
މަޑުން އިނދެވުނު ނަމަ!!!…..
” …….. އަނދިރިކަމުގެ ތެރެއިން ޝާނީ ދުއްވައިގަތީ ދާނެ ވަކި ދިމާލެއް ނެތްހާލުގައެވެ. ދުވަމުން ދިޔައިރު ގަސްގަހުގެ ގޮފިތަށް އޭނާގެ މޫނުގައި ޖެހެމުން ދެއެވެ. ފަހަތުން އަންނަ ބިރުވެރި މީހާގެ ކިބައިން ސަލާމަތް ވުމަށްޓަކައި ޝާނީ ދުވަމުން ދިޔައީ ވަލުތެރޭގައެވެ. ކުއްލިއަކަށް އެއްޗެއްގައި އަޅައިގެންފާ ޝާނީ ވެއްޓިއްޖެއެވެ. ވެއްޓިފައި އޮވެ ޝާނީ އެނބުރުނެވެ. ކުރިމަތީހުރީ ބަޔާން ކުރަންވެސް ދަތި ސިފައެއްގައި ހުރި ބިރުވެރި މީހެކެވެ. އިސްކޮޅުގައި ގާތްގަނޑަކަށް 30 ފޫޓު ހުންނާނެއެވެ. ގައިގެ ހަންގަނޑު ހުރީ ގަދަ ފެހި ކުލާގައެވެ. ދެލޮލުގެ ކަޅި ފާހަގައެއްނުވެއެވެ. މުޅި ލޯ ހުންނަނީ ކަޅު ކުލާގައެވެ. ކުއްލިއަކަށް އެމީހާ ޝާނީ ގެ ގައިމަށްޗަށް ޖެހިގަތެވެ. އަދި އޭތީގެ ތޫނު ވަކިތަށް ޝާނީގެ ހަށިގަނޑުތެރެއަށް ކޮށްޕާލިއެވެ. ޝާނީ ހަޅޭލަވައިގަތެވެ. އަދި ކުއްލިއަކަށް މި ބިރުވެރި ހުވަފެނުން ހޭލެވުނެވެ……..”
އަހަރެން ކިޔަން އިން ވާހަކަ ފޮތް ލައްޕާލީމެވެ. މީ ދެން ވާހަކައެއް ހެއްޔެވެ؟ އަހަންނަކީ ބިރުވެރި ވާހަކަ ކިޔަން ވަރަށް ފޯރި ހުންނަ މީހެކެވެ. ނަމަވެސް މި ވާހަކަ ދެކެ ފޫހި ވެއްޖެއެވެ. ކިރިޔާވެސް ބިރުވެރި ތަންކޮޅެއް އައިސްފިއްޔާ އެވާނީ ހުވަފެނަކަށެވެ.
އަހަރެން ވާހަކަ ފޮތް މޭޒުމަތީ ބޭއްވުމަށްފަހު ދިޔައީ ބަދިގެއަށެވެ. އެއިރު މަންމަ ކައްކަން އުޅެއެވެ. ދައްތަވެސް މަންމައަށް އެހީވުމަށް އެތާ އުޅެއެވެ. އަހަރެންގެ ދައްތައަކީ އަހަރެން ކުރާ ހުރިހާ ކަމަކާ ބެހޭ ކުއްޖެކެވެ. އަހަރެން ދެކޭގޮތުގައި ދައްތަގެ އަނގަ މާ ގަދައީއެވެ. އަހަރެން ބަދިގެއަށް އައިމަ އެކަމާވެސް އަނގަ ގަދަ ކުރިއެވެ.
” އެއްކަލަ ސޮރު… ބަދިގެއަށް ވަންނާނީ އަންހެނުން… ތީ އަންހެނެއްތަ؟” ދައްތަ ބުންޏެވެ.
” ސާދިޔާ! ….. ތިދެން ކޮންކަމެއް؟… އޭނަ ބަދިގެއަށް އައިމަ ސާދިޔާގެ އަނގަ ނުހިރުވަ ނުހުރެވޭ ދޯ ހަމަ…..” މަންމަ، ދައްތަ އާ ދިމާލަށް ބުންޏެވެ. އަހަރެން އަނގަ މަތީ އަތް އެޅުމަށްފަހު ނުލަފާ ގޮތަކަށް ހޭން ފެށީމެވެ. ދައްތަގެ ރުޅިގަނޑު ވީ އިތުރެވެ.
” އެއީ ހަމަ އަންހެން ރަނޑެއް….. ކިޔާނީވެސް އަންހެނުން ކިޔާ ކަހަލަ ވާހަކަ….” ދައްތަ އަނެއްކާވެސް ބުނެލިއެވެ.
” އަނެއްކާވެސް ފެށީދޯ…. ބަލަ ގިނަ ވަހަކަ ލިޔެފައި ހުންނަނީ ފިރިހެނުންނޭ…. ދެން ކޯށްޗެކޭ ކިޔާކަށް…” މަންމަ ގެ ރަނގަޅު ތަންކޮޅަކީ އެއީއެވެ. އަހަރެންގެ ހިމާޔަތުގައި ހުރެ އަހަންނާ އެއްކޮޅަށް ވާހަކަ ދައްކާތީއެވެ.
” ފިރިހެނުން ވާހަކަލިޔަނީ އަންހެނުން ކިޔާށޭ…” ދައްތަ ރައްދުގައި ބުންޏެވެ.
” ފިރިހެނުންނަށް ވާހަކަ ލިޔަން އެނގުނީ ފިރިހެނުން ވަހަކަ ކިޔާތީ އޭ….” މަންމަ މިހެން ބުނުމާއެކު ދައްތަގެ އަނގަ ބަނދުވިއެވެ.
” ދައްތަ ހިންދީ ޑްރާމާ ސީރީޒް ތަށް ބަލާތީ އަހަރެން މަލާމާތް ކުރިންތަ؟” އަހަރެން ވެސް އެއްޗެކޭ ބުނީމެވެ. ދައްތަ އައި ރުޅީގައި ގޮސް އަހަރެން ގެންގުޅޭ ހުރިހާ ވާހަކަ ފޮތް ތަށް ގެނެސް ކުނި ވަށިގަނޑަށް އަޅާލިއެވެ. އަހަރެން ޓީ.ވީ ރިމޯޓު ހިފައިގެން ގޮސް ވަނީކޮޓަރިއަށެވެ.
އޭގެ އަނެއް ދުވަހު ހެނދުނު ގަޑިއެވެ. އަހަރެން ތައްޔާރުވަމުންދިޔައީ ސުކޫލަށް ދާށެވެ. ރަނގަބީލު ޖަހަން ބާކީ އިނީ ގާތްގަނޑަކަށް 10 ވަރަކަށް މިނެޓެވެ. ދަބަހަށް އެއްޗެހި އަޅަން ހުއްޓައި ކުއްލިއަކަށް ހަނދާން ވީ ހިސާބު ޓީޗަރު ކޮންޕަސް ގެންދަން ބުނެފައިވާކަމެވެ. ނުގެންދެވިއްޖެއްޔާ މުޅިދުވަސް ހަރާބު ވާނެއެވެ. ހިސާބު ޓީޗަރަކީ މާ ރުޅިގަދަވެގެން އުޅޭ މީހެކެވެ. ކިރިޔާ ކަމެއް ވިޔަސް އަދަބު ދޭނެއެވެ.
” ދަރިފުޅާ އަވަސް ކުރޭ…. ގަޑި ޖެހެނީ….” މަންމަ ބުނި އަޑު އިވުނެވެ. އަހަރެން އަވަސް އަވަހަށް މޭޒުމަތީ އޮތް ފަރުގާލު ފޮށި ދަބަހަށް ލައިގެން ބޭރަށް ނުކުތީމެވެ. ފަރުގާލުގައި ކޮންޕަސް އޮށްނާނެއެވެ.
ގަޑިއަކަށްފަހު ގަޑިއެއް ނިމެމުން ދެއެވެ. ދެން އޮތީ ހިސާބު ގަޑިއެވެ. ކުމާރު ސަރ ކުލާހަށް ވަނުމާއެކު ހުރިހާ ކުދިން މައިތިރިވިއެވެ. ހުރިހާ ކުދިންވެސް އޭނަ ދެކެ ގަންނަނީ ވަރުގަދަ ބިރެއްތާއޭ އަހަރެންގެ ހިތަށް އަރައެވެ. ބިރު ނުގަންނަ ވަރެއް ހެއްޔެވެ؟ އަބަދުވެސް ހުންނާނީ ޕަނިޝްމަންޓެއް ނުދެވިފައެވެ. ކުއްޖަކު ގޯހެއް ނުހަދާފައެވެ.
” ޓޭކް އައުޓް ޔޫރ ކޮންޕަސް!!!” އެންމެ ފުރަތަމަވެސް ބުނެލީ އެހެންނެވެ. ގައިމު ކުޅަދާނަ ފިރިހެނެއް ނޫން ހެއްޔެވެ؟ ހުރިހާ ކުދިން އަވަސްވެގަތީ ކޮންޕަސް ނަގާ މޭޒުމަތީ ބޭއްވުމަށެވެ.
” ވެއަރ އިޒް ޔޫރ ކޮންޕަސް؟!!” ކުމާރް ސަރ އެންމެ ކުރިމަތީ ސަފުގައި އިން އަހުސަން އާ ސުވާލު ކުރިއެވެ. އެ ފަކީރު އިނީ ބިރުން ވިރި ވިރި އެވެ.
” އަ….. އައި…. ފޯރގޮޓް……….” އަހުސަނަށް ޖުމްލަ ފުރިހަމަ ނުކުރެވެނީސް ކުމާރް ސަރ ހަޅޭ ލަވައިގަތެވެ.
” ޔޫ ޑޯންޓް ފޯރގެޓް ޓު ވެއަރ ޔޫރ ޔުނީފޯމް…. ޔޫ ޑޯންޓް ފޯރގެޓް ޓު ކަމް ޓު ސުކޫލް… ވައި؟؟؟….” ސަރ ހަރުކަށިކަމާއެކު ސުވާލު ކުރަމުން ދިޔައެވެ. އަހުސަނަށް ރޮވެން ފެށިއެވެ.
” ގެޓް އައުޓް!!!!! އައި ސެއިޑް ގެޓް އައުޓް!!!!!” އަހަރެން ދިޔައީ ސިއްސައިގެންނެވެ. އަހުސަނު މަޑު މަޑުން ކުލާހުން ނުކުތެވެ.
އަހަރެން އިނީ ވަރަށް ފޮނިވެފައެވެ. ކޮންޕަސް ގެނެވުނީމައެވެ. އަހުސަނަށް ވީގޮތް އަހަންނަކަށް ނުވާނެއެވެ. މިހެން ހިތާ ދަބަހަށް އަތް ކޮޕާލުމަށްފަހު ފަރުގާލު ފޮށިނެގީމެވެ. ދެލޯ ދިޔައި ތަންމިނަށް ހުޅުވިގެންނެވެ. އަތުގައި އޮތީ ފަރުގާލު ފޮށްޓެއް ނޫނެވެ. ޓީ.ވީ ރިމޯޓެވެ. ގަންނާ ކުރެއްވިބިރުން އަވަސް އަވަހަށް ރިމޯޓް ދަބަހަށް ލީމެވެ. އެއިރު ކުމާރް ސަރ ފަހަރަކު ކުއްޖަކު ކައިރިއަށް ގޮސް ކޮންޕަސް އޮތްތޯ ސުވާލު ކުރަނީ އެވެ. އަހަރެން ހަނދާނައް އައީ އިއްޔެ ދައްތަ ޑްރާމާ ބަލާތީ ރިމޯޓް ގެނެސް ބޭއްވުނު ތަނެވެ. ރިމޯޓް ބޭއްވުނީ އަހަރެންގެ މޭޒުމަތީގައެވެ. އަދި ގަޑި ޖެހޭތީ ބަލައިނުލާ ފަރުގާލުގެ ބަދަލުގައި ރިމޯޓު ދަބަހަށް ލެވުނީއެވެ.
އަހަރެން ވިސްނަން ފެށީމެވެ. ދެން ހަދަންވީ ގޮތަކާމެދުގައެވެ. ހަނދާނަށް އައީ އަހަރެން ކިއަން ގެންގުޅުނު ވާހަކައެވެ. އޭގައި ހަޅޭ ލަވައިގަތުމުން ހުވަފެނުންހޭލެވުނެވެ. ޔަގީނުންވިއްޔާ މިވެސް ހުވަފެނެކެވެ. ދެން ސަލާމަތް ވާނީ ހަޅޭލަވައިގަނެގެންނޭ ހިތަށް އެރިއެވެ. އެއިރު ކުމާރް ސަރ އަހަންނާ ވަރަށް ކައިރިވެއްޖެއެވެ. ދެ ފަޅި ބަލާލުމަށްފަހު ދެލޯ ފިއްތާ ބާރުކޮށްލުމަށްފަހު އަހަރެން ހަޅޭ ލަވައިގަތީމެވެ. ލޯހުޅުވާލާއިރު އޮންނަންޖެހޭނީ އެނދުމަތީގައެވެ. އަހަރެން މަޑުމަޑުން ލޯ ހުޅުވާލީމެވެ. ކުލާހުގައި ތިބި ހުރިހާ ކުދިން ދެ ލޯ ބޮޑުކޮށްގެން އަހަންނާ ދިމާލަށް ބަލަހައްޓައިގެން ތިއްބެވެ. އެ ހުރިހާ ލޯ ތަކެއް އެއްކޮއްލުމުުން ވެސް ކުމާރަ ސަރ ގެ ލޮލާ އެއްވަރު ނުވާނެއެވެ. ސަރ ރުޅިވެރިކަމާއެކު އަހަންނާ ދިމާލަށް ބަލަހައްޓައިގެން ހުރިގޮތުން ހީވަނީ ދެންމެ ދެންމެ ކާލަފާނެހެންނެވެ. ކުއްލިއަކަށް ސަރ ގޮސް ފަތިގަނޑެއް ހިފައިގެން އައެވެ. އެ ކުރަން އުޅެނީ ކީއްކަން އަހަންނަށް އެނގެއެވެ.
” ޓޭކް އައުޓް ޔުރ ހޭނޑް…..” ސަރ އަމުރު ކުރިއެވެ. އަހަރެން އަތް ނަގާ މޭޒުމަތީ ބޭއްވީމެވެ. ހަމައެއާއެކު އެ ފަތިގަންޑުން ހައެއްކަ ބޮނޑި އެޅިއެވެ. ނެގިދިލައިން އަހަންނަށް ރޮވުނެވެ.
” ގެޓް އައުޓް……” ސަރ ގެ އަޑު ގުގުމައިގެން ދިޔައެވެ. އަހަރެން ތެދުވުމަށްފަހު މަޑުމަޑުން ހިނގައިގަތީމެވެ.
” ވިތް ޔުރ ބޭގް!!” ސަރ އަނެއްކާވެސް ހަޅޭލަވައިގަތެވެ. އަހަރެން އަނބުރާލާފައި އައިސް ދަބަސް ހިފައިގެން ހިނަގައިގަތީމެވެ.
މިވީ ކިހިނެއް ހެއްޔެވެ؟ ގެއަށް ގޮސް މަންމަ މެންނަށް އަހަރެން ދަށްކާނީ ކޮން މޫނެއް ހެއްޔެވެ؟ މިއީ ހަމަ އަހަރެންގެ މޮޔަކަމުން ވާ ކަންތަށްތަކެވެ. މަޑުން އިނދެވުނު ނަމަ ގައިމު މިހާވަރު ނުވީހެވެ.
ނިމުނީ
32 Comments!
Comments are closed.
After a long time!!!! kamudhaane kamah heekuran!!! 🙂
After a long time!!!! 😀 kamudhaane kamah heekuran!!! 🙂
reeethi fhaadhakha
Varah salhi.. Good sense of humor..
Haadha kurey
Nice
V kamdhey…. Aslukohvx story nimuniitha…? Seems like it’s not finished… &to b continue… Anyways Thanks…! Good luck bro…! ☺
Hoody ge vaahaka eh kiyaalan libuneema haadha ufaa vehje ey. Happy new year and good luck with your studies!
Mage anga hama gadhaee.. athoo keevetha mihaaru vaahaka nugenes dhenee
Hehe,, its nice hoody… 🙂
v nice…anehkaa mi hoody ah dhimavi kameh th????
Shadhi mihaaru mi site ga varah baivaru vaahaka continue vamun eba dhe ehnu.
iraadha kurehviyaa athooge ithuru vaahakathah genes dhe vey tho balaanan.
by the way, thankx ahaaleema.
athooge studies ah ves vaguthu dheyn jeheythee aa ekeega mihaaru v buzy.
Namaa fotolaa vaahak aa nugulhey
Its the best story i ever read. This teacher kind of reminds me of my maths teacher.
nice keep it up dear….hey asluga vx aharemen ehkoh study kuri iru “kumaaru” kiyaa sir eh ai….
thnkxx alll!!!!!
heheh omg lol
the exact same thing kinda happened to me
calculator kamah tv remote hifain maths exam ah dhevuny
Hahaha…. Assuvx??
Nyc
Nice. SO FUNNY .VVVVV NIDHI FILAA KALAHALA VAHAKA EH.
Vaahaka feshi iru mikahala gothakah nimeyne kamah hiyeh nukuran.. Varah majaa… 🙂
vvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvvv reathi Hoodh ge vaa hakathah!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
Thnkxx all…
V majaa story eh..
nice nd vrh majaa
nice story. its kinda fun ….
funny… but more like scary… my maths teacher is also like that…
my maths teacher is also like that…
V rulhi gadha vaane ??
Vrh nice hoody……
My math teacher too…
This story is also perfect…. Hoodybe u r the best… ❤️❤️