Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަ

އާރާ ބާރުން ނިކަމެއްޗަކަށް

EXO
EXO Level 210 Stories100 Login
October 29, 2024 2 Mins Read
2 Comments

ލިބޭ ކޮންމެ މުއްސަނދިކަމަކީ އެމީހަކު އަމިއްލަޔަށް ހޯދާ އެއްޗެއްނޫނެވެ. އެއީ މާތް ﷲ ދެއްވާ އެއްޗެކެވެ. އެކަމުން އިންސާނާ އިމްތިހާންކުރެވެއެވެ. އަދި އެ މުއްސަނދިކަން އެމީހާ އަތުން ގެންދެވެއެވެ. ނުވަތަ އެ މުއްސަނދިކަމުގާ އޭނާގެ އަޖަލު ހަމަވަންދެން ބަހައްޓައެވެ.

ޒަރީރުއަކީ ނިކަމެތި އާއިލާއަކުން އައިސް ހުރި ޒުވާނެކެވެ. އޭނާ ދިރިއުޅެމުންދަނީ އޭނާގެ މާމަ ކައިރީ ދުބާއީގައެވެ. ހަނަފަސް ސަހަރާއާ ވަރަށް ގާތުގާ ހުންނަ ގެޔެއްގައެވެ. ޒަރީރު ވަޒީފާއަށް ދާން ބޭނުންކުރަނީ މާމަގެ ކާރެވެ. ހަލާކުވެ ދަބަރު ޖަހާފާވާ ކާރުގަނޑުގާ ކޮންމެ ދުވަހަކު އޭނާ މަސައްކަތު ގޮސްފާ އައިސް އެ ހެދުމުގެ މަސައްކަތްކުރެއެވެ. ލިބޭ ކުޑަ އާމްދަނީއިން ދެކޮޅު ގިނަފަހަރު އުޅެންޖެހެނީ ނުޖެހިގެންނެވެ. މިހެން އުޅެނިކޮށް މާމާ ބޮޑު ބައްޔެއްވެ ނިޔާވެއްޖެއެވެ. މާމާ ދިރިއުޅުނު ތަން މިހާރުވަނީ ޒަރީރުއަށް ހިބަކޮށް ދީފައެވެ.

އެއްދުވަހަކު ޒަރީރު ގޭތެރޭ މަސައްކަތެއް ކުރަމުންދަނިކޮށް ގޭ ކައިރި ކޮންނަން ޖެހިއްޖެއެވެ. މަސައްކަތު ސާމާނު ހިފާގެން ޒަރީރު އެތައް އިރެއްވަންދެން ކޮންނަންފެށިޔެވެ. މިހެން އުޅެނިކޮށް އޭނާ ކޮންނަމުންދިޔަތަނުން ކުއްލިޔަކަށް ތެޔޮ އަރަން ފަށާފިޔެވެ. މިކަމާ އޭނާ ވަރަށް ހައިރާންވިޔެވެ. އަދި އުފާވެސްކުރިޔެވެ. އާމްދަނީ ހޯދުމަށް މަގެއް ފެނުނީތީޔެވެ. އަވަސް އަވަހަށް އެތަނުގާ އެއްދުވަސްތެރޭ ވަޅެއް ރާނާ ބަންދުކޮށްގެން ތެޔޮ ވިއްކަންފެށިޔެވެ. ދުބާއީގެ ގަވާދު އިންނަގޮތުން އެމީހަކު ހޯދި ތެޔޮވަޅަކީ އެމީހެއްގެ މިލްކެއްކަމުން ސަރުކާރަށް ފޯމް ހުށެހެޅުމުން ހުއްދަވެސް ވަރަށް އަވަހަށް ލިބިގެންދިޔައެވެ. އެއާއެކު އެންމެ ފުރުތަމަވެސް އެ ސަރަހައްދު އެއްކޮށް ފެންސް އަޅާ ބަންދުކޮށް ވަރުގަދަ ގޭޓެއްލިޔެވެ. ދުވަސްކޮޅަކުން އަތްމަތި ތަނަވަސްވުމާއެކު ސަރަހައްދުގެ ބޮޑު ބަޔެއް ގަނެލިޔެވެ. އަދި އެތަނުގާ ހުރި ޒަރީރުގެ މާމަގެ ގެ ތަޅާލުމަށްފަހު ފެންވަރުގެ ބޮޑު ގެޔެއް އެޅިޔެވެ. އަދި ބާ ދަބަރަށްވެފާ އޮތް ކާރު ގެންގޮސް ގޮނޑަށް އެއްލާލާ އާ ކާރެއްނެގިޔެވެ.

ޒަރީރުއަށް ދުވަސްކޮޅަކުން އިންވެސްޓަރުން ލިބެންފެށިޔެވެ. އޭނާއަށް އެމީހުން ފަރާތުން ލިބެމުން އައި ވިޔަފާރީގެ ފައިދާ ވަރަށް ބޮޑުވިޔެވެ. އެހެންކަމުން އަމިއްލަ ދިހަބުރީގެ އިމާރާތެެއްއަޅާ އޮފީހެއްވެސް ހުޅުވިޔެވެ. ލިބެމުން ދިޔަ އާމްދަނީއިން އިތުރަށް ތިން ބިން ގަނެ ހޮޓަލްތައް ހުޅުވާލިޔެވެ. ދުވާލެއްގެ މައްޗަށް ޒަރީރުގެ އެކައުންޓްއަށް އެތައް މިލިޔަނެއް ވަންނަންތަން ފެނުމާއެކު އޭނާ ހައްދުން ނައްޓަންފެށިޔެވެ. ޒަރީރު ކުރިއަރާލެއް އަވަސްކަން ފެނުމާއެކު ދުބާއީގެ ބައެއް މަހުޖަނުން އޭނާއާ ޒާތީވާންފެށިޔެވެ. އެހެންކަމުން ވިޔަފާރީގެ ވާދަވެރިކަން ދިޔައީ ގަދަވެގެންނެވެ. މީހަކު އުސް އިމާރާތެއް އަޅާ ވާހަކަ ޒަރީރުއަށް އިވިއްޖެނަމަ އެޔަށްވުރެ އުސްކޮށް އިމާރާތެއް އަޅަން އޭނާ ޖެހިލުމެއްނުވެއެވެ. ފައިސާ އިސްރާފްކުރަމުންދަނީ އަމަށަކު ވަރަކަށްނޫނެވެ. ޒަރީރު ދުވާލެއްގެ މައްޗަށް މިލިޔަނެއް އިސްރާފްކޮށްލައެވެ. ނިކަމެއްޗެއް ފެނި އެމީހަކު އެހީއަށް އެދިއްޖެނަމަ މޫނު އަނެއް ފަރާތަށް އަނބުރާލައެވެ. ޒަރީރުގެ މުއްސަނދިކަން ރައްކާތެރިކުރުމަށް އޭނާ އެންމެ ފަހުގެ ހަތިޔާރުއެޅި ފައުޖުތައް އޭނާގެ އިމާރާތްތަކުގައާ ބިންތަކުގާ ބައިތިއްބައެވެ. ހަށިފާރަވެރިންގެ ގޮތުގާ ޔަހޫދީން ގެންގުޅެންފެށިޔެވެ. އިސްރާއީލްގެ މޮސާޑްއާ އަބަދުވެސް ގުޅުން ބާއްވާ އޭނާއަށް ރައްކާތެރިކަން ދިނުމަށް އެދި އެމީހުންނަށް މިލިޔަނުން ފައިސާދޭންފެށިޔެވެ. ޒަރީރުއާ ވާދަވެރި މީހުން ގަތުލްކުރުމަށް އެތައް ފައިސާއެއް މިނިވަން ހަނގުރާމަވެރި ޖަމާއަތްތަކަށްވެސް ދެމުންދިޔައެވެ. ހެއްދެވި ފަރާތްމަތިން ހަނދާންވެސް ނައްތާލިޔެވެ. ދުނިޔެއަށް ގޮސް ހުސްވިޔެވެ. އުފަލާ މަޖާ އަދި ކަސްބީ އަންހެނުންނާ އަގުބޮޑެތި ކާރުތަކާ މުދާތަކަކީ ޒަރީރުގެ ކޮންމެ ދުވަހެއްގެވެސް އުފަލެވެ.

ދުވަސްތައް ފާއިތުވެގެންގޮސް ޒަރީރު ކުއްލިޔަކަށް ބަލިވާންފެށިޔެވެ. ދުނިޔޭގާ ތިބި އެންމެ މޮޅެތި ޑޮކްޓަރުން އޭނާ ގެންނަންފެށިޔެވެ. ކޮންމެ މީހަކުވެސް ޒަރީރުއަށް ބަލާލާފަ ޖެހުނީ ބޯ ހޫރުވާލާށެވެ. ޒަރީރު ހުރީ އެއްވެސް ފަރުވާއެއް ހޯދިފާނެތް ކެންސަރުބަލީގެ ފަހު ސްޓޭޖްގައެވެ. ޒަރީރު ޑޮކްޓަރުންނަށް އާދޭސްކޮށް އެތައް ފައިސާއެއްދޭނެކަމަށް ބުންޏެވެ. ނަމަވެސް ޑޮކްޓަރުންވަނީ އުންމީދު ކަނޑާލާފައެވެ. ދުވަހެއް ދުވަހަކަށް ޒަރީރު ބަލި ބޮޑުވަމުންގޮސް ނުތެދުވެވޭވަރުވެ ކޯމާއަކަށްދިޔައެވެ. މި ކޯމާގާ އޭނާ ދެއަހަރު ހޭދަކުރިޔެވެ. އެންމެ ފަހަށް ޒަރީރު މިދުނިޔެއާ ވަކިވެ ވަޅުލާން ގެންދެވުނެވެ. ޒަރީރު ވަޅުލުމަށްފަހު އިމާމް މީހާ އެތާ ތިބި އެންމެ ކައިރި މަޑުކޮށްލަން ބުންޏެވެ.

އިމާމް : ކުދިންނޭ. ޒަރީރު އަހަރެން ވަރަށް ރަނގަޅަށް ދަންނަން އޭނާއަކީ ކުރިން ވަރަށް ބޮޑު ނިކަމެއްޗެއް. އެކަމު ކުއްލިޔަކަށް ލިބުނު މުއްސަނދިކަމުގާ އޭނާ ހައްދުފަހަނައަޅާ ހާލު އެދިޔައީ މިދުނިޔެއާ ވަކިވެގެން. އޭނާގެ މިލްކިއްޔާތުގާ އެތައް އިމާރާތްތަކާ މުދާ އަދި ފައިސާ އެބަހުރި އެކަމު މިހާރު ތިކުދިން ނިކަން ބަލާލަބަލަ. ކޮބާ އެ މަހުޖަނު؟ ކޮބާ އޭނާގެ އާރާ ބާރު؟ ކޮބާ އޭނާގެ އަރާމް މުއްސަނދި ގެދޮރު؟ ރަނގަޅަށް ބަލާބަލަ މިހާރު އޭނާ އެއޮތީ ކަށްވަޅުގާ. ހަނި ކުޑަ ތަނެއްގާ. އޭނާގެ ގެޔަކީ އެއީ. އޭނާއަށް ގެންދެވޭ ހަމައެކަނި މުއްސަނދިކަމަކީ އޭނާގެ ހެޔޮ އަމަލް. އޭނާ ގެ ހަަމައެކަނި ފެންނަންހުރި އެއްޗަކީ އޭނާގެ ގަބުރު ފާހަގަ ކުރަން ޖެހިފާވާ ދެ މަހާނަ. އިބްރަތެއް ލިބިގަނޭ ކުދިންނޭ. އިހަށް ދުވަހު އޭނާ ހުރީ އާރާ ބާރުގަ މިއަދު އެއޮތީ ނިކަމެތި ހާލުގަ

  • – ނިމުނީ –

Share Article

EXO
Follow Me Written By

EXO

Level 210 Stories100 Login

from vaahaka.com to esfiya i feel great getting an opportunity to write again. so here i am to bring you short stories.

Other Articles

Previous

ހަނދުވަރު ދިން އެރޭ … 9

Next

ލޯބިން އެކީ

Next
October 30, 2024

ލޯބިން އެކީ

Previews
October 29, 2024

ހަނދުވަރު ދިން އެރޭ … 9

2 Comments!

  1. Wtf says:
    October 30, 2024 at 3:01 pm

    I like the fact you up new stories keep it up exo

  2. What eve says:
    October 30, 2024 at 3:24 pm

    You are uploading so many stories yet no horror
    Kada dhw
    You uploaded horror stories in the past now what happened did any one say that you are annoying
    Well daahhh..

Comments are closed.



All Right Reserved!