Skip to content
އެސްފިޔަ

އޭޕްރީލް ފޫލް

ސާދުނާއަށް ހޭލެވުނީ ބާރު އަޑުފައްގަނޑެއްގެ ސަބަބުނަނެވެ. ފުންމައިގެން ތެދުވެ ކޮތަރީގެ ހުޅުވިފައިހުރި ކުޑަދޮރުން ބޭރު ބަލާލިއެވެ. ނަމަވެސް އެއްވެސް އެއްޗެއް އަދި މީހެއްވެސް އެވަގުތަކު މަގުމަތީގައެއް ނޫޅެއެވެ. މަގުމަތި ވަރަށް ހަމަހިމޭނެވެ. ވާނީވެސް އެހެންތާއެވެ. އެއީ މެންދަމުގެ ވަގުތެކެވެ.
“މި ހިތް ގައިމު ވަގުތުގައި އަހަންނަށް މި އިވުނީ ކޮން އަޑެއްބާ؟!..” މި ސުވާލު ސާދުނާއަށް އަމިއްލަ ނަފުސާ ކުރެވުނެވެ. ނަމަވެސް އެކަމާމެދު ވިސްނުމަށް މާކަ ކިނަ ވަގުތެއް ހޭދައެއް ނުކުރެވުނެވެ. ސާދަ ވިލޭރޭގެ ބޮޑު ހަނދުން މުޅި މަގުމައްޗަށް ވެރި ވެފައިވާ ރީތި މަންޒަރު ފެނުމުން އެ ސުވާލު އޭނާގެ ހިތުން މީހަކު ފުހޭރަބަރަކުން ފުހެލިހެން ފުހެވިއްޖެއެވެ. މި މަންޒަރު ބަލަން އިން ސާދުނާ އަށް ނިދުނީ ކޮން އިރަކު ކަމެއް ޚުދު އޭނާ އަކަށް ވެސް ނޭނގެއެވެ.
އާދުވަހަކަށް އިރު އަރައުފިއެވެ. ކުޑަދޮރު ކައިރީގައި ނިދިފައި އިން ސާދުނާއަށް ހޭވެރިކަންވީ ދެނެވެ. ރޭ އެނާއަށް އެ އިވުނު އަޑާމެދު ވިސްނަންވެސް އެނގުނީ ދެނެވެ. ނިދާ ހޭލި ގޮތަށް އޭނާ ދިޔައީ މިވާހަކަ އޭނާގެ މަންމަ ގާތުގައި ބުނުމަށެވެ. “މަންމާ!..” ސާދުނާ އޭނާގެ މަންމައަށް ގޮވާލިއެވެ. އޭނާގެ މަންމަ ދިޔައީ ސިއްސައިގެންނެވެ. ވާނީވެސް އެހެންތާއެވެ. ސާދުނާގެ އިސްތަށިގަނޑު ހީވަނީ ކޮޅަށް ޖަހާފައި ހުރި އިސްފިރޭނު ތަކެއްހެންނެވެ.
“ޔާރައްބީ!.. ސާދުނާ!!..ޕިސް ޕިސް ޕިސް ތިދެން އަންހެން ކުދިން އުޅޭ ވައްތަރުތަ؟؟!! ދޭ ހަމަ މިހާރު ފެންވަރައިން އަންނަން…” މިހެން ކިޔާފާ ސާދުނާ އެތަނުން ފޮނުވާލިއެވެ. ހެނދުނު ފެންވަރައިގެން ނާސްތާ ކުރުމަށް ސާދުނާ ކާމޭޒު ކައިރީ ގައި އިށިންނިއެވެ. ހަމައެއާ އެކު ރޭގައި އޭނާ އަށް އިވުނު ބާރު އަޑު ފައްގަނޑު އިވުނެވެ. އެއަޑު އިވުނީ އޭނާގެ ކޮޓަރިން ނެއެވެ. ވަރަށް ބާރަށް މީހަކު ރޯއަޑެވސެ. ސާދުނާ މަންމައަށް ގޮވާލިއެވެ. ނަމަވެސް ކަންދިމާކުރި ގޮތުން އެވަގުތަކީ އޭނާގެ މަންމަ ގޭގައި ނޫޅޭ ވަގުތެވެ.
ސާދުނާގެ ހިތް ވަރަށް ބާރަށް ތެޅެން ފެށިއެވެ. ހީވަނީ ހަމަ ދެންމެ ދެންމެ ހިތް ނިކުންނަން އުޅޭ ހެންނެވެ. އެހާވެސް ބާރަށް އޭނާގެ ހިތް ތެޅުނެވެ. ސާދުނާ ވަރަށް ބިރުން ހުރެ ކޮޓަރިން އެ އިވޭ އަޑެއް ބަލަން ކޮޓަރިއަށް ދިޔައެވެ. އޭނާގެ ފައިދަށުން ބިންގަނޑު ދިޔަ ހެންނެވެ. އޭނާގެ އެނދުގައި އިށީދެގެން ފުރަގަސް ދީގެން އިނީ ސާދުނާއާ އެއް ވަރެއްގެ އަންހެން ކުއްޖެކެވެ. އޭނާ ހަމަ ރޯނީ އެވެ. ނަމަވެސް އެނާއާ ކައިރިވާކަށެއް ސާދުނާ އަކަށް ނުކެރުނެވެ.
ސާދުނާ ވަރަށް ހިތްވަރު ކޮއްލާފައި ގޮސް އެ އަންހެން ކުއްޖާގެ ގައިގާ އަތް ޖަހާލިއެވެ. އެ ކުއްޖާގެ ރުއިން ހުއްޓުނެވެ. އަދި ސާދުނާއާ ދިމަލަށް އެނބުރެން ފެށިއެވެ. ނަމަވެސް ސާދުނާ ހުރީ ވަރަށް ބިރުން ނެވެ. ގޭގައި އެއްވެސް މީހެއް ނެތެވެ. މަންމަ އަތުގައި ގޭގެ ޑުބުލިކޭޓު ތަޅުދަނޑި އޮންނާތީ ގޭގެ ހުރިހާ ދޮރުތަށް ހުންނާނީ އެތެރެއިން ތަޅުލާފައެވެ. ” އެކުއްޖާ މިގެއަށް ވަނީ ކިހިނެއް ހެއްޔެވެ؟!! ” މިހެން އޭނާގެ ހިތުގައި ސުވާލު އުފެދުނެވެ.
އެކުއްޖާ ސާދުނާއާ ދިމަލަށް އެނބުރުނެވެ. ހަމަ އެވަގުތު ގޭގެ ކަރަންޓު ހިނގައްޖެއެވެ. ސާދުނާއަށް ވަރަށް ބާރަށް ހަޅޭ ލަވައިގަނެވުނެވެ. ހަމައެއާ އެކު ކަރަންޓް އައެވެ. ކަރަންޓް އައި އިރުގައި ސާދުނާ އަށް ހުރެވުނީ މޫނުގައި އަތް އަޅައިގެންނެވެ. ” އޭޕްރިލް ފޫލް ” މިހެން ބަޔަކު ބުނި އަޑު އޭނާއަށް އިވުނެވެ. އަދި މޫނު މަތިން އަތް ނަގާފައި ބަލާލި އިރު ކުރިމަތީގައި ބޯ ވިއްސާލައިގެން ހުރި އަންހެން ކުއްޖަކީ އޭނާގެ އެކުވެރިއެއް ކަމަށްވާ ޝައިމީ އެވެ. އޭނާގެ އިތުރުން އެންމެ ގާތް އެކުވެރިޔާ ޝީލް ވެސް ހުއްޓެވެ. ސާދުނާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ހިވީ އޭނާގެ ދުލުގައި މީހެއް ހިފަހައްޓައިގެން ހުރިހެންނެވެ. ކޮޓަރީގެ ދޮރު ހުޅުވާލއިފާ އެތަނަށް މަންމަ ވަންތަން ފެނިފައި މިކަމުގައި މަންމަގެ ބޮޑު ރޯލެއްވާ ކަމާއި އެކުވެރިންނަށް މަންމަ އެހީވި ކަން ސާދުނާ އަށް ސާފުވެއްޖެއެވެ. ” ކޮބާ…. ބުނީމެއްނު އޭޕްރިލް ހައްދާނަމޭ… ދަރިފުޅަށް ނުވެސް އެނގޭނެއޭ.. ” މަންމަ މިހެން ބުނެފާ އެންމެންނާ އެކު ހޭން ފެށުމުން ސާދުނާވެސް އެނދު މަތީ އިށީނދެފަ ބާރަށް ހޭން ފެށިއެވެ..
-ނިމުނީ-

Comments (16)

  1. nash

    varah salhi……..:p

  2. Maash

    It’s too short but not bad

  3. maee

    Hehehe dhn fudhey varu vey….thankolheh kury…

  4. rim

    thnx guys.. I appreciate ur comments..

    1. cute
      rim

      haadha hadiey .

  5. Anonymous

    VARAH SALHI VAAHAKAEH N VARAH MAJAA 😉

  6. athoo ..

    Rim ge first story ehennu? Salhi.

  7. Aish

    lolll

  8. Naail

    very funny and nice story…………………………:) 🙂 🙂 🙂 🙂 🙂

  9. rim

    yaa… that’s my first story 🙂
    Thnx 4 ur comments…

  10. poppo

    Bla bla bla midhen kon zathehge vahaka eh….:€

  11. NASMA

    Hama salhi mee emme salhi vaahaka

  12. i

    nobody should give negative comments. this is actually a v v nice and funny story

  13. Aikko

    🙂 🙂 habeys . salhi

  14. simyan

    v short. didn’t like it.

  15. Anonymous

    I did not really like it but good try????

Comments are closed.