ކެއުމުގެ މެދާ ހަމައަށް ދަންދެން އޮތީ ހުސް އުފާވެރި ވާހަކަތަކެވެ. މައިގަނޑު ވާހަކައަކަށް ދެކެވުނީ ޔާޝްއާއި ރީޝާގެ ގުޅުމުގެ ވާހަކައެވެ. އެކި ވާހަކަ ދައްކަމުން ގޮސް މާހައުލަށް ހޫނުކަމެއް ވެރިވެގެން ދިޔައީ ރިޔާޒް ވަރަށް މުހިންމު ވާހަކައެއް ބުނަންވެފައި އޮތް ވާހަކަ ބުނުމުންނެވެ. އެއާއެކު އެންމެންވެސް ތިބީ ހުރިހާ ސަމާލުކަމެއް ރިޔާޒްއަށް ހުސްކޮށްގެންނެވެ. ރިޔާޒް ނުހާގެ މޫނަށް ބަލައިލުމުން ނުހާ މަޑުމަޑުން ބޯޖަހާލިއިރު އެ ދެލޯ ވަނީ ފެންކަޅިވެފައެވެ. ވާން ކިއުޅެނީ ކީއްކަން ނޭނގޭ ހާލު ޔާޝްއާއި، ރިއާޝްއާއި، ރައިޝާއާއި، ރީޝާވެސް ތިބީ ރިޔާޒް ދެން ބުނާނެ އެއްޗަކާ ދޭތެރޭ ވަރަށް ޝައުގުވެރިވެފައެވެ. ކޮންމެވެސް ހިތާމަވެރި ޚަބަރެއްކަމަށް ހީކުރެވުމުން ހަތަރު ކުދިންގެ ހިތުގައިވެސް ބިންދާލީ ބިރުވެރިކަމުގެ ރާޅުބާންޏެކެވެ. ފުން ނޭވާއެއް ދޫކޮށްލަމުން ރިޔާޒް އޭނާއާއި ނުހާގެ “ބޮޑު ސިއްރު” ހާމަކޮށްލަން ނިންމީ މިއީ އެންމެ ރަނގަޅު ވަގުތު ކަމުގައި ދެކެމުންނެވެ.

***********************

“ދަރިފުޅާ ޔާޝް.. ބައްޕައަކަށް ނޭނގެ މި ވާހަކަ ބުނާނެ ރަނގަޅު ގޮތެއް.. އެހެންވީމަ ބައްޕަ ދާނީ ސީދާ މައުޟޫއަށް..” ޔާޝްއަށް އަމާޒުކޮށް ރިޔާޒް އެހެން ބުނުމުން ރިއާޝްއާއި ރައިޝާއަށްވެސް ބަލައިލެވުނީ ޔާޝްއާ ދިމާލަށެވެ. ޔާޝްއަށް ނިސްބަތްކޮށް އެހެން ބުނަންވީ ސަބަބެއް ޚުދު ޔާޝްއަކަށްވެސް ނޭނގެއެވެ. ރައިޝާޢާއި ރިއާޝްއަށް ފެންނާނެހެން ދެކޮނޑު އަރުވާލެވުނީ އެހެންވެއެވެ.

“ދަރިފުޅާ.. މިއީ އެއްގޮތަކަށްވެސް ބުނަން ފަސޭހަ ވާހަކައެއް ނޫން.. އެކަމަކުވެސް ބައްޕަމެންނަށް ދަރިފުޅު ކައިރި މި ވާހަކަ ބުނަން މަޖުބޫރު.. ބައްޕަމެން މި ވާހަކަ ނުބުނެ އޮވެ، އެހެން ގޮތަކުން މި ވާހަކަ ދަރިފުޅަށް އެނގިއްޖެއްޔާ ދަރިފުޅުވެސް ހިތްހަމަނުޖެހޭނެ.. އެހެންވީމަ ބައްޕަ މި ބުނަނީ..” ރިޔާޒް އަނެއްކާވެސް ފުންނޭވާއެއް ދޫކޮށްލިއެވެ. ކައިރީގައި އިށީނދެގެން އިން ނުހާގެ ލޮލުންވެސް ކަރުނަތައް ފައިބަން ފެށީ އިޚްތިޔާރަކާ ނުލައެވެ. މަންމައާއި ބައްޕަގެ ހާލަތު ފެނިފައި ތިންބެއިންނަށްވެސް ލިބުނީ ވޭނެވެ. ރިޔާޒް ބުނަން އެ އުޅެނީ ވަރަށް ބޮޑު ވާހަކައެއްކަން އެމީހުންނަށް ނަގައިގަނެވުނެވެ. ކެތްތެރިކަމާއެކު އެކުދިން ތިބީ ރިޔާޒް އެ ވާހަކަ ބުނެ ނިމެންދެން ފުރުސަތު ދީނެގެންނެވެ.

“ދަރިފުޅާ ޔާޝް..” އެހާހިސާބަށް ބުނެލުމަށްފަހު ރިޔާޒް ދެލޯ މަރާ ބާރުކޮށްލީ އެ ވާހަކަ ބުނެލުމަށް ތައްޔާރު ވަމުންނެވެ. “ދަރިފުޅު ތީ ބައްޕަމެންގެ އަސްލު ދަރިފުޅެއް ނޫން..” ރިޔާޒްއަށް ހަމަ އެހެން ބުނެވުނުތަނާހެން ނުހާގެ ބަޑި ދިޔައީ ފަޅައިގެންނެވެ. ގަބޫލު ބޭނުންނުވާ ހަޤީގަތެއް ހާމަކޮށްގެން ޔާޝް އެމީހުން ދޫކޮށްލާފަ ގޮސްދާނެތީ ހިތް ބިރުގަންނަނީ އިންތިހާއަށެވެ. ރިޔާޒްގެ ލޮލުންވެސް އޭރުނަ ފައިބަމުން ފިޔައީ އިޚްތިޔާރަކާ ނުލައެވެ.

ޔާޝްމެން ތިންބެއިންގެ ހާލަކީތޯއެވެ؟ ދެންމެ އިވިގެން އެ ދިޔަ ޖުމުލަ އެއީ ދޮގަކަށް ވާނެނަމައޭ ތިންބެއިންގެ ހިތަށްވެސް އަރަމުން ދިޔައެވެ. ރީޝާއަށްވެސް އިނީ ލިބުނު ސިހުމުން ބުނާނެ އެއްޗެއް ނޭނގިފައެވެ. ކަންތައް ވެގެންދާލެއް އަވަސްކަމުން އޭނާއަށް ފުރަތަމަވެސް ވިސްނާލެވުނީ ޔާޝްގެ ހިތަށް ކުރާނެ އަސަރަކާ މެދުގައެވެ.

ރިޔާޒްގެ އެ ކުއްލި ޖުމުލައިން އެންމެ ބޮޑު އަސަރެއް ކުރީ ޔާޝްއަށެވެ. އޭނާގެ ދެލޮލަށް ކަރުނަތައް ޖަމާވެގަތުމުން ޔާޝް މިފަހަރު އެ ހުއްޓުވާކަށް ނޫޅެއެވެ. އުމުރުން މިވީ ތޭވީސް އަހަރުގެ ތެރޭގައި މަންމަމެން އެހާ ބޮޑު ކަމެއް އޭނާއަށް ސިއްރު ކުރީތީ ދެރަވިއެވެ. މި ހުރިހާ ދުވަހަކު މަންމަ ބައްޕަ ކިޔައިގެން މި އުޅެވުނީ އޭނާގެ އަސްލު މައިންބަފައިންނަށް ނޫންކަން އަދިވެސް ޔާޝްއަކަށް ގަބޫލެއް ނުކުރެވެއެވެ. އެހެންނަމަވެސް އެއީކީ ޔާޝް ޤަބޫލު ކުރަން ބޭނުންވާ ޙަޤީގަތެއް ނޫނެވެ. ނުހާއާއި ރިޔާޒް ކުޑައިރުއްސުރެވެސް ރިއާޝްއާއި، ރައިޝާއެކޭ ތަފާތު ކުރުމެއް ނެތި ޔާޝް ގެންގުޅެފައިވީ އެންމެ ލޯބިންނެވެ. އެންމެ ތުއްތު އިރުއްސުރެ ފަށައިގެން އޭނާއަށް ކާންދީ، ބޯންދީ، ފެންވަރުވާ، ރީތިކޮށް ބޭނުންވާ ހުރިހާ ކަމެއް ކޮށްދިނީ ނުހާއެވެ. މައިވަންތަކަމުގެ ލޯބި އޭނާއަށް އިހުސާސް ކުރެވުނީ ނުހާގެ ފަރާތުންނެވެ. ދެން ހުރީ ރިޔާޒްއެވެ. އެންމެ ކުޑައިރުއްސުރެ އޭނާގެ ޙައްޤުގައި ބުރަކޮށް މަސައްކަތް ކޮށްދެމުން ދިޔައީ އޭނާގެ މުސްތަޤުބަލް އުޖާލާ ކޮށްދިނުމަށްޓަކައެވެ. ރައިޝާއާއި ރިއާޝްގެ ފަރާތުންވެސް ޔާޝްއަށް އަބަދުމެ އިހުސާސްވެފައިވީ ރަޙިމުގެ ގުޅުމެވެ. އެއްބަނޑު އެއްބަފާކަމުގެ އެ މަތިވެރި ލޯތްބެވެ. ވީއިރު، އެމީހުން އެއީ އޭނާއާ އެއްވެސް ގުޅުމެއް ނެތް ބައެއް ކަމަށް ގަބޫލު ކުރާނީ ކިހިނެއްހެއްޔެވެ؟

“ތި ބުނީ ޔާޝް ކުޑަބެއަކީ އަޅުގަނޑުމެންނާ އެއްވެސް ގުޅުމެއް ނެތް މީހެކޭތަ..؟ ދެން ކީއްވެ އަޅުގަނޑުމެންނާ ވައްތަރު ގޮތެއް ހުންނަނީ..؟” އެކަކުވެސް އެއްޗެކޭ ނުބުނުމުން އިސްވެ އެއްޗެއް ބުނަން ޖެހުނީ ރިއާޝްއަށެވެ. ރިއާޝް އެހެން އަހާލުމާއެކު ރިޔާޒް ދެފަރާތަށް ބޯހޫރުވާލިއެވެ. “ނޫނޭ.. ލޭގެ ގުޅުންވެސް އޮންނާނެ.. ކުޑަބެއަކީ ދަރިފުޅުމެންގެ ބޮޑުބޭބެގެ ދަރިފުޅު..” އިވިގެން މިދަނީ އަޑުއަހަން ނޭދޭ ވާހަކަތަކެކެވެ. ހާމަވަމުން މި ދަނީ ބޮޑެތި ސިއްރުތަކެކެވެ. “އަޅުގަނޑުމެންގެ ބޮޑުބޭބެއެއް ހުރޭތަ..؟ މިހާރު ކޮބާ..؟” މިފަހަރު އަހާލީ ރައިޝާއެވެ. “ޔާޝްގެ އުމުރުން އެންމެ ދެމަހުގަ ބޮޑުބޭބެއާ އޭނަގެ އަންހެނުން ކާރު އެކްސިޑެންޓެއްގަ ނިޔާވީ.. އެހެންވެ އަހަރުމެން ޔާޝް މިގެޔަށް ގެނެސް ބެލީ.. އޭގެ އަހަރެއްވަރު ފަހުން ރިއާޝް ލިބުނީ.. ޔާޝް.. ދަރިފުޅު ތީ ބައްޕަމެންގެ އަސްލު ދަރިފުޅު ނޫންކަމަށް ފަހަރެއްގަވެސް ހިތަށް ނާރުވާތި.. މިހާތަނަށް ދުވަހަކުވެސް ބައްޕަމެން ދަރިފުޅަށް ދެރައެއް ދީފަކާ ނޯންނާނެ.. މިހާ ދުވަސް ވަންދެން ދަރިފުޅު ކައިރި މި ވާހަކަ ނުބުނެ ސިއްރު ކުރެވުނީތީ ބައްޕަމެންނަށް މަޢާފްކުރޭ.. އެކަމް ބައްޕަމެން އަދިވެސް ދަރިފުޅު ދެކެ ލޯބިވަނީ ހަމަ އަމިއްލަ ދަރިއެއް ފަދައިން.. މިގޭގެ ދޮރު އަބަދުވެސް ހުންނާނީ ޔާޝްއަށްޓަކައި ހުޅުވިފައި.. އުންމީދުކުރަން ބައްޕަމެން ދޫކޮށްލާފައި ޔާޝް ނުދާނެ ކަމަށް.. ބައްޕަމެން ދެކޭ ގޮތުގަ ތީ ހަމަ ބައްޕަމެންގެ އަމިއްލަ ދަރިއެއް..” އެހިސާބަށް ރިޔާޒްގެ ވާހަކަ ދިޔަ އިރު ރިޔާޒްގެ އަޑު ބެދޭގޮތް ވިއެވެ. ޔާޝް އެމީހުން ދޫކޮށްލާފައި ގޮސްދާނެކަމުގެ ބިރަށް އެކަނިވެސް ނުހާގެ ރުއިމުގެ އަޑު ވަކިން ގަދަވިއެވެ. މިއީ ޔާޝްއަށް ބަލަން ކެތްވާވަރުގެ މަންޒަރެއް ނޫނެވެ. ކޮންމެ ގޮތެއް ވިޔަސް ނުހާއާއި ރިޔާޒްއަކީ އޭނާގެ މައިންބަފައިންނެވެ. އެންމެ ތުއްތުއިރުއްސުރެ އޭނާއަށް ލޯބި ދީ، އަޅާލާ، އޭނާގެ ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައި ތިބި ބަޔަކީ އެއީއެވެ. ވީއިރު، އެމީހުން ދޫކޮށްލާފައި ދާން އޭނާއަށް ކެތްވާނީ ކިހިނަކުންހެއްޔެވެ؟

އިށީނދެގެން އިން ތަނުން ތެދުވެ، ޔާޝް ގޮސް ނުހާއާއި ރިޔާޒްގެ ގައިގައި ވަރަށް ލޯބިން ބައްދާލިއެވެ. ރޯން އިން ނުހާވެސް ޔާޝްގެ އެ ކުއްލި ޢަމަލުން ދިޔައީ ސިހިގެންނެވެ. ކަރުނައިގެ ތެރެއިންވެސް ހިނިތުންވެލަމުން ނުހާއާއި ރިޔާޒްއަށް ﷲ އަށް ޝުކުރު ކުރެވުނީ ޔާޝްގެ ވިސްނުން ބަދަލުވެފައި ނެތުމުންނެވެ. ޔާޝް އެމީހުން ދޫކޮށްލާފައި ނުދާނެކަން ޔަޤީން ވުމުންނެވެ.

“މަންމައާ ބައްޕަ ދެކެ އަޅުގަނޑު ވަރަށް ލޯބިވޭ.. ތީ އަޅުގަނޑު ދުނިޔެއަށް އައުމުގެ ސަބަބު ކަމުގައި ނުވިޔަސް، ތީ އަޅުގަނޑު މިއަދާ ހަމައަށްވެސް ދިރިހުރުމުގެ ސަބަބު.. އަޅުގަނޑުގެ ހުރިހާ ކާމިޔާބީތަކެއްގެ ސިއްރު.. އެދުވަހު މަންމަމެން އަޅުގަނޑުގެ ހުރިހާ ޒިންމާތަކެއް ނޫފުލިނަމަ މިއަދު އަޅުގަނޑު މީ އެއްވެސް މީހަކަށް ނުވާނެ.. ރައިއެކޭ އާޝްއެކޭ ތަފާތުކުރުމެއް ނެތި މަންމަމެން އަޅުގަނޑާމެދު ކަންތައްތައް ބަހައްޓަމުން ދިޔައީ ވަރަށް ލޯބިން.. އެހާމެ ރަނގަޅަށް.. ތީ އަޅުގަނޑުގެ އަސްލު މައިންބަފައިން.. އެޔެއް ދުވަހަކުވެސް ބަދަލެއް ނުވާނެ.. ވީއިރު އަޅުގަނޑު ކިހިނެއް މަންމަމެން ދޫކޮށްލާފަ ދާނީ..؟ ރައިއާ އާޝްއަކީ އަޅުގަނޑުގެ އެއްބަނޑުއެއްބަފާ ކޮއްކޮމެން.. އަޅުގަނޑު ކިހިނެއް އެ ކުދިން ދެކެ މިއޮށް ހުރިހާ ދުވަހަކު ވީ ލޯބި ހަނދާން ނައްތާލާނީ..؟ މަންމަމެން ތިކަހަލަ އެއްޗެހި ހީވެސް ނުކުރައްޗެ.. މީގެ ފަހުން އެއްވެސް މީހަކު މި މައުޟޫއަށް ވާހަކަ ދައްކައިގެން ނުވާނެ.. އައި ވޯންޓް އަސް ޓު ބީ ދި ހެޕީ ފެމިލީ ވީ ޔޫޒްޑް ޓު ބީ..” ވާހަކަ ނިންމާލުމަށްފަހު ޔާޝް ކަރުނަ ފޮހެލީ ދެން އެ ވާހަކަ ހަނދާން ކުރަން ބޭނުން ނުވާތީއެވެ.

ރައިޝާއާއި ރިއާޝްއަށް އަންނަން އިޝާރާތްކޮށްލަމުން ޔާޝް ހިނިތުންވެލިއެވެ. ރައިޝާއާއި ރިއާޝްވެސް އައިސް އެ ތިން މީހުންގެ ގައިގައި ބައްދާލި އިރު ލޮލުގައި ވީ އުފާވެރިކަމުގެ ކަރުނައެވެ. ނުހާއާއި ރިޔާޒްގެ ލޮލުންވެސް އުފާވެރިކަމުގެ ކަރުނަ ނީރާލުމުގެ އަސްލަކީ ޔާޝްގެ ވާހަކަ އަޑު އިވިފައި ހިތަށް ލިބުނު ހަމަޖެހުމެވެ. އެ އުފާވެރި ކުޑަކުޑަ އާއިލާއަށް ބަލަހައްޓައިގެން އިން ރީޝާގެ ތުންފަތަށްވެސް ވެރިވީ ހިނިތުންވުމެކެވެ. ފެންކަޅިވެފައިވީ ދެލޯ ފުހެލަމުން ކަރުނައިގެ ތެރެއިން އޭނާ ހިނިތުންވެލީ ޔާޝްއަށްޓަކައި އުފާކުރާ ޙާލުގައެވެ. އެވަގުތު ނުހާ ރީޝާއަށް އައުމަށް އިޝާރާތް ކޮށްލުމުން ނުކެރި ހުރެފައިވެސް ރީޝާ ގޮސް ރައިޝާއާއި ޔާޝްގެ ގައިގައި ބައްދާލިއިރު އެންމެންގެ ހިތުގައިވެސް ވަނީ އެކައްޗެކެވެ. އެ ލޯބިލޯބި އާއިލާގެ އުފާވެރިކަން އަބަދަށް ދަމަހައްޓަވާތޯ އެންމެންވެސް ދިޔައީ ﷲ ގެ ޙަޟްރަތަށް ދުޢާ ކުރަމުންނެވެ.

*******

އެނދުމަތީގައި އިށީނދެލައިގެން އިނދެ ފޯނު ހާވަމުން ދިޔަ ނައިރާއަށް ހިނިތުންވެލެވުނީ ރިއާޝް ދެންމެ އެފްބީ އަށް ކޮށްފައި އިން ޕޯސްޓަކުންނެވެ. ނުހާއާއި ރިޔާޒްގެ އިތުރުން ރައިޝާއާއި، ޔާޝްއާއި، ރިއާޝްވެސް ހިމެނޭ ގޮތަށް ނަގާފައި އިން ސެލްފީގައި އިތުރު އަންހެން ކުއްޖަކު އިނުމުން ނައިރާއަށް ކުއްލި ސިހުމެއް ލިބުނެވެ. ދޯޕައްޓާ ހެދުމެއްގައި އިން އެ އަންހެން ކުއްޖާއަކީ ކާކުކަން ނައިރާއަށް ނަގައިގަނެވުނީ ޔާޝްއާއި އެހާ ކައިރީގައި އިނދެފައި، ރިއާޝް އެ ޕޯސްޓްގެ ކެޕްޝަންއަކަށް ލިޔެފައިފައިވާ ލިޔުންކޮޅު ކިޔާލުމުންނެވެ. “އަވަރ ހެޕީ ފެމިލީ.. ދި ގްރޭޓެސްޓ ހެޕިނެސްް ފޯރ މީ.. ވަން ނިއު މެމްބަރ ޖޮއިނިންގ ޓުޑޭ.. ވެލްކަމް ޓު ދި ފެމިލީ މައި ލަވްލީ ފަހަރި.. މޭ ﷲ ކީޕް ދިސް ފެމިލީ ހެޕީ ލައިކް ދިސް ފޮރ އެވަރ..” އެ ލިޔުންކޮޅު ކިޔާ ނިންމާލި އިރު ނައިރާގެ ލޮލުން ވަނީ ކަރުނަ ހިލިފައެވެ. ރިއާޝް އޭނާގެ އާއިލާ ދެކެ ވާ ލޯބި ފެނުމުން އެ ހިތުގައި ރިއާޝްއާ ދޭތެރޭ އޮތް ލޯބި އިތުރަށް ފުންވެގެން ދިޔައެވެ.

އޭނާވެސް އެކަހަލަ އާއިލާއެއް ބޭނުމެވެ. ކުޑައިރުއްސުރެވެސް ބައްޕައެއް ނުހުންނާތީ ސްކޫލު ކުދިންނާއި އެކުވެރިން ކުރިމަތި ކުރާ ސުވާލުތަކަށް ދޭނެ އެއްވެސް ޖަވާބެއް ނޭނގުމުން ރެޔާ ދުވާލު އެކަމާ ދޭތެރޭ ވިސްނާ ހަނދާންވިއެވެ. އެއްބަނޑު އެއްބަފާ ބޭބެއެއް، ދައްތައެއް، ނުވަތަ ކޮއްކޮއެއް ނުހުންނާތީ އަބަދުވެސް ޝަކުވާ ކުރެވެއެވެ. އޭނާގެ ހުރި ހަމައެކަނި މީހަކީ އޭނާގެ މަންމައެވެ. އެ މަންމަ ގުދާރު ބިންދައިގެން ރެޔާ ދުވާލު އޭނާގެ މުސްތަޤުބަލް އުޖާލާކޮށްދޭން ކުރި ބުރަ މަސައްކަތުގެ ނަތީޖާ މަންމައަށް ދޭން ބޭނުންވަނީ އެންމެ ފޮނިކޮށެވެ. އެނދުމަތީގައި އިން ނައިރާ ޚިޔާލީ ފުން ކަނޑެއްގެ ތެރެއަށް ގެނބިގެން ދިޔައީ ކުޑަ އިރުކޮޅެއްގެ ތެރޭގައެވެ.

ވިސްނަން އިންދާ ނިދީގެ ފުން ކަނޑެއްގެ ތެރެއަށް ނައިރާ ގެނބިގެން ދިޔައީ ކިހިނެއް ކަމެއްވެސް ނޭނގުނެވެ. ބަރު އެސްފިޔަތައް ލެއްޕެމުން ދަނިކޮށް ނައިރާއަށް ސިހިފައި ތެޅެގަނެވުނީ ފޯނު ރިންގުވާ އަޑަށެވެ. ފޯނު ބަލައިލި އިރު ގުޅަނީ ރައިޝާކަން އެނގުމުން އަވަހަށް ފޯނު ނެގިއެވެ.

“ނައީ.. މަގޭ ލޯބިގަނޑު.. އިނގޭތަ މިއަދު ކުޑަބެ އައީނު.. ބައިވަރު ހަދިޔާވެސް ހުރި ގެނެއްސަ.. ޗޮކްލެޓާ، ހެދުމާ، ފައިވާނާ، މޭކަޕް ކިޓާ އަދިވެސް ހުރި ބައިވަރު ހަދިޔާ.. ނައިއަށްވެސް ހުރި ބައިވަރު ހެދުމާ ފައިވާނާ ދަބަހާ އެއްޗެހި ގެނެސްދީފަ.. ބަލާ އަންނައްޗެ އިނގޭ ކޮންމެސް އިރަކުން.. ކުޑަބެވެސް ބުނީ ނައި ވަރަށް ދެކެލާ ހިތްވެޔޯ.. އެހާ ދުވަސް ވަންދެން ނުފެނި ހުރީމަ.. މަ ބުނިން ނައި މިހާރު ވަރަށް ފަލައޭ.. ހަހަހަ.. އޭ އަދި އިނގޭތަ..؟ ފަހަރިއެއްވެސް ގޮވައިގެންނު އައީ.. އިންޑިޔަންއެއް.. މިއުޅެނީ ލައްޑޫ ހަދަންވެގެން.. ވަރަށް ރީތި.. ދޯޕައްޓާ ހެދުން އަޅާފަވެސް ހުންނަނީ.. އިސްތަށިގަނޑުގަވެސް ވަރަށް ޑާރކް ބްރައުން އެއް ހުންނަނީ.. ދެ ކަޅިވެސް ވަރަށް ސަޅި.. ހަމަ އިސްތަށިގަނޑުގަ ހުންނަ ކުލަ ހުންނަނީ.. ވަރަށް ލޯބި އޭނަ.. އަދި އިނގޭތަ..؟ މިއަދު…” ނައިރާ ހަމަ ފޯނު ނެގުމާއެއްކޮށް ރައިޝާ ނޭވާވެސް ނުލާ ފަތިވަރު ދަމާލިގޮތުން ނައިރާއަށް ހެވުނެވެ. ރައިޝާގެ ވާހަކަ ފުރިހަމަ ނުކުރެވުނީސް ނައިރާ ވާހަކަ ދައްކަން ފެށީ ރައިޝާގެ ގަރާރު ދުވަހަކުވެސް ކިޔާ ނުނިމޭނެކަން އެނގޭތީއެވެ. މ

“ހަހާ.. އޯކޭ އޯކޭ ރައީ.. ކާމް ޑައުން.. ޓޭކް އަ ޑީޕް ބްރެތް.. އިންހޭލް.. އެކްސްހޭލް.. ހެހެ މަށަށް އިނގެޔޭ ތި ހުރިހާ ކަމެއްވެސް.. މަ ދެކެފީމޭ އާޝް އެފްބީއަށް ކޮށްފަ އިން ޕޯސްޓް.. އަދި ދާނަން ކޮންމެސް އިރަކުން ޔާޝްބެ ހޯދަން.. ތި ކިޔާ ރީތި ފަހަރިއެއްވެސް ބަލައިލަން ވާނެއްނު ދޯ.. ހަހަހަ..” ހުރިހާ ކަމެއްވެސް ނައިރާއަށް އިނގޭކަން ރައިޝާއަށް އަންގާލިއެވެ.

“ހަހާ.. ކުޑަބެ ހޯދަންތަ..؟ ނޫނީ… އެހެމް އެހެމް.. އެހެންމީހަކު ހޯދަންތަ..؟” ލާނެތް އަޑަކުން ރައިޝާ އެހެން އަހާލުމުން ނައިރާ ކުޑަކުއްޖެއްހެން ކުސްތަޅައިގަތެވެ. “ދެން ރައީ… ސްޓޮޕް އިޓް..!” ނައިރާ ކުޑަކުއްޖެއްހެން ތުންކޮޅު އޫކޮށްލިއެވެ. “އޯހ.. ސަމްވަން އިޒް ބްލަޝިން އައި ގެސް.. ހެހެ.. ފަހަރީ މަ ބުނަންތަ ރަނގަޅު ވާހަކައެއް…؟ މަންޖެ ކިތަންމެ ދުވަހަކު މަންޖެގެ އާޝްގެ އިންތިޒާރުގަ ހުއްޓަސް އެސޮރު ނާހާނެ މަންޖެ ކައިރި ރައްޓެހިވާން ކީއްކުރަން، އިންނާކަށްވެސް.. މަގޭ ބަހެއް އަހަންޏާ އަވަހަށް އާޝްއަށް ޕްރޮޕޯޒް ކުރަން އުޅޭ.. އެހެންނޫނީ ތެޔޮނާށި ކާޅު ޖަހައިގެންފާނެ.. ކިތަންމެ ދުވަހެއް ކީއްކުރަން ކިތަންމެ ގަރުނެއް ވިޔަސް އެސޮރުގެ ލަދާ ހުރެވެސް އެ ސޮރު ނާހާނެ އިންނާކަށް.. މަގޭ ބަސް އަހާތި އިނގޭ ކޮޔާ..” މަންމައެއް ފަދައިން ރައިޝާ ނަސޭހަތް ދެމުން ދިޔަ ގޮތުން ނައިރާ ކައިރިއަށް ހިނިއަންނަ ގޮތް ވިއެވެ

“ހަހާ.. އެހެންތަ..؟ އެހެންވީރު އަވަހަށް ތިކަމާ އުޅެންވީ ދޯ..؟ ހާސްނުވޭ.. މަންޖެގެ ދެވަނަ ފަހަރިއަކަށް ތިގެއަށް މި ފާތިމަތު ނައިރާ ނޫން ދެވަނަ މީހަކު ނާންނާނެ.. ހަހަހަހާ…” ބަދަލުގައި ނައިރާވެސް ހިނިގަނޑެއް ޖަހާލިއެވެ. “އެނގިދާނެތާ..؟ އެހެންނޫނަސް މަގޭ ދެވަނަ ފަހަރިއަކަށް މަންޖެ ނޫން އެހެން މީހަކު ނުވެސް ގެންނާނަން.. ދޮންބެއަކަށް ނުވެސް ކެރޭނެ ގެންނާކަށް.. ގެނަޔަސް ބޭރުކޮށްލާނަން..” ރައިޝާވެސް ނައިރާގެ ސަމާސާގައި ބައިވެރިވެލިއެވެ. ދެ އެކުވެރިން އެކި ވާހަކަތައް ދެއްކުމުގައި ވަގުތު ގުނަމުން ދަނިކޮށް ނައިރާއަށް ފޯނު ކަންފަތާ ދުރުކޮށްލެވުނީ ފޯނަށް އެހެން ކޯލެއް އަންނަން ފެށުމުންނެވެ. ނުދަންނަ ނަމްބަރެއް ކަމުން ރަނގަޅަށް ބަވާލުމަށްފަހު ދޫކޮށްލަން ހިތަށް އެރީ މިއީ ކޮންމެ ބޭނުމެއްގައިވެސް އުޅެފާނެ މީހެއްކަމަށް ވިސްނަމުންނެވެ. ރައިޝާ ކައިރި ފަހުން ގުޅާނަމޭ ބުނަމުން ނައިރާ ފޯނުކޯލް ކަނޑާލާފައި އެ ނުދަންނަ ނަމްބަރުން ގުޅި ކޯލް ނެގިއެވެ. ފުން ނޭވާއެއް ދޫކޮށްލުމަށްފަހު ނައިރާ ފޯނު ކަންފަތުގައި ޖައްސާލީ ހަޅޭއްލަވައިގަންނަން ތައްޔާރު ވަމުންނެވެ.

“ހަލޯ… މީ…” އެމީހާއަށް ބުނެވުނީ އެހިސާބަށެވެ. “މަށަށް ވަރިހަމަ ތީ ކޮންމެ މީހަކަސް.. އެކަމް މަށަށް އެނގިފަ އޮންނަ ގޮތުން ވެއްޖެއްޔާ ކަސްޓަމަރުންގެ ކާޑުގެ މައުލޫމާތު ހޯދާކަށް ބެންކް އޮފް މޯލްޑިވްސްއަކުން ނުގުޅާނެ.. ކަފަބުރަކުން ކަންފަތް ސާފުކޮށްފަ ރަނގަޅަށް އަޑު އަހާ.. ދެން މި ނަމްބަރަށް ގުޅައިފިއްޔާ ނިމުނީ.. ކަށްޓާ، މަހާ، ހަމާ، ވަކިކޮށްފަ، ކޮށާ ކުދިކޮށްފަ ވީދާ، ނޮޅާ، އުކާލާ، ހަމަ ކާޅަށް ކާންދޭނަން.. ސާފުވެއްޖެތަ…؟ ސާފު ނުވަންޏާ ބުނޭ.. ރަނގަޅަށް ސާފުކޮށްދޭނަން.. ހަމަ މިހާރު…” ނައިރާއަށް ބުނެވުނީ އެހިސާބަށެވެ. އެކޮޅުން ވާހަކަ ދައްކަން ފެއްޓިއެވެ. “ސާބަހޭ ނައިރާ.. މީ މަށޭ..” އެކޮޅުން އިވުނު އަޑު ވަރަށް ފަރުވާތެރިކަމާއެކު ނައިރާ އެހީ ދަންނަ އަޑެއްހެން ހީވާތީއެވެ. އެއީ ކާކުކަން ވިސްނަމުން ގޮސް އެ އަޑުގެ ވެރިޔާ ނަގައިގަނެވުމުން ނައިރާގެ ދެލޯ ދިޔައީ މުދުނަށް އަރައިގެންނެވެ. މާތް ރަސްކަލާނގެއަށް ވަކީލު ކޮށްލަމުން އަނގަމަތީގައި އަތް އަޅާލެވުނު އިރު އަމިއްލަ މީހާގެ ބަދުނަސީބު ކަމާމެދު ޝަކުވާ ކޮށްލެވުނެވެ.

ނުނިމޭ…

41

11 Comments

 1. Nayaa

  May 20, 2021 at 11:02 pm

  Salaam dear readers… Here is the 11th part of my story… Hope you all will love it…
  SS everyone… LOT’S OF LOVE FROM ME…
  LYSM
  MYSM

  • Princess

   May 21, 2021 at 11:33 am

   V v v reethi mi part vex and v majaa stay safe nayooo Kokky and miss u soooooo much nayooooooo and love you sooooooooo much nayooo baby😍😍😍😍♥️♥️♥️♥️😘😘😘😘

  • Nayaa

   May 21, 2021 at 2:51 pm

   awww thnq dear kudahthaa… alheyyy i miss u more… vvvvvv miss vey… yh u too stay safe ngey darl… love u moreeeeeee sisyyyyyy…

 2. Annora

  May 21, 2021 at 9:51 am

  masha allah 💖💖 v reethi..curiously waiting for the next part…when next 💖💖

 3. Nayaa

  May 21, 2021 at 11:08 am

  In reply to Annora…
  Tysssmm dear… Really appreciate it… Next part hama liyevunhaa avahakah submit kohlaanan… Keep waiting… Won’t dissapoint u… SS darl…

 4. 🌹Ril🌹

  May 21, 2021 at 11:37 am

  Heiii naayuuu❤️❤️❤️
  Mi part vxxx vrh reethi asusual ❤️❤️❤️❤️
  Masha Allah❤️❤️❤️
  Hama best ❤️❤️
  Keep it up ❤️❤️❤️
  Enme fahun yaash dhonbe ge hageegai inguny dhw ❤️❤️❤️❤️kiyamun diyavarakah vrh curious koh iny yaash dhonbe family ❤️❤️❤️❤️dhookohlafaaneythee .❤️❤️❤️ But vrh happy nidhiyaaa maa❤️❤️❤️😊😃😃
  Hama bunaane vaahaaka eh nei nairaa and raishaa mee comedy kuran enme molu demeehun hahahah😂😂😂🤣🤣🤣😆😆😆😆. Heehee Bali vi nairaa ge part kiyaalaafaa 😂😂😂😂😆😆😆😆🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
  Hahahaha yageeen nairaa ah e guly riaash Kan Hama gere dhw naayuu Hama heveny ❤️❤️❤️❤️❤️❤️❤️😂😂😂😂😂😂😆😂😂😂😂😂🤣🤣🤣🤣🤣🤣🤣🤣
  Anyways vrh curious next part ah ❤️❤️
  Love u sooo Much❤️❤️❤️
  stay safe ❤️❤️and tvgc❤️❤️❤️

  • Nayaa

   May 21, 2021 at 2:55 pm

   hii ril sisoooo…
   awwwn tysssssssssssmmmm dear sisyyyyyyyyy..
   yess yaash dhonbe ge hagiigaiy ingunii dhw… yhh thank god dhw yaash dhonbe nudhiya kan…
   haha nayaa nd reesh ah vure vx maa majaa dhw mi rai nd nai… haha yes nayaa vx hama hii hii balivi liyamun dhiya iruga…
   eii riaash thoa balaalan hingaa dhw dhn oiy prt ah wait kohlamaa…
   keep waiting… hama liyevunuhaa avahakah submit kohlaanan insha allah…
   lymmmmmm
   same to u

 5. Maash

  May 21, 2021 at 1:41 pm

  Varah reethi mi part ves Maasha Allah 💖💖💖Varah emotional ves me😁😁😁. Anehkaa nai ah haleylevuny riaash ah tha🤔🤔🤔. Riaash ah vejje yaa varah majaa vaane 😁😂😂😂. Waiting curiously for the next part 💖💖💖
  Stay safe
  Tc

  • Nayaa

   May 21, 2021 at 8:12 pm

   tysssssmm Maash dear… vrh ufaa vejje mi prt vx kamudhyaiima… hehe hingaa dhw eii kaakuthoa balaalan nxt prt ah wait kohlamaa… vedhaane hama riaash ah vx dhw 😉 hehe.. keep waiting… hama liyevunuhaa avahakah submit kohlaanan… maa laheh nuve kiyaalan libeyne insha allah…
   u too ss nd tvgc darl

 6. ŘęęśhÅ ÇøřõňÄ

  May 22, 2021 at 10:23 am

  Koyaaaaaaaaa🤓🤓🤓🤓🤓🤓klw gayaaaaa enme fahun bunee dhw…. 🙋 🙋 🙋 🙋 🙋 🙋 🙋
  Ma mihaaru handhaaneh vx nei meeega V kanthah thakeh…. Ryga kee vx… Mihaaru nethey maa gina kan Kankameh handhaaneh vx….
  Ey Naira e vaahaka dhehkkee Aash brw aa thr 😯😯😯🤣🤣🤣🤣🤣majaa vaane Aash brw vehjjehyya
  Anehkka Raisha 🤣🤣🤣kaleyney eii vx vaa anheneh.. Koya neyvaa laigen kiyaabala….
  Ahtheyyyy mihaaru mi Aash mennah FB aa BF ga vx ehcheh liyevey kamakah nuvey ingireysin noony😬
  Saabahey Naira koya saabaheyyyyy… Thivaru aruvaalan vaane ngye🤣🤣🤣🤣
  Ma nama vaahaka dhahkkaalaanee bank of Maldives ge raees ah vegen… Ma mihaaru onnaanee speech vx thayyaaru kohffa
  Bye taa taaaaaa 👋👋👋👋👋👋👋👋
  Lyssssssssssssssssssssss❤️❤️❤️❤️💙💙💙💙💙💚💚💚💚💛💛💛💜💜💜💜💜🖤🖤🖤🖤🖤🖤mmmmm

  • Nayaa

   May 22, 2021 at 2:03 pm

   alhamdhulillah shukuru, maadhan hukuru, kiru thahtah hakuru, bokkura yah bakuru!! aadhe alfaalilaa Reeshaa Binthi Dhaawoodh Ismaaeel alhuganduge vhk ah comment eh vidhaalhuvelavvaifi… thiya beyfulhaage haalu ulhuvanee kihinakunthw? koshiiga eba in thw salaamathun??
   haha tyssssssssssmmm ingey lwbikolhuuu… naira vhk dhekkii kaakuthoa balailan jeheynee nxt prt ah wait kohlan… aaekey eii vaa anheneh.. yy koachekey kyaakah manje vx vhk dhakkaa vahtharey hama eii… adhi raishaa yaa dhimaalah eba malaamaiy kureynu… huh…
   aakey naira mii hama magey dhevana version ey… haha thiya speecheh vx dhen kiyaidheynVnu dhw…
   eyy manjeyyy mi ulhenii social assignment gandu nuninmgen… aaadhebala hadhaidheyn… hisaabu filaavalhu hedheevx luhaa lavva.. aan ehengna miss bunii cal benun nukuraashoa.. masheh cal eh beynumeh nukuramey.. ma luhaa kairi ahaigen hedhee… huvaa mi algebra gandakaa hadhaa magey boa govaifi…
   hooon dhey dhey… bye
   lymmmmmmmmmmmmmmmmmmmmmmmmmmmmmmm

Leave a Reply

ކޮމެންޓެއް ހުށަހެޅުއްވުމަށް އެސްފިޔައަށް ލޮގިން ކުރައްވާ!