Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަ

މަންމަ

EXO
EXO Level 210 Stories100 Login
October 28, 2024 2 Mins Read
0 Comments

ނުވަ މަސްދުވަހުގެ ގަދަވޭނަށްފަހު ތިބާ މިދުނިޔެއަށް ގެނުވާ މީހަކީ ތިބާގެ މަންމައެވެ. އެ މަންމައަކީ މިއަދު ނިކަމެއްޗަކަށް ނުވަތަ މުއްސަންޖަކަށްވެސް ވެދާނެއެވެ. ނަމަވެސް އެ މަންމަ ތިބާއަށްޓަކައި ވާ ގުރުބަނީއަކީ ތިބާއަށް ދުވަހަކުވެސް އަދާ ނުކޮއްދެވޭނެ އެއްޗެކެވެ.

ރުހާމްއަކީ އޭނާގެ މަންމަގެ ހަމައެކަނި ހުރި ދަރިއެވެ. ރުހާމްގެ ބައްޕަވަނީ ވަރަށް ކުޑައިރު ދުނިޔެ ދޫކޮއްފައެވެ. ރުހާމްގެ މަންމައަކީ އެހާ ފޯރުންތެރި މީހެއްނޫންކަމުން ދިރިއުޅުން ހުރީ ވަރަށް ދަތިކޮއްށެވެ. މަންމައަކީ ފަހާ މީހެއްކަމުން ބައެއްފަހަރު ލިބޭ އާމްދަނީ ކުޑައެވެ. ގިނަފަހަރު މީހުން މަންމަ ލައްވާ މަސައްކަތްކުރުވާފައި ފަހުން ލާރި ދޭނަމޭކިޔާފަ ނުދެއެވެ. މިކަން ރުހާމް ދިޔައީ ގާތުން ބަލަމުންނެވެ. އަދި ކެތްތެރިކަމާއެކު މަންމަ ހޯދި އެއްޗަކުން ބަނޑު ފުރައިގެން ކިޔަވަން ގަދައަޅާ މަސައްކަތްފެށިއެވެ.

ސްކޫލްދައުރު ނިމި ރުހާމް ނަތީޖާ ގެނެސް މަންމަ އަތަށްދިނެވެ. މަންމަ ހިނިތުންވެފައި ރުހާމްގެ ބޮލުގައި ފިރުމާލިއެވެ. ރަނގަޅު ވަނަތައް ހާސިލްކުރެވުނީތީ ރުހާމްވެސް ހުރީ ވަރަށް އުފާވެފައެވެ. ދުވަސްކޮޅަކު އަރާމްކޮއްލުމަށްފަހު ވަޒީފާއެއް ހޯދަން ރުހާމް ނުކުތެވެ. ވަޒީފާ ލިބުނީ ފޯނު ވިއްކާ ފިހާރައަކުންނެވެ. މެދު މިނެއްގެ އުޖޫރައަކާއެކުއެވެ. ކޮންމެ މަހަކުވެސް މަންމަ އަތަށް ލާރި ފޮރުވަންދެއެވެ. އަދި ރުހާމް އަމިއްލަ ކަންކަމު ބޭނުންކޮއްލާވަރަށް ޖީބުގައި ފައިސާ ބަހައްޓައެވެ. ރުހާމްގެ މަސައްކަތް ރަނގަޅުކަމުން ގިނަދުވަހެއްނުވެ ފޯނު ފިހާރައިގެ މެނޭޖަރު މަގާމްއަށް ބަދަލްކުރެވުނެވެ. ލިބެމުން އައި އުޖޫރަވެސް ބޮޑުވިއެވެ. ފުރުތަމަ ކަމަކަށް މަންމައަށް ގަނެދިނީ ފޯނެކެވެ. ރުހާމް ކިތަންމެ ދުރުގައި ހުއްޓަސް މަންމަގެ ކަންތައް ބަލަން ބޭނުންވާތީއެވެ. މަންމައާ ފޯނު ހަވާލުކޮއް އެއާ ކުޅެން ދަސްކޮއްދިނެވެ.

އެއްދުވަހެއްގެ ހެނދުނެވެ. ރުހާމް ފިހާރައަށް ދިޔުމުން ވެރިމީހާ ރުހާމްއާ ބައްދަލްކުރިއެވެ. އަދި ފިހާރައިގެ ބަދަލުގައި އޮފީހުގައި މަސައްކަތްކުރަން މީގެފަހުން އައުމަށް އެންގިއެވެ. މިކަމާ ރުހާމް ވަރަށް އުފާކުރިއެވެ. އަދި މަންމައަށް ޙަބަރުދިނެވެ. މިހާރު ރުހާމްއަށް ރަނގަޅު އާމްދަނީއެއްލިބި އިތުރަށްވެސް ލިބެއެވެ. މި ފައިސާއިން ރުހާމް އިތުރަށް ކިޔަވަން ބޭނުންވާ ވާހަކަ މަންމަ ކައިރީ ބުނިއެވެ. މަންމަ އެކަމަށް ހިތްވަރުލާދިނެވެ. އަދި ކުރިޔަށް ދެވެންއޮތީޔާ ދާން ނަސޭހަތްދިނެވެ.

ރުހާމްގެ ކިޔެވުން ފެށިއްޖެއެވެ. ގެއަށް އާދެވުމުން މަންމަ ކައިރީ އަބަދުވެސް ކިޔަވާ ތަކެތި އުދަނގޫ ކަމުގެ ޝަކުވާ އުފުއްލައެވެ. ނަމަވެސް މަންމަ ހިނިތުންވެލާފައި ބުނަނީ އަބަދުވެސް އެކައްޗެކެވެ. ދަރިފުޅާ ކުރިޔަށް ދާށެވެ. މަންމަ މިހުރީ ހިތްވަރު ދޭންށެވެ. ރެޔާ ދުވާލު ރުހާމް ކުރަމުން ދިޔަ ބުރަ މަސައްކަތުގައި މަންމަވެސް ދިޔައީ ބައިވެރިވަމުންނެވެ. ދަރިފުޅު ފާސްވެގެން އަންނާނެ ދުވަހެއްގެ އިންތިޒާރުގައެވެ. އިމްތިހާންވެސް އައިސް ނިމިއްޖެއެވެ. ސެޓްފިކެޓް ބަލާ ދާން އޮތްދުވަހު ރުހާމްއާއެކު މަންމަވެސް ދިޔައެވެ. ފަޙްރުވެރިކަމާއެކު ދެމައިން ގެއަށްއައީ އުފާވެރި މޫނަކައިގެންނެވެ.

ކިޔަވާ ނިމުމުން ރުހާމް އާ ވަޒީފާއަކަށްވަނެވެ. ވަޒީފާގެ މާހައުލުން ދިމާވި ކުއްޖަކާ ލޯބީގެ ގޮތުން ގުޅި ކައިވެނިވެސް ކުރެވިއްޖެއެވެ. ނަމަވެސް އަލަތު އަނބިމީހާ މަންމައާމެދު އެހާބޮޑު ސަމާލުކަމެއް ނުބަހައްޓާކަން ރުހާމްއަށް ފާހަގަވިޔެވެ. މަންމަ ސައިހެދިޔަސް ސައިނުބޮއެ ބޮޑާ ހާކައިގެން ބޭރުން ކާން އަބަދުހެންމެ މަސައްކަތް ކުރެއެވެ. މަންމަ ބަލިވެއްޖެނަމަ އަޅާލަނީކީނޫނެވެ. އެންމެ ކުޑަމިނުން ބޭހެއްވެސް ދެނީކީނޫނެވެ. މިގޮތުގައި ދުވަސްތައް ދަނިކޮއް އެއްރެޔަކު ރުހާމް ކައިރީ އޭނާ އަނބިމީހާ މަންމައާ ވަކިން އެހެންތަނަކަށް ދިރިއުޅުން ބަދަލްކުރަން ބުނެލިއެވެ. މި ބަސްތައް ވެގެން ދިޔައީ ރުހާމް ގާތަށް ނުހަނު ރުޅިއައި ބަސްތަކަކަށްށެވެ. ހިތުގައި ފޮރުވިފައިވާ ހުރިހާ އެއްޗެއް އަނބިމީހާއާ ދިމާލަށް ބޭރުކޮއްލިއެވެ. އަދި އަނބިމީހާގެ އެންމެ ބޮޑު ސިއްރުވެސް ރުހާމް ބޭރުކޮއްލިއެވެ. ރުހާމް ނެތްގަޑީ މަންމައަށް އަނީޔާކުރިކަމެވެ. އެ މަންމަ ނުބުންޏަސް ގޭގައި ހަރުކޮއްފައި ހުންނަ ކެމެރާތަކުން ނެގިފައިވާ ވީޑިޔޯ ލޯމައްޗަށް ދައްކާލިއެވެ. އިސާހިތަކު އަނބިމީހާ އެގެއިން ނުކުމެގެން ދިޔައީ ރުހާމްގެ މަންމައާ ދިމާލަށް ހެއްދެވި ނެހެއްދެވިއެއް ގޮވަމުންނެވެ. ރައްދުގައި ރުހާމްވެސް ވަކި ދުލެއްނުދިނެވެ. ޖެހިގެން އައި ދުވަހު އަނބިމީހާ ވަރިކޮއްފިއެވެ.

ރުހާމްގެ އެކަނިވެރިކަމާ މާޔޫސްކަން އޭނާގެ މަންމަގެ ހިތަށް ދިޔައީ ނެގެމުންނެވެ. ރަނގަޅު ބައިވެރިޔަކު ދަރިފުޅަށްޓަކައި ހޯދާދިނުމަށް މަންމަ މަސައްކަތްފެށިއެވެ. ދީންވެރި ރަނގަޅު ކުއްޖަކު ހޯދާ ރުހާމްއަށް ގުޅުވިއެވެ. ކަންވެގެން ދިޔައީ ހީވެސް ނުކުރާ ގޮތަށްށެވެ. ގިނަ ދުވަސްތަކެއްނުވެ ކައިވެނިކުރެވިއްޖެއެވެ. އަދި މާމާ ދަރިއަކުވެސް ލިބިއްޖެއެވެ. ނަމަވެސް މާމަ ދަރި ލިބުންތާ ގިނަދުވަހެއްނުވެ މަންމަ ވަރަށް ބޮޑަށް ބަލިވެއްޖެއެވެ. ހޮސްޕިޓަލްގައި މަންމަ ކައިރީ ގިނަވަގުތު ހޭދަކުރަނީ ރުހާމްއެވެ. މިގޮތުން އެއްރެޔެއްގެ ފަތިހު މަންމަ ރުހާމްއަށް ގޮވާލިއެވެ. މަންމަ ރުހާމް ބޮލުގައި އަތުން ފިރުމަންފެށިއެވެ. އަދި ބުނަންފެށިއެވެ.

” އޭ މަގޭ ލޯބިވާ ދަރިފުޅާއެވެ. ދަރިފުޅު މިއަދު ތިޔަވަނީ އުފާވެރި ދިރިއުޅުމެއް ލިބިފައެވެ. ދެކުދިންވެސް ރަނގަޅަށް އުޅޭތި. މަންމަ ވަރަށް ލޯބިވޭ ތި ދެކުދިންދެކެ. ލޯބިވާ ދަރިފުޅާ. މިއަދު އަހަރެންގެ ހިތްރުހުން ތި ދަރިފުޅަށް ދީފިން ތިޔައީ އަހަރެންގެ ފައިތިލަދަށުން ސުވަރުގެ ވަންނާނެ ދަރިޔެއް. މިއަދު ދަރިފުޅަށް ތިހިސާބަށް އާދެވިފައި ތިހުރީ މަންމަގެ ދުއާއިން. މަންމަ ދުވަހަކުވެސް ދުއާކުރުން ހުއްޓައެއްނުލަން. ދަރިފުޅާ މަންމަގެ ވަގުތު އައިސް ޖެހިއްޖެ. މަންމަ…. ބަލާ،،،،،، އައިސް…….. އެބަހުރި…… لَا إِلٰهَ إِلَّا ٱلله ” އެހިނދު މަންމަގެ އޯގާތެރި ފިރުމަމުންދިޔަ އަތް އެނދުމައްޗަށް ވެއްޓިިޖެއެވެ. إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

– ނިމުނީ –

Share Article

EXO
Follow Me Written By

EXO

Level 210 Stories100 Login

from vaahaka.com to esfiya i feel great getting an opportunity to write again. so here i am to bring you short stories.

Other Articles

Previous

5 ކުރުވާހަކަ

Next

ލޯބި

Next
October 28, 2024

ލޯބި

Previews
October 28, 2024

5 ކުރުވާހަކަ



All Right Reserved!