އަންނަންދެން ހުންނާނަން ލޯބިން 40
އެރެއަށް ފަހު ތާރާ އޭނާގެ އެކުވެރިންނާއިއެކު ވަގުތު ހޭދަކުރެއެވެ. ނަމަވެސް އޭނާ ވަޒީފާއަށް ފަރުވާކުޑަ އެއްވެސް ނުކުރެއެވެ. ހިތަށް ބޮޑު ގާގަނޑެއް ލައިގެން ހުރެ ދިރިއުޅުމާއިގެން ކުރިއަށް ދިޔައީ ވަކި މިސްރާބެއް ނެތިއެވެ. މިހާރު އޭނާގެ ހަމައެކަނި 3 އުންމީދަކީ ޔުކްތާ ވިހުމުން އެ ތުއްތު ފުރާނައަށް ރަނގަޅު ދައްތައެއްގެ މަގާމުމުގައި ހުރުމެވެ. ސާރާ އާއި ރައްޔާނަށް އިންސާފު ހޯދައި ދިނުމެވެ. އޭނާގެ އެންމެ ފަހު އުންމީދަކީ އޭނާގެ މަންމަ ނާޒިމާ އާއި ބައްދަލު ކުރުމެވެ. މަންމަގެ މަޢާފު ހޯދުމެވެ. މަންމައަށް ހުރި ކަމެއް އަލިފުން ޔާ އަށް، ބޮލުން ފަޔަށް ކިޔައިދިނުމެވެ.
މިހާރު ކޮންމެ ދުވަހަކުވެސް ތާރާ އާއި ޒީނާ އާއި ބައްދަލުވެއެވެ. ޒީނާ އަބަދުވެސް އުޅެނީ ކިޔާނާއި އެކުގައެވެ. އެދެމީހުން ވަރަށް ވެސް ގުޅެއެވެ. އަބަދު ތިބެނީ އަތުގުޅާލައިގެނެވެ. އަނެއްކޮޅުން ކިޔާން ޒީނާއަށް ވަރަށް އަޅާލައެވެ. އެންމެން އެއްކޮށް މޫންލައިޓް ގެއަށް އައިސް އުޅޭއިރު ވެސް ޒީނާ އަމިއްލައަށް ތަނަކަށް ދާންވެސް ކިޔާން ގަބޫލެއް ނޫނެވެ. އެހާ ވެސް ޒީނާ ދެކެ ލޯބިވެއެވެ. އެކަން ކިޔާންގެ ދެލޮލުން ސާފުކަމާއެކު ފެންނަން ހުރެއެވެ. އޭނާ ދޭތެރެ ދޭތެރެއިން ޒީނާގެ ގައިގައި ބައްދާލާނެއެވެ. ނޫންނަމަ ނިތްކުރިއަށް ބޮސްދޭނެއެވެ. އެންމެ ފަހަރަކު ވެސް ޒީނާ ދެރަވިޔަކަ ނުދެއެވެ. އަބަދުވެސް ބަލަނީ ޒީނާ ހެއްވާލެވޭތޯއެވެ.
އެ ހުރިހާ މަންޒަރެއް ބަލަން ތާރާ ދުރުގައި ހުރެއެވެ. ހިތި ހިނިތުންވުމަކާއެކު ގައެވެ. ހިތުގެ ވޭން ކިތަންމެ ބޮޑަކަސް އެ މަންޒަރުގެ ފުރިހަމަ ކަމުންނެވެ.
ކިޔާނަށް މިހާރު ތާރާ ނެތް ފަދައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އޭނާގެ ހުރިހާ ވަގުތެއް ހުސްކޮށްފައި ވަނީ ޒީނާއަށެވެ. ވަޒީފާގައި އިންދާ ޒީނާ ގުޅިޔަސް ފޯނު ނަގާނެއެވެ. އެއީ ކިތަންމެ ބުރަ ކަމެއް ކުރަން އިން ކަމުގައި ވެހެވެ.
އޭގެ ފަހުން 2 މަސް ފާއިތުވެގެން ދިޔައިރު ކޮންމެ 15 ދުވަހަކުން 15 ދުވަހަކުން ޒީނާ ތާރާއަށް ދައްކަން ހޮސްޕިޓަލަށް ދާނެއެވެ. މިހާރު ޒީނާގެ ޑޮކްޓަރަކީ ތާރާ ވީމައެވެ. އެއިން ކޮންމެ ފަހަރަކު ވެސް ކިޔާން އަންނާނެއެވެ. ތާރާ އާއި ދިމާއަށް އެއްފަހަރުވެސް ބަލައެއް ނުލާނެއެވެ. ކޮންމެ ފަހަރަކު އެމީހުން ދިޔުމުން ތާރާ އޭނާގެ ހިތް ފުރޭ ވަރަށް ރޯލާނެއެވެ. އޭނާގެ ހިތަށް ވާ ތަދު އެނގޭނީ މާތްﷲ ފިޔަވައި ހުދު އޭނާއަށެވެ.
………
މިއަދު ވެސް ޒީނާ ގޮވައިގެން ކިޔާން ހޮސްޕިޓަލަށް އައެވެ. ތާރާ ޒީނާ އާއި ވާހަކަ ދައްކަން ހުއްޓައި ކިޔާންގެ ފޯނަށް ކޯލެއް އައުމުން ކިޔާން އެބައަންނަމޭ ބުނެ ނިކުމެގެން ދިޔައެވެ. އަނބުރާ އައިއިރު އޭނާގެ ދެބުމަ ހުރީ ގޮށްޖެހިފައެވެ. ނަމަވެސް ޒީނާ ފެނުމުން އެ ރުޅިވެރިކަން ހިންދާލިއެވެ.
“ޒީ. އަހަރެން ވަރަށް އަވަހަށް ދާން ޖެހިއްޖެ ތަނަކަށް. ސޮރީ އިނގޭ ވަރަށް ބޮޑަށް. އިޓްސް ރިއަލީ އިމްޕޯޓޭންޓް.” ކިޔާން ދެރަވެފައި ޒީނާ އާއި ވާހަކަ ދެއްކިިއެވެ. ނަމަވެސް އެ އަޑުގައި މަޑު ހާސްކަމެއް ވިއެވެ. އެކަން ޒީނާ އަށް އިޙްސާސް ނުކުރެވުނު ނަމަވެސް ތާރާއަށް އިޙްސާސް ކުރެވުނެވެ. ތާރާއަށް ކިޔާން ވަރަށް ރަނގަޅަށް އިނގެއެވެ. އޭނާއަކަށް ކިޔާނެއް ދުވަހަކުވެސް ނޯޅޭނެއެވެ.
“އޯކޭ އޭ ދިޔަސް، ޔާން. އެއީ ސޮރީ ބުނާވަރު ކަމެއް ނޫނެއްނު. ޒީ ގެއަށް ދާނަން ޓެކްސީއެއްގަ.” ޒީނާ ހީލިއެވެ. “އައި ޑޯންޓް ތިންކް ދެޓް ވުޑް ބީ އެ ގުޑް އައިޑިއާ. ޒީ އެކަނި ދާކަށް ނުވާނެ. މިހާރު 7 މަންތުސް ވީ ވިއްޔަ.” ކިޔާން އިތުރަށް ހާސްވިއެވެ.
ތާރާއަށް އޭނާގެ ދުލުގައި އޮތް ޖުމްލަ ހުއްޓުވުމުގެ ކުރިން ބުނެވުނެވެ. “އައި ކޭން ޓޭކް ހާ. ޒީނާއަށް ފަހު ތާގެ އިތުރު ޕޭޝަންޓްސް އެއް ނެތް. ތާގެ ޑިއުޓީ ނިމޭނެ އިރުކޮޅަކުން.”
ޒީނާއާއި ކިޔާން ތާރާ އާއި ދިމާއަށް ބަލައިލިއެވެ. ކިޔާންގެ ދެބުމަ ގޮށްޖެހުނެވެ.” އައި ޑޯންޓް ތިންކް ދެ..”
“ވެލް އިޓްސް ސެޓަލްޑް ނައު. އައި ކޭން ގޯ ވިތު ޑޮކްޓަރ ތާރާ. ނޯ ނީޑް ޓު ވޮރީ ޓޫ މަޗް، ޔާން.” ޒީނާ ބުންޏެވެ. “ޔޫ ކޭން ކޯލް މީ ތާ، ޒީނާ.” ތާރާ ޒީނާއަށް ބުންޏެވެ. “އޯކޭ. ދެން ޔޫ ހޭވް ޓު ކޯލް މީ ޒީން. ޒީ ކިޔަނީ މިހިރަ މޮޔަ އެކަނި.” ޒީނާ ކިޔާނަށް އިޝާރާތް ކޮށްލަމުން ހީލިއެވެ. ތާރާ ވެސް ހިނިތުންވެލިއެވެ. “އޯކޭ.”
ކިޔާން ދިޔަތާ 10 ވަރަކަށް މިނެޓް ފަހުން ޒީނާ އާއި ތާރާ ވެސް ނިމުނެވެ. އެހެންކަމުން ތާރާ ސައިން އައުޓް ކޮށްފައި ދަމުން އީމާނަށް ގުޅާފައި އޭނާ ބަލައި ނަޔަސް އޯކޭ އޭ ބުންޏެވެ. އަސި ޓެކްސީ އަކަށް ޒީނާ އާއި އެކު އެރިއެވެ. “ކޮން ތާކަށް ޒީން ލާދޭންވީ؟” ތާރާ އެއްސެވެ. “ހ.ރޯޝަނީ ވިލާ.” އޭނާ ޖަވާބު ދިނެވެ. ތާރާ ލާރި ދައްކަން އުޅުމުން ޒީނާ އެކަން ހުއްޓުވައި އަމިއްލަ ރުފިޔާއިން ކާރަށް ލައިރި ދެއްކިއެވެ.
ހ. ރޯޝަނީ ވިލާ އަކީ ކިޔާންގެ ގެއެވެ. އެކަން ތާރާއަށް އެނގެއެވެ. މީގެ ކުރިން އެތަކެއް ފަހަރަކު އޭނާ ވަނީ އެގެއަށް ގޮސްފައެވެ. އޭނާއަށް އެގޭ ގިނަ މީހުން ވެސް އެނގެއެވެ.
ކާރު ހ. ރޯޝަނީ ވިލާއަށް މަޑު ކޮށްލުމުން ޒީނާ ފޭބިއެވެ. ޒީނާ ފައިބައިގެން އެތެރެއަށް ވަންނަންދެން ވެސް ތާރާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ. ޒީނާ ގޭގެ ބެލް އެޅުމުން ކިޔާންގެ މަންމަ ނިއުމާ ދޮރު ހުޅުވިތަން ފެނުނެވެ. އަދި ވަރަށް ލޯބިން ޒީނާގެ ބޮލުގައި ފިރުމާލި މަންޒަރު ވެސް ފެނުނެވެ. ހަމަ ޙަޤީޤަތުގައި ވެސް ޒީނާ އަކީ ކިޔާންގެ އަނބިމީހާތާއެވެ.
ހިތަށް ކުރި އަސަރުން ތާރާ ލޯ މަރާލިއެވެ. އަދި ނިއުމާއަށް އޭނާ ފެންނަންވާއިރަަށް ކާރު ޑުރައިވަރު ގާތު ޕޮލިސް ސްޓޭޝަނަށް ގެންދަން އެދުނެވެ.
ޕޮލިސް ސްޓޭޝަނަށް ދެވުމާއި އެކު ތާރާ ކާރުން ނުކުމެ އެތެރެއަށް ވަނެވެ. ކައުންޓަރުގައި އިން ކުއްޖާގާތު އޭނާއަކީ ކާކު ކަމާއި ކީއްކުރަން އައި މީހެއް ކަން ބުނެފައި ރީހަންމެން ކުރިން ދުވަހު ވަތް ކޮޓަރިއާއި ދިމާއަށް ހިނގައިގަތެވެ. އެވަގުތު އެތާގައި އިން ކިޔާން ތާރާއަކަށް ނުފެނެއެވެ. ނަމަވެސް ކިޔާނަށް ވަރަށް ރަނގަޅަށް ތާރާ ފެނުނެވެ. އެހެންކަމުން ހައިރާންވެފައި ބަލަހައްޓައިގެން އިނެވެ.
ތާރާ ގޮސް އެ ކޮޓަރިއަށް ވަނެވެ. “ހާއި ގާއިސް!” ތާރާ ރީހަންމެނަށް ގިވާލިއެވެ. “ހޭ.” ރީހަން ހީލިއެވެ. “ސޯ ކީއްވެގެނޯ މިއަދު އަންނާށޭ ބުނީ؟” ތާރާ އެއްސެވެ. މިއަދު ހެނދުނު ހާއިރު ރީހަން އޭނާއަށް ގުޅާފައި އައުމަށް ވަނީ ބުނެފައެވެ. ކީއްވެގެންތޯ ސުވާލު ކުރުމުން އައުމުން ބުނާނެ ކަމަށް ބުނެފައިވެއެވެ.
“ޔޫ ހޭވް ޓު ލިސެން ވެރީ ކެޔާފުލީ އިނގޭ. ސޯ އަޑު އަހާ.” ރީހަން ތާރާ އިން ސޯފައިގެ ކުރިމަތީގައި އިން ސޯފާގައި އިށީނެވެ. “ވީ ގޮޓް އެނަދާ އިންފޯމޭޝަން. އިތުރު މީހެއް އެ ގޭންގުގަ އުޅޭ. މި މީހާ އަކީ ތާގެ ޑޭޑްގެ ހާދިސާގަ އެއްވެސް ވަރަކަށް އިންވޯލްވެފައިވާ މީހެއް ނޫން. އެން ހީ ޑަޒްންޓް އިީވެން ނޯ މި ހާދިސާ އާއި ބެހޭ އެއްވެސް މަޢުލޫމާތެއް. މީ ހިނގާ ދިޔަ ކަމެއްކަން ވެސް. ބަޓް ދިސް ޕާސަން އިޒް ސަމްވަން ވީ ނޯ. އެން ހީ އިޒް ހެލްޕިން ދިސް ގޭންގް ޓު ހައިޑް. އެން ސޯ ފާ ހީ އިޒް ޑުއިން އެ ޕްރެޓީ ގުޑް ޖޮބް އެޓް އިޓް.” ރީހަން ކިޔައިދިނެވެ.
“އޯކޭ.. ސޯ ޔޫ އާ ސެޔިން، ވީ ނޯ ދިސް ޕާސަން؟ ދެން ހޫ އިޒް އިޓް؟” ތާރާ އަހާލިއެވެ. “ތާ. ވީ ތިންކް އިޓްސް ޓައިމް ޔޫ ފައިޓް ފޯ ޔުއާ އޯން ޖަސްޓިސް. ޔޫގެ ލައިފްގަ ހިނގާ ދިޔަ ކަންކަމަށް ޖަސްޓިސް ހޯދަން މިބުނީ.” އެލެކްސް އޭނާގެ އަތުގައި އިން ލެޕްޓޮޕް ބޭއްބިއެވެ.
“ހަހް؟”
“އިޓް އިޒް ޓައިމް ޕަމްޕްކިންއަށް ވެސް އިންސާފު ހޯދަން. ޔޫ ޑޯންޓް ޑިޒާވް ޓު ބީ ބޭޑް މައުތުޑް އެބައުޓް ވްން ޔޫ އާ އިނޮސެންޓް.” އެލެކްސް ބުންޏެވެ. “ވަޓް އާ ޔޫ ޓޯކިން އެބައުޓް؟ އައި ޑޯންޓް އަންޑާސްޓޭންޑް!” ތާރާ އަނެއްކާވެސް އެއްސެވެ.
“ދި ޕާސަން އިޒް ނާއިލް.” ރީހަން ދަތްކުނޑި ވިކާލިއެވެ. “ހީ އިޒް ހެލްޕިން ދިސް ގޭންގް ޓު ހައިޑް.” އެލެކްސް ބުންޏެވެ.
ވަގުތުން ތާރާގެ މޫނުމަތީގެ ކުލަވަރު ބަނަވިއެވެ.
♥️♥️♥️
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.





Nice. When next part