Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ކުރުވާހަކަ

ވަގު

EXO
EXO Level 210 Stories100 Login
October 28, 2024 3 Mins Read
4 Comments

އަޒީޒްއާ އޭނާގެ ރަހްމަތްތެރިންނަކީ ވަގުންނެވެ. މަކަރާ ހީލަތުގާ އަރާތިބި ބަޔެކެވެ. އިންޓަނެޓް މެދުވެރިކޮށް ވައްކަން ކުރާނެ ގޮތްތައް ދަސްކޮށްގެން އެތައް ބަޔެއްގެ މުދަލަށް އެމީހުންވަނީ ގެއްލުންދީފައެވެ. މިކަން އެމީހުންނަށްވަނީ މަޖާ ކަމަކަށްށެވެ.

އެހެން ދުވަސްތަކެކޭވެސް އެއްފަދައިން މިއަދުވެސް އަޒީޒްމެން ރާވަމުންދިޔައީ އެމީހުންގެ ދުވަސް ގެންދާނެގޮތެވެ. މިއަދު އަޒީޒްމެން ރާވާފާ އޮތީ އެންމެ ފުރުތަމަވެސް ސަލާން ޖަހަން ނުކުންނަންށެވެ. އޭޓީއެމްތައް ދޮށަށްގޮސް އެތާ މަޑުކޮށް އެތަނަށް ވަންނަ މީހުންގާތުން ފައިސާދޭންކިޔަންށެވެ. މި މަގުސަދުގާ ނުކުމެ ދެބަޔަކަށް އެމީހުން ބެހިގަތެވެ. އެއްބަޔަކު ހެންވޭރަށް އަނެއްބަޔަކު މާފަންނަށްށެވެ. އޭޓީއެމްތައް ކައިރިޔަށްގޮސް މެންދުރުވަންދެން ސަލާންޖަހަން ތިބުމަށްފަހު ލިބުނު ފައިސާއިން ހޮޓަލަށް އެންމެންގޮސް އެތަނުގާ ބެހިގަނެ އެކި މީހުންގާތުން ސައިދޭން ކިޔަންފެށިޔެވެ. މިހެން އުލުމުގެތެރޭގާ މުސްކުޅި ބަޔަކާ ޖެހި ކުޑަވަރެއްގެ ހަމަނުޖެހުމެއް ހޮޓާތެރޭހިނގާ އަޒީޒްމެން އެތަނުން ނުކުންނަން މަޖްބޫރުވިޔެވެ. ދެންވެސް ވަކި ދުލެއް ނުދިނެވެ. އެހެން ހޮޓާތަކަށްވަދެ އެމީހުންގެ ކުޅިވަރު ކުރިޔަށް ގެންދިޔައެވެ. މިގޮތައް ހަވީރުވަންދެން އުޅުމަށްފަހު އެންމެންވެސް ގެޔަށްދިޔައެވެ.

ޖެހިގެން އައި ދުވަހު އަޒީޒްގެ ރަހްމަތްތެރިޔެއްކަމަށްވާ ސުޒޭން އޭނާ ހޯދަން އައިސް ދެމީހުން އެކުގާ ސައިކަލް ދުއްވާލަންދިޔައެވެ. ދިޔަ މަގުމަތީ އަންހެން ކުދިންނާ ފޮށި ޖެއްސުންކުރަންފެށިޔެވެ. މިހެން ދަމުންގޮސް ހިނގާފާ ދިޔަ މެދު އުމުރުގެ އަންހެނެއްގެ ދަބަސް ސައިކަލްގަ އައި ގޮތައް ޖަހާގަނެގެން ދެމީހުންދިޔައެވެ. އެ އަންހެން މީހާ ވަރަށް ބާރަށް ހަޅޭއްލަވަމުން ރޮއެހޭރެމުންދިޔައެވެ. އަޒީޒްއަށް އެ އަޑު އިވުން އިރުވެސް ހިތަކަށް އެއްވެސް އަސަރެއް ނުކުރިޔެވެ. ދެމީހުންގޮސް އަޒީޒްމެންގެޔަށްވަދެ ދަބަސް ހާވަމުންދިޔައެވެ. އެންމެ ފުރުތަމަވެސް ފެނުނީ މެދުފަންތީގެ ފޯނެކެވެ. އޭތީގެ ޑިސްޕްލޭވަނީ އަރިމަތިން ތަޅާންގޮސްފައެވެ. ޑިސްޕްލޭގާ ތުއްތު ކުއްޖެއްގެ ފޮޓޯއިނެވެ. އަޒީޒް އެ ފޮޓޯއަށް މާ ބޮޑު ސަމާލުކަމެއްނުދީ ފޯނު ބޭއްވުމަށްފަހު ދަބަހުން އަންހެން މީހާ ވޮލެޓް ހޯދާ ނެގުމަށްފަހު އެ ހާވާލިޔެވެ. އޭގާ އޮތީ ފަންސާސްހާސް ރުފިޔާއާ ދެ އައިޑީކާޑެވެ. އެއީ އަންހެންމީހާގެ އައިޑީ ކާޑާ ތުއްތު ކުއްޖެގެ އައިޑީ ކާޑެވެ. ފަސްހާސް ރުފިޔާ ދެމީހުންނަށް ބަހާލުމަށްފަހު އަންހެންމީހާ ދަބަހާ ފޯނު ވިއްކާލަން ބޭނދުމަށް އަޒީޒް ނިންމިޔެވެ.

ދެދުވަސްފަހުން މީސްމީޑިޔާ ހާވަމުންދަނިކޮށް އަޒީޒްއަށް ޕޯސްޓްއެއް ފެނިގެންދިޔައެވެ. އެ ޕޯސްޓްގާވަނީ އެއްކަލަ އަންހެންމީހާއާ ތުއްތު ކުއްޖާގެ ފޮޓޯއެވެ. އެ ޕޯސްޓްގާ ސުރުހީކޮށް ލިޔެފާވާ ލިޔުމެއް އަޒީޒް ލޮލުގާ އަޅާގަތެވެ. ” މީގެ ތިން ދުވަސް ކުރިން އަޅުގަނޑުގެ ދަބަސްވަނީ ދެ ޒުވާނަކު ފޭރިގަނެފައެވެ. އޭގާ ފަސްހާސް ރުފިޔާގެ އިތުރުން އަޅުގަނޑުމެން ދެމައިންގެ އައިޑީ ކާރްޑްތައްވާނެއެވެ. އެ ފައިސާއަކީ އަޅުގަނޑުގެ މި ތުއްތު ދަރިފުޅުގެ އޮޕޮރޭޝަންއަށް ބޭނުންވާ ފައިސާއެވެ. އަޅުގަނޑުގެ ދަރިފުޅުވަނީ ހިތުގެ ވަރަށް ބޮޑު ބަލިކަމެއްގައެވެ. އެހެންކަމުން އެ ފައިސާނެތި އެއްވެސް ކަމެއް ވާކަށްނެތެވެ. ހެޔޮނުވާނެ ތި ފައިސާ ގެންދިޔަ މީހުން ކައިރި އާދޭސްކޮށްފާ މި ބުނަނީ އަހަރެންގެ ދަރިފުޅު ސަލާމަތްކޮށްދިނުމަށް ތި ފައިސާ އަހަރެންނަށް އަނބުރާ ގެނެސްދީ ” އެ ޕޯސްޓްގާ ލިޔެވިފާވެއެވެ.

އަޒީޒްގެ ހިތަށް އަސަރުކުރަންފެށީ އެހިސާބުންނެވެ. ވަގެއް ކަމަކު އޭނާއަކީވެސް އިންސާނެކެވެ. ވަގުތުން އޭނާގެ ރަހްމަތްތެރިޔާއަށް ގުޅާ ހުރިހާ އެއްޗެއް ކިޔާދިނެވެ. އެހިސާބުން އޭނާގެ ރަހްމަތްތެރިޔާއަށް ދިން ފައިސާތައް ހިފާގެން އައިސް އަޒީޒްއާ ހަވާލުކުރިޔެވެ. އަޒީޒް އޭނާގެ ރަހްމަތްތެރިޔާގެ އެހީޔާއެކު އަންހެންމީހާ ހޯދުމުގެ މަސައްކަތްފެށިޔެވެ. އެނގުނުގޮތުގާ އެ އަންހެންމީހާ ދިރިއުޅެނީ ހެންވޭރުކޮޅުކަމުން އެހިސާބަށްގޮސް އަންހެންމީހާ ގެޔާ ތަންކޮޅެއް ދުރަށް މަޑުކޮށް އަޒީޒް ޖީބަށް ފައިސާތަކާ އައިޑީ ކާޑްތައް ލައިގެން ހިނގާގަތްތަނުން އެމްބިޔުލާސްއެއް އައިސް އެގޭ ކައިރިއަށް މަޑުކޮށްލިޔެވެ. އެގެއިން އަންހެންމީހާ އޭނާގެ ދަރިފުޅު ކޮނޑަށް ލައިގެން ދުވަމުން ނުކުމެ އެމްބިޔުލާންސްއަށް އެރިތަން އަޒީޒްއަށް ފެނުނެވެ. އަޒީޒް އަވަހަށް ގޮސް އޭނާ ރަހްމަތްތެރިޔާއާއެކު ސައިކަލްގާ އެމްބިޔުލާންސް ފަހަތުން ގޮސް ހޮސްޕިޓަލްއަށްވަނެވެ. އަންހެންމީހާ ދިޔަ ގޮތައްވަނީ އިމަޖެންސީއަށްށެވެ. އޭނާގެ ދަރިފުޅު ސަލާމަތްކޮށްދިނުމަށްއެދި ރޮމުންނެވެ. މި މަންޒަރުން އަޒީޒް ވަރަށް ހިތްދަތިވިޔެވެ. ރަހްމަތްތެރިޔާ ފޮނުވާލާފަ އަޒީޒް ހޮސްޕިޓަލްގާ މަޑުކުރިޔެވެ. އަންހެން މީހާ އިމަޖެންސީން ނުކުމެ ގޮނޑީގާ އިށީންދެ ދެ އަތް ބޮލުގާ އަޅާގެންއިންތަން އަޒީޒްއަށް ފެނުނެވެ. އަޒީޒް ކައިރިން ދިޔަ ނަރުސް ކުއްޖަކާ ދެމައިންގެ އައިޑީ ކާޑް ހަވާލުކޮށް ހުރިހާ ކަމެއް ކުރިޔަށްގެންދިޔުމަށް އެނގިޔެވެ.

ދުރުގާ ބަލަން ނުހުރެ ވަރަށް ހިތްވަރުކޮށްލާފާ އަޒީޒް ގޮސް އަންހެންމީހާ ކައިރީގާ އިށީނެވެ. އަންހެންމީހާ ކާކުތޯ ބަލާލަން ބޯހިއްލާލިޔެވެ. އެހިނދު އަޒީޒް ލޮލުން ކަރުނަ ފައިބަންފެށިޔެވެ.

އަޒީޒް : ދައްތާ އަހަރެންނަށް މައާފްކުރޭ
އަންހެންމީހާ : ތިޔައީ ކާކު؟
އަޒީޒް : އަހަރެންނަކީ ދައްތަގެ ދަބަސް ގެންދިޔަ މީހާ. އަހަރެން ދައްތަގެ އައިޑީ ކާޑްތައް ނަރުހުންނާ ހަވާލުކޮށްފިން މިހާރު އެމީހުން އެބައުޅޭ ހުރިހާ ކަމަކާ. އަދި އަހަރެން ޖީބުގާ ދައްތަގެ ފައިސާތައް އެބަހުރި
އަންހެންމީހާ : ދޮގު ނުހަދާ ބުނެބަލަ. ކީއްވެ މިތަނަށް ތިއައީ؟
އަޒީޒް : އަަހަރެންގެ ހިތަށް ކެތްނުވެގެން. އެ ތުއްތު ކުއްޖާ ސަލާމަތްކުރަން
އަންހެންމީހާ : މާތް ﷲ ގެ ކުޅަދުންވަންތަކަން. އަހަރެން ކަލެޔަށް މައާފްކޮށްފިން
އަޒީޒް : (އަންހެންމީހާގެ ފައިސާ ހަވާލުކުރަމުން) އަހަރެންގެ މި އުޅުން އިރާދުކުރެއްވިއްޔާ އިސްލާހްކުރާނަން.

އެދުވަހަށްފަހު އަޒީޒް އޭނާގެ އުޅުން އިސްލާހްކުރުމުގެ މަސައްކަތްފެށިޔެވެ. އާދައިގެ ވަޒީފާއެއް ހޯދާގެން ވަޒީފާއަށް ގޮސް ހަލާލް އާމްދަނީ ހޯދަންފެށިޔެވެ. އަޒީޒްގެ އުނދަގޫ މިހާތަނަށް ޖެހުނު މީހުން ކިބައިން މައާފް ހޯދިޔެވެ. ފަސްވަގުތު ނަމާދުކޮށް ހެޔޮމަގަށް ގޮވާލަންފެށިޔެވެ. އަދި ދިމާވި ތުއްތު ކުއްޖާއަކީ އަބަދުވެސް އަޒީޒްގެ އެންމެ ގާތް އެކަކު ކަމަށް ހެދިޔެވެ. އެކުއްޖާއަށް އަޒީޒް މަސައްކަތްކޮށްގެން ލިބޭ އާމްދަނީއިން އަބަދުވެސް ބައިއަޅަމުން ގެންދިޔައެވެ

  • – ނިމުނީ –

Share Article

EXO
Follow Me Written By

EXO

Level 210 Stories100 Login

from vaahaka.com to esfiya i feel great getting an opportunity to write again. so here i am to bring you short stories.

Other Articles

Previous

ޙަޤީޤަތް ހޯދުމޭ 25

Next

ކަށްވަޅަށްދާންދެން މަސްތުވާނަން

Next
October 28, 2024

ކަށްވަޅަށްދާންދެން މަސްތުވާނަން

Previews
October 28, 2024

ޙަޤީޤަތް ހޯދުމޭ 25

4 Comments!

  1. M... says:
    October 30, 2024 at 3:21 pm

    Nice

  2. Eve says:
    October 30, 2024 at 3:27 pm

    Varah touching ekam pic ehaa ehaa eh noon

  3. Hfgjvjmdyydysfjlgmkjdkgdglyfkydhrskyfk!hmfcmbvmbcjyetdjmhg Leah thsd says:
    October 30, 2024 at 3:33 pm

    I wonder why you never reply
    EXO

    1. EXO EXO says:
      October 31, 2024 at 11:55 am

      dont worry m alwyas watching your comments. thank you for the sweet comments

Comments are closed.



All Right Reserved!