ސާދުނާއަށް ހޭލެވުނީ ބާރު އަޑުފައްގަނޑެއްގެ ސަބަބުނަނެވެ. ފުންމައިގެން ތެދުވެ ކޮތަރީގެ ހުޅުވިފައިހުރި ކުޑަދޮރުން ބޭރު ބަލާލިއެވެ. ނަމަވެސް އެއްވެސް އެއްޗެއް އަދި މީހެއްވެސް އެވަގުތަކު މަގުމަތީގައެއް ނޫޅެއެވެ. މަގުމަތި ވަރަށް ހަމަހިމޭނެވެ. ވާނީވެސް އެހެންތާއެވެ. އެއީ މެންދަމުގެ ވަގުތެކެވެ. “މި ހިތް ގައިމު ވަގުތުގައި އަހަންނަށް މި އިވުނީ ކޮން އަޑެއްބާ؟!..” މި ސުވާލު ސާދުނާއަށް އަމިއްލަ ނަފުސާ ކުރެވުނެވެ. ނަމަވެސް އެކަމާމެދު ވިސްނުމަށް މާކަ ކިނަ ވަގުތެއް ހޭދައެއް ނުކުރެވުނެވެ. ސާދަ ވިލޭރޭގެ ބޮޑު ހަނދުން […]