މިއީ އެއްޒަމާނެއްގައި ދޫނި ރާއްޖޭގައި ރަސްކަން ކުރި ވަރަށް ހުޝިޔާރު ރަސްކަލެއްގެ ދެ ކަނބަލުންގެ ވާހަކައެވެ. އެއްވެސް ހާލކެއްގައި މިއީ މިރާއްޖޭގެ ވާހަކައެއް ނޫނެވެ. އަދި މި ރަސްގެފާކަނީ މިރާއްޖޭގައި މީހުންދެކޭ ވަރަށް ވުރެ މާ ހުޝިޔާރު ރަސްކަލެކެވެ. ވާހަކަ ކިޔާލުމުން މިކަން އެނގިގެން ދާނެއެވެ. ކޮންމެ ވާހަކައަކުންވެސް އިބުރަތެއް ޙާސިލްކުރުން މުހިންމެވެ. އެހެން އެހެންވީމައި ވާހަކަ ފަށަމާތޯއެވެ. ދޫނިރާއްޖޭގެ ރަސްކަމަކީ ޒަމާނުއްސުރެ ނިކަން ހަލަބޮލި، ވަރަށް ނުފޫޒާއި ބާރު ބޭނުންކޮށްގެންނޫނީ ނުހިންގޭ ކަމަކަށް ވަނީ ވެފައެވެ. […]