Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ލޯބި

ހިތަކުން ނުފިލާނެ 23

BONDAY Level 210 Stories
July 9, 2015 3 Mins Read
10 Comments

ޖެހިގެން އައި ދުވަހު ފާޒިންމެންގެ މަންޒިލަކަށްވީ އިޓަލީގެ މިލާނެވެ. މައިޝާމެން އެންމެ ފުރަތަމަވެސް ދިޔައީ މިލާނުގައި ހުންނަ މަޝްހޫރު ކެޓިޑުރަލް ޗާރޗް ބަލައިލާށެވެ. އެއިމާރާތް ފެނިފައި މައިޝާއަށް ހުރެވުނީ ހިރިލަންވެސް ނޭގިފައެވެ. އެއީ މިހާތަނަށް މައިޝާއަށް ފެނުނު އެންމެ ރީތި އިމާރާތެވެ. ބަލާބެލުމަށް ބޮޑު ގަނޑުވަރަކަށް ހުރި އެއިމާރާތް ހަދާފައި ވަނީވެސް ހުދު ހިލައިންނެވެ. އެތަނުގައިވާ ކޮންމެ މުންނާރެއްގެ ކޮޅުގައި މޮނިއުމެންޓެއް ބަހައްޓާފައި ހުރިއިރު ވަރަށްވެސް ފުރިހަމައެވެ. އެތަނުގައި ހުރި ތަނބުތަކުގެ ބުޑުގައި އެކި އެކި މަންޒަރުތައް ސިފަވާގޮތަށް ހަދާފައިވާ ބުދުތައް ފެނިފައި މައިޝާއަށް ހުރެވުނީ އާސޯހުވެފައެވެ.

މިލާންގައިވެސް ދެދުވަސް މަޑުކުރިއިރު އެތަނުގައިވާ ހުރިހާ ނަން މައްޝޫރު ތަންތަން ބަލާލަން މައިޝާމެން ދިޔައެވެ. މިލާނުގައި މަޑުކުރި ފަހުދުވަހު މައިޝާ ގޮވައިގެން ފާޒިން ދިޔައީ ޝޮޕިންކޮއްލާށެވެ. އެދުވަހު ހަވީރުވަންދެން ޝޮޕިންކުރުމުގައި ހޭދަކުރިއިރު މައިޝާއަށް މާގިނަ އެއްޗެއް ގަނެވޭގޮތެއް ނުވިއެވެ. ބޮޑެތި ޝޮޕިން މޯލްތަކަށް ވަދެފައި ނަގާނެ ނުނަގާނެ އެއްޗެއް ނޭގިގެންގޮސް އެންމެ ފަހުން ގަނެވެނީ އެތަނުގައި އިން އެންމެ ހަޑި އެއްޗެވެ. ފާޒިން އެއްވެސް ބަހެއް ނުބުނެ ހުރީ މައިޝާ ބޭނުން އެއްޗެއް ގަންނަން ފުރުސަތު ދީގެންނެވެ. ޝޮޕިން ނިންމާލާފައި ހޮޓަލަށް ގޮސްފައި ގަނެވުނު އެއްޗިހި ހަޑިކަމުން މައިޝާއަށް ރޮވުނެވެ. ބައެއް އެއްޗިހި ބާރުކަމުން ނުވެސް ލެވުނެވެ. ނަމަވެސް ހުރިހާ އެއްޗެއްވެސް ގަޠީ ލައި ހެޔޮވަރު ކޮއްފައެވެ.

” ދެން މައި ކުއްލިއަކަށް ފަލަވީމަކާ ނުލެވޭނެއެއްނު..! ” ހިނިގަނޑު އެތެރެއަށް ހިންދާލައިގެން އިނދެފައި އެންމެ ފަހުން ފާޒިން ބުނެލިއެވެ.

” އެކަމް އެހާ އަވަހަކަށް ފަލައެއްނުވާނެއެއްނު… ގަތްއިރު ނުލާހިކު ކުޑަކޮއްވިއްޔަ ބާރުވީ…! ” ކަރުނަ ފޮހެލަމުން މައިޝާ އެހެން ބުނެލިއިރު ހުރިހާ ހެދުން ތަކެއް ހުރީ ބިންމަތީގައެވެ.

” ދެން ތިހެން ނީދެ  ތިހެދުންތައް ޕެކުކޮއްލަބަލަ… ހަވީރުން ފުރަންވެސް ޖެހޭނެއެއްނު…! ” ފާޒިން ތުވާލި ކޮނޑަށް އެއްލައިގެން ގޮސްވަނީ ފާހާނައަށެވެ. ފާޒިން ފެންވަރާލައިގެން ނިކުތްއިރުވެސް މައިޝާ އެނދާއި ދިމާލުން ތިރީގައި ހުރި ހެދުންތަކަށް ބަލަހައްޓައިގެން ފެންކަޅިވެފައި އިނެވެ. ފާޒިން ބޯހިއްކަން ހުރި ތުވާލި އެނދުމައްޗައް އެއްލަމުން ގޮސް މައިޝާ އަތުގައި ހިފައިގެން ގެންގޮސް ބޭންދީ ފެންއަޅާ ފުރާފައި ހުރި ބިލިގާ ތެރޭގައެވެ.

” އެއީ ދެން ފާޒިން… ހުރިހާ އެއްޗެއް ތެމުނީއޭ….! ” އޭރު ފާޒިން ބިލިގާގެ އަރިމަތީގައި އިށީންދެލައިގެން އިނީ ސީދާ މައިޝާގެ މޫނަށް ބަލަހައްޓައިގެންނެވެ. މައިޝާވެސް ބިލިގާ ތެރޭގައި ކަކޫ ޖަހާލަމުން ފާޒިންގެ މޫނުގައި ހިފަހައްޓާލިއިރު އެދެލޮލުގައި ވަނީ މަސްތުކަމެވެ. އެލޮލުގައި ވި މަސްތުކަމުން ދެޖިސްމުގައި ހުޅުރޯވެ އަނދަންފެށިއެވެ.

ފާޒިންމެންގެ މަންޒިލަކަށް ދެންވީ ޕެރިސްއެވެ. ގާތްގަނޑަކަށް ދޮޅުގަނޑިއެއްހާއިރު ދަތުރަކަށްފަހު ފާޒިންމެންނަށް ޕެރިސްއަށް ދެވުނުއިރު އިރުއޮއްސި އަނދިރިވެއްޖެއެވެ. ފާޒިންމެން ތިބީ ޝަންގުރިއްލާ ހޮޓެލް ޕެރިސްގައެވެ. އެހޮޓުގަލުގައި ތިބޭއިރު ބެލްކަނިން ވަރަށް ރީއްޗައް އައިފީލް ޓަވަރ ފެންނަން ހުރެއެވެ. އައިފިލް ޓަވަރ އެތައް ސަތޭކަ ބޮކިތަކަކުން ދިއްލާލާފައި ހުރިއިރު މައިޝާ ހުރީ ބުނާނެ އެއްޗެއް ނޭގިފައެވެ. ފާޒިންއަށްވެސް އަނގަ ހުޅުވިފައި ހުރި މައިޝާ ފެނުނީ އިރުކޮޅެއް ވިފަހުންނެވެ. އަވަސް އަވަހަށް އަތުގައި އޮތް ކެމެރާ ނަގައިގެން ފުލެސް ކަނޑާލުމާއެކު މައިޝާވެސް ސިހިފައި ފާޒިންއާއި ދިމާލަށް ބަލާލިއެވެ.

” ދެން ފާޒިން…! ” ފާޒިންގެ ކޮނޑުގައި ތަޅައިގަންނަމުން މައިޝާ ގޮސްވަނީ ފާޒިންގެ އަތުތެރެއަށެވެ. ފާޒިންގެ މޭމަތީގައި މޫނުޖައްސާލައިގެން ހުރި މައިޝާގެ ނަޒަރު ހުއްޓިފައިވަނީ ތަންކޮޅެއް ދުރުން ރަންކުލަށް ދިލިފައި ހުރި އައިފިލް ޓަވަރަށެވެ.

” އޭ ރޮނީތަ…؟ ” ފާޒިންގެ މޭގައި މޫނުޖައްސާލިގޮތަށް ހިރިވެސް ނުލާ ހުރުމުން މައިޝާ ގަޔާދުރުކޮއްލަމުން ބަލާލިއިރު ލޮލުން ފޭބި ކަރުނަތައްވަނީ އެރިތި ކޯތާފަތްމަތީގައި ރޮނގުދެމިފައެވެ. މައިޝާ އަނެއްކާވެސް ފާޒިންގެ މޭގައި މޫނުފޮރުވާލިއިރު މައިޝާގެ ރުއިމުގެ އަޑު ފާޒިންއަށް އިވުނެވެ.

” އެންމެންވެސް ހަނީމޫނަށް އައިސް ޖަޒުބާތީވެގެން ތިގޮތަށް ރޮއިހަދާތަ…؟ ” މައިޝާގެ ބޮލުގައި ފިރުމާލަމުން ފާޒިން އެހެން ބުނެލިއިރު މޫނުމަތީގައި ވަނީ ހިނިތުންވުމެވެ. ފާޒިން ކުރި އެއްވެސް ސުވާލަކަށް ޖަވާބު ނުދީ ހުރިގޮތަށް ހުރީއެވެ.

ހަގީގަތުގައިވެސް އިޓަލީން ފެނުނު އިމާރަތްތަކަށްވުރެން ޕެރިސް ޓަވަރ މައިޝާއަށް ރީތިވިއެވެ. ފޮޓޯތަކުންނާއި ޓީވީން ކިތަންމެ ފަހަރަކު ފެނިފައި ހުރިނަމަވެސް ހަމަލޮލަށް ފެނުމުން ބަސް ހުއްޓޭހާ ރީއްޗެވެ. ފާޒިންމެން ފެންވަރައިލައިގެން ދިޔައީ ޓަވަރ ބަލައިލާށެވެ. ހޮޓެލުގެ ފަރާތުން އަންހެންކުއްޖަކު ފާޒިންމެން ގޮވައިގެން ދިޔައެވެ. ޖޭން ނަމަކަށް ކިޔާ އެއަންހެން ކުއްޖާ ފާޒިންއާއި ދާދި އެއްއިސްކޮޅެއް ހުރިއިރު އަޅިކުލަގެ ފަން އިސްތަށިގަނޑު ވަނީ ފަހަތުން ހުޅިއެއް ޖަހާލާފައެވެ. ގަޔަށްބާރު ޖިންސަކާއި ގަމީސް ޓޮޕް ކޮޅެއް ލައިގެން ހުރިއިރު އެދޮން މޫނުވަނީ އޮމާންކޮއްލާފައެވެ. އެކުއްޖާ ފެނިފައި މައިޝާއަށްވެސް އެކުއްޖާގެ ރީތިކަމަށް ހިތާ ހިތުން ތައުރީފް ކޮއްލިއެވެ. ދިހަވަރަކަށް މިނެޓް ތެރޭގައި ހޮޓަލުން ނިކުމެގެން ޓަވަރ ކައިރިއަށް ދެވެއެވެ.

އެތަނާއި ބެހޭގޮތުން އެކި ވާހަކަތައް ޖޭން ކިޔައިދެމުން ދިޔައިރު މައިޝާއަކަށް ޖޭން ކިޔާ އެއްވެސް އެއްޗެއް އަޑެއް ނީވެއެވެ. ފަހަރަކު ފޮޓޮއެއް ނަގަމުން ދިޔައިރު ފާޒިން ހުރީ ޖޭން ކައިރީގައި މައިޝާއަށް ބަލަހައްޓައިގެން ހެވިފައެވެ. ޓަވަރ ކައިރީގައި ފާޒިންއާއި މައިޝާގެ ފޮޓޯތަށްވެސް ޖޭން ނަގައިދިނެވެ. ގިނައިން ނެގީ މައިޝާ އެކަނި ގަނޑުތަކެވެ.

ގަޑިއެއްހާއިރު ހޭދަކޮއްފައި ހޮޓަލަށް އައިސް ރޭގަނޑުގެ ކެއުމުގައިވެސް ފާޒިންމެންނާއެކު ޖޭން ބައިވެރިވިއެވެ. ފާޒިން އާއި ޖޭން ހީހީފައި އެކިއެކި ވާހަކަތައް ދައްކަމުން ދިޔައިރު މައިޝާވެސް މޫނުމައްޗައް ހިނިތުންވުމެއް ވެރިކުރުވައިގެން އިނެވެ. އެކި އެކި ވާހަކަ ތަކުގައި ވަރަށް ގިނައިރު ވަންދެން ފާޒިންމެން ތިއްބެވެ. އެންމެ ފަހުން މައިޝާ ނިދިއަންނަ ވާހަކަ ބުނުމުން ފާޒިންވެސް ޖޭންއަށް ގުޑް ނައިޓް ކިޔާލާފައި މައިޝާއާއެކު ރޫމަށް ދިޔައީއެވެ.

” ނުނިދަންތަ..؟ ” ރޫމަށްވަދެ ސޯފާއަށް ވެއްޓިގަންނަމުން ފާޒިން ލެޕްޓޮޕް ހުޅުވާލުމުން މައިޝާ ބުނެލިއެވެ.

” މައި ނިދާލާ… އަހަރެން ނިދާނީ އިރުކޮޅަކުން..! ” ފާޒިން ލެޕްޓޮޕަށް ނަޒަރ ހުއްޓާލައިގެން އިނދެ އެހެން ބުނެލީ މައިޝާއާއި ދިމާލަށް ބަލާވެސް ނުލައެވެ.

އިރުކޮޅެއް ވަންދެން ފާޒިންއާއި ދިމާލަށް ބަލަހައްޓައިގެން ހުރެފައި މައިޝާގޮސް މަޑު މަޑު ތަންމަތީގައި ބުރަކަށި ޖެހުމުން ފުން ނިންޖެއްގެ ތެރެއަށް ގެނބިގެން ދާކަށް މާގިނައިރުތަކެއް ނުނެގިއެވެ.

ނިދިފައި އޮތް މައިޝާއަށް ހޭލެވުނުއިރު ކޮޓަރި ތެރޭގައި ރަސްކަން ކުރަމުންދަޔައީ މަޑު އޮރެންޖު ކުލައެކެވެ. ކުއިލްޓް ގައިމަތީގައި އަޅާލަމުން ފާޒިން އޮތް ފަރާތަށް އެނބުރުނު އިރު އެނދުގައި އޮތީ މައިޝާ އެކަންޏެވެ. އިރުކޮޅެއް ވަންދެން ވިސްނަން އޮވެފައި ތެދުވެގެންގޮސް ފާހާނައިގެ ދޮރުގައި ހިފާލިއިރު ފާހާނާގައިވެސް ފާޒިންއެއް ނެތެވެ. އެވަގުތު މައިޝާގެ ކަންފަތުގައި ޖެހިގެން ދިޔައީ އަންހެން ކުއްޖަކުގެ ހުނުމުގެ އަޑެވެ. ބެލްކަންޏަށް ނިކުންނަ ދޮރާއި ދިމާލަށް ހިނގައިގަތްއިރު މައިޝާގެ ހިތް ނެގި ނެގިފައި ޖެހެމުން ދިޔައެވެ. ދަމާލެވިފައިވާ ކުޑަ ދޮރުގެ ފޮތިގަނޑު ކަހާލުމާއެކު މައިޝާއަށް ފެނުނު މަންޒަރަކުން މައިޝާއަށް ފާޒިންގެ ނަމުން ގޮވާލެވުނުއިރު އެދެލޮލަށް ޖަމާވި ކަރުނަތައް އެކޯތާފަތްމައްޗައް އެއްވެސް ހިފެހެއްޓުމެއްނެތި ފައިބައިގަތެވެ.

Share Article

Follow Me Written By

BONDAY

Level 210 Stories

Other Articles

Previous

ހަވާތިފް…. 15 ވަނަ ބައި (ފަހުބައި)

Next

ހިތް ވިންދާނުލައި… (16)

Next
July 9, 2015

ހިތް ވިންދާނުލައި… (16)

Previews
July 8, 2015

ހަވާތިފް…. 15 ވަނަ ބައި (ފަހުބައި)

10 Comments!

  1. ihthu says:
    July 9, 2015 at 9:55 pm

    Mi part ves reethi vaane kamah hykuran… sorry lahun up kohdhevey thee…

  2. Shabee says:
    July 9, 2015 at 10:00 pm

    Ehmme faharakah ithu ah maaf khfin…but nxt time I’ll not forgive u.. 😉 alhe faazin jenny aa ehkh tha hunnaanee…haadha dherey ehen vejjeyyyaa…alhey… story v reethi… 🙂

  3. mal says:
    July 9, 2015 at 10:01 pm

    V.reethi

  4. hhjih says:
    July 9, 2015 at 10:03 pm

    3 dhuvahu fahun update kura iruves thi kureveyny 2 paragraph a baeh. Nuva varun vaahaka nuliyan v ehnu. Hama konme faharaku sorry ey bunyma edhn nimuny dhw. Pis pis

  5. ihthu says:
    July 9, 2015 at 10:04 pm

    Thanks shabee… buxy kamun vaahaka liyaane vagutheh nuvany hama… ekam next part maadhan rey up kohdhevey thw balaanan..

  6. Suma says:
    July 9, 2015 at 10:05 pm

    Vvvv reethi.. nxt part kon iraku? Ihthu bunaa dhuvahu up nukohdheveythy ey dheraee.. hope ekan rangalhu kuraane kama.. 🙂 🙂

  7. Kiyaahiyy vey says:
    July 9, 2015 at 10:55 pm

    Busy kamunney kiyaafa dhen vaahaka liyun huttaalan v ennu. Gavaidhun kiyuntherinnah vaahaka nugenesdhevenyaa.. Mihaaru thy vaa gothun site ge aguves vetteyneee

  8. naj says:
    July 9, 2015 at 11:13 pm

    Salhi igey ihtu..don’t care abt the negative comments..ihtu beynumey aa hama kuri ah dhaanvey 🙂

  9. naxhaa says:
    July 10, 2015 at 2:14 am

    Wow.mi vaahvaahaka haadha Reeche..plz ihthu thankolhe avaha up kohdhybala…….

  10. fath says:
    July 10, 2015 at 3:37 am

    pls thankolheh dhigu koh dheebala

Comments are closed.


All Right Reserved!