ހިތް ބޭނުމޭ ދުލުން 3
މެންދުރު އަތަށް އަޅާލުމާއެކު ކަޅު ބޯ ވިލާތަކުން ދުނިޔެމަތި އަނދިރި ކޮށްލާފިއެވެ. ހިނދެއް ހިނދަކަށް ވައިބާރު ވަމުން ދިޔައިރު ގަސްތައް މުލުން ލުހިގެން ދާނެހެން ހީވާ ފަހަރުވެސް މަދެއްނޫނެވެ.
އިސާހިތަކު ވާރޭގެ ބޯ ތިކިތަކުން ބިންގަނޑު ތެންމާލާފިއެވެ. ކުޑައެއް ނަގައިގެން މިންނާ އާއި ރިލްހާ ފިހާރައަށް ދާން ނިކުތެވެ. ވެހޭ ބޯ ވާރޭތެރޭގައި ތަނެއް ދޮރެއް ސާފެއް ނުވެއެވެ. ކުޑަކޮށް ދުވަމުން ކަހަލަ ގޮތަކަށް ގޮސް ކައިރީގައި ހުރި ފިހާރައަށް މިންނާ އާއި ރިލްހާ ވަނެވެ.
“ދަރިފުޅާ ރިލްހާ. ދޭބަލަ ކުކުޅު ކޮޅެއް ނަގަން. މަންމަ މިދަނީ ނޫޑުލިސް ނަގަން” މިންނާ މިހެންބުނެ ހިނގައިގަތްތަނާ މީހެއްގެ ގައިގައި ޖެހި އަތުގައި އޮތް ވޮލެޓް ވެއްޓުނެވެ. މިންނާ އިސްއުފުލާލާ ބަލާލިއިރު ކުރިމަތީގައި ހުރި މީހާ ފެނި ދެލޯ ބޮޑުވިއެވެ.
***********
“ސޮރީ ދައްތާ. ބަލާ ނުލާ އާދެވުނީ” ބިންމަތީގައި އޮތް ވޮލެޓް ނަގަމުން އެ ޒުވާނާ ބުނެލިއެވެ. މިންނާއަށް ކުއްލި ސިހުމެއް ލިބިގެން ދިޔައީ އެ ޒުވާނާ ވާހަކަ ދެއްކުމުންނެވެ. އެ ޒުވާނާގެ އަޑު މިންނާ ދަންނަ އަޑަކާ ވައްތަރު ވީމައެވެ.
“ކޮންނަމެއް ކިޔަނީ ކޮއްކޮއަށް” މިންނާ އަށް އެ ޒުވާނާ ގާތުން ނަން އަހާލެވުނީ ދަންނަ ވައްތަރެއް ޖަހާތީއެވެ. “މާއިން” އެ ޒުވާނާ އެހެން ބުނުމާއެކު މިންނާ ދިޔައީ އެއްލިގެންނެވެ. މާއިން ހައިރާންވީ މިންނާ ހުރި ގޮތުންނެވެ. ނަމަވެސް އެއީ މާ ބޮޑުކަމަކަށް ނުހަދާ ދަނީކަމަށް ބުނެ މާއިން ދާން ހިނގަތެވެ.
މާއިން ދިޔަ ދިމާލަށް ބަލަހައްޓައިގެން ހުރި މިންނާގެ ލޮލުން ކަރުނަ ތިއްކެއް ވެއްޓުނެވެ. މާއިން ފެނި މިންނާއަށް މާޒީގެ ދުވަސްތައް މަތިން ހަނދާންވިއެވެ. އަވަސްއަވަހަށް ލޮލުން ވެއްޓުނު ކަރުނަ ތިކި ފުހެލުމަށްފަހު، މީހާ ހަމައަކަށް އެޅިލަމުން ނޫޑުލިސް ހުރި ދިމާއަށް ދާން ހިނގައިގަތެވެ.
*******
ހަވީރު ވެގެން އައިރުވެސް މެންދުރު ވެހެން ފެށި ވާރޭއަކަށް ބަދަލެއް ނާދެއެވެ. އާންމުކޮށް ހަވީރު ވަގުތަކީ މަގުމަތީގައި މީހުން ގިނަ ވަގުތެއްކަމަކު ވެހޭ ވާރޭގެ ސަބަބުން މަގުމަތީގައި ހަރަކާތްތެރިވަމުން ދިޔައީ މަދު މީހުން ކޮޅެކެވެ.
މިންނާ އޮތީ އެނދުގައި އޮށޯވެލައިގެންނެވެ. މެންދުރު ފިހާރައިން ފެނުނު ޒުވާނާގެ ސަބަބުން މިންނާގެ ހިތަށް ވަނީ ފުން އަސަރުތަކެއް ކުރުވައެވެ. އެހެންނަމަވެސް މިރޭ އޮތް ޕާޓީ އަށް ތައްޔާރު ވާން ޖެހޭނެތީ ބަދިގެއަށް ދިޔައެވެ. މިންނާ ބަދިގެއަށް ދިޔައިރު މިޝްޔާ އާއި ރިލްހާ ވެސް ބަދިގެ ތެރޭގައި ހަރަކާތްތެރިވަމުން ދިޔައެވެ.
މިޝްޔާ އުޅުނީ ފޮނި އެއްޗެއް ތައްޔާރުކުރުމަށެވެ. އެ މަސައްކަތުގައި އަވަދި ނެތި އުޅެމުން ދިޔަ މިޝްޔާ ކުއްލިއަކަށް ސިއްސައިގެން ދިޔައީ ފައިގައި މީހަކު އައިސް އެލިގަތުމުންނެވެ. “ދޮންތީ ކޮއްކި ޏަމް ކާން” ކުޑަކުޑަ ރަޔަން ލޯބި ގޮތަކަށް ބުނެލިއެވެ. “ދޫނީ މިގަޑީގަ އެއް ނޫން ޏަމް ކާނީ” ރިލްހާ އައިސް ރަޔަން ނަގާ އުރާލަމުން ބުނެލިއެވެ. “ކޮބާތަ މާއިޝް. އޭނަ ކައިރީގަ ރަޔަން ބަލާށޭ ބުނީމަ.. މިހާރު އޮންނާނީ ގޭމަށް ގޮސް ހުސްވެފަކަން ޔަގީން” ރިލްހާ އެހެން ބުނެލިގޮތުން މިޝްޔާ އާއި މިންނާ ގާތަށް ވެސް ހިނިއައެވެ.
“ހޫމް ދޯ.. މާއިޝް އަށް ވެސް އިނގެންވާނެ ދޯ ރިލް އުޅެނީ ނުލާހިކު ބިޒީކޮށް ކަން” މިންނާ ވެސް ރިލްހާގެ ވާހަކަ އާއި އެއްބަސް ވަމުގެ ގޮތުން ބުނެލިއެވެ.
“އޭ އަހަރެންނޭ ކިޔައިގެން ކީއްކޭ ތި ކިޔަނީ” ބަދިގެއަށް ވަންނަމުން މާއިޝް ބުނެލިއެވެ. “ހޫމް އައީ ދޯ.. މިކިޔަނީ މާއިޝް ރަޔަން ނުބަލާ ވާހަކަ.. އަހަރެން މިއުޅެނީ ހާދަ ބިޒީކޮންނޭ” ތުންކޮޅު އޫކޮށްލަމުން ރިލްހާ އެހެން ބުނެލުމުން މާއިޝް ހޭން ފެށިއެވެ. “ރަޔަން ދަރިފުޅާ އާދެ އަވަހަށް.. އެހެން ނޫނީ މަންމި، ބައްޕި މިގޭން ނެރެލަފާނެ” ރަޔަން އުރާލަމުން މާއިޝް އެހެން ބުނުމުން ރިލްހާ މާއިޝް އާ ދިމާލަށް ލޯ އަޅާލުމަށްފަހު ކުރަން ހުރި މަސައްކަތަށް އެނބުރި ދިޔައެވެ.
*******
ރޭގަނޑު ވަގުތެވެ. ކޮޓަރީގައި ރީތި ވާން ހުރި މިޝްޔާ ލާފައި ހުރީ ކަޅުކުލައިގެ ދިގު ހެދުމެކެވެ. ހެދުމުގެ އަތު ކުރީގައި ވިދާ ރޭނދާ އަޅާފައި ހުރިއިރު ބައިވަރު ރޫތައް ހެދުމުގައި ޖައްސާފައި ހުއްޓެވެ. ކަޅުކުލައިގެ ޝޯލްއެއް ރީތިގޮތަކަށް އަޅާލުމަށްފަހު މިޝްޔާ ގަޔަށް ސެންޓްކޮޅެއް ޖަހާލިއެވެ. އެއަށްފަހު ފޯނު ނަގައި އެކުވެރިންނަށް މެސެޖެއް ކޮށްލިއެވެ.
*******
އީނާ، ރީޝަމް އަދި މަލްޝާ ގެ މިސްރާބު ހުރީ މިޝްޔާގެ ގެއާ ދިމާލަށެވެ. ތިން ކުދިން ވެސް މިރޭ ވަރަށް ރީއްޗެވެ. އެކި ވާހަކަތަކުގައި ހުރެ ތިން ކުދިން ހިނގަމުން ގޮސް މިޝްޔާގެ ގެއާ ހަމައަށް ފޯރިއެވެ.
ގޭގެ ބެލް ޖެހި އަޑު އިވުމާއެކު ދުވެފައި ގޮސް މިޝްޔާ ދޮރު ހުޅުވާލިއެވެ. އެ ވަގުތު މިޝްޔާގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވީ ކުރިމަތީގައި ހުރި އޭނާގެ އެންމެގާތް 3 ރަހްމަތްތެރިން ފެނިފައެވެ. “އެތެރެއަށް ވަންނާކަށް ވެސް ނުބުނާނަންތަ.. އަޅެ ފަހެ އަހަރެމެން މީ ފިރިހެނުން ތަކެއްތަ ތި ވަރަކަށް ތި ބަލަނީ” އީނާ އެތެރެއަށް ވަންނަމުން ބުނެލިއެވެ. ” ބެލޭނު ތިހާ ރީތި ވީމަ” ބޮޑަށް ދޮރު ހުޅުވާލަމުން މިޝްޔާ ބުނެލިއެވެ.
*******
8 ޖަހާއިރު ބޭއްވި ޕާރޓީ ނިމުނީ ވަރަށްވެސް ލަސްވި ފަހުންނެވެ. ހަތަރު ކުދިން ވެސް ކުޑަކޮށް ވާހަކަ ދައްކާލަން މަޑުކޮށްލުމަށް ފަހު އީނާ، ރީޝަމް އަދި މަލްޝާ ގެއަށް ދާން ނިކުތެވެ. މިޝްޔާ ވެސް ކޮޓަރިއަށް ވަދެ ރީތިވެލުމަށްފަހު ނިދަން އޮށޯތީ މާދަމާ އަކީ ފުރާ ދުވަސްކަމަށް ވުމާއިއެކު ހެނދުނު އަވަހަށް ތެދުވަން ޖެހޭނެތީ އާ އެއްކޮންނެވެ.
*******
ރީޝަމްވެސް ވެފައި ހުރި ވަރުބައްޔާއެކު އައިސް އެނދުމައްޗަށް ވެއްޓިގަތެވެ. އެހެންނަމަވެސް އިރުކޮޅެއް ނުވެ ތެދުވެ އެއްޗެހި ބަދަލުކޮށްލައިގެން އޮށޯތީ ނިދިދާނެތީއެވެ. އެހެން އޮއްވާ ރީޝަމް ސިއްސައިގެން ދިޔައީ ފޯނު ރިންގުވާ އަޑަށްށެވެ. ނުދަންނަ ނަންބަރެއް ކަމުން ރީޝަމް ފޯނު ނަގައި ހިޔާލެއް ނުކުރިއެވެ. އެހެންނަމަވެސް ދެވަނަ ފަހަރުވެސް އެ ނަމްބަރުން ގުޅަން ފެށިއެވެ. ނަމަވެސް މިފަހަރުވެސް ރީޝަމް ފޯނު ނަގައި ހިޔާލެއް ނުކުރިއެވެ.
ރީޝަމް ފޯނު ނުނަގައިގެން އައިޒަން އިނީ ހާސްވެފައެވެ. އެކަމަކު އޭނާއަށް މިހެން ވާންވީ ކީއްވެ ހެއްޔެވެ؟ އަނެއްކާ އޭނާއަށް ލޯބި ވެވުނީ ހެއްޔެވެ؟ ނޫނެކެވެ. ފުރަތަމަ ނަޒަރުން ލޯތްބެއް ނުވެވޭނެ ނޫން ހެއްޔެވެ؟ ކުރެވެމުން ދިޔަ ހިޔާލުތަކުން އެއްފަރާތް ވެލުމަށް އައިޒަން ފޯނު ބޭއްވުމަށްފަހު ބެލްކަންޏަށް ނުކުމެލިއެވެ.
*********
މާއިން އޮތީ ފުން ވިސްނުމެއްގައެވެ. މިއަދު ފިހާރައިން ދިމާވި އަންހެން މީހާ އޭނާގެ މަންމަ އާ އެހާ ވައްތަރީ ކީއްވެ ހެއްޔެވެ؟ މާއިންގެ ބައްޕަ ބުނި ގޮތުން ވިއްޔާ އޭނާގެ މަންމަ އެ ދެމީހުން ދޫކޮށްލާފައި ދިޔައީއެވެ. އަނެއްކާ ބައްޕަ އަހަންނަށް ދޮގު ހަދާނީ ހެއްޔެވެ؟ މިފަދަ ހިޔާލުތަކުން މާއިންގެ ބޯ ހާސްކުރުވަމުން ދިޔައެވެ. އަވަހަށް އެނދުގައި އޮށޯވެ ލޯ މަރާލީ ހިޔާލުތަކުން ދުރުވެ ނިދާ ލެވޭތޯއެވެ.
********
ފަތިހުގެ ވަގުތެވެ. ފުންނިންޖެއްގައި އޮތް މިޝްޔާއަށް ހޭލެވުނީ ފަތިސް ނަމާދުގެ ބަންގީގެ އަޑަށެވެ. މިޝްޔާ އަވަސް އަވަހަށް ތެދުވެ ވުޟޫ ކޮށްލައިގެން އައިސް ނަމާދުކޮށްލިއެވެ. މިއަދަކީ އޭނާ މެލޭޝިޔާއަށް ކިޔަވަން ދާން ފުރާދުވަހެވެ. ރޭގައި ހުރިހާ އެއްޗެއް ޕެކްކޮށްފައި ހުރުމުން ކުރަން ހުރި މަސައްކަތްތައް މިޝްޔާއަށް މަދެވެ. ނަމަވެސް ރޭގައި ލަހުން ނިދުމުގެ ސަބަބުން ބޮލުގައި ކޮންމެވެސް ވަރަކަށް ރިހެމުން ދިޔައެވެ. އެހެންކަމުން ނަމާދު ކޮށްލައިގެން އައިސް އޮށޯވެލީ ކުޑަކޮށް ނިދާލުމުގެ ބޭނުމުގައެވެ.
ނިދިފައި އޮތް މިޝްޔާ އަށް ހޭލެވުނީ 9 ވެސް ޖެހިފަހުންނެވެ. ތައްޔާރުވެލައިގެން ބޭރަށް ނުކުތްއިރު އޭނާ ފިޔަވާ އެންމެން ސިޓިން ރޫމުގައި ތިއްބެވެ. “މިޝް އަދި ކިރިޔާ ދޯ ތި ހޭލެވުނީ.. ކިހާއިރަކު ފުރަނީ” އަނގަޔަށް ފޯއް ފޮއްޗެއް ލަމުން މާއިޝް ބުނެލިއެވެ. “މެންދުރުން އިނީ ޗެކިން.. އަސްލު ނުވޭ ދާ ހިތެއް.. ވަރަށް ދެރަވޭ” ހުސްކޮށްހުރި ސޯފައިގައި އިށީނަމުން މިޝްޔާ ބުނެލިއެވެ.
“ބޭނުން ނުވިޔަސް ދާން ޖެހޭނެއްއެއްނު. ދަރިފުޅު އަބަދުވެސް ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހެދޭނީ މޮޅަށް ކިޔަވައިގެންނު. ދަރިފުޅު ޑޮކްޓަރަކަށް ވާން ބޭނުންވާއިރު، ހިއްވަރު ކުރަން ޖެހޭނީ. މަންމަމެން ވެސް ދާނަމޭ ދޭތެރެ ދޭތެރެއިން ދަރިފުޅު ގާތަށް.. ޒިޔާނާ އަކީ ވަރަށް ރަނގަޅު މީހެއް.. އެ ގޭގައި އުޅެނީވެސް އެދެމަފިރިން އެކަނި.. ދެން އުޅޭނީ ޒިޔާނާގެ ދައްތަގެ ދަރިފުޅު. ޝަހީދާ މަރުވިފަހުން އޭނާގެ ދެ ދަރިންގެ ކަންކަމާ ހަވާލުވީ ޒިޔާނާ” މިންނާ މިޝްޔާއަށް އޮޅުން ފިލުވައި ދިނެވެ. މިޝްޔާ ވެސް މަންމަމެންނާ ކުޑަކޮން ވާހަކަ ދައްކާލަން މަޑުކޮށްލުމަށް ފަހު ސައިބޯން ދިޔައެވެ.
********
ޒަރާ.. ޒަރާ” ޒިޔާނާ ކާގެއިން ނިކުންނަމުން އެ ގޭގައި މަސައްކަތްކުރަން ގެންގުޅޭ ބޭރު މީހާއަށް ގޮވާލިއެވެ. ޒިޔާނާ އަކީ ގޭގައި ގެންގުޅޭ ނޯކަރުންނަށް ހެޔޮކޮށް ހިތާ ރަނގަޅު ހިތެއްގެ ވެރިއެކެވެ.
“ލައްބަ ދައްތާ ކިހިނެއްތޯ ވީ؟” ޒިޔާނާގެ އަޑަށް ދުވެފަ އައިސް ހުއްޓުނު ޒަރާ ބުނެލިއެވެ. “މިޝްޔާގެ ކޮޓަރި ސާފު ކުރިންތަ.. މެންދުރު ފުރާ ވާހަކަ ބުނި މިކޮޅަށް އަންނަން.. 6 ޖަހާކަންހާއިރު އާދެވޭނެ ކަންނޭގެ މިކޮޅަށް.. ޒަރާ ހިނގާ ދައްތަ އާ އެއްކޮން މީރު ކާއެއްޗެއް ތައްޔާރުކުރަން ދާން” ހިތްހެޔޮ ހިނިތުންވުމަކާއިއެކު ޒިޔާނާ ބުނެލިއެވެ. ޒަރާ ވެސް ބޯ ޖަހާލުމަށްފަހު ޒިޔާނާގެ ފަހަތުން ހިނގައިގަތެވެ.
މެންދުރު އަތަށް އަޅާލިއިރު މިޝްޔާގެ މޫނުމަތިން ފެންނަނީ ހިތާމައިގެ އަސަރެވެ. އީނާ، ރީޝަމް އަދި މަލްޝާ ވެސް މިޝްޔާ ކައިރިން ދުރަކަށް ނުދެއެވެ. “މިޝް ދެން ތިހާ ދެރަވާކަށް ނުވާނެއޭ” މިޝްޔާގެ ކޮނޑުގައި އަތް ބާއްވާލަމުން ރީޝަމް ބުނެލިއެވެ. “އަހަރެން ދެރަވަނީ އޭ. ވަރަށް މިސް ވާނެ ތި މީހުން މަތިން” ކަރުނަ ފޮހެލަމުން މިޝްޔާ ބުނެލިއެވެ. “މަވެސް މިއުޅެނީ ފުރާކަށްނު.. ގައިމު މަ ނުވޭ ތިހާ ދެރައެއް” އީނާ މޫނުމައްޗަށް ވައްތަރެއް ޖައްސާލަމުން ބުނެލިއެވެ. “އެ ތެދެއް.. ދެން އިނޫވެސް ދުވަސްކޮޅަކުން ނުފެންނާނެ އޭ ދޯ.. އޭ އިނގޭތަ ތި މީހުންނަށް.. މިޝް އެ އުޅެނީ އަހަރެމެން މަތިން މިސް ވާތީއެއް ނޫނޭ.. އެއްކަލަ ދުވަހު ފެނުން ފިރިހެން ކުއްޖާ މަތިން މިސް ވާތީ އެއުޅެނީ..” އެ ވަގުތު ކޮޅުގެ ތެރޭގައި ވެސް މަލްޝާ ބޭނުންވީ މަޖާ ކޮށްލުމަށެވެ. މަލްޝާ އެހެން ބުނުމާއިއެކު މިޝްޔާ ގެ މޫނު އެއްކޮން ރަތް ވިއެވެ.
“ހޭ ސަމް ވަން އިސް ބްލަޝިން” އީނާ އެހެން ބުނުމުން މިޝްޔާ އިތުރަށް ލަދުގަތެވެ. ހަތަރު ކުދިން އެކި ސަކަރާތުގައި ތިއްބާ މާއިޝް ގޮވާލުމުން ހަތަރު ކުދިން އެއްކޮން ތިރިއަށް ދިޔައެވެ. “މިޝް ހުރިހާ އެއްޗެއް ހަމަތަ..”ރިލްހާ އައިސް މިޝްޔާ ގާތު ހުއްޓިލަމުން އަހާލިއެވެ. މިޝްޔާ ބޯ ޖަހާލި ވަގުތު މާއިޝް ވެސް އެތަނަށް އައިސް ހުއްޓުނެވެ. “ހިނގާ އެންމެން ކާރަށް އަރަން ދާން.. މިޝް ފުރާ ގަޑި ޖެހެނީ” މާއިޝް އެހެން ބުނުމުން މިޝްޔާގެ މޫނު މަލެއްހެން މޯޅިވިއެވެ. މި މަންޒަރު މާއިޝްއަށް ފެނުމުން އައިސް މިޝްޔާ ގައިގައި ބައްދާލިއެވެ. “ކޮއްކޯ ދެރަ ނުވެބަލަ.. ކޮއްކޮ ބޭނުމެއްނު ދޯ ކިޔަވަން.. ކިޔަވައިގެން ކޮޅު ޑޮކްޓަރަކަށް ވާން.. ސޯ ދެން ކީއްވެ ތަ ދެރަވާންވީ” މާއިޝް އެހެން ބުނުމުން މިޝްޔާ ބޯ ޖަހާލުމުން އެންމެންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. “ދެން ހިނގާ ދާން” މިންނާ އެހެން ބުނުމުން އެންމެން ގޮސް ކާރަށް އެރިއެވެ. އެއާރޕޯޓް ކައިރިއަށް ކާރު މަޑުކޮށްލުމުން އެންމެ ފުރަތަމަ ވެސް ކާރުން ފޭބީ މިޝްޔާއެވެ.
ހޭ މިޝީ ވިލް މިސް ޔޫ ސޯ މަޗް” ދުވެފައި އައިސް މިޝްޔާގެ ގައިގައި ބާރަކަށް ބައްދާލަމުން މަލްޝާ ބުނެލިއެވެ. ދެން ތިބި ކުދިން ވެސް އައިސް މިޝްޔާ ގައިގައި ބައްދާލިއެވެ. ހަތަރު ކުދިން ވެސް ދުރުވެލީ މިންނާ ގޮވާލުމުންނެވެ. “ދަރިފުޅާ.. ޒިޔާނާ ހުންނާނެ ދަރިފުޅު ބަލާ ގޮސް.. ރަނގަޅަށް ބަސްއަހައިގެން ކިޔަވާތި” ނަސޭހަތް ދޭފަދަ ގޮތަކަށް މިންނާ ބުނެލިއެވެ. މިޝްޔާ ބޯޖަހާލުމަށްފަހު އެންމެންނާ ސަލާމް ކޮށްލުމަށްފަހު މާއިޝް ކައިރީގައި ހުރި ރަޔަން ނަގާ އުރާލިއެވެ. އަދި ރަޔަން ގެ މޫނުގައި ބޮސްދޭން ފެށިއެވެ.
“ސާބަސް ދަރިފުޅާ.. ދެން ދޭ އަވަހަށް..” މިޝްޔާގެ ބައްޕަ އައިސް މިޝްޔާގެ ބޮލުގައި ފިރުމާލަމުން ބުނެލިއެވެ. މިޝްޔާ ރަޔަން ބިންމަތީގައި ބަހައްޓަމުން ރަޔަން ގެ ކޮލުގައި ބޮސް ދިނުމަށްފަހު އެއާރޕޯޓް ތެރެއަށް ވަންނަން ދާން ހިނގައިގަތެވެ. ވަކި ހިސާބަކަށް ގޮސް އަދި އެއްފަހަރު ފަސްއެބުރި ބަލާލުމަށްފަހު އެންމެނަށް ހަނާ އަޅާލުމަށްފަހު މިޝްޔާ ގޮސް އެއަރޕޯޓް ތެރެއަށް ވަނެވެ.
*******
މެލޭޝިޔާގެ އެއަރޕޯޓް ތެރެއިން ނުކުމެގެން އައި މިޝްޔާގެ ލޯ ހުއްޓުނީ ކުރިމަތީގައި އޮތް ކަޅުކުލައިގެ ޕްރައިވެޓް ކާރަށެވެ. ކާރު ކައިރީގައި މީހަކު މިޝްޔާއާ ދިމާލަށް ބަލަހައްޓައިގެން ހުއްޓެވެ.
“ތީތަ މިޝްޔާ އަކީ” އެ ފިރިހެން މީހާ މިޝްޔާ ކައިރިއަށް އައިސް އެހެން ބުނުމުން މިޝްޔާ ބޯ ޖަހާލިއެވެ. “އަހަރެން މީ ވޯޓަރ ކްރިސްޓަލް ގޭ ޑްރައިވަރު” އިނގިރޭސި ބަހުން އެމީހާ ބުނެލިއެވެ. އެ މީހާ ކާރުގެ ދޮރުފަތް ހުޅުވާލުމަށްފަހު އަރާށޭ ބުނުމުން މިޝްޔާ ކާރަށް އަރާ ހަމަޖެހެލިއެވެ.
ކާރު ދުއްވަމުން ދިޔައިރު މިޝްޔާ އިނީ ކާރުގެ ލޯގަނޑުން ބޭރުބަލާށެވެ. މެލޭޝިޔާގެ ހިތްގައިމު ރީތި މާހައުލަށް ބަލަހައްޓައިގެން އިން މިޝްޔާ އިނީ އާޝޯހުވެފައެވެ. ދުވަސްވަރަކީ ފިނި މޫސުމުގެ ދުވަސްވަރުކަމުން ބަލާލި ކޮންމެ ދިމާއަކުންވެސް ފެންނަނީ ފިނި ފައިބައިފައި ހުރި ތަނެވެ. އެ ރީތި މަންޒަރަށް ގެއްލި ހުސްވެފައި އިން މިޝްޔާ ސިއްސައިގެން ދިޔައީ މީހަކު މިޝްޔާގެ ނަމުން ގޮވާލުމުންނެވެ.
ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
6 Comments!
Comments are closed.


Yayyyy me first… First likę vx mi dhinee Reesh.. Kiyaalaafa cmnt eh kohllaanan ngye lwbii
Wowwww brwww mi part vvv salhi
Maain akee mishee ge brw kanneynge dhw… And edhanee ehkkala sorų kairiah dhw…
Lamoo suvaaleh ngye… Loyam boyam ge faraathun mi vaahaka liyan kihaa hiyvareh libey ???
Dhen oil suvaalakee manje keehve hey viber in msg nukuraneeeeee… Gulhaalabalaasheyyy dhariya
Miss veyey ?????
BTW Ril mee misheege fahari dhw????
SS LWBS❤️??????????❤️
MIADHU HAVEERAH GULHAALAHCHEY DHOONEEEEEEEEE ?????
LYSSMMMMMMM ?❤️????????❤️
KOBA THR AHUSHA FAHARI… ANEHKKA BANDU BODEETHR ????MIHAARU KITHAH DHARIN THIBEY THR????
And loyam boyam thoyam kairy buney anhenunnah salaamey… Dharin fahchah vx salaamey… Buney Reesh beynumey bis kalo aa vaahka dhahkaalan??????
And manjey ehkala kalhu sorų dhon vehjje thr?????????esoru bafaage kalhu kamaaeve… ?????????
Esoru bafaa kairy buney esoru ehaa ginain beyrah nunerehchey… Magey fair and lovely fulhi eh dheegen 3° ah dhon vefa huree vx ??
AhuYam couple akaa nugulhey…. Ahusha dhon ?liyahtte Somalia meehakaa ehvarah kalhu??dhen nugulhey ?????keekey lam bunanee… E Ahusha mihaaru masahkai kureythr geytherey… Adhi vx manje utha gudhaaru bindhaigen masahkai kuranee… Magey yaash dhonbe aa indhevuneema dhaanan lam ah faseyha kohdheyn ngye ?…
Vedhaane dhw.. beleema ehnu engeyne..
Hahaha.. nulibey ehvx hihvareh
Miadhu gulhin.. Aish phone eh nunagayeyy
Ahusha fhri vx eba ulhey.. nooney 2 dharineh nu
Stay safe and Tc loabi kolhoo
Lyyysssmm n Myyysssmmm ?♥️♥️♥️??♥️?
Heyyy lam ❤️❤️❤️
Vrh Sali mi part vxxx ❤️❤️❤️
Masha Allah ❤️❤️❤️
Keep it up ❤️❤️❤️❤️
So maain mee minaage Dari eh dhw mishyaa ge brother . Vrh Sali ingey stry aslu vxx ❤️❤️❤️❤️Ibaaraai kurumaa❤️❤️❤️ sifakohdinun vxx❤️❤️❤️❤️❤️❤️
Reesham men ge love stry ah vaany kihineh baa . ❤️❤️❤️❤️
Vrh curious ingey❤️❤️❤️❤️❤️
Vrh next part kiyaalaahithun mihuree ❤️❤️❤️konirakun kiyaalan libeynee lam❤️❤️
Anyways waiting ingey❤️❤️❤️
Stay safe ❤️❤️and tvgc❤️❤️
Masha Allah lam vrh reethi ingey mi vaahaka ♥️♥️
Waiting for the next part ♥️♥️♥️♥️♥️♥️
Kihineh tha mu vanee maain n minna ah face to facefenuneema ,maybe maain ge mom akee minna
Yageeney aizan reesham ah hih keekan?
Lysmmm♥️♥️♥️♥️♥️♥️♥️♥️♥️
Tc♥️♥️♥️♥️♥️♥️♥️♥️♥️