ހަފްތާއެއް ފަސް…….
“ޕްލީޒް ވެލްކަމް އަވާ ނިއު ޑޮކްޓަރ އެން ނާސެސް.” އީމާން އޭނާގެ މުވައްޒަފުންނަށް އޯޝަން ބްރީޒް ހޮސްޕިޓަލަށް ވަން އާ ޑޮކްޓަރާއި 2 ނާހުން ތަޢާރަފު ކޮށްދެމުން ވާހަކަ ދެއްކިއެވެ. އާއެކެވެ. ތާރާ، ވީރާ އަދި ސަނަމެވެ. މިއަދަކީ އޯ.ބީ ހޮސްޕިޓަލުގައި އެމީހުންގެ ފުރަތަމަ ދުވަހެވެ.
މީޓިން ނިމުމުން ތާރާ އޭނާގެ ރޫމަށް ފޮނުވާލެވުނެވެ. އަދި ސަނަމާއި ވީރާ އެމީހުންނަށް ހަމަޖެހުން ފަންގިފިލާއަށް ދިޔައެވެ. 3 މީހުނަށް ވެސް މަސައްކަތް ކުރަން ޖެހުނީ ތަފާތު 3 ފަންގިފިލާގައެވެ.
ތާރާ އޭނާގެ ކޮޓަރިއަށް ވަދެ ހަމަޖެހިލުމާއިއެކު އޭނާގެ ފުރަތަމަ ޕޭޝަންޓް ވަނެވެ. އެއީ މާބަނޑު އަންހެނެކެވެ. ދުވަސް ކުރިއަށް ދިޔަ ވަރަކަށް ދިޔައީ އިތުރަށް ބުރަވަމުންނެވެ. ނަމަވެސް އެކަން އެއްފަރާތް ކޮށްލަމުން ތާރާ އެންމެންނާއި ވާހަކަ ވެސް ދެއްކީ ހިތްހެޔޮ ކަމާއެކުގައެވެ. ނަތީޖާއެއްގެ ގޮތުން ގިނަ ޕޭޝަންޓްސަށް ތާރާ ކަމުދިޔައެވެ. އަލަށް ހޮސްޕިޓަލަށް ވަން ޑޮކްޓަރަކާއި ބަލާފައި ތާރާ ވަރަށް ވެސް ރަނގަޅެވެ.
ލަންޗް ޓައިމް ޖެހުމުން ތާރާ ބްރޭކެއް ނެގިއެވެ. އަދި ސަނަމަށާއި، ވީރާއަށް އެކަން އަންގާލުމަށްފަހު ކޮޓަރިން ނުކުތެވެ. އެވަގުތު އޭނާގެ ކޮޓަރި ކުރިމައްޗަށް އެރި އީމާން ފެނުމުން އެއްބުމަ އަރުވާލިއެވެ. “ތާ ބަލާ މިއައީ ލަންޗް ނަގަން ދާން. ހިނގާ. ވީ އެން ސަނަމް ވެސް އެބަ އާދޭ.” އީމާން އެހެން ބުނުމުން ދެމީހުން އެއްކޮށް ލަންޗް ރޫމަށް ދިޔައެވެ. އޭރު ސަނަމާއި ވީރާ މޭޒެއް ދޮށުގައި ތިއްބެވެ.
ތާރާމެން ގޮސް އެތާ އިށީނެވެ. ތާރާ އޯޑަރު ކުރީ ސޭންޑްވިޗަކަށާއި ކޮފީތަށްޓަކަށެވެ. “ސޯ… ކިހިނެއް ވަނީ ފުރަތަމަ ދުވަސް؟” އީމާން އެންމެންގެ މޫނަށް ބަލައިލިއެވެ.
“ވަރަށް ބުރަ!” ވީރާ އަމިއްލަ ބޮލުގައި ޖަހާލަމުން ބުންޏެވެ. “ބޯރިން.” ސަނަމް ކޮނޑު އަރުވާލިއެވެ. “ހުމްމް… އައި ވިލް ސޭ… އިޓް ވޯޒް އިންޓެރެސްޓިން. ޑެފިނައިޓްލީ ނޮޓް ދެޓް ބުރަ. އެން ނޮޓް ބޯރިން. ބަޓް އެވެރޭޖް. އައި ލައިކް އިޓް ހިޔާ.” ތާރާ ޖަވާބު ދިނެވެ. “ހަހަ. ރާރާއަށް އަދި ބުރަވާނެ.” އީމާން ހިނިގަނޑެއް ޖަހާލިއެވެ. “އައި ނޯ. ބަޓް އިޓްސް ފައިން. އައި ޗޯޒް ޑޮކްޓަރ ކަން ބުރަވާނެކަން އެނގި ހުރެ، ޑަމްބްއޭސް.” ތާރާ މޫނުމައްޗަށް ގޮތެއް ހަދާލިއެވެ. “ސްމާޓްއޭސް.” އީމާން ތާރާ ހަދާލިގޮތަށް މޫނުމައްޗަށް ހަދާލިއެވެ.
“އައި އޭމް ސްމާޓް. އައި ނޯއިޓް. ޔޫ ޑޯންޓް ނީޑް ޓު ޓެލް މީ.” ތާރާ ފޮނިވެލިއެވެ. “އެން އޯ ހެލޯ. މީހުން ހަދާ ގޮތަށް ހަދާނީ ރާމާމަކުނު.”
“ތިބުނީ އަހަރެން މީ މަންކީ އެކޭތަ؟” އީމާން ދެލޯ ބޮޑުކޮށްލިއެވެ.
ކުއްލިއަކަށް ތާރާގއ ހަނދާނަށް އައީ ކިޔާނާއޖ ދިމާއަށް އޭނާ ޑޮންކީ ކިޔުމުން ކިޔާން އޭނާ އާއި ދިމާއަށް މަންކީ ކިޔާ ހަނދާނެވެ. ތާރާގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވީ ނުވެސް އެނގި ހުއްޓައެވެ. މޫނު މައްޗަށް ޖަންބު ކުލަ އަރައިގެން ދިޔައީ ކިޔާން އޭނާއަށް ޕްރިންސެސް ކީ ހަނދާން ވުމުންނެވެ.
“ހެލޯއު! އާތު ޓު ތާރާ!” ސަނަމް ތާރާގެ މޫނު ކުރިމަތީގައި އަތް ވިހުރާލިއެވެ. “ޔޫ ނޯ ވަޓް؟ އައި ސަމްޓައިމްސް ހޭޓް ޔޫ އެލޮޓް.” ތާރާ މޫނުކުނިކުށްލިއެވެ. “އައި ނޯ. އައި ހޭޓް ޔޫ ޓޫ، ބިޗް.” ސަނަމް އެއް މިޔަކަނުން ހީލިއެވެ.
- °•_¡’:’:’:’:’:’:’:’:’:’¡_•°•
“ދައްތާ! ކީއްވެތަ އަޅުގަނޑު ކޮޓަރީގަ ތަޅުލާފަ ބަހައްޓަނީ؟” ކޮޓަތި ހުޅުވާފައި ވަތް ނޫރާގާތު ނާޔާ ދެރަވެފައި އެއްސެވެ.
“ކަލެއަށް ރަނގަޅަށް އެނގޭނެ ކީއްވެކަން. ފިރިހެނުންނަށް ތިއްތި ދެއްކެން އުޅޭތީ! އަޑު އިވިއްޖެ؟ މިގެއަށް މެހެމާނަކު ގެނައީމަ އެސޮރު ފަހަތުންނޭ ކަލޭ ދުވަންފެށީ! ހަޔާތް ކުޑަ ކަން ބައިލަ؟ ގޮތެއް ފޮތެއް ވެސް މަންޖެ ނުހުރޭތަ؟” ނޫރާ އެހެން ބުނުމުން ނާޔާ އިސްދަށަށް ޖަހާލިއެވެ. “ކަލޭ އާ އަކުރަމާ ދެމެދު އޮތް ގުޅުން މިހިސާބުން ނިމުނީ!” ނޫރާ އެނދުގައި އިށީންނަމުން ބުންޏެވެ.
“އެވާހަކަ އެއް ނޫނޭ. އަހަރެން މިއައީ ނާޔާ ގާތު ބޮޑު ވާހަކައެއް ދައްކަން.” ނޫރާ ކުއްލިއަކަށް ހީލުމުން ނާޔާ ބިރުގަތެވެ. ނޫރާ ދައްކަން އެއުޅެނީ ކޮންވާހަކައެއް ބާވައެވެ.
“އަހަރެން ދާނަން ސީދާ ޕޮއިންޓަށް. ނާޔާގެ ކައިވެނި މިހާރު ވަނީ ޕްލޭން ކުރެވިފަ. ވަރަށް މުއްސަނދި މީހަކާ ދެވަން މިއުޅެނީ. އޭނާ އަކީ މަހުޖަނެއްގެ ދަރިއެއް.”
ނާޔާގެ ދެލޯ ބޮޑުވެގެން ދިޔައެވެ. “ކީކޭ؟ ދައްތާ!”
“ނާޔާ ބޭނުން ވިޔަސް ނުވިއަސް މި ކައިވެނި ކުރެވޭނެ. ހަނދާން ކުރާތި! ކަލޭ އަކަށް ނޯންނާނެ އިތުރު ގޮތެއް! ކަލޭ އަކަށް މި ކޮޓަރިން ބޭރަކަށްވެސް ނުނިކުމެވޭނެ!” އެހެން ބުނެފައި ނޫރާ ނިކުތެވެ. ވަގުތުން ނާޔާގެ ބިސްގަނޑު ފަޅައިގެން ދިޔައެވެ.
………………….
ނާޔާ އާއި ދިމާ ނުވާތާ މިހާރު މިވީ 2 ހަފްތާއެވެ. އެހެންކަމުން އަކުރަމް އަބަދުވެސް ހުންނަނީ މާޔޫސްވެފައެވެ. ބުނެވެސް ނުލައި އޭނާގެ ނާޔާ އެ ގެއްލުނީއެވެ. ލޯބި ހުށަވެސްނޭޅި އޮއްވައެވެ. ނަމަވެސް އޭނާ ނާޔާ އާއި ބައްދަލު ކުރެވޭތޯ އަދި މަސައްކަތް ކުރާނެއެވެ. އެއީ ޔަގީން ކަމެކެވެ.
_=¯=_=¯=_=¯=_=¯=_=¯
ދުވަސްތައް ހަފްތަތަކަށްވެ، އެހަފްތާތައް މަސްތަކަކަށް ވެ މާޒީވަމުން ދިޔައެވެ. ކިޔާން ތާރާއަށް ދޭ ބަހުގެ ޙަމަލާތައް ދިޔައީ ދުވަހެއް ދުވަހަކުން ގިނަވަމުންނެވެ. އެ ޙަމަލާތަކުން ތާރާގެ ހިތް ކޮށި އަޅިޔަށް ވަމުން ދިޔަ ނަމަވެސް އެންމެ ފަހަރަކު ވެސް ރައްދުގައި އެއްޗެކޭ ނުބުނެއެވެ. އަމިއްލަ ދިފާޢުގައި އެއްޗެކއް ބުނުމަށް އޭނާ ވަނީ ނުކުޅެދެވިފައެވެ. އެއަށްވުރެ އޭނާގެ ހިތުތެރޭގައިވާ ހައިޖާނުގަނޑު މާބޮޑެވެ.
ކިތަންމެ ވަރަކަށް ލޭ ކަރުނަ އެޅިޔަސް އޭނާގެ ބޮލުގައި އެޅިފައިވާ ދޮގު ތުޙުމަތުގެ ދަލެއް ނުނެގޭނެއެވެ. އެއީ ވާނޭ ކަމެއް ނޫންކަމަށް ތާރާ މިހާރު ނިންމައިފިއެވެ. ފާއިތުވާ ކޮންމެ ދުވަހަކީ ތާރާއަށް ކިޔާންގެ ކުރިމައްޗަށް އަރަންވާ ޖެހިލުން ބޮޑުވާ ދުވަހެކެވެ. އޭނާގެ އެކުވެރިން ނެތް ވަގުތުތަކުގައި ކިޔާން ދޭ ބަހުގެ ޙަމަލާތަކަށް ކެތްކުރުން ނޫންގޮތެއް ތާރާ އަކަށް ނެތެވެ. ދެން އޮންނާނީ ކޮންމެ ދުވަހަކު ގެއަށް ގޮސް ހިތް ފުރޭވަރަށް ރޯލުމެވެ.
ފަހަކަށް އައިސް ހޮސްޕިޓަލުގެ މަސައްކަތް ކުރުމަށް ތާރާ އިތުރު ޝިފްޓްތަކެއް ވެސް ނަގަން ފެށިއެވެ. ހައްތަހާވެސް ކިޔާނާއި ދުރުގައި އުޅެވޭތޯއެވެ. ކިޔާނާއި ކުރިމަތިލާނެ ހިތްވަރު ނެތުމުންނެވެ. ކޮންމެ ދުވަހަކު ގެއަށް އަންނައިރު ތާރާ ހުންނަނީ ވަރުބަލިވެގެންގޮސް ހާންތި ވާވަރު ވެފައެވެ. ނަމަވެސް އޭނާގެ ފަރުވާލެއް ނެތެވެ. އޭނާގެ އަޅިފެހި ކުލައިގެ ދެލޮލުން ކަރުނަ ހިކޭ ވަގުތެއް ހޮސްޕިޓަލުގައި ހޭދަކުރާ ވަގުތުގައި ނޫނީ ނާދެއެވެ. އޭނާގެ ހިތުގަ އަޅާ ވޭނާއި ދުރުވެވޭ ހަމައެކަނި ވަގުތަކީ ވެސް އެއީއެވެ.
މިވީ މަސްތަކުގެ ތެރޭގައި ތާރާ ވަނީ ވަރަށް މަޝްހޫރު ޑޮކްޓަރަކަށް ވެފައެވެ. ބަލިމީހުންގެ ތެރޭގައި ތާރާ ވަނީ މަޤުބޫލު ވެފައެވެ. ތާރާގެ ހިތްހެޔޮކަމާއި، ރަނގަޅު ކަމުންނެވެ. އެހެންކަމުން ތާރާއަށް ދައްކަން އަންނަ މީހުން އަބަދު ތިބެނީ ފުނިޖެހިފައެވެ.
ހިންދެމިލާނެ ވަގުތެއް ގިނަ ފަހަރަށް ނުވެސް ލިބެއެވެ. އެހާވެސް ބައިވަރު މީހުން އާދެއެވެ. ގިނަ މީހުން ތާރާއަށް ދައްކަން އެޕޮއިންޓްމެންޓްސް ހަދަން ބަލައިލާއިރު ގިނަ ފަހަރަށް އޮންނަނީ ފުނި ޖެހިފައެވެ. އެހެންކަމުން އެ ނަސީބު ފަސޭހައަކުން ނުލިބެއެވެ.
“ތާ. ތިހާ ބުރަކޮށް ނުވާނެ މަސައްކަތް ކުރާކަށް. ގެއަށް ދާއިރު މީހާ އަބަދު ހުންނަނީ ވަރުބަލި ވެފަ. ތާ އަކީ ޑޮކްޓަރ އެއްނު؟ ސޯ ތާއަށް އެނގެން ޖެހޭނެ ދޯ މާ ގިނައިން މަސައްކަތް ކުރުމަކީ އަންހެލްދީ ކަމެއްކަން.” ކައިލާން ހިތްހަމަ ނުޖެހިފައި ވާހަކަ ދެއްކިއެވެ. އޭރު ތާރާގެ ކޮޓަރީގައި ދެން ތިބި އެންމެން ވެސް ތިއްބެވެ.
“އާނ. ރާރާ ކައިރީ މަ ވެސް ބުނެފިން އެތަކެއް ފަހަރަކު. އެއްފަހަރު އެތާ ހޮސްޕިޓަލުގަ ހުއްޓަ ގެއަށް ދާށޭ ކިޔައި ފޮނުވާވެސް ލިން. އެކަމު ދެން އަހަރެން ނުބަލާ ގަޑީގައި ގޮސް ހުރީ އޮޕަރޭޝަން ޑޮކްޓަރަކަށް އެހީވެދެން.” އީމާން ވެސް ވާހަކަ ދެއްކިއެވެ. ތާރާ ރައްދުގައި އެއްވެސް އެއްޗެކޭ ނުބުނެއެވެ. އޭގެ ބަދަލުގައި ވަޒީފާއަށް ދާން ތައްޔާރުވަމުން ދިޔައީއެވެ. އެމީހުންގެ ވާހަކަ ތަކަށް ބީރު ކަންފަތެއް ދީގެން ހުރެއެވެ.
ތައްޔާރު ވެ ނިމިގެން ތާރާ އޭނާގެ ބޫޓަށް އެރިއެވެ. އަދި ދަބަސް ނަގައިގެން ދާން އުޅުނެވެ. ނަމަވެސް އޭނާގެ އެކުވެރިން އޭނާގެ ކުރިމައްޗަށް އަރައި މަގު ބެއްދިއެވެ. “ތާ މިހާރު އަހަރެމެންނާ އެއްކޮށް ވެސް ޓައިމް ސްޕެންޑް ނުކުރެ.” ޔުކްތާ ދެރަވެފައި ބުންޏެވެ.
“ޔެއާ. އެހެންވީމާ ތާއަށް މިއަދު ޑިއުޓީއަށް ދެވޭނީ ކަމަކަށް ޕްރޮމިސް ކުރީމަ. އެހެންނޫނީ ނުދެވޭނެ.” އީކަން ވެސް ސަމާ އެއްބައި ވެލިއެވެ. “ގާއިސް. ތާ ޑިއުޓީ ގަޑި ޖެހެނީއޭ.” ތާރާ އުޒުރު ދެއްކިއެވެ. “އައިމް ދި ބޮސް. އައި ކޭން ގިވް ޔޫ އެ ފްރީ ޕާސް.” އީމާން އެއް މިޔަކަނުން ހީލިއެވެ. ތާރާ އީމާނާއި ދިމާއަށް ލޯ އަޅާލިއެވެ. “ވެން ޑިޑް ޔޫ ބިކަމް މައި އެނެމީ؟”
“ހަހް! އިފް އައި ރިމެމްބާ ކަރެކްޓްލީ، އަހަރެމެން ދެމީހުން އަލަށް މީޓް ވީއްސުރެ ވީ ވާ އެނެމީސް. ވީ ބިކޭމް ފްރެންޑްސް އޭގެ މާ މާ މާ ފަހުން.” އީމާން ތާރާ އާއި ދިމާއަށް ބުންޏެވެ. “ހާހާ. ވެރީ ފަނީ، ޖަރކް. އޯލްރައިޓް ކަންކަމަކަށް ޕްރޮމިސް ކުރަން ވީ؟ ބުނީމަ ދޯ އެނގޭނީ.” ތާރާ ހަށަންބަނދެލިއެވެ.
“ވެލް.. ވީ އާ ހޭވިން އެ ގެޓް ޓުގެދާ މިރޭ 9 ގަ. ވީ ވޯންޓް ތާ މިފަހަރު ޖޮއިން ކުރަން.” އީކަން ފެއްޓިއެވެ. އަދި ޔުކްތާއަށް ބަލައިލިއެވެ. “ދިސް ޓައިމް ނޯ އެކްސްކިއުޒެސް. ގޮޓް އިޓް، ޔަންގް ލޭޑީ؟” ޔުކްތާ ތާރާ އާއި ދިމާއަށް ލޯ ހަނިކޮށްލިއެވެ. “ވަޓެވާ. ވައި ޑޫ އައި ފީލް ލައިކް ދިސް އިޒް ޕްލޭންޑް ބައި ޔޫ ޓޫ؟” ތާރާ އެއްސެވެ. “ބިކޯޒް ވީ އޮންލީ ގޮޓް ޓު ނޯ އެބައުޓް ދިސް ގެޓް ޓުގެދާ ޓޫ. ތާ ކައިރީ ބުނުމުގެ ކުރިން އަހަރުންނަކަށް ވެސް ނޭނގެ.” ސަމާ ވާނުވާ ނޭނގިފައި ހުރެ ކޮނޑު އަރުވާލިއެވެ.
“އެދެން އަހަރެމެން ހަމަ ބޭނުން ވެގެން ބާއްވާ ގެޓް ޓުގެދާ އެކޭ. ދޯ، ޔުކް؟” އީކަން ޔުކްތާއަށް ދޯ ދިނެވެ. ޔުކްތާ ބޯ ޖަހާލިއެވެ. “ސޯ ތާ، ޑޫ ޔޫ ޕްރޮމިސް؟ އިޓްސް އެ ޔެސް އޮރ އެ ޔެސް. ބޭސިކަލީ ޔޫ ޑޯންޓް ރިއަލީ ހޭވް އެ ޗޮއިސް.”
“ކޮންބައެއް ތިބޭނީ؟” ތާރާ އަނެއްކާވެސް އެއްސެވެ.
“މީ، އީކް ސަމް، ޖައި، ކައި، ވީ، ޔޫ، ސަނީ، ޔާން… ވެއިޓް… ކީއްވެޔޯ ޔާން މިހާރަކަށް އައިސް ނާންނަނީ؟” ޔުކްތާ އީކަން ގާތު އެއްސެވެ. ތާރާ އެމީހުންނަށް ބަލައިލިއެވެ. އޭނާ ޔުކްތާ މެންނާއިއެކު މިހާރު ނޫޅޭތީ ކިޔާން ނާންނަ ކަމެއް ނޭނގެއެވެ.
“އޮފިސް ކަންތަކުގަ މާ ބިޒީ އޯ ބުނީ. ބަޓް ބުނި މިރޭ އަންނާނަމޯ. އަންނަމުން ކޮންމެވެސް މީހަކު ގޮވައިގެން އަންނަ ވާހަކަ ބުނީ. ދެން ނޭނގެ.” އީކަން ކޮނޑު އަރުވާލިއެވެ.
“އޮހް. އޯކޭ… ސޯ ތާ. ވަޒީފާއަށް އަވަހަށް ދާން ބޭނުމިއްޔާ ޕްރޮމިސް ކުރޭ. ޕްރޮމިސް ނުކުރަންޏާ ޔޫ ވިލް ހޭވް ޓު ސްޓޭ ހިޔާ ޖޮބަށް ނުގޮސް.” ޔުކްތާ ހަށަންބަނދެލިއެވެ. ތާރާ މޫނުކުނިކޮށްލިއެވެ. “ފައިން. އައި ޕްރޮމިސް.”
“އޯކޭ ދެން. ޔޫ ކޭން ގޯ ނައު.” ވަގުތުން ޔުކްތާ ތަން ދިނެވެ. ތާރާ ދެފަރާތަށް ބޯ ހޫރާލަމުން ނިކުމެގެން ދާން ހިނގައިގަތެވެ.
……………….
“ޔެސް ޑޮކްޓަރ… ޔެސް. އޯކޭ… އޯކޭ. ޝުއާ.” ތާރާ ފޯނު ކަނޑާލިއެވެ. އޭނާގެ ފޯނަށް ގުޅީ އޭނާގެ އިތުރުން އަންހެނުންގެ ޑޮކްޓަރަކަށް އުޅޭ ޑޮކްޓަރ ޖޭސްމިނެވެ. ޖޭސްމިން ކުއްލިގޮތަކަށް އިންޑިއާއަށް ފުރަން ޖެހުމުން އޭނާ އާއި ހަވާލު ވެފައިވާ ޕޭޝަންޓްސް ތާރާ އާއި ހަވާލުކުރީއެވެ. އެއީ މިވަގުތު ތާރާ ހުސްކޮށް އިނުމުންނެވެ.
އެހެންކަމުން ތާރާ ޖޭސްމިންގެ ރޫމަށް ދިޔައެވެ. އަދި އެތަނުގައި އިނދެ ޖޭސްމިންގެ ޕޭޝަންޓްސްގެ ފަހަރަކު ޕޭޝަންޓަކާއި ބައްދަލު ކުރަމުން ފަރުވާ ދެމުން ދިޔައެވެ. 10 ވަރަކަށް ޕޭޝަންޓްސް ނިމުމުން ތާރާ ގަޑި ބަލައިލިއެވެ. އޭރު ގަޑިން އަދި 6:30 އެވެ. މަޣުރިބު ނަމާދަށް ބަންގި ގޮވިކަން އެނގުމުން ތާރާ ނަމާދު ކޮށްލަން ދިޔައެވެ.
އަދި އަނބުރާ އައިސް ބަލިމީހުން ބެލުމާއިގެން ކުރިއަށް ދިޔައެވެ. 15ވަނަ ޕޭޝަންޓްގެ ނަންބަރު ތާރާ އަރުވާލިއެވެ. އިރުކޮޅެއްފަހުން ދޮރު ހުޅުވާލާފައި މާބަނޑު އަންހެނަކު ވަނެވެ. އޭނާ ބަލިމީހުން އިންނަ ގޮނޑީގައި އިށީނުމުން ތާރާ އޭނާގެ އައިޑީ ކާޑަށް ބަލައިލިއެވެ.
އެއީ ތާރާ އަށް ވުރެ އެއް އަހަރު ހަގު އަންހެނެކެވެ. “އައިމިނަތު ޒީނާ. ކިހިނެއްތޯ؟” ތާރާ ހިތްހެޔޮ ހިނިތުންވުމެއް ޒީނާއަށް ރައްދު ކޮށްލިއެވެ. “ރަނގަޅު.” ޒީނާ ވެސް ބަދަލުގައި ހިނިތުންވެލިއެވެ. “އަމްމް.. އަޅުގަނޑު ކުޑަ ސުވާލެއް ކޮށްލިޔަސް އެންމެ ރަނގަޅު ތޯ؟”
ތާރާ ބޯ ޖަހާލިއެވެ. “އަޅުގަނޑު ދައްކަން ހަމަ ޖައްސާފައި އިންނާނީ ޑޮކްޓަރ ޖޭސްމިންއަށް. އެކަމު…” އިތުރަށް ޒީނާ ނުބުންޏަސް ތާރާއަށް ނަގައިގަނެވުނެވެ. “ޔެސް. ޔެސް. އައި ނޯ. ޑޮކްޓަރ ޖޭސްމިން ވަރަށް އެމެޖެންސީ ކޮށް އިންޑިއާއަށް ފުރީ. މީގެ 2 އަވާ ވަރު ކުރިން އެއީ. ޑޮކްޓަރ ޖޭސްމިންގެ ޕޭޝަންޓްސް އަޅުގަނޑާ ހަވާލުކޮށްލާފައި ދަމުން ދިޔައީ. އަޅުގަނޑު މީ ޑޮކްޓަރ ތާރާ.” ތާރާ ކިޔައިދިނެވެ. ވަގުތުން ޒީނާގެ ދެލޯ ބޮޑުވިއެވެ.
“ޔޫ އާ ޑޮކްޓަރ ތާރާ؟ އޮހް މައި ގޯޑް. އަޅުގަނޑު ޑޮކްޓަރ ތާރާއަސް އެޕޮއިންޓްމެންޓް ނުހެއްދިގެން ޑޮކްޓަރ ޖޭސްމިންއަށް ހެއްދީ. މާ ރަނގަޅަށެއްނު މިވީ.” ޒީނާއަށް ބުނެވުނެވެ. ބުނއވުނީ ކީކޭ ކަން އެނގުމުން އޭނާ ލަދުގަތެވެ. “ސޮރީ.” “އެ އޯކޭ ވާނެ.” ތާރާ ގާތަށް ވެސް ހިނިއައެވެ.
“ކޭން އައި ސީ ދި ފައިލްސް؟” ތާރާ ޒީނާގެ އަތުގައި ހުރި ފައިލްތަކަށް އިޝާރާތް ކޮށްލަމުން އެއްސެވެ. އެހެންކަމުން ޒީނާ ތާރާ އަތަށް ފައިލްތައް ދިނެވެ. “5 މަންތުސް.” ތާރާ ކިޔާލިއެވެ. “ޑޫ ޔޫ ވޯންޓް ޓު ޗެކް ދި ޖެންޑާ؟” ތާރާ އަހާލިއެވެ. ވަގުތުން ޒީނާ ބޯ ޖަހާލިއެވެ. ކުއްލިއަކަށް ޒީނާގެ ފޯނު ރިންގުވާން ފެށިއެވެ. “ސޮރީ. ކޭން އައި ޓޭކް ދި ކޯލް؟ އިޓްސް ރިއަލީ އިމްޕޯޓޭންޓް.”
“ޝުއާ.” ތާރާ ބުންޏެވެ. “ހަލޯ؟… އޮހް. ނެކްސްޓް މަންތުގަ؟… ހުމްމްމް… އޯކޭ…. ޑޮކްޓަރ ކޮޓަރީގައޭ މިހިރީ… އާނ… އާދޭ އެހެންވީރު. އޯކޭ. ބާއްވަނީ.” ޒީނާ ފޯނު ބޭއްވިއެވެ. އިރުކޮޅެއް ފަހުން ކޮޓަރީގައި ޓަކި ޖެހި އަޑު އިވުނެވެ “އަމްމްމް… ދެޓްސް ހިމް. އޯކޭ ދޯ ވެއްދިޔަސް؟” ޒީނާ ބުނެލިއެވެ. ތާރާ ބޯ ޖަހާލީ ޒީނާ އެބުނީ އޭނާގެ ފިރިމީހާގެ ވާހަކަ ކަމަށް ނިންމާފައެވެ.
ނަމަވެސް ޒީނާ ދޮރު ހުޅުވާލުމުން ވަދެގެން އައި މީހާ ފެނިފައި ތާރާގެ ނޭވާ ތާށިވިއެވެ. ހީވީ އޭނާގެ މޫނުމަތީގައި ހޫނު އެތިފަހަރެއް އަޅާލި ހެންނެވެ. ހިނދުކޮޅަކަށް އޭނާގެ ހިތުގެ ހިނގުން ހުއްޓުނު ކަހަލައެވެ.
❤️❤️❤️❤️❤️❤️
Hope you liked this part. ☺️
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.





I’m 99% sure that it’s kiyaan
Thaara ge hithuge thelhumah kiyaan noon meehakah badhaleh nugeneveybe kanneyge?
Anyway I’m really happy avahah up kohdhen thee
Curiously waiting for the other part of this story
Take care dear
Luv ya??✌
I think it’s ekala meehaahen. I mean that bitch who said Thaa was preg for him.. Actually I forgot his name. I think his name is nailam or something.. His name starts with ‘N’….. Anyway This part was great….. Masha Allah…. Waiting for the next part… Stay safe and sound deat
I think it’s ekala meehaahen. I mean that bitch who said Thaa was preg for him.. Actually I forgot his name. I think his name is nailam or something.. His name starts with ‘N’….. Anyway This part was great….. Masha Allah…. Waiting for the next part… Stay safe and sound deat
Dear*
OMG. It’s kiyaan isn’t it. BTW. Love this part too. When next part. ❤️