވެސް ބުނައްޗޭ! މީވެސް ޝިއާ ގެ މަންމަ ކަމަގައި ދެކޭތި އިނގޭ!”

ޝިއާނާ އެއްވެސް އެއްޗެކޭ ނުބުންޏެވެ. އޭނަ ބުނާނީވެސް ވަކި ކީކޭ ހެއްޔެެވެ؟ ޔައީޝްގެ މުޑުދާރު އަމަލުގެ ވާހަކަ ސީމާ ގާތު ކިޔައިދޭކަށް އޭނާއަކަށް ހަމަ ލާހިކެއް ނޫނެވެ. ސީމާގެ “ހަރުދަނާ” ދަރިފުޅާ ބެހޭގޮތުން އެފަދަ ވާހަކައެއް ދައްކައިފިނަމަ ޝިއާނާއަށް އެ ގެއިންވެސް ނުކުންނަން ޖެހިދާނެއެވެ. އޭނާ ހަނު ހިމޭނުން ހުރި ސަބަބަކީ އެއީއެވެ.

ޝިއާނާ އަނގައިން ނުބުނުމުން ސީމާ އަނެއްކާވެސް އޭނާ ކުރަމުންދިޔަ މަސައްކަތައިގެން ކުރިއަށް ދިޔައެވެ. އޭނާ އިތުރަށް ސުވާލު ނުކުރީ ހިތުގައި ސުވާލު ނުއުފެދޭތީކީ ނޫނެވެ. ނަމަވެސް އިތުރަށް ސުވާލުކޮށްގެން ޝިއާނާ ރޮއްވާލަން ބޭނުން ނުވާތީއެވެ. މިއަދު ހެނދުނުވެސް ޔައީޝްގެ ސުވާލުގެ ސަބަބުން އޭނާއަށް ވީގޮތް ސީމާ ނުހަނު ގާތުން ދުށްޓެވެ.

ކައި ނިންމާލުމަށްފަހު ޝިއާނާ އަނެއްކާވެސް އައިސް ވަނީ ކޮޓަރިއަށެވެ. އެނދުގައި ހުރަހަށް އޮށޯވެލައިގެން އޮތްއިރު އޭނާ ނަޒަރު ހުއްޓިފައިވަނީ އެނބުރެމުންދިޔަ ފަންކާގެ ފިޔަތަކަށެވެ. ރޭގެ ހަނދާންތައް އާވުމާއެކު އަނެއްކާވެސް އޭނާގެ ދެލޮލަށް ކަރުނަތައް ގިނަވެގަތެެވެ. ގިސްލެވެން ފެށުނެވެ. ހުރިހާ ހިތާމަތަކުން ސަލާމަތްވެ އުފާވެރިކަން ހަޔާތައް އަންނަން އުޅޭކަމުގެ އިހުސާސް ކުރެވުނުކަމުގައިވިއަސް އެކަންވެސް ބިރުވެރި ހުވަފެނަކަށް ވެގެން ދިޔައީއެވެ. އޭނާ ބޭނުންވަނީ ވީހާވެސް އަވަހަކަށް އެ ތަނުން ސަލާމަތްވެގެން ދާށެވެ. މީގެފަހުން އެއްވެސް ފިރިހެނަކަށް އިތުބާރު ކުރުމަކީ އޭނާ ނުކުރާނެ ކަމެކެވެ. ހިތުގެ އެންމެ އަޑިން އިތުބާރު ކުރި ފިރިހެނާވެސް ކަންތައް ކުރިގޮތް އެހެރީއެވެ.

ވިސްނަން އޮއްވާ ވަގުތުތައް ދިޔަ ގޮތްވެސް ނޭނގެއެވެ. އިރުއޮއްސިއްޖެ ކަން އެނގުނީވެސް ކޮޓަރިއަށް ވެރިވެގެން ދިޔަ އަނދިރިކަމުގެ ސަބަބުންނެވެ. ވަރުބަލި ވުމުގެ އިތުރުން ބޮލުގައި ރިއްސަމުންދިޔުމުގެ ސަބަބުން ޝިއާނާގެ ދެލޮލަށް ބަރުވެގެން ގޮސް ފުން ނިންޖެއްގެ ތެރެއަށް ދަމައިގަތެވެ. ކޮޓަރިއަށް ވެރިވެފައިވާ އަލިކަން ފަނޑުވަމުންގޮސް ކޮޓަރިތެރެ އެއްކޮށް އަނދިރިވެގެން ދިޔައީވެސް އެވަގުތެވެ.

***

ހަމަ ހިމޭންކަން ވެރިވެފައިވާ ކޮޓަރިތެރެއިން އިވެމުންދިޔަ ހަމަ އެކަނި އަޑަކީ ފާރުގައި ހަރުކޮށްފައިހުރި ގަޑީގެ ސިކުންތު ކަށި ހިނގާ އަޑެވެ. ގަޑިއިރަކަށްފަހު ގަޑިއިރެއް ވޭތުވަމުންގޮސް މިހާރު ގަޑިން މެންދަމު 1 ޖަހަން ކައިރިވަނީއެވެ.

ޝިއާނާއަށް ސިއްސައިގެން ގޮސްފައި ހޭލެވުނީ ކޮންމެވެސް މީހެއްގެ ބީހުން އިހުސާސް ކުރެވެން ފެށުމުންނެވެ. ހަޅޭލަވައިގަންނަން އަނގަ ހުޅުވާލުމާއެކު އޭނާގެ އަނގަމަތީ ކޮންމެވެސް މީހަކު އަތް އެޅިއެވެ.
“ޝިއާނާ! މީ މަށޭ! ޔައީޝް!!” ޝިއާނާގެ ކަންފަތުގައި ޖެހުނީ ޔައީޝްގެ އަޑެވެ. ވެރިވެފައިވާ ކަނު އަނދިރިކަމުގެ ސަބަބުން ޝިއާނާ އަކަށް ތަނެއް ދޮރެއް ނުފެނެއެވެ. ކައިރީގައި އިށީނދެލައިގެން އިން ޔައީޝް ގެ ހަށިގަނޑުގެ ހޫނުކަން ޝިއާނާއަށް އިހުސާސްކުރެވެމުންދިޔައެވެ. އިރުކޮޅަކުން ޔައީޝް ޝިއާނާގެ އަނގަމަތިން އަތް ނެގިއެވެ.

“ޔައީޝް! ކީއްވެތަ މަށަށް ތިހެން ތި ހަދަނީ!” ޝިއާނާ ރޮއެގަތެވެ. “އަހަރެން ހީކުރީ ޔައީޝް ތީ ވަރަށް މާތް މީހެއް ކަމަށް! ޔައީޝް އަހަންނާ ކައިވެނި ކުރަން ބޭނުން ވާހަކަ ބުނިނަމަ އަހަރެން އެއްބަސް ވީމުހޭ! އެކަމަކު ދެން…….”

“މާ ގިނަ ވާހަކަ ނުދައްކާ!” ޝިއާނާގެ މޫނާ ކައިރިވެލުމަށްފަހު ވައި އަޑުން ޔައީޝް ބުންޏެވެ. އަދި މަޑުމަޑުން ޝިއާނާގެ ހަށިގަނޑުގައި ބައްދާލިއެވެ. އެއާއެކު ޝިއާނާ މަސައްކަތްކުރީ ޔައީޝް ދުރައްލެވޭތޯއެވެ. މޭމަތީ އަތްއެޅުމަށްފަހު ދުރަށް ކޮށްޕާލަން އުޅުނުވަގުތު ހިސާބަކަށް ދިގުވެފައިވާ އޭނާގެ ނޭފަތިތައް ޔައީޝްގެ މޭމަތީ އެޅިގެންދިޔައެވެ.

ނަމަވެސް ޔައީޝް އެންމެ ތަންކޮޅެއްވެސް ދޫނުކުރިއެވެ. އޭނާގެ ބާރުގަދަ ދެއަތުން ޝިއާނާގެ ހަށިގަނޑުގެ ކޮންޓްރޯލް ހޯދުމަށްފަހު އެ ހަށިގަނޑަށް ހަދާލީ ހިތުހުރި ގޮތެކެވެ. އޭނާގެ އެދުން ހާސިލްވުމާއެކު ޝިއާނާގެ ހަށިގަނޑު އެނދުމައްޗަށް ދުކޮށްލިއިރު ޝިއާނާއަށް އޭނާގެ ފޭރާންތައް ވީ ހިސާބުވެސް ނޭނގުނެވެ. މުޅި ގައިން ދިލަ ނަގަމުންދިއުމުގެ ސަބަބުން އޭނާއަށް އޮތީ ގުޑިލަންވެސް ނުކެރިފައެވެ. ހުރިހާ ކަށިތަކެއް މުގުރިފައިވާފަދައެވެ.

“އަހަރެން ކޮންމެ ރެއަކު އަންނާނަން!!” ޔައީޝްގެ ސިފައިގައި ހުރި އަބްރާސް މިހެން ބުނުމަށްފަހު ފާރުގެ ތެރެއަށް ފުރޭނިގެން ދިޔައެވެ. މި މަންޒަރު ޝިއާނާއަށް ފެނުނުނަމަ ހުރިހާ ކަމެއް ސާފު ވީސްކަން ކަށަވަރެވެ. ނަމަވެސް އެހެން ކަމަކާ މެދު ވިސްނުމަށްވުރެ ޝިއާނާގެ ހިތަށް ލިބިފައިވާ އަނިޔާ މާ ބޮޑެވެ. ކޮޓަރީގެ ދޮރު ނުހުޅުވާ ޔައީޝް އެ ކޮޓަރިން ނުކުމެގެން ދިޔަ ގޮތާ މެދު ވިސްނާކަށް ޝިއާނާގެ ސިކުނޑި ތަނެއް ނުދިނެވެ.

***

ހެނދުނު އިރުއެރުމާއެކު ޝިއާނާ އެނދުން ތެދުވެއްޖެއެވެ. އެއިރު އޭނަގެ ހެދުން އޮތީ އެނދުކައިރިއަށް ވެއްޓިފައެވެ. ހެދުން ނެގުމަށްފަހު އޭނާ ހިނގައިގަތީ ފާހާނައާ ދިމާއަށެވެ.

މިހާރު އޭނާގެ މޫނުމައްޗަކުން ކުރިން ފެނުނު ހިތާމައިގެ އަސަރެއް ނެތެވެ. ފެންނަނީ ރުޅިވެރިކަމާއި ޖެހިލުން ކުޑަކަމެވެ. ވާނީވެސް އެހެންނެއް ނޫންހެއްޔެެވެ؟ މިއޮއް ހުރިހާ ދުވަހު އޭނާ އެ ހުންނަނީ ފިރިހެނުން ކުރާނެ ކަމެއް ކުރަން ދޫކޮށްލައިގެންނެވެ. ނަމަވެސް ދެން ބޭނުންހާ ކުޅިއެއް ނުކުޅެވޭނެއެވެ. އޭނާއަކީވެސް އަންހެނެކެވެ. ޔައީޝްގެ އެ މުޑުދާރު އަމަލު ތަކުރާރުވަތަން ބަލާކަށް އޭނާ އެގޭގައި ހުންނާކަށް ބޭނުމެއް ނޫނެވެ.

ފެންވަރާ ނިންމަލުމަށްފަހު ތައްޔާރުވެލައިގެން ފާހާނައިން ނުކުމެ ޝިއާނާ ހުޅުވާލީ އަލަމާރިއެވެ. އަދި އޭނާގެ ހުރިހާ އަންނައުނުތައް ފޮއްޓަށް އެޅުމަށްފަހު ފޮށި ހިފައިގެން ކޮޓަރިން ބޭރަށް ހިނގައިގަތެވެ. ދާނެ ވަކި މިސްރާބެއް ނެތް ކަމުގައިވިއަސް އޭނާ ބޭނުންވަނީ އެ ގެއިން ނުކުމެގެން ދާށެވެ. ދެލޮލަށް ޖަމާވި ކަރުނަތައް އަތުގެ ނުފުށުން ފުހެލުމަށްފަހު ހަމަޖެހިލަމުން ޝިއާނާ ކޮޓަރިން ނުކުތެވެ. އޮފީހަށް ދިއުމައްޓަކައި ތައްޔާރުވެލައިގެން ޔައީޝްވެސް އޭނާގެ ކޮޓަރިން ނުކިތީ ހަމަ އެވަގުތެވެ.

“ޝިއާ؟؟!!” ފޮށި ހިފައިގެން ހުރި ޝިއާނާ ފެނުމާއެކު ޔައީޝްގެ ހިތުގައި ސުވާލުތައް އުތުރި އަރައިގަތެވެ. “ކޮންތާކަށް؟؟”

“މަ ބޭނުމެއް ނޫން މިތާކު އުޅޭކަށް!!” ހިތްވަރުކޮށްލުމަށްފަހު ޝިއާނާ ވާހަކަ ދެއްކިއެވެ. އެއަޑަށް ކާގޭތެރޭ ހުރި ސީމާވެސް ސިޓިން ރޫމަށް ނުކުތެވެ. ޝިއާނާ ފެނުމާއެކު އޭނާގެ ދެބުމަ ވެސް އަރައިގެން ދިޔައެވެ.

“ކިހިނެއްތަ ޝިއާ އަށް ތި ވަނީ؟” ޔައީޝް އެހިއެވެ. ނަމަވެސް އެ ސުވާލަށް ޖަވާބު ދިނުމުގެ ބަދަލުގައި ޝިއާނާ ހިނގައިގަތީ ގޭގެ ބޮޑު ދޮރާ ދިމާއަށެވެ.

“ޝިއާ! ޕްލީޒް!!” ޔައީޝް އައިސް ޝިއާނާގެ އަތުގައި ހިފެހެއްޓިއެވެ.

“ހަބަރުދާރު!!” ޝިއާނާ ހަޅޭލަވައިގަތެވެ. “މަގޭ ގައިގަ ދެން އަތް ނުލާތި!!”

ޝިއާނާގެ ރުޅިވެރިކަން ފެނިފައި ޔައީޝްގެ ހިތް ހީވީ ވިރިގެން ފޭބިހެންނެވެ. އަދިވެސް އޭނާ ހުރީ ވާނުވާ ނޭނގިފައެވެ. ސީމާގެ މޫނުމަތިންވެސް ފެންނަމުންދިޔައީ ހައިރާންކަމެވެ.

“ކޮބާތަ މައްސަލައަކީ؟؟” ޔައީޝް ވަރަށް އާދޭހާއެކު ބުންޏެވެ.

“އަދިވެސް ނޭނގޭ ކަމައްތަ ހަދަނީ!؟ އޭނ!!!!؟” ޝިއާނާ އޭނާގެ އަތުގައި އޮތް ފޮށި ބިންމަތީ ބެހެއްޓުމަށްފަހު ޔައީޝް އާ ދިމާއަށް އެނބުރިލިއެވެ. “އަހަރެންތަ ނޫނީ ޔައީޝްތަ ޔައީޝްގެ މަންމަ ގާތު ކިޔާ ދޭނީ!!؟؟”

“ކޮން ކަމެއްތަ؟”

“ކަލޭގެ ހުންނަ މުޑުދާރުކަން!!” ޝިއާނާގެ ރުޅި ކޮންޓްރޯލުން ނެއްޓީ އެހާހިސާބުންނެވެ. “އަހަރެންގެ ގައިގާ ނެތޭ ދިލަ ނުނަގާ އެންމެ ތަންކޮޅެއްވެސް!! އިއްޔެރެއާ ރޭގަވެސް ކަލޭ އަހަރެންގެ ކޮޓަރިއަށް ވަދެ އަހަރެންގެ ކިބައިން އުފާާތައް ފޭރިގެން އިރު ކޮބާތަ ކަލޭގެ ހިތް!”

ޝިއާނާގެ މި ބަސްތައް އަޑުއިވުމާއެކު ޔައީޝްގެ ހައިރާންކަން ދެގުނައަށް އިތުރުވެގެން ދިޔައެވެ. ދެލޯ ދިޔައީ ތަންމިނަށް ހުޅިވިގެންނެވެ. ސީމާއަށްވެސް ދެލޯ ބޮޑުކޮށްލަމުން ބަލާލެވުނީ ޔައީޝްގެ މޫނަށެވެ.

“އަހަ….. އަހަރެން ޝިއާގެ…؟؟”

“އާނ!! އަދިވެސް ފޮރުވަންތަ އުޅެނީ؟ އަހަރެން ބޭނުމެއް ނޫން ދެން އެންމެ ދުވަހަކުވެސް މިގޭގަ އުޅޭކަށް!” ޝިއާނާގެ ލޮލުން ހޯސްލާފައި ކަރުނަ ފައިބަމުންދިޔައެވެ.

“ޝިއާ! ހެޔޮނުވާނެ! ކާކުދެއްކި ވާހަކައެއްތަ؟” ޔައީޝްއަށް އަދިވެސް ހުރީ ވާނުވާ ނޭނގިފައެވެ.

“މިހަކު ދެއްކީ ވާހަކަ އެއް ނޫނޭ!!” ޝިއާނާ އަނެއްކާވެސް ހަޅޭލަވައިގަތެވެ. “ހެކި ބޭނުމިއްޔާ ހެކިވެސް ދައްކަ ފާނަން!!!” މިހެން ބުނުމައްފަހު ޝިއާނާ ޔައީޝްގެ ގަމީހުގައި ހިފައި ދަމައިގަތެވެ. އެއާއެކު ގަމީހުގެ ގޮށްތައް ނައްޓައިގެންގޮސް އޭނާގެ މޭމަތި ހާމަވިއެވެ.

ޔައީޝްގެ މޭމަތި ފެނުމާއެކު ޝިއާނާގެ ހަރަކާތްތައް ގަނޑުވެގެން ދިޔައެވެ. ދެލޯ ބޮޑުކޮށްގެން މެޔަށް ބަލަން ހުރެވުނީ ފެންނަމުންދިޔަ މަންޒަރު ގަބޫލު ކުރަން ދަތިވެގެންނެވެ. ރޭގައި ޔައީޝްގެ މޭގައި ވަކިއެޅީ ޝިއާނާގެ މި ދެއަތުންނެވެ. ނަމަވެސް މިހާރު އެންމެ ކޫރެއްވެސް އެ ހަށިގަނޑުގައި ނުވެއެވެ. މިވީ ކީއްބާއެވެ؟ އޭނަގެ ނިޔަފަތިތަކުގެ ނިޝާން ޔައީޝްގެ މޭމަތިން ފިލާހާ ގިނަ އިރެއް އަދި ނުވެއެވެ. ވީއިރު……..

އަނެއްކާ ރޭގައި އޭނާގެ ކައިރިއަށް ވަނީ ޔައީޝްއެއް ނޫންބާއެވެ؟ އެއީ ޔައީޝްއަށް ނުވެއްޖަ ނަމަ………….. މިހެން ހިތަށް އެރުމާއެކު ޝިއާނާގެ މުޅި ގައިން ހީބިހި ހިލުވާލިއެވެ. އެއާއެކު ކުއްލިއަކަށް މާޒީގެ ޟަފްހާތަކުން ހާދިސާތަކެއް އޭނާގެ ސިކުނޑި ވަށާލިއެވެ.

މީގެ ދުވަސްތަކެއް ކުރިން ފެންވަރަށް ހުއްޓާ ކުރެވުނު އިހުސާސްތަކެވެ. އޭނާގެ ކޮނޑަށް އެޅިގެން ދިޔަ ހޫނު ނޭވާއެވެ. ނިތްކުރި މަތިން ފަޅައިގެން ގޮސްފައިވާ ތަން ފަސޭހަ ވި ގޮތެވެ. އަތުގެ މުލައްދަނޑީގައި ބޮޑަށް ކަފައިގެން ގޮސްފައިވާތަނުގެ ލަކުނުވެސް ފިލައިގެން ދިޔަ ގޮތެވެ. ހުސް ޖަވާބު ނުލިބުނު ސުވާލުތަކެކެވެ. ނަމަވެސް މިހާރު ކޮންމެވެސް އެއްޗެއް ހީވާ ފަށައިފިއެވެ. ރޫހާނީ ކޮންމެވެސް މަހުލޫގެއްގެ ބާރު އޭނާއަށް ފޯރަމުންދާކަމުގެ އިހުސާސް ކުރެވެން ފަށައިފިއެވެ. ދެނަމާދު ދޭތެރޭ އަންހެން ކުދިން ފެންވަރަން ވަންނާކަށް ނުވާނެޔޭ ބުނެ މީހުން އެދައްކާ ވާހަކަ ތަކަކީ ބޯދާ ވާހަކަތަކެއް ކަމަށް ޝިއާނާ ހީކުރިއެވެ.

“އަހަރެން ޝިއާނާ ދެކެ ވަރަށް ލޯބިވޭ!”…… “ޝިއާނާ! މީ މަށޭ! ޔައީޝް!!”…. ރޭގަނޑުގެ ވަގުތުގައި އޭނާ ކައިރިއަށް ވަދެ ޔައީޝް ބުނެފައިވާ ޖުމްލަތައް އޭނާގެ ކަންފަތް ބުޑުގައި ގުގުމައިގެން ދިޔަ ކަހަލައެވެ. ޔައީޝް ވާހަކަ ދައްކާއިރު ދުވަހަކުވެސް “ޝިއާނާ” މިނަން ބޭނުން ކޮށްފައެއް ނުވެއެވެ. އޭނާ އަބަދުވެސް ޝިއާނާ އާ މުހާތަބު ކުރަނީ “ޝިއާ” ގެ ނަމުންނެވެ. މީގެންވެސް އެނގެނީ އޭނާ ކައިރިއަށް ރޭގަނޑު ވަންނަނީ ޔައީޝް ނޫންކަމެވެ. އަނެއްކޮޅުން، ދެރޭވެސް ޔައީޝް ކޮޓަރިއަށް ވަންނަނިކޮށެއް އަދި ނުކުމެގެން ދަނިކޮށެއްވެސް ޝިއާނާ އަކަށް ނުފެނުނެވެ. އެކަމާ މެދު ކުރިން ވިސްނާ ނުލެވުނީ ކީއްވެބާއެވެ؟

ހުރިހާ ކަމެއް އެނގި މަންޒަރު ސާފުވެގެން ދިއުމާއެކު ޝިއާނާގެ ކަކުލު ހުޅުން ވާގި ދޫވާން ފެށިއެވެ. އެއާއެކު އޭނައަށް މަޑުމަޑުން ދެކަކޫ ޖަހާފައި ބިންމަތީ އިށީނދެވުނެވެ. ލިބުނު ބޮޑު ޝޮކްގެ ސަބަބުން އޭނާ މުޅި ހަށިގަނޑު އައްސި ވެފައިވާފަދައެވެ. ދެލޮލުން އެއްވެސް ހިފެހެއްޓުމެއް ނެތި ކަރުނަ އޮހޮރެމުންދިޔައިރު އޭނާގެ ވަށައިގެން ވާ ސަރަހައްދު އެނބުރެމުން ދާ ކަހަލައެެވެ.

ޝިއާނާއަށް އަންނަމުން ދިޔަ ބަދަލު ފެނުމާއެކު ޔައީޝްގެ ހިތުގައި ސުވާލުތައް އުތުރި އަރައިގަތެވެ. އޭނާ ކައިރި އިށިނދެގެން ރޯން އިން ޝިއާނާ އަށް ބަލަން ހުރުމަށްފަހު އޭނާ މަޑުމަޑުން ޝިއާނާގެ ދެކޮޑުގައި ހިފާ ކޮޅަށް ނެގިއެވެ. އެއާއެކު ޝިއާނާ ޔައީޝްގެ ގައިގާ ބައްދައިގަންނަމުން އަޑުން އަޑުނަގާ ރޯންފެށިއެވެ.

“ޔައީޝް! އަހަންނަށް މާފް ކުރޭ ޔައީޝް!!!” ޝިއާނާގެ ހަށިގަނޑު ތުރުތުރު އަޅަމުންދިޔައިރު، އެ އިހުސާސް ޔައީޝްގެ ހަށިގަނޑަށްވެސް ދިޔައީ ކުރަމުންނެވެ.

“ޝިއާ! ކޮން ކަންތައްގަނޑެއްތަ ސިއްރުކޮށްގެން ތި އުޅެނީ؟” ޝިއާނާ ގޮވައިގެން އައިސް ސޯފާގައި އިށީނދެލަމުން ޔައީޝް އަހާލިއެވެ. އެއާއެކު ޝިއާނާ އޭނާއަށް ދިމާވި ހުރިހާ ކަމެއް އަކުރުން އަކުރަށް ޔައީޝްއަށް ކިޔައިދިނެވެ. އޭނާގެ ވާހަކަތައް އަޑުއަހަން އިން ޔައީޝް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނާއަކީ ދުވަހަކުވެސް އެފަދަ އަމަލެއް ހިންގަން ހިތަށްވެސް އެރުވި މީހެއް ނޫނެވެ.

“ޝިއާއަށް ހަމަ ރަނގަޅަށް އެނގޭނެ އަހަރެން އެކަހަލަ ކަމެއް ޝިއާއަށް ނުކުރާނެކަން!!” ޝިއާނާ ގެނެސް ގައިގާ ލައްކޮށްލަމުން ޔައީޝް ބުންޏެވެ.

“ޝިއާ އަށް އެދަނީ ރޫހާނީ މަހުލޫގެއް ބާރު ފޯރުވަމުން! ވީހާވެސް އަވަހަކަށް ހިނގާ ހައްލެއް ހޯދަން!!” ސީމާ އަވަސް އަވަހަށް ބުންޏެވެ. އޭނާގެ ހިތުގައިވެސް ބިރުވެރިކަން ފެތުރިގަތެވެ. ޝިއާނައަށް ގެއްލުމެއް ލިބުމަކީ އޭނާގެ އުފަން ދަރިއަކަށް ގެއްލުމެއް ލިބުން ކަހަލަ ކަމެކެވެ.

“އަލިފުޅުބެ ކައިރިއަށް ދާން ހިނގާ!!” ޔައީޝް ބުންޏެވެ.

***

“އަލިފުޅުބެއަށް މާކުރިންވެސް އިނގޭ ތި ކުދިން މިގެއަށް އަންނާނެކަން!!” ޝިއާނާމެންގެ ވާހަކަތައް އަޑުއެހުމަށްފަހު އަލިފުޅު ބުނެލިއެވެ. “މިއޮއް ހުރިހާ ދުވަހު ދޮންއަހުމަދު ކުޅެމުންދިޔަ ކުޅިވަރުތައް ވަރަށް ގާތުން އަހަރެން ބެލިން!! ވަފިއްޔާ އޭނާގެ ފިރިމީހާ މަރާލީވެސް ދޮންއަހުމަދު ލައްވާ ސިހުރު ހަދުވައިގެން! އޭނާ ބޭނުންވީ ހައްސާނު ފަދަ މުދާވެރިއަކާ އިނދެގެން އުޅެން!! ޝިއާނާގެ ފިރިމީހާއަށްވެސް ސިހުރު ހެދީ ދޮންއަހުމަދު! އެކަންކުރުވީ ޝިއާނާގެ ފިރިމީހާ އާ އަޅައިގަނެގެން އުޅުނު އަންހެން ގޮއްޔެ!”

“ޝިއާ އެ ޖިންނީގެ ކިބައިން ސަލާމަތް ވާނެތަ؟” ސީމާ އަވަސް އަވަހަށް އަހާލިއެވެ.

“އަހަރެން ހޯދި ހޯދުމުން އެނގުނު ގޮތުގައި، ތި ޖިންނި އަކީ ދޮންއަހުމަދުގެ ބާރުގެ ދަށުގައި ގެންގުޅުނު ބާރުގަދަ އިފުރީތެއް! ނަމަވެސް އޭތީގެ ހުރިހާ ބާރެއް ވަނީ ކުޑަ ކުޑަ ތަވީދެއްގައި ހައްޔަރުވެފައި! އެ ޖިންނިއަކީ ކިތަންމެ ބާރުގަދަ ޖިންނިއަކަށްވިއަސް، ދޮންއަހުމަދު ކޮށްފައިއެވާ ކަމެއްގެ ސަބަބުން އޭތި އަސްލު އެވަނީ ވަރަށް ނުރައްކާތެރި ހާލަތެއްގަ! އެ ތަވީދަށް ރައްކާތެރި ނުވެއްޖެ ނަމަ އެ ޖިންނި ވަރަށް ފަސޭހައިން މަރާލެވޭނެ! އެތަވީދު އޮންނާނީ އެ ޖިންނީގެ އަތުގެ ކުޑަހުޅުގައި އައްސާފައި! އެއަށް ކިތަންމެ ކުޑަ ގެއްލުމެއް ލިބުނަސް ޖިންނިއަށްވެސް އޭގެ އަސަރު ކުރާނެ! ރޭގަ ޝިއާނާ ކައިރިއަށް ދިޔަ ހެން ކޮންމެ ރެއަކުވެސް އެ ޖިންނި ޝިއާނާ ގެ ކިބައިން އުފާ ލިބިގަތުމައްތަކައި ތި ކޮޓަރިއަށް ދާނެ!” ފުން ނޭވާއެއް ބޭރުކޮށްލުމަށްފަހު އަލިފުޅު އައިސް ހުއްޓިލީ ޝިއަނާގެ ކުރިމަތީގައެވެ. “އެހެންވީމަ، އެ ޖިންނީގެ ދުވަސް ދުއްވާލުމުގެ ކުޅަދާނަކަން އޮތި ޝިއާނާގެ އަތުގަ!”

“އެއީ؟” ޝިއާނާއަށް އަހާލެވުނެވެ. އެއާއެކު ހަދަންވީ ހުރިހާ ގޮތެއް އަކުރުން އަކުރަށް އަލިފުޅު ކިޔައިދިނެވެ. ޝިއާނާގެ ހިތުގައި ބިރުވެރިކަމުގެ ބަންޏެއް ދުވެލީ، ކަމުގައި ހުރި ނުރައްކާތެރިކަން ބޮޑުކަމުންނެވެ. ނަމަވެސް އޭނާ ހިތްވަރު ކުރާނެއެވެ. ދިރިއުޅުމުގައި އެތަށް ހިތާމަ ތަކަކާއި އެނާ ވަނީ ކުރިމަތި ލާފައެވެ. އެހެންވީއިރު މިކަމާ ކުރިމަތިލުމުގެ ކުޅަދާނަކަންވެސް ޝިއާނާގެ ކިބައިގާ ހުންނާނެކަން ކަށަވަރެވެ. ޝިއާނާގެ އަތް މުއްކެވިގެން ދިޔައީ، ހިތުގައި އުތުރިއަރައިގެން އަޒުމްގެ ވަރުގަދަކަމުންނެވެ.

***

އިރުއޮއްސި އަނދިރިވެގެން ދިއުމާއެކު ޝިއާނާ އޭނާގެ ކޮޓަރިއަށް ވަނެވެ. ހިތުގެ ތެޅުން ކިތަންމެ ބާރުވި ކަމުގައިވިއަސް މިރެއިން މިރެއަށް އެކަން ނިންމާލަން އޭނާ ނުހަނު ބޭނުމެވެ. ކުރިމަތީ އޮތް އުފާވެރި ދުވަސްތައް ލޯމައްޗަށް ސިފަވެގެން ދިއުމާއެކު އޭނާގެ އަޒުމް ވަރުގަދަވިއެވެ.

އެނދަށް އެރުމަށްފަހު، ފަޑީގައި ލެނގިލަމުން ޝިއާނާ ހަމަޖެހިލިއެވެ. މަޑުމަޑުން ދެކަކޫގެނެސް މޭގައި ޖައްސާލިއެވެ. ބާރުވެފައިވާ ހިތުގެ ތެޅުން އޭނަގެ ކަންފަތާ ހަމައަށްވެސް ފޯރާ ކަހަލައެވެ. މުޅި މީހާ ދާހިއްލާ ފޯވިއެވެ.

***

ޔައީޝް އާއި ސީމާ މަޑުކޮށްގެން ތިބީ ޔައީޝްގެ ކޮޓަރީގައެވެ. މަސްވެރިއަކު އެންގަނޑެއް އެއްލައިގެން މަހެއް ގަންނާނެ އިރެއްގެ އިންތިޒާރުގައި ތިބި ފަދައިން އެ ދެމީހުންވެސް އިންތިޒާރު ކުރަމުންދިޔައީ ޝިއާނާ އެކަމުން ސަލާމަތްވަނެ ވަގުތެއްގެ އިންތިޒާރުގައެވެ.

***

ގަޑިއިރަކަށްފަހު ގަޑިއިރެއް ވޭތުވަމުންގޮސް މެންދަން ވާން ބާކީ އޮތީ ކުޑަ ވަގުތު ކޮޅެކެވެ. ޝިއާނާ ލޯ މަރާލައިގެން އޮތް ނަމަވެސް އޭނަ އޮތީ ހޭލައެވެ. ހަމަ ކޮންމެ ވަގުތެއްގައިވެސް އަބްރާސް އެތަނަށް ފާޅުވެދާނެކަން ޝިއާނާއަށް އެނގެއެވެ. އޭނާ ހުށިޔާރު ވެލައިގެން އެ އޮތީ އެހެންވެއެވެ.

ގިނަ އިރެއް ނުވިއެވެ. ޝިއާނާ އަށް ސިހިފައި ލޯ ހުޅުވާލެވުނީ ކައިރީގައި މީހަކު ހުރިކަމުގެ އިހުސާސް ކުރެވިގެންނެވެ.

“ޝިއާނާ!” ޔައީޝްގެ ސިފައިގާ ހުރި އަބްރާސްގެ ތުންފަތަށް ވެރިވެފައިވަނީ ހިނިތުންވުމެކެވެ.

“ޔައީޝް! ކުރިން ރޭތަކުގައި އަހަންނަށް ދެކޮޅު ހެދުނީތީ އަހަންނަށް މާފް ކުރޭ!” ވަރަށް ދެރަވާ ކަމަށް ހެދެމުން ޝިއާނާ ބުންޏެވެ. “އަހަންނަށް އެނގޭ ޔައީޝް އަހަރެން ދެކެ ވަރަށް ލޯބި ވާކަން! އަހަރެން ހީކުރީ ޔައީޝް އުޅެނީ އަހަންނަށް ލަނޑެއް ދޭން ކަމަށް!!”

“އެހެންތަ! ޝިއާނާ އަށް އެނގެ އެއްނު އަހަރެން ޝިއާނާ އަށް ލަނޑެއް ނުދޭނެ ކަން!” އަބްރާސް ޝިއާނާ ކައިރީ އޮށޯވެލިއެވެ. ކިތަންމެ އުނދަގޫވިއަސް ޝިއާނާ ކެތް ކުރިއެެވެ. ވަރަށް ނުވާކަމަށް ހަދަމުން ސިއްރު ސިއްރުން ޝިއާނާ އަބްރާސްގެ އަތަށް ބަލާލިއެވެ. އަތުގައި އައްސާފައި އޮތް ތަވީދު ފެނުމާއެކު އޭނާގެ އަޒުމް އިތުރަށް ވަރުގަދަ ވިއެވެ.

އެހެން އިރުކޮޅަކު އޮތުމަށްފަހު އަބްރާސް ޝިއާނާގެ ހަށިގަނޑުމައްޗަށް ވެރިވެގަތެވެ. ނިދާބޮކި ދިއްލާފައި ހުރިކަމުގައިވިއަސް އަބްރާސް އެކަމާ ފަރުވާލެއް ނުބެހެއްޓިއެވެ. ޝިއާނާގެ ހަށިގަނޑަށް ދަހިލަވައިގެންފައި ވާލެއް އެއަށްވުރެ މާ ބޮޑެވެ.

ޝިއާނާ ބަލަމުންދިޔައީ އަބްރާސް ގެ އަތުގައި އޮތް ތަވީދު ދަމައިގަނެވޭނެ ރަނގަޅު ދަނޑިވަޅަކަށެވެ. ތަވީދު ދަމައިގަނެގެން އަބްރާސް އަށް ގެއްލުމެއް ނުވެއްޖެއްޔާ އަނެއްކާ ވާނީ ކިހިނެއްބާއެވެ؟ އަބްރާސް އޭނާގެ ދުވަސް ދުއްވާނުލާނެ ބާއެވެ؟ ހިތުގައި އުފެދެމުންދިޔަ ސުވާލުތަކުގެ ސަބަބުން ޝިއާނާ ގެ ހިތް ބިރުގަންނަމުންދިޔައެވެ.

އަބްރާސް ޝިއާނާގެ ހަށިގަނޑުން މަސްތީ އުފާ ހޯދަމުންދިޔައިރު ޝިއާނާ އެއްވެސް ޝަކުވާއަކާ ނުލާ ކެތްކޮށްގެން އޮތެވެ. ހިތާހިތުން ދުޢާ ކުރަމުންދިޔައީ، އަބްރާސްގެ އަތުގައި އޮތް ތަވީދު އޭނާގެ އަތާ ހަމައަށް ފޯރާނެ ގޮތެއް މެދުވެރި ވޭތޯއެވެ. މާ ގިނައިރަކު ކެތް ކުރާކަށް ނުޖެހުނެވެ. އަބްރާސް އެނދުގައި އަތް ވިއްދާލި ވަގުތު ބަލާފައި ޝިއަނާ އަވަސް އަވަހަށް ތަވީދު ދަމައިގަތެވެ. އެއާއެކު އަބްރާސް ދިޔައީ އެއްލިގެންނެވެ. ދިޔަ ބާރުމިނުގައި ގޮސް ޖެހުނީ ފާރުގައެވެ. ޝިއާނާ އަވަސް އަވަހަށް ތެދުވެ ކޮޓަރީގެ އަލިގަދަ ހުދު ބޮކި ދިއްލާލިއެވެ.

“އެ ތަވީދު އަތުތެރެއަށް ލާ ފިއްތާލާ! އޭރަށް އެ ޖިންނި އަނދައިގެން ދާނެ!!” ޝިއާނާގެ ސިކުނޑީގައި އެނބުރެމުންދިޔައީ އަލިފުޅުގެ ބަސްތަކެވެ. ފާރު ކައިރިއަށް ވެއްޓިފައި އޮތް އަބްރާސް އަށް ޝިއާނާ ބަލާލިއެވެ. އެއިރު އޭތި ވަނީ އޭގެ އަސްލު ސޫރައަށް ބަދަލުވެފައެވެ. ކަޅު އެނދެރި ކުލައިގެ ހަށިގަނޑުން މަޑުމަޑުން ދުން އަރަމުންދިޔައިރު އޭނާގެ ރުޅިވެރި ރަތް ދެލޯ އަމާޒުވެފައި ވަނީ ޝިއާނާ އާ ދިމާއަށެވެ. އެހެން އޮތުމަށްފަހު ކުއްލިއަކަށް އަބްރާސް ޝިއާނާއާ ދިމާއަށް ފުންމައިގަތެވެ.

ނަމަވެސް ޝިއާނާ މާ ހުށިޔާރެވެ. އަތުގައި އޮތް ތަވީދު މުށުތެރެއަށް ލުމަށްފަހު ބާރަށް ފިއްތާލިއެވެ. އެއާއެކު އަނެއްކާވެސް އަބްރާސް ދިޔައީ ހޫރިގަނެގެންނެވެ. މިފަހަރު އޭތި ގޮސް މުޑިއެރީ ކޮޓަރީގެ އަނެއް ބިތަށެވެ. މިފަހަރު އޭތީގެ ހަށިގަނޑުން އަރަމުންދިޔަ ދުންތައް އިހުނަށްވުރެ އޮލަވެފައި ގިނައެވެ. އިރުކޮޅަކުން އިވެން ފެށީ އަބްރާސްގެ ރުއިމުގެ އަޑެވެ.

“ޝިއާނާ! އާދޭސް ކޮށްފަ މި ބުނަނީ! އަހަންނަށް މާފް ކުރޭ! އަހަރެން ދުކޮށްލާ!” އަބްރާސް ރޮމުންދިޔައެވެ. “އަހަރެން ދެން ދުވަހަކުވެސް ޝިއާނާއަށް އުނދަގުލެއް ނުކުރާނަން!!”

“ތީ ހަމަ ހީވަ ގޮތް! ކަލޭ ގެ ސަބަބުން ކިތަންމެ ބަޔަކު މިހާރުވެސް މަރުވެގެން ގޮސްފި! ކަލޭއަށް އޮތް ގޮތަކީ ހަމަ މަރާލުން!” ޝިއާނާ ބުނެލިއެވެ. އެއަށްފަހު އަނެއްކާވެސް އަތުގައި އޮތް ތަވީދަށް ބާރުކޮށްލިއެވެ. އެއާއެކު އަބްރާސްގެ ރުއިންވެސް ބާރުވެގެންދިޔައެވެ.

“އަހަރެން ޝިއާނާ ދެކެ ވަރަށް ލޯބިވޭ!” އަބްރާސް ރުއިމުގެ ތެރެއިން ބުނެލިއެވެ. އެއިރު، އަރަމުންދިޔަ ދުންތަކާއެކު އޭނާގެ ހަށިގަނޑުވެސް ދިޔައީ ހުލިވަމުންނެވެ. ވޭނުން ފުރިގެންވީ ދެލޮލުން ޝިއާނާ އަށް ބަލަހައްޓައިގެން އޮއްވާ އަބްރާސް ހަށިގަނޑު އެކީ އެކައްޗަކަށް ދުމަށް ބަދަލުވެގެން ގޮސް ވައިގެ ތެރެއަށް ފޭދުނެވެ. ހުރިހާ ކަމެއް ނިމިގެން ދިއުމާއެކު ޝިއާނާއަށް ދެކަކޫ މައްޗަށް ތިރިވެވުނެވެ. ދެލޮލުން އޮހޮރިގެން ދިޔައީ އުފާވެރިކަމުގެ ފޮނި ކަރުނައެވެ. މިއީ މިހާ ފަސޭހައިން ނިންމަލެވޭނެ ކަމެއްކަމަކަށް އޭނާ ހިޔެއް ނުކުރެއެވެ. އޭނާގެ އުފާވެރި މުސްތަގުބަލާ ދެމެދު ދެން އެއްވެސް ހުރަހެއް ނުވާނެއެވެ. ލޮލުން ފޭބި ކަރުނަތައް އަތުން ފުހެލުމަށްފަހު ޝިއާނާ ކޮޓަރިން ނުކުތުމައްޓަކައި ހިނގައިގަތެވެ.

***

ޝިއާނާގެ އިންތިޒާރުގައި އެނދުގައި އިށީނދެލައިގެން އިން ޔައީޝްއަށް ސިހިފައި ބަލާލެވުނީ ކޮޓަރީގެ ދޮރު ހުޅުވާލިއަޑަށެވެ. އެއިރު ކޮޓަރީގެ ދޮރުމަތީ ހިނިތުންވެލައިގެން ހުރީ ޝިއާނާއެވެ. ދެލޮލުން އެއިރުވެސް ކަރުނަ ފައިބަމުންދިޔައެވެ. ޔައީޝްއަށް ބޭއިހްތިޔާރުގައި ކޮޅަށް ތެދުވެވުނުއިރު އޭނާގެ ތުންފަތަށް ވެސް ވެރިވެފައިވަނީ ހިނިތުންވުމެކެވެ. ޝިއާނާ ދުވެލާފައި އައިސް ޔައީޝްގެ މޭގެ ތެރެއަށް ބޮނޑިވެގަތެވެ. ދެން ދުވަހަކުވެސް ދުރަށް ނުދާނަމޭ ބުނާކަހަލައެވެ.

ޔައީޝްވެސް ޝިއާނާގެ ހަށިގަނޑުގައި އޮޅުލައިގަތެވެ. އިންތިހާއަށް ބާރުވެފައިވާ ދެމީހުންގެ ހިތުގެ ވިންދު އެކަކު އަނެކަކަށް އިހުސާސް ވަމުންދިޔައެވެ. އުފާ ނުވާނީ ކާކު ހެއްޔެވެ؟ ޒަމާންތަކަކަށްފަހު އަނެއްކާވެސް ޔައީޝްގެ ހަޔާތް އަމާން ވެގެން ދިޔައީއެވެ. ފޮޅިފައިވާ މާތަކުން ބަރާވެފައިވާ މާ ބަގީޗާއެއްގައި ލޯބި ލޯބި ކުދިންތަކެއް ގޮވައިގެން އުޅެމުންދިޔަ އުފާވެރިދިރިއުޅުން އެވަގުތުވެސް ޔައީޝްގެ ލޯމައްޗަށް ސިފަވެގެން ދިޔަކަހަލައެވެ. ޝިއާނާ ގަޔާ ދުރުކޮށްލުމަށްފަހު އޭނާގެ ފުން ދެލޮލަށް ނަޒަރު ހުއްޓާލިއިރު ޔައީޝްގެ ދެލޮލުންވެސް އޮހޮރެމުންދިޔައީ އުފާވެރިކަމުގެ ކަރުނައެވެ.

“އަަހަރެން ޔައީޝް ދެކެ ވަރަށް ލޯބިވޭ!!” ތުރުތުރު އަޅަމުންދިޔަ އަަޑަކުން ޝިއާނާ މަޑުމަޑުން ބުނެލިއެވެ. އެއާއެކު ޔައީޝް އަނެއްކާވެސް ޝިއާނާގެނެސް މޭތެރޭ ބޮޑިކޮށްލިއެވެ.

“އަހަރެެންވެސް!!!”

ޔައީޝްއާއި ޝިއާނާގެ ލޯބިވެތި ހަރަކާތްތަކަށް ބަލަހައްޓައިގެން ހުރި ސީމާ ހަށަން ބަނދެލަމުން ކަރުކެހިލިއެވެ. އެއާއެކު ޔައީޝް އާއި ޝިއާނާ އަވަސް އަވަހަަށް ދުރެށްޖެހިލިއެވެ.

“މަންމަ ތި ދެކުދިންގެ އުފަލުގައި ބައިވެރި ނުކުރާނަންތަ؟” ސީމާ ލަނެއް ހިނިގަނޑެއް ޖަހާލަމުން ބުނެލިއެވެ. އެއާއެކު ޔައީޝް އާއި ޝިއާނާއާ ދެމީހުން ދެފަޅިން ގޮސް ސީމާ ގައިގާ އޮޅުލައިގަތެވެ.

************

6 އަހަރު ފަސް

“ޝައިމާ!” ޝިއާނާ ގޮވާލިއެވެ. “ޝައީ! ކޮންތާކުތަ؟”

“ޕޮއް!!” ދޮރުފޮތިގަނޑުގެ ފުރަގަހުގައި ފިލާ ހުރި 4 އަހަރުގެ އަންހެން ދަރިފުޅު ކުއްލިއަކަށް ނުކުތެވެ. އެއާއެކު ޝިއާނާ އޭނާގެ ދަރިފުޅު ގެނެސް ގަޔާލާ ބޮނޑިކޮށްލިއެވެ.

“ދަރިފުޅު ހާދަ މޮޅޭ ދޯ ފިލަން! އިނގޭތަ އިއްކޮ ފިލަން ދިޔަ ތަން؟” ޝިއާނާ އަހާލިއެވެ.

” ލައްބަ! އިނގޭ!” ކުޑަކުޑަ ޝައިމާ ބުނެލިއެވެ. “އެކަމަކު ނުބުނާނަ މޯ!”

“ދަރިފުޅު ހާދަ ލަނެތޭ!” ޝިއާނާ ބުނެލިއެވެ. އެވަގުތު ފުރަގަހުގައި ހުރި ސޯފާގެ ބިއްދޮށުގައި ފިލާހުރުމަށްފަހު ކުޑަކުޑަ އިކާން ދުވެލާފައި އައިސް ޝިއާނާގެ ފުރަގަހުން ބައްދާލިއެވެ.

“އިއްކޯ!!” ޝިއާނާ އިކާން ގެނެސް ޝައިމާ ކައިރީ ބެހެއްޓިއެވެ. ޝައިމާ އާއި އިކާން އަކީ އެއްމާބަނޑު ދެކުދިންނެވެ. އިސްކޮޅުން އެއްވަރު ނަމަވެސް ދެކުދިންގެ ސިފަ ތަފާތެވެ. އިކާން ހީވަނީ ކުޑަކުޑަ ޔައީޝް އެއް ހެންނެވެ. ހަމަ އެ ކަޅުކަން ގަދަ ފަން އިސްތަށިކޮޅާއި ހީލާއިރު ކޮލަށް އެޅިގެންދާ އަޑިކޮޅެެވެ. ޝައިމާ ވައްތަރީ ޝިއާނާ އާއެވެ. ލޮލުގައި ވެސް ހުންނަނީ ހަމަ އެ ފަދަ މުށި ކުލައެކެވެ.

“ކޮން ކުއްޖަކަށް އެނގެނީ ޑެޑީ ވީތަން؟” ޝިއާނާ އަހާލިއެވެ.

“ޑެޑީ ވީ….” އިކާން ބުނަން އުޅުމާއެކު ޝައިމާ އެކަން މަނާކުރިއެވެ.

“އިއްކޯ! ޑެޑީ ޕްރޮމިސް ކުރުވިއެއްނު ނުބުނާނަން ކަމަށް!!”

“އޯހް! ސޮރީ! ނުބުނާނަން!!” އިކާން ބުނެލިއެވެ.

“އޯކޭ! ދަރިފުޅު މެން ދޭ މާމަ ގާތަށް! މަންމި މިދަނީ ޑެޑީ ހޯދަން!” ޝިއާނާ ހިނގައިގަތީ ކަގެއާ ދިމާއަށެވެ. އެއިރު އިކާން އާއި ޝައިމާ އާ ދެކުދިން ގޮސް ޓީވީ ބަލަން އިން ސީމާގެ އުނގުތެރެއަށް ބޮނޑިވެގަންނަނީއެވެ.

ޝިއާނާ ގޮސް ކާގެއަށް ވަނުމާއެކު، ދޮރުދޮށުގައި ފިލާހުރި ޔައީޝް ޝިއާނާގެ އަތުގައި ހިފާ ދަމައިގަތެވެ. އެއާއެކު އެއްވެސް ހިފެހެއްޓުމެއްނެތި ޝިއާނާ ގޮސް ލައްވީ ޔައީޝްގެ މޭމަތީގައެވެ.

“ކޮން ދުވަހެއް މިގޮތަށް ވަގުތު ކޮޅެއް ހޭދަކޮށް ނުލެވޭތާ؟” ޔައީޝް ވާހަކަ ދެއްކީ ވައިއަޑުންނެވެ. ޝިއާނާ ހިނިތުންވެލުމަށްފަހު ޔައީޝްގެ މޭމަތީ ބޯއަޅާލިއެވެ. “ޝިއާ ދެކެ އަހަރެން ވަރަށް ލޯބިވޭ!”

“އެކަން އިނގެޔޭ ޔައީޝް ގަނޑާ!” ޝިއާނާ މަޑުމަޑުން ޔައީޝްގެ މޭމަތީ ޖަހާލަމުން ބުނެލިއެވެ. “އަހަރެންވެސް!!”

“މަންމީ! މަންމީ!!” ކުއްލިއަކަށް ކާގޭތެރެއަށް ވަން އިކާން އާއި ޝައިމާ ފެނިފައި ޝިއާނާއާއި ޔައީޝް ދުރައްޖެހިލިއެވެ.

“ޑޭޑީ އާދެބަލަ! ވަރަށް މަޖާ އެއްޗެއް އެބާދެ ޓީވީއިން!!” އިކާން ޔައީޝްގެ އަތުގައި ހިފާ ދަމަން ފެށުމާއެކު ޔައީޝް އިކާން އުރާލިއެވެ.

“މަންމީ ވެސް ހިނގާ!” ޝައިމާ މައުސޫމުގޮތަކަށް ދެލޯ ބޮޑުކޮށްލަމުން ޝިއާނާގެ ފައިގާ ބައްދާލިއެވެ. ޝިއާނާ ޝައިމާގެ އަތުގައި ހިފައިގެން ހިނގައިގަތީ ސިޓިން ރޫމާ ދިމާއަށެވެ. އެއިރު ޔައީޝްގެ އެއް އަތް ވަނީ ޝިއާނާގެ އުނަގަނޑުގައި އަޅުވާލެވިފައެވެ.

މިއީ ޔައީޝް އާއި ޝިއާނާގެ އުފާވެރި ދިރިއުޅުމެވެ. ނަމަވެސް އެ ދެމީހުންނަކީވެސް މާޒީގައި ކަޅު ޞަފްހާތަކެއް ފުރާފައިވާ ދެ މީހުންނެވެ. ކަޅު ފިނިފެންމަލެއްގެ ތޫނު ކަމާއި، ހަގީގަތް އޮޅުވާލި ހަވާތިފްގެ އަތްދަށުވެ، ކުރިމަތިވި ހިތާމަވެރި އެތައް ހާދިސާތަކަކުން ސަލާމަތްވި ދެމަފިރިންނެވެ. ޔައީޝްގެ ކަޅު މާޒީ ވަނީ ޝިއާނާއާ ހިއްސާކޮށްފައެވެ. ޝިއާނާވެސް ވަނީ އޭނާގެ މާޒީ ޔައީޝްއާ ހިއްސާކޮށްފައެވެ. ލިބުނު އެއްމާބަނޑު ދެކުދިންނަށް ކިޔާފައިވާ ނަމުންވެސް އެކަން އެނގިގެން ދާނެއެވެ.

ފަސް އެނބުރި ހިތާމަވެރި ކަޅު މާޒީއަށް ބަލާކަށް އެކަކުވެސް ބޭނުމެއް ނޫނެވެ. ބޭނުންވަނީ އުފަލާއެކު ކުރިއަށް ދާށެވެ. ދިރިއުޅުމުގައި ކާމިޔާބު ލިބޭނީ އޭރުންނެވެ. ސިންޑްރެލާގެ ވާހަކައަކަށް ނުވިކަމުގައިވިއަސް، ޔައީޝް އާއި ޝިއާނާގެ ދިރިއުޅުމުގެ މި ދިގު ވާހަކަ ނިމިގެން މިދިޔައީ އުފާވެރި ނިމުމަކުންނެވެ. “ދޭ ލިވްޑް ހެޕިލީ އެވަރ އާފްޓާ” އެވެ.

****ނިމުނީ****

Share Article

Follow Me Written By

Hoody

Level 310 Stories100 Comments

Other Articles

Previous

ހަތަރު އުދަރެސް

Next

ހިތަކުން ނުފިލާނެ 23

Next
July 9, 2015

ހިތަކުން ނުފިލާނެ 23

Previews
July 8, 2015

ހަތަރު އުދަރެސް

106 Comments!

  1. Hoody says:
    July 8, 2015 at 11:10 pm

    huhhh!!!! mi vaahaka vex mi nimunee dhw!!! Sorry bunevunu gadiah up nukurevuneema! hehe 🙂 vaahaka kamudhaane kamah ummeedhu kuran! feshigen nimendhen vex vaahaka kee hurihaa kudhinnah varah bodah thnkx! 🙂 kuriah oi thaa adhivex mi fadha dhigu vaahaka thah genesdheynan In Sha Allah! Once again Thnkyou all lovely readers!! 🙂 😀

    1. yaeesh says:
      July 10, 2015 at 7:21 am

      loabyge vaahakaeh nooon dhn liyaany.. pls v biruveri vaahaka eh dhn

  2. ummi says:
    July 8, 2015 at 11:13 pm

    Owww salhiii up v dhw.. inthixaaru ga huhta 🙂

  3. liu says:
    July 8, 2015 at 11:14 pm

    Kihve hoody ehaa las thikuryyy… Haadha inthixaaru kohfyyymey …. Anehkaa hoody balyyy thr….

    1. Hoody says:
      July 8, 2015 at 11:16 pm

      Nooney bayyeh noon! sorry las veema! up kuran ulhenikoh internet slow veema nukurevunee!!!

  4. smurf says:
    July 8, 2015 at 11:20 pm

    salhi kamaa eve

  5. Nabhaan says:
    July 8, 2015 at 11:27 pm

    Wow vrh salhi thnkw hoody

  6. suha says:
    July 8, 2015 at 11:27 pm

    I love u v v v salhi.

  7. Hoody says:
    July 8, 2015 at 11:29 pm

    Thnkx smurf, naboo bro and suha!! 🙂

  8. Meeko says:
    July 8, 2015 at 11:31 pm

    V salhi.

  9. flower says:
    July 8, 2015 at 11:31 pm

    Story was awsome..thnks Hoody

  10. naj says:
    July 8, 2015 at 11:36 pm

    Vvvv reethi…I have no words to express how beautiful this story is…I just love u hooodyy!!!:-)

  11. kayaan says:
    July 8, 2015 at 11:40 pm

    Season 3 eh beynun

    1. Hoody says:
      July 8, 2015 at 11:43 pm

      ahaha!!! kayaan, season three eh vex In Sha Allah, genes dheveythoa balaanan! But ehn story thakeh genes dheefa ehnu dhw!!

  12. liu says:
    July 8, 2015 at 11:42 pm

    Wow. Heekuri varahvure ves reethi. Emme fahun last episode ves up v dhw. Story nimunyma v dhera. Meege season 3 annane tha??
    Hoody ge vaahaka thah v reethi. Hope adhives ithuru vaahak thah annane kamah. 🙂

    1. Hoody says:
      July 8, 2015 at 11:47 pm

      Thnkx liu! yeah kuriah oi thaa hoody ge ithuru vaahakathah genes dheynan In Sha Allah!! 🙂

  13. shiu says:
    July 8, 2015 at 11:44 pm

    Wow. ….v reethi mivaahaka

  14. liu says:
    July 8, 2015 at 11:45 pm

    Dhn vaahaka thakah comment kura kudhin ehn kudhin ge name beynun kuraathy vara foohi. 😕

  15. shiaa says:
    July 8, 2015 at 11:46 pm

    hama rovije , alhe hoody , ketheh nukurevunu , lolutherayga hifa hahtaigen huri hurihaa karuna eh eage magaam dhuukoh laafa gossi , alhe haaadha rychey , i love u hoody, ur the best , vvv rythi , mihaarythi story eh nukiyan adhi

  16. kayaan says:
    July 8, 2015 at 11:49 pm

    Balahchey ingey. V beynun season 3 eh.

  17. Rau says:
    July 8, 2015 at 11:49 pm

    Wooow hoody! Ur great!

  18. Mishee says:
    July 8, 2015 at 11:50 pm

    Thanx hoody.. Hoody ge ehen story akah mishee inthixaaru kuraanan.. God blesss uu… Keep it up hoodyy… ☺

  19. shiaa says:
    July 8, 2015 at 11:50 pm

    emme rythy 6 yrs later , aslu ehisaabun rovuny , ufalun , dhen shiaa salaa mayve yaish kairi ah dhiya thankolhu

  20. liu says:
    July 8, 2015 at 11:50 pm

    Dhn hoody ge story eh emme avahah annaany koniraku baa??!!!! Hoody ge stories thah kiya hiyvany.

  21. grant gustin says:
    July 8, 2015 at 11:51 pm

    Nice story hoody

  22. liu says:
    July 8, 2015 at 11:52 pm

    Shiaa i agree with u. E part ves adhi miyahvure dhigu koh annaane nama dhw. Bt hama thnks hoody ah. Miha reethi vaahaka eh genesdhinythy. 🙂

  23. Hoody says:
    July 8, 2015 at 11:53 pm

    Thnkx all!!! Liu, neynge dhw bunedheykah! but hoody story liyun huttaeh nulaanan In Sha Allah! So kmmex dhuvahakun Story eh genes dheynan! Roadha mas nimi normal kos school feshuneema, mihaaru uo kuraahen nukureveyne…

  24. naaz says:
    July 8, 2015 at 11:57 pm

    Haadha reechey….thanks hoodygandaa

  25. shiaa says:
    July 8, 2015 at 11:59 pm

    nimun ves salhi , they lived happily ever after eyy , varah salhi ingey aslu ves , bunaane ehcheh ves neynge , thnk u hoody gandaa

  26. love love says:
    July 9, 2015 at 12:00 am

    I love this story… vvv nice mi story. .. thnkx hoodyy..♡♡♡

  27. aish says:
    July 9, 2015 at 12:01 am

    Wow vvvv reethi

  28. Olee says:
    July 9, 2015 at 12:02 am

    Alhe dhuvahaku vx mihaa reethu story eh nukiyan.. hoody ur the bst..

  29. shiaa says:
    July 9, 2015 at 12:04 am

    hama mikahala , rythi story eh genes dheh chey , season 3 genes dhenyaa e season ga shaima n ikaan boduvefa dw , hoody gadaa

  30. shaaree says:
    July 9, 2015 at 12:06 am

    vvvvvv salhi…. thankssss hoody…. love ure story….. waiting for another one… mee ge idea eh….. mihaar ge mujuthama aa gulhey haadhisaa akah dhen story eh liyun….. vvv ufaa veyy hoody avahah up load kuraathee…. waiting ingeyyy writer Hoody……

  31. Swan says:
    July 9, 2015 at 12:07 am

    I’m first dhw..
    l read all ur stories bt this is my first comment.☺
    Mashaa Allah u r a great writer.
    The story is awesome..
    Luv ur stories..hoodxx

  32. Avy says:
    July 9, 2015 at 12:08 am

    Hoody.. Yuh r the best.. Season 3 beynun.. N mikahala ehen story vz.. Keep it up

  33. Axii says:
    July 9, 2015 at 12:10 am

    Wow…. V salhi ..

  34. No name says:
    July 9, 2015 at 12:10 am

    Mashaa Allah Awesome..

  35. shiaa says:
    July 9, 2015 at 12:12 am

    🙂 🙂 🙂 🙂 🙂 😉

  36. dhonthi says:
    July 9, 2015 at 12:14 am

    wow hoodyyy…varah reethi 🙂

  37. Hoody says:
    July 9, 2015 at 12:15 am

    Thnkx all!! 🙂

  38. nuha says:
    July 9, 2015 at 12:17 am

    Biruveri stry eh genas dehchey….
    Ur perfect writer

  39. shiaa says:
    July 9, 2015 at 12:19 am

    hoody dhen fennaany roadha mas fahun dw , so sad

  40. mixu says:
    July 9, 2015 at 12:20 am

    Wow! Wonderful story. Thanks hoody. Will wait for your next story.

  41. shiaa says:
    July 9, 2015 at 12:22 am

    nuha ebuny dhedheh biruveri story eh genes dheh chaiy

  42. Unknown. says:
    July 9, 2015 at 12:25 am

    Wow… A nice perfect story… Hoody ur the best.it

  43. Crazi says:
    July 9, 2015 at 12:29 am

    Wow nimuneetha…feeling sad story eh haa ahvha nimunee mah vrh dera vehje..eh hen story genes dheChey ah vaha…will wait for dat…

  44. jui says:
    July 9, 2015 at 12:50 am

    hoody awley haadha rychey.. best story ever.. i am so happy. 🙂 ehn vaahaka eh avahah genes dhehchey ingey… bt romantic story eh dhn beynumy

  45. Fayaz says:
    July 9, 2015 at 1:01 am

    Wow salhi hamarivihje

  46. maff says:
    July 9, 2015 at 1:18 am

    Waau this is the best story vvvvvv salhi. Hoody v molhu igey?

  47. @£#¥ says:
    July 9, 2015 at 1:26 am

    Masha Allah hoody haadha molhey story liyan. Mi story vara reethi. Adhives umeedhu kuran hoody ge stories kiyan libeyne kama. V ufaavey gavaidhun update kodheythee…. keep it up. Thnks so much

  48. Same says:
    July 9, 2015 at 1:42 am

    Wow hoody u r my favorite stry writing…. Congraaaa… Ummydhukurah adi mi kahala kithahme v eh vx kiyah libeyne kaman

  49. Rish says:
    July 9, 2015 at 1:55 am

    Vvv salhi story….. thanks hoody miha reethi story eh kiyalan libuneem..hoody ge ehen story akah inthizaaru kuran….

  50. inayaa says:
    July 9, 2015 at 2:14 am

    Hoodhy haadhareechey mivaahaka. Ehenvaahakaeh avahah genesdhya. Ingeytha hoody liyaa vaahakathah emmekiyaahihvaa sababu.kommereaku kiyaalanlibeythy.hoodhu is a best story writer.

  51. inayaa says:
    July 9, 2015 at 2:17 am

    Hoodhu i love ur story

  52. Elyn says:
    July 9, 2015 at 2:56 am

    Hoody dis story is awsum… n hoody ge new story ehh genx dheyne kamah ummeedhu kura… ❤

  53. aaku says:
    July 9, 2015 at 3:02 am

    Nice bt kobaa octapus.octapus aee abraasge dhariehhnu dhen ekotrin abraas ah eyna ge dhari aa dhimaa vi nama….

    1. Hoody says:
      July 9, 2015 at 3:48 am

      aaku, octopus first season ga maruvi ehnu! alifulhu fanditha hadhaafa maraalee!!

  54. neem says:
    July 9, 2015 at 3:09 am

    Maasha allah, hoodyge story eh nukiyeytha v gina dhuvas vehjje
    Ukhey lei bxy kamun.. v sad vi nukiyeythy., but mi story v v v reethi ngey..
    Aal de best,
    bunaane baheh, liyaane ehcheh, hama neygun.. ehaa vx furihama.. hoodyge liuntherikamunge dhuniyeaaegen kuriah dhey., e fenvaru eba huri.. n i wish u all the best..

  55. naxhaa says:
    July 9, 2015 at 3:19 am

    Wow nice story…waiting New story.

  56. nishy says:
    July 9, 2015 at 3:36 am

    Vvvv reeeethi Mi Vaaahaka…. uhmeeedhu kuran hooodhy ge ehen stry eh kiyaaalan vv avahaha libeyne kamah…. ur the best hooodhy…

  57. Hoody says:
    July 9, 2015 at 3:50 am

    Thnkx all!!! 🙂
    Kuriah oithaa Hoodyge stories thah fenigen dhaane ingey, In Sha Allah! 🙂

  58. Fary says:
    July 9, 2015 at 4:38 am

    Vara nice keep it up

  59. muru shidha says:
    July 9, 2015 at 5:10 am

    Varah salhi…. <3 😀

  60. Saana says:
    July 9, 2015 at 5:11 am

    Vahakah v v reethi thanks hoody keep it up 🙂

  61. rifa says:
    July 9, 2015 at 10:33 am

    Hoody,yu r the best. <3

  62. Mixna says:
    July 9, 2015 at 11:01 am

    Vrh vrh vrh reethi…

  63. liu says:
    July 9, 2015 at 11:24 am

    mi story varah salhi ingey,,,,,kayaan n saima ge life genesdinun ragalhuvaane
    season 3ga

  64. Juma says:
    July 9, 2015 at 11:25 am

    Wow!! Mihaathana kiyunu eeme reethi vaahaka.. hoody varah nei hama.. ur the best story ever!!. v avaha hoody ge vaahaka eh kiyan libeyne kama ummeedhu kuran.. Love ur story and love u hoody..☺☺♡♡

  65. Juma says:
    July 9, 2015 at 11:26 am

    Best story ever***

  66. alko says:
    July 9, 2015 at 11:43 am

    Alhey !!
    story nimendhen mi ini wait kohgen comment nukoh ,
    season one ves season two ves hama hama vrh kamudhey , vrh salhi vaahka , hoody your the best !! 🙂 keep up !! waiting for a other story of yours !! 🙂

  67. yash says:
    July 9, 2015 at 11:49 am

    Wow v v v v salhi mi story varah furihama

  68. sofy says:
    July 9, 2015 at 12:13 pm

    v furihama story eh…. v salhi 🙂

  69. meesh says:
    July 9, 2015 at 12:40 pm

    Just wow story eh… thankx hoody 4 the lovely story…

  70. Thaara says:
    July 9, 2015 at 2:24 pm

    v v v v salhi mivaahaka.. i love this story… anyways Hoodh or Hoody your a best writter

  71. sif says:
    July 9, 2015 at 2:53 pm

    hrhehe. nimunytha. adhi nveyey ninmaalàakah.

  72. star says:
    July 9, 2015 at 2:59 pm

    hey hoody can i ask you a question? hoody vaahaka liyumuge mubaarai thakuga baiveri vantha? eba oi vaahaka liyumuge mubaaraatheh iulaan kohfa. islamic ministry in.. baiveri vaan veenu.. due date is september 30.. haveeru online check kohlaba

  73. Juma says:
    July 9, 2015 at 3:56 pm

    Hoody baiveri vahchey..im sure vana akah dhaane..☺☺

  74. shiaa says:
    July 9, 2015 at 5:35 pm

    waiting 4 amaxing story of urs hoody

  75. Sam says:
    July 9, 2015 at 5:36 pm

    Hoooooodyy bro…! Love you so much…! Masha Allah yu r a great writer..! Ebunahen vaahaka liyumuge mubaaraathuga baiverieh nuvantha…? Kuru vahaka liyun nimijje… But eba oii dhigu vaahaka liyumuge mubaaraathah iulaan koffa…! Baivri vaan v nu… Hoody ge vahaka eh konme dhuvahakuvx kiyaalan libeyne kamah ummeedhu kuran…! Wish you all the best & may god bless you brother…! ❤

  76. shiaa says:
    July 9, 2015 at 5:43 pm

    juma n star buni hen vaguthu van yaa baiveri vachchey emubaaraathuga , m sure vana eh libeyne kan , ehaa ves molhey hoody gandu , dw hoody , igea , baiveri vachey vanyaa

  77. Hoody says:
    July 9, 2015 at 5:48 pm

    hehe!! Vaahaka mubaaraathuga baiveri vaand dhw!! varah visnaabab ingey! And sam, kn thaaku othee iulaan koffa! can yu plx send me the link!!

  78. 123 says:
    July 9, 2015 at 6:09 pm

    🙂 🙂 habeys hama

  79. shiaa says:
    July 9, 2015 at 6:13 pm

    hmm , visnaathi,

  80. - says:
    July 9, 2015 at 6:56 pm

    islamic affairs ga othy iulaan kohfa

  81. - says:
    July 9, 2015 at 6:57 pm

    islamic vaahaka eh liyan jeheny..

  82. - says:
    July 9, 2015 at 7:03 pm

    haveeru online ge khabaru baiga ebain eaa behey mauloomath

  83. liu says:
    July 9, 2015 at 7:08 pm

    Thedheh hoody. Baiveri vaan vaane. Aharumen emmen dua kohdheynan hoody ah vana eh libeytho. 🙂 n hoody vaahaka foiy thah liyan v nun!! 😕

    1. Hoody says:
      July 9, 2015 at 7:28 pm

      hehe!! Balaanan!!
      Hoody vex varah beynun story books publish kuran! But furusatheh adhi nulibey!!

  84. liu says:
    July 9, 2015 at 7:09 pm

    😉 🙂

  85. Sheryn says:
    July 9, 2015 at 7:52 pm

    Finally its the end of the story…huh… thank u hooooooooody ……ur di bst.. 😉 I’ll wait for ur stories…. nd this story is also awesome.. :*

  86. Sam says:
    July 9, 2015 at 9:05 pm

    School ga sir buny… BTW eba try kuran ehvx information eh libeythoa ngey… ☺

  87. liu says:
    July 9, 2015 at 9:10 pm

    Hoooodyyy… tvm balaba. Vaahaka mubaraathuge mauloomathu eba aadhey..

  88. Sam says:
    July 9, 2015 at 9:14 pm

    http://dhivehiacademy.edu.mv/beta/media/announcements/651
    Hope this will help you.! ☺ kamu nudhanyaavx angaalache… Eyrun will try again..! ☺

  89. Sam says:
    July 9, 2015 at 9:16 pm

    dhivehiacademy.edu.mv balaaba Hoody…! Naavilu liyumuge mubaaraath eba inennu.

  90. Sam says:
    July 9, 2015 at 9:19 pm

    I myn innaane*..! Hehehe

  91. blue says:
    July 10, 2015 at 1:32 am

    i love this story…best of luck hoody…ehn vaahaka eh avahah liyahchey 🙂

  92. neesh says:
    July 10, 2015 at 8:18 pm

    vvv shalhi hoody ge story

  93. Sam says:
    July 11, 2015 at 12:27 am

    Hoody filytha..?

  94. 1 says:
    July 12, 2015 at 4:19 pm

    hoody dhen naanaaanan tha ? vr miss way

  95. liu says:
    July 12, 2015 at 9:58 pm

    Koba tha hoody?? Konirakun tha dhn hoody ge vaahaka eh annaany???

  96. shiaa says:
    July 13, 2015 at 11:39 pm

    hoody kobaa ? plx story eh genes dhyba , buxy dw , time vanyaa plz genes dhyba story eh , cnt wait to read ur story.

  97. Maisha says:
    August 21, 2015 at 5:32 pm

    Just Wow ! <3 waiting for another story #Hoody

  98. shiu says:
    September 16, 2015 at 2:05 pm

    helllllllllllllllowwwwwwwwww……….. its a v.heart touching stry…. mi story varah obi. nd my all frnds like it 😛

  99. nawhoo says:
    September 19, 2015 at 1:38 am

    Hooodeeee finlyyy mivaahakavxxx kiunee itttzzzzzz wonderfull hoodee boodee hoodee varehh nehhhh.hes kiaahaa salhiii

  100. shaky says:
    August 29, 2016 at 6:57 am

    vvv salhi. thanks

Comments are closed.



All Right Reserved!