ފްލައިޓަށް އަރަމުން ރައިޝާ ފަހަތް ބަލައިލާ އެންމެންނަށް ހަނާއަޅާލިއެވެ. ހީލަމުން ރައިޝާ ފްލައިޓަށް އަރާ، ސީޓުގައި ހަމަޖެހިލިއެވެ. ކުޑަދޮރުން ބޭރު ބަލައިލިއިރު، ނުހާމެން ތިބި ތަން ފެނުމުން ދެލޮލުން ކަރުނަ ފާއްދާލިއެވެ. އަތުގައި އޮތް ރިހިކުލައިގެ އަލިމަސް ޖެހި އަނގޮޓިއަށް ނަޒަރު ހުއްޓާލާ، ކަރުނައިގެ ތެރެއިން ހިނިތުންވެލިއެވެ ފްލައިޓް ރަންވޭއިން ނައްޓާލުމުން އެންމެ ފަހު ފަހަރަށް ރައިޝާ ކުޑަދޮރުން ބޭރު ބަލައިލިއެވެ. އޭރު ވިލާތަށް ފޫއަޅޫވާލާފައި ފްލައިޓް މައްޗަށް އަރައިފިއެވެ. ތިރީގައިވާ ނޫކުލައިގެ ސާލެއްފަދަ ހަމަހިމޭން ކަނޑުގައިވާ […]
* ވާރޭ އިހުނަށްވުރެ ބޯކުރަމުން ދިޔައެވެ ކުއްލިއަކަށް އީވާ ސިއްސާގެން ދިޔައެވެ. އެވަގުތު އިވާ ގެ އަގައިން ތޫލި ހަޅޭކުގެ އަޑު މުޅި ފަޒާގެ ތެރެއިން ގުގުމަމުން ދިޔަ އެވެ. އީވާ ފަހަތަށް އެނބުރި ބަލާލިއިރު ދެ ފިރިހެނުން އީވާ ގެ މޫނާ ޖެހޭ ނުޖެހޭ ހިސާބުގައި ތިއްބެވެ. * އެތަނުން އިސްތަށިގަނޑު ހާވާލައިގެން ހުރި ޒުވާނާ އެއަންހެން ކުއްޖާ އަށް ދަހިވެތިކަމުގެ ނަޒަރަކުން ބަލާލުމަށްފަހު ވާހަކަދައްކަން ފެއްޓިއެވެ. ” ހެއި ބޭބް ކޮންނަމެއް […]
“އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަންވެފައި އެބައޮތް….؟؟؟؟” ރަޔާންގެ މޫނަށް ބަލާލަމުން، ސީރިއަސްވެފައި އިނދެ ލައިނީ ބުނެލިއެވެ. ރަޔާން، ލައިނީގެ ބޮލުގައި ފިރުމާލަމުން ކޮން ވާހަކައެއްހޭ އަހާލީ އޯގާތެރިކަމާއިއެކީގައެވެ. “އަހަރެން ބަނޑުބޮޑު…..” ހިނދުކޮޅެއްގެ ހިމޭންކަމަށްފަހު ތެޅިތެޅި އޮތް ހިތަކާއިއެކު ލައިނީ ބުނެލިއެވެ. އޭނާ އިނީ ރަޔާންގެ ޙަރަކާތްތަކަށް ފަރުވާވެ ބަލާށެވެ. ލައިނީގެ ދުލުން ނުކުތް ޖުމްލަ އިވިފައި ރަޔާނަށް އިނދެވުނީ ހުއްޓުން އަރާފައެވެ. ލައިނީގެ މޫނަށް ބަލަމުން ދިޔައިރު އެމޫނުމަތީގައިވާ އަސަރުތައް ދެނެގަންނާކަށް ލައިނީއަކަށް ނޭނގުނެވެ. ރަޔާން […]
މާއިޝް ހަދާނީ ކިހިނެއް ބާވައެވެ؟ އޭނާ ރައިޝާ އަންނަންދެން އިންތިޒާރު ކުރާނެބާވައެވެ؟ ރައިޝާގެ ހުވަފެންތަކުގައި ކުލަ ޖެއްސުމަށް ހިތްވަރު ދޭނެބާވައެވެ؟ ނޫންނަމަ، މި ގުޅުން ވަގުތުން ވަގުތަށް ކަނޑާލާނީ ބާވައެވެ؟ މާއިޝް އޭނާގެ މަތިން ފޫހިވާނީ ބާވައެވެ؟ މިއީ، މިވަގުތު ރައިޝާގެ ހިތަށް އަރާ، ފައިބަމުންދާ ސުވާލުތަކެވެ. ކޮންމެއަކަސް، މި ސުވާލުތަކުގެ ޖަވާބު ހޯދަން ރައިޝާ ޖެހޭނީ މިއަދު މާއިޝްއަށް އިންތިޒާރު ކުރާށެވެ. މިއީ ހަމަ ގައިމުވެސް އޭނައާއި މާއިޝްގެ ގުޅުމަށް ދެކަފިވެފައިވާ މަގަކާއި ކުރިމަތިލާން ޖެހިފައިވާ […]
* އެ އަންހެން ކުއްޖާ ދިޔުމުން އީވާ ކައިޒަން ގެ މޫނަށް ބަލާލިއެވެ. އެވަގުތު ކައިޒަން ގެ މޫނު މަތީގާވަނީ އިންތިހާ ދަރަޖައަށް ފޫހިކަމާއި ހިތްހަމަޖެހޭ ކަމެވެ. ހަމައެކަނި ކައިޒަން ގެ މޫނަށް ބަލާލާފަ ވެސް އީވާއަށް އެގިގެން ދިޔައީ ކައިޒަން އެއަންހެން ކުއްޖާ ބުނީ ވާހަކަތަކައް އެއްވެސް ސަމާލުކަމެއްނެތް ކަމޭ ކުޑަ މިނުން އެކުއްޖާ ބުނިބަސްތަކުން އެއްވެސް އަސަރެއް ނުކުރާ ކަމެކެވެ އެކަމާ އީވާ ހުރީ ހައިރާން ވެފައެވެ. * ” ކައި ހޫޒް […]
“ރުހާ ދޭ ކޮޓަރިއަށް….. އަހަރެން އެބަ އަންނަން…..” ރުހާއާއި މުޚާތަބުކޮށް ވާހަކަދެއްކިނަމަވެސް، މިކްޔާންގެ ނަޒަރު ސީދާވެފައިވީ އެ އަންހެންކުއްޖާއަށެވެ. އެކުއްޖާވެސް ހުރީ މިކްޔާނަށް ބަލަހައްޓައިގެންނެވެ. ދެފަހަރު ދެމީހުންނަށް ބަލާލަމުން، އެތަނުން ދާން ހިނގައިގަތް ރުހާގެ ހިތަށް ނޭނގޭ ގޮތްތަކެއް ވާން ފެށިއެވެ. މަޑުމަޑުން ހިނގާލާފައިގޮސް، ކޮޓަރިއާއި އަރާ ހަމަވުމުން، އަނެއްކާވެސް މިކްޔާންމެނަށް ބަލާލިއެވެ. އެވަގުތު އޭނާގެ ހިތް ބާރުބާރަށް ތެޅެންފެށިހެން ހީވިއެވެ. އެހެން ނޫނީ ނުވާ ތަފާތު ގޮތްތަކެއް އެ ހިތަށް ވަމުންދިޔައެވެ. އެ އަންހެންކުއްޖާގެ ގާތުގައި […]
* ” މޯމް ޑޭޑް ކީއްވެތަ އިވީ ދެކެ އެހާ ރުޅި އަންނަނީ……………. އިވީ ވެމްޕަޔާއަކަށް ނުވީމަ ތަ ނޫނީ އިވީ ވެހެއުމައްފަހު މަންމަ މި ދުނިޔެ ދޫކޮށް ދިޔައީ މަތަ ” އެހެން ބުނި އިރު އީވާ ގެ ދެލޮލުން ހޯސްލައިފައި ކަރުނަ ފައިބަމުން ދިޔައެވެ . * ލައިލާ އީވާގެ ލޮލުން ކަރުނަ ފައިބަމުން ދިޔަ ތަން ފެނުމުން އީވާ ގެ ހާލާމެދު ވިސްނާލިއެވެ. އަދި އެއަށްފަހު އީވާގެ ބޮލުގައަތުނު ފިރުމާލަމުން […]
ހެންދުނުގެ ވަގުތެކެވެ. މިލާން އަށް ފޯނު އެލާރމް ވާ އަޑަށް ހޭލެވުނެވެ. މިލާން ފޯނުން ގަޑި ބަލާލި ވަގުތު މީހަކު ގަޔަށް ކައްޓެއް ހަރާލިހެން އެންދުން ތެދުވުމަށް ފަހު ލޮލު އެސްފިޔަޖަހާ ނުލެވޭ ހާ ހަލުވިމިނުގަ ގޮސް ފާހާނާއަށް ވަދެ ދަތްއުނގުޅާ ފެންވަރާ ގެން ނިކުންނި އިރުގަ މިލާން ގެ ދެލޯ ހުރީ ވިލުނޫކުލައަށް ދިއްލިފައެވެ ބަލާބެލުމަން މިލާން އިންސާނެއްގެ ސިފަޖެހިޔަސް މިލާން އަކީ ހާފް ވެމްޕަޔާއެކެވެ.މިލާން އަށް ލިބިފައިވާ އާދަޔާ ހިލާފު ބާރު ބޭނުން ކުރަމުން […]
ފަނަރަވަރަކަށް މިނެޓްފަހުން ބެލްޖެހިއަޑަށް، ބޭރުގައި އިން ރުހާ އެތެރެއަށް ވަނެވެ. މިކްޔާން ފާޚާނާގައިވުމުން، ރުހާގޮސް ދޮރުހުޅުވާލިއެވެ. ދޮރުމަތީގައި ހުރި ގެސްޓުހައުސްގެ ލޯގޯޖަހާފައިވާ ޔުނީފޯމް އަޅައިގެންހުރި އަންހެންކުއްޖާ، ރުހާ ފެނުމުން ހިނިތުންވެލިއެވެ. އަތުގައި ހުރި ކާއެއްޗެހި އަޅާފައިވާ ތަބަށް ފެނުމުން ރުހާ ބޮޑަށް ދޮރުހުޅުވާލައިދިނެވެ. އެކުއްޖާ އެތެރެއަށް ވަދެގެންގޮސް ބޭރުގައި ހުރި މޭޒުމަތީ ތަށިތައް އަތުރާލުމަށްފަހު، އެނބުރި ކޮޓަރިއަށް ވަންނަން އައިވަގުތުވީ، ފާހާނާއިން ނުކުތް މިކްޔާން، ބޭރަށް ނުކުންނަން އައިވަގުތަށެވެ. ދެމީހުންނަށް އެކަކު އަނެކަކު ފެނިފައި، ހުއްޓުން އަރާފައި […]