Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ބިރުވެރި

ކުޑަ ކުއްޖާ!

Hoody Level 310 Stories100 Comments
February 12, 2015 5 Mins Read
27 Comments

މިއީ، ހިނގާފައިވާ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ހިޔާލީ ވާހަކައެކެވެ.

ލޯނޗުގައި އަހަރެން އިންއިރު ވިސްނެމުން ދިޔައީ އަހަރެންގެ ދިރިއުޅުމާމެދުގައެވެ. އަހަރެން މީ މީހެއްގެ ފިރިއަކީމެވެ. 3 އަހަރުގެ ކުޑަކުއްޖެއްގެ ބައްޕައަކީމެވެ. އަނބިމީހާ އަހަރެންދެކެ ލޯބި ވާވަރު އަހަންނަށް އެނގެއެވެ. އޭނާދެކެ އަހަރެން ލޯބި ވާވަރާއި އިތުބަރު ކުރާވަރު އޭނާއަށް ފަހަރެއްގައި ނޭނގިދާނެއެވެ. އަހަރެން އޮފީސް ދަތުރެއްގައި އަލިފުއްޓަށް ފުރަން އުޅުމުން އޭނާ ދެރަވެފައި ހުރި ވަރު އަހަރެން ދުށީމެވެ.

“އެންމެ މަހަކަށް ވިއަސް އަހަރެން ހާދަ ބިރުގަނެއޭ!”

އަހަރެން ފޮއްޓަށް އެއްޗެހި އަޅަން އުޅެނިކޮށް ޝާމިލާ އައިސް އަހަރެންގެ ކޮނޑުގައި ބޯއަޅަލަމުން ބުނެލިއެވެ. އަހަރެން  ތެދުވުމަށްފަހު އޭނާ ގެނެސް އެނދުގައި ބޭނދީމެވެ.

“ޝާމިލާ ކީއްވެތަ އަހަންނަށް އިތުބާރު ނުކުރަނީ؟” އަހަރެން ވާހަކަދެއްކީ މަޑުމަޑުންނެވެ. “އަހަރެން ޝާމިލާ ދެކެ ވަރަށް ލޯބިވޭ! އަދި އަބަދުވެސް ލޯބި ވާނަން!”

“އެކަމަކު އެރަށަށް ދިޔައިމަ….”

“އަހަރެން އެހެން އަންހެނަކަށް ލޮލުގެ ހިމަކޮޅުންވެސް ބަލައެއް ނުލާނަން!” އަހަރެންގެ އަތް އޭނާއަށް ދިއްކޮށްލީމެވެ. “ހުވާ މިކުރަނީ!”

ޝާމިލާ އަހަރެންގެ އަތަށް ބަލަހައްޓައިގެން އިރުކޮޅެއްވަންދެން އިނެވެ. އޭނާގެ ލޮލުން ނިރާލިތަން ފެނުނީ ކަރުނަ ތިއްކެކެވެ. އަހަރެން އޭނާ ގެނެސް މޭގެތެރެއަށްލާ ބޮނޑިކޮށްލީމެވެ.

“މީ އޮފީހުން އަހަރެން ރަށުން ބޭރަށް ފޮނުވާ ފުރަތަމަ ފަހަރެއްނު ދޯ! ވަރަށް އަވަހަށް އަންނާނަމޭ! އެންމެ މަހެއްނު!” އަހަރެން އޭނާއަށް ވިސްނައިދިނީމެވެ. “ކޮންމެ ދުވަހަކު ގުޅާނަން!”

“ބައްޕީ! ކޮއްކީއަށް ކޯއްޗެއް ގެނެސްދޭނީ!” އަހަރެންގެ 3 އަހަރަށްދާ ހައިކަލް ކުއްލިއަކަށް ކޮޓަރިއަށް ވަނެވެ. އަހަރެން ސިހިފައި ޝާމިލާ ދުރަށް ޖައްސާލީމެވެ. އެވަގުތު ޝާމިލާ ގާތަށް ހިނިއައެވެ.

“ބައްޕިގެ މި ދަރިފުޅަށް ކޯއްޗެއް ގެނެސް ދޭންވީ!” އަހަރެން ހައިކަލް އުރާލަމުން ކޮލަށް ދޮނެއް ދިނީމެވެ.

ހިޔާލުތަކުން ބޭރުވެވުނީ ކުއްލިއަކަށް ލޯންޗް ތެޅިގަތީމައެވެ. އަހަރެން ބޭރުބަލައިލީމެވެ. ކަނޑު ފުދޭވަރަކަށް ގަދައެވެ. އުޑުމަތިވެސް ބަނަކޮށްލައިފިއެވެ. އެއިރު އަހަރެން މަސައްކަތްކުރާ އޮފީހުގެ ދެ މުވައްޒަފަކުވެސް ލޯނޗުގައި ތިއްބެވެ. އެ ދެ މީހުންނަކީވެސް އަހަރެން ފުދޭވަރަކަށް އެކުވެރި މީހުންނެވެ.

ފަނަރަވަރަކަށް މިނެޓުފަހުން ވަރަށް ބޯކޮށް ވިއްސާރަވެހެން ފަށައިފިއެވެ. ކަނޑުވެސް އާދަޔަހިލާފަށް ގަދަވެއްޖެއެވެ. ލޯންޗް ދުއްވަން އުނދަގޫވެގެން އެންމެ ފަހުން ރަށަކަށް ޖެއްސީއެވެ.

“ކައްޕި! މީ ކޮންރަށެއް؟” އަހަރެން ލޯންޗު ދުއްވަން އިން މީހާއަށް ސުވަލު ކުރީމެވެ.

“މާކުރަތު!”

އަހަރެން ކުޑަކޮށް ނަޒަރު ހިންގާލީމެވެ. ބޯކޮށް ވެހެމުންދިޔަ ވިއްސަރައިގެ ތެރެއިން  ރަށުގެ ޖެޓީ ފެންނަމުންދިޔައެވެ. ގެތަކުގައި ލާފައިވަނީ ޕާޓީ ޕާޓީގެ ކުލައެވެ. ފާރުތަކުގައި އެ ޕާޓީއެއްގެ ލޯގޯ ޖަހާފައި ހުރިތަންވެސް ފެންނަމުންދިޔައެވެ. ސިޔާސީ ކުޅިވަރުގެ ފޯރި ގަދަ ރަށެއްތާއެވެ.

  އެރަށުގެ މީހަކާ ގުޅައިގެން އެރަށުގައި ހުރެވޭގޮތް ހަމަޖެހުނެވެ. އަހަރެމެން ތިބެން ހަމަޖެހިފައިވަނީ ބަނދަރާއި ވަރަށް ކައިރި ގެއެއްގައެވެ. މާ ތަނަވަސް ނޫނަސް ހިތްހަމަ ޖެހޭވަރުވެއެވެ. ތިން މީހުންނަށް ހަމަޖެހިގެން ނިދާނެ ކޮޓަރިއެއް ހުއްޓެވެ. ގަޑިން ގަޑިއަށް ކާން ލިބޭނެ ގޮތް ހަމަޖެހުނެވެ. އަހަރެމެން ނިންމީ އޭގެ އަނެއް ދުވަހު ފުރާ ގޮތަށެވެ. މޫސުން ގޯސްކަމުންނެވެ.

  އަހަރެން ފެންވަރާލައިގެން އައިސް ޝާމިލާއަށް ގުޅީމެވެ. ވަރަށްގިނަ ވާހަކަ ދެއްކީމެވެ. ކަންތަށް ވީގޮތްވެސް ކިޔައިދިނީމެވެ. އޭނާ ހުރީ ހަމަޖެހިފައެވެ.

 އެދުވަސް ދިޔައީ ވަރަށް ފޫހި ގޮތަކަށެވެ. އިރުއިރުކޮޅުން ވިއްސާރަވެހޭތީ ބޭރަށްވެސް ނުކުމެވޭކަށް ނެތެވެ. އެންމެންވެސް ގޭތެރޭގައި ބިތްޖެހިފައި ތިބީއެވެ. އެގެއަކީ އެއްވެސް ބަޔަކު ދިރިއުޅޭ ގެއެއް ނޫނެވެ. އެގެ ހޯދައިދިން މީހާ ބުނިގޮތުންވިއްޔާ މީގެ 2 ވަރަކަށް މަސްކުރިން މިގޭ ވެރިން މާލެ ބަދަލުވީއެވެ. ގޭތެރެވެސް ވީރަނާވާން ތައްޔާރުވެފައިވާކަން ދިމަދިމާލަށް ނަޒަރު ހިންގާލުމުން ދޭހަވެއެވެ.

ހަވީރުވެގެން އައިއިރު ވިއްސާރަވަނީ ކޮންމެވެސް ވަރަކަށް މަޑުޖެހިފައެވެ. އަހަރެން މަގުމައްޗަށް ނުކުމެލީމެވެ. މަގުގެ އެކި ހިސާބުގައި ފެންހެދިފައި ހުއްޓެވެ. މުޅި ފަޒާގައި ވަނީ ތެތް ފިނިކަމެކެވެ. ގަސްގަހުގެ ފަތްތަކުން ފެން ތިކިތަޅަމުންދިޔައެވެ. ވައިރޯޅި ޖެހިލާވަގުތު ގަސްތަށް ހެލިގަތުމުން ފަތްތަކުގައި ހަރުލަފައިހުރި ފެންތިކިތަށް އޮހިގަނެއެވެ. މިއީ އަހަންނަށް އާ މަންޒަރެކެވެ. ކުޑައިރުއްސުރެފެށިގެން މާލޭގައި އުޅެން ޖެހިފައިވުމުން ރާއްޖެތެރޭގެ ހުރިހާ ކަމަކީވެސް ވަރަށް އާ ކަންތައްތަކެވެ.

އަހަރެން މަގުގެ ދެކޮޅު ބަލައިލީމެވެ. ދެތިން މީހަކު ހަވީރު ފިންޏަށް ބޭރަށް ނުކުމެ އުޅޭތަން ފެނެއެވެ. ފެން ކޯރަކަށް އެރިގެން ވެއްޔާކުޅެން އިން ކުޑަކުއްޖަކުވެސް ފެނެއެވެ. އެވަގުތު އަހަރެން ހަނދާންވީ ހައިކަލް މަތިންނެވެ. އެއީ ހަމަ ހައިކަލްއާއި އެއްއުމުރެއްގެ ކުއްޖެކެވެ. ބަލާބެލުމަށް ހަށިގަނޑު ނިކަމެއްޗެވެ. ނަމަވެސް އެ މޫނުމަތިން ފެންނަމުންދިޔަ ފަދަ އުފާވެރިކަމެއް ހައިކަލްގެ މޫނުމައްޗަކުން އަހަރެން ނުދެކެމެވެ. މިކަހަލަ ރަށަކަށް ހައިކަލް އާއި ޝާމިލާ ގޮވައިގެން އަންނަން ބޭނުންވިއެވެ. ހަގީގީ ހިތްހަމަޖެހުމަކީ މިއީއެވެ.

ގަޑިން ފަސްގަޑި ބައިވިއިރު ދުނިޔެ މައްޗަށް އަނދިރިކަން ވެރިވާން ފަށައިފިއެވެ. އަހަރެން ގޭތެރެއަށް ވަނީމެވެ. އެއިރު އަނެއްދެމީހުން ތިބީ ތާސްކުޅޭށެވެ. އަހަރެން ބޭނުންވީ ގޭތެރެ ރަނގަޅަށް ބަލައިލާށެވެ. ގޭތެރެއަށް ވަދެވެންއޮތް ހަނި ކޯރިޑޯއިން ލާފައި ގޭގެއަނެއް ފަޅިއަށް އަހަރެން ނުކުތީމެވެ. ހީވީ ގަސްބޯ ޖަންގައްޔަކަށް ނުކުމެވުނު ހެންނެވެ. މުޅި ސަރަހައްދުގައިވަނި އެކި ފާޑުފާޑުގެ ގަސްތަކެވެ. ހިކަނދި ފަތާއި ފޭރުގަހެވެ. ބަނބުކެޔޮ ގަހާއި ރުއްތަކެވެ. މުޅިތަންނަށް ވަނީ އަނދިރިކަން ވެރިވަން ފަށާފައެވެ. ތެމިފައިވާ ފަތްތަކަށް އޮއްސެމުންދިޔަ އިރުގެ އަވި އެޅިފައިވުމުން ރަންކުލައިން ވިދަމުންދިޔައެވެ.

އަހަރެން އެކި ދިމަދިމާއަށް ނަޒަރު ހިންގާލީމެވެ. ލޮލުގައި އަޅައިގަތީ ގަސްތަކުގެ ބިއްދޮށުގައި ހުރި ދޮރުފަތެކެވެ. ޓިނުން ހަދާފައިވާ ވީރާނާވެ ދަބަރު ޖަހާފައިވާ ދޮރެކެވެ.

ކީއްވެގެން ކަމެއް ނޭނގެއެވެ. އެތަން ބަލާލަން އަހަރެން ބޭނުންވިއެވެ. ގަސްތަކުގެ ގޮވިތަށް ފޭކުރަމުންގޮސް އަހަރެން އެދޮރު ހުޅުވާލީމެވެ. ދަބަރު އަޑުފައްގަނޑެއް އިވުމަށްފަހު ތާށި ގޮތަކަށް ދޮރު ހުޅުވުނެވެ.

އެންމެ ފުރަތަމަވެސް އަހަރެންގެ ލޮލުގައި އަޅައިގަތީ ތަޅުންގަނޑުމަތީ ހަދާފައިވަ ބޮޑު މަސް ޓޭންކެވެ. ފެން ކޯރެއްގެ ބައްޓަމަށް ރާނާފައިވާ އެ މަސްކޮށީގައި ވަނީ ފެހިޖަހާ ކަޅުވެފައެވެ. ފެންގަނޑުވަނީ ފުސްވެ ކިލަންބުވެފައެވެ. އަޑި ފެންނަވަރެއް ނުވެއެވެ. ވަށައިގެން ހެދިފައިވާ ވިނަ ގަސްތަކުގެ މޫތަކާއި ގޮފިތަށް ފެންގަނޑުގެ ތެރެއަށް ފައިބާފައި ހުއްޓެވެ. ގުދުރަތްތެރިކަމުގެ ލާމަސީލު މިސާލެކެވެ.

އެ ކުޑަ ގިފިލި ގަނޑެއްފަދަ ތަނުގައިވެސް ވަނީ ގަސް ހެދި ވާ ވެފައެވެ. ފެން ވަޅެއްވެސް ހުއްޓެވެ. އެތަނުގެ ކަނެއްގައި ދޮންކެޔޮ ފީންޏެއްވެސް ހުއްޓެވެ. އަނދިރިކަން ވެރިވަމުންދިޔަވަރަކަށް އެތަނުގެ “ފެންޓަސީ” ކަން ދިޔައީ އިތުރުވަމުންނެވެ. އަހަރެންގެ ހިތް ފާޑަކަށް ބިރުގަތެވެ. ގަސްތަކާދިމައަށް އަވަސްއަވަހަށް ނަޒަރުއުކެން ފެށުނެވެ. ނުކުންނަން ހިނގައިގަތްވަގުތު ދޮންކެޔޮ ނިރުތަކުގެ ތެރެއިން ކުޑަކުއްޖަކު ފެނުނުހެން ހީވިއެވެ. އަހަރެން އަނެއްކާވެސް އެނބުރި ބެލީމެވެ. އެތަނުން އެއްވެސް މީހެއްގެ ހިލަމެއް ނުވިއެވެ. އަނެއްކާވެސް ނުކުންނަން ހިނގައިގަތީމެވެ. އެވަގުތު މަސްޓޭންކުގެ ފެންގަނޑަށް ލޮޅުމެއް އެރިތަން ފެނުނެވެ. އަހަރެން މަޑުޖެހިލީމެވެ. އަދި ފެންގަނޑަށް ބަލަހައްޓައިގެން ހުރީމެވެ.

ފެންގަނޑަށް މަޑުމަޑުން ލޮޅުން އަރަމުންދިޔައެވެ. ހީވަނީ ފެންގަނޑުގެ އަޑިގައި މީހަކުއޮވެގެން ހަރަކާތް ކުރަނީހެންނެވެ. ކުއްލިއަކަށް އެ ކިލަނބު ފެންގަނޑުގެ ތެރެއިން އެއްޗެއް ތިލަވާން ފެށިއެވެ. ފެންނަނީ ހުދު ކުލައަކަށް ދާ އެއްޗެކެވެ. އިސާހިތަކު އެ އެތި ފެންމައްޗަށް އެރިއެވެ. އަހަރެންގެ މޭގަނޑު ތެޅިގަނެގެން ދިޔައެވެ. ފުރަތަމަ އަހަރެން ހީކުރީ އަޑިގައި އޮވެފައި ފެންމައްޗަށްއެރި ބުދެއްކަމަށެވެ. ނަމަވެސް ރަނގަޅަށް ބަލައިލުމުން އެނގުނީ އެއީ މަރުވެ ހަންގަނޑު ހުދުވެފައިވާ ކުޑަ ފިރހެން ކުއްޖެއްކަމެވެ. ދެ ލޯ އޮތީ ބޮޑަށް ހުޅުވިފައެވެ. ނިތްކުރިމަތިން ފަޅައިގެންގޮސްފައިވާ ފާރުގަނޑެއް ހުއްޓެވެ. ބަނޑަށް ވަނީ ވައިއަރާ ފުފިފައެވެ. ހަނގަނޑަށް ރޫޖެހިފައެވެ. ތުންފަތް ކަޅުވެފައެވެ.

އަހަރެން ފަޔަށް ބާރުލާފައި ދުއްވައިގަތީމެވެ. ގިފިލި ދޮރުން ނުކުތްގޮތަށް ގަސްތަކުތެރެއިން ލާފައި އައިސް ގޭތެރެއަށް ވަނީމެވެ. ހަމަނޭވައެއް ލެވުނީ އޭގެ ފަހުންނެވެ. އެހެންމީހުން އެއިރު މަޢްރިބް ނަމާދަށް ގޮސްފިއެވެ. އަހަރެންވެސް އަވަސް އަވަހަށް ގޭން ނުކުމެގެން މިސްކިތާދިމާއަށް ހިނގައިގަތީމެވެ.

ދިޔަ މަގުމަތިން ކުޑަކުއްޖަކު ފެނުނަސް އަހަރެންގެ ގައިން ހީބިހި ނަގައިގަނެއެވެ. ހިތް ބާރުބާރަށް ތެޅެމުންދިޔައެވެ. މިސްކިތާހަމައަށް ދެވުނުއިރު މުޅިމީހާ ދާހިތްލާ ފޯވެއްޖެއެވެ.

އަހަރެން އެއްވެސް މީހަކުގާތު އެވާހަކައެއް ނުބުނަމެވެ. އަހަރެން އިންތިޒާރުގައި ހުރީ މިގެ ހޯދައިދިން ތައްހާނު އަންނަންދެނެވެ. ގަޑިން 8 ގަޑި ބައިވީއިރު ރޭގަނޑުގެ ކެއުން ހުރީ ތައްޔާރުވެފައެވެ. ތައްހާނުވެސް އެއިރު އައިސްފިއެވެ. އެންމެން މޭޒުދޮށުގައި އިށީނދެ ހަމަޖެހިލިއެވެ.

“ތައްހާނުބޭ؟” އަހަރެން ކެއުން މެދުކަނޑާލީމެވެ. ” މިގޭ މީހުން މާލެ ބަދަލުވީ ކިހިނެއްވެގެންނޯ!؟”

“އާނ! ތީވަރަށްދިގު ވާހަކައެއް! އަސްލު މިގޭގަ އުޅުނީ ދެމަފިރިންނާއި 3 އަހަރުގެ ކުޑަކުއްޖެއް! އަންހެން މީހާ މަސައްކަތްކުރަނީ ސިއްހީ މަރުކަޒުގަ! ފިރިހެންމީހާ އުޅެނީ އޮފީހު ވޮޗަރަކަށް! އެމީހުން ވަޒީފާ އަދާކުރާގަޑީގައި ދަރިފުޅުބަލަން ގެންނަނީ އެ އަންހެންމީހާގެ ކޮއްކޮއެއް. އެއީ އިނާޔާ!” ތައްހާން ފެން ކޯވަރެއް ބޯލިއެވެ.

“އެއްދުވަހު އިނާޔާ ގޭތެރެ ކުނިކަހަން ހުއްޓާ އެ ސޮރު އުޅުނީ ކުޅެން ގޭގެ އަނެއްފަޅީގަ!” އަތުން އަހަރެން ވަން ތަނަށް އިށާރާތް ކުރަމުން ތައްހާނު ބުންޏެވެ.

“އިނާޔާ ކުނިކަހާ ނިމިގެން ބަދިގޭގަ އުޅެއުޅެފަ ނިކުންއިރުވެސް އެ ސޮރުގެ ޚަބަރެއްނުވި. ގޭގެ އަނެއްފަޅި ހޯދަ ހޯދާވެސް ނުފެނު. ދެން އިނާޔާވަނީ އެފަޅީގަ ހުންނަ ގިފިލިގަނޑަށް. ވަންއިރު އެ ސޮރުއޮތީ އެތާ ހަދާފަ އޮތް މަސްޓޭންކަށް ވެއްޓިމަރުވެފަ! ނިއްކުރިމަތިވެސް ހުރީ ފަޅައިގެން ގޮސްފަ! އިނާޔާ ރޮމުން ދުވަމުން ސިއްހީ މަރުކަޒަށްގޮސް އެ ސޮރު މަންމަގާތު ބުނީ! ހަމަ ބުނުމާއެކު ދުވެފައި އައިސް އެސޮރު ނަގައިގަނެގެން މަރުކަޒަށް ގެންދިޔައީ! އެތަނަށް ގެންދިޔައިރުވެސް އޮތީ މަރުވެފަ! މިކަމާހުރެ އެ ސޮރު މަންމަ ދުނިޔެއިން މޮޔަވީ! ފިރިހެންމީހާވެސް ފާޑަކަށް ސަކަރާތްވި! އެހެންވެ ބޭސްކުރަންވެގެން މާލެއަށް ބަދަލުވީ! އޭގެ ފަހުން މިގެ މިހުންނަނީ ހުހަށް!”

އަހަރެން އިނީ ފިނިވެފައެވެ. ހިތް ބިރުގަނެފައެވެ. މި ގޭތެރެއިން ފެނުނު ކަންތައްތައް ކިޔައިދޭނެހާ ހިތްވަރެއް އެއިރަކުވެސް އަހަރެންގެ ކިބައަކު ނެތެވެ.

“އަހަރެން ބުނާނީ ތިއީ ހަމަ ތި ދެމަފިރިންގެ ފަރުވާކުޑަކަމުން ވީ ކަމެކޭ! ދަރިން އެހެން މީހެއްގެ އަތްމައްޗަށް ދޫކޮށްލާފަ ދިޔުމަކީ ވަރަށް ނުރައްކާތެރިކަމެއް!” އަހަރެންނާއެކު އޮފީހުގައި މަސައްކަތްކުރާ ރިޔާޒު ބުންޏެވެ.

“އާނ! އަދި މީގަ މަޖާތަންކޮޅަކީ، މިގެ ފަޅުވިތާ ހަފްތާއެއްފަހުން ބިދޭސީ ދެ ޓީޗަރަކު މިގެއަށް އުޅެން އައި! އެމީހުންނަށް ރޭގަނޑު ކުޑަކުއްޖަކު ރޯއަޑު އިވެނިއްޔޯ! ދެން އެ ކުޑަކުއްޖާ ފެންނަންވެސް ފެންނަނީޔޯ!” ތައްހާނު ހިނިގަނޑެއް ޖަހާލިއެވެ. “މިއޮއްފަދަ ޒަމާނުގައި މިކަހަލަ ވާހަކަ ގަބޫލުކުރާނީ ކާކު؟ އޭނ؟؟ މަރުވެފަ ތިބިމީހުން ދިރިހުއްޓާ ފެނުމަކީ ވެދާނެކަމެއްތަ؟ އެ ދެ ބިދޭސީން މިގެ ދޫކޮށްފަ ދިޔައީ އެހެންވެ! ގައިމު އަހަރެން ނުލާހިކު ގިނައިން މިގެއަށް އައިސް ހަދަން! މަށަކަށް ތިޔަ އަޑުތަކަކާއި އެ ސޮރެއް ނުފެނޭ!”

   އަނެއް ދެމީހުންވެސް ހިނިގަނޑެއް ޖަހާލިއެވެ. ހޭން ނޭނގިފައި އިނީ އަހަންނަށް އެކަންޏެވެ. ހެވޭނީވެސް ކިހިނެއްހެއްޔެވެ؟ އެ ހުރިހާ މަންޒަރުތަކެއް އަހަރެންގެ މި ދެލޮލުން ދުށީމެވެ. އެކަމަކުވެސް އެމީހުންނަށް ކިޔައިދޭކަށް ބޭނުމެއް ނުވިއެވެ. އެމީހުން އަހަންނަށް ޖޯކު ޖަހާނެއެވެ. ނުވިތާކަށް އޮފީސް ތެރޭގައިވެސް އެވާހަކަ ކިޔާނެއެވެ.

  އެރޭ ނިދަން އުޅެ އުޅެ އަހަންނަކަށް ނުނިދުނެވެ. އަހަރެންނަށް ވިސްނެނީ ހައިކަލް މަތިންނެވެ. މައިންބަފައިން ދަރިންނަށް އިހުމާލު ވުމުގެ ސަބަބުން ކިތަންމެ ހިތާމަ ވެރި ހާދިސާއެއްވެސް ހިނގާފަނެއެވެ. ހައިކަލްއަށް އަޅާލެވޭވަރު އަދިވެސް ކުޑައޭ އަހަރެންގެ ހިތަށްއެރިއެވެ. ފޯނު ނަގާ ޝާމިލާއަށް ގުޅާލީމެވެ. ހައިކަލްގެ ހާލު ބެލީމެވެ. ހައިކަލް ކައިރިން ދުރަށް ނުދާން ޝާމިލާ ގަތު އަދޭސް ކުރީމެވެ. އެވަގުތު އަހަރެންގެ ދެލޮލުން އައިކަރުނަ ޝާމިލާއަށް ފެންނުނުނަމަ ސުވާލުކުރީހެވެ.

ދަންވަރު 12 ޖަހަންދެންވެސް އަހަރެން އޮތީ ހޭލައެވެ. ގޮދަޑިމަތީ ދެކޮޅަށް އެނބުރިއެނބުރި އޮވެވުނީއެވެ. ލޯ މަރާލާއިރަށް ސިފަވަނީ އެ ކުޑަކުއްޖާއެވެ. އެ މައުސޫމު މޫނެވެ. ހުޅުވިފައުވަ އެ ބޮޑު ދެލޮލެވެ.

ގަޑިއިރަކަށްފަހު ގަޑިއިރެއް ވޭތުވަމުންދިޔައެވެ. އަހަރެންގެ ދެލޮލަށް ބަރުވާންފެށިއެވެ. ދެލޯ މެރެމުންދިޔަވަގުތު ފުސްގަނޑެއްގެ ތެރއިން އެކުއްޖާ ފެނުނުހެން ހީވިއެވެ. އަނެއްކާވެސް ގަދަކަމުން ލޯ ހުޅުވާލީމެވެ. އެވަގުތު ކުޑަކުއްޖެއްގެ ވޭނީ ރުއިމުގެ އަޑުން މުޅިތަން ގުގުމާލިއެވެ. އެ އަޑު އަންނަނީ ގޭގެ އަނެއްފަޅިން އެކޯ ވެގެން އަންނަކަހަލަ ގޮތަކަށެވެ. އަހަރެން ތެދުވެ އަނެއް ދެމީހުންނަން ބަލައިލީމެވެ. އެ މީހުން ތިބީ ގަދަ ނިދީގައެވެ.

ފަތިސްވަންދެން  އެ ރުއިމުގެ އަޑުއަހަން އަހަރެން އޮތީމެވެ. އެ އަޑު މަޑުވަމުންގޮސް ހުއްޓުނީ ފަތިސްނަމާދު ބަންގިއަށެވެ. ފަތިސްނަމާދުކޮށްގެން އައިސް ދަތުރަށް ތައްޔަރުވީމެވެ. އެރަށުންފުރިއިރު ގަޑިން 6 ގަޑި ބައެވެ. ލޯންޗު ފަޅުން ނުކުތުމާއެކު އަހަރެން އެރަށުގެ އެއްކޮޅުން އަނެއްކޮޅަށް ބަލައިލީމެވެ. އެވަގުތު ބަނދަރުމަތީހުރި ދިއްގަގަހެއްގެ ހިޔާދޮށުގައި އެ ކުއްޖާ ހުއްޓާ ދުށީމެވެ. އަހަރެން އަވި އައިނު ނެގުމަށްފަހު ރަނގަޅަށް ބަލައިލީމެވެ. އެއިރު އެކުއްޖާ ފަނޑުވަމުންގޮސް ގެއްލެނީއެވެ.

އަހަރެން ހަމަޖެހިލީމެވެ. މައިންބަފައިންގެ އިހުމާލުގެ ސަބަބުން ދުނިޔެއިން ވަކިވެގެންދާ މިފަދަ ކުދިންގެ ނަސީބު ހާދަ ދެރައެވެ. އެވަގުތު ހައިކަލް އެކަނިމާއެކަނި ގޭތެރޭގައި ކުޅެން އިންތަން އަހަރެންގެ ލޯކުރިމައްޗަށް ސިފަވިއެވެ. އަނެއްކާ މޭޒުމައްޗެއްގައި ވަޅިއެއްފަދަ ތޫނުއެއްޗެއް ނެތްބާއެވެ؟ އިސްތިރި ކުރާ މޭޒުމަތީގައި އިސްތިރި ބަހައްޓާފައި އެބަހުރިބާއެވެ؟ އިސްތިރީގެ ވާގަނޑުގައި ހިފަހައްޓައިގެން އެ ދަރިފުޅު ހުއްޓާ ކިތަންމެ ފަހަރަކު އަހަރެން ދުށީމެވެ. އެ ވާގަނޑަށް ދަމައިގެންފިނަމަ އިސްތިރި ވެއްޓޭނީ އެ ދަރިފުޅުގެ ބޮލަށެވެ.

މިފަދަ ހިޔާލުތަކުން ސިކުންޑިފުރިބާރުވިއެވެ. އެވަގުތު އަހަރެންގެ ހިތުން ދުޢާކުރީމެވެ. އަހަރެންގެ ދަރިފުޅު ރައްކާތެރިކުރައްވާށިއެވެ!

  • ˋˈ˚˒ˌ˛˖ ….ނިމުނީ …. ˖˛ˌ˓˚ˈˊˑ

Share Article

Follow Me Written By

Hoody

Level 310 Stories100 Comments

Other Articles

Previous

ހިތި ހަނދާން

Next

އަބަދަށް އެކީގައި ވާނަމޭ……… (ދެވަނަ ބައި)

Next
February 12, 2015

އަބަދަށް އެކީގައި ވާނަމޭ……… (ދެވަނަ ބައި)

Previews
February 11, 2015

ހިތި ހަނދާން

27 Comments!

  1. Hoody says:
    February 12, 2015 at 9:49 am

    This is my first horros story!!!!! hope u all like it!!!!! 🙂

  2. athoo.. says:
    February 12, 2015 at 10:18 am

    igireysi basthah sifa kohdhey iru nulun ragalhy. meehun vaahaka dhahkaa iru liyas mahsala eh nei.
    hiy dhamaiganna fadha sifa koh dhinun thakeh. laamaseelu vaahaka eh. mifadha kuru vaahakathah gina ginain genes dhinun edhemeve.

  3. Hoody says:
    February 12, 2015 at 11:45 am

    Thnkxx athoo…. dhn liyaa vaahaka thakuga thikan rangalhu kureveythoa balaanan, In Sha Allah! thnkx for the advise…. 🙂

  4. shahu says:
    February 12, 2015 at 12:01 pm

    Nice.. Kyp it up…

  5. nishan says:
    February 12, 2015 at 12:22 pm

    Sifakurun thakaa vaahaka vs salhi.. Ibraiytheri vaahaka eh.. Keep it up..

  6. naash says:
    February 12, 2015 at 1:28 pm

    nice….sifakurun hama habeyssss…….

  7. Hoody says:
    February 22, 2015 at 10:32 am

    thnkx Shahu, nishan, n naash… 🙂

  8. me22426 says:
    March 7, 2015 at 5:31 pm

    nice keep it up
    i like it

  9. Anonymous says:
    April 16, 2015 at 11:06 am

    Masalaakyy r.alifuhtah diya bayaku r.maakurathah madu kurii ma.. nd 3 vana mahsala akyy erashun fenunu gudurathy manzaru tah eyyna aakamakah v ma. Ekam vaahka ga eba buny alakh nooney raajje tere ah midanii…btw vaahaka varah lwwwbi

  10. Zary says:
    April 17, 2015 at 12:37 am

    Varah reethi vaahaka eh. Ibraiytheri vaahaka eh. Adhives ithuru vaahaka thakah inthizaaru kuran.

  11. ainnappx says:
    April 17, 2015 at 1:27 pm

    nycc story brww….dhera vehje varah..i just rememberd evrythin tht happend..eyee dhuvahakuvx handhaanun nufilaane dhuvaheh..aslu gud iburatheh thi dhiny..maai allah kuda kuda naby ge furaana ah rahumai lavvaashi..aameen….

  12. Shai says:
    April 18, 2015 at 10:23 am

    Wow

  13. Hoody says:
    May 26, 2015 at 2:41 pm

    thnkx alll.
    To anonymous. vaahaka alun fashaigen vidhaalhuvun edhen. male’ in alifuttah dhaairu maakurathah nujesseynetha? and vaahaka feshey thaa onnaane bunefa mee emme furathama faharey raajje thereah dhaa….
    BTW. thnkx..

  14. Nabhaan says:
    June 11, 2015 at 9:39 pm

    wow….axlu vx vrh salhi

  15. Zikko says:
    December 10, 2015 at 11:28 am

    Wow what the horror story ever

  16. Shai says:
    March 14, 2016 at 6:38 pm

    Nice Story…???

  17. Sinookko says:
    July 2, 2016 at 10:22 am

    Love this story??????

  18. raf says:
    November 11, 2016 at 4:44 pm

    nice

  19. Aarny says:
    May 18, 2017 at 6:49 pm

    did this really happens in maakurath ??????

  20. Ainth says:
    July 6, 2017 at 2:03 pm

    Varah reethi vaahaka eh☺️

  21. Angel says:
    November 14, 2017 at 3:57 pm

    varah rythi kyp it up ……. 🙂

  22. malaak says:
    February 24, 2018 at 9:51 am

    adhi thankolheh dhigu kohli nama varah salhi vees….nimmun ehaa reehcheh noon ekamuves varah habeysss ??

  23. mee says:
    November 7, 2018 at 1:08 pm

    very nice story

  24. Aisha says:
    December 27, 2018 at 3:58 pm

    Nice

  25. ?Jaeminie? says:
    May 7, 2020 at 5:45 pm

    Varah reethi mi vaahaka… ❤️❤️❤️

  26. Your fav bab says:
    October 18, 2024 at 8:13 pm

    Waiting for your horror stories hoody
    Nice story keep it up.

  27. Your fav bab says:
    October 18, 2024 at 8:17 pm

    Kihaa dhuvahe vejje story eh up nukuraa thaa..
    Bro story eh kiyan beynumey…
    Since you are the best author I’ve known on earth there is no one to ask
    Don’t think this as negetive.
    Just chill broooo…..

Comments are closed.


All Right Reserved!