ކަރުނަ އޭގެ އިންތިހާއަށް…..3ވަނަ ބައި
ދަންވަރުގެ ވަގުތެވެ. މުޅިދުނިޔެ ވަނީ އަރާމު ނިންޖަކުން ނިދާފައެވެ. މުޅިމާހައުލުގައި ވެރިކަން ކުރަނީ އަނދިރިކަމާއި ނާމާންކަމެވެ. ހަމަ ހިމޭން ކަމާއި ފަޅުކަމެވެ. އިރާކޮޅު ބޯކޮށްވާރޭވެހިފައި ވުމުގެ ސަބަބުން މާހައުލުގައި އެކުލެވިގެންވަނީ ތެތް ފިނިކަމެވެ. ކިރިޔާވެސް ވައިރޯޅިއެއްޖެހިލާއިރަށް ގަސްގަހުގެ އޮފިތަކުގައި ހަރުލާފަ ހުންނަ ފެންތަށް ވެހިގަނެއެވެ. އީނާޝް އޭނާގެ އެނދުގައި ދެއަތަށް ފުރޮޅިލަ ފުރޮޅިލަ އޮތެވެ. ނިދިވަނީ އޭނާގެ ލޮލާ އެތަކެއްމޭލް ދުރެއްގައެވެ. ނިދޭތޯ ވަރަށް މަސައްކަތް ކޮށްފިއެވެ. އެހެނަސް އެމަސައްކަތްވީ ބޭކާރެވެ. ކޮޓަރިތެރޭގައިވަނީ ފަނޑު އަލިކަމެކެވެ. ކޮޓަރިފާރުގަ ހަރުކޮށްފަހުރި ގަޑީގެ ސިކުންތު ކަށި ހިނގާ އަޑު ފިޔަވާ އިތުރު އެހެން އެއްވެސް އަޑެއް އެކޮޓަރި ތެރެއަކުން ނީވެއެވެ. އީނާޝް އަށް ވިސްނެނީ މިއަދު ހަވީރު އެހިނގާދިއަ ކަންތަކާއެވެ. ހިޔާލާއި ފިކުރުގޮސް ހުއްޓެނީ މިއަދު އެދިމާވި ރީތިޒުވާނާއެވެ. އޭނާގެ ހިތް އެދި ގޮވަނީ އެޒުވާނާއަށެވެ. ލޯމަރާލިއަސް ސިފަވަނީ އެރީތި ހިތްގައިމު ހިނިތުންވުމެވެ. އެބަލާލުމެވެ. އެހެނަސް އީނާޝްގެ ޒަމީރު އޭނާއަށް ވިސްނައިދެމުން ގެންދިއައީ އެޒުވާނާއާއި ދޭތެރޭ ނުވިސްނުމަށެވެ. އެޒުވާނާއަކީ ކޮންކަހަލަ އަހުލާގެއްގެ ވެރިއެއްކަން ފުރަތަމަ ފެނިލުމުންވެސް ހާމަ ކޮށްދީފި ނޫންހެއްޔެވެ. އެހެނަސް ހިތް އެކަމާއި އެއްބަސްވާގޮތެއްނުވިއެވެ. އޭނާއަށް މަޖުބޫރުވީ ހިތުގެ ގޮވުމަށް އިޖާބަދޭށެވެ.
އާސިމްގެ ހާލަކީވެސް ހަމަ މިއެވެ. ނިދިނާހިސްގެން ފުރޮޅިލަ ފުރޮޅިލަ އޮތީއެވެ. އާސިމްގެވެސް ހިޔާލާ ފިކުރު ހުރީ އީނާޝްފަދައިންނެވެ. އާސިމްގެ ހިތް އެރީތި ޕަރީއެއްފަދަ އަންހެންކުއްޖާއަށް އެދެމުންދާއިރު އޭނާގެ ސިކުނޑިއަށް ބުރަބޮޑުވެގެން ދަނީ އޭނާއަށް ކުރެވުނު ބޭއަދަބީ ލަދުވެތި އަމަލުގެ ސަބަބުންނެވެ. އޭނާގެ ހިތް ކިތައްމެ ވަރަކަށް އެކުއްޖާއަށް އެދުނު ކަމުގައިވިއަސް އެކުރެވުނު ހުތުރު އަމަލުގެ ސަބަބުން އެކުއްޖާ އޭނާއަށް މާފުކޮށްފާނެބާވައެވެ. އާސިމްއަށް ދެން އެއަންހެން ކުއްޖާގެ ލޯތްބާއި ނުލާ ނޫޅެވޭނެކަން އެނގޭ އިރު އެކަން އެކުއްޖާއަށް އަނގަދޭނީ ކޮންގޮތަކުންބާއޭވެ. އޭނާ އަހަރެންނަށް މާފުކޮށް ފާނެބާވައެވެ. މީއާސިމްގެ ވިސްނުމެވެ. އެގޮތުގައި ވަގުތު ހޭދަ ވާވަރަކަށް އާސިމްއަށް އިހުސާސް ކުރެވެމުން ދިޔައީ އުދާސް އެރުމާއި ހިތް ނުތަނަވަސް ވުމެވެ.
އެއްރެއެއްގެ އިރާކޮޅުގެ ވަގުތެވެ. އުޑުމަތި ބަނަ ވިއްސާރަރެއެކެވެ. ހީވަނީ ހަމަ ދެންމެ ދެންމެ ވާރޭ ވެހިގެންފާނެ ހެންނެވެ. އާސިމް ދިއައީ ގޭކައިރި ފިހާރަ އަކަށް އެއްޗެއް ގަނެލާށެވެ. ކުއްލިއަކަށް ވަރަށް ގަދަޔަށް ވިދާލައިފިއެވެ. ވިދާލިލެއްގަދަކަމުން މުޅި ހިސާބު އަލިވެގެން ދިއައެވެ. އާސިމް އަކީ ވިދާ ގުގުރާނަމަ ވަރަށް ބިރުގައްނަ މީހެކެވެ. އެހާ ގަދަޔަށް ވިދާލުމުން ބާރު ގުގުރިއެއް ޖަހާނެކަން އާސިމްއަށް އެނގުނެވެ. އެހެންވެ ގަތް ބިރުން ދުވެފައި ޖެހިގެން ހުރިގޭ ދޮރާށިތެރެއަށް ވަދެއްޖެއެވެ. އޭރު މުޅި މީހާ ބިރުން ތުރުތުރުއަޅައެވެ. ހަމަ ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ގުގުރި ޖަހައިފިއެވެ. ވަރަށް ބާރަށެވެ. އާސިމްގެ ހެއަށް ގޮތް ނުވީ ހަމަ ކިރިޔާއެވެ. އާސިމް އިރުކޮޅަކު އެތާ ހުރުމަށްފަހު އެތަނުން ނުކުމެ ހިނގައިގަތެވެ. “އާހް…….!” އާސިމްގެ ބޮލަށް ބާރުހުރި ހަމަލާއެއް އެރިއެވެ. އާސިމްއަށް ލިބުނު ސިހުމާއެކު ފަހަތް ބަލާލެވުނެވެ. ކަމަކުދާކަށް ނެތެވެ. ފަހަތުގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު ހުށިޔާރު ވެގެން މިތިބީ އޭނާގެ ދުވަސް ދުއްވާލުމަށެވެ. އާސިމްއަށް އިތުރު ހަރަކާތެއް ނުގެނެވި އުޅެނިކޮށް ދެވަނަ ހަމަލާ އަރުވާލިއެވެ. މިފަހަރުގެ ހަމަލާ އެރީ އޭނަގެ ކަންކަށި މައްޗަށެވެ. އެއާއެކު ހޭބަލި ވެގެން ވެއްޓީއްޖެއެވެ.
އާސިމްއަށް ހޭވެރިކަންވީއިރު އޮވެވުނީ ކޮންތަނަކު ކަމެއްވެސް ނޭނގެއެވެ. އޭނާގެ ލޯމަތީ އިނީ ކޮންމެވެސް އެއްޗެއް އައްސާފައެވެ. އެހެން ކަމުން ތަނެއްދޮރެއް ނޭނގެއެވެ. ދެއަތް ވަނީ ބަނދެފައެވެ. ހަށިގަނޑުގެ ހުރިހާ ގުނަވަނަކުން ދިލަނަގައެވެ. އޭރު ވަރަށް ބޯކޮށް ވާރޭ ވެހެއެވެ. އާސިމަށް ރޮވުނެވެ. އޭނާގެ ނިކަމެތިހާލު ހިތަށް އަރާފައެވެ. ކުޑަހިތް ވަރެއް ކޮށްލުމާއެކު އަތް މޮހާލެވުނެވެ. ދެން ލޯމަތީގަ އައްސާފަ އިން ފޮތިގަނޑު މޮހާލިއެވެ. ސަހަރޯއެވެ. އޭނާ މިއޮތީ ރަށުގެ މީހުން އުޅޭ ސަރަހައްދާއި ދުރަށް ވަލުތެރެއަށް އެއްލާލާފައެވެ. އޭރުވެސް ބޯކޮށް ވާރޭ ވެހެމުންދިއައެވެ. ވިދާލާ ވިދުވަރުން ލޮލުގެ ނޫރު ކެނޑެހާވެޔެވެ. ގުރުރާލަނީ އެހާމެ ބާރަށެވެ. އާސިމް ގަސްތުކުރީ އޭނާއަށް ދެވުނު ގޮތަކުން އެވަލުތެރެއިން ނިކުމެވޭތޯއެވެ. ތެދުވަން ކުރި މަސައްކަތް ވީ ނާކާމިޔާބެވެ. އޭނާގެ ދެފައި ވަނީ ބިންދާލާފައެވެ. އެހެންކަމުން ރޮމުން އެހީއަކަށްއެދި ގޮވަމުން ލޫދެމުން ދެވޭތޯ ބެލިއެވެ. ނަމަވެސް މިދެވެނީ ކޮންދިމާލަކަށް ކަމެއްނޭނގެއެވެ. ވަލުތެރޭގައި ލޫދެމުން ދާއިރު އިތުރަށް ހަށިގަނޑު ޒަހަމް ވަމުންދިއައެވެ. އޫބުރި ބުރިއަށާއި ކަށިކުނބުރުކަށިތަކުންނެވެ. އެގޮތުގައި އާސިމްއަށް މާދުރަކަށް ނުދެވުނެވެ. ހަށިގަނޑުގެ އެކިތަންތަނުން ނަގާ ދިލައިންނާއި އަޅާ ވޭނުން ކެތްނުވެގެން ހެއަށް ގޮތް ވެއްޖެއެވެ.
އާސިމްއަށް ހޭވެރިކަން ވީއިރު އޮވެވުނީ ހޮސްޕިޓަލްގައެވެ. މުޅި ހަށިގަނޑުގައި ވަނީ ބޭސްއަޅާފައެވެ. އާސިމް ފެނުނީ އަނެއްދުވަހުގެ ހެދުނު ވަލަށް ފަންހޮވަން ގޮސް އުޅުނު އަންހެން ބަޔަކަށެވެ. މިމީހުނަށް އާސިމް ފެނުމާއެކު ފުލުހުންނަށް މިހަބަރު ދީގެން ފުލުހުން އގެ އެހީތެރި ކަމާއެކު ހޮސްޕިޓަލަށް ގެނައީއެވެ. އާސިމްގައިގަ ތަޅައިގަތް ހަބަރު ލިބުމުން އީނާޝް ވަރަށް ދެރަވިއެވެ. އޭނާ ވަރަށް ރުޔެވެ. އެހެނަސް ސިއްރުންނެވެ.
އާސިމް ހޮސްޕިޓަލުގައި އެޑުމިޓް ކުރި ހަބަރު މާލޭގައި ތިބި އޭނާގެ މަންމަ އަށާއި ބައްޕައަށް ލިބުމާއެކު ހަމަ އެދުވަހު ކުޅުދުއްފުއްޓަށް އައެވެ. އޭރު އާސިމް އޮތީ އައިސީޔޫގައެވެ ޒަރީނާ އޭނާގެ ލޯބިވާ ދަރިފުޅަށް ބަލާލިއެވެ. ” އަލިފުޅާ މަގޭދަރިފުޅެއްނެތް މަގޭދަރިފުޅުމަރައިފި ” ޒަރީނާ އަށް އޭނާގެ ދަރިފުޅު އޮތް ހާލު ފެނުމާއެކު ރޮއެގަތެވެ. އެވަގުތު އަލިފުޅު ޒަރީނާ ގެނެސް އޭނާގެ މެގައި ޖައްސާލިއެވެ. ޒަރީނާ ނުރޮއެ ހުއްތާލާ…..!” ޒަރީނާ ހަމަ އަޑުން އަޑުނަގާ ރޮނީއެވެ. އޭރު އަލިފުޅުވެސް ހުރީ ފެންކަޅިވެ ރޮވިފައެވެ. އަލިފުޅުބެލީ އަންހެނުން ނަށް ހިތްވަރު ދެވޭތޯއެވެ. އާސިމްގެ މަންމައަށް އޭނާގެ ލޯބިވާ ދަރިފުޅު އޮތް ހާލު ފެނިފަ ހިތަށް ކުރި އަސަރަކުން ނިޔާ ވެއްޖެއެވެ. އަލިފުޅަށް ކުއްލި ސިހުމެއް ލިބުނީ އޭނާގެ އަންހެނުން އޭނާގެ އަތްދަނޑިމައްޗަށް ތިރިވުމުންނެވެ. އާސިމްއަށް މިހަބަރު ވީ ތަހައްމަލް ކުރެވޭ ވަރުގެ ހިތާމައަކަށް ނޫނެވެ. އޭނާގެ ލޯބިވާ މަންމަ އޭނާއާއި އަބަދައްޓަކައި ވަކިވީއެވެ. އާސިމްގެ ލޮލުން ހިފެހެއްޓުމެއްނެތި ކަރުނަ އޮހެމުންދިއައެވެ. އޭނާގެ ބައްޕައަށް ވީ ރިހޭ ފައިމައްޗަށް ފޮއެ ވެއްޓުން ފަދަ ކަމަކަށެވެ. އާސިމް އަށް ފަހުފަހަރަށް މަންމަގެ މޫނުދެކިލުމުގެ ފުރުސަތު ލިބުނެވެ. އާސިމް ހިތް ދަތިކަމާއެކު މަންމަގެ މޫނަށް ބަލާލިއެވެ.”މަންމާ…….!” އާސިމްއަށް ފުއްމައިގެން ތެދުވެވުނެވެ. އޭރު މުޅި މީހާ ވަނީ ދާހިތްލާ ފޯވެފައެވެ. އޭނާ ހަމަޔަކަށް އެޅެން ކުޑަ ވަގުތު ކޮޅެއް ނެގިއެވެ. ވަށައިގެން ނަޒަރު ހިންގާލުމުން އެނގުނީ މިއޮވެވުނީ ކޮޓަރީގަ ކަމެވެ. ދެންމެ އެފެނުނީ ހުވަފެނެއްކަމެވެ. ހުވަފެނަކީ ބިލާހެއް ކަމަށް ހީކޮށްލާ ހިތްހަމަ ޖައްސާލުމަށްފަހު އަނެއްކާވެސް ނިދަން އޮށޯތެވެ.
ދުވަސްތައް ފާއިތުވަމުން ދެއެވެ. އެދުވަހަށްފަހު އާސިމް އެހާ ގިނައިން ބޭރުތެރެއަށް ނިކުމެއެއްނޫޅެއެވެ. އެއީ އެދުވަހު އޭނާއަށް ކަންތައް ކުރެވުނު ގޮތުން ރަށުގެ ޒުވާންފުރައިގެ ފިރިހެން ކުދިން އޭނާއާއި ދިމާކޮށް ގޯނާކޮށް ހަދާތީއެވެ. އާސިމް ގެއިން ބޭރަށް ދަނީ ހަމަ އެކަނި މަސައްކަތް ކުރާ ސައިޓަށް އެކަންޏެވެ. މަސައްކަތް ނިމުނީމާ އައްނަނީ ހަމަ ސީދާ ގެއަށެވެ. މިހެން ވުމުގެ ސަބަބުން އާސިމްގެ ހިތުގެ ވެރިޔާ އާއި ބައްދަލު ކުރެވޭގޮތެއް ނުވެއެވެ. އާސިމް މަސައްކަތުގައި އުޅޭއިރު އަބަދުވެސް އާސިމްގެ ނަޒަރު އެހިސާބު ކައިރި ސަރަހައްދަށް ހިންގާލައެވެ. އެތަނާކައިރި މަގަކުން ދާތީވެސް ފެނޭތޯއެވެ. ނަމަވެސް ހަފުތާއެއްވީއިރުވެސް އެރީތި ކުއްޖާއާއި ދިމާވާ ގޮތެއްނުވެއެވެ. އެކަމާ އާސިމް ހުންނަނީ ވަރަށް ދެރަވެފައެވެ. އެއްވެސް ކަމެއްކުރާ ހިތެއްނުވެއެވެ. މީހަކާ އަނގައިން ބުނާހިތެއް ނުވެއެވެ. އަބަދުވެސް ހުރެވެނީ ފާޑަކަށް ހަމަ ހިމޭންވެފައެވެ. އާސިމްގެ ލޯ ކެތްތެރި ކަމެއްނެތި އިންތިޒާރު ކުރަމުންދަނީ އެރީތި ޕަރީއެއްފަދަ ކުއްޖާ ފެނުމަށެވެ. ނަމަވެސް އޭނާގެ އިންތިޒާރު ދިއައީ ހައްތަހާ ދިގުލަމުންނެވެ. މިހެންވެ އަބަދުވެސް ހުންނަނީ އޭނާގެ ލޮލުން ކަރުނަ ހިލިފައެވެ. އާސިމް މިހާރު ހާދަތަފާތޭ……! އަނެއްކާ ކިހިނެތްވީތަ……؟” އާސިމް މާމަޑުން ހުންނަތަން ފެނުމުން ސަރީފު އަހާލިއެވެ. އޭރު އާސިމް އިނީ މަސައްކަތް ކުރާ ސަރަހައްދާ ޖެހިގެން އޮތް ވާގަނޑެއްކައިރީގައެވެ. ކުއްލިއަކަށް ސަރީފު އައިސް ވާހަކަ ދައްކަން ފެށުމާއެކު އާސިމް ދިއައީ ސިއްސައިގެންނެވެ. އާސިމް ސަރީފުގެ މޫނަށް ބަލާލިއެވެ. “މިދުވަސްކޮޅު މިއުޅެނީ ކުޑަކޮށް ބަލިވެ” އާސިމް އޮޅުވާލިއެވެ. އާސިމް މިހެން ބުނުމާއެކު ސަރީފުގެ ނިތްކުރިއަށް ރޫ އަރުވާލިއެވެ. “އެހެންތަ…..ދެން ކީއްވެ ނުބުނީ …..! އާސިމް އަރާމުކޮށްލަން ދާންވީނުދޯ އަހަރެން މަޑުކުރާނަން އިނގޭ” ސަރީފު އެދުނެވެ. އާސިމްއަށް އެގޮތް ކަމުދިޔައެވެ. އެހެންވެ އާސިމް އޭނާގެ އެކުވެރިޔާ ސަރީފުއާއި މަސައްކަތްތައް ހަވާލު ކުރުމަށްފަހު ދިޔައީ އޭނާ ހުންނަ ގެއަށެވެ.
އެއްދުވަހެއްގެ މެންދުރުފަހުގެ ވަގުތެވެ. އީނާޝް އޭނާގެ ރަހުމަތްތެރިއަކާއެކު ދިޔައީ ރައްޓެއްސެއްގެ އަތަށް ފަހަންދީފައި އޮތް ހެދުމެއް ބަލައެވެ. “އަނީސާ އަށް އެނގޭތަ ކުރީދުވަހު ވަރަށްރީތިފިރިހެނަކާދިމާވިއޭ……..” އީނާ ހިނގަމުން ހިނގަމުން ގޮސް ކުއްލިއަކަށް ހަނދާންވާފަދަ ގޮތަކަށް ބުނެލިއެވެ. “އެހެންތަ އެފިރިހެން ކުއްޖާ މިހާރު ކޮބައިތަ….؟” އަނީސާ އީނާޝްގެ މޫނަށް ބަލާލަމުން އަހާލިއެވެ. ނޭނގެ އެދުވަހަށްފަހަކު ނުދެކެން އެއީ މިރަށު ކުއްޖެއްނޫން ބީރައްޓެއްސެއް////” އީނާޝް ބުނެލިއެވެ. “ފުރަތަމަ ނަޒަރުން ހިތްކީދޯ އެޒުވާނާ ފެނނޭތޯ މުޅިރަށުގަ އަތް ފުނާ އަޅަންވީނު ދޯ……” އަނީސާ ލާނެތް ފާޑަކަށް ބުނެލިއެވެ. އެކުވެރިޔާ މިހެން ބުނުމާއެކު އީނާޝް އީނާޝް އަނީސާ އާއި ދިމާލަށް ކަޅިއަޅާލިއެވެ. ” މަށަކީ ތިހީކުރާ ކަހަލަ އަންހެން ކުއްޖެއް ނޫން….. ހަމަ ތާކުން ފިރިހެނަކު ފެންނަ އިރަށް އެމީހަކާ ހެދި މޮޔަވާ އަންހެނެއްނޫން” އީނާޝް ރުނކުރު ފާޑަކަށް ބުނެލިއެވެ. ” ދެން ކީއްވެތަ އެވަރަކުން އޭނަގެ ވާހަކަ ތިދައްކަނީ…..؟ ” އަނީސާ ހުރީ ދޫދޭ ގޮތަކަށް ނޫނެވެ. “ސާބަހޭ އަހަރެން އެވަރަކުން އޭނަގެ ވާހަކަ މިދައްކަނީ އެދުވަހު ދިމާވި މަޖާ ކަމެއް ކިޔާދިނުމުގެ މަގުސަދުގަ ……ކޮންމެހެން އޭނަމަތިން ހަނދާން ނައްތާ ނުލެވިގެނެއްނޫން” އީނާޝް ބޭނުންވީ އެކުވެރިޔާ އޭނާއާއި މެދު އެދެކެވެނީ ރަނގަޅަށް ނޫންކަން ހާމަ ކޮށްދޭށެވެ. ” އަހަރެން މީ އީނާޝްގެ ބެސްޓް ފުރެންޑޯ……އެކަމަކު މަށަށް ނާންގާ ވަރަށް ގަނޑު ގަތްފިންދޯ…….ކިހިނެތްވީ ނިކަން ކިޔާދީބަލަ!” އަނީސާ ވަރަށް ޝައުގުވެރި ކަމާއެކު އީނާޝްގެ މޫނަށް ބަލާލިއެވެ. އަދި އެދުނެވެ. ” މުޅި ރަށުގަ އެވާހަކަ ދައްކަމުންދާއިރު އަނީސާއަކަށް ހަމަ ނޭނގޭތަ…؟” އީނާޝް އަހާލިއެވެ. އޭނާ ހީކުރީ އަނީށާ އެނގިހުރެ ނޭނގޭ ކަމަށް ހަދަނީ ކަމަށެވެ. “ދެން ސަކަރާތް ނުޖަހާ ކިޔާދީބަލަ ހަމަ ތެދެއް މިބުނީ މަށެއްނާހަމޭ…..” އަނީސާ ބުނެލިއެވެ.
ނުނިމޭ
3 Comments!
Comments are closed.
varah nice ingey story
fhgfhtfjutygjutgjgnn
Engage mamma Maruvun eii dream eh dhw??