ދުނިޔެ ބަވަނަވެ، ޓެކޮނޮލޮޖީގެ ރަން ގަހަނާއިން ޒީނަތްތެރިވަމުން ދާއިރު އަޅުގަނޑުމެނަށް މިދަނީ އެތައް ގިނަގުނަ ފަސޭހަތަކެއް ލިބެމުންނެވެ. ކަންކަން ކުރާނެ އަވަސް މަގަށް އަތްތައް ހޭނި، ސިކުނޑިތައް ދެވި ހިފައިފައެވެ. ހަމަ އެއާއެކު މި ގިރިޓީ ގަހަނާގެ ދަޅާގައި ޖެހި އަޅުގަނޑުމެންގެ ދިރިއުޅުން މި ވަނީ “ބިޒީ”ވެސް ވެފައެވެ. ކަންކަން އަވަސް މަގުގައި ކުރެވެން އޮތް މި ޤަރުނުގައި ސައުވީސް ގަޑި އިރު މި ވަނީ އަޖައިބެއް ފަދަ ގޮތަކަށް ކުޑަވެފައެވެ. ކުރީގައި ކުޅިވަރުތައް ކުޅެ ހެދި […]