Skip to content
އެސްފިޔަ

ހިތް ބޭނުމޭ ދުލުން 2

ރޭގަނޑުގެ ހަމަހިމޭން ވަގުތު މެލޭޝިޔާގެ މަގުތައް ވަނީ ކުލަކުލައިގެ ބޮކިތަކުން ދިއްލާލާފައެވެ. މަގުމަތީގައި ކޮންމެވެސް ވަރަަކަށް މީހުން ހަރަކާތްތެރިވަމުން ދިޔައެވެ. ދުވަސްވަރަކީ ފިނި މޫސުމުގެ ދުވަސްވަރަށް ވުމާއިއެކު މާހައުލުގައި ވަނީ ފިނިކަން ހިފާލާފައެވެ. 

“ވޯޓަރ ކްރިސްޓަލް” ގޭގައި ވަނީ މަރުފަދަ ހިމޭންކަމެކެވެ. ގެއަށް ވަންނަތަނުން ފެންނަން ހުންނަ ގަރޑެން އިން ގޭގެ ރީތިކަން އިތުރުކުރުވައެވެ. އެތާގައި ވިނަ އިންދާފައި ހުރިއިރު ވަށައިގެން ބެންޗުތަައް އަތުރާލައިފައި ހުއްޓެވެ. ކައިރީގައި ހުރި އޮރެންޖު، އާފަލު، އަދި ސްޓޯބެރީ ގަސްތަކުން ތަނަށް އިތުރު ފުރިހަމަ ކަމެއް ގެނުވާދެއެވެ. ޖެހިލާ ފިނި ވައިރޯޅިން ހިތްތަކަށް ހަމަޖެހުން ގެނުވާދެއެވެ. އިންދާފައި ހުރި ތަފާތު ވައްތަރުގެ މާ ގަސްތަކުން މާހައުލުގައި ހިފާފައި ވަނީ އާދަޔާޚިލާފު މީރު ވަހެކެވެ. 

އެ ހިތްގައިމު މާހައުލުގައި ބަހައްޓާފައި ހުރި ބެންޗެއްގައި އިށީދެލައިގެން ޒިޔާނާ އިނެވެ. ކައިރީގައި އޭނާގެ ފިރިމީހާ ސާޖިދުވެސް އިނެވެ. “ސާޖިދު. ޝިމާންއަށް ގުޅާލިންތަ. ބުނި ވަރަށް އަވަހަށް މިކޮޅަށް އަންނާނަމޭ..” ނޫސްޕޭޕަރެއް ކިޔަން އިން ސާޖިދު ޒިޔާނާގެ އަޑަށް އިސްއުފުލާ ބަލައިލިއެވެ. “އާން ގުޅައިލިން. ޒިޔާ ބުނީމެއްނު ޒިޔާގެ ރައްޓެއްސެއްގެ ދަރިފުޅުވެސް އަންނަ ވާހަކަ. އެ މަންޖެ އަންނަނީ ކޮންއިރަކުންތަ.” ސާޖިދުވެސް ޒިޔާނާ އާ ސުވާލެއް ކޮށްލިއެވެ. “އާން އެ މަންޖެ ވެސް އަންނާނެ މި ހަފްތާ ތެރޭގައި.” ޒިޔާނާ ދާން ތެދުވަމުން ބުނެލިއެވެ. 

ޒިޔާނާ އަކީ ޝިމާންގެ މަންމަ ޝާހިދާގެ ކޮއްކޮއެވެ. ޝާހިދާ އާއި އޭނާގެ ފިރިމީހާ ނިޔާވީ ދިމާވި ކާރު އެކްސިޑެންޓް އެއްގައެވެ. އެއަށްފަހު އެއްވެސް ޝަކުވާއެއް ނެތި ޝިމާން އާއި އޭނާގެ ދޮންތަ ޝައިމާގެ ހުރިހާ ކަމަކާ ހަވާލުވީ ޒިޔާނާ އާއި ސާޖިދުއެވެ. ކައިވެންޏަށް 15 އަހަރު ވީއިރުވެސް އެދެމަފިރިންނަށް ދަރިއަކު ނުލިބެއެވެ. އެހެންވެ އެ ދެމަފިރިން ޝިމާން އާއި ޝައިމާ ދެކެ ވަނީ އަމަށަކު ލޯތްބެއް ނޫނެވެ. ދެ ކުދިންނަށް ވެސް މަތީ ފެންވަރަށް ކިޔަވާދީ ބޭނުންހާ ކަމެއް ކޮށްދީ ހަދާނީ ވެސް އެދެކުދިން ދެކެ ވާ ލޯތްބެއްގެ ބޮޑުކަމުނެވެ.

******

ބެލްކަނީގައި ހިޔާލަކަށް ގެއްލިފައި ޝިމާން އިނެވެ. ހަމައެކަނި ޓޭން ކުލައިގެ ސޯޓެއްގައި އިން އިރު އެ ކަސްރަތީ ހަށިގަނޑުގެ ފުރިހަމަކަން ހާމަވެއެވެ. އޭނާއަށް ވިސްނެމުން ދިޔައީ މިއަދު ރަސްފަނުން ފެނުނު އަންހެން ކުއްޖާ އާއި މެދުގައެވެ. އެ ބޮޑު ދެލޮލުން ބަލަހައްޓައިގެން ހުރިގޮތް ހިޔާލަށް އައުމާއެކު އެއްވެސް އިހްތިޔާރަކާ ނުލާ ޝިމާން ގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. 

“އޭތް. ކިހިނެއްވެފަ ތިއިނީ” ޝިމާން ސިއްސައިގެން ދިޔައީ ދޮންތަ ޝައިމާ ގޮވާލުމުންނެވެ. “ކިހިނެއްވީތަ” ޝައިމާ ގެ ތުންފަތަށް ވެރިވެފައި ހުރި ލާނެއް ހިނިތުންވުން ފެނި ޝިމާންއަށް އަހާލެވުނެވެ. “ކަމެއް ނުވޭ.. ކޮއްކޮ މާ ވަރަކަށް ހޭތީވެ.. އަނެއްކާ ދޮންތައަށް ނޭނގި ވަގު ބިޓެއް ގެންގުޅެނީހެން ހާދަ ހީވެޔޭ.. ތިހިރަ ރީތި ހިނިތުންވުމެއް” މޭގައި އަތް އަޅައިގެން ހުރެ ޝައިމާ އެހެން ބުނުމުން ޝިމާން އޭނާގެ ދޮންތަ ގައިގައި ޖަހާލިއެވެ. “ސާބަސް ދެން  އަހަރެން ވަގު ބިޓެއް ގެންގުޅެންޏާ ދޮންތަ ކައިރީގަ ބުނާނެ ދޯ” އަތްތިލަ ބޮލަށް މަހާލަމުން ޝިމާން ބުނެލިއެވެ. “އޯކޭ ބަލާނަމޭ.. ދެން ހިނގާ ކާން ދާން.. ދޮންތަބެ އިންނާނެ މިހާރު ލަސްވެފަ” ޝައިމާ އެހެން ބުނެ ކޮޓަރިން ނިކުތުމުން ޝިމާން ވެސް ގަޔަށް ޖާރޒީއެއް މަހާލުމަށްފަހު ކާގެއަށް ދާން މިސްރާބު ޖެހިއެވެ.

ބަދިގޭގައި ސައި ތައްޔާރު ކުރަން ހުރި މިންނާ އާއި ރިލްހާ ހުރީ އޮލަ ވާހަކައެއްގައެވެ. “ދަރިފުޅާ ރިލްހާ. ދޭބަލަ މިޝް އަށް ގޮވަން. މިހާރު އެއޮށް އެށެއް ޖެހީ. މާއިޝް ވެސް ނުހޭލާ ދޯ އަދި” މަސްހުނި މޮޑެން ހުރެ މިންނާ ބުނެލިއެވެ. “އާން މާއިޝް ރޭގަ ވަރަށް ލަހުން ނިދީ” ރިލްހާ އެހެން ބުނެ މިޝްޔާގެ ކޮޓަރި އާއި ދިމާލަށް މިސްރާބުޖެހިއެވެ. 

ނިދާފައި އޮތް މިޝްޔާއަށް ހޭލެވުނީ ދޮރުގައި މީހަކު ޖަހާ އަޑަށެވެ. އަވަސް އަވަހަށް ތެދުވެ އިސްތަށިގަނޑު ރީތި ކޮށްލުމަށްފަހު ދޮރު ހުޅުވާލިއެވެ. “ދޮންބެދައްތަ ދޯ.. ކީއްވެތަ އެހާ ބާރަށް ތި ތަޅަނީ” ލުއި ހިނިތުންވުމަކާއެކު މިޝްޔާ ބުނެލިއެވެ. “އެއީ މިޝް ނުހޭލަފާނެތީ. ދެން އާދޭ ރީތިވެގެން ސައިބޯން” ރިލްހާ އެހެން ބުނެ ދާން ހިނގައިގަތުމުން މިޝްޔާ ރިލްހާއަށް ގޮވާލިއެވެ. “ދޮންބެދައްތާ. ކޮބާތަ މިޝްގެ ލޯބި ލޯބި ރަޔަން” މިޝްޔާ ރިލްހާގެ ގާތުން އެހީ ރިލްހާގެ ދަރިފުޅު ކޮބާތޯއެވެ. “ރަޔަން ގެންދިޔައީ ބައްޕަ. ދެންވެސް ތި ވާހަކަ ގިނަ ނުކޮށް ދޭބަލަ ރީތިވާން” މަޑުމަޑުން މިޝްޔާ ގެ ކޮނޑުގައި ޖަހާލަމުން ރިލްހާ އެހެން ބުނެ ދިޔައެވެ. ކޮޓަރި ދޮރު ލައްޕާލުމަށްފަހު ފާހާނާއަށް ދިމާއަށް ހިނގައިގެން މިޝްޔާ ހުއްޓުނީ ފޯނަށް ނޮޓިފިކޭޝަންއެއް އައި އަޑަށްށެވެ. މިޝްޔާ ދުވެފައި ގޮސް ފޯނު ނަގައި ބަލާލިއެވެ. އެއާއެކު އެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. 

އެއީ ރީޝަމް ގެ މެސެޖެކެވެ. ހަވީރު ތަނަކަށް ދަންތޯ އަހާފައި އޮތެވެ. މިއަދަކީ މާއިޝްގެ ދަރިފުޅު ރަޔަންގެ އުފަންދުވަސް ކަމުން މިޝްޔާއަށް ދެވެން ނެތްކަމަށް ބުނެ މެސެޖެއް ކޮށްލިއެވެ. 

ހަވީރުގެ ހިތްފަސޭހަ ވަގުތެވެ. ހަވީރުގެ އެ ހިތްގައިމު ވަގުތުގެ އުފާ ލިބިގަތުމަށްޓަކައި ގިނަ މީހުންގެ މަންޒިލަކަށް ވެފައިވަނީ ރަސްފަންނެވެ. ރީޝަމްގެ މިސްރާބު ވެސް ހުރީ އެ ދިމާލަށެވެ. އީނާ އާއި މަލްޝާ އަށްވެސް ދެވެން ނެތް ކަމަށް ބުނުމުން ރީޝަމް ބޭރަށް ނިކުތީ ގޭގައި އޮވެ ފޫހިވާތީއެވެ. 

އަތުގައި އޮތް ފޯނަށް ނަޒަރު ހުއްޓާލައިގެން  ހުރެ މާލޭގެ އެ ހަލަބޮލި މަގުމަތީގައި ރީޝަމް ހިނގަމުން ދިޔައިރު އެތާ ވާ ކަންކަމުގެ ހިލަމެއް ވެސް  އެކުއްޖާ އަކަށް ނުވެއެވެ. ހީހީފައި ކޮންމެވެސް މީހަކަށް މެސެޖު ކުރަމުން ދިޔައިރު ކައިރީގައި ހުރި ރެސްޓޯރެންޓުން ނިކުތް ކުއްޖެއް ރީޝަމްއަކަށް ނުފެނެއެވެ.

އައިޒަން ސިއްސައިގެން ދިޔައީ އަންހެން ކުއްޖެއް އޭނާގެ ގައިގައި ޖެހިގަތުމުުންނެވެ. އެ ކުއްޖާ ލާފައި ހުރި ކަޅުކުލައިގެ އަބާޔާ އާއި އަޅާފައި ހުރި ދަނބުކުލައިގެ ޝޯލް އިން އެ ކުއްޖާ ވަރަށް ވެސް ރީއްޗެވެ. ނަމަވެސް އައިޒަން އަކަށް އެ ކުއްޖާގެ މޫނެއް ނުފެނެއެވެ. އައިޒަންއަށް ރީޝަމް ނުހިފޭޓެނީސް ރީޝަމް ވެއްޓުނެވެ. އަވަސްއަވަހަށް ތެދުވެ ގައި ފަޅާލުމަށްފަހު ރީޝަމް ދާން ހިނގައިގަތެވެ. ނަމަވެސް ކުރިއަށް ހިނގައިގެން ރީޝަމް ހުއްޓުނީ   ރީޝަމްގެ އަތުގައި އައިޒަން ހިފެހެއްޓުމުންނެވެ. “އޭ ސޮރީ ވެސް ނުބުނަމެއްނު.. ސޮރީ ބުނީމަ ތި ކުއްޖާއަށް ދެވޭނީ” އައިޒަންގެ ތުންފަތުގައި އޭރު ވަނީ ސިއްރުވެރި ހިނިތުންވުމެކެވެ. ރީޝަމް ފަސްއެބުރި ބަލާލުމުން އައިޒަންއަށް ލިބުނީ ޝޮކެކެވެ. މޭކަޕްގެ އެއްވެސް އަސަރެއް އެ މޫނުގައި ނުވާއިރު އެ ދިގު އެސްފިޔަތަކުގެ ހިޔަނި، ލޯކައިރިއަށް އެޅޭއިރު ވަރަށް ވެސް ރީއްޗެވެ. އައިޒަން ކަޅިޖަހާނުލާ ބަލަހައްޓައިގެން ހުންނަން ފެށުމުން ރީޝަމް ލަދުގަތެވެ. އަވަސްއަވަހަށް ދާން ހިނގައިގަތްތަނާ އަނެއްކާ ވެސް އައިޒަން ރީޝަމްގެ އަތުގައި ހިފެހެއްޓިއެވެ. 

“ރީޝަމް” އެންމެފަހުން އައިޒަން އާ ދިމާލަށް ބަލާލުމަށްފަހު ރީޝަމް ތައާރަފް ވެލުމަށްފަހު ސަލާމަށް އަތް ދިއްކޮށްލިއެވެ. “އަމް.. އައި.. އައިޒަން” އަޅައިގަންނަމުން ކަހަލަ ގޮތަކަށް އައިޒަން ބުނެލިއެވެ. “އަމް ވަރަށް ބޮޑަށް ސޮރީ.. ބަލާނުލާ އާދެވުނީތީ” ދެއަތް ދެއަތާ މޮޑެމުން ރީޝަމް ބުނެލިއެވެ. ރީޝަމްގެ މި ސިފަ އައިޒަން އަށް ވަރަށް ކަމުދިޔައެވެ. “އިޓްސް އޯކޭ.. އަން ކޭންވި ބީ ފްރެންޑްސް” އައިޒަން މިޝްޔާ އާ ދިމާލަށް ބަލަން ހުރެ ބުނެލިއެވެ. “ޔާ އޮފްކޯޒް” ރީޝަމް މިހެން ބުނުމުން އައިޒަން އެދުނީ ފޯނު ނަމްބަރު ދިނުމަށެވެ. ކުޑަކޮށް ލަދުގަތް ނަމަވެސް ރީޝަމް ފޯނު ނަމްބަރު ދީފައި ދަނީކަމަށް ބުނެ އެތަނުން ދާން ހިނގައިގަތެވެ. 

ރީޝަމް ދިޔަ ދިމާލަށް ބަލަހައްޓައިގެން އައިޒަން ހުއްޓެވެ. ދުވަހަކު ވެސް އަންހެން ކުއްޖަކު ފެނި ނުވާ ގޮތްތަކެއް އެ އަންހެން ކުއްޖާ ފެނުމުން އައިޒަން އަށް ވެއްޖެއެވެ. 

ކޮޓަރީގައި ހުރި މިޝްޔާ އަށް ވިސްނެމުން ދިޔައީ ކުރީދުވަހު ރަސްފަންނުން ދިމާވި ފިރިހެން ކުއްޖާއާ މެދުގައެވެ. އެ މޫނު ފެނި މިޝްޔާއަށް މީހަކު މަތިން ހަނދާން ވަނީ މާ ބޮޑަށެވެ. އެކަމަކު ކުރާނީ ކިއްހެއްޔެވެ؟ އެއީ އޭނާގެ މާޒީއެވެ. އެކަމާ މެދު ވިސްނުމުގެ  އެއްވެސް ބޭނުމެއް މިއަދަކު ނެތެވެ.

މަލްޝާ ކޮޓަރިއަށް ވަނީ ދޮރުގައި ޖަހާ ޖަހާ ވެސް ދޮރު ނުހުޅުވުމުންނެވެ. އޭރު ބޮލުގައި ފުނާ އަޅަން މިޝްޔާ އިނެވެ. ދެތިން ފަހަރު ގޮވާލުމުން ވެސް އަނގައިން ނުބުނުމުން މަލްޝާ ގޮސް މިޝްޔާ މޫނުމަތީގައި މަޑުމަޑުން ޖަހާލިއެވެ. އެއާއެކު މިޝްޔާ ދިޔައީ ސިއްސާގެންނެވެ. “އޭ ކަމަނާ ކޮން ހިޔާލަކަށް ގެއްލިފަ ތި އިންނަނީ.. އެއްކަލަ ދުވަހު ފެނުނު ސޮރާ ދޭތެރޭގަ ދޯ ތި ވިސްނަނީ.. ހުރެބަލަ މަ މިފަހަރު ހުއްޓާލާނީ ތި ސޮރަކު މިޝީ އަށް ހޯދަ ދީފަ..” އުނަގަނޑުގައި ދެއަތް ވިއްދާލައިގެން ހުރެ މަލްޝާ އެހެން ބުނުމުން މިޝްޔާ ދެފަރާތަށް ބޯ ހޫރާލުމަށްފަހު ރުޅިއަންނަ ކަމަށް ހެދުނެވެ. “ސާބަސް މަލްއަށް. މަ ނޫޅެން އެ ސޮރާ ހިތާވެގެންނެއް.. އެހެން ނޫނަސް މަލް އިނގޭނު މަ ނޫޅެންކަން ފިރިހެނުންނާ ހެދިއެއް.. ފިރިހެނުން އެއީ އަންހެން ކުދިންނަށް ހުރި ބޮޑު ބިރެއް.. އެހެން ނޫނަސް އެއީ ހާދަ ފޮނި ބޮޑު ސޮރެކޭ.. ހޫމް ދެން ތިއެއް ނޫނޭ. މާދަން ނޫން އަނެއް ދުވަހު މަ މިއުޅެނީ މެލޭއަށް ދާން ފުރާކަށްނު.. މަ ހާދަ މިސް ވާނޭ ތި މީހުން މަތިން. މަށަށް ފެންނަނީ ފެއާވެލް އެއް ނަމަވެސް ބާވަން ހަނދާނަކަށް..” އިސްތަށިތައް އެއްކޮލަމުން ބޮލުގައި ބޮޑު ހުޅިއެއް ޖަހާލަމުން މިޝްޔާ ބުނެލިއެވެ. “ހޫމް ތީ ރަނގަޅު ހިޔާލެއް.. ދެން މާދަމާ ތިކަމާ އުޅޭނީ.. މަށަށް ހީވަނީ އަހަރެމެން މަތިންނެއް ނޫންކަންނޭގެ މިސް ވެގެން ތިއުޅެނީކީ.. ޔަގީން އެ ސޮރު ކަން މިސް ވެގެން ތިއުޅެނީ.. ދެން އެ ސޮރާ އެކު ހިޔާލީ ފޮލާ ނުކައްކާ އަވަހަށް ނިދާ.. މާދަން ހެނދުނު އަންނާނަން ފެއާވެލް އާ ބެހޭގޮތުން ޑިސްކަސް ކޮށްލަން..ލަވް ޔޫ މިޝީ ގުޑް ނައިޓް ބައި” އެއްފައްޗަކަށް ހުރިހާ އެއްޗެއް އަމުނާލުމަށްފަހު މަލްޝާ ދިޔައެވެ. މިޝްޔާ ވެސް އަވަސްވެ ގަތީ އަވަހަށް ނިދާށެވެ. 

******** 

ފަތިސް ނަމާދު ގެ ބަންގީގެ އަޑަށް މިންނާއަށް ހޭލެވުނެވެ. ފާހާނާއަށް ވަދެ ގަޔަށް ފެންކޮޅެއް އަޅާ ވުޟޫ ކޮށްލުމަށްފަހު ނިކުމެ އަވަސްއަވަހަށް ނަމާދު ކޮށްލިއެވެ. މިޝްޔާއަށް ގޮވަން ދިޔައިރު އެ ކޮޓަރި ދިއްލާފައި ހުރުމުން އުޅެނީ ހޭލާކަން އިނގުނެވެ. ބަދިގެއަށް ވަންނަން އަދި އަވަސްކަމުން މިންނާ ގޮސް ސޯފައިގައި ޖައްސާލީ ހެނދުނުގެ ޒިކުރުތައް ކިޔާލުމަށެވެ. މިންނާ އެތާ އިންނަތާ އިރުކޮޅެއް ފަހުން ރިލްހާ ވެސް އައެވެ. ދެމީހުން ބަދިގެ އާ ދިމާލަށް މިސްރާބު ޖެހީ އަވަހަށް ބަދިގޭގެ މަސައްކަތްތައް ނިންމާލުމަށެވެ. މިޝްޔާވެސް ތިރިއަށް ފޭބީ އެވަގުތުއެވެ. އޭނާވެސް ބަދިގެއަށް ވަނީ މަންމަމެންނަށް އަތްގާތް ކޮށްލަދިނުމަށެވެ.

“މަންމާ.. މާދަމާ މެލޭއަށް ދާން ފުރާތީވެ އަޅުގަނޑު މި ވިސްނަނީ ކުޑަ ޕާރޓީއެއް ބާއްވާން. އޯކޭތަ” ރޮށި ފިހަން ތައްޔާރުކުރަން ހުރެ މިޝްޔާ ބުނެލިއެވެ. “އާން ތީ ރަނގަޅު ކަމެއް. ރޭގަނޑަށް ދޯ ހަދާނީ.. މަންމަ ހުރިހާ އެއްޗެއް ގަންނާނަން.. ދަރިފުޅު ރައްޓެހިން ކައިރީ ބުނެލާ” ބޯ ޖަހާލުމަށްފަހު މިޝްޔާ މަސައްކަތާގެން ކުރިއަށް ދިޔައެވެ. 

*******

މެންދުރު އަތަށް އަޅާލުމާއެކު ކަޅު ބޯ ވިލާތަކުން ދުނިޔެމަތި އަނދިރި ކޮށްލާފިއެވެ. ހިނދެއް ހިނދަކަށް ވައިބާރު ވަމުން ދިޔައިރު ގަސްތައް މުލުން ލުހިގެން ދާނެހެން ހީވާ ފަހަރުވެސް މަދެއްނޫނެވެ. 

އިސާހިތަކު ވާރޭގެ ބޯ ތިކިތަކުން ބިންގަނޑު ތެންމާލާފިއެވެ. ކުޑައެއް ނަގައިގެން މިންނާ އާއި ރިލްހާ ފިހާރައަށް ދާން ނިކުތެވެ. ވެހޭ ބޯ ވާރޭތެރޭގައި ތަނެއް ދޮރެއް ސާފެއް ނުވެއެވެ. ކުޑަކޮށް ދުވަމުން ކަހަލަ ގޮތަކަށް ގޮސް ކައިރީގައި ހުރި ފިހާރައަށް މިންނާ އާއި ރިލްހާ ވަނެވެ. 

“ދަރިފުޅާ ރިލްހާ. ދޭބަލަ ކުކުޅު ކޮޅެއް ނަގަން. މަންމާ މިދަނީ ނޫޑުލިސް ނަގަން” މިންނާ މިހެންބުނެ ހިނގައިގަތްތަނާ މީހެއްގެ ގައިގައި ޖެހި އަތުގައި އޮތް ވޮލެޓް ވެއްޓުނެވެ. މިންނާ އިސްއުފުލާލާ ބަލާލިއިރު ކުރިމަތީގައި ހުރި މީހާ ފެނި ދެލޯ ބޮޑުވިއެވެ. 

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (13)

  1. StoryyQuyyn

    nice..waiting 4 next part

    1. LamHaa
      StoryyQuyyn

      Thank u StoryyQuyyn???

  2. ?Ril?

    Heiiii ❤️❤️❤️
    Vrh Sali mi part vxxx❤️❤️
    Vrh wait kurevey stry eh mee fainally up vehej I am so happy ❤️❤️❤️❤️❤️
    Wow I was suprise to see my name in this stry heheheh❤️❤️❤️❤️☺️☺️???
    Aleyy reesham aa aizan vrh cute❤️❤️❤️❤️
    Vrh reethi vaane hen heevany kuri ah oi parts tha ❤️❤️❤️❤️❤️❤️❤️
    Dhn in part konirakun kiyaalan libeyne lam❤️❤️❤️❤️❤️❤️❤️
    Shimaan and mishyaa dhn meet vaany ❤️malasiya in dhw vrh heevey❤️❤️❤️❤️
    Anyways waiting for the next part ❤️❤️❤️
    Love uuu ❤️❤️
    Stay safe❤️❤️ and tvgc❤️❤️
    Eid Mubarak ❤️❤️❤️

    1. LamHaa
      ?Ril?

      Thank u so much riloo♥️♥️
      Hehe riloo ge name ey dhw stry ga inee vx.. riloo kobaatha ratan??
      Saturday or sunday ga nxt part kiyaalan libeyne
      Ulheba balan Shimaan n Mishya dhimaavanee dhn konthaakun thw
      Stay safe n Tc
      Lyyyssssm n Myyysssmmm ????
      ?Eid Mubarak ?

  3. Nayaa

    masha allah
    vvvv reethi mi prt vx ingey lampuriiii
    waiting for the next prt
    sorry maa dhigu cmnt eh kohlaane vagutheh nethii migadiiga… adhi mi ulheny sai vx nuboe…
    ss nd tc ingey lwbikolhuuuu
    lyssssssssssmm
    vrh salaam thikolhah mashaa lilly ge faraathun

    1. LamHaa
      Nayaa

      Thanks Naayoo???♥️
      Naayoo dhoonee it’s ok ey.. dhn ey sry bunaavaru kameh noonehnu?
      Stay safe and Tc dhooni kolhoo
      Lyyysssmm n Myyysssmmm ?♥️?♥️
      Liyam salaam buni Naayoo ah

    2. Nayaa
      Nayaa

      ehentheyyy?? e soru mashah salaam bunii?? gaboolu vx nukurevey… hahahaha lol.. e soru kairi buney e soru anhenunnashaa kudhinnah vx magey faraathun salaamey.. uney naakko aa vhk dhakkaalan vrh beynumey ngey

    3. LamHaa
      Nayaa

      Hhahahaha.. e soru hithah erihyaa kohfaane konme kameh vx.. naa mihuree o annaashw vaahaka dhahkan naayoo beynumihyaa

  4. Rainberry

    Wow. It’s really nice. When next part

    1. LamHaa
      Rainberry

      Thank u Rainberry
      Nxt part ISA Sunday ga

  5. ŘęęśhÅ ÇøřõňÄ

    Lamooo eid mubaarak dhooneeeeee❤️❤️❤️❤️❤️❤️❤️❤️❤️❤️
    Stry vvvvvvvvvvvvvvvvvvvvvvvvvvv reethi but hurun inun othumuge simple grammar mistakes eba huri…
    When next.. V curious for minnaa
    Ey liyam mn enmen govaigen aadhebala ehkala thanah..
    ❤️???????????????❤️❤️??????????❤️❤️????????❤️??
    ❤️???????????????❤️❤️EID MUBAARAK ????❤️❤️????????❤️??
    ❤️???????????????❤️❤️??????????❤️❤️????????❤️??

    1. LamHaa
      ŘęęśhÅ ÇøřõňÄ

      Eid Mubarak reeshoo???
      Thanks.????♥️♥️♥️♥️♥️
      Sry Reesh dhooni.. liyam bunee nudhaanamo.. rulhi o Reesh aa.. Bunaashw Reesh aa vaahaka eh nudhahkaanamey???
      ?????????♥️♥️♥️♥️♥️♥️♥️♥️♥️

    2. ŘęęśhÅ ÇøřõňÄ
      ŘęęśhÅ ÇøřõňÄ

      Ahtheyyyy Haadha foni firehenekey dhw ???huh buney Reesh vx rulhi ey… Ey Ekamu Huvaa thr???? ???eyna Reesh dheke rulhi aissa o ?????yaa yaa happy happy yaa yaa Yaaa
      Liyam rulhi aruvaa levihjje o…
      Liyam rulhi aruvaa levihjje o…
      Ey Lamooo.. Mi suvaalu vx hai dhiha faharu kurevihjje kanneynge ????Kiihve thr Viber in Msg nukuranee?????? Miss u..

Comments are closed.