
މާއިޝް އުޅުނު ގޮތުން ހީވަނީ ހަތަރު އަހަރުގެ ކުޑަ ކުއްޖަކު ގޭތެރޭގައި ދުވެދުވެފައި އުޅޭހެންނެވެ. ކިތަންމެ މުއްސަންޖަސް އެކަމާ މެދު މާއިޝްގެ ހިތުގައި އެކަމާ މެދު އެއްވެސް ބޮޑާކަމެއް ނުވަތަ ކިބުރުވެރިކަމެއް ނުވާކަން ހަމައެކަނި މާއިޝްގެ ޢަމަލުތަކުންވެސް ދޭހަވެއެވެ. ބޭރުފުށުން ބަލާލާފައި މާއިޝް އަކީ ވަރަށް ފޮނި، ބޮޑާ މީހެކޭ މީހުން ބުންޏަސް މާއިޝްގެ ހިތުގައިވާ ޙަޤީގަތް ﷲ މޮޅަށް ދެނެވޮޑިގެން ވާކަން މާއިޝް އަބަދުވެސް ހަނދާން ބަހައްޓައެވެ. އެހެންމީހުންގެ ރުޅިވެރި ބަސްތަކުންނާއި، ޙަސަދައިން ރެކިގަންނަން މާއިޝް އަބަދުވެސް ބޭނުންކުރާ ހަތިޔާރަކީ އަޅުކަމެވެ. އެއީ އޭނާގެ މަންމަމެން ކުޑްއިރުއްސުރެވެސް އޭނާއަށް ދަސްކޮށްދީފައިވާ ގޮތެވެ. މޮޅަށް ކިޔަވާ، ދީނީ ކަންކަމަށް ސަމާލުވާން މަންމަ އަބަދުވެސް ނަސޭޙަތްތެރި ވެއެވެ. މާއިޝް އަބަދުވެސް އެ ނަސޭޙަތްތައް އަޑުއަހާ، އެއާ އެއްގޮތަށް ޢަމަލު ކުރެވޭތޯ މަސައްކަތް ކުރެއެވެ. ނުކުރެވެނީ ހަމަ އެންމެ ކަމެކެވެ. އުޅޭ ކޮޓަރި ސާފުކޮށް ތަރުތީބު ކުރުމެވެ. އެކަންތައް ދުވަހަކުވެސް އިސްލާޙު ކުރެވޭނެކަމާއިމެދު މާއިޝްއަށް ޝައްކެވެ.
***********************
ސޯފާގައި އިން ރައިޝާ އިނީ ޓީވީ އިން ދައްކަމުން ދިޔަ ހިންދީ ޑްރާމާއަށް ގެއްލިފައެވެ. ރިއާޝްވެސް އޮތީ ސޯފާގައި ފޯނުން ފުޓުބޯޅަ މެޗެއް ބަލަން ރައިޝާގެ އުނގަށް ފައި އަރުވައިގެންނެވެ. މިއަދު ދެބެން އެ ތިބީ ޓީވީ ރިމޯޓަށް ވަރަށް ގަދަޔަށް އޮބައިގެންނެވެ. އެންމެ ފަހުން ރިއާޝް ބަލި ގަބޫލު ކުރީ ފޯނުންވެސް އެ މެޗު ބެލޭނެ ކަމަށް ނުހާ ބުނުމުންނެވެ. ދެމީހުންވެސް ސޯފާގައި ތިއްބާ ގޭ ދޮރުގައި މީހަކު ޓަކި ޖަހާ އަޑު އިވުނެވެ. ނުހާ ދޮރު ހުޅުވަން ދާން އެދުމުން ރިއާޝް އެދުނީ ރައިޝާ ކައިރީގައެވެ. ރައިޝާ ވަގުތުން ދެކޮޅު ހެދިއެވެ. އެހިސާބުން އެ ފެށުނީ ތިންވަނަ ބޮޑު ހަނގުރާމައެވެ. ބާލީހުން އެކަކު އަނެކަކުގެ ގައިގާ ތަޅާ، ތޮޅެ ހަދަމުން ދިޔަ ދެމީހުންނަށް އަނެއްކާވެސް ސިހުމެއް ލިބުނީ ބެލް އެޅި އަޑަށެވެ
“ރާރާ ދޭ ދޮރު ހުޅުވަން..” ރިއާޝް ބުނެލިއެވެ. “ނޯ ވޭ.. މަންމަ ބުނީ ދޮންބެ ކައިރި އެއްނު..” ރައިޝާ ދުލެއް ނުކުރިއެވެ. “އޮކޭ.. ރޮކް ޕޭޕަރ ސިޒަރ ކުޅެގެން ދަށްވާ މީހަކު..” ރިއާޝް ބުނެލުމުން ރައިޝާ އެއްބަސް ވިއެވެ. “ރޮކް ޕޭޕަރ ސިޒަރ ޝޫ” “ޔޭ.. ދޮންބެ މޮޅުވީޔޯ.. ދެން ރާރާ ދޭ.” ރިއާޝް ފޮނިވެލާފައި ބުމަ އަރުވާލިއެވެ. ރައިޝާ ރުޅިއައިސްގެން ބިންމަތީގައި ފައި ތަޅާލާފައި ގޮސް ދޮރު ހުޅުވި އިރުވެސް ދެލޯ އަމާޒުވެފައި ހުރީ ރިއާޝް އަށެވެ. ދޮރުމަތީގައި ހުރީ ކާކުތޯ ބަލާލަންވެގެން ދޮރާ ދިމާލަށް ބަލައިލި ރައިޝާއަށް ލިބުނު ސިހުމަކުން އަނގަމަތީގައި އަތްއަޅާލެވުނެވެ.
“ކުޑަބޭ..” ދޮރުމަތީގައި ހުރި ޔާޝް ފެނި ރައިޝާ ފުންމައިގެން ގޮސް ޔާޝްގެ ކޮނޑަށް އެރިއެވެ. ދޮރުމަތީގައި ހުރީ ކާކުކަން އެނގުމާއި އެކު ރިއާޝްވެސް ދުވެފައި އައީ ދެފަޔަށް ލެވުނުހާ ބާރެއް ލަމުންނެވެ. “އޯ އެމް ޖީ ކުޑަބޭ އައި މިސްޑް ޔޫ ސޯ މަޗް..” ޔާޝްގެ ގައިން ފައިބާފައި ރައިޝާ ބާރަށް ޔާޝްގެ ގައިގައި ބައްދާލިއެވެ. “ހެހެ.. އައި މިސްޑް ޔޫ މޯރ ކުޑަބެގެ ޕްރިންސެސް..” ރައިޝާ ގަޔާ ދުރުކޮށްލަމުން ރައިޝާގެ ނޭފަތުގައި ޔާޝް ހިފާލީ ވަރަށް ލޯބިންނެވެ. “ބްރޯ.. އަންގާވެސް ނުލާ؟ ވަރަށް ސަޕްރައިޒްޑް..” ރިއާޝްވެސް އައި ގޮތަށް އައިސް ޔާޝްގެ ގައިގައި ކުޑަކޮށް ބައްދާލިއެވެ. “ކުޑަބޭ ސިންގަޕޫރ އިން ކޯޗެއް ރައިއަށް ގެނައީ.. ޗޮކްލެޓް ގެނައިން ދޯ ހަމަ ޔަގީނުންވެސް..” ދަތްޕިލަ ސޭލް އަޅުވާލަމުން ރައިޝާ އަހާލިއެވެ. “ކުޑަބޭ.. އާޝް ބުނި ލެޕްޓޮޕް ގަނެދިނިންތަ؟” ރިއާޝްވެސް ހީވަނީ ދުނިޔެ ރަން ވެގެން އުޅޭހެންނެވެ. ވާނީވެސް އެހެންނޫންހެއްޔެވެ؟ އެންމެ ލޯބިވާ ބޭބެ އެހާ ދުވަސްކޮށްފައި ފެނުމުން އުފާ ނުވާނީ ކާކުހެއްޔެވެ؟
“ހެހެ.. ތިކުދިން ބުނި ހުރިހާ އެއްޗެއްވެސް ގެނައިން.. އެކަމް އެއްވެސް ކުއްޖަކު ހަނދާނެއް ނެތްތަ ކުޑަބެ ބުނި ބޮޑު ސަޕްރައިޒް މަތިންނެއް؟” ޔާޝްވެސް ހުރީ ނުހަނު އުފާވެފައެވެ. ލޯބިވާ ދެ ކޮއްކޮ އެހާ ދުވަސްކޮށްފައި ފެނުމުންނެވެ. “އޯހ ޔެސް ޔެސް ޔެސް ހަނދާން ވެއްޖެ.. އެއީ ރައިއަށް ވީ އެއްޗެއް ދޯ ދޮންބޭ..” ރައިޝާ ރިއާޝްއާ ދިމާލަށް ކަޅިއަޅާލިއެވެ. “ހަހް.. ޔޫ ވިޝް.. އިޓްސް އޮބްވިއަސްލީ ފޯރ މީ ބިކޯޒް ކުޑަބެ ލަވްސް މީ މޯރ ދޭން ޔޫ..” ރިއާޝް ދޫ ނެރެލިއެވެ. ދެބެންގެ ޒުވާބު ހޫނުވެދާނެތީ ޔާޝް އަވަހަށް ވާހަކަ ދައްކަން ފެއްޓިއެވެ. “އެއީ ދެކުދިންނަށްވެސް އޮތް ސަޕްރައިޒްއެއް.. ހިފައިގެން މި އައީ.. ބޭނުންތަ ބަލާލަން؟” ޔާޝް ހިނިތުންވެލިއެވެ. “ޔެސް..” ރައިޝާއާ ރިއާޝްއާ ދެމީހުން އެއްފަހަރާ ބުނެލިއެވެ. “އޯކޭ ދެން.. ހިއަރ ވީ ގޯ.. ވަން.. ޓޫ… ތްރީ..” ތިނަކާ ހަމައަށް ގުނާލުމަށްފަހު ޔާޝް ދޮރުމަތިން އެއްފަރާތް ވެލިއެވެ. އެވަގުތު ރައިޝާއާއި ރިއާޝްގެ ދެލޯ ބޮޑުވީ ލިބުނު ސިހުމަކުންނެވެ.
ޔާޝްގެ ފަހަތުގައި ހުރި އަންހެން ކުއްޖާ އިސްއުފުލާލައި ބަލައިލިއިރު އެ ތުންފަތްމަތީގައި ވީ ހިތްހެޔޮ ހިނިތުންވުމެކެވެ. މަޑުނޫކުލައިގެ ކުރުތާއާއެކު ތިރިން ލާފައި ހުރި ހުދުކުލައިގެ ހަރުވާޅާ އެއްކޮށް ކޮނޑުގައި އަޅާފައި އޮތީ ހުދުކުލައިގެ ދޯޕައްޓާއެކެވެ. ރީތި ކުއްޖެކެވެ. ދޮން ވަށް މޫނުކޮޅާއި، މިނިވަންކަމާއެކު ދޫކޮށްލެވިފައި އޮތް ދިގު އިސްތަށިގަނޑުން ބޮޑަށް ވައްތަރީ އިންޑިޔަން ކުއްޖަކާއެވެ. އެ ކުއްޖާ ހިނިތުންވެލިތަން ފެނި ރިއާޝްއާއި ރައިޝާވެސް ހިނިތުންވެލިއެވެ
“ދޮ.. ދޮންބޭ.. މީ ކާކު..؟” ރިއާޝް އަހާލީ އަޅައަޅައިގަންނަމުން ކަހަލަ ގޮތަކަށެވެ. ވާނީވެސް އެހެންނޫންހެއްޔެވެ؟ މިއީ އޭނާގެ ދޮންބެ ގެއަށް އަންހެން ކުއްޖަކު ގެނައި ފުރަތަމަ ފަހަރެވެ. އަދި އެވެސް ސިންގަޕޯރ އިންނެވެ. ވީމާ ސިހޭނެ ނޫންހެއްޔެވެ؟
“ހެހެ.. މީ ތިކުދިންގެ ފަހަރިއޭ ބުނެފިއްޔާމުންނޯ..؟” އެއްލޯ މަރާލަމުން ޔާޝް ސުވާލުކޮށްލިއެވެ. އެއާއެކު ރިއާޝްއާއި ރައިޝާގެ ދެލޯ ބޮޑުވިއެވެ. ވަގުތުން ދެމީހުން ދެމީހުންގެ މޫނަށް ބަލައިލުމަށްފަހު އެ އަންހެން ކުއްޖާއާ ދިމާލަށް ބަލައިލިއެވެ. އެކުއްޖާ އޭރު ހުރީ ކޮންމެވެސް ވަރަކަށް ބިރުގަނެގަނެފައިހެން ހީވެއެވެ. އަލަށް ބަޔަކާ ބައްދަލުވީމަ ކަމަށްވެސް ވެދާނެއެވެ. “ވަޓް..؟ އަސްލުތަ..؟ ދޮންބެ އަންގާވެސް ނުލާ.. ވާއު.. ޝީ އިޒް ސޯ ޕްރިޓީ.. ސިންގަޕޯރިއަން އެއްތަ..؟ ވެލްކަމް ފަހަރި..” ރިއާޝް ނުހަނު މަޖާވެލާފައި އެކުއްޖާއާ ސަލާމްކޮށްލަން އަތްދިއްކޮށްލިއެވެ. ހިތްހެޔޮ ހިނިތުންވުމަކާއެކު ސަލާމްކޮށްލިގޮތުން އެކަނިވެސް ރިއާޝްއަށް މިއީ އޭނާގެ ބޭބޭއަށް އެންމެ އެކަށީގެންވާ ކުއްޖާކަން އެނގުނެވެ. “ހަހް.. ތީ އަޅެ ބޮޑު މޮޔައެއްތަ..؟ އެ ކުއްޖާ ހުރި ގޮތުންނާ ލައިގެން ހުރި އެއްޗެހި ހީވޭތަ އެއީ ސިންގަޕޯރިއަން އެއްހެން..؟ އެއީ އިންޑިޔަން އެކޭ.. ޔޫ ގަޅި ބޯ..” ރިއާޝް ބޮލުގައި މަޑުމަޑުން ޖަހާލަމުން ރައިޝާ ރީޝާއާ ދިމާލަށް ބަލައިލިއެވެ. “ވެލްކަމް ފަހަރި.. އަޅޭ ދޮންބޭ އަސްލުވެސް ޝީ އިޒް ސޯ ބިއުޓިފުލް.. ޔުއަރ ޗޮއިސް އިޒް ދި ބެސްޓް.. ފަހަރީ.. ޔޫ އާރ ފްރޮމް އިންޑިޔާ.. ރައިޓް.؟ ވަޓް އިޒް ޔުއަރ ނޭމް..؟” ރައިޝާ ވަަރަށް ގަޔާވެލާފައި އެ ކުއްޖާއާ ސަލާމް ކޮށްލިއެވެ. “ރީޝާ.. އެންޑް ޑޯންޓް ވޮރީ.. ދިވެހި އިނގޭ.. ތަންކޮޅެއް ކުޑައިރު ރާއްޖޭގަ އުޅުނިން ދޮޅު އަހަރު ވަންދެން.. ޔާޝްވެސް ދަސްކޮށްދިން ވަރަށް ގިނައިން.. އެންޑް ޔެސް.. އައިމް އިންޑިޔަން..” ހިނިތުންވެލަމުން ރީޝާ ޖަވާބު ދިނެވެ. “އޯހ.. އެހެން ދޯ.. މުސްލިމެއްތަ..؟” ރިއާޝް އަނެއްކާވެސް އަހާލިއެވެ. “ޕިސް ޕިސް.. ސާބަހޭ ގަޅިބޯ.. އެއީ މުސްލިމެއް ވީމައެއްނު މުސްލިމް ނަމެއް ކިޔާނީ.. އިންޑިޔާގަވެސް މުސްލިމުން އުޅެޔޭ.. ދެން ކުޑަބެވެސް ހަމަ ތާކުން ފެންނަހާ ފަރަންޖީ ކުއްޖެއް ގެޔަކަށް ނުގެންނާނެ ދޯ.. މަގޭ ހިތަށް އަރާ މި ބޮލުގެ ތެރޭގައި އިންނަނީ ނާށްޓެއް ބާވައޭ ނޫނީ ގަލެއް ބާވައޭ.. ހަމަ ގައިމުވެސް ސިކުނޑިއެއް ނޫން އިންނަނީކީ..” ރައިޝާ އަނެއްކާވެސް ރިއާޝްގެ ބޮލުގައި ޖަހާލިއެވެ. އެ ދެބެންގެ ޒުވާބު ބަލަން ތިބި ޔާޝްއާއި ރީޝާ ތިބީ ހީހީ ގޮސް ހަލާކުވާ ވަރު ވެފައެވެ. ދެ މީހުންނަށް ޒުވާބު ނިންމާލަން އެނގުނީ ނުހާ އެތަނަށް އައުމުންނެވެ
“ހާދަ އަޑުގަދައޭ.. ދަރިފުޅުމެން ކައިރި މަންމަ ކިތައް ފަހަރު ބުނެފިން ނުތޮ…” ނުހާގެ ޖުމުލަ ފުރިހަމަ ނުކުރެވުނީ ކުރިމަތީގައި ހުރި ޔާޝް ފެނުމުންނެވެ. “ޔާޝް.. ދަރިފުޅު..” އެއާއެކު ނުހާގެ ލޮލުން ކަރުނަ ނީރާލިއެވެ. ތިން އަހަރު ވަންދެން ނުފެނި ހުރި ފިރިހެން ދަރިފުޅު ފެނުމުން ނުހާ ހުރީ ސިހުމާ އެއްވަރަށް އުފާވެސް ވެފައެވެ. ވަގުތުން ގޮސް ޔާޝްގެ ގައިގައި ބައްދާލީ އުފާވެފައި ހުރި ވަރުންނެވެ. އެ ދަރިފުޅު އޭނާ ހަމަލޮލުން ނުދެކޭތާ އެތައް ދުވަހެއް ވެއްޖެއެވެ. ދެން ކުއްލިއަކަށް ފެނުމުން މަޔަކަށް އަސަރު ކުރާނީ މިވަރަށެވެ. ޔާޝްވެސް ނުހަނު އުފާވެފައި މަންމަ ގައިގައި ބައްދާލިތަން ފެނުމުން ރިއާޝްއާއި ރައިޝާވެސް ގޮސް އެދެމީހުންގެ ގައިގައި ބައްދާލި މަންޒަރު ބަލަން ހުރި ރީޝާގެ ދެލޯވެސް ފެންކަޅި ވިއެވެ.
ސިންގަޕޫރުގައި ހުރި އިރު ޔާޝް އޭނާގެ މަންމަމެން މަތިން ހަނދާންވާ ވާހަކަ ދެއްކި ފަހަރުތައް ގުނާ އަދަދު ނުކުރެވޭނެއެވެ. ޔާޝް އެހާ އުފާވެފައި ހުރި ތަން ފެނުމުން ރީޝާއަށް ހީވީ އޭނާގެ ހިތްވެސް އުފަލުން ފޮޅޭހެނެވެ. އެހެންނަމަވެސް، އޭނާގެ އަމިއްލަ މަންމަގެ މަތިން ހަނދާންވުމާއެކު ދެލޮލުން ކަރުނަ ނީރާލިއެވެ. އެ މަންމަ މީގެ ދެއަހަރު ކުރިން އޭނާ ސިންގަޕޫރުގައި ކިޔަވަން ހުއްޓާ ހާރޓްއެޓޭކެއް ޖެހިގެން ނިޔާވި ޚަބަރަކީ އޭނާގެ ދިރިއުޅުން އެފުށްމިފުށައް ޖަހާލަން މެދުވެރިވި ސަބަބެކެވެ. ޔާޝްއަށްޓަކައި އުފާ ކުރާ ޙާލުު ކަރުނައިގެ ތެރެއިން ހިނިތުންވެލާފައި ރީޝާ ދެލޯ ފުހެލިއެވެ. އެވަގުތުވީ ނުހާގެ ލޮލުގައި ރީޝާ އަޅައިގަތް ވަގުތަށެވެ. ނމ
“ދަރިފުޅާ.. އެއީ ކޮންކުއްޖެއް..؟” ނުހާ އިޝާރާތް ކުރީ ރީޝާއާ ދިމާލަށެވެ. އެވަގުތު ޔާޝް ހިނިތުންވެލާފައި ގޮސް ރީޝާގެ އުނަގަނޑުގައި ހިފާ ގަޔާ ކައިރިކޮށްލީ މަންމައަށް އެއީ އޭނާގެ ކާކުކަން އަންގައިދިނުމުގެ ގޮތުންނެވެ. “މަންމާ.. މީ ރީޝާ.. މައި ފިޔުޗަރ ވައިފް..” އަތުގެ ކަށިއިނގިލީގައި އަޅާފައި އޮތް ރިހި އަނގޮޓި ޔާޝް މަންމައަށް ދައްކާލިއެވެ. އެވަގުތު ނުހާ ހިނިތުންވެލީ ދަރިފުޅަށްޓަކައި ހިތުގެ އެންމެ ފުންމިނުން އުފާވާ ޙާލުގައެވެ. އެ ދަރިފުޅު ދިރިއުޅުމުގައި ނިންމާ އެއްވެސް ނިންމުމެއް ގޯސްކޮށް ނުނިންމާނެ ވަރުގެ ތަރުބިއްޔަތެއް ދެވިފައިވާކަމުގެ ޔަގީންކަން އޮތް ޙާލުގައެވެ. ނުހާ ގޮސް ރީޝާގެ އަތުގައި ހިފާލުމުން ރީޝާ ހިނިތުންވެލިއެވެ
“ދަރިފުޅާ.. ކިހިނެއް..؟” ނުހާ އެހާ ލޯބިން އެހެން އަހާލުމާއެކު ރީޝާގެ ބަޑި ދިޔައީ ފަޅައިގެންނެވެ. ރީޝާ ރޯތަން ފެނުމުން ނުހާ ވަރަށް ހާސްވެފައި ރީޝާގެ ގައިގައި ބައްދާލީ ވީގޮތެއް ނޭނގުުމުންނެވެ. ޔާޝްއާ ދިމާލަށް ބަލައިލެވުނީ ވީގޮތެއް ކިޔައިދޭށޭ ބުނާފަދަ ގޮތަކަށެވެ. “އޭނަ މަންމަ މަތިން ހަނދާންވީ.. މީގެ ދެއަހަރު ކުރިން މަންމަ ނިޔާވީ އޭނަ ކިޔަވަން ހުއްޓާ.. އެކޮޅަކަށް ނުދެވުނު.. އާއިލާގަ އިތުރު މީހަކު ނުވެސް ހުންނާނެ.. ބައްޕަވެސް ވަރަށް ކުޑައިރު ނިޔާވީ.. މަންމަ މަތިން ހަނދާންވީމަ މާ ބޮޑަށް ދެރަވީ ކަމަށް ވާނީ..” ޔާޝް ވީ ގޮތް ކުރު ގޮތަކަށް ކިޔައިދިނުމުން ނުހާއަށް ރީޝާއާ ދޭތެރޭ ހަމްދަރުދީ ވެވުނެވެ. ރައިޝާއާއި ރިއާޝްވެސް ތިބީ ފެންކަޅި ވެފައެވެ. މި ނިކަމެތި އަންހެން ކުއްޖާ ހާދަ ވޭނެއް ތަޙައްމަލު ކޮށްފައި ހުންނާނެޔޭ ހިތަށް އެރިއެވެ. އަމިއްލަ ދަރިއެއް ފަދައިން މި ކުއްޖާއަށް ލޯބި ދޭން ނުހާ އަމިއްލަ ނަފްސަށް ވަޢުދު ވިއެވެ
“ދޫނި ހުއްޓާލާ.. މީވެސް ހަމަ މަންމައެއްނު.. އަވަހަށް ހުއްޓާލާ.. މީ ހަމަ ރީޝާގެވެސް އާއިލާއޭ ހީކޮށްލާ.. ކޮންމެ މީހަކީވެސް މާތްﷲ އިމްތިޙާން ކުރައްވާނޭ މީހެއް.. އެކި މީހުން އިމްތިޙާން ކުރައްވާނީ އެކި ގޮތްގޮތަށް.. އަވަހަށް ހުއްޓާލާ.. ޔާޝް.. ރީޝާ ހުންނާނީ މިގޭގަ.. އާޝްއާ ދެކުދިން ވެގެން ފޮށިތައް ވައްދާ.. ރައީ.. ރީޝާގެ ކޮޓަރި ތައްޔާރު ކުރަން ރީޝާއަށް އެހީވައްޗެ..” ރީޝާ މަސަލަސް ކޮށްލުމަށްފަހު ނުހާ ބަދިގެއަށް ދިޔައީ މިއީ އަމިއްލަ ގެ ކަމުގައި ދެކިގެން އުޅުމަށް ރީޝާ ގާތު ބުނެފައެވެ. ނުހާގެ ހިތްހެޔޮ ކަމަށް ރީޝާއަށް ހިތާހިތުން ޝުކުރު ކުރެވުނު އަދަދުވެސް ނޭނގެއެވެ.
ނުހާ ބަދިގެޔަށް ދިޔުމުން ރައިޝާ ރީޝާ ގޮވައިގެން ދިޔައީ ރީޝާގެ ކޮޓަރި ދައްކާށެވެ. އެގޭގައި އިތުރަށް އަދި ތިން ކޮޓަރި ހުރުމުން ރީޝާ ބޭނުންވާ ކޮޓަރިއެއް އިޚްތިޔާރު ކުރުމުގެ ފުރުސަތު ރައިޝާ ދިނެވެ. ރައިޝާއަށް ރަނގަޅު ކޮޓަރިއެއް އޯކޭ ވާނެޔޭ ބުނުމުން ރައިޝާ އޭނާގެ ކޮޓަރިއާ ޖެހިގެން ހުރި ކޮޓަރި ރީޝާއަށް ދެއްކިއެވެ. ރައިޝާއާ އެކު އެ ކޮޓަރިއަށް ވަތް ރީޝާ ދަބަސް ބަހައްޓާފައި ނުކުތީ ރައިޝާގެ އެދުމަށް ކޮޓަރި ސާފުކޮށް ފަރުނީޗަރުތައް ހަމަވަންދެން އިހަށް ރައިޝާގެ ކޮޓަރީގައި މަޑުކޮށްލާށެވެ. ފޮށިން ހެދުމަކާއި ތުވާއްޔެއް ނަގައިގެން އައިސް ރައިޝާއާ އެކު އެ ކޮޓަރިއަށް ރީޝާ ވަނީ ފެންވަރާ ތާޒާވެލުމަށެވެ.
ރައިޝާގެ ކޮޓަރިއަށް ވަތް ރީޝާއަށް މުޅި ކޮޓަރިތެރެއަށް ނަޒަރު ހިންގާލެވުނީ އެ ކޮޓަރި ފަރުމާކުރެވިފައިވީލެއް ތަފާތު ކަމުންނެވެ. މުޅި ކޮޓަރި ތެރެއަށް ނަޒަރު ހިންގަމުން ގޮސް ރައިޝާގެ އެނދުމަތީގައި ރީޝާ އިށީޏދެލިއެވެ. “އަމްމް.. ރައިޝާ.. ޑޯންޓް މައިންޑް ބަޓް.. ގްރޭ އަކީ ރައިޝާގެ ފޭވަރިޓް ކުލަތަ..؟” ރީޝާ އަހާލިއެވެ. އެއާއެކު ރައިޝާ ހިނިތުންވެލާ ރީޝާގެ ކައިރީގައި އިށީނދެލިއެވެ. “ޔެސް އިޓް އިޒް.. އައި ލައިކް ޑަލް އެންޑް ޑާރކް ކަލަރސް ސަޗް އޭޒް ގްރޭ، ބްލެކް، ވައިޓް، ޔޫ ނޯ.. ހެހެ.. އެންޑް ޕްލީޒް.. ޖަސްޓް ކޯލް މީ ރައި.. ކޮންސިޑަރ އަސް އޭޒް ޔުއަރ އޯވން ފެމިލީ..” ރައިޝާ ހިނިތުންވެލިއެވެ. އިރުކޮޅެއްނުވެ ރައިޝާއާއި ރީޝާ ވާހަކަ ދައްކަން ފެށިއިރު ހީވީ ޒަމާންގަނޑަކަށް ފަހު ދިމާވި ދެ އެކުވެރިން އަނގަތަޅަން ފެށި ހެންނެވެ.
*******
ރީޝާ ފެންވަރާ ތައްޔާރުވެ ނިމުމުން ރައިޝާއާ އެއްކޮށް ކާގެއަށް މިސްރާބު ޖެހީ ނުހާ ކާން އަންނަން އެދުމުންނެވެ. ދެކުދިން އެއްކޮށް ކާގެއަށް ވަތް އިރު ޔާޝްއާއި، ރިއާޝްއާއި، ރިޔާޒް އޮލަ ވާހަކައިގައި ތިބި ތަން ފެނުނެވެ. ރިޔާޒްގެ މޫނުމައްޗަށް ބަލައިލުމުން ރިޔާޒްވެސް އެ ހުރީ ނުހަނު އުފާވެފައިކަން ހާމަވެއެވެ. ރައިޝާއާއި ރީޝާ އަންނަ ތަން ފެނުމުން ރިޔާޒް ރިޔާޒްއަށް އެތަން ދައްކާލިއެވެ. “ބަލަ ބައްޕާ.. އެއޮށް އަންނަނީ ފަހަރި..” ރިއާޝް ވަރަށް މަޖާވެލާފައި ބުނެލި ގޮތުން ޔާޝްއާއި ނުހާ ކައިރިއަށްވެސް ހިނިއައެވެ. ރީޝާ އައިސް މޭޒުދޮށުގައި އިށީނުމުން ރިޔާޒް ރީޝާއަށް ހިނިތުންވުމެއް ދިނެވެ. ބަދަލުގައި ރީޝާވެސް ރީތި ހިނިތުންވުމެއް ރައްދުކޮށްލީ އެއީ ޔާޝްގެ ބައްޕަކަން އެނގޭތީއެވެ.
“ހްމްމްމް.. ރީޝާ ދޯ.. ވެލްކަމް ޓު އަވަރ ފެމިލީ.. މީ ހަމަ ރީޝާގެވެސް އާއިލާ ކަމުގަ ދެކިގެން އުޅެން ވާނީ އިނގޭ..” ރިޔާޒް ބުނެލީ ހިތްހެޔޮކަމާއެކީއެވެ. ރީޝާ ހިނިތުންވެލާފައި ބޯ ޖަހާލީ ބުނާނެ އިތުރު އެއްޗެއް ނޭނގުމުންނެވެ. “ބައްޕައަށް އިނގޭތަ..؟ ރީއްތަ ބުނީ ރައިއަށް ލައްޑޫ ހަދައިދޭނަމޯ.. ވަރަށް ރަނގަޅު.. ކުޑަބޭ.. ޔޫ ޑިޑް ދަ ރައިޓް ތިންގް ބައި ޗޫޒިގް ހަރ.. ޔޫ އާރ ދި ބެސްޓް..” ރައިޝާ ވަރަށް މަޖާވެލާފައި ބުނެލިއެވެ. އެއާއެކު އެންމެން އެއްފަހަރާ ހީގަތީ ރައިޝާ އިންޑިޔާއަށް ފޯރި ހުންނަ ވަރު ހަނދާން ވުމުންނެވެ.
ކެއުމުގެ މެދާ ހަމައަށް ދަންދެން އޮތީ ހުސް އުފާވެރި ވާހަކަތަކެވެ. މައިގަނޑު ވާހަކައަކަށް ދެކެވުނީ ޔާޝްއާއި ރީޝާގެ ގުޅުމުގެ ވާހަކައެވެ. އެކި ވާހަކަ ދައްކަމުން ގޮސް މާހައުލަށް ހޫނުކަމެއް ވެރިވެގެން ދިޔައީ ރިޔާޒް ވަރަށް މުހިންމު ވާހަކައެއް ބުނަންވެފައި އޮތް ވާހަކަ ބުނުމުންނެވެ. އެއާއެކު އެންމެންވެސް ތިބީ ހުރިހާ ސަމާލުކަމެއް ރިޔާޒްއަށް ހުސްކޮށްގެންނެވެ. ރިޔާޒް ނުހާގެ މޫނަށް ބަލައިލުމުން ނުހާ މަޑުމަޑުން ބޯ ޖަހާލި އިރު އެ ދެލޯ ވަނީ ފެންކަޅިވެފައެވެ. ވާން މިއުޅެނީ ކީއްކަމެއް ނޭނގޭ ހާލު ރިޔާޒްއާއި، ޔާޝްއާއި، ރައިޝާއާއި، ރީޝާ ތިބީ ރިޔާޒް ދެން ބުނާނެ އެއްޗަކާ ދޭތެރޭ ވަރަށް ޝައުގުވެރިވެފައެވެ. ކޮންމެސް ހިތާމަވެރި ޚަބަރެއްކަމަށް ހީކުރެވުމުން ހަތަރު ކުދިންގެ ހިތުގައިވެސް ބިންދާލީ ބިރުވެރި ކަމުގެ ރާޅުބާންޏެކެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ރިޔާޒް އޭނާއާ ނުހާގެ “ބޮޑު ސިއްރު” ހާމަކޮށްލަން ނިންމީ މިއީ އެންމެ ރަނގަޅު ވަގުތު ކަމުގައި ދެކެމުންނެވެ.
ނުނިމޭ…
15 Comments!
Comments are closed.
Masha Allah vrh Sali mi part vxx naayuuu .❤️❤️❤️❤️❤️❤️❤️❤️
Vrh kiyaahithun huhtaa up vee I am so happy❤️❤️❤️❤️❤️ yeyyyyy❤️❤️❤️
Hehhehehe?????
Keep it up ingeyy❤️❤️❤️❤️
Ale wow yaash dhonbe fahari eh genaee dhw❤️❤️ e vxxx reesh that’s so amazing ingey ❤️❤️❤️❤️❤️❤️❤️
Raishaa and riaash ge fights are no. 1❤️❤️??? Hama hhehehe kiyaameehaku heehee halaaku vaane hehhehe❤️❤️❤️???
Btw dhn in part gaa haama kuran uley bodu siraky yaash dhonbe ge siru dhw Emeehun ge Dari eh noon Kan❤️❤️❤️❤️❤️
Anyways waiting for the next part ?❤️❤️
Love u soo much ❤️❤️❤️
Stay safe ❤️❤️and take care ❤️❤️❤️
Salaam my dear readers… Mi othii mi story ge 10th part… Mi part lasvi kamahtakai thiya hurihaa kiyuntheringe kibain nihaayathah maafah ehdhen… Mi part vx kiyuntherinnah kamudhaane kamah ummeedhu kuran… Mi story kiyaa, like dhii, comment kuramun anna hurihaa kudhinnah alhuganduge hithuge emme funminun shukuru dhannavan… Stay safe and take care readers… Lysm all…
EID MUBAARAK
In reply to ril sis…
awwwn tyssssm dear sisyyy
hehe vrh kiyaahithun huttaa avahah up nukohdhevuniima vrh bodah sorry 🙁 eka mihaaru ok ennnu… nxt prt dhn kiyaalan libeynii one week varu fahun hen hiivanii… nayaa ge online class thah feshey mi mahu 15 ga… ehenma vrh bxy vaane midhuvaskolhu..
aaekey yaash dhonbe dhen gennaane thr reesh uttaa ehen miihaku? thi boa bahattaigen rangalhah visanabala koyaa…
hehe their fights dhw… yes i agree with u…. hama number 1 eii… hehehe
dhen hingaa dhw balamaa eii kon sirrehthw dhw…
keep waiting… won’t disappoint u for sure…
lymmmmm…
u too stay safe nd take care…
Nayoo this part is awesome ❤️♥️ nd waiting for another part??
In reply to zahuu…
tysm dear… keep waiting.. insha allah next week ge weekend hisaabuga kiyaalan libeyne… ss
Varah reethi Maasha Allah Mi part ves???. Rai aa Riaash bro ge kolhun varah majaa??? waiting for the next part curiously ???
Tc dear ???
Good luck ?
tysm maash dear… hehe nayaa liyaa ehcheiige kommes hisaabakun abadhuvx majaa vaane ingey… hehe… keep waiting… insha allah next week friday ga kiyaalan libeyne…
u too ss nd tc darl
once again thanq
Klwwwwwww… Keeeehthikureeeee?????Magey hatharu kan kashi matheen India kohlleenu thi?kadaey theethi brw… Ma beynumee Hama Raajjeyy kuhjjakah Vaasheyyyyy ??????sakraathehnnu… Ey Dhen Dialog hadhaalaa eyru Rai India ah foari hunnaathee India kuhjjekey bunee ey kiyaafa… Koya Magey amma vx maraaligen dhw thiulhenee… Manjey Ma dhivehssakah hadhaathi konme gotheh hadhaafa vx… Ekm Hama Yaash Ma intro kuramun dhiya iru hunun control nukurevunu ngey???????vvvvvvvvvvvvvvvvvvvvvvvvvvv salhi negy… Shukuriyaaa brw… Bodu sirrakee yaash dhonbe ge parents dhw
Lwbi vey ngey… Dhen ithuru ehchekey buneveynee manje Magey dhivehssakah hedheema ?bye bye
brwww… ihah hama jehibala… take a chill pill… mii hama ma beynun vegen kohli kamekey stry majaa kohla… dhen rai abadhu ulheynii laddu kaan reesha athun…. hehe… eyy aslu mi stry ga hama ekani manjege name ey mi beynun kohlee… mi stry ga mi ulhey thi reeshaa aa haas bai thafaathu vaane… mii manje kahala anga goangneh nooney… mii vrh madumaithiri bas ahaa kujjekey… dhen ekamu half maldivian kohdheveythw vx balaanan brw… dhen kihineh change kuranii ekm?? dhen ehn hadhahn ulhefiyyaa magey vhk ekkoh hadi ey vaanii… dhn i’ll figure something out…
tysssmm lwbikolhuuuu…. dhen hingaa dhw balamaa e bodu sirrakii kobaithw dhw…
ma vx vrh lwbi vey kokkiiiiiii… heheh dhn mi jehunii manje dhivessakah hadhaakannu… yaash donbe aa ekkoh stry ah genesdhin kamattakaavx shkureh nukurey viyya… hoon bye bye… mashah varihama dhen nayas 😉
Ohhh.. Ok Ok Magey Auntie beynun gothehhh????Aslu ma maa selfish vee ey dhw… Sorry… Ohh hama ekani nan dhw.. Aan ehn viyya Heyo.. Kuriah kuriah
Hii nayaa❤️❤️❤️❤️
Ey nayaa vhk.com id eh hadhaaba. Eyrun pvt koh talk kureveyne. ?Zai ? miulhenee vrh busy koh.time veema kiyalafacmnt eh kohlaanan ingey
Stay safe ??
Lyssssssmm
Tvgc
heii zai…
balaalaanan ingey hedheythoa… nayaa vx midhuvaskolhu vrh bxy… ekm vx try kohlaanan… yhh o vaane… hama free vaa irakun cmnt eh kohliyas ingey… iss okk…
u too stay safe
lym
u too tc
Hello nayu ? kihineh thr dear ? ? mibai vex Vrh vrh rythi ingey ? Masha Allah ?? kurin baithakuga cmnt eh nukohlevunax hama baraabarah keen ?? vrh rythi kuru vhk vex ? Masha Allah ❤ pis pis.. mi dheben mii haadha kwlhey bayekey ?? sahaadheh ? mi riaash haadha kannethey.. dhoreh hulhuvaalan vex nudhevifa.. ? e dhn thankolheh bodu varrenu dw.. Haha ? alhey anekka ln vhk eh baa bunan ulheny ? “BIG SECRET” so curious.. ehehe..
dhn inn bayah inthizaaru kuran
LYSM
SS
SH
hello reeen dear… hama baraabaru alhamdhulillah…. dear kihineh thr?? aaawwwn tyssssm darl… really appreciate it ingey… yhh e ok vaane cmnt eh nukohlevunas… cmnt nukuriyas stry kiyaa kan inguniima hama vrh happy… thanks dear…hehe yess e dheben vx dhww… aaekey riaash akii abadhuvx kannei fodarekey… ahaaba reesha gaathuga vx… hehe… dhw reesh… dheben koalhuniima ennu majaa vaanii vx dhw… haha thi bunii yaash nd reesha marry kuri vhk ey thr secret akii?? hehe hingaa next part ah wait kohlamaa dhw eii kon secret eh thw balaalan… insha allah nxt week ge friday ga kiyaalan libeyne.. keep waiting… won’t disappoint u for sure darl…
lym…
same to u darl…
Thedheh manje Reeenoooo E Riaash eii bodu kannei fodareh ??