” އައުޗް..” ނުކްޝާން ދެބުމަ ގޮށްޖަހާލަމުން ބަލާލީ ގައިމައްޗަށް ވެއްޓިފައި އޮތް އަންހެން ކުއްޖާއެވެ.” އެކްސްކިއުޒް މީ… ތެދުވާކަށް ނުވޭތަ..” ނުކްޝާން ދަތްކުނޑި ވިކާލިއެވެ.” ސޮރީ…” އެ އަންހެން ކުއްޖާ ނުކްޝާންގެ ޖާދޫވީ ނޫކުލައިގެ ލޮލަށް ބަލަން އޮވެފައި ތެދުވިއެވެ. އޭރު ނަވްޔާ އާއި ނީކިޔާ ތިބީ މަންޒަރު ބަލާފައި ހޭންށެވެ. އެކުއްޖާ ދިއުމުން ނުކްޝާން ވެސް ތެދުވެ ގައިން ވެލިފޮޅާލިއެވެ.” މީހަކަށް ބެލުމެއް ނެތި ދަންޏާ އެހެނެއްނު ވާނީ..” ނުކްޝާން ހުރީ އެކަމާ މެދު ހިތްހަމަ […]
ދުނިޔެ ހިނގަނީ ތޮށަލިދުޅަ އަށޭ ބުނާހެން ކޮންމެ މީހެއްގެ ހަޔާތުގައި ވެސް އަޑިގަނޑަކަށް ފަހު އުސްގަނޑެއް އާދެއެވެ. އަނދިރިކަމަކަށް ފަހު އަލި ކަމެއް ވެއެވެ. އަހަރެންގެ އުމުރުން 12 އަހަރު ވީއިރުވެސް އަހަންނަކީ ކިޔަވަން މޮޅު ކުއްޖެއް ނޫނެވެ. މަސައްކަތް ކުރިޔަސް ދިވެހި މާއްދާއެއް ނޫނީ ފާހެއް ވެސް ނުލިބެއެވެ. ކުލާހުގެ ކުދިން މިކަމާ އަހަރެންނަށް މަލާމާތް ކުރަން ފެށިއެވެ. އެންމެ ފުރަތަމަ އަހަރެން ކުދިން ކިޔާ އެއްވެސް އެއްޗަކަށް އަޅައެއް ނުލަމެވެ. އޭރު އަހަރެން އުޅުނީ […]
ކާމިޔާބަށްޓަކައި.! ކިޔަވާށެވެ. ކަށިން ހިތްވަރު ނެރެގެނެވެ. އާ ޢަޒުމާއި އެކުއެވެ. އިމްތިޙާނު ކައިރިވަނީހެއްޔެވެ؟ ހިތް ބިރުގަނޭހެއްޔެވެ؟ ހަމަޖެހޭށެވެ. އުންމީދު ކަނޑާ ނުލާށެވެ. މާތްﷲގެ މަތިން ހަނދުމަކުރާށެވެ. އަމިއްލަ ނަފްސަށް އިތުބާރު ކުރާށެވެ. ބިރު ނުގަންނާށެވެ. ހިތްވަރާއިއެކު ގަދަޔަށް މަސައްކަތް ކުރާށެވެ. ނޭނގޭ އެއްޗެހި އެހެން މީހުންގެ ފަރާތުން އޮޅުންފިލުވާށެވެ. ޓީޗަރުން ގާތު ސުވާލު ކުރާށެވެ. ހިތްހަމަޖައްސަން އެކުވެރިން ނާއެކު ވަގުތު ހޭދަކުރާށެވެ. އާއިލާގެ މެމްބަރުންނާ ވާހަކަތައް ހިއްސާކުރާށެވެ. އިމްތިހާނު ކައިރިވުމުން ރުޅި ގަދަވާގޮތް ވަނީ ހެއްޔެވެ؟ ގޮނޑުދޮށުގެ […]
” ހެއި… މި ދުވަސްކޮޅު ނަދެވިދާނެ އިނގޭ ދޮންބެމެން ވެޑިންގް ކަންތަކާ އުޅެން ހަދައިގެން… ޔަލާ މެންގެއަށް ދަމުން މި ވަދެލީ…” ނީމާ ބުންޏެވެ. އިންޝާ ހިނިތުންވުމަކުން ފުއްދާލީއެވެ.” ހިނގާ ދާން… ” އިންޝާއަށް ބަލާލުމެއްނެތި އިޔާން ނީމާ ކައިރީގައި އެހެން ބުނެފައި ހިނގައިގަތެވެ. އިންޝާ ދެލޯ ފެންކަޅިވިއެވެ. އިޔާން އެހާ އަޅާލުން ކުޑަވީ ކޮން އިރަކު ހެއްޔެވެ؟ އިންޝާއަށް ނުބައިކޮށް ކަމެއް ކުރެވުނީ ބާއެވެ؟ ކޮންމެގޮތެއްވިޔަސް އިޔާން ނުރުހޭ ކަމެއް ކުރާކަށް އިންޝާގެ ހިތެއް ބޭނުމެއް […]
ޑޮކްޓަރު ދިނީ އަހަރެންގެ އަންހެނުން ދަރި އަކަށް ބަލިވެ އިންކަމުގެ އުފާވެރި ޚަބަރެވެ. އަހަރެން ވަރަށް އުފާވިއެވެ. އަންހެނުންވެސް މެއެވެ. ވަރަށް އުފާވެފައި ހުރެ ޑޮކްޓަރަށް އަހަރުމެން ދެ މީހުން ޝުކުރު އަދާ ކުރުމަށްފަހު ގެއަށް ދިޔައީމެވެ. ގެއަށް ގޮސް އާއިލާ އެންމެނަށް އެ ޚަބަރު ދިނީމެވެ. އާއިލާ އެންމެންވެސް ތިބީ ވަރަށް އުފަލުންނެވެ. އަދި އެރޭ އެކަން ސެލެބްރޭޓް ކުރަން ނިންމީމެވެ. އަހަރެންނަށް ހޭލެވުނީ ފަތިހު 8 ޖެހި އިރުއެވެ. އަވަސް އަވަހަށް ނަމާދު ޤަޟާ […]
“ނިހާ… އެކަމް ކީތްވެ މިތަނަށް ތި ގެނައީ…؟ މާލެ ދާން ހިނގާބަ… މިހާރު ބާރަ ޖަހަނީ އެއޮށްގެން ހިގާ……..” “ކޮން ތާކަށް؟… އެއްވެސް ތާކަށް ނުދެވޭނެ… މައިޝަ ކަލޭ ހީކުރީ އަހަރެން މީ މޮޔައެއް ކަމައްތަ؟؟ ފޯނުން ފުލުހުންނަށް ގުޅާފަ ރައްޓެއްސަކު ގުޅީ އޭ މަގޭ ކައިރި ކީ… މަށަށް އިނގޭ… ހުރިހާއެއްޗެއް އަޑު އިވުނު… މަށަށް އިނގޭ ރޭގަ މަ މާހިލް އަށް ކުރި ވަރު، ކީއެއްޗެހި މައިޝާ އަށް އިނގޭ ކަން… ނޭނގޭ ތި […]
ދުވަހަކީ ވަރަށް ވިއްސާރަ ދުވަހެކެވެ. ދުވަހުގެ އިރު އޮއްސޭ ގަނޑިޔަށް ނަސީބަކުން ވިއްސާރަ ތުނިކޮށްލިއެވެ. އެހެންނަމަވެސް އުޑުމަތި ބައްދާލެވިފައިވަނީ ކަޅު ވިލާތަކުންނެވެ. ވިލާތަކުގެ ތެރެއިން ފޭދިގެން އަންނާތީ ފެންނަނީ އިރުއޮއްސޭ ދަނޅައިގެ ކުލަތަކެވެ. އެހެންކަމުން އެހެންދުވަސްތަކެކޭ ވެސް އެއްފަދައިން ވަރަށް އާދައިގެ ގޮތަކަށް ރީތިވެލާއިގެން އަތިރިމައްޗާއި ދިމާލަށް ހިނގައިގަތީ އިރުއޮއްސޭ މަންޒަރުގެ ފޮޓޯ ކޮޅެއް ނެގުމަށެވެ. ގެއިން ނިކުންނަމުން ލޯބިވެރިޔާ ކައިލާން އަށް ގުޅާލީމެވެ. ގުޅާލުމާއެކު ކައިލާން ގެ ކުޑަކޮއްކޮ ކައްޔިސް ގެ ލޯބިވެތި ވާހަކަތަށް އަޑުއަހަމުން […]
ނިހާލް ބުނަމުން ދިޔަ ކޮނަމެ ލަފުޒެއް މައިޝާ ހިތުގެ އެންމެ ފުންމިނުން ގަބޫލު ކުރަމުން ދިޔަ އިރު އެ މައުސޫމް އަންހެން ކުއްޖާ އަށް ނޭންގި އޮތް ކަމަކީ އޭގެން އެއްވެސް ބަހެއްގެ ފަހަތުގަ ހަގީގަތެއް ނުވާކަމެވެ. ބުނާނީވެސް ފަހެ ކީކޭ ހެއްޔެވެ. އެ މައުސޫމް އަންހެން ކުއްޖާ އެވަނީ ނިހާލްދެކެ ވާލޯބިން އިތުބާރު ނުކުރަން ވާ ވަރަށް ނިހާލް އަށް އިތުބާރު ކުރެވިފައެވެ. އަދި މީގެ ނާޖާއިޒު ފައިދާ ނިހާލް ދަނީ ވަރަށް ރަނގަޅަށް ނަގަމުންނެވެ. […]
އައްސަލާމު ޢަލައިކުމް! އަޅުގަނޑުގެ އާއިލީ ކަމެއްގެ ސަބަބުން ކުރިއަށް އޮތް އެއްމަސް ދުވަހުގެ ތެރޭގައި “ކޮމެޑީ ލޭންޑް” ކިޔުންތެރީންނާއި ހަމައަށް ގެނެސްދެވެން ނެތް ވާހަކަ ވަރަށް ހިތާމަޔާއެކު ދެންނެވީމެވެ. އަދި މިކަމަށްޓަކައި ކިިޔުންތެރިންގެ ކިބައިން އަޅުގަނޑު ނިހާޔަތަށް މަޢާފަށް އެދެމެވެ. މައްސަލަތައް ޙައްލުވީހާ އަވަހަކަށް އަޅުގަނޑު ކޮމެޑީ ލޭންޑް ލިޔަން ފަށާނެކަމުގެ ޔަޤީންކަން އަރުވަމެވެ. އިންތިޒާރު ކޮށްލައްވާ! — ރީޝާ —