ހިތް އެކީ ދެވިއްޖޭ…47
މައިޝާ ކައިރި އިން ކިއާރާއަށް ޒާއިން ބަލައިލީ ހަމްދަރުދީއިން ފުރިގެންވާ ބެލުމަކުންނެވެ.
ކުއްލިއަކަށް އަޔާންގެ ފޯނު ރިންގްވާންފެށިއެވެ. އޭނާ ކޮޅަށް ތެދުވެލާފައި ފޯނު ނެގިއެވެ. “ހަލޯ.. .. ލައްބަ.. އެބަ ދަން.. ލައްބަ ބައްޕާ..! ފައިލް އޮންނާނެ އޮފީސްތެރޭ… ލައްބަ… އެބަ ދަން ހިފައިގެން…” އަޔާން އެހެން ބުނެފައި ފޯނު ކަނޑާލިއެވެ. “ދާންޖެހިއްޖެޔޭ…. ދެން މިރޭ ނޭނގެ އާދެވޭނެކަމެއް… ފަހުން ގުޅާލާނަން އިނގޭ ކިއާ…. ބައި…” އަޔާން ނިކުންނަމުން އެހެން ބުނެފައި އެންމެންނަށްވެސް ބަަލާލާފައި ހިނގައިގަތެވެ.. ޒާއިން އައިސް ކިއާރާ އާއި މައިޝާ ކައިރި އިށީނެވެ. “ކިޓީ ޔޫއާރ ހެޕީތަ؟ އަޔާން އާއި އެކު…؟” ޒާއިން އެހުމުން ކިއާރާ އާއެކޭ ބުންޏެވެ. “ދާނަންތަ ސްޓޭޝަންއަށް…؟ އެމީހުންގެ ކަންތަށް ބަލަން ދާން މިއުޅެނީ… ދެތިން ދުވަސްފަހުން ކޯޓަށް ދާންޖެހޭނެ… އެމީހުން ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި..” ޒާއިން ބުނެލީ ކިއާރާ ގެންދަން އޭނާ ބޭނުންވާތީއެވެ. “ޔާ ބޭނުން ދާން…. އައި ޑޯންޓް ކެއަރ.. އެމީހާ އެއީ މިހާރު އެއްވެސް ގުޅުމެއް ހުރި މީހެއް ނޫން..” ކިއާރާ ބުނީ ތުންދަމާލާފައި ފޫހިގޮތަކަށެވެ.. “އެކަމް އައި ކާންޓް.. އިނގޭނު ކިއާމެންގެ ގެއިން ޑައިރެކްޓްލީ ޖެހޭ ރާއްޖެޓީވީ އޮފީހަށް ދާން….” މައިޝާ ބުންޏެވެ. “އާނ ތެދެކޭ.. އެހެންވީމަ މައި ލާފައި ދާނީ ދޯ.. އިރުކޮޅަކުންނު މައި ދާނީ؟..” ޒާއިން އެހެން ބުނެލުމުން މައިޝާ ބޯ ޖަހާލިއެވެ. ކިއާރާ އޯކޭ އޭ ބުންޏެވެ..
އެމީހުންގެ މެދުގައި ދެން ދެކެވިގެން ދިޔައީ ފަތުހީއާއި މަލިކާގެ ވާހަކައެވެ. ކިއާރާ ހިނިތުންވުމަކާއި އެކު މަލިކާގެ ރަނގަޅުކަމާއި ފަތުހީއާއި ކިއާރާއާއި މެދު ބާއްވާ އަޅާލުން ކިޔައިދެމުންދިޔައެވެ. “ހިއެއް ނުކުރަން މިހެން ބުނަންޖެހޭނެ ދުވަހެއް އަންނާނެކަން.. އެކަމް ކިއާ ގެ މަންމަ ރިޕްލޭސް ވާނެ… އަދި މިހާރު އެ ސައީދާ އަށްޓަކައި އެއްވެސް ލޮތްބެއް މިހިތަކު ނެތް….އަސްލު ދެން ބައްޕަހޯދަންވެސް ބޭނުމެއްނޫން…” ކިއާރާ އެހެން ބުނުމުން މައިޝާ އާއި ޒާއިންގެ ހިނިތުންވުން ފުޅާވެގެންދިޔައެވެ. އެމީހުންނަށްވެސް ކަމެއްނުވެގެން އުޅެނީ ކިއާރާ ސައީދާ ދެކެ ލޯބިވާވަރު އިނގޭތީއެވެ.. “މިއަދަށްފަހު އިރާދަކުރެއްވިއްޔާ އޮތީ ހުސް އުފާވެރި ދުވަސްތަށް..” މައިޝާ ބުނީ އެކަމަށް ދުޢާ ވެސްކޮށްލަމުންނެވެ. “އެކަމް ސޭމް….! ނޭނގެ.. ހިތަށް އަރާ އޭނާއަށް މިދެވުނީ އަނިޔާއެކޭ….. އައި މިސް ހިމް.. ކޮންމެ ގޮތެއްވިޔަސް އޭނާ ހުރީ އެހެން މީހެއް ނެތް އިރުވެސް….. އޭނާ ހުރިހާ އެއްޗެއް ކިއާއަށް ދިން އިރުވެސް.. ކިއާ އަށް މިދެވުނީ ކޯޗެއް؟ އަނިޔާ.. އެކަނިވެރިކަން..” ކިއާރާ ދެރަވެލާފާ ބުންޏެވެ.
“ކިޓީ…! އެ މައްސަލައެއް ނޫނޭ… ދިރިއުޅުމަކީ މީ….. ސޭމްވެސް އެކަން ގަބޫލުކުރޭ.. މިއަދު އަތުގައި އޮތް އެއްޗެއް މާދަން ބީވެގެން ދާނެ.. އެއީ ވެދާނެއެއްނު އިތުރު އަދި އެއަށްވުރެ ފުރިހަމަ އެއްޗެއް ލިބުމަށްކަމެއް.. މީ ތަޤުދީރު.. އިރާދަކުރެއްވިއްޔާ ސޭމްއަށްވެސް ރަނގަޅު ދިރިއުޅުމެއް ލިބޭނެ..” ޒާއިން ވިސްނައިދިނެވެ.. “ޒާން އާއި ހެދި ނުވެސް ގުޅޭ.. އައި ރިއަލީ ވަނަ ޓޯކް ޓު ހިމް..” ކިއާރާ އެހެން ބުނުމުން ޒާއިން އާއި މައިޝާ އެކަކު އަނެކަކަށް ބަލާލިއެވެ. “އޭނާ ބިޒީ ވީމައޭ އެއީ… 3 ވީކްސް ފަހުން އޭނާ އަންނާނެ.. އޭރުން ވާހަކަ ދެއްކޭނެއެއްނު…” ޒާއިން ބުނެލީ މައިޝާ އާއި ދިމާލަށް ދެކޮޅަށް ބޯ ހަރަކާތްކޮށްލަމުންނެވެ. އެހެނީ ސަމާހް އޮތީ ކިއާރާ އޭނާއަށް ގުޅާނެ ފުރުސަތެއް ނުދިނުމަށް ޒާއިން ކައިރި ބުނެފައެވެ. އޭނާ ވެސް ދެރަވާކަށް އަދި ކިއާރާ ވެސް ދެރަކޮށްލާކަށް އޭނާ ބޭނުމެއްނުވެއެވެ. މައިޝާ އަށް ޒާއިން އެއްޗެއް ބުނުމަށް ހުއްޓުވީ އޭނާ އެކަމާ ބެހޭ ވާހަކައެއް ކިއާރާ ކައިރި ބުނެފާނެތީއެވެ.
އިރުކޮޅެއްނުވެ މައިޝާ ދާ ގަޑިޖެހުނެވެ. އެހެންކަމުން ތިން މީހުން އެކީ ތެދުވިއެވެ.. ކިއާރާ ކުޑަކޮށް ތައްޔާރުވެލާ ހަދާލަމުން ފޯނު ހިފައިގެން އެމީހުންނާއި އެއްވަރަށް ނިކުތެވެ. ފަތުހީ ކައިރި ދާތަނެއް ނުބުނީ ފަތުހީ އިތުރަށް ކަންބޮޑުނުކުރަންވެގެންނެވެ.
މައިޝާ ލުމަށްފަހު ކިއާރާ އަދި ޒާއިންގެ މިޝްރާބް ހުރީ ޕޮލިސްޓޭޝަންއަށެވެ. އޭނާ ހުރީ ހިސާބަކަށް ނުތަނަވަސްވެފައެވެ. “އެމީހާ ކުރިމައްޗަށް އަރަންވެސް ފޫހިވޭ..” ކިއާރާ ބުނެލީ މަގުމައްޗަށް ބަލަންއިނދެފައެވެ. އެހެން އެ ބުނީ ހިތާ ދެކޮޅަށްކަން ޒާއިންއަށްވެސް އިނގެއެވެ.
ޕޮލިސް ޓޭޝަނުގައި ހުރި ޒާއިންގެ އެކުވެރި އަޒީޒު އާއި ވާހަކަދައްކައިގެން އެމީހުންގެ ވާހަކަ އޮޅުންފިލުވިއެވެ. “މަސްތުވާތަކެތީގެ ބޮޑެތި ޑީލް ހަދާ ގުރޫޕެއްމީ.. އަނެއްކާ ހަށިވިއްކާ ވިޔަފާރި… ޗައިލްޑް އެބިއުސް… ރޭޕް… މަންމައަށް ވެ ހުރެ ދަރިފުޅުގެ ހަށި ވިއްކާލުން… މީ ހައްތަހާވެސް އެމީހުންގެ ބޮލުގައި އެޅިފައި އޮތް އިލްޒާމްތަށް… އަހަރެން ބުނަން! މީ ކުދި ހުކުމްތަކަކުން ނިންމާލެވޭނެ ވަރުގެ އެއްޗެއްސެއް ނޫން…ކޯޓުންވެސް މި މީހުންނަށް ދޭނީ އުމުރު ދުވަހުގެ ޖަލު ހުކުމް…” އަޒީޒް ބުނެލީ ޒާއިންއަށާއި ކިއާރާއަށް ބަލާލަމުންނެވެ. ކިއާރާ ޒާއިންގެ އަތުގައި ހިފަހައްޓާލާ ބާރުކޮށްލިއެވެ. އޭނާގެ ސިކުނޑިއަށް ސިފަވަމުން ދިޔައީ ސައީދާ ހަތަރު ގޮޅިއެއް ތެރޭ ބަންދުވެފައި އިންނަ މަންޒަރެވެ. ކިއާރާ ފުން ނޭވާތަކެއް ލާންފެށިއެވެ.
“ކޯޓުން އަވަހަށް ޑޭޓެއް ލިބޭތޯ ޗެކް ކުރަންވީނު. މީ ލަސްކުރާކަހަލަ ކަމެއް ނޫނޭ.. އަޒީއަށް އިނގޭނެ ކުރިންވެސް ވީގޮތް… މިހާރު އެބަހުރި ހެކިވެސް.. ކިއާރާގެ ބަޔާން…. މިކަން އަވަހަށް ނިންމާލާ..” ޒާއިން ބުނެލީ ކިއާރާއަށް ވާވަރު ނޭނގިހުރެއެވެ. “ހުމްމް… 3 ދުވަސްތެރޭ އަންގާލާނަން….” އަޒީޒް ބުނެލީ ޒާއިންގެ ކޮނޑުގައި ޖަހާލަމުންނެވެ. “ބައްދަލެއް ނުކުރެވޭނެތަ އެ ސައީދާ އާއި ނިމާލްއަކާއި؟” ޒާއިން އެހިއެވެ. “ބައްދަލުކުރެވިދާނެ އެކަމް ފުލުހެއްގެ ހާޒިރުގައި…. 5 މިނެޓް…” އަޒީޒް ބުންޏެވެ.. “5 މިނެޓްވެސް ރަނގަޅޭ….. އެކަން ހަމަޖައްސާލަދީބަލަ..” ޒާއިން އެހެން ބުނުމުން އަޒީޒް މަޑުކޮށްލުމަށް އެދި އެތަނުން ދިޔައެވެ. ޒާއިންގެ އަތުގައި ހިފަހައްޓާލައިގެން ހުރި ކިއާރާ ހުރީ ރޮވޭނުރޮވޭގައެވެ. އެންމެ ހަރަކާތަކުންވެސް އޭނާ “ބްލާސްޓް” ވެދާނެހާ ވަރަށް ހުރީ އަސަރުކޮށްފައެވެ. ކިއާރާ ގެ މަޑު ގިސްލުމުގެ އަޑަށް ޒާއިން ކިއާރާއާއި ދިމާ ބަލައިލެވުނެވެ.
“ހޭ.. ކިޓީ..؟ ކިހިނެއްވީ؟؟” ޒާއިން ހާސްވެފައި ކިއާރާގެ ކޮނޑުގައި ހިފަހައްޓާލަމުން އެހިއެވެ.. “ނޫން.. ޝީ އިޒް މައި މަމް…” ކިއާރާ ކަރުނުން ފުރިފައިވާ ލޮލަކުން ޒާއިންއަށް ބަލާލަމުން ބުންޏެވެ.. އެ ބުނިގޮތުން ޒާއިންއަށްވެސް އަސަރުކޮށްފިއެވެ. “އޯ ގޯޑް…! ކިޓީ… ބީ ސްޓްރޯންގް.. އޭނާ ކުރިމައްޗަށް ތިހެން ހުރެގެން ދާން އުޅޭނެކަމެއް ނެތް…… އަވަސް…. ހިތްވަރުކޮށްލާ…! ބުނީމެއްނު… މީ ކިޓީ އަމިއްލައަށް ހޯދާ އިންސާފެއް ނޫނޭ… އަދުނާންއަށޭ… ކިޓީ ހަނދާންކޮށްބަލަ….! އަދުނާން… އޭނާއަށް ކިހާ ބޮޑު ދޯކާއެއް އޭނާ އެދިނީ… ނަސްލު އޮޅުވާލުމަކީ ކިހާ ބޮޑު ފާފައެއް….” ޒާއިން ކިއާރާ ގެ ގެއްލުނު ހިތްވަރު ހޯދައިދޭން އުޅުނެވެ. ކިއާރާ އިރުކޮޅަކު ވިސްނާލަން ހުރުމަށްފަހު ބޯ ޖަހާލިއެވެ. އަދި އަމިއްލަ އަށް ކަރުނަތަށް ފޮހެލުމަށްފަހު ހަމަޖެހުނެވެ. އޭނާ ވަނީ އަމިއްލަ ނަފްސަށް ހުވައެއްކޮށްފައެވެ. އެ ސައީދާމެންނަށް ހައްޤު އަދަބުދީ އަދުނާންއަށާއި “އާލިޔާ” އަށް އިންސާފު ހޯދައިދިނުމަށެވެ
މާ ގިނައިރުތަކެއް ނުވެ އަޒީޒް އައެވެ. އަދި ޒާއިން އާއި ކިއާރާ ގޮވައިގެން ކޮޓަރިއަކަށް ދިޔައެވެ. އެތާނގައި ސައީދާ އަދި ނިމާލް މޭޒެއްގެ އެއްފަޅީގައި ތިއްބެވެ. އަޒީޒް ދޮރު ކައިރި މަޑުކޮށްލުމުން ޒާއިން އަދި ކިއާރާ ވަނެވެ. ކިއާރާ ސައީދާ އާއި ދިމާ ބަލައިވެސް ނުލައެވެ. އޭނާ ހުރީ ކުޑަކޮށް ޒާއިންގެ ފަހަތަށް ފިލާ ހުރިހެންނެވެ. “ދެންވެސް ނުބައި ކަމެއް ކުރުމުގެ ކުރިން ހަނދާން ބަހައްޓާތި ކޮންމެވެސް އެއްދުވަހަކުން އެކަން ފަޅާއަރާނެކަން… މި ދުނިޔޭގައި ނޫނަސް… އާޙިރަތުގައިވެސް….” ޒާއިން ބުންޏެވެ.. “އާލިޔާ! ތި ކުރީ ވަރަށް ނުބައި ކަމެއް އިނގޭ.. ހަނދާން ބަހައްޓާތި..” ސައީދާ ބުނެލީ ޒާއިން ބުނި އެއްޗަށް ރައްދުނުދޭންވެގެންނެވެ. އޭނާއަށް ހަޤީޤަތުގައި ދެން ސަލާމަތެއްނުވެވޭނެކަން އިނގުނެވެ. ނަމަވެސް ބޭނުންވީ ކިއާރާ ބިރުގަންނުވާލާށެވެ. އޭނާގެ ފިޑިކަން އެންމެ ކައިރިން ދެކުނީވެސް ސައީދާއެއްނޫންހެއްޔެވެ.؟
“ކޮންމެއަކަސް އެ މަންޖެގެ ފޮނި މީރުކަން އޮންނާނީ ދަމައިގަނެފައި…. މިހާރު އެއީ އާ އެއްޗެއް ނޫނޭ.. ބާ މުދާގަނޑެއް ހަމަ..” ނިމާލް ބުނެލީ ހިނިގަނޑަކާއި އެކުގައެވެ. އަދިވެސް ކުރެވުނު ކަންތަކާއި މެދު ލަދު ކީއްކުރަންހެއްޔެވެ؟ ދެރަވެސް ނުވެއެވެ. ނިމާލް އާއި ދިމާލަށް ދާން އުޅުނު ޒާއިންގެ އަތުގައި ކިއާރާ ހިފާފައި ހުއްޓުވިއެވެ.. “ޒާން.. ދާން ހިނގާ.. ޕްލީސް..” ކިއާރާ ބުނެފައި ޒައިންގެ އަތަށް ދަމަންފެށިއެވެ. “ހަނދާން ބަހައްޓާތި…. މުޅި އުމުރުދުވަހު މަސައްކަތްކޮށްގެންވެސް މި ޖަލުން ނުނިކުމެވޭ ވަރު ކޮށްލާނަން….” ޒާއިން ބުނެފައި އެމީހުންނަށް ފަސްދީ ހިނގައިގަތެވެ. އަޒީޒް ކައިރިވެސް ދަނީކަމަށް ބުނެ ޝްޓޭޝަނުން ނިކުތް އިރުވެސް ޒާއިންގެ ރުޅި ގަނޑު ކޮންޓްރޯލްއެއްނުވެއެވެ.
“ހަޔާތްކުޑަކަން… އެވަރުންވެސް……..” ޒާއިން ކާރަށް ވަދެ ދޮރު ބަން ކިޔާފައި ލައްޕާލަމުން ބުނެލިއެވެ. ކިއާރާ އެރީ ފަހަތު ސީޓަށެވެ. ޒާއިން ރުޅި ކޮންޓްރޯލް ކުރަން މަސައްކަތްކުރަމުން ކާރު ދުއްވަންފެށިއެވެ. ކިއާރާ އިނީ ހިޔާލަކަށް ގެއްލިފައެވެ. އެރޭތަކުގެ ހިޔާލަށެވެ. އެ ވޭންތަކުގެ ހިޔާލަށެވެ. ރޮއެ ރޮއެ އާދޭސްކުރާއިރުވެސް އޭނާއަށް ކުރިކަންތަކެވެ.. އެއިން ކޮންމެ ކަމެއް އެ ހިތުގައި ބިންވަޅު ނެގިފާވާއިރު އެ ވޭންވެސް އަދިވެސް އިހްސާސްވާކަހަލައެވެ. ނިމާލް އެ ދެއްކި ވާހަކަ އޭނާގެ ހިތުގައި ހަރުލިއެވެ. އޭނާ ބާ މުދާގަނޑަކަށް ވީއިރު އެއްވެސް މީހަކަށް އޭނާ ހައްޤެއްނުވާނޭ އޭނާ ހިތަށްއަރަމުންދިޔައެވެ.
……….
ދުވަސްކޮޅެއްގެ ތެރޭގައި ކޯޓަށް ހާޒިރުވުމުގެ އޯރޑަރއައެވެ. ކިއާރާ އެ ދުވަހުވެސް އުޅުނީ ބިރުންނެވެ. ނަމަވެސް ކައިރި ތިބި އެންމެން އޭނާއަށް ހިތްވަރު ލައިދިނެވެ. ކިއާރާ ކޯޓުގައި ހުރެ އޭނާ ކުރިންވެސް ޕޮލިހަށް ދީފައިވާ ބަޔާން ތަކުރާރުކުރިއެވެ. އޭރު އޭނާ ހުރީ ވަރަށް ދެރަވެ ރޮވެންވެފައެވެ. ނަމަވެސް ވަރަށް ހިތްވަރު ކުރިއެވެ. ޕޮލިހުން އެމީހުންގެ ތަހުޤީޤުން އެއްކުރި ބައެއް މައުލޫމާތު ތަށް ގާޒީ އާއި ހިއްސާކޮށް އެ ގޭންގް ގެ މަގުސަދުތަށްވެސް ކިޔައިދިނެވެ. ވަގުތުތަކަކަށް ދެމިގެން ދިޔަ އެކަން ނިމިގެން ދިޔައީ ސައީދާ މެންނާއި އެ ގޭންގް ގެ އެންމެންނަށް އުމުރުދުވަހުގެ ޖަލު ހުކުމަކާއި އެކުގައެވެ.
އެ ނިންމުމާއި އެކުހެން މައިޝާ ކިއާރާގެ ގައިގާ ބައްދާލެވުނެވެ. ކިއާރާ އަށް ކުރިމަތިން ސިފަވީ އާލިޔާއެވެ. އެއަށްފަހު އާލިޔާގެ އަތުގައި ހިފަހައްޓާލައިގެން ހުރި އަދުނާންއެވެ. އެ ދެމީހުންގެ ތުންފަތުގައިވަނީ ފުޅާ ހިނިތުންވުމެކެވެ. އަދުނާން ކިއާރާ އާއި ދިމާލަށް ބަލާލަމުން ބޯ ޖަހާލިގޮތުން ހީވީ ޝުކުރުއަދާކުރިހެންނެވެ. 15 އަހަރުގެ އާލިޔާ ބޮނޑުވައި އިނގިލި ކިއާރާ އާއި ދިމާ ދިއްކޮށްލިއިރު އެ ދެލޮލުގައިވަނީ ކަރުނައެވެ. ކިއާރާ ލޯ މަރާލަމުން ބޯ ޖަހާލާފައި ދެން ލޯ ހުޅުވާލިއިރު ސިފަވި އަދުނާންއެއްވެސް އާލިޔާއެއްވެސް ނެތެވެ.
ކޯޓުން ނިކުތްގޮތަށް ފަތުހީ އާއި ކިއާރާ ކާރަށް އެރިއެވެ. އެހެން މީހުން ފަހުން ގެއަށް އަންނާނެ ކަމަށް ބުނެ ކިއާރާ އަށް މަރުހަބާ ކިޔުމަށްފަހު ކާރަށް އަރައިގެން ހިނގައްޖެއެވެ.
ކިއާރާ ލޯ މަރާލަމުން ދެއަތް ޖޯޑުކޮށްލިއެވެ. “ބައްޕައެއް ނޫނަސް ތި ވާނީ އަޅުގަނޑުގެ ބައްޕައަށް….. ހަޤީޤަތް އިނގިވެސް އަދިވެސް ހަމަ ވަރަށް ލޯބިވޭ ބައްޕަ ދެކެ…. އެން އައި ޑިޑް އިޓް ޑޭޑް…. އައި ލަވް ޔޫ… އައި ހޮޕް ޔޫ އަރ ހެޕީ…” ކިއާރާ ހިތާހިތުން ބުނެލީ އަދުނާން މަތިން ހަނދާންކޮށްލަމުންނެވެ. “ބައްޕަ މިއަދު ވަރަށް އުފާވެއްޖެ… އަމް ސޯ ޕްރައުޑް.. ދަރިފުޅު އެހާ ހިތްވަރުގަދަ ކުއްޖެއް ވީމަ…” ކިއާރާ ދެލޯ ހުޅުވާލީ ފަތުހީ އެހެން ބުނި އަޑަށެވެ. މިހާރު އެއީ އޭނާގެ ލޯބިވާ ބައްޕައެވެ. ހަޤީޤީ ބައްޕައަކާއި ނުލާވެސް ދިރިއުޅުމުގެ ފުރަތަމަ 13 އަހަރު ބައްޕައަކާއި އެކު އުޅެވިއްޖެއެވެ. އަނެއްކާވެސް މި އުޅެވެނީ ނޫންހެއްޔެވެ؟ އޭނާ ހަޤީޤީ ބައްޕަ އިނގޭކަށްވެސް ބޭނުމެއްނޫނެވެ. ކައިރި ތިބި މީހުން އޭނާއަށް ފުދެއެވެ.
“އައި ލަވް ޔޫ ޑޭޑް..” ކިއާރާ އެހެން ބުނުމުން ފަތުހީ ހޭންފެށިއެވެ. “ދެން ދަރިފުޅު ޖެހޭނީ އަމިއްލަ ދިރިއުޅުމާއިގެން ކުރިއަށް ދާން… މިހާރު އެ ހުރިހާ ކަމެއްވެސް ރަނގަޅުވީ އިރާދަކުރެއްވިއްޔާ…” ފަތުހީ ކިއާރާ ގާތު އެބުނީ ކޮންވާހަކައެއްކަން އިނގުމުން ވިސްނަން މަޖުބޫރުވިއެވެ. . ތެދެކެވެ. އޭނާ ދެން ވިސްނަންވީ އޭނާގެ ދިރިއުޅުމާއި މެދުގައެވެ. އަޔާން މިއަދު ކޯޓަށް އަންނަން ކިތަންމެ ބޭނުންވިއެއްކަމަކު އޭނާއަށް ލިބުނު އޮފީސް ދަތުރެއްގައި 2 ދުވަހަށް ރާއްޖެތެރެއަށް ދަތުރުކުރަން ޖެހުމުން އެކަން ނުވިއެވެ. ކިއާރާ ދެރަވިއެއްކަމަކު އެކަން ގަބޫލުކުރިއެވެ. އަޔާން އަންނާނީ 2 ދުވަސް ފަހުންކަމުން ކިއާރާ ހިތުގައި ހިނގަމުން ދިޔަ ކަންތަށް އޭނާ އަންނަންދެން ނުބުނެ ހުރުމަށް އޭނާ ނިންމިއެވެ.
…..
2 ދުވަސްފަހެވެ. ދުވަހަކީ ހޮނިހިރު ދުވަސްކަމުން ކިއާރާ އަށް ހޭލެވުނީ ތަންކޮޅެއް ލަހުންނެވެ.. އޭނާ ފުރަތަމަވެސް ދެލޯ ހުޅުވިގޮތަށް ބެލީ އަޔާން ގެ މެސެޖެއް އައިއްސަ އޮތްތޯއެވެ. “މޯރނިން..ބޭބީ ޑޯލް.. މިއަދު ނޭނގެ ދެވޭނެކަމެއް… ނީޑް ވަން މޯރ ޑޭ…. ވިލް މިސް ޔޫ…” އަޔާންގެ އެ މެސެޖް ކިޔާލެވުމާއި އެކު ކިއާރާ ތުންދަމާލިއެވެ. “އޯކޭ… ކަމް ސޫން.. އައި މިސް ޔޫ މޯރ” ކިއާރާ ރިޕްލައި ކުރިއެވެ.
އޭނާ ތެދުވިގޮތަށް ފެންވަރާ ނަމާދުކޮށް ހަދާލައިގެން ދިޔައީ ވެފައިވާ ހައިކަން ފިލުވާލުމުގެ ގޮތުންނެވެ. ކިއާރާ ތިރިއަށް ފޭބުމާއި އެކު ރޯސް އޭނާއަށް ސައި ދިނުމުގައި އުޅުނެވެ. “ޑޭޑް ކޮބާ؟” ކިއާރާ އަހާލީ ޕާން އަނގަޔަށް ލަމުންނެވެ. “ބޭރަށް ދަނީ.” ރޯސް ބުންޏެވެ. ކިއާރާ ކާން އިންދާ ސިހުނީ ކުއްލިއަކަށް މީހަކު ފަހަތުން ލޮލުގައި އަތް އަޅާލުމުންނެވެ. ކިއާރާ އަތް ނަގަން އުޅުމުންވެސް ނުނެގުނެވެ.
“ކާކު؟ މައި ތަ؟” ކިއާރާ އެ އަތަށް ފިތާލަމުން ބުނެލީ އަތް ކުޑަކޮށް މަޑުކަން އިހްސާސްވުމުންނެވެ. އެ މީހަކު އައުމުން ދުވީ އަންހެން ސެންޓް ވަހެކެވެ. “މައި…؟” ކިއާރާ އެހެން ގޮވާލަމުން ގަދަކަމުން އަތް ނައްޓުވާލާ ގޮނޑިން ތެދުވެ ފަސް އެނބުރި ބަލާލިއެވެ. އެއާއި އެކު ކިއާރާ ދެލޯ ބޮޑުވިއެވެ. އަނގަ ހުޅުވުނެވެ. ކުރިމަތީ ހުރީ މަލިކާ އެވެ. “މަ..މަލިކާއްތަ… އޯ މައި ގޯޑް..” ކިއާރާ އެހެން ބުނެފައި މަލިކާގެ ގައިގާ އޮޅުލައިގަތެވެ. “އައި މިސްޑް ޔޫ ސޯ ބޭޑްލީ…” ކިއާރާ ބުނެލެވުނެވެ. އެއާއި އެކު އޭނާއަށް ފެނުނީ ދާދި ކައިރި ހުރި ފަތުހީއެވެ. ފަތުހީގެ ތުންފަތުގައި ވަނީ ރީތި ހިނިތުންވުމެކެވެ. ކިއާރާ މަލިކާއާއި ދުރަށްޖެހުނެވެ.. “ކީއްވެ ނުބުނީ ޑޭޑް؟” ކިއާރާ ބުނެލީ ފަތުހީއަށެވެ. “މަލިކާ ދައްތަ ބުނީ ސަޕްރައިޒްއެއް ކިއާއަށް ދޭނިއޭ އެހެންވެ..” ފަތުހީ އެހެން ބުނުމުން ކިއާރާ މަލިކާއާއި ދިމާލަށް ތުންދެމިއެވެ. “ދެން އަވަހަށް މިތާ އިނދޭ ދެކުދިން….. ރޯސް ރެޑީ ކުރޭ އަވަހަށް…” ކިއާރާ ފަތުހީއާއި މަލިކާ ގޮނޑީގައި ބައިންދަމުން ބުނެލީ ރޯސްއަށެވެ.
“މަލިކާ ދައްތަ ކީއްވެތަ އެގޮތަށް ހަދަނީ؟؟ ބުނެލިނަމައެއްނު….” ކިއާރާ ޝަކުވާކުރިއެވެ. “އޭރުން ކިއާ ސަޕްރައިޒްއެއް ނުވާނެއެއްނު… އެހެންނޫނަސް ކިއާ ބައްޕަވެސް މިކަމުގައި އެއްބައިވިއޭ…” މަލިކާ ބުނުމުން ކިއާރާ ފަތުހީއާއި ދިމާލަށް އެއްލިކަޅިން ބަލާލިއެވެ. “ދެން ކޮން އިރަކުން ….. އެހެމް..” ކިއާރާ އެހެން ބުނެލުމާއި އެކު މަލިކާއާއި ފަތުހީ އެއްފަހަރާ ކޮށިއެރިއެވެ. ކިއާރާއަށް ހެވުނެވެ. “ހާދަ އަވަހަކަށް ކޮށިއެރީ..” ކިއާރާ ދެންވެސް ބެލީ އެމީހުންނަށް އުނދަގުލެއް ކޮށްލެވޭތޯއެވެ. މަލިކާ ދެލޯ ބޮޑުކޮށްލިއިރު އިނީ ލަދުގަނެފައެވެ. “ޕިސް ޕިސް މި ކުއްޖާފުޅު މިހުރީ ހަމަ……” މަލިކާ ކިއާރާގެ ކަންފަތުގައި ހިފިއެވެ.. ފަތުހީ އިނީ މަޑުން ހީލަ ހީލައެވެ. “މަލިކާއްތަ ތި އައީ އެއްކޮންތަ؟” ކިއާރާ އެހިއެވެ. މަލިކާ ފަތުހީއަށް ބަލާލި މަންޒަރު ކިއާރާއަށް ފެނުނެވެ. “ޑޭޑް.. މަލިކާއްތަ އެއައީ އެއްކޮންތަ؟” ކިއާރާ ފަތުހީ ދޭނެ ޖަވާބެއް ބަލަން އެހުމުން އެ ދެމީހުން އެކަކު އަނެކަކަށް އަވަސް ނަޒަރެއްދިނެވެ. “ކިއާ ބޭނުންވަނީ އެއްކޮށް ބަހައްޓަންތަ؟” ފަތުހީ އަހާލީ ލުއި ހިނިތުންވުމަކާއި އެކުގައެވެ. ކިއާރާ އަވަސް އަވަހަށް އާއެކޭ ބުންޏެވެ.. “އެހެންވިއްޔާ އެއައީ އެއްކޮށް ކަމަށް ހީ ކޮށްލާ…” ފަތުހީ ބުނެލީ އެއްލޯ މަރާލަމުންނެވެ. “ޔޭ..! އެހެންވީމަ އެ ބޮޑު ދުވަސް ކައިރިވީދޯ…؟” ކިއާރާ އަހާލުމުން. ފަތުހީ ހިނިގަނޑަކާއި އެކު ބޯ ޖަހާލިއިރު މަލިކާ އެއްޗެއް ނުބުނެ ހޭންއިނެވެ.
“އެ ދުވަހަކީ އެކަމް ކިއާމެންގެ ބޮޑުދުވަހާއި އެކު އިންނާނެ ދުވަހެކޭ ދޯ ފަތުހީ؟ ކޮބާތަ ކިއާ ގެ އަޔާން..؟” މަލިކާ އެހީ ނިއް އަރުވާލަމުންނެވެ. “އަޔާން ވީ ޓްރިޕް އަކަށް ގޮސް.. މިއަދު އަންނަން އޮތީ އެކަމް އަދި އެއްދުވަސް ބޭނުންވާނޭ ބުނީ..” ކިއާރާ ބުނެލީ މަލިކާ ކުރި ފުރަތަމަ ސުވާލަށް ޖަވާބު ނުދީއެވެ. ދޭނެ ޖަވާބެއްވެސް ނޭނގުނީއެވެ. ހިތުގައި ހިސާބަކަށް ބިރުވެރިކަމެއްވެސް އުފެދުނީއެވެ. ނިމާލް އެ ދުވަހު ބުނި ޖުމްލަ ސިކުނޑީގައި ކުޅެލިއެވެ. ނަމަވެސް ކިއާރާ އެކަން ނުދައްކަން ހިނިތުންވެލައިގެން އިނީއެވެ.
“ކިއާ… ބައްޕަ ހަސްނާ ދައްތަ ގެ އާއިލާ މީހުންނާއި ވާހަކަ ދައްކާލިން ދުރު ދުރުން… މިއަދު ބުނި ކިއާ ވެސް އަދި މަލިކާ ވެސް ގޮވައިގެން އެގެއަށް އަންނާށޭ… އެހެންވީމަ ހަވީރަށް ތައްޔާރުވައްޗޭ…” ފަތުހީ އެހެން ބުނުމުން ކިއާރާ އޯކޭއޭ ބުންޏެވެ.
…
ކާރު ދުއްވަން އިން ފަތުހީ ތުންފަތުގައި ވަނީ ރީތި ހިނިތުންވުމެކެވެ. ފަހަތުގައި މަލިކާ ކައިރި އިނދެގެން ކިއާރާ ދައްކާ ވާހަކަތަކަކުންނެވެ. އޭނާގެ އާއިލާ ފުރިހަމަ ވެއްޖެޔޭ އޭނާ ހިތަށް އަރަންފެށިއެވެ. ހަސްނާގެ މަންމަމެންގެ ގެއަށް ކާރު ހުއްޓާލުމާއި އެކު ތިން މީހުން އެކީ ނިކުތެވެ. އެއީ ބޮޑު އެޕާޓުމެންޓެކެވެ. ފަތުހީ ގޮސް އެތެރެއަށް ވަތްއިރު ސެކިއުރިޓީ ގާޑް ފަތުހީއަށް ހިނިތުންވުމެއްދިނެވެ. “އިނގޭތަ… އަދިވެސް މިތާނގަ އުޅޭ ކޮންމެ މީހަކު ދަންނާނެ ބައްޕަ…” ފަތުހީ ލިފްޓަށް އަރާލުމަށްފަހު ބުންޏެވެ.. މަލިކާ ހުރީ ކުޑަކޮށް ނުތަވަސްވެފައިކަން އޭނާގެ މޫނުންވެސްނަގައިގަނެވެއެވެ. އެހެނީ އޭނާ ބިރުގަންނަނީ ފަތުހީގެ ފުރަތަމަ އަނބިމީހާގެ ގޯތި މީހުން އޭނާ ދެވެނަ ކައިވެންޏަކާއި މެދު ހިތްހަމަނުޖެހިދާނެތީއެވެ. ފަތުހީއަށް އެމީހުން މުހިންމުވަރު މަލިކާއަށް އިނގެއެވެ. ފަތުހީގެ އާއިލާ މީހެއް ނެތް އިރު ހަސްނާގެ އާއިލާ މީހުން ފަތުހީ ބަލައިގަތީ އަމިއްލަ ދަރިއެއްހެންނެވެ. ހަސްނާ ނިޔާވުމަށްފަހުވެސް އެ ގުޅުން ނުކެނޑުނެއްކަމަކު ކުޑަކޮށް ކުރިއަށްވުރެ ދުރުވިކަމަށް ފަތުހީ ބުނެއެވެ.
104
41 Comments
Comments are closed.
FIRST LOL.
Good afternoon..! Tc guys 😉 and saeedhaa and nimaal is finally over!! tc 😉 c u guys tonight..
Me second
Me 1st dhow …varah reethi
Me 4th.. Vv salhi
Yay
Wooooow.vrh vrh nice
Varah reeethi…..??
handiansss whr r u guys?? btw storyy vvvvvvv reeethi…ekam miadhu comment ehgga neii “ily guys” eh?? irukwlhalaa beleyey up vefa tho inee.. v kiyaa hiy vey.. ??????
Dhon ulheny insaanakaa hedhi thr?? ?? Noo bunefaa nameyy ‘ily guys’..
~RYN GE MAHCHAH~?
ran vx bunefaanamey hama thihen “ily guys”
mi ulheny hama. n story hama vvvvvvvvvvvvvv reeeeeeethi
hahah lol.. lwbivey ingey noo n ran dheke..??? ahdhey handian registr kohllee ehh dhw..dhen vaahaka eh liyeveythw balaaba dhww?
luv you too dhon hand I…ebunaa hen handian vaahakeh liyefa up khba…aharamen hurihaa handithah mithiby handian aa eku
Luv u 2 dhon.. Yeah ebunaa hen.. handian dhn vaahaka eh liyefa up kurey..
E ulhey foolhu dhigu adhi ves nidhaafa thr?? Loabeege handi ves??
BTW ran nd dhon female thr?? ???
Up kuraanan handi vaahaka eh HAHAHAHAHAHAHAHAHAAHA????
no…male eh
No handi miss me
no i miss u alllllllllllll☺☺☺☺??????
ey dhon female..lol wbu noo??
Ryn dhen kiyaa ge bappa eii kaaku kameh nuveh ingeyne tha?and ayaan bappa eii kaaku kan ves kiyuntherin ah neynge. So story nimumuge kurin kiyaa ge bappa ves khomes gothaka kiyaa ah angahchey. Adhi let us know ayaan ge bappa ves
Ayaan dad aky aneel sir ey…. Kia buny bappa ingey Kah beynumeh nooney… soooo
Ayaan bappa vaahaka oiy kury part thakuga
Anil sir eii ayaan ge dhon bappa eh noon tha?
Kiyaa eyna ge bappa eii kaaku kan ingen beynun nuviyas ok ey. But We want to knw kaaku tho e
Dnn avahah ayaan ge myhakah vaanama alhugadu. . ?
I think kiaaraa ge dad aky zaain ge dad… oww.. eyrun hama aslu vx zaain ge kokko ah kiaaraa vaanyy… yaaaaa. . and dhen ayaan ge dad aky nimaal. ..
vvvv salhi
svvvv salhi
i think kiyaara’s dad is ayaan’s dad.
ތިހެން ވެއްޖިއްޔާ ވާހަކަ އެއްކޮށް ފުލޮޕްވީ!!!!!!
No eyrun kiyaa ah libunu ufaa v3s gehleyny ??????
Anil sir aky aslu ayaan ge dad eh noon. Aee ayaan dhon bappa. Ae anan dad… So anil sir kiara ge dad ah viyas kaiveni halaalu vaane dho
Yap yap Anil sir or xaans dad kiyaage bappa ah vehjeiyaa v salhi vaane.. dhw handiees???
Wow wrhh nice.. Lv yew ryn
Kiyaa ge dad ah vaanee anil or xaains dad.. if yaan ge dad ah vihya strry v hadi vaane, she deserve happiness
Anil kiyaa ge bappa ah vehjeyaa ves vara ehen Kahala ingey. If nimaal eii ayaan dad viyaa. I mean nimaal ayaan mom aa marry e kuree ayaan bappa divorce kureema. Dhn e dheythere in saeedha kaariya gos gen dhw kiyaa libeynee. Adhi nimaal ves fahun mi marry kuranee saeedha aa. FAadakah gulhi laamehifa family e othee ehen vehjeyaa. Ya I know eyrun ves kaaveni hudha vaane kan kiyaa n ayaan. But still vara ehen Kahala dhw nimaal saeedha nimaal ayaan mom. Anil ayaan mom n anil saeedha.. kiyaa bappa ah vaan vaanee zaain ge bappa
Anil kiyaa ge bappa ah vehjeyaa ves vara ehen Kahala ingey. If nimaal eii ayaan dad viyaa. I mean nimaal ayaan mom aa marry e kuree ayaan bappa divorce kureema. Dhn e dheythere in saeedha kaariya gos gen dhw kiyaa libeynee. Adhi nimaal ves fahun mi marry kuranee saeedha aa. FAadakah gulhi laamehifa family e othee ehen vehjeyaa. Ya I know eyrun ves kaaveni hudha vaane kan kiyaa n ayaan. But still vara ehen Kahala dhw nimaal saeedha nimaal ayaan mom. Anil ayaan mom n anil saeedha.. kiyaa bappa ah vaan vaanee zaain ge bappa
Aharen jalu therey ves hingaaalaanan egijje… nimaal ulhey mikamaa…. mee hus kale yaa hure vaa kanthakey
waahaka reethi .ekam abadhu ehkahthangandeh
Finally happy vejje…