Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
މަޖާ

ނަހުލާގެ – އެ ރެނދު

Nahulaa Ge
October 9, 2015
7 Mins Read
88 Comments

މިއީ އެއްޒަމާނެއްގައި ދޫނި ރާއްޖޭގައި ރަސްކަން ކުރި ވަރަށް ހުޝިޔާރު ރަސްކަލެއްގެ ދެ ކަނބަލުންގެ ވާހަކައެވެ. އެއްވެސް ހާލކެއްގައި މިއީ މިރާއްޖޭގެ ވާހަކައެއް ނޫނެވެ. އަދި މި ރަސްގެފާކަނީ މިރާއްޖޭގައި މީހުންދެކޭ ވަރަށް ވުރެ މާ ހުޝިޔާރު ރަސްކަލެކެވެ. ވާހަކަ ކިޔާލުމުން މިކަން އެނގިގެން ދާނެއެވެ. ކޮންމެ ވާހަކައަކުންވެސް އިބުރަތެއް ޙާސިލްކުރުން މުހިންމެވެ. އެހެން އެހެންވީމައި ވާހަކަ ފަށަމާތޯއެވެ.

ދޫނިރާއްޖޭގެ ރަސްކަމަކީ ޒަމާނުއްސުރެ ނިކަން ހަލަބޮލި، ވަރަށް ނުފޫޒާއި ބާރު ބޭނުންކޮށްގެންނޫނީ ނުހިންގޭ ކަމަކަށް ވަނީ ވެފައެވެ. އެއީ ރަސްކަމަށް އަތް ގަދަ ކުރަން އުޅޭމީހުން ގިނަކަމުންނެވެ. އެޒަމާނުގައި ދޫނި ރާއްޖޭގައި އުޅުނު ކޮންމެ ދޫނިއާއިލާއަކުން އެކަކުހެން ރަސްކަމަށް އަރަން ބޭނުންވެއެވެ. އޮތީ އެންމެ ރަސްކަލެއްގެ މަޤާމެވެ. އެހެންކަމުން ވާދަވެރިކަން އޮންނާނޭ ހިސާބު އަންދާޒާ ކޮށްލައްވާށެވެ.

ކާޅުދޮންމަނިކަކީވެސް މިބީދައިން ރައސްކަން ބޭބުންވެގެން އަރުން ކުޅު ނުދިރި އުޅުނު މީހެކެވެ. ނަމަވެސް މީނާގެ “ކާޅު” ކަމުން އަތުގައި ކިތަންމެ ބައިވަރު އޮތަކަސް މިކަން މީނާއަށް ވުމަށްވުރެ ގާތީ ނުވުމާއެވެ. އެހެންކަމުން ކާޅު ދޮންމަނިކު ބޭނުންވީ އިސްތިރިއެއްގެ ބޭނުން ކުރާށެވެ. މި އިސްތިރި ހެދީ އެރާއްޖޭގައި އުޅުނު އެންމެ ބުއްދިވެރި ކަމަށް ބުނާ ކާޅު އާމިނައަށެވެ. ކާޅުއާމިނައަކީ އަނެއްކޮޅުން ކާޅުދޮންމަނިކު ނިކަން ހިތާވާވެސް މީހެކެވެ. ކޮންމެއަކަސް ކާޅުއާމިނައަށް ހެދި އިސްތިރި ވަރަށްވެސް ކާމިޔާބެވެ. އިސްތިރިހަދާފައި އޮތް ފަޅޯ އޮށް ތުނބުން ކާންދީ ނިމުނު އިރު ކާޅު އައިމިނަވަނީ ކާޅު ދޮންމަނިކާއި ހެދި އަމައެއް ބަފައެއް ވަކިނުވާވަރު ވެފައެވެ. ހީވަނީ ކާޅުއައިމިނަވެސް ހެދީ އިސްތިރިއެއްކަން އެނގިހުރެ އުޅެންފެށި ގޮތެއް ހެނެވެ.

ކޮންމެއަކަސް ކާޅުއާމިނައާއި ހިތާވެ، އިނދެ، ދަރިންވެސް ލިބިއްޖެއެވެ. ކާޅުދޮންމަނިކުވެސް ކާޅުއައިމިނަ ކައިރިން ނިކަން ހިކުމަތުގެ ފިލާވަޅު އުނގެނި، އައިމިނައަށް އެނގިފައިހުރިއްޔާ ހުރިއެއްޗެއްހެން އޭނާވެސް ދަސްކޮށް ނިންމައިފިއެވެ. އައިމިނަ މިކަންތައް ކޮށްދިނީ އުފަލުންނެވެ. އޭނާވެސް ބޭނުންވީ އޭނާގެ ފިރިއަށް ރަސްކަން ހޯދައިދޭށެވެ. ކާޅުއައިމިނަ ވަކިން ރަނިކަމަނާގެ މަޤާމުގައި ފަރިވެއިނދެގެން އަރާމު ދާންތަކުގެ މަތީގައި ނިދަން ނޭދޭނެހެއްޔެވެ؟ މިދެމަފިރިން ވަރަށް މޮޅު ރޭވުމެއް ރާވައިލިއެވެ.

ރޭވުމުގެ ދަށުން މިދެމަފިރިންވެސް ވަކި ބައިގަނޑެއް އެއްކޮށްފިއެވެ. ރަށުތެރޭ ލަޓޯ ފަޓޯ ވެގެން އެނބުރޭ ކުދިންކޮޅު ހައްދާ އޮޅުކޮށްފިއެވެ. ކާޅުއައިމިނަވެސް ވަކިން އަންހެންވެރިންގެ ބައިގަނޑެއް އެއްކޮށްގެން މީހުނަށް އެހީވެދީ އުޅެންފަށައިފިއެވެ. ނިކަމެތިންނަށް ހެޔޮ ފޯރުކޮށްދޭން އޭނާގެ ނަމުގައި މިބުނާ ބައިގަނޑު ފޮނުވަން ފަށައިފިއެވެ. ކާޅުދޮންމަނިކުވެސް ވިޔާނުދާ ކުދިންކޮޅުގެ އެންމެ އިސްކޮށްހުރި ސޮރު، ކާޅުދޮންތަކުރު މާއަރިސްކޮށް އޭނާ އޮޅުކޮށްލައިފިއެވެ. ކާޅުދޮންމަނިކަކީ ނިކަން ފައިސާހުރި މީހެއްކަމުން ދޮންތަކުރުގެ ދަމާ ކަނޑާ ކުދިންކޮޅަށް ވަރަށް ފައިސާދީ އެމީހުންގެ ބާރުގަދަކޮށްފިއެވެ. އިސާހިތަކު ކާޅުއައިމިނައާއި ކާޅުދޮންމަނިކު ދޫނިރާއްޖޭގެ އެންމެ ނުފޫޒުގަދަ މީހުނަށް ވެއްޖެއެވެ. މިކަމަށް އެހާބޮޑަށް ފާރަވެރި ނުވެ ހުއްޓައި އޭރު ދޫނިރާއްޖޭގެ ރަސްކަންކުރަމުންދިޔަ މާކަނާކަލޯ ރަސްކަމުގެ ތަޚުތުން ނުބައި ތުހުމަތެއް ކުރުވައިގެން ވައްޓާލައި ކާޅުދޮންމަނިކު ރަސްކަމަށް އަރައިފިއެވެ.

މިހައިހިސާބުން ކާޅުދޮންމަނިކަށް ވިސްނުނު ގޮތުގައި ރަސްކަމުގައި ހުރެވޭނީ އެންމެ ވިޔާނުދާ، އެހެންމީހުން ޖެހިލުންވާ ކަހަލަ އުޅުމެއް، ގުޅުމެއް، ގޮތެއް، ފޮތެއް، ފަންސޫރެއް ގަލަމެއް އެއްޗެއް ނެތް ކުދިން ކައިރި ކޮށް ދޮންފުތު ކޮށްގެނެވެ. އަދި މޮޅެތި ރޮކެޓު ޖަހައި ވަރަށް ތަމްސީލު ކުޅެގެންނެވެ. ކާޅުއައިމިނައަކީ މިއަށްވުރެ ތަންފުކެއް ހަމަޖެހޭ އަންހެނެކެވެ. މީނާ ހެދިވަޑާމަކީ ނިކަން މުރާލިވެލާފައި ގިނަ ގިނައިން މިހުން އެއްވެ އުޅޭތަންތަނަށް ފަރިދެއްކެން ނިކުމެ އެނބުރިލަނީއެވެ. ރަނިކަމަނާ މިހާކައިރިން ފެނިލާއިރަށް ހުރިހާ އެންމެން ވަރަށް ހެވިލާފައި ރަނިކަމަނާއަށް އިސްތިގުބާލުކުރެއެވެ. އަދި އެވާހަކަ އެކި ގޮތްގޮތަށް ބޮޑުކޮށް، މޮޅުކޮށްގެން އެކި މީސްމީހުން ލައްވައި ކާޅުއައިމިނަ ދައްކުވައެވެ.

ނަމަވެސް މިހެން މިކަންތައް ދާތާ މާގިނަދުވަހެއްނުވެ ކުރިން ރަސްކަމުގައި ހުރި މާކަނާކަލޯގެ ތާއީދު އަނެއްކައިވެސް ވަރަށް ގަދަކޮށްލައިފިއެވެ. ކުރެވުނު ތުހުމަތަކީ ހަގީގަތެއްނޫންކަން ގަބޫލުކުރި މީހުންނާއިއެކީ މާކަނާކަލޯ ނިކުމެ އުޅެންފަށައިފިއެވެ. މިކަމާ ކާޅުދޮންމަނިކު ވަރަށް ކަންބޮޑުވެއްޖެއެވެ. އެހެންކަމުން ކާޅުއައިމިނަގެ ލަފާގެ މަތިން އަނެއްކާވެސް އަނެއް ތުހުމަތެއް ކުރުވައި މާކަނާ ކަލޯ ބަންދުކޮށް ކުޑަގޮޅިއަށް ލައިފިއެވެ. އަދި މާކަނާކަލޯއާއި އެކު އިސްކޮށްއުޅުނު ދޫނިކޮޅުވެސް ބަންދުކޮށްހަދައި ދޫނިތަކުގެ ލޮލުގައި ނިކަން ކަޅު އަނދުނެއް އަޅުވައިފިއެވެ. ކާޅުއައިމިނަ ބުއްދީގެ އެތިފަހަރެއް ހެދިއެވެ. އޭނާގެ އެކި ސަފީރުން ފޮނުވައި މޮޅުވާހަކައެއް ހަދައި ޔޯލައެއްފަތުރައި މާކަނާ ކަލޯގެ މަތިން މީހުން ފޫހިކުރުވަން ފެށިއެވެ. އިސާހިތަކު ކާޅުދޮންތަކުރުގެ ރަސްކަން ދޮންވެ ފައްކާވެ ނުހަނު ތާއީދު ލިބި އިއްޒަތުގައި އުޅެން ފަށައިފިއެވެ. ކާޅުދޮންތަކުރުގެ ލަޓޯ ފަޓޯ ކުދިންކޮޅު ބޮލަށް އިތުރަށް ހުތްލައިދީ ގާތްކޮށް ރަސްކަމުގެ އާރާ ބާރުވެސް ނުހަނު ގަދަކޮށްފިއެވެ. ނަމަވެސް އުސްގަނޑަކަށް ފަހު އަޑިގަނޑެއްވެސް އަންނާނެތާއެވެ.

މިއަރާމާ އުފަލުގައި މާކަ ގިނަދުވަހަކު ފިކުރެއްނެތި ކާޅުދޮންމަނިކުގެ ދެމަފިރިންނަކަށް ރަސްކަމުގައި ނުތިބެވުނެވެ. މިވެރިން ހެދި އެތިފަހަރު އެނގޭ ބައެއްގެ ތުންތުން މަތިން މާކަނާ ކަލޯގެ ކުށެއް ނެތްކަން އެނގި އަނެއްކާ އިތުރު މަސްއަލާއަކާއި ކުރިމަތިލާން ޖެހުނެވެ. މިފަހަރު ދޫނިރާއްޖޭގެ ބޭރުން ޖަންގަލީގެ އެހެން ރަސް ރަސްކަލުންގެ ފަރާތުންވެސް މިމަސްއަލާގައި ފާޑު ކިޔުންތައް ދޫނިރާއްޖޭގެ ރަސްކަމަށް ރައްދުވާންފެށިއެވެ. މިކަމާއި ކާޅުދޮންމަނިކު ނިކަން ވިސްނިއެވެ. އެންމެފަހުން މޮޅު ރޭވުމެއް ރާވައިފިއެވެ. ކާޅުދޮންމަނިކު ހިތައްއެރިއެވެ. މިފަހަރު ފިސާރި ތަމްސީލެއް ކުޅެލާނަމެވެ.

ކާޅުދޮންމަނިކު ހެދިވަޑާމަކީ ޖަންގަލީގެ އެހެން ހިސާބަކަށް ދޫނިރާއްޖޭގެ ރަސްމީ ދަތުރެއް ރޭވީއެވެ. ދަތުރުދާން ރޭވީ ކޯރުގެ އަނެއްފަރާތުގައި އޮންނަ ހިސާބަކަށެވެ. އެދަތުރަކީ ދޫނިރާއްޖެއަށް ވަރަށް ފައިދާވާނެ ދަތުރެއް ކަމަށްބުނެ ވަރަށް އަޑުފެތުރިއެވެ. އެދަތުރުގައި ބައިވެރިވީ އެރަސްކަމުގައި ހިމެނޭ އިސްބައެއް މީހުނާއި ކާޅުއައިމިނައެވެ. ދޫނިތަކުގެ މެދުގައި ދޫނިރާއްޖެއަށް ރަސްގެފާނު ކާޅުދޮންމަނިކު ކޮށްދެއްވާ ޚިދުމަތްތަކޭކިޔައިގެން އިސްތިހާރުކުރަންވެސް ބަޔަކު ވަނީ ހަމަޖައްސާފައެވެ. ދޫނިރާއްޖޭގެ ދޫނިތަކަކީ މީހަކު އާވާހަކައެއް ދައްކައިފިނަމަ އެވާހަކަ ވަރަށް ފަސޭހައިން ގަބޫލުކޮށްލާ ބައެކެވެ. އެހެންކަމުން މިދަތުރުގެ ސަބަބުން ދޫނިރާއްޖޭގައި ކާޅުދޮންމަނިކަށް ވަރަށް ތާއީދު ބޮޑުވެއްޖެއެވެ. އަދި ޖަންގަލީގެ އެހެން ހިސާބު ތަކުގައި ވެސް މިވާހަކަތައް ފެތުރިއްޖެއެވެ. ކޮންމެއަކަސް އެދަތުރު އަރާމުކުރުމުގައާއި ކުޅިމަޖާ ޖެހުމުގައި އެތައް ދުވަހެއް ވަންދެން ދުއްވަ ދުއްވާފައި އެނބުރި ދޫނިރާއްޖެއަށް އަންނަން ދަތުރު ހަދައިފިއެވެ. މިދަތުރުގައި ބައިވެރިވި ހުރިހާ އެންމެން ދިޔައީ މި މަންތިރި ޖަހަން އެއްބަސްވެގެން ނަމަވެސް ކާޅުދޮންމަނިކު އެއްދޮނުގައި ދެބުޅިޖެހިއެވެ. އެކަން އެނގެނީ ކާޅުދޮންމަނިކުގެ އެންމެ އަރިސް ހަށިފާރަވެރިޔާއަށް އެކަންޏެވެ.

ދޫނިރާއްޖެއަށް އެނބުރި އަންނަކަން ކުރިޔާލައި އޮތީ އިއުލާން ކޮށްފައެވެ. އަދި ދޫނިރާއްޖެއަށް އުފާވެރި ހަބަރެއް ގެނައިވާހަކަ ގޮވައި އެންމެންނާއި ބައްދަލުކުރަން ރައްޔިތުން އަތިރިއަށް އެއްކުރުވަން ރޭވިއެވެ. އަދި ނިކަން ވަގުވަގަށް ކާޅުދޮންމަކުގެ ރޭވުމަށް އެމީހުން ދަތުރުކޮށްފައި އައި ކަނދުފަތީގެ ކުރީގައި ދުންފަޓާހެއް ފޮރުވިއެވެ. މިކަން އަނބިގޮއްޔެ ކާޅުއައިމިނައަކަށް ވެސް ނޭނގޭނެއެވެ. މިފަޓާހުން ދުންއަރާފައި ބޮޑުއަޑެއް ގޮވާނީ ކަމާއި އެއްވެސް ގެއްލުމެއް މީހަކަށް ނުވާނެކަން އެނގެނީ ކާޅުދޮންމަނިކާއި އޭނާގެ ހަށިފާރަވެރިޔާއަށެވެ. ކަނދުފަތި ލެފެން ގާތްވުމާއިއެކު އެއވެފައި ތިބި ދޫނިތައް ޘަނާ ގޮވަންފަށައިފިއެވެ. ވެދުން އަޅަން ފަށައިފިއެވެ. މިމަންޒަރުބަލަން ހެވިފައި ކާޅުއައިމިނަވެސް ކުރިއަށްޖެހިލީމައި ތަންވަޅުބަލާފައި ކާޅުދޮންމަނިކު ކަނދުފަތީގެ ފަހަތަށް ޖެހި ރައްކައުވެއްޖެއެވެ. އެއާއިއެކު ހަށިފާރަވެރިޔާ ނިކަން ވަގަށް ދުންފަޓާސް ގޮއްވާލިއެވެ. އެއަޑަށް ކާޅުއައިމިނައާއި ދެންތިބި މީހުންވެސް ގަނަނާކުރެއްވި ބިރުން ވެއްޓި ގަނެއްޖެއެވެ. އަދި އެހާމެ ހަލުއިކޮށް ފުލުސް ދޫނިތައް އައިސް ރަސްގެފާނުގެ ދެކަނބަލުން ސަލާމަތް ކުރަން އަވަސްވެގަތެވެ. ކާޅުދޮންމަނިކު ދުވެފައި އައިސް އަނބިގޮއްޔެ ކައިރީގައި ބުނެފިއެވެ. ކާޅުއައިމިނައެވެ. ނަމަ ނަމަ ނުތެދުވާތި އިނގޭއެވެ. މިއޮތީ ދޫނިތަކުގެ ލޯތަކުގައި ފިސާރި ބޯ އަނދުނެއް އަޅުވާލާނެ ފުރުސަތެއް ލިބިފައެވެ. މިކަމާއި ކާޅުއައިމިނަވެސް ނިކަން އުފާވިއެވެ. ފިރި އެހާ ވިސްނުން ތޫނުވީމައެވެ.

ވެއްޓިފައިއޮތް ކާޅުއައިމިނަ އަޑުންއަޑު ނަގައި ރޮއިގަނެއްޖެއެވެ. މަށެއް ނެތޭ، މަށެއް ނެތޭ ރެނދެއް ލައިފިޔޭ މަމަރައިފިޔޭ ގޮވައި ހޭރެންފަށައިފިއެވެ. ރަސްގެފާނު ކާޅުދޮންމަނިކު ނިކަން ކޯފާވާގޮތް ދައްކާލައިފާ ހަރުއަޑުން އަވަހަށް މީހުންތައް ދުރުކުރާށޭ މަގޭ އަނބި ހަސްފަތާލަށް ގެންދާށޭކިޔައި އަމުރު ހިންގައިފިއެވެ. ވަގުތުން ފަތްޖެހި އެނދުގެ މަތީގައި ހަސްފަތާލަށް ކާޅުއައިމިނަ ގެންދެވިއްޖެއެވެ. ކާޅުއައިމިނަ ގެނެސް ހަސްފަތާލުގެ ކުއްލިހާލަތުގައި މީހުން ގެންނަ ކޮޓަރިއަށް ގެންގޮސްފައި އެތާނގައި ތިބި އަދު ތޯ މާދަން ވެފައި ތިބި ހާލުބޮޑެތި ބަލިމީހުންތައް ނެރެ، މުޅި ކުއްލިހާލަތުގެ ކޮޓަރި ރަސްގެފާނުގެ އަމުރަށް އެދެމައިންނަށް އެކަނި ހުސްކުރުވިއެވެ. ވަގުތުން އެތަނަށް އެންމެ ކުޅަދާނަ ހަކީމު އައިސް އަހައިފިއެވެ. މާތް ސާހިބާއޭ ވީ ކީއްތޯއޭ ޖެހުނީ ފަހެ ކޮންފަދަ މުސީބާތެއް ތޯއެވެ. ރަސްގެފާނު ކާޅުދޮންމަނިކު ކޯފާވެފައި ބުނެފިއެވެ. ބަލަ މިހިރަ ނިކަމެތި ދޫންޏާއޭ ކަލެއަށް ނުފެނޭހޭ އެއޮތީ މަގޭ އަނބި ރެނދެއްލައިފައެވެ. ހަކީމު ވަގުތުން އެންމެން އެތަނުން ބޭރުކޮށްފައި ނިކަން ރަނގަޅަށް ކާޅުއައިމިނައަށް ވެފައި އޮތްގޮތް އޮޅުންފިލުވަން އަވަސް ވެގަތެވެ. އެތައް އިރަކު އެތައް ގޮތަކަށް ބަލަބަލާފައި ނުކުމެ ބުނެފިއެވެ. މާތް ސާހިބާއޭ އޮތީ ރެނދެއް ލައިފައެވެ. ކާޅުދޮންމަނިކު ނިކަން ހިތްޕުޅާވެފައި އަހައިލިއޭ ހަކީމާއޭ ރެނދު ވަރަށް ގޯސްދޯއެވެ. ހަކީމު ބުނެފިއެވެ. ސާހިބާއޭ އެ ރެނދު ގޯސްވާނީ ކިހިނެކުންތޯއޭ އެއީ ކޮންމެ ދޫންޏެއްގައިގަވެސް އިންނަ ރެނދެއް ނޫންތޯއެވެ.

އެބުނިއެއްޗެއް ކާޅުދޮންމަނިކަށް ފަހުމްވެ ކޯފާވިވަރުން ހަކީމު ހަވަރަށް ދީފިއެވެ. އެއަށްފަހު ވަދެ އަނބި ގޮއްޔެ ކާޅު އައިމިނެއާއި އެކަނި ބައްދަލުކޮށްފިއެވެ. ކާޅުދޮންމަނިކު ބުންޏެވެ. ލޯބިވާ ކާޅުއައިމިނާއޭ މިއީ އަހުރެން ރާވައިގެން ކުރިކަމެކޭ، އައިމިނަ ގުރުބާންކޮށްގެންވެސް ރަސްކަން ދަމަހައްޓަން ޖެހޭނެއެއް ނޫންހެއްޔެވެ؟ އައިމިނަ ނިކަން އުފާވެފައި ބުނެފިއޭ ކާޅުދޮންމަނިކަށް އަހުރެން ނަގައިދިން ހިކުމަތުގެ ފިލާވަޅުތައް ނިކަން ރަނގަޅަށް ދަސްވެއްޖެކަން ގަބޫލުނުރަމެވެ. ތިކަހަލަ ފިރިއެއް ލިބޭނީ މަދުމީހަކަށެވެ. ތިއީ ހަމައަސްލުވެސް ރަސްކަލެކެވެ. ރަސްކަމަށްޓަކާ އަހުރެންވެސް ޤުރުބާންކޮށްލަން ތިހުރީ ތައްޔާރަށް ވިއްޔާއެވެ. އަދި ބުނެފިއޭ މިފަހަރު ތިމަންނާ މުޅި ޖަންގަލީގެ ހަމްދަރުދީ ނުހޯދައިފިއްޔާ އަހުރެންމީ ކާޅުއައިމިނައެއް ނޫނެވެ. ކާޅުދޮންމަނިކު ނިކަން އުފާވެ އާ ހަކީމަކު ހޯދައިފިއެވެ. އެއީ ދޫނިރާއްޖޭގައި ދެންހުރި ހަމައެކަނި ހަކީމެވެ. އޭނާކައިރީގައި ހުރިހާ ވާހަކައެއް ކިޔައިދީ މިކަންތަކަށް އެއްބާރުލުން ނުދީފިނަމަ ހަވަރަށް ދޭނެކަމަށް ބުނެ ނިކަން ބިރުދައްކައިފިއެވެ. މިހަކީމު ރަސްގެފާނުންގެ ކޮންމެ އަމުރަކަށް ކިޔަމަންވާން ހުވައިކޮށްގެން ކާޅުއައިމިނަގެ ހަކީމުކަމުގައި ބޭސްކުރަން ފަށައިފިއެވެ.

މާގިނަ އިރުތަކެއްނުވެ މުޅި ދޫނިރާއްޖޭގައި ކާޅުއައިމިނަ ޝާހީ ކަނދުފަތިކޮޅުގައި ގޮވި ބޮމުން ރެނދެއްލައި ވަރަށް ހާލުބޮޑުވެ ހަސްފަތާލުގައި އެނދުމަތި ކުރެވުނު ވާހަކަ ފެތުރިއްޖެއެވެ. އަދި މިހަބަރު ޖަންގަލީގެ އެހެން ރަސްރަސްކަލުންނަށް ވެސް ލިބި މުޅިޖަންގަލީގެ ކަންކޮޅުތަކުގައި ކާޅުދޮންމަނިކާއި ކާޅުއައިމިނަގެ ނަން މަޝްހޫރުވެއްޖެއެވެ. އެހެންކަމުން ކާޅުދޮންމަނިކު ބޭނުންވީ އެލިބެމުންދާ ތައުރީފާ ތަރުހީބުގެ ބަސްތައް އަބަދު ލިބިލިބި ހުންނާށެވެ.

ހަސްފަތާލުން ރަސްގެފާނުންގެ ދެކަނބަލުންނަށް ވަކި ކޮޓަރިކޮޅެއް ހުސްކޮށް އެތަން ވަރަށް ފުރިހަމަ ފަރުމާތަކުން ފަރުމާކޮށް ނަލަހައްދާ އެތަނުގައި ކާޅުއައިމިނަ އަރާމު އެނދެއްގައި ބާއްވައިފިއެވެ. އަދި ހަކީމަށް އަންގައިގެން ބޭސް ކުރުވަން ފަށއިފިއެވެ. ހަކީމަށް ވެގެން އުޅޭގޮތެއް އޮޅިފައެއް ނެތެވެ. އެހެންކަމުން ހަކީމަށް ރާނީގެ ބައްޔަށް ބޭސްކުރަން ދޭން ޖެހުނީ ވިޓަމިން ސީ ގުޅަ އަކާއި ވިކްސް މެޓައަކާއި ޕެނެޑޯލް ގުޅައަކާއި ލޮލީޕޮޕެކެވެ. އަދި ގައިގާ ވަރުޖެހޭ ރަނގަޅު އައިވީއެއް ގުޅާފައި ބާއްވައިގެން އިރުއިރުކޮޅާ އައިވީއެއް ބޯންދީދީ އޮވެއެވެ. އަދި ރާނީގެ ޙާލު ދެކިލަން ޒިޔާރަތް ކުރާ ކޮންމެ މީހަކު ވަނުމުގެ ކުރިން ރާނީއަށް ވެދުމަށް އަރުވަން ގުލޭނޫރަންމަލުގެ ބޮނޑިހަދާފައި ހަސްފަތާލު ކައިރީ ބަނޑަހައަކުން އަގުބޮޑުކޮށްވިއްކައެވެ. އޭގެން ބޮނޑިއެއް ގަނެގެން ނޫނީ ރާނީގެ ފައިންޕުޅު ދެކިލަން އެއްވެސް ދޫންޏަކަށް ވަނުން މަނާ ކުރިއެވެ.

މިގޮތުގައި ދެދުވަހެއް ވެލާއިރަށް ކާޅުއައިމިނަ ރަނގަޅުވާލެއް ލަސްވެ އެކަމަކީ އެހާބޮޑުކަމަކަށް ނުވެ އެހާ ގިނަދުވަސްވާތީ ދޫނިތައްކުގެ ސުވާލު އަންނަން ފަށައިފިއެވެ. ރަސްގެފާނު ހަކީމަށް އެންގިއެވެ. އޭ ހަކީމާއެވެ. ކޮންމެވެސް ރަނގަޅު އެއްޗެކޭ ކިޔައި އިތުރަށް ބަލިގޯސްކަން އަންގައި ދޫނިތަކުގެ ސަމާލުކަން ހޯދާށެވެ. ނޫނީ ކަލޭ ހަވަރަށް ދޭނަމެވެ.

މިކަމާ ހަކީމު ނިކަން ބިރުގަތެވެ. އަދި ވަރަށް ވިސްނާފައި ގޮސް ކާޅުއައިމިނަ ކައިރީގައި ބުނެފިއެވެ. އިއްޒަތްތެރި ކަމަނާއޭ ކަމަނާގެ ބުރަކަށިން އިތުރު ރެނދެއް ލައިފިއެވެ. ކާޅުއައިމިނަ ބުނެފިއޭ ބަލަ ހަކީމާއޭ ހަކީމަށްވެސް އެނގެއެއްނޫންހޭ އަހުރެންގެ އިތުރު ރެނދެއް ނެތްކަމާ މިއީ ސަމާލުކަން ހޯދަން ކުޅޭ ތަމްސީލެއް ކަން. އެހެން ބުނުމުން ހަކީމު އަނެއްކާވެސް ބުނެފިޔޭ އިއްޒަތްތެރި ކަމަނާއޭ ކަމަނާ އާލާސްކަންފުޅާ ތިހެން އޮށޯވެ އޮންނަވާ އޮންނަވާ އިތުރަށް ބަލި ބޮޑުވެ އިތުރު ރެނދެއް ލީއްޔޭ، މިފަހަރު ލީ ރެނދުގައި އިތުރު ލޯވަޅެއްވެސް އެބައިނެވެ. މިކަމާ ކާޅުއައިމިނަ ގަތީ އަމަށަކު ބިރެއްނޫނެވެ. މަކަރުހަދައި ރައްޔިތުންނަށް އޮޅުވާލައިގެން އޮތް އޮތުމުގެ ބަދަލު މާތްކަލާންގެ ދެއްވީއޭ ހިތައި ނިކަން ފިކުރު ބޮޑުވެއްޖެއެވެ. މިކަމާ ކާޅުއައިމިނަ އަޑުން އަޑުނަގާ ރޯންފަށައިފިއެވެ. ގަންނާކުރެއްވި ބިރުން އެނދަކު ބުރަކަށްޓެއް ޖައްސާލަން އަދި އަމުދުން އެއްބަހެއް ނުވިއެވެ. މިކަން ބޮޑުވެ ދޫނިރާއްޖޭގެ އެންމެން ރާނީގެ އާލާސްކަންފުޅުގެ ސަބަބުން އިތުރަށް ހަމްދަރުދީ ވެއްޖެއެވެ.

ކާޅުދޮންމަނިކު ނިކަން އުފާކުރިއެވެ. ހަކީމަކީ މޮޅުދޫންޏެކޭ ކިޔައި ހަކީމަށް އޭނާގެ ބަރުދަނަށް ރަންވެސް ކިރައިފިއެވެ.

ދެދުވަސް ފަހުން ހަކީމު ކާޅުއައިމިނަގެ ހާލުބަލައިލަން ދިޔައެވެ. އޭރަކު ކަމަކުދާކަށް ނެތެވެ. ކާޅުއައިމިނަ، ރެނދުން ހެދުނު ލޯވަޅުން ވެރި ލޭހުސްވެދާނެތީ ބިރުން ބުރަކަށި ޖައްސާނުލާ، ގޮނޑިއެއްގައި އިށީނދެއިނދެ އެކަމުގެ ހިތާމައިގާ ނުކެވި، ނުބޮވި، ވަނީ ހާލު ވަރަށް ގޯސްވެފައެވެ. ހަކީމު ނިކަން ރަނގަޅަށް ކާޅުއައިމިނަ ބަލައިފާ ކަންބޮޑުވެފައި ބުނެފިއެވެ. އިއްޒަތްތެރި ކަމަނާއޭ ކަމަނާ ތިޔަހެން ބުރަކަށި ޖައްސާނުލާ އިށީނދެ އިނދެ އިނދެ ކަމަނާގެ ރެނދުން ރެނދުލައިފިއޭ އެރެނދު ނިކަން ގޯހެވެ. މިކަމާ ކާޅުއައިމިނަ އިތުރަށް ބިރުގަނެ ގޮތް ހުސްވެސްޖެއެވެ. އަދި މިވާހަކަ ކާޅުދޮންމަނިކު ކައިރީގައި ބުނެ އޭނާއަށް ރަނގަޅު ފަންޑިތައެއް ހަދައިދޭން ބުނެފިއެވެ. ކާޅު ދޮންމަނިކު މިވާހަކަ އަޑުއަހާފައި ނިކަން އުފަލުން ހަކީމު ގާތަށް ގޮސް ޘަނާ ކިޔައި ހަކީމަށް ބުނިވަރަކަށް ފައިސާއާއި ރަން ދީފިއެވެ. ހަކީމު ގާތު ބުންޏެވެ. ހަކީމަކީ ނިކަން ކުޅަދާނަ މީހެކެވެ. ތިޔަ ހަދާލި އުކުޅަކުން އައިމިނަވެސް މިހާރު ހީވަނީ ތަމްސީލުކުޅޭއިރު އަސްލަށްވެސް ބަލި މީހެއް ހެނެވެ. އޭނާގެ ހާލުދައްވެގެން ކަމަށް ހީކޮށް މީހުންތައް ކައިރިން ނުފިލާ އަވަދިނެތި އުޅޭއިރު އޭނާގެ މޮޅުކަމުން އެމީހުންނަށް ކާޅުއައިމިނަ އެއީ ބަލިނޫން މީހެއްކަމެއް ރޭކާވެސް ނުލައެވެ. ހަކީމު ނިކަން ކަންބޮޑުވެފައި ބުނެފިއެވެ. މާތް ސާހިބާއެވެ. ރާނީ ކަމަނާ ހަގީގަތުގައިވެސް އާލާސްކަންފުޅު ވަރަށް ބޮޑެވެ. ކާޅުދޮންމަނިކު ބޮޑު ހިނިގަނޑެއް ޖަހާލައިފައި ބުނެފިއެވެ. ކޮންބައްޔެއްހެއްޔެވެ. ހަކީމު ބުންޏެވެ. ރެނދެއްލިއްޔޭ، އެރެނދު މިހާރު ވަރަށް ބޮޑުވެސް ވެއްޖެއޭ، އަހަރެންނަށް ފެންނަނީ އެހެންވީމައި ތަންކޮޅެއް ބާރުގަދަ ބޭސްދީގެން ރަނގަޅުކުރާށެވެ. ކާޅުދޮންމަނުކު ހިނިގަނޑެއް ޖަހައިފާ ބުންނޭވެ. އަނބި ގޮއްޔެގެ އިން ހަމައެކަނި ރެނދު ބައްދަން ކަލޭ އުޅޭނެ ކަމެއް ނެތޭ އޭރުން ވާނީ އިތުރު އުނދަގޫތަކެއް ނޫންހެއްޔެވެ. މިހާރު ތިޔަ ކަންތައް ކުރާގޮތައް ކުރާށެވެ.

އޭގެ ހަފްތާއެއްފަހުން ކާޅުއައިމިނަ އިށީނދެގެން ނީދެވި، އޮށޯވެގެން ނޯވެވި، ކާއެއްޗެއް ނުކެވި، ފަޔަށް ދުޅައެރި، ފައިގައި ވެސް ރެނދެއްލައި، އެރެނދު ގޯސްވެ ވަރަށް ހާލުގައި އޮވެ ނިޔާވެއްޖެއެވެ. މިހިސާބުން ކާޅުދޮންމަނިކު އައިސް ކާޅުއައިމިނަގެ ހަށިގަނޑުކައިރީގައި އިށީނދެ އިނދެ ކިޔަންފަށައިފިއެވެ. ކާޅު އައިމިނާއެވެ. ނިކަން ތަމްސީލި ކުޅެވިއްޖެއެވެ. މުޅި ދޫނިރާއްޖެ މިއޮތީ އަހަރުމެންނަށް ބޯތިރިކޮށްލާފައެވެ. މިހާރު ދެން އިތުރަށް ސަމާލުކަން ހޯދަން އެއް ކަމެއް ނުކުރިޔަސް އުމުރު ދުވަހު ރަސްކަމުގައި ތިބެވޭނެހާ ތާއީދު ލިބިއްޖެއެވެ. ދެންއަވަހަށް ރަނގަޅުވީކަމަށް ހެދިފައި ތެދުވެގެން ގެޔަށް ދަމާ ހިނގާށެވެ. ކާޅުއައިމިނަ އާއިއެއްކޮށް ސަމާސާކޮށްލާ ނިދާލާ ހަދާނުލެވޭތާ ލައްކަދުވަސް ވެއްޖެއެވެ. ދެންއިތުރަށް ކެތެއް ނުވާނެއެވެ. ކާޅުދޮންމަނިކު ވަރަށް ވާހަކަ ދައްކާވެސް ކާޅުއައިމިނަ އަނގައަކުން ނުބުންޏެވެ. ދެން ހަކީމު ހޯދަން އަންގައިފިއެވެ. އުޅެއުޅެ އެކަމެއް ނުވިއެވެ. އެންމެފަހުން އެނގުނީ ހަކީމު ދޫނި ދޫނިރާއްޖެ ދޫކޮށްފައި ލިބުނު ރަނާއި ފައިސާ ހިފައިގެން ދިޔަކަމެވެ. ކާޅުދޮންމަނިކު ވާނުވާ ނޭނގި ކޯފާއިސްވެ އެންމެފަހުން ހަދާނެ އިތުރު ގޮތެއް ނެތިގެން ހަވަރަށްދިން ހަކީމު ހޯދައިގެން ގެނެސްފިއެވެ.

ހަކީމަށް ކަންވީގޮތް ރަނަގަޅަށް އެނގިއްޖެއެވެ. ހަކީމުބުނެފިއެވެ. މާތް ސާހިބާއެވެ. އިއްޒަތްތެރި ކަމަނާ އޮންނެވީ އަވަހާރަވެފައެވެ. ވަރަށް އާލާސްކަންފުޅާ އޮވެ ފަރުވާއެއް ލިބިވަޑައި ނުގެން އަވަހާރަވީއެވެ. ކާޅުދޮންމަނިކުގެ ދުނިޔެ ހީވީ ހުއްޓުނުހެނެވެ. ކަންވީގޮތާއި މެދު ވިސްނައިލެވުނީ ދެނެވެ. ކާޅުދޮންމަނިކު ހިތަށްއެރިއެވެ. ކާޅުއައިމިނަ އެހާ ބަލިވައްތަރު ޖެހީ ހަގީގަތުގައިވެސް ބަލިވެގެނެވެ. ހަކީމު ބަލިވާހަކަ ބުނީ އަސްލަށްވެސް ބަލިވީމައެވެ. އެއީ ތަމްސީލެއް ނޫނެވެ. ސަމާސާ ވިހަވީއެވެ. މަކަރު ހަދާމީހަކު ހަދާނީ މަކަރު ނޫންކަމެއް އެނގޭނީ ކިހިނެއްހެއްޔެވެ. ބޭސްދިނުން މަނާކުރީވެސް އޭނައެވެ. މުޅި އުމުރު އަރާމާއި އުފަލުގައި އުޅެން ރަސްކަމުގެ ފޮނިމީރުކަން ދަމަހަށްޓަން ޖެހި މަޅީގައި އަމިއްލަޔަށް ޖެހި ބަނދެވުނީއެވެ. ޖެހިފޮޑި މިވަނީ އަމިއްލަ ބުޑަށެވެ. ކާޅުދޮންމަނިކަށް ކަންކުރެވުނު ގޮތް އެނގި އަޑުން އަޑު ނަގައި ރޯންފަށައިފިއެވެ. އެހިތާމައިގައި އޭނާ ދުނިޔެއިން މޮޔަވެއްޖެއެވެ. އަދި ހެދި މޮޅެތި އުކުޅުތައް ގޮވަން ފެށިއެވެ. ހަގީގަތް އަމިއްލަ އަނގައިން ފާޅުވީމައި ރައްޔިތުން ނިކުމެ އޭނާ ހަވަރަށް ދިނެވެ. އަދި ދޫނީރާއްޖޭގެ ރަސްކަން އަލުން އަނބުރާ މާކަނާކަލޯ އާއި ހަވާލުކުރިއެވެ.

-ނިމުނީ-

8
  • Facebook
  • Twitter
  • Pinterest
  • Telegram
  • WhatsApp

Share Article

Follow Me Written By

Nahulaa Ge

Other Articles

Previous

ޝެރިން (4 ވަނަ ބައި)

Next

އިންތިޒާރު ( 15 )

Next
October 9, 2015

އިންތިޒާރު ( 15 )

Previews
October 8, 2015

ޝެރިން (4 ވަނަ ބައި)

88 Comments

  1. Sanam says:
    October 9, 2015 at 6:42 am

    Kalo thi vure reethi vane amye kiyun…Aani dhen jeheyni halan

    1. Tamao says:
      October 11, 2015 at 12:47 pm

      Kaley amayey kiyaa balhaa…. adhi thilhaamennah dhakkaanan miraajje mee kaalhu fathumaage ekani thaneyy noonkan

  2. Tulip says:
    October 9, 2015 at 8:09 am

    Vowwww!! Habeyss?? ..E’ Govun kiaa story eh nettha? BP mahchah dhaa kudhin story nukiaany??

    1. ހަސަނު says:
      October 11, 2015 at 6:39 am

      Varah FK

  3. Rose says:
    October 9, 2015 at 8:12 am

    Dhn hama yaameen ah joke jahaafa dhw

    1. iraa says:
      October 9, 2015 at 5:22 pm

      agree

    2. ހަސަނު says:
      October 11, 2015 at 6:41 am

      Boagoas vefa thibegen liyaa liun

    3. dark princess says:
      October 11, 2015 at 9:16 pm

      I agreed u..

  4. Faya says:
    October 9, 2015 at 8:13 am

    Dhen anehkaa e maakanaa kalonge ras kamuge dhuvas vareve. Meenaa meenaa ge jangaleege ehenehen ras ras kalun ge ruhun hoadhumah jangaleege beyrah kuri dhathurehgA .. Maakano kalo ge dheenaa hilaaafa ethah vaahaka thakeh dhahkaa , quruaaan aa hadheees nun ehen hahleh hoadhan jehey kamah vaaahaka dhahkaa ethah hajoo eh jehi oala ..

    1. ހަސަނު says:
      October 11, 2015 at 6:43 am

      Aslu vaakaha akee mee..

  5. ninth says:
    October 9, 2015 at 8:16 am

    nasybakun mi miothy ninmaafa….

  6. Sandy says:
    October 9, 2015 at 8:35 am

    Mee yaamin r madam faathunnah jahaafa oi joke eh…nahula thihaa molhah thikan thahugeegu kohfa polihunnah report dhin nama…CID innaa ehen myhunnahves faseyha vyhennu…mihaaru ehen noonas vaahaka liyaane kameh nethey…maethiri vegen geyga othas rangalhuvaane mikahala ehchehi liyumahvure….

    1. Naani says:
      November 27, 2015 at 4:01 pm

      Kihineh engeny my raees yaamin ah jahaafa oiyy jokeh kameh??

  7. mary says:
    October 9, 2015 at 8:57 am

    mihaatanah makee enme foohi vaahaka mee Esfiyain..i hate siyaasee kulhigadhu.. mivaahaka livunu bayfulhaa yah bunelan othy bokitahme ragalakas enme nahves egeyay vaanuvaa..meege kurih meehaku genes dhih faadehge minivan kamehge sababun miulhenee 1 kaku anekakuge badhu falhaigen kaa..

  8. nahulaa says:
    October 9, 2015 at 9:09 am

    varah bodah verikamah dahivethi vefa huri kamanaaeh hen heevay..hehe adhi reedhoohun jehifa hunnevihen ves heevay.. miothy minivan kamuge kaalhu govaa govelheege vaahakaeh..

  9. meraa says:
    October 9, 2015 at 9:10 am

    Haada hajamunuvy aharemenah heyo komemeehaku kohmeh echeh liunas vaahaka eh vaany vaahakayakah dhw nahulhaa kohmeh meehakuvs verikamah anany DHEENAA GAUMAHTAHKAI n akamaku dheen fahathuga kulhivaraa majaa emeh kuryga dhen mivaahaka vvv majaa kiyaafa hyn ragalhu komeh meehakas vs joke jaahaafaothas kiyaanh thanks e nahulaa ge vaaha vv obi koh

    1. Faya says:
      October 9, 2015 at 1:08 pm

      Fahe thiya bai meehun ekaku aneh kakah eeba bune furahsaara nukuraasheve

    2. Naani says:
      November 27, 2015 at 4:04 pm

      Dhw meraa…

  10. hadhee says:
    October 9, 2015 at 9:18 am

    Nahula alhe thiha molhu iruga kyhve tha ekan thahugeeg kuran nudhiyaee. Huriha ehcheh engi hure sirru kohgen hurun ey Kiha bodu kusheh kan neygenytha???

  11. Ssss says:
    October 9, 2015 at 9:29 am

    Salhi vaahaka eh

  12. Ssss says:
    October 9, 2015 at 9:29 am

    Salhi vaahaka eh

  13. Amin says:
    October 9, 2015 at 9:54 am

    Nuseedha bahun meehunnah Malaamaaiy koh hedhumakee v.iyaanudha kameh.

    1. Naani says:
      November 27, 2015 at 4:05 pm

      Digest plxxxxxxxx….!!!!!!!

  14. sofoo says:
    October 9, 2015 at 10:16 am

    Amin …nusydhaa koves sydhaa koves myhuna malaamaai kurumaky laadhyny myhunge aadhae.eiy emyhunge ufalaa hiyhama jehun.ehen noon tho nahulaa..

  15. Me says:
    October 9, 2015 at 11:58 am

    Hithun thi kurevuny varah molhu kamehdho. Hudhu thibaa ah ekan dhimaavi nama kihineh hadhaany. Allah ah biruvethivebala.

  16. Superman says:
    October 9, 2015 at 12:40 pm

    Maa molhu vaahaka liyaa meeheh kamah hedhi gen thiulheni
    Mashah ves ingey thi gothah hadha hadhaigen vaahaka liyan

    1. Naani says:
      November 27, 2015 at 4:07 pm

      Bala vaaahaka liyanee hadha hadhaigeneh noontha..??? LOl….

  17. hany says:
    October 9, 2015 at 12:53 pm

    Dhen myhun nah hajoo jahaafa vaahaka eakey kiyaafa kiyaafa liyany kykuran…. v fidi myhakaa vahthary.. esfiyain mikahaka vaahaka vs balai gannantha.

  18. girl says:
    October 9, 2015 at 1:09 pm

    nahulaa v salhi ingey story. knme myhaku knme ehcheh kiyas .hajam nuvaa kudhin vess ulheyne.

    1. Me says:
      October 10, 2015 at 8:14 am

      Hajam nuvanyehnoon. Malaamaiy kurun rangalhutho

    2. Naani says:
      November 27, 2015 at 4:09 pm

      Yeah story is vv funnyy…!! Dnt yew worry nahula… There r ppl who cant digest…!!!

  19. Edhurube says:
    October 9, 2015 at 1:12 pm

    Aslu v salhi vahakaeh mi hageegai mivani v reethi koh fennan

  20. girl says:
    October 9, 2015 at 1:14 pm

    mihen liyaa hiyaaly hurihaa story eh ves thahugeeg kureytha. kn kameh tha thahugeeg kuran…

  21. vaahaka ky meeha says:
    October 9, 2015 at 1:41 pm

    Lol.. v.iburaitheri v.majaa vaahaka eh. Nahula haadha molhey ingey. Hama heen heen halaaku. Mi iy aslu v gotheh vx noon hama khiyaalee dhw. Obi novey

  22. rifa says:
    October 9, 2015 at 1:42 pm

    Bala nahoo bireh nuganeytha Thikahala vaahaka liyanikoh jalah dhaan jehidhaane anehkaa mi siteves huttuvaafaane eyrun aharumennah ehen vaahakaehves kiyaalan nulibeyne???

    1. Naani says:
      November 27, 2015 at 4:11 pm

      Hehehehe… Bala jallan levigen nuwaanennu… khiyaalu faalhukurumuge minivannkann kommemeehakah libigenwanyya…

  23. Naaee says:
    October 9, 2015 at 1:46 pm

    Nahulaa, kanbuleyge heekurry thee hunareh kamahtha, he he ulhunee aslu hinnyah hakuru olhuvalan dhotha? Ekamu ekameh nuvi, olhunee amihla nafsah, kanbuleyge ah ingeytha vaahaka kiyanee aanmu koh siyaasee kankamun dhuruga sikundi gengulhen beynun vaa meehun , kanbuleyge anehka anbi firi kamuge gulhun ves hinganee siyaasee koh firi myhayah olhuvaa laigentha,

  24. Amin says:
    October 9, 2015 at 1:50 pm

    God knows better. For fun also we should not insult others. So Nahulaa u should think next time when u write.

    1. Shux says:
      October 11, 2015 at 5:40 pm

      Well said Amin…

  25. yer says:
    October 9, 2015 at 1:51 pm

    Meega ebaothenuntha ibrailibigashey..konme vaahakayakunves ibratheh haasilkohba

  26. Anonymous says:
    October 9, 2015 at 2:22 pm

    genes dheefa huri gou v foohi..

  27. kokeelaa says:
    October 9, 2015 at 2:47 pm

    Foohi

  28. zuby says:
    October 9, 2015 at 3:15 pm

    Varah foohi vaahakaeh

  29. zai says:
    October 9, 2015 at 3:32 pm

    Siyaasee vaahaka mithaa nuliyun edhen?.ehvex reehcheh nun vi vaahaka foohi gandeh?

  30. zee says:
    October 9, 2015 at 3:55 pm

    Mee hama gaimuves vaahaka liyun theriyaa nahulaa liyefa in vaahaks eh noon, enamuga nshulaa ah huthuru kuran liyefa in echeh mee., ibaaraai kurun rangalhu ekam siyaasee veema kamaku nudhey…

  31. naff says:
    October 9, 2015 at 4:59 pm

    Psps v v foohi mi vaahaka!! Abadhuvx meehunnah malaamaathaa furahsaara kurun!!

  32. sheynn says:
    October 9, 2015 at 5:13 pm

    Nahulaa eydhy yaamin ashaa madam fathun ah joke jahaafa…rythi koh bunan vynu thiman na beynumy ani ah verikan libeyshey..nuny dhiman na beynumy yaamin veri kamun faibaa shey…myhuh nah joke nujahai rythi koh bune veyne dw..

    1. Naani says:
      November 27, 2015 at 4:14 pm

      Kaakutha mivaahaka politics kollaagenn miulhenyy… Dnt yew all b so stabenn….!! Hate politics….. Huh

  33. Anonymous says:
    October 9, 2015 at 5:24 pm

    mi vaahaka mi site in negumah admin ah govaalan.. vahbahun meehunnah malaamaai kohfa.. adhi siyaasee vaahaka liyan beynun meehaku khabaru site thakah e liyumeh nuvatha khabareh liyuneema nimuny.

  34. zuby says:
    October 9, 2015 at 5:25 pm

    Varah foonhi liumeh

  35. hawwa says:
    October 9, 2015 at 5:54 pm

    Vaahaka kamaku nudhey v hadi?

  36. fathun says:
    October 9, 2015 at 6:22 pm

    Mulhi gaumu sissuvaali ibthihaal maruge haadhisaa ah ves edhuvas kolhu mi site ga story eh liunu.. ekam edhuvahu evves beyfulhaku comment eh nukure malaamaathekey kiyaafa.. ehaadhisaa ah film hedhun ves eyru ok.. mee ves hama ekahala haadhisaa eh dhw..

  37. އަހުމަދު says:
    October 9, 2015 at 8:30 pm

    ވަރަށް ހަބޭސް

  38. Haha says:
    October 9, 2015 at 9:02 pm

    Not funny. It’s an insult. . Just an insult. Hate this type of stories

  39. Guy says:
    October 9, 2015 at 9:03 pm

    Stop it nahula. No Politics here

  40. Aaya says:
    October 10, 2015 at 6:30 am

    Siyaasee vaahaka

  41. I says:
    October 10, 2015 at 10:38 am

    Love story eh liyeba pls…

  42. Mahaana says:
    October 10, 2015 at 11:57 am

    Raajeyge verikamah hajoojehiyas theebodu varu, thiah vure rangalhuvaane faalhuga liyunas

  43. sham says:
    October 10, 2015 at 5:26 pm

    Keeeeeekya bunaaneee …..ewwess haalegga raajeyge verikamaa gulhume nethoa ..dhn mikan migunenee month as liver I kamala a baa??? Anehen sham ah heevani nahulaa aki kinneyge mi sirru reyvumuge baiveiyakee..kihaa thafasel KO e othy genesdhyfaa..keekay kudhin bunaniii

  44. sham says:
    October 10, 2015 at 5:28 pm

    *dhn mikan migulheny konthaaku verikamakaa baa****

  45. sham says:
    October 10, 2015 at 5:29 pm

    Nahulaa adhi liyelaba e werikan kiyaa vaahaka ewes ..werikamaa hedhi moyavaa emmenge vaahaka ..nahulaawes himanaigenn

  46. kia says:
    October 10, 2015 at 6:40 pm

    nahula gee vaahaka eh kamah v ma v reethi vaanekamah heekoh v ufalun hulhu v.. beli iru siyaaasee bandhivareh. dnt drag unnecessary stuff in here..!!!

  47. shaa says:
    October 10, 2015 at 7:25 pm

    Mi dhn kihaa derakameh … hajamu nukurevenyaa nukiyabala… emyhaku beynun kahala story eh liyeveyne dhw

  48. Maree says:
    October 10, 2015 at 8:32 pm

    Hehehehhehe hama hageegathey mee hajam plx lol

  49. adheeb says:
    October 11, 2015 at 2:58 am

    v.salhi. nahulaa. thee hama hageegahh kan ginabayakahh engey

  50. ayya says:
    October 11, 2015 at 3:45 am

    vaahaka liyunu meehaa ah engeytha thi behevuny meehehfe aburakaa kameh.. maa mavelaafa gaddaavelaafa nahulaage ey munjekey jehumah vureh rangalhu vaane amilla nan jeheemaa.. randaali.. keekuraany dhivehin veema ehgothakun noony aneh gothakun ves vaane gaddaa velan.. dhn maa veganegen.. enahulaa ge emunjoa..

  51. ހަސަނު says:
    October 11, 2015 at 6:47 am

    Varah huthuru vaahaka eh. Ehvess ottareh neh. Miahvure thaahir vaahaka eh Dhen faharakun liyaane kamah unmmeedh kuran. Aharemenge vaguthu beykaaru kuran mikahala holhi ehcheh liumakee liuntheriaage fenvareh nehkan dheyhavaa kameh

  52. mmode says:
    October 11, 2015 at 9:57 am

    Nahulaa amaa fuyey liyebala. Amillayah amilla redhhy kiyaagen vaahaka liunyma maa rangalhu vaane. fuck of nahulaa

  53. zaimaa says:
    October 11, 2015 at 10:25 am

    nahulaa haadha nubaimeehekee thee hama bodu dhogeh hadhaafa vaahaka fesheeves hama yageenunves yaameenuah malaamaiyykohfathiothee thihen ulhenikoh amiylah hayaathu gaves rendhu alhaafaane visnavaa. malaamaiyy kurun huhtaalaa.

  54. Ab says:
    October 11, 2015 at 7:50 pm

    Hadi huthurubahun comment kohfa hureethi hithaama kuran….
    Konme meehaku liyunass vaahaka akas….
    Nei buneveykah meehakah joake jahaafa aa ..
    Furathama fashan vegen liyefa in ehchaka rangalhah visssnaalaaa.
    Ebayfulhaku ehn buneeemarr vz malaamaai kurany aa kiyaafa hadi huthuru bahun comment kureemar eyythi kada.

  55. yallu says:
    October 12, 2015 at 10:07 am

    mee vaahaka eh noon. Haasarubodieh.

  56. mmode says:
    October 12, 2015 at 11:19 am

    dhen nahulaa liyaa vaahakaige namaky “NAHULAAGE RENDHU”. Vaahaka nimeyny nahulaage redhugai dhoo laa hisaabun. dhen nahulaa onnaany dhiyaa vefa. dhen vaanuvaa neygigen maruvaany.

  57. Kandukos says:
    October 12, 2015 at 5:34 pm

    E mithiba boa buraanthi thakaa nahula liyefa oiy vaahakaegga alhaaganefa vettuneeaa ingeynetha. Mee nahulaage vaahakaeh noon. Typical dhivehin. E fakeeru nolhaa kaalaifi. Saabas

  58. Rendhu says:
    October 12, 2015 at 5:58 pm

    Saabahey Nahula! v.majaa vaahaka eh mee. mikahala gina vaahaka genesdhehchey. hadi huthuru bahun coment koffa thibi beyfulhun kairee bunan othy meegen iburatheh haasil kuraashey nahulaa buni hen. miy dhooni raajjey ge vaahaka ekey. anekka meega othy ras kamekey. mi raajeyaa v.thafaathu dho. miraajeyga hingi haadhisaa aky bayaku raavaigen dhin hamalaa ekey eba kiyaa dho. mi vaahakaiga iny rasgefaanu hedhi ethifahareh dho. ehen veema vaahaka eh kiyaalaaha rendhak baarukoggen nubai avaguraana govaane kameh nei. maa siyaasee khiyaalu hunna meehun vaahaka kiyanyaa kaggandah baaru kuraane. ehen v ma vaahaka kiyun huttaalan mashah fennany. hama ekani siyaasee bahus kurey angahadi baigandu! meh!

  59. kadee says:
    October 28, 2015 at 11:52 am

    vaahaka v. fakka. Ithuru vaahakeh neihtho…..

  60. Think says:
    October 30, 2015 at 6:28 pm

    yameen kuri mah chah araafa reethi koh bunebala mi vaahaka…eyrun azaabeh ves nulibeyne…bt mihaaru thi eeba buny….eeba bunumu ge nubaakan maai allah sifa kurah vaafai vany muslimaku eynaage ahaa maru vefaa vani koh e ahaage mulhamas gandu ke umaa ehfadha kameh ge gothuga….mihaaru thibaa jeheyne yameen kiba in maafah edhen….

  61. umaa says:
    November 15, 2015 at 9:42 am

    Vskjxhxj

  62. ibu says:
    December 11, 2015 at 2:53 pm

    Miyoh bodu site gives naani jiyaa moya golaeh hajam nubaivegen ulhenee. When Emmen he yo haaluga.

  63. gryn Angel says:
    January 8, 2016 at 9:35 am

    kaalhu aamina ge redheh noon nahula ge rendhu stry ge name ga iny ves nahula ge rendhey so maa rangalhu vaane story ga nahula ge shaahy kandhu fathy ga bomeh govai gen nahula ge gai ga rendheh ly ey liyu niyya

  64. gryn Angel says:
    January 8, 2016 at 9:35 am

    lol hahaha

  65. gryn Angel says:
    January 8, 2016 at 9:37 am

    meh?

  66. gryn Angel says:
    January 8, 2016 at 9:37 am

    ?

  67. YAMEEN says:
    January 26, 2016 at 6:51 pm

    Ey!! Kae konmehen magey mas kaaneh kameh neiy!! Koancheh hithah araigen thi ehn meehun personal life aa interfere kuranee e?? Moya vegen ulhey kudhi ba ekey eh fadha ey.. Thiyah vuren maa rangalhu vaane gayah athiri ah dhiyayas. Maa molhu ba ekey hithah araigen thi ulheny kaakah foni dhahkkaan. Ekaku ves noolheyne thi gui ethigandu kiyaigen moya vaakah. So my sincere advice is that you all should wrap up your pieces of dirty big bunches of shit and get lost!!! You have no right to write things which are non of your bees wax about me in any kind of social website!! So just keep your shits to yourself and you only. So don’t mess with me again!! Understand??!! Mi othy dhivehinnaa english in vs liyedheefa. So you better understand the shit i wrote!
    K,
    Bye,
    Love,
    YAMEEN,
    Your PRESIDENT

  68. pink pink says:
    March 24, 2016 at 4:32 pm

    Hahhahahaha…. true story. Habeys… yaameen ah ehmefahun vaany thigoy ??

    1. Manjey says:
      June 5, 2016 at 7:42 pm

      Huvaa??Thaqu dheeru ingey beethaa eh tha thy?? Manjey dhn bunebeya maey hayaathuga dhn vaane goii…

  69. pink pink says:
    March 24, 2016 at 4:38 pm

    Gryn Angle hajamukuran dhaskhoba…. hageegatha kee ea ei… rasmee kadhufathyga ?? govy kalhukaalhu or should I say “yaameen”

  70. shin says:
    April 28, 2016 at 9:59 am

    omg maakanaa kalo verikamaaihedhi thiyoh avadhivaneenu.bala verikamakee allah dhehveema konme meehakahves libey ehcheh. liben huri meehakah libeyne, adhi vehten veema vehteyne. dhan maakanaa ge gaai kudhin story hadhaa drama nukulhunas vaan hurikameh vaane.

  71. 7484463 says:
    November 12, 2019 at 12:45 am

    Nahu ge vaahaka ey genasdheynee kondhuvahaku esfiya ah plx pl

Comments are closed.

All Right Reserved!