ޑިލީޓް

- by - 1- October 22, 2014

 އަހަރެން މިއީ ކިހާ ފިނޑި މީހެއްހެއްޔެވެ؟ ކިހާ ނުވިސްނޭ މީހެއްހެއްޔެވެ؟ އަހަރެންގެ ނުވިސްނޭކަން އެނގޭނީ އަހަންނަކަށް ނޫންހެއްޔެވެ؟ އަހަންނަށް މިހެންމިވީ ވާންވެގެންނޭ ބައެއްފަހަރު ހިތަށް އަރައެވެ. ބުނެބަލާށެވެ. އަނެކާގެ އިހުސަސްތަށް ނޭނގޭމީހަކަށް އޮތީ ކޮން އުފަލެއްހެއްޔެވެ؟

    އަހަންނަށް އެންމެ ފުރަތަމަ ޒޯޔާ ފެނުނީ ޓިއުޝަނަށް ދިޔަ މަގުމަތިންނެވެ. ހީވާގޮތުން އޭނާވެސް ދިޔައީ ކޮންމެސް ތާކަށް ޓިއުޝަނަށެވެ. އޭނާގެ އަތުގައި އޮންނަ ފޮތްތަށް އެކަމަށް ހެކިވާނެއެވެ. އޭނާ އެންމެ ފުރަތަމަ ފެނުނުދުވަހުވެސް ފާޑެއްގެ ގޮތެއްވިހެން ހީވިއެވެ. އެއީ ލޯބިހެއްޔެވެ؟ އަޖައިބެކެވެ. އަހަންނަށް އަދި 12 އަހަރެވެ. ދެން ކޮން ލޯތްބެއްހެއްޔެވެ؟

    ޒޯޔާ ޓިއުޝަނަށް ދަނީ ޖެހިގެން ހުރި މަގުގައި ހުންނަ ޓިއުޝަން ކުލާހަށެވެ. އެހެންކަމުން އެތަނަށް ބަދަލުވާން އުޅުނީމެވެ. ލިބުނީ ލަނޑެވެ. އެއީ ހަމައެކަނި އަންހެންކުދިން ކިޔަވާ ތަނެކެވެ. އެދުވަހު ވަރަށް ރުޅިއައެވެ. ހިތަށްއެރިއެވެ. އެއީ ކީއްކުރަން މީހުންކުރާކަމެއް ހެއްޔެވެ؟ ދެ ޖިންސު އެއްކޮށް ކިޔަވައިދިނިއްޔާ ކީއްހެއްޔެވެ؟ ވިސްނުނީ ފަހުންނެވެ. މޮޔައީ އަހަންނެވެ. މިއުމުރުގައު ލޯބި ފަށާނީ މޮޔައިންނެވެ. ދެން ރުޅި އާދެވުނީ އަމިއްލަ ނަފްސު ދެކެއެވެ. ކޮން ޒޯޔާއެއް ހެއްޔެވެ؟ އެއީ ޒޯޔާ ކަމެއްވެސް އަހަންނަކަށް ނޭނގެއެވެ. ޒޯޔާއަކީ، އޭނަގެ ނަން ނޭނގޭތީ އަހަރެން އަމިއްލެއަށް ކީ ނަމެކެވެ. އެއީ އަބަދުވެސް އަހަންނަށް ވަރަށް ރީތި ނަމަކަށް ވާތީއެވެ.

   ފަހުން އަހަރެން އުޅުނީ ޒޯޔާ އަށް ނުބަލާށެވެ. އޭނަދެކެ ފޫހިވާށެވެ. އެހެން ވެދާނެހެއްޔެވެ؟ ހިތަކީ އަމިއްލަ ބާރުގެ ދަށުގައި އޮންއެއްޗެއްނޫނެވެ. ނިކަން ވިސްނާލަބަލާށެވެ. މީހަކު ތިމާކައިރީ އެއްވެސް އެއްޗެއް ހިތަށް ނާރުވާ ހުންނާށޭ ބުނެފިނަމަ އެކަންވެދާނެކަމަށް ގަބޫލުކުރެވޭހެއްޔެވެ؟ ކިތަންމެ ބޭނުންވިއަސް އެކަމެއްނުވާނެއެވެ.

   ޓިއުޝަނަށްދާން މަގުމައްޗަށް ނުކުންނައިރަށް އޭނަ ފެންނާނެއެވެ. ނުބަލަން ކިތަންމެ މަސައްކަތެއްކުރިއަސް ހިތް އެކަމަށް އެއްބަހެއްނުވިއެވެ. މަގުގެ އަނެއްފަޅިން އޭނާ ހިނގަމުންދާތަން ވައްކަޅިން އަހަރެން ބަލަމެވެ. އެއިރު ނޭނގުނުކަމަކީ، އޭނާވެސް ވައްކަޅިން އަހަންނަށް ބަލަމުންދިޔަކަމެވެ.

    ތިން އަހަރު ވޭތުވެގެންދިޔައީ މިފަދަ ގޮތަކަށެވެ. ހުކުރު ހޮނިހިރު ނޫން ކޮންމެ ދުވަހަކުވެސް ޒޯޔާ ދެކެމެވެ. އޭނާ ދެކެ ލޯބިވެވިފައިވާކަން އެނގުނީ ފަހުންނެވެ. މިހާރު އަހަންނަށް 15 އަހަރެވެ. އަދިވެސް ދެމީހުން ވާހަކައެއް ނުދައްކަމެވެ. ނުވިތާކަށް އަދިވެސް އޭނާގެ ހަޤީޤީ ނަމެއް އަހަންނަކަށް ނޭނގެއެވެ. ކޮންމެ ދުވަހަކުވެސް މަގުމަތިން ފެނުމުން ފުއްދާލަނީއެވެ. ހިތް އޭނާއާ ވާހަކަދައްކާހިތުން ކެތްމަދުވަނީއެވެ. ނަމަވެސް މައްސަލައަކީ އަހަރެންގެ ލަދުވެތިކަމާ ފިނޑިކަމެވެ.

   އޭނާގެ އަސްލުނަން އަހާލަން ހާދަ ބޭނުމެވެ. ހިތަށް އަރައެވެ. އޭނައަށް ކިޔާނީ ކޮން ނަމެއްބާއެވެ؟ ނަމަކީ ޒޯޔާއަށް ވެއްޖެއްޔާ ދެންވާނީ ކިހިނެއްހެއްޔެވެ؟ ނަމަވެސް އެހެންވެދަނެކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އެފަދަ ބޮޑު އިއްތިފާގެއް ދިމާވެދާނެހެއްޔެވެ؟

  ސުކޫލުގައި އުޅުނުއިރު އަހަރެންގެ އަމިއްލަ ނަފްސާމެދު ވިސްނާލުމުން އެނގުނުއެއްޗެއް ބުނަންހެއްޔެވެ؟ އަމިއްލެއަށް އިސްނަގައިގެން ރައްޓެހިވާން އަހާ އަންހެން ކުދިންދެކެ އަހަރެން އަންނަނީ ވަރަށްވެސް އެހެން ކަހަލަ ރުޅިއެވެ. ވަރަށް ފޫހިވެއެވެ. ދިވެހި ގަޑީގައި ޓީޗަރު ބުނާތީ އަހަމެވެ. ” ބޮއްކުރާދޮށަކަށް އޮޑިއެއް ނުކަނބާނެއެވެ.” ވީއިރު އެކުދިންނަށް އެކަން ނޭނގެނީހެއްޔެވެ؟

  ސުކޫލަކުން ޒޯޔާއެއް ނުދެކެމެވެ. އޭނާ ދަނީ އެހެން ސުކޫލަކަށެވެ. އެހެންކަމުން އޭނަގެ މައުލޫމާތު ހޯދޭނެ ގޮތެއްވެސް ނެތެވެ. ރައްޓެހި ކުއްޖަކަށް އަހަރެން އެވާހަކަ ހިއްސާކުރީމެވެ.

” އެޑްރެސް އެނގިއްޖެއްޔާ ނަމްބަރު ހޯދިދާނެ….” އަހަރެންގެ ބުރަކަށީގައި ޖަހާލަމުން އާޒިމް ބުނީ އެހެންނެވެ. ” ހާސްކަނޑާލާ……..”

   އަހަންނަށް އޭނާގެ އެޑްރެސް އެނގެއެވެ. ދާން ބޭނުންނޫނީއެވެ. އިތުރު ލަދެއް ނޫނީ ނުލިބޭނެތީއެވެ. ކުޑަކޮށްވިސްނާލުމަށްފަހު އެޑްރެސް ބުނީމެވެ. އާޒިމް ބުނަނީ އެކަން ކޮށްދޭނެކަމުގައެވެ.

   އާޒިމް އަހަންނަށް ޒޯޔަގެ ނަންބަރު ހޯދަދިނެވެ. އަހަންނަށް ނޭނގުނީ އޭނަ އެ ހޯދި ގޮތެކެވެ. އެނގޭކަށް ބޭނުމެއްވެސް ނޫނެވެ. ޝުކުރު އަދާކުރުމަށްފަހު ނަންބަރު ހިފައިގެން އަހަރެން އައީ ގެއަށެވެ. ފޯނާއި ނަންބަރު ކަރުދާސްކޮޅު ހިފައިގެން އެނދަށް އަރާ ދެފައިވަށްކޮށްލައިގެން އިށީނީމެވެ. އެއްއަތުގައި ފޯނެވެ. އަނެއްއަތުގައި ކަރުދާސްކޮޅެވެ. ފަހަރަކު އެއްޗަކަށް ނަޒަރު އުކަން އަހަންނަށް އިނދެވުނުއިރެއްވެސް ނޭނގެއެވެ. ނަންބަރު ސޭވްކޮށްލީމެވެ. ޒޯޔާގެ ނަމުގައެވެ.

    ހިތް އާދަޔާ ހިލާފަށް ތެޅެއެވެ. ބިރު އިހުސާސްވެއެވެ. ގުޅަންވީބާއެވެ؟ ނޫނީ ކުރަންވީ މެސެޖެއްހެއްޔެވެ؟ އަހަރެން ވަރަށް ވިސްނީމެވެ. ސިކުންޑިއަށް ވިސްނުނީ މެސެޖް ކުރާށެވެ. ހަމަގައިމުވެސް ރުޅިއައިސްފައި ހަޅޭލަވައެއްނުގަނެވޭނެއެވެ.

   މެސެޖެއް ލިޔުނީމެވެ. ލޯބީގެ މެސެޖެކެވެ. ފުރަތަމަނަޒަރުން ލޯބިވެވުނުވާހަކައެވެ. ނަން ހޯދަން ބޭނުންވިވާހަކައެވެ. ވާހަކަދައްކާލާހިތްވާ ވާހަކައެވެ. ދެން މިހެންގޮސް ކިޔާނެކަމެއްނެތެވެ. ނިމުނުއިރު މެސެޖު ފުދޭވަރަކަށް ދިގެވެ. އަހަރެން ހައިރާންވިއެވެ. އަހަރެންނަކީ، ދުވަހަކުވެސް އެހާ ފަށުވި އިބާރާތަކުން ލިޔަންއެނގޭ މީހެއްނޫނެވެ.

   އަހަރެން މިއޮއްބޮޑު މީހާއަށް ސެންޑަށް ފިތާނެހާ ހިތްވަރު ނުލިބުނެވެ. ކޮންމެ ފަހަރަކުވެސް ފިތާލަން އިނގިލި ގެންގޮސްފައި ތުރުތުރު އަޅައިގަނެގެން ހުއްޓާލަނީއެވެ. މީހާ އިނީ ފިނިވެފައެވެ. ދޮގެކެވެ. މީހާއިނީ ފިނޑިވެފައެވެ. ރަނގަޅުވާނީ އެހެން ބުނިއްޔާއެވެ. މިހާރު އަހަރެންގެ ފިނޑިކަން ހިތަށް އެރުމުންވެސް ލަދުގަނެއެވެ.

ސެންޑް ފިތަށް ބަލަހައްޓައިގެން ވަރަށް ގިނައިރު އަހަރެން އިނީމެވެ. ކުއްލިއަކަށް އައީ ކޯލެކެވެ. ނުދަންނަ ނަންބަރަކުންނެވެ. ފޯނު ނެގީމެވެ.

” ހަލޯ…….” އަންހެން އަޑެކެވެ. ” ރީޙަން ތަ؟……”

” ހުމްމްމް……” އަހަރެން ފޫހިގޮތަކަށް ބުނީމެވެ. ” ކާކުތީ؟….”

” އަހަރެންގެ ނަމަކީ ޝާނާ……” އޭނަ ބުންޏެވެ.

” ދެން ކިހިނެއްވީ ތި ގުޅީ؟…..” އަހަރެން އިނީ ފޫހިވެފައެވެ. މީ ދެން ކާކުހެއްޔެވެ؟

“މީ…… އަހަ….. އަހަރެން ރީޙާން ދެކެ ވަރަށް ލޯބިވޭ….. އަހަންނާ ރައްޓެހިވާނަންތަ؟……” އަޅައަޅައިގެންފައި ޝާނާ ބުނި އެއްޗަކުން އަހަރެންގެ ބޮލުގައި ހީވީ އެއްޗަކުން ޖެހިހެންނެވެ. ރުޅިވެރިކަމުން ސިކުނޑި ފުރި ބާރުވިއެވެ. އަހަރެންނަކީ، މީހަކުދެކެ ރުޅިއައިސްފިއްޔާ އެއްޗެކޭ ނުބުނެ ހުންނަމީހެއްނޫނެވެ.

” އޭ….. ތިހިރީ މޮޔަވެފަތަ؟…….. ރައްޓެހިވާން އެހިއިރު ލަދެއްވެސް ނުގަތެއްނު…… ބަލަ އަހަރެން އެންމެ ރުޅިއަންނަ ޒާތު އަންހެނުންނަކީ ތީ….. އަމިއްލެއަށް މަތިން ބައިން ޖެހިގެން ރައްޓެހިވާން އަހާ އަންހެނުން….. ނޭނގޭތަ އެއީ ފިރުހެނުންނަށް އޮންނަ އުސޫލެއްކަމެއް………. ބޮއްކުރާ ދޮށަށް އޮޑި ކެނބިއިރު ތި ސިކުނޑީގެ އެއްބައި އުނީހެން މަށަށް ހީވަނީ……….. ބުނަން….. ދެންވެސް ފިރިހެނަކު އިންނަން އަހަންދެން މައިތިރިވެގެން އިނދޭ…. އެހެންނޫނީ މިކަހަލަ ބޮނޑިއެއްނޫނީ ނުލިބޭނެ…… އެނގިއްޖެ…….” ފޯނު ކަނޑާލީ ޝާނާއެވެ. އޭނާއަށް ހުރީ ރޮވިފައިކަން އަހަންނަށް އެނގުނީ އޭނަ ނޭފަތް ދަމާލުމުންނެވެ. ކިއުނު އެއްޗެއްސާދޭތެރޭ ފަޙުރުވެރިވީމެވެ. ނަމަވެސް އަހަރެންމީ ކިހާ ނުލަފަ މީހެއްކަން އެނގުނީ ފަހުންނެވެ.

   ލިބިފައި ހުރީ ކޮންކަހަލަ ހިއްވަރެއްކަމެއް ނޭނގެއެވެ. މެސެޖް ނުކޮށް އަހަރެން ބޭނުންވީ ޒޯޔާއަށް ގުޅާށެވެ. މިކަމާ ކުރިމަތިލާށެވެ. ވަރަށް ބާރުލާފައި ” ޒޯޔާ ” އަށް ޑައިލް ކޮށްލީމެވެ. ރިންގްވީ ދެފަހަރެވެ. އިވުނީ ފޯނު ނެގިއަޑެވެ.

” އަދިވެސް ނުކިޔަހުރި އެއްޗެއް އޮތީމަތަ ތިގުޅީ؟…… އޭނ……. ލޯބިވުމަކީ ހަމައެކަނި ފިރިހެނުންނަށް އޮންނަ ހައްގެއްކަމުގައިވަންޏާ ކަލޭމެން އިންނަންޖެހޭނީވެސް ފިރިހެނުންނާ…….. އެނގޭތަ؟….. އަހަރެން ރީޙަން އަށް އިނތިޒާރު ކުރަތާ ތިން އަހަރުވެއްޖެ…….. އަހަރެން ހީކުރީ ރީޙާންވެސް އަހަރެންދެކެ ލޯބިވާކަމަށް…. އެކަމަކު އެކަން މިވީ ބޮޑު ކުށްހީއަކަށް………. މަގުމަތިން ރީޙާން ފެންނަދުވަސްދުވަހު ބައެއަފަހަރު ރީޙާން ބަލާހެންވެސް ހީވޭ….. އެއިރު ހީކުރީ ރީޙާނަށް އަހަރެން ކަމުދަނީކަމަށް……… ލޯބިވާ ވަހަކަ ބުނަން ނުކެރިފައި 3 އަހަރުވަންދެން ކެތްކުރުމަށްފަހު މިއަދު މިގުޅީ ވަރަށް އުންމީދާއެކު……. އެކަމު….. އެކަމު އެކަކުވެސް އަހަރެންދެކެ ލޯބިނުވޭ…. އެންމެންވެސް ފޫހިވަނީ…….. ބުނަން…….. މިއަދު ބޮއްކުރަލަކީ ބޭނުންއޮތް އެއްޗެއް ނޫން….. ބޮޑެތި ޖެޓީ ހަދާފަ ހުންނަނީ ކޮންމެސް ކަމަކު…….. މިއަދު އޮޑި ގަތް ކޮށްލާނީ ސީދާ ޖެޓީ އާ…….. ތިޔަ ދަސްކޮށްދިން ފިލަވަޅަށް ވަރަށްބޮޑަށް ޝުކުރިއްޔާ!!…….” ޝާނާ ފޯނު ކަނޑާލިއެވެ.

   އަހަރެން އިނީ ބުނާނެއެއްޗެއް ނޭނގިފައެވެ. ފޯނު ތިރިކޮށްލަން ނޭނގިފައި ކަންފަތުގައި ޖަހައިގެން އިނދެވުނީއެވެ. ބޭނުންވަނީ ބިންފަޅާފައި އަޑިއަށްދާށެވެ. ނުވަތަ ވަޔަށް ބުރައިގެންދާ ހިރަފުސްތަކެއްފަދައިން ޖައްވުގެތެރެއަށް ބުރައިގެންދާށެވެ. އޭގެން އެއްގޮތެއްވެސް ނުވިއެވެ. އަހަރެން މީ ގަމާރެކެވެ. މޮޔައެކެވެ. ޒޯޔާ އަކީ އަސްލުނަން ނޫންކަން އަހަރެން ހަނދާން ނައްތަލީ ކީއްވެހެއްޔެވެ؟ ޝާނާ ގެންގުޅެނީ ދެ ނަންބަރެވެ. ފުރަތަމަ ގުޅީ އެއް ނަންބަރުންނެވެ. އަހަރެންގެ އަތުގައި އޮތީ ދެވަނަ ނަންބަރެވެ. އަހަރެންގެ ލޯބީގައި މިޖެހުނީ ހުދު އަހަރެންގެ ފައިންނެވެ.

ކުރިންވެސް ބުނިފަދައިން އަހަރެންމީ ބޮޑު ފިނޑިއެކެވެ. ނުވިސްނޭ މީހެކެވެ. މިހެންމިދިމަވީ އަނެކާގެ އިހުސާސްތަކަށް އިހުތިރާމް ކުރަން ނޭނގުނީމައެވެ. ފިރިހެނުންނަކީ، އަންހެނުނަނަށްވުރެ ޖާނުން ވަރުގަދަބައެކެވެ. ނަމަވެސް ނަފްސަނީގޮތުން އަންހެނުން ފިރިހެނުންނަށްވުރެ މާ ބާރުގަދައެވެ.

ލޮލުން އައީ ކަރުނައެވެ. އެއި ކޮންބޭނުމެއް އޮތް އެއްޗެއްހެއްޔެވެ؟ ދޮގުނުހަދާށެވެ. ދިރިއުޅުމުގައި ކަރުނައަކީ ހާދަހާ ގިނަ ރޯލެއްއަދަކުރާ އެއްޗެކެވެ. ދިމާވާ ކޮންމެ ހިތާމައަކާއި އުފަލެއްގައި ބައިވެރިވާ އެންމެ ފުރަތަމަ ބައިވެރިޔަކަމުގައި ކަރުނަ ވާނެއެވެ.

 އަހަރެން ކަރުނަ ފުހެލީމެވެ. އަދި ފޯނުގެ ސުކުރީނަށް ބަލައިލީމެވެ. “ޒޮޔާ” ސެލެކްޓް ކުރުމަށްފަހު ޑިލީޓަށް ފިތަލީމެވެ.

                        ނިމުނީ

 

1

You may also like...

36 Responses

ޚިޔާލީ ކުލަތައް ← އެޑްމިން ރެޖިސްޓަރ ކޮށްފައި ވާހަކައިގެ ލިޔުންތެރިޔާ ރެޖިސްޓަރ ނުކުރާ
 1. Btw here is some personal infomation…
  Name: Hoodh Ibrahim (Hoody)
  Age: 16yrs
  Studying @ Raa Atoll Education centre / grade 11

  ⚠Report!
 2. whish u ALL THE BEST………….. 🙂
  musthagubaluga midhaairaa in fennanae kamah vaarah unmeedhu kuran.

  ⚠Report!
 3. Hehehe,, mi hoody ah dhimaawi goi tha anehka?? Anyway,, Its nice… Hykuran hoody ge ithuru waahaka thah vx fennaane kamah… All the best… 🙂

  ⚠Report!
 4. hehe..varah salhi..first story hen heeves nuvey… :p ekam adhi ehfaharu gulhaafa noony sms koffa buneli nama aslu vee goi….dhen ekam ebunaahen esoru thankolheh findee dhw :p konmme akas vaahaka genesdheefa in style mashah varah kamudhey…heevee haveeruge vaahaka liyuntheriyaa ahmed nadheem ge story eh kiyaa levunu hen….

  ⚠Report!
 5. Hahaha eyoh vee gotheh dho! xD I feel sympathy for the boy. Ekamu eyna ves thankolheh kerigen fahun anhen kujjaa ah vee goiy kiyaa dhin nama dho? Story varah salhi ingey. 😀 Mee hoodh ah dhimaavi kamehtha anekkaa? 😛 Varah ufaa vejje hoodh ge stories fennaane kamah buneema. Hope to see beautiful stories like this soon! Study well. :))

  ⚠Report!
 6. V reethi mi vaahaka, first vaahaka hen hyves nuvey, v kamudhey haadhisaaves, hope to see more of ur stories.. Good luck

  ⚠Report!
 7. Just WOW!!. . . Ibaaraai kurun.. Vaahaka genesdheefa in goi. . sifa kurun.. and everything. . i LOVE them all. . u r pretty talented. . looking forward to more of ur stories. . Best of luck. . 🙂

  ⚠Report!
 8. V reethi mi vaahaka 💕 💕 nd navy men atholhu kujjakaa dhimaavyma v ufaavey 😊 maasha allah v molhu ingey vaahaka liyan…hehehe

  ⚠Report!

Leave a Reply

Your email address will not be published.