ކަރުނަ އޭގެއިންތިހާއަށް
ހިތްފަސޭހަ ހަވީރެކެވެ. އުޑުމަތިސާފު ރީތި ހަވީރެކެވެ. އިރު އުތުރުން އާދައިގެ ވަރަކަށް ވައިޖެހެމުން ދިޔައެވެ. މާބާރެއް ކޮށެއްނޫނެވެ. ވައިރޯޅި އައްނަނީ އިރުއިރު ކޮޅާއެވެ. އެއައްނަ ހިތްގައިމު ވައިރޯޅީގެ ސަބަބުން ހިތްތަކަށް އުފާވެރިކަމާއި ތާޒާކަން ގެނުވައެވެ. މެންދުރުގެ ގަދަ ހޫނުން މިލާފައިވާ ގަސްތަކަށް ހަވީރުގެ ފިނިކަން ޖެހުމުން އާދިރުމެއްލިބުނު ކަހަލަ އެވެ. ޖެހެމުންދާ ރޯޅިއާއި އެކު ގަސްތައް ނަށަމުން ދަނީ އުފާވެރިކަމާއެކުއެވެ.
އީނާސް އޭނާގެ އެކުވެރި ކުދިން ކޮޅަކާއެކު ފެންވަރާ ނަލަހެދިލައިގެން ހިނގާލަން ނިކުތެވެ. ދުވަސް ވަރަކީ ބޮޑުއީދުގެ ދުވަސްތައް ކަމުން ހަވީރު ވީއިރު ރަށުގެ ގިނަ މަގުތައް ވަނީ މީހުނާއި ކުޑަކުދިން ތަކުން ފުރާލާފައެވެ. ” ހަނީފާ ކީއްވެތަ އެއްކަލަ ހެދުން ނުލީ…..؟” އީނާސް ހިނގަމުން ހިނގަމުން ގޮސް ކުއްލިއަކަށް ޖެހިގެން ހުރި އެކުވެރިޔާގެ އަތުގަ ހިފާ ހުއްޓުވާފަ އަހާލިއެވެ. އީނާސް ގެ މިހަރަކާތުން ހުރިހާ އެކުވެރިންތައް ހުއްޓުނެވެ. އަދި އެހުރިހާ ކުދިން އެއްފަހަރާ ކަހަލަ ގޮތަކަށް އީނާޝް އާއި ހަނީފާގެ މީހުނަށް ބަލާލިއެވެ. އެކުދިންގެ މޫނުމަތިން ފެންނަނީ ހައިރާން ކަމެވެ. “އީނާޝް ކީކޭތަ ތިކިޔަނީ……؟ކޮން ހެދުމެއްގެ ވާހަކައެއްތަ ތިދައްކަނީ…….؟” އެހެން އެކުވެރިއަކު އަހާލިއެވެ. ” މިކިޔަނީ މިހަނީފާ މިއަދައްޓާ އެތައްދުވަހެއްކުރިން ހޯދި ރަތް ހެދުމުގެވާހަކަ އެއީ މިއަދަށް މާހާއްސަ ހެދުމެކޯ…..” އީނާޝް ބުނެލިއެވެ “ސާބަހޭ ހަނީފާ މިހާރު ލައިގެން އެހުރީ މިއަދަށް ހާއްސަ ހެދުމެއް ނޫންބާ …..؟” އަނީސާ ބުނެލިއެވެ. އާނ އެއީ މިއަދަށް ހާއްސަ ކޮށްގެން ފެހި ހެދުމެއްނޫން……މިމަންޖެ އެހެދުމަށް ހާދަ ހަރަދެއްވެސް ކުރިއޭ…. އަހަރެން ހިތަށް އަރާ އެހާބޮޑ ހަރަދެއް ކޮށް އެހެދުން ނުލީ ކީއްވެބާއޭ……އެހެންވެ އެހާވަރަކުން މިއަހަނީވެސް އެކަމަކު ހަނީފާ ބުނިއްޔާތާ ދޯ އެނގޭނީ” އީނާސް އޮޅުންފިލުވައިދިނެވެ. ” މިހާރު ތިވީގޮތުން ތިހެދުމަކަށް ވީގޮތެއް އޮޅުންފިލުވާހތް ވެއްޖެ. އަޅެ ނިކަން އެހެދުމަށް ތިވީގޮތެއް ކިޔާދީބަ…..” އަނީސާ އެދުނެވެ.
އެކުވެރިންގެ ސަބަބުން ހަނީފާ ލަދުގައްނަގޮތް ވިއެވެ. އީނާޝް ބުނިހެން އެހެދުމަކީ ހަނީފާ ހަމަ މިއަދަށް ހާއްސަ ކޮށްގެން ވަރަށް އަގުބޮޑުކޮށް ފެހި ހެދުމެކެވެ. އަދި އޭނާ އެހެދުން ގެންގުޅުނީވެސް އެހާމެ ލޯބިންނެވެ. މިއަދު އޭނާ އެހެދުން ނުލީކީ ލާހިތް ނުވާތީކީނޫނެވެ. އެވާހަކަ އެކުވެރިންނަށް ކިޔާ ދީފިނަމަ އެކުވެރިން މަލާމާތް ކުރާނެވަރު ހުދު ހަނީފާއަށް ވެސް ވިސްނެއެވެ. ހަނީފާ ލަދު ގައްނަނީ އެހެންވެއެވެ. އެކަމަކު ދެން އެވާހަކަ ކިޔާ ނުދީ ފަރުޖެހޭނެ ހަމަ އެއްވެސް ގޮތެއް ނޯއްނާނެއެވެ.” ބަލަ ހަނީފާ ކޮންކަމަކާތަ ތިވިސްނަނީ…..؟ ހަނީފާ އިސްދަށަށް ޖަހާލައިގެން ހުއްޓާ ފެނުމުން އަނެއްކާވެސް އީނާޝް އަހާލިއެވެ. ހަނީފާ މަޑުމަޑުން އިސްއުފުލާލިއެވެ. އޭރު ހަނީފާގެ މޫނުމަތި ވަނީ މިލާ މޯލީވެފައެވެ. ދެރަވުމާއި ލަދުވެތިކަމުގެ އަސަރު ފާޅުވާން ހުއްޓެވެ. އީނާޝް މެނަށް އެކުވެރިޔާގެ މޫނު ފެނުމާއެކު އޭނާގެ ހެދުމަށް ކޮންމެވެސް ކަމެއް ވެއްޖެކަން ވިސްނުނެވެ. ” އަހަރެން ގެ އެހެދުމަށް ވީގޮތް ކިޔާދޭން ލަދުގަނޭ…….ކިޔާދޭކަށް ހަމަ ލާހިކެއްނޫން…” ހަނީފާ މަޑު މަޑުން ބުނެލިއެވެ. “ހަނީފާ އަނެއްކާ އެހެދުން ވިރުވާލީތަ…..؟ ނޫނީ އިސްތިރިކުރަނިކޮށް ވިރުނީތަ……؟” އަނީސާ އަހާލިއެވެ. އަނީސާ މިހެން އެހުމާއެކު އަނެއްކާވެސް ހަނީފާ އިސްދަށަށް ޖަހާލިއެވެ. އެވަގުތު އަނީސާ ޖެހިގެން ހުރި އީނާޝް އަށް ނިތް އަރުވާލިއެވެ. އަދި އެއްމިއަކަނުން ހީލިއެވެ. އެމީހުނަށް ވިސްނުނު ގޮތުގައި ހަނީފާ އަތުން އެހެދުން ވިރުނީއެވެ. އަނީސާގެ މިހަރަކާތަށް އީނާސްވެސް އެއްބައިވެލިއެވެ. އެގޮތުން އޭނާވެސް ނިތް އަރުވާލިއެވެ. ” ހަނީފާ ކޮންމެހެން މާގިނަ ބަހަނާތަކެއް ދައްކާނެ ކަމެއްނެތް އިނގޭ ތިހެދުމަށް ވީގޮތެއް ވާނީ ހަމަ ކިޔާދޭން……!” އީނާޝް ބުނެލިއެވެ. ” އެވާހަކަ ކިޔާދޭނީ ކަލޭމެން މަށާ ދިމާ ނުކުރަންޔާ އެހެން ނޫނީ އަޅާނުލާ…..!” ހަނީފާ ބުނެލިއެވެ. ” ނޫނޭ އެހެން ނަހަދާ…..! އަހަރެމެން ދިމައެއް ނުކުރާނަމޭ އަދި ނުވެސް ހޭނަން…….” އަނީސާ ބުނެލިއެވެ. އޭރު އީނާސް ހުރީ ހިނިގަނޑު ފަޅައިގެން ދާން ތައްޔާރާއެވެ. “އަސްލު ވީގޮތަކީ އަހަރެން އަތުން އެހެދުން ވިރުނީ……..!” އެއްމެ ފަހުން ހަނީފާ ބުނެލިއެވެ. ހަނީފާ މިހެން ބުނުމާއެކު އަނީސާ އީނާޝް އަށް ނިތް އަރުވާލިއެވެ. އެމީހުނަށް ވިސްނުނީ ހަމަ ރަނގަޅަށް ކަން އެނގުނީތީއެވެ. އަނީސާ ނިތް އަރުވާލިތަން ފެނުމާއެކު އީނާސްގެ ހިނިގަނޑު ފަޅައިގެން ނުދިޔައީ ހަމަ ކިރިޔާއެވެ. އެކަން މަތަކުރީ އަނީސާ ކޮށްލި އިޝާރަތަކަށެވެ. ” ވިރުނިއްޔޭ އެކީއްވެ ވިރެންވީ މާ ދޮންގަދަކޮށް އިސްތިރި ކުރީދޯ…….” އަނީސާ އަހާލިއެވެ. އަނީސާއެކޭ ނިއުސް ރިޕޯޓަރެކޭ އެއްގޮތެވެ. ހަމަ ވަރު ވަރުން ސުވާލު ކުރަމުން ގެންދިއައެވެ. “ނޫން ވީގޮތަކީ އިސްތިރި ކުރަން ހުއްޓާ އަޔާ ގުޅީ އަޔާގެ ފޯނު އައުމުން އިސްތިރި މަތިން ހަނދާން ނެތުނީ……..އިސްތިރިކުރަން ހުރިކަން ހަނދާންވީ މާފަހުން އޭރު ހެދުމަށް އޮތީ ވާނެ ހަތަރެއްޗެއްވެފަ……” ހަނީފާ ވަރަށް ލަދުންހުރެ ކިޔާދިނެވެ. އެކުވެރިޔާގެ މިވާހަކަތައް އިވުމާއެކު ދެން ތިބި އެއްމެން އެއްފަހަރާ ހީގަތެވެ. އީނާސް ބިދި ބިދިފަ ހެމުން ގެންދިޔައެވެ. “ހަނީފާ އަށް ހަމަ ސާބސް އިނގޭ ލޯބިވިޔަސް ތީ ދެން ބޮޑުވަރު އަޔާގެ އަޑު ޖެހުނީމަ ދެން ދުނިއެ ވެރިކަމެއް ނުހުރޭވިއްޔަ…….” އީނާޝް ހެމުން ހެމުން ބުނެލިއެވެ. ” ހަނީފާ ތިހާވަރަށް ލޯބިވާކަށް ނުވާނެ……..” އަނީސާ ވެސް ހެމުން ދިމާކޮށްލިއެވެ. ” ބަލަބަލަ ކިހިނެއްތިވަނީ ބުނީމެންނު ދިމަލެއް ނުކުރާނަމޭ އަދި ނުވެސް ހޭނަމޭ ބުނީމެއްނު ދެންކީއްވެ ތިހެނީ…..؟” ހަނީފާ ހިތްހަމަ ނުޖެހިފަ ބުނެލިއެވެ. “ސޮރީ ސޮރީ ދެން ނުހޭނަން އިނގޭ…..!” އީނާސް ހުނުން ހުއްޓާލާފައި ބުނެލިއެވެ. އެވަގުތު އަނެއްކާ އަނީސާ ހޭން ފަށައިފިއެވެ. އެއާއެކު ހުރިހާ ކުދިންގެ ހިނިގަނޑު ފަޅައިގެން ދިއައެވެ. އެކުވެރިން ހޭތަން ފެނުމުން ހަނީފާ މޫނު ހަދާލިއެވެ. އަދި އެމީހުނާއެކު ނުދާން ވެގެން އައިކޮޅަށް އަނބުރާލިއެވެ. އީނާޝްއަށް މިތަން ފެނުމާއެކު އެކުވެރިންގެ ހުނުން ހުއްޓާލުމަށް އެދުނެވެ. ” ހޭއި ތިހާ އަވަހަށް ރުޅި އައްނަ އެއްޗެއްނޫނޭ…..! ތިކޮޅަށް ނުގޮސް އަހަރެމެނާއެކު އާދޭ….!” އީނާސް ހަނީފާގެ ފަހަތުންގޮސް އޭނާ ހުއްޓުވިއެވެ. އަދި އެކިވާހަކަތައް ދައްކައިގެން އެމީހުނާއެކު ދާން އެއްބަސްކުރުވިއެވެ. ” ދެން އެކަކުވެސް ހަނީފާއާއި ދިމާކޮށްގެން ނުވާނެ….” އީނާޝް ހަނީފާ ގޮވައިގެން އެކުވެރިން ކައިރިއަށް އައިސް ބުނެލިއެވެ.
އީނާޝް އަކީ ރީތިކުއްޖެކެވެ. އިސްކޮޅާ ރޫފަ ގުޅެއެވެ. ފުންކަޑެއްފަދަ ދެލޮލުގެ ވެރިއެކެވެ. ގައިގެ ކުލަ ދޮނެވެ. ރީތިދެތުންފަތެވެ. އައްނާރު އޮށްތަކެއްފަދަ ދަތްތަކެކެވެ. ހިނިތުން ވުމާއެކު ދެކޮލުންއ އެފާޅުވާ އަޑިތަންކޮޅު އީނާޝްގެ ރީތި ކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. އީނާސް އަކީ އޭނާގެ ރީތިކަމާ އެއްވަރަށް އަހުލާގުވެސް ރަނގަޅު ހިތްހެޔޮ މަޖާ މިޒާޖެއްގެ ކުއްޖެކެވެ. އީނާޝް މިއަދު ނަލަހެދިލާފަ ހުރި ވަރުން އީނާޝްގެ ރީތިކަމަށް އިތުރު ފުރިހަމަ ކަމެއް ގެނުވައެވެ. ލައިގެން ހުރި ގަދަ ފިޔާތޮށި ކުލައިގެ ހެދުމާ އެހެދުމާ ގުޅޭ ބުރުގާ ފެންނަ މީހުނަށް ސިފަ ވަނީ ގަހުގާ ފޮޅިފައިއިން ރީތި ފިނިފެން މަލެއްފަދައިންނެވެ. ރަށުގެ ޒުވާނުން ތިބެނީ އޭނާއަށް އެދި މަށަށް މަށަށް ގޮވައެވެ. ނަމަވެސް އަދި އެމަލަކީ މިހާތަނަށް އެއްވެސް މާބުރެއް ތިރި ނުކުރާ އަދި އެއްވެސް ކޮކާލަކަށް ތިރިކުރުމުގެ ފުރުސަތު ނުދޭ އިތްފަތްތެރި މަލެކެވެ. މިއަދާ ހަމައަށް އައިއިރު އީނާޝް އަށް ވަނީ ތަފާތު ފިރިހެން ކުދިންގެ ފަރާތުން ލޯބީގެ އެކިކަހަލަ ހުށަ އެޅުންތައް ލިބިފައެވެ. ނަމަވެސް އަދި އީނާޝްގެ ހިތް ފަތަހަ ކުރެވޭފަދަ ޒުވާނަކާ ދިމާ ނުވަނީ ކަންނޭނގެއެވެ. އަދި އީނާޝްގެ ހިތުގައި އެކަހަލަ އެއްވެސް ޝުއޫރެއް ނެތެވެ.
އިރުއޮށްސުމާއެކު އީނާޝްމެން އެކުއްޖެއްގެ ގެއަށް އެކުއްޖަކު ދިއުމަށްޓަކައި ނައްޓާލިއެވެ. އެކުދިން ވަކިވީ މިރޭ އޮށްނަ މިއުޒިކުޝޯއަށް ދިއުމަށް އެއްބަސްވެފައެވެ. އީނާޝް އަވަސް ފިޔަވަޅުތަކެއްގައި ގެއާއި ދިމާއަށް މިސްރާބު ޖެހިއެވެ. މިހާރު އޭނާގެ މަންމަ ލަސްވެގެން ހޯދާނެއެވެ. ލަސްވެގެން މަޣުރިބު ނަމާދު ބަންގި ގޮވާއިރު ގެއަށް ނުވަދެވިއްޖެނަމަ މަންމަ ހުންނާނީ ހިތްހަމަ ނުޖެހިފައެވެ. ” ދަރިފުޅާ ކީއްވެތަ ހާދަލަސްވީ…….؟” އީނާޝް ގެއަށް ވަނުމާއެކު ސޯފާގަ އިން މަންމަ ސުވާލުކުރެއްވިއެވެ. ” މަންމާ އަދި ލަހެއް ނުވެއެއްނު އަދި ކިރިޔާ ބަންގި ނޫންތޯ އެގޮވީ” އީނާޝް މަންމަ ކައިރި ސޯފާގަ އިށީނދެ ހަމަ ޖެހިލުމަށްފަހު ބުނެލިއެވެ. ” ދަރިފުޅާ އެކަމަކު މަންމަ އަށް ލަސްވެއްޖެ މަންމަ އަށް ދަރިފުޅުނުފެނި މާލަސްވަންޔާ މަންމަގެ ލަނގޮޑިއަކަށް ކެތެއްނުވާނެ ދަރިފުޅަކަށް ނޭނގޭނެ މިހާރު މިޒަމާނުގަ ކަންތައްވެގެން ދާނީ ކިހިނެތް ކަމެއް ފާޑު ފާޑުގެ ފިރިހެނުންތަށް އެތިބެނީ އެއްވެސް ކަމެތް ނެތިފަ ދަރިފުޅަށް ދެރަގޮތެއް ދިމާވެއްޖިއްޔާ ދެން މަންމައަށް ވާނީ ކިހިނެތް……؟” މަންމަގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރިއެވެ. އީނާޝް އޭނާގެ މަންމަގެ ގައިގަ ނުހަނު ލޯތްބާއި އެކު ބައްދާލިއެވެ. ” މަންމާ އަޅުގަނޑަށްވެސް އެނގޭ މަންމަ އަޅުގަނޑުދެކެ ލޯބިވާވަރު…..އަޅުގަނޑަކީވެސް މީ ނުވިސްނޭވަރުގެ ކުޑަކުއްޖެއްނޫނޭ އިރާދަފުޅުކުރެއްވިއްޔާ މަންމަ ތިހީކުރާ ކަހަލަ ދެރަކަމެއް އަޅުގަނޑަކަށް ދިމަލެއްނުވާނެ….” އީނާޝް އޭނާގެ މަންމަ ހިތްހަމަ ޖައްސައި ދެވޭތޯ ބެލިއެވެ. ” ދަރިފުޅާ މަންމަ ދަރިފުޅަށް އިތުބާރުކުރަމޭ އެކަމަކު…….މަންމަ އަށް ހަމަ ވިސްނެނީ ދަރިފުޅަށްވެސް އެނގޭނެ ދަރިފުޅުގެ ބައްޕަ ނިޔާވި އިރު ދަރިފުޅުގެ އުމުރުން އެއްމެ ހަމަސް ލަކުއެކަނި ދަރިފުޅުބަލާ ބޮޑުކުރީ ކޮންފަދަ ހާލެއްގައިކަން އަދި ދަރިފުޅުގެ ބައްޕަގެ ވިޔާފާރި ބަލަހައްޓަމުން ދަރިފުޅުގެ ކަންތައް ބަލަހައްޓަން ޖެހުމުން އުޅެންޖެހުނު ހާލު އެކަން ވަޒަންކުރެވޭނީ ހަމަ މިމަންމައަށް މަންމަ ދަރިފުޅުދެކެ މިވާލޯބި ދެނެވޮޑިގެންވާނީ ހެއްދެވިފަރާތް…..މަންމަގެ ހުރިހާވެސް ކަންބޮޑުވުމަކީ މިއުޅޭ ވިޔާނުދާ ފިރިހެން ސޮރުތަކުގެ ފަރާތުން ދަރިފުޅަށް ގޯނާއެއް އަތުވެދާނެތީ…..” މަންމަ ވާހަކަ ދެއްކީ މޮޅިވެރި ކަމާއެކުއެވެ. ‘މަންމާ ދެން ދެރަނުވެބަލަ މަންމަ އަޅުގަނޑަށް އިތުބާރުކުރަމެއްނުދޯ….! މަންމާ ދެރަނުވޭ އަޅުގަނޑު މަންމަ އެދޭ ގޮތަށް ހަމަ ކޮށްމެ ދުވަހަކުވެސް އިރުއޮށްސެންވާއިރަށް ގެއަށް އައްނާނަމޭ އިނގޭ” އީނާޝް ބުނެލިއެވެ. އަދި ތެދުވެގެން ފާހާނާއާއި ދިމާއަށް ދިއައެވެ.
އީނާޝް މެންގެ ގެއަކީ ތަނަވަސް ބޮޑުގެއެކެވެ. އީނާޝްގެ މަންމަ އަލިއަޅުވާލި ފަދައިން އީނާޝްގެ ބައްޕަ ނިޔާވިއިރު ހިންގަމުން ދިޔަ ވިޔަފާރި ދެން ބެލެހެއްޓީ އީނާޝްގެ މަންމަ ހަސީނާއެވެ. ހަސީނާގެ މިންނަތް މަސައްކަތުން އެވިޔަފާރި މިއަދު ވަނީ ފުދޭވަރަކަށް ފުޅާކޮށްފައެވެ. އެމީހުންގެ ގެ އެއްމެ މިޒަމާނުގެ ގެއަކަށް ހަދާ އެގެއަށް ބޭނުންވާނޭ ޒަމާނީ ފަރުނީޗަރާއި އެހެނިހެން ސާމާނު ހޯދިއެވެ.
އެހެން ދުވަހެކެވެ. އާސިމް އޮފީހުގައި އޭނާއާއި ހަވާލުކުރެވިފައިވާ މަސައްކަތްތައް ކުރުމުގައި މަސްއޫލުވެގެން ވަރަށް ހީވާގި ކަމާއެކު ކުރިއަށް ދިޔައެވެ. “އާސިމް ބޮސް އެބަ ގޮވާލައްވާ ވީއެއްމެ އަވަހަކަށް ބޮސްގެ ކެބިންއަށް ގޮސްބަލާށޯ…..!” ކުއްލިއަކަށް އެއޮފީހުގެ މަސައްކަތުމީހާ އައިސް ބުނެލިއެވެ. އާސިމް މަސައްކަތް ކުރާ އޮފީހުގެ ބޮހަކަށް އުޅޭ ހަމީދު އަކީ އާސިމްގެ ވަރަށް ގާތް އެކުވެރިއެކެވެ. އަދި އެހާމެ މަޖާ މީހެއްވެސްމެއެވެ. “އަނެއްކާ ކޮފީއެއް ލިބެނީކަންނޭގެ….!” އާސިމް ހިތަށްއެރިއެވެ. އަދި އޭނާ ކުރަން ހުރި މަސައްކަތް ތައް ހުއްޓާލާފަ ބޮސްކައިރިއަށް ދާން ނިކުތެވެ. އެއީ ބޮސްގެ އާދައެވެ. ދޭތެރެ ދޭތެރެއިން ކޮފީއަކަށްދާން އާސިމްއަށް ދައުވަތުލިބޭނެއެވެ. ނޫނީ ބައެއްފަހަރު ހަމަ ހުސް އަނގަ ތަޅާލަންވެސް ބޮސްގެ ކޮޓަރިއަށް އާސިމް ގެންދާނެއެވެ.
ނުނިމޭ
5 Comments!
Comments are closed.
vrh reathi story
kober nxt part
V reeti vaahaka.kobaa next part
reethi
Dhnn koba anehbai
not bad .; good