“ނާ، ވިލް ޔޫ ބީ މައި…” އަކުރަމަށް ބުނެވުނީ އެހިސާބަށެވެ.
ގޭގެ ބޭރުން އިވުނީ ނޫރާ ފޯނުން މީހަކާއި ވާހަކަ ދައްކާ އަޑު އިވުމުންމެވެ. ގަތް ބިރުންނާއި ލިބުނު ސިހުމުން، ނާޔާ އިން ތަނުން ތެދުވެ އޭނާގެ ކޮޓަރި އާއި ދިމާއަށް ދުއްވައިގަތެވެ. އަދި ކޮޓަރިއަށް ވަދެ ދޮރު ލެއްޕިއެވެ.
ނާޔާ ދިޔުމުން ވާނުވާ ނޭނގި ހުރެ އަކުރަމް އިން ތަނުން ތެދުވިއެވެ. އޭނާގެ މޫނުމަތިން ފެންނަމުން ދިޔައީ މާޔޫސް ކަމެވެ. މީގެން ކުރިން ވެސް ނާޔާ ނޫރާ މެން އައުމުން އެގޮތަށް ކަންތައް ކުރެއެވެ. ކީއްވެގެންތޯ ސުވާލު ކުރުމުން އޭނާ ބުނަނީ އެ ސަބަބު އަދި ބުނެވެން ނެތް ކަމަށެވެ.
“އާނ… އެކަމާ ހާސްނުވޭ. އަހަރެން ހުރިހާ ކަމެއް ހަމަ ޖައްސާނަން. އާނ… ހުމްމްމް… ތައްޔާރީ ތަކަށް އަހަރެން އެހީވެދޭނަން. އާނ…” ނޫރާ ދައްކަމުން ދިޔަ ވާހަކަ އަކުރަމަށް އިވުނެވެ.
ނަމަވެސް އަޅާނުލައި ކޮޓަރިއަށް ދިޔައީ ދެން ފަހަރަކުން ނާޔާއަށް ލޯބި ހުށަހެޅުމަށް ނިންމައިގެނެވެ. އޭނާއަށް ނޭނގުނު ކަމަކީ އެއީ އޭނާއަށް އެންމެ ފަހު ފަހަރަށް ނާޔާ ފެންނަ ފަހަރަށް ވެދާނެ ކަމެވެ. ނޫރާ ދައްކަމުން ދިޔަ ވާހަކަ އަޑު އަހާލަން މަޑުކޮށްލިނަމަ އޭނާއަށް އެކަން ހުއްޓުވެން އޮތް ކަމެވެ.
ނޫރާ ފޯނުގައި ހުރެ ގެއަށް ވަނެވެ. އަދި ދެލޯ ހަނިކޮށްލާފައި ނާޔާގެ ކޮޓަރިއަށް ބަލައިލިއެވެ. “އާނ. އޭނާ އެއްބަސް ވާނެ… އާނ. މި ކައިވެނި ހުއްޓޭނެ ގޮތެއް އެއްގޮތެއް ވެސް ނޯންނާނެ… ނާޔާ ބުނާ ބަސްއަހާނެ. ވަރަށް ކިޔަމަންވާނެ… ހޫމްމް. އަހަރެން އޭނާ މި ކައިވެންޏަށް އެއްބަސް ކުރުވާނަން. ހާސް ނުވޭ. އާނ… ތިކޮޅަށް ވެސް ވަރަށް ސަލާމް. ބާއްވަނީ ދެން.” ނޫރާ ފޯނު ބޭއްވިއިރު އޭނާގެ ތުންފަތްމަތީގައި ދުވެލީ މަކަރުވެރި ހިނިތުންވުމެކެވެ.
އޭނާ މިސްރާބު ޖެހީ ނާޔާގެ ކޮޓަރިއާއި ދިމާއަށެވެ. އަދި ސިއްރު ސިއްރުން އެ ކޮޓަރި ބޭރުން ތަންޑުއަޅުވިއެވެ.
—¯_-~»«~-_¯—
ކިޔާން އޭނާގެ ބޮލުގައި ހިފަހައްޓައި ލައިގެން ހުރެ މާނޭވާ ލަމުން ދިޔައެވެ. އެ މަންޒަރު ފެނިފައި ތާރާގެ ހިތަށް ތަދުވިއެވެ. އެދެމީހުންގެ މާޒީގައި ކޮންމެ ކަމެއް ހިނގާފައި ވީނަމަވެސް ކިޔާން އެ ޙާލަތަށް ދޫކޮށްލާކަށް ތާރާގެ ހިތް ހިލާ ގަބޫލެއް ނުވިއެވެ. އެހެންކަމުން އަވަސް އަވަހަށް ގޮސް ކިޔާން ގާތު ހުއްޓެލިއެވެ.
ކިޔާނަށް ތާރާ ފެނުމުން އޭނާގެ މޫނުމަތިން ފެނިގެން ދިޔައީ ރުޅިވެރިކަމެވެ. އެހެންކަމުން ތާރާ އާއި ދުރަށް ޖެހެން މަސައްކަތް ކުރިއެވެ. ނަމަވެސް ތާރާ އެކަމަކަށް ފުރުޞަތެއް ނުދިނެވެ.
“ކިޔާން. ޔޫ އާ ނޮޓް އޯކޭ ރައިޓް ނައު. ސޯ ސްޓޮޕް ފައިޓިން. އައިމް އެ ޑޮކްޓަރ. އައި ނޯ ވަޓް އައިމް ސަޕޯސްޑް ޓު ޑޫ ރައިޓް ނައު. ސޯ ޕްލީޒް. އަހަރެން ދެމީހުންގެ މާޒީ ހަމައެކަނި މިވަގުތަށް ބާއްވާފަ ލެޓް މީ ހެލްޕް ޔޫ. ޔޫ ކޭން ހޭޓް މީ އޯލް ޔޫ ވޯންޓް ފަހުން. ބަޓް ނޮޓް ނައު. ޖަސްޓް ލެޓް މީ ހެލްޕް ޔޫ. ޕްލީޒް.” ތާރާގެ އަޑުގައި އެކަނިވެސް ވޭން އެކުލެވިގެންވިއެވެ. ކިޔާން ދެންވެސް މަސައްކަތް ކުރީ ތާރާ އާއި ދުރަށް ދެވޭތޯއެވެ.
“އައި ޑޯންޓް ނީޑް ޔުއާ ހެލްޕް، ތާރާ. އައި ޑޯންޓް ވޯންޓް އިޓް. ބިކޯޒް އަހަރެން މި ހާލުގަ އުޅެން ވެސް ޖެހެނީ ތާރާ އާއި ހެދި ކަމަށް ވާތީ! އައި ހޭޓް ޔޫ! ގެޓް އަވޭ ފްރޮމް މީ!” ކިޔާން އައި ރުޅީގައި ތާރާ އާއި ދިމާއަށް ބުންޏެވެ. ތާރާއަށް ހީވީ މީހަކު އޭނާގެ ހިތް މައްޗަށް އަރައި ޗަސްކޮށްލި ހެންނެވެ. “ކިޔާ..”
“ޑޯންޓް! ޖަސްޓް ޑޯންޓް! ޔޫ ޑޯންޓް ނީޑް ޓު އެކްޓް ލައިކް ޔޫ ކެއާ! ސްޓޮޕް އިޓް! އިޓް މޭކްސް ޔޫ ލުކް ޕެތެޓިކް! ޔޫ. އާ. ޕެތެޓިކް. އެ ކަވާޑް! އެ ބިޓްރޭޔާ! ގެޓް ދި ފަ* އަވޭ ފްރޮމް މީ! ދެއާ އިޒް ނޯ ޕްލޭސް ފޯ ބިޓްރޭޔާސް އިން މައި ލައިފް!”
ތާރާއަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ. އަދި ލޯ މަރާލިއެވެ. ހިތުގައި އަޅަމުން ދިޔަ ވޭނަށް ކެތް ކުރެވޭތޯއެވެ. “އޯލްރައިޓް.” އެހެން ބުނުމަށް ފަހު ތާރާ އެތަނުން ނިކުމެ ދުއްވައިގަތެވެ. ކިޔާން ދެކެ ވާ ލޯބީގެ ސަބަބުން ޒަޚަމު ވަމުން ދިޔައީ އޭނާގެ އަމިއްލަ ހިތެވެ.
…………
ކިޔާނާއި އޭނާ އާއި ދެމެދު ހިނގާ ދިޔަ ހާދިސާއަށް ފަހު ތާރާ އިތުރަށް އެގެއަކު މަޑެއް ނުކުރެއެވެ. ތާރާ ދިޔަ ގޮތަށް ދިޔައީ ދިއްލީގެއަށެވެ. ގޮސް މެންދުރު ވަންދެން އޭނާ ވަގުތުތައް ހޭދަކުރީ ލޫތާއި އެކުގައި ޕީއެސް ކުޅޭށެވެ. ކިޔާންގެ ހިޔާލުތައް ސިކުނޑިން ބޭރުކޮށްލެވޭތޯއެވެ.
“ތުއްތީ؟” ލޫތު ތާރާއަށް ގޮވާލިއެވެ. ތާރާ ލޫތަށް ބަލައިލިއެވެ. “ކީކޭ ލޫއްކޯ؟” “ތުއްތީ. ޑޯންޓް ބީ މޭޑް އިނގޭ. އައި ވޯންޓް ޓު އާސްކް ޔޫ އެ ކުއެޝަން ދެޓް ހޭޒް ބީން އޮން މައި މައިންޑް އޯލް ދި ޓައިމް. އޯކޭތަ އަހާލިޔަސް؟” ލޫތު އަހާލުމުން ތާރާ އޯކޭއޭ ބުންޏެވެ.
“ތުއްތިގެ އޭޖް މިހާރު 25 ދޯ؟ ވައި އާންޓް ޔޫ މެރީޑް؟ ދޮންބެ އެން ދޮންބެދައްތި ވެސް މިހާރު މެރީ ކޮށްގެން އުޅެނީ. ދޭ އާ 25 އެން 26 ޓޫ. ސަމް ދައްތި އެން ޖައި ބޭބެ ވެސް މެރީޑް.” ލޫތު ކުރިން ސުވާލުން ތާރާގެ ދެލޯ ބޮޑުވިއެވެ. އޭނާ ކުޅެން އިން ޖޮއިސްޓިކް ބިންމައްޗަށް ނުވެއްޓުނީވެސް ކިރިޔާއެވެ.
އެ ސުވާލަށް ދޭނެ ޖަވާބެއް ތާރާއަކަށް ނުވިސްނުނެވެ. “މްމްމް.. ތުއްތި އަދި ވަރަށް ޔަންގް އެއްނު ދޯ؟ އެހެން ވީމަ އަދި ނުވޭ މެރީ ކުރާކަށް. ލޫއްކޮގެ ދޮންބެމެން އެއީ 25 އެން 26 ވިޔަސް އަސްލު މުސްކުޅި މީހުން އެހެންވެ އެމީހުން އަވަހަށް މެރީ ކުރީ.” ތާރާ ހިތަށް އައި ގޮތަށް ޖަވާބު ދިނެވެ. އަދި އަމިއްލަ މޮޔަކަމާމެދު ހިނިއައެވެ.
“އޮހް. އެހެންވީމާ ދޮންބެމެން އޯލްޑް ދޯ އަސްލު.” ލޫތު ވަރަށް ފުންކޮށް ވިސްނާލުމަށްފަހު ބުންޏެވެ. “ލޫއްކޯ. ޕްރޮމިސް މީ ދެޓް ޔޫ ވޯންޓް ޓެލް އެނީވަން އެބައުޓް އިޓް، އޯކޭ؟ ދިސް އިޒް އެ ސީކްރެޓް ބިޓްވީން އަސް.” ތާރާ ލޫތަށް އޭނާގެ ކުޑަވައި އިނގިލި ދިއްކޮށްލިއެވެ. “ޕިންކީ ޕްރޮމިސް؟”
“ޕިންކީ ޕްރޮމިސް.” ލޫތު ތާރާގެ ކުޑަވައި އިނގިލީގައި އޭނާގެ ކުޑަވައި އިނގިލި އަޅުވާލަމުން ބުންޏެވެ. “ގުޑް ބޯއި.” ތާރާ ލޫތުގއ ބޮލުގައި އަތް ހާކާލިއެވެ. “ދެންންން ތުއްތީ!!! ލޫއްކޮގެ ހެއާ ހަޑިކޮށް ނުލާ! އަތްނުލާތި!” ލޫތު ތާރާގެ އަތް ފޮޅުވާލައިފައި ތުންކޮޅު އޫކޮށްލިއެވެ.
“އޯވް! ސޯ ކިއުޓް! ތުއްތި އެބަ އަންނަން އިނގޭ ތަނަކަށް ގޮސް. ފަހަރެއްގައި ލަސްވެދާނެ.” ތާރާ ލޫތުގެ ކޮލަށް ދޮނެއް ދިނެވެ. އަދި އޭނާ ގެނައި ދަބަސް ހިފައިގެން ގެއިން ނުކުތެވެ.
ތާރާ ކާރަކަށް އަރައިގެން ޕޮލިސް ސްޓޭޝަނަށް ދިޔައެވެ. އަދި އެތަނަށް ދެވުމުން ރީހަނަށް ގުޅިއެވެ. ކުޑަ އިރުކޮޅެއް ފަހުން ރީހަން ޕޮލިސް ސްޓޭޝަންއިން ނިކުމެ ތާރާ ގޮވައިގެން އަނބުރާ ވަނެވެ. ދެމީހުން ގޮސް ވަނީ ތަންކޮޅެއް ދުރުގައި ހުރި އޮފީހެއް ކަހަލަ ކޮޓަރި އަކަށެވެ. އެތާނގައި އެލެކްސް ހުއްޓެވެ. އޭނާ އިނީ ސޯފާގައެވެ. އޭނާގެ އަތުގައި ލެޕްޓޮޕެއް އިންއިރު އޭގައި ވަރަށް އަވަސް އަވަހަށް އެއްޗެހިތަކެއް ލިޔަމުން ދިޔައެވެ.
ރީހަން އާއި އެލެކްސް އަކީ ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ ސިއްރު އެޖެންޓްސް ތަކެކެވެ. އެހެންކަމުން އެމީހުން ފުލުސް ޔުނީފޯމެއް ނުލައެވެ. ނަމަވެސް ތިބެނީ ގަމީހާއި ފަޓުލޫނު ލާފައެވެ. ތާރާ އިންގްލެންޑަށް ބަދަލު ވުމުގެ ކުރިން ތާރާ އާއި، ރީހަން އަދި އެލެކްސްގެ ދޭތެރޭގައި ވަރުގަދަ ގުޅުމެއް އުފެދިގެން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން އެކަކު އަނެކަކުގެ ސިއްރުތައް ހިއްސާ ކުރުމުން އެލެކްސްމެން އެމީހުންނަކީ ސިއްރު އެޖެންޓްސް ތަކެއް ކަން ކިޔާދިނެވެ. އަދި ތާރާ އޭނާގެ ތުއްތު އިރުގެ ހިތި މާޒީ ކިޔައިދިނެވެ. އެހެންކަމުން ރީހަންމެންގެ އެހީގައި އޭނާގެ ސާރާ އަށާއި ރައްޔާނަށް އިންސާފު ހޯދައިދިނުމަށް ހިތްވަރު ލިބުނެވެ.
“ހޭ ލަކީ.” ތާރާ އައިސް އެލެކްސް ގާތު އިށީނެވެ. “ހޭ ޕަމްޕްކިން! ހާދަ ދުވަހެއް ފަހުންނޭ މި ދިމާވީ. އެން ވޯވް. ޔޫ ހޭވް ޗޭންޖްޑް!” އެލެކްސް ދެލޯ ބޮޑު ކޮށްލާފައި ތާރާ އަށް ބަލައިލިއެވެ. ތާރާ ހީލިއެވެ.
“ލެޓްސް ގެޓް ޓު ދި ސީރިއަސް ބިޒްނަސް ނައު.” ރީހަން ވެސް ހީލަމުން ބުންޏެވެ. “އޯކޭ، މިސްޓަރ ސީރިއަސް. ސޯ ތާ. ވީ ފައުންޑް އައުޓް އެބައުޓް ދި ބޭ*ޓާޑްސް. ހިޔާ.” އެލެކްސް އޭނާގެ ލެޕްޓޮޕުން އޭނާ ތައްޔާރު ކޮށްފައިވާ ޑޮކިއުމެންޓް ދައްކާލިއެވެ.
އޭގައި 8 ވަރަކަށް މީހުންގއ ފޮޓޯ އިނެވެ. ކޮންމެ މީހަކުވެސް ހުރީ އަތްފައިގައި ގަހަނާ އަޅައި، އިސްތަށިގަނޑު ދިގުކޮށްފައެވެ. ނޭފަތާއި ކަންފަތް ތޮރުފާފައި ވެސް ބައެއް މީހުން ހުއްޓެވެ. “ދުނިޔޭގަ އުޅޭނެގޮތެއް ނޭނގިގެން އުޅޭ ބައެއްތަ މީ؟” ތާރާ ބުނެލިއެވެ.
“މީ ބިލާލް. ދެން މިހިރީ ބާތިން. މި ދެމީހުން މީ ވައްތަރު ނޫނަސް ދެބޭން. މީގެ ކުރިން ބޮން ހެދުމުގެ ކުށުގަ ދެމީހުންނަށް ވެސް ހުކުމް ކުރެވިފައިވަނީ. ނަމަވެސް އޭގެން އެމީހުން ސަލާމަތް ވެފައިވަނީ ރިޝްވަތުދީގެން. މީގެ އިތުރުން ބިލާލް އޭނާގެ އަންހެނުންނާ 2 އަހަރުގެ އަންހެން ދަރިފުޅު މަރާލި ކަމަށް ދަޢުވާ ކުރެވި 5 އަހަރަށް ޖަލަށް ލެވިފައިވޭ……..”
“މީ ވިޝާހް. ވިއްޓެ މީހުން ކިޔާ ކަމަށް ވަނީ. މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުޙުމަތުގައި މީގެ ކުރިން 2 ފަހަރަކު ޖަލަށްވަނީ ލެވިފަ………”
“ދެން މިހިރީ ޔާނިއު. އައި ރިމެމްބާ ހިމް. މީގެ 5 އޮރ 6 ވަރަކަށް އިޔާޒް ކުރިން އޭނާ ޖަލަށް ލި އެމީހުންގެ ގޭންގާ އެހެން ގޭންގަކާ މާރާމާރީ ހިންގީމަ…………”
“ހުމޭދު. މީގަ ބުނާގޮތުން އޭނާއަކީ ޑްރަގު ލޯޑެއް…………”
“ބެންޖަމިން. މީނަ އޯވާ ޑޯޒް ވެގެން އެއްފަހަރު ހޮސްޕިޓަލްގައި ފަރުވާދޭން ޖެހިފައިވޭ ކޯމާގައި ބާއްވައިގެން. ނޮޓް ވަންސް. ޓްވައިސް. އެން މީގެ 2 އަހަރެއް ކުރިން ވީނުވީއެއް ނޭނގި ވަނީ ގެއްލިފަ…………”
“ރިޒްގާ. މީނަ މީ އުމުރުން 19 އަހަރުގަ އާއިލާ ކައިރިން ފިލައިގެން މި މީހުންނާ ގުޅިގެން ބަދު އަޚުލާގު އަމަލުތައް ހިންގަމުން ދާ އަންހެނެއް. މީނަ ހޯދަން ޕޮލިހުން މީގެ އަހަރެއް ކުރިން އުޅުން. އެކަމު ނުފެނިފަ އަދި ހުރީ………….”
“މާނިއު. މީގެ ކުރިން އަންހެން ކުއްޖަކު ކިޑްނެޕް ކުރުމުގެ މައްސަލަ އާ ރޭޕްގެ މައްސަލަ ވަރަށް ބޮޑު މީހެއް…………”
“ސޯ ދެޓް މީންސް މި ހުރިހާ އެންމެންގެ ވެސް ކުށުގެ ރިޕޯޓު އެބަ އޮތޭ. ހުމްމްމް. އެމީހުންގެ ލޮކޭޝަން އަދި ނުހޯދޭ؟” ތާރާ އެއްސެވެ.
“ޝައްކު ކުރެވޭ ބައެއް ތަންތަން އެބަހުރި. ބައެއް ނޫން. ބައިވަރު. އެ ތަންތަން ބަލާ ފާސްކުރަން ޖެހޭނީ. ސީދާ ކޮން ތަނެއްގައި ކަމެއް ނޭނގޭ. ބައެއް ލޮކޭޝަންސް ހުރީ މާލޭގައެއްވެސް ނޫން. އެކި ރަށްރަށަށް ޓްރެވެލް ކޮށްގެން އެމީހުން ހޯދޭނެ. ވަރަށް ފިލަ ފިލައިގެން މި މީހުން އުޅެނީ.” ރީހަން ޖަވާބުގ ދިނެވެ. ތާރާ ބޯ ޖަހާލިއެވެ. “ހުރިހާ ކަމެއް ކުރިއަށް ދާ ގޮތް ތާއަށް އިންފޯމް ކުރަމުން ދާތި.”
“ވީ ވިލް.” އެލެކްސް ބުންޏެވެ.
❤️❤️❤️❤️Hope you guys liked this part. ☺️
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
One Comment
Comments are closed.





Wow. Okay ur soon. Hope u be this soon 4 the next part too. Love it. Love it. Love it. Bravo my favourite author. Keep it up. Lots of love ❤️❤️❤️❤️
Ur biggest fan