އާސިމް މެންނަށް ޓެންޓް ތަކުގެ މަސައްކަތް ތައް ނިއްމާ ޓެންޓް ތެރެއަށް ވަދެވޭ ވަރުވީ ރޭގަނޑުގެ އަށެއްޖެހިފަހުންނެވެ. މަސައްކަތް ނިއްމާލުމަށްފަހު އާސިމްމެން ދިއައީ މޫދަށެވެ. ރެއަކީ ހަނދުމަހެއްގެ ސާދަވިލޭރޭ ކަމުން މުޅިއަތިރިމަތި އޮތީ ހަނދުވަރުގެ އަލިން ޒީނަތްތެރި ކުރުވާފައެވެ. އުޑުމަތީގައި ވިލާރޮށްޖެއްހާހިސާބުވެސް ނެތުމުން ހަނދަށް ފުރިހަމަ މިނިވަންކަން ލިބިފައި ވާކަހަލައެވެ. އާސިމްމެން މޫދުން އައި އިރު އަންހެން ވެރިން ތިބީ ކާން ތައްޔާރު ކޮށްގެންނެވެ. އެމީހުން ކާން ތައްޔާރު ކޮށްފައި ހުރީ އެމީހުން ބަދިގެއަކަށް ބޭނުންކުރަމުންދާ ގޭގެ […]
އާސިމް އެގެއިން ދާން ހިނގައި ގަތުމުން އީނާޝް އޭނާގެ ލޯބިވެރިޔާ އާއިއެކު އެގޭ ދޮރާއްޓާއި ހަމަ އަށް ނިކުތެވެ. “ލޯބީ މިރޭ އަހަރެން ހާދަ އުފާ ވެއްޖޭ! އަހަރެންނަށް މިއިހުސާސް ކުރެވޭ އުފާވެރިކަން އަހަރެން ހިތަށް އަރާ ކަލާއަށް ހާމަ ކޮށްދޭނީ ކޮން ގޮތަކުންބާއޭ! ހަމަ ހަގީގަތުގަވެސް އުފާވެއްޖެ!” އާސިމްގެ ދެލޮލުން އުފާވެރި ކަމުގެކަރުނަ ވިދާލިއެވެ. ” ލޯބީ ކަންތައް ވެގެން […]
އާސިމް ބައްދަލުކުރަން ބޭނުންވި ކަން އެގުމުން އީނާޝް ވަރަށް އުފާވިއެވެ. އީނާޝް ނިންމައިގެން ހުރީ އެބައްދަލު ވުމުގައި އާސިމް އޭނާއަށް ލޯބި ހުށަނާޅައިފިނަމަ އޭނާ އިސްވެ ލޯބި ހުށަ އަޅާށެވެ. އާސިމް އަކީ އޭނާ ހީކުރި ކަހަލަ ދަށް އަހުލާގެއްގެ ވެރިއެއް ނޫންކަން މިހާރު އޭނާ ގަބޫލުކުރެއެވެ. އީނާޝް ވެސް ހުރީ އޭނާ އާއި ބައްދަލުކުރާ ގޮތަށްކަން އެނގުމާއެކު އާސިމްވެސް ވަރަށް އުފާވިއެވެ. އާސިމް […]
އެދުވަހު ދިމާވި މަޖާ ހާދިސާ އީނާޝް އޭނާގެ އެކުވެރިޔާއަށް ކިޔައިދިނެވެ. އޭރު އެދެކުދިން ހިނގަމުން ހިނގަމުންއައިސް އާސިމް މެން މަސައްކަތް ކުރާ ސަރަހައްދާއި އަރާ ހަމަ ވެއްޖެއެވެ. ” އަނީސާ އެޒުވާނާ ކިތައްމެ ހާވެސް ރީތި އެކަމަކު އެޒުވާނާއާއި ބައްދަލުވި ފުރަތަމަ ދުވަހުވެސް އެޒުވާނާގެ އަހުލާގީ ފެންވަރު ހާމަ ކޮށްދީފި ” އީނާޝް ކިޔައިދިނެވެ. އަނީސާވެސް އެކުވެރިޔާގެ ބަހަށް ތާއީދުކުރިއެވެ. […]
ދަންވަރުގެ ވަގުތެވެ. މުޅިދުނިޔެ ވަނީ އަރާމު ނިންޖަކުން ނިދާފައެވެ. މުޅިމާހައުލުގައި ވެރިކަން ކުރަނީ އަނދިރިކަމާއި ނާމާންކަމެވެ. ހަމަ ހިމޭން ކަމާއި ފަޅުކަމެވެ. އިރާކޮޅު ބޯކޮށްވާރޭވެހިފައި ވުމުގެ ސަބަބުން މާހައުލުގައި އެކުލެވިގެންވަނީ ތެތް ފިނިކަމެވެ. ކިރިޔާވެސް ވައިރޯޅިއެއްޖެހިލާއިރަށް ގަސްގަހުގެ އޮފިތަކުގައި ހަރުލާފަ ހުންނަ ފެންތަށް ވެހިގަނެއެވެ. އީނާޝް އޭނާގެ އެނދުގައި ދެއަތަށް ފުރޮޅިލަ ފުރޮޅިލަ އޮތެވެ. ނިދިވަނީ އޭނާގެ ލޮލާ […]
” މޭއައި ކަމިން ސަރ!” އާސިމް ބޮސްގެ ކެބިންގެ ދޮރުގައި ޓަކިޖަހާލަމުން ބުނެލިއެވެ. “ކަމިން…..!” އާސިމް މިހެން ގޮވާލުމާއެކު އެތެރެއިން ހަމީދު ޖަވާބުގަ ބުނުއްވިއެވެ. “އަހަނ އާސިމް ދޯ ވަދޭ ވަދޭ…!” އާސިމް އެތެރެއަށް ވަނުމާއެކު ބޮސްހަމީދު ހިނިތުންވެލާފަ ދައުވަތު ދިނެވެ. “ކިހިނެއްވީތޯ….؟ އަނެއްކާ ކޮފީއަކަށްދާންވީތޯ……؟” އާސިމް ބޮސްގެ މޭޒުގެ ކުރިމަތީގަ ހުރި ގޮނޑީގަ އިށީދެ ހަމަޖެހިލުމަށްފަހު […]
ހިތްފަސޭހަ ހަވީރެކެވެ. އުޑުމަތިސާފު ރީތި ހަވީރެކެވެ. އިރު އުތުރުން އާދައިގެ ވަރަކަށް ވައިޖެހެމުން ދިޔައެވެ. މާބާރެއް ކޮށެއްނޫނެވެ. ވައިރޯޅި އައްނަނީ އިރުއިރު ކޮޅާއެވެ. އެއައްނަ ހިތްގައިމު ވައިރޯޅީގެ ސަބަބުން ހިތްތަކަށް އުފާވެރިކަމާއި ތާޒާކަން ގެނުވައެވެ. މެންދުރުގެ ގަދަ ހޫނުން މިލާފައިވާ ގަސްތަކަށް ހަވީރުގެ ފިނިކަން ޖެހުމުން އާދިރުމެއްލިބުނު ކަހަލަ އެވެ. ޖެހެމުންދާ ރޯޅިއާއި އެކު ގަސްތައް ނަށަމުން ދަނީ އުފާވެރިކަމާއެކުއެވެ. އީނާސް އޭނާގެ އެކުވެރި ކުދިން ކޮޅަކާއެކު ފެންވަރާ ނަލަހެދިލައިގެން ހިނގާލަން ނިކުތެވެ. ދުވަސް ވަރަކީ ބޮޑުއީދުގެ […]
ރޫޔާ އާއި ނާޒުއާ ދެމީހުން ހިނގަމުން ހިނގަމުން އައިސް ކުއްލިއަކށް ހުއްޓުނެވެ. އެއަށްފަހު ކޮންމެވެސް ކަމަކާ ވިސްނާލިއެވެ. “ކިހިނެއްވީ…..؟ ކޮންކަމަކާ ތިވިސްނަނީ……” ރޫޔާގެ މޫނަށް ބަލާލުމަށްފަހު ވަރަށް ހައިރާންވެ ހުރެ އަހާލިއެވެ. އޭރު އެދެކުދިންނަށް މި ތިބެވެނީ ރޫޔާ މެންގެ ގެއާއި ދާދި ކައިރީގައެވެ. ދެން ޖެހިގެން އޮތް ގޯޅިން ލަނބާލާއިރު ނިކުމެވޭނީ އެގޭ ކުރިމައްޗަށެވެ. “ނާޒު ދެން ދޭ އިނގޭ މިހިސާބުން އަހަރެން އެކަނި ހިނގައިދާނަން….!” ރޫޔާ ވިސްނަން ހުރެފައި ބުނެލިއެވެ. “ކިހިނެއްވީ…….؟ އަހަރެން ރޫޔާގެ […]
ހުރިހާ ކިއުންތެރިންނަށް މިވާހަކަ އަކީ އަހަރެންގެ ހަޔާތުގައި ކުރެވުނު އެންމެ ހިތި އަދި ހަނދާނުން ފޮހެލަން ދަތިވި ތަޖުރިބާއެވެ. މިވާހަކަ ވެސް ތިއަ ކިއުންތެރިންނަށް ރީތިވާނެ ކަމަށް އުއްމީދުކުރަމެވެ. އަހަރެންނަކީ އުތުރުން ދެވަނަ އަތޮޅުގެ އާބާދީގެ ގޮތުން އެއަތޮޅުން ދެވަނަ ލިބިފައިވާ ރަށަށް ނިސްބަތްވާ ފިރިހެން ކުއްޖަކީމެވެ. އަހަރެންގެ ޒުވާންކަން ފެށިގެން އައި ދުވަސްވަރު އެހެން ޒުވާނުންނެކޭ އެއްފަދައިން އަހަރެންގެ ހިތުގައިވެސް ލޯތްބޭމިކިޔާ ޖަޒުބާތު އުފެދި އުތުރި އަރަން ފެށިއެވެ. އެގޮތުން ކުއްޖަކާއި ގުޅެން ބޭނުންވިއެވެ. އެކުވެރިން […]