Skip to content
އެސްފިޔަ

ކަރާފަނި

 

“އޭތް!!މަދީހާ!ތެދުވޭ!އެއޮއް 4 ޖަހަނީ..އަދިވެސް ތެދުވާކަށް ނުވޭތަ؟؟” މަދީހާ ކުރިހާވެސް ކަމަކީ ކަރުދޮށް ކަހާލާފަ އަނެއް ފަރާތަށް އެނބުރުމެވެ. “ޕިސްޕިސް.މަ ނޫޅެން ދެން ގޮވާކަށް.ނުތެދުވިއެއްނު.މާދަން މަށާ ދިމާއަށް ހަޅޭއްލަވާނެ ނުގޮޮވިއޭ ކިޔާފަ.” ހަސަނު ދިޔައީ ހާރު ކާށެވެ. އޭނާ އިތުރަށް މަދީހާއަށް ގޮވާކަށް ނުހަދައެވެ. ވާނީވެސް އެހެންތާއެވެ. އޭނާ މަދީހާއަށް ގޮވާތާ މިހާރު ބައި ގަޑިއިރު ވީއެވެ. މިއީ ކޮންމެ ރެޔަކުވެސް ވާވަރެވެ. ހަސަނު މަދީހާއަށް ހާރުކާން ގޮވާނެއެވެ. އެކަމަކު މަދީހާ ހޭލިއްޔާތާއެވެ. ފަހުދިހަޔަކަށް އެޅީއްސުރެ މަދީހާގެ ނިދިވެސް ހީވަނީ ނިދާފަ އޮންނަހެންނެވެ.

ފަތިސްނަމާދަަށް ގެއިން ނުކުތް ހަސަނު ގެޔަށް އައީ އާދައިގެ މަތިން 9 ޖަހަން އުޅެނިކޮށެވެ. “މިއަދަށް މަސައްކަތް ނިމުނީތަ؟” ސިޓިންރޫމްގައި ޓީވީ ބަލަން އިން މަދީހާއަށް ހަސަނު ގެއަށް ވަންތަން ފެނުމުން އަހާލިއެވެ. “ނޫނޭ! 11 ޖަހާއިރަށް ފަށާނެ އަނެއްކާ.މިއަދު ނިމޭނެ 4 ޖަހަންވާ އިރަށް.” ހަސަނު މިހެން ބުނުމާއެކު މަދީހާ އުފަލުންގޮސް ފޮޅުނެވެ. “އެހެންވީމަ އަންނާނަންދޯ ބަދިގޭގަ އެހީވާން؟” މަދީހާ މިހެން ބުނެލީ ހެވިފަ އިނދެއެވެ. “އާނ މަދީހާ.މަ މި އިންނަނީ ކަމެއް ނުކޮށް ހުހަށް މަދީހާއާ އެއްކޮށް ބަދިގޭގަ ކައްކަން ލިބޭތޯ ވިއްޔަ.” ހަސަނު ބަސްތަކަށް ދަމާލާފަ ބުނެލިގޮތުން މަދީހާ ތުން އަނބުރާލިއެވެ. ހަސަނު ގާތަށް އައީ ލާނެތް ހިންޏެކެވެ. “ދެން ތިޔަ ތުން އެތެރެއަށް ލާން ވެއްޖެ އެއްނު.ޓީވީގަ ޖެހޭ އެބަ މިހާރުވެސް.އޭތި ވެއްޓިދާނެ ވިއްޔަ.އަނެއްކާ މީ އެހާ ގިނައިން މީހުން ވަދެއުޅޭ ގެޔެއް.މީހަކަށް ތިގޮތަށް އިންދަ ފެނިގެން އަހާފާނެ އަހަރެން ކައިރީ ކޮންތާކުން ގެނެސްގެން އުޅޭ މާކަނައެއްހޭ.ދެން އަހަރެން ކީކޭ ބުނާނީ؟” ހަސަނު މިހެން ބުނުމުން މަދީހާ ގާތަށް ކުޑަކޮށް ނަމަވެސް ހިނި އައެވެ. 11 ޖެހުމުން ހަސަނު ނުކުމެގެން ދިޔައީ 4 ޖަހާއިރަށް ބަދިގޭގައި އެހީވާން އާދެވޭތޯ ބަލާނެ ކަމަށް ބުނެފައެވެ.

4 ޖެހިިއިރު ހަސަނު ހުރީ ގޭ ދޮރުމަތީގައެވެ. ތެދުވެރި ފިރިއެއް ވިއްޔާއެވެ. ހަސަނު ގެޔަށް ވަންއިރު ސިޓިންރޫމް ސޯފާގާ މަދީހާ އޮތީ ނިދާފައެވެ. ހަސަނު ގޮސް މަދީހާއަށް ގޮވަމުން އޭނާގެ ކޮނޑުގައި ހިފާ ތަޅުވައިގަތެވެ. “އޯތް އޯތް.މިތެދުވީއޭ!” މަދީހާ ނިދިިފިލާތޯ ދެލޯ އުނގުޅަން ފެށިއެވެ. “އަދި އެއްވެސް އެއްޗެއް ކައްކާކަށް ނުވެސް ފަށަންދޯ؟މީދެން ނިދަން ކޮން ގަޑިއެއްތަ މަދީހާ!” ހަސަނު ހުރީ ކުޑަކޮށް ހިތްހަމަ ނުޖެހިފައެވެ. “ހަސަނު ކަންތަކޭމީ ހައްތަހާވެސް!މަށަށް ހާރުކާކަށް ގޮވީކީވެސް ނޫން ވިއްޔަ .އަހަރެން މީނީ ހާންތި ވާވަރު ވެފަ.އަދިވެސް މަށާދިމާއަށް އެއްޗެހިގޮވާ!” ހަސަނު ބޮލުގަ އަތް އަޅާލިއެވެ. މަދީހާ މިހެން ބުނާނެކަން ހަސަނަށް އެނގެއެވެ. އެއްޗެކޭ ބުންޏަސް ވާނެ ފައިދާއެއް ނޯންނާނެއެވެ. އެހެންކަމުން ދެންވެސް ބަދިގެއަށް ދާން ހިނގާށޭ ބުނެ ހަސަނު ބަދިގެއާ ދިމާއަށް ހިނގައިގަތެވެ.

“އަހަރެން ފާޑަކަށް ބޮލަށް އެނބުރުން އަރާ އެބަ.” މަދީހާ ބަދިގެއަށް ވަދެ ގޮނޑިއެއްގައި އިށީންނަމުން ބުންޏެވެ. “ދެން މިއަދު ހެދިކާތަކެއް ހަދާނެ ކަމެއް ނެތް.ޓޯމާޓޯ ބަތް ކައްކާފަ ކަރާ ފަނި ގިރާނީ.” ހަސަނު މިހެން ބުނުމުން މަދީހާ ހިތްހަމަ ޖެހުނެވެ. އޭނާއަށް ލިބިފަ މިހުރީ ހާދަ ރަނގަޅު ފިރިއެކެވެ. ހަސަނު ތިމަންނަ ފަނި ގިރާނަމޭ ބުނުމުން މަދީހާ ފަނި ގިރާ ސާމާނު ހަސަނަށް ދިނެވެ. މަދީހާ ދެން އަވަސްވެގަތީ ޓޮމާޓޯ ބަތް ކައްކަން ކުރަން ޖެހޭ ހުރިހާ ކަމެއް ކުރުމަށެވެ. އެއްމެ އުނދުނެއް ހުންނާތީ މަދީހާ ފުރަތަމަ އުދީ ބަތް ތެއްޔެވެ. އެއަށްފަހު ޓޮމާޓޯ ބަތަށް ހަދާ ސޯސްގަނޑު ހެދުމަށް ކޮށަން ޖެހޭ އެއްޗެހި ކޮށަން ފެށިއެވެ. ހަސަނު ކަރާފަނި ގިރާ ނިމުމުން ޖަގަކަށް އަޅާފަ މޭޒުމަތީގައި ބެހެއްޓިއެވެ. އެއަށްފަހު މަދީހާއަށް އެއްޗެހި ކޮށަން އެހީވެދިނެވެ. ބަތް ކެކުނު އިރު 5 ގަޑި 45 ވެއްޖެއެވެ. ވާނީވެސް އެހެންތާއެވެ. ކައްކަން އުދީ އެހާވެސް ލަހުންނެވެ. އަވަސް އަރުވާލާފާ މަދީހާ ސޯސްގަނޑު ހެދުމައިގެން އުޅުނެވެ. ޓޮމާޓޯ ދަޅު އަޅާފަ ހަލުވާލަން އުޅުނުވަގުތު ބަންގި ގޮވަން ފަށައިިފިއެވެ. މަދީހާގެ ދެލޯ ނިއްކުރި މައްޗަށް އަރައިފިއެވެ. އޭނާ އަވަހަށް ސޯސްގަނޑު ފަހު ފަހަރަށް ހަލުވާލަން ބެލި އިރު ސޯސްގަނޑު އޮތީ ފުލުގަ ހިފާފައެވެ. ރޯދަ ވީއްލަން ކަރާފަނި ތައްޓެއް އަޅަަން ބަދިގެއަށްވަން ހަސަނަށް މި މަންޒަރު ފެނި ހިނި އައެވެ. ހަސަނު ގޮސް މޭޒުކައިރީ ހުއްޓިލީ ކަރާފަނި ޖަގު ހުރި ދިމާލުގައެވެ. މަދީހާ އޭރުވެސް ފެން ފުޅިއެއް ނުފެނިގެން ތެޅިފޮޅެނީއެވެ.

މޭޒުމަތީގަ ހުރި ޖަގު މަދީހާގެ ލޮލުގައި އަޅައިގަތީ އެވަގުތުއެވެ. ބަލާކަށް ނުހުރެ ސޯސްގަނޑު ތެރެއަށް ޖަގު އޮއްސާލައިފިއެވެ. ހަސަނު އޭރުވެސް ހުރީ މޭޒުމަތީ އެ ޖަގު ހުރިއިރު އެޔަށް އަތް ދިއްކޮއްލި ގޮތަށް އަތް ނަގަން ނޭގިފައި މަދީހާއާ ދިމާއަށް ބަލަހައްޓައިގެންނެވެ. މަދީހާ އަށް ހަސަނު ހުސް ތަށްޓެއް ހިފަހައްޓައިގެން ހުރިތަން ފެނުމުން ތިހުންނަނީ ކިހިނެއް ވެފަހޭ ދެންވެސް އަވަހަށް ކަރާފަނި ތައްޓަކުން ރޯދަ ވީއްލަބަލާށޭ ބުންޏެވެ. “ކޮންތާކު ހުރި ކަރާ ފަންޏެއް؟މަދީހާ ކަރާފަނި ޖަގު ތި އޮއްސާލީ ސޯސްގަނޑު ތެރެއަކަށްނު!” މަދީހާ އަތުގައޮތް ޖަގަށް އިޝާރާތް ކޮށްލަމުުން ހަސަނު ބުނެލުމުން މަދީހާ ދެލޯ ބޮޑު ކޮށްލަމުން ޖަގަށް ބަލަައިލިއެވެ. ދޮގެއްވާނޫނެވެ.ޖަގުގައި ކަރާ ކޮޅުކޮޅު ފެންނަން ހުއްޓެވެ. އަވަސް ކުރަން ހަދައިގެން ސޯސްގަނޑު ތެރެއަށް އެއަޅާލެވުނީ ކަރާފަންޏެވެ……

 

 

Comments (27)

  1. Ainnxx

    heyy everyone.this is my first story..hope u guys will lyk it 🙂

  2. LOL

    Hehehe…. varah majaa vaahakaeh.first story ah balaafa varah salhi.masahallah!!!:)

  3. dark princess

    First story aa balaafa v furihama ey buneveyny… aharrnves v story liyaahiyvey… school ga ulhun iru v ginain liyan.. but mihaaru time eh nulibey… mihaaru story kiyafa comment kurany.. keep it up… waiting 4 new story..

  4. zai

    Very fuuny..dhn ma heehee?

  5. sall

    Majaa story eh….

  6. aathu

    Lol!..nice funny story Ainnxx.. hehe..hope will get ur stories to read more..kyp it up n gudluck..

  7. mezzo

    nice

  8. risha

    hehe varah majaa..keep it up..

  9. Aishaa

    very funny… keep it up

  10. Vaahaka Kee Meehaa

    Ainnx ah mikan kurevidhaane.. v.reethi mi vaahaka. hama heehee halaaku. Thanks for the humor. Gud Luck!

  11. Anonymous

    hahahaa haadhahaa majaley dhoa

  12. luyoo

    Haha very funny and good .Keep it up .Good luck for your next story. Waiting for your next story

  13. le neex

    Hehe very funnyyy…keep it up kokkiiii….?

  14. juhaa

    hahahahahha heehee halaaku.

  15. maahy

    V majrr n nice toooooooo

  16. Ainnxx

    Thank u for all ur support lol, dark princess, zai, sall, aathu, mezzo, risha, aishaa, vaahaka kee meeha, anonymus (no name dhw :p hehe) , luyoo, juhaa, maahy n le neex.thnkx sis.. 🙂

  17. Ainnxx

    I am workin on a long story..ehkh nimmaalevunyma daily kh up khdheveythw balaanan.Insha Allah.. 🙂

  18. Hoody

    hehe! LOLX! Its really hilarious and it was a really nice plot….. Seriously, it was amazing! Keep up the good work Sis!!
    Adhi vex mikahala reethi vaahaka thah fennaane kamah ummeedhu kuran!!!
    You know, adhivex ingili thankuga eba rissaa! haadha haalakunney Upload kuraa goi sis ah kiyaidhevunee! hehe!!

  19. Ainnxx

    Huuunnn huuunnn rashah aima ingili thakuga rangalhu beyheh alhaadheynameyy :p thank u hoodhugandu..hehehe..

  20. Crazi

    Aslu eh bah jehey majaa story ves liyan

  21. MarSha

    This was awsum…. loveedddd it. Hope to see more of this. You r great ainnxx.. waiting waiting for more..

  22. Aashy

    heheh

  23. Reader

    majaa ingey..:/

  24. Reader

    :/

  25. princess

    vvvvvvvvv majaa n vvvv nice

  26. Angel

    vvvvvvvvvvvv majaaa

  27. reader

    hahaha

Comments are closed.