ދަރިފުޅާ….ރޫޔާ މަންމަ ކުނިކޮޅު އުކާލާފަ އަންނަދެން މިތާ މަޑުކުރޭ އިނގޭ! ހަލީމާ އޭނާގެ ހަތް އަހަރަށް ދާ ކުޑަ ދަރިފުޅު މަގުގެ އެއްފަރާތެއްގައި ހުރި ގަހެއްގެ ހިޔަލުގައި ބެހެއްޓިއެވެ. އަދި އަތުގައި ހުރި ކުނިއަޅާއެތި ނަގާ ކިހިއްޔަށް ޖަހާލަމުން ދަރިފުޅާ ދިމާއަށް ބުނެލިއެވެ. ރޫޔާ އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލިއެވެ. “މަންމާ އަވަހަށް އައްނާތި ކޮއްކޮ އެކަނި މިތާ ހުންނަން ބިރުގަނޭ!” ކުޑަ ކުޑަ ރޫޔާ ބުނެލިއެވެ. މަންމަ ދިއުމާއެކު ރޫޔާގެ ކުޑަކުޑަ ހިތް ބިރުގައްނަގޮތްވިއެވެ. އެމާހައުލަކީ […]