ގާތުގާވުމަށް ހިތް އެދެނީ (15)
ލައިހާ އަދި ޔުލީން އެގޭ ދޮރުމަތީ ތިބޭތާ ދިހަ މިނެޓް ފަހުން ޒިވްޔާ އެތެރެ އަށް ވަދެގެން އަންނަ ތަން ފެނުނެވެ. ދެކުދިން ވެސް އެއްފަހަރާ އަތް ހޫރާލަމުން ހިނިތުންވެލިއެވެ. ބީރައްޓެހިގޮތަކަށް ޒިވްޔާ ޔުލީން އަދި ލައިހާ އާ އެކު އެގެއަށް ވަދެގެން ދިޔައެވެ. ފުރަތަމަ ވެސް ޒިވްޔާ އަށް އެރުނީ އެންމެ ދެކެން ބޭނުން ނުވާ ސޫރަ ކުރިމައްޗަށެވެ. ހިނިތުންވެލަމުން ޒަޔާން ޔުލީން އަދި ޒިވްޔާ އަށް އަތްހޫރާލިނަމަވެސް ޒިވްޔާ އިސްޖަހާލިއިރު ޔުލީން ގަދަކަމުން ކަހަލަ ގޮތަކަށް އަތްހޫރާލިއެވެ. ތިން އަންހެން ކުދިން ކޮޓަރިއަށް ވަންނަން ދިޔައީ އަވަސް ފިޔަވަޅުތަކެއްގައެވެ. ” ކިހިނެއް ވިއޯ މިހާ އާޖެންޓް ކޮށް ގުޅީ ” އެނދުގައި ހަމަ ޖެހިލަމުން ޒިވްޔާ އަހާލިއެވެ. ” އެދޯ މިހިރަ ޔުލީ މިހާރު ބިޓެއް ނަގައިފިއޭ ޒިވް ” ހިނިގަނޑަކާ އެކު ލައިހާ ބުނެލިއެވެ. ” ހަމަ ތެދެއް ޔުލީ ކާކު އަނެއްކާ ؟” ހައިރާން ވެފައި އިނދެ ޒިވްޔާ އަހާލިއެވެ. ” ޔޫއާން އޭ ޤަބޫލެއް ނުކުރެވޭ ދޯ ޒިވް އަހަރެންވެސް ހަމަ ހުރީ ކޮސްވެފާ ” މިފަހަރުވެސް ލައިޙާ ޖަވާބުދެމުން ބުނެލިއެވެ. ” އޭން ހަމަ ރަނގަޅަށް ، އެނީވޭސް ކޮންގްރާ ތީ އެންމެ ރަނގަޅު ސޮރުހަމަ ” ހީލަމުން ޒިވްޔާ ބުނެލިއެވެ. ” ތެންކްސް ޒިވް ” ރަކި ހީލުމަކާއެކު ޔުލީން ބުނެލިއެވެ. ތިން އެކުވެރިން ވެސް ވާހަކައިގައި ތިއްބާ މެދުކަނޑާލަން ޖެހުނީ ޒިވްޔާ ފޯނު ރިންގް ވުމުންނެވެ. ގުޅަނީ ނުޒްހަތް ކަމުން ޒިވްޔާ ފޯނުނަގާލީ ހައިރާންވެ ހުރެއެވެ. ހަމައެހެންމެ އޭނާގެ ހިތްވެސް ތެޅެލިއެވެ. ފޯނުނަގާ ކަންފަތުގައި ޖައްސާލުމާއެކު އިވުނު ބަސްކޮޅުގެ ސަބަބުން ޒިވްޔާގެ އަތުން ފޯނުދޫވެގެން ދިޔައެވެ. އެއާއެކު ޝައުޤުވެރިވެފައި ތިބި ޔުލީން އަދި ލައިހާ އަށް ހައިރާން ކަމެއް ލިބުނެވެ. ޒިވްޔާގެ ދެލޮލަށް ކަރުނަތައް ބޮޑިވެގެން ދިޔައެވެ. އަދިވެސް ނުޒްހަތް ގެ ބަސްކޮޅު ކަންފަތް ބުޑުގައި ގުގުމަމުން ދާފަދައެވެ. އަރޫޝާ މަރުވިވާހަކަ ނުޒްހަތް ފޯނު ކަންފަތުގައި ޖެހި ޔުލީން ކައިރި ވެސް ބުނިއެވެ. ހަމްދަރުދީގެ ނަޒަރަކުން ޔުލީން އަށް ގަބުވެފައި އިން ޒިވްޔާ އަށް ބަލައިލެވުނެވެ. ލައިހާ އަށް ވެސް ވާނުވާ އަންގާލިއެވެ. ދެމީހުން ދެފަޅިން ޒިވްޔާގެ ގައިގައި ހިފަހައްޓާލިއެވެ. ” ޒިވް ހަމަޖެހޭ ހިނގާ ހޮސްޕިޓަލް އަށް ދާން ” ޔުލީން ޒިވްޔާ ރޯން ހެދުމުން ބުނެލިއެވެ. ” އަންނާނަން ބައްޕަ އަށް ކާރުގައި ދެވޭތޯ ބަލާލާފައި ” އަވަސް އަވަހަށް ލައިހާ ބުނެލިއެވެ. އަދި އެއަށްފަހު ދުވެފައި ކަހަލަ ގޮތަކަށް ކޮޓަރިން ބޭރަށް ނިކުތެވެ. އެއިރު ޒިޔާދުގެ އާ ނޫރީންގެ އިތުރުން ޒަޔާން ވެސް އެތާގައި އިނެވެ. ” ބައްޕާ ކާރުގައި ހޮސްޕިޓަލް އަށް ދެވިދާނެ ތަ ” ލައިހާ އަވަސް އަވަހަށް އަހާލިއެވެ. ” ކިހިނެއް ވީ ދަރިފުޅާ ” ޒިޔާދުގެ ކުރިން ނޫރީން ހައިރާން ވެފައި އަހާލިއެވެ. ” މަންމާ ޒިވް ގެ މަންމަ ކުއްލިގޮތަކަށް ނިޔާވެގެން ، އެއީ ބަލި ދައްތަ އެއް” ލައިހާ ބުނެލިއެވެ. ” ހަމަ ތެދެއް ދަރިފުޅާ އެކަމް ބައްޕަ މިއޮޅެނީ އަތެއްގައި ރިއްސާވަރުން ޒަޔާން ދާންވީނު ލައިހާ މެން ގޮޥާގެން ” ޒިޔާދު ބުނެލިއެވެ. ވާހަކަ ތައް އަޑުއަހަން އިން ޒަޔާން އަވަސް އަވަހަށް ބޯޖަހާލަމުން ޒިޔާދު ދިން ތަޅުދަނޑީގައި ހިފާލަމުން ބޭރަށް ނިކުތީ ކާރު ގެނައުމަށެވެ. ލައިހާ އާ ޔުލީން ޒިވްޔާ ގޮވާގެން ތިރިއަށް ފޭބިއިރު ކާރުގައި ލައްގަނެލައިގެން ޒަޔާން ހުއްޓެވެ. ޒިވްޔާގެ ރަތްވެފައި ދެލޮލާ މޫނުފެނުމުން ޒަޔާން އަށް ގޮތެއް ވެލިއެވެ. އެހެންނަމަވެސް އަވަސް ކޮށްލަމުން ކާރަށް އަރާލިއެވެ. އަދި އެންމެން ހަމަޖެހުމުން ކާރު ދުއްވާލިއެވެ. ހިތުގެ ބަލީގައި އަރޫޝާ ސީރިއަސް ވެގެން ދުނިޔެއަށް އަލްވަދާއުކީކަން ޒިވްޔާ އަށް އިނގުނީ ނުޒްހަތް ބުނުމުންނެވެ. އަދި މީގެ ފަހުން ޒިވްޔާ އުޅެނީ ނުޒްހަތް މެންގޭގާ ކަން ވެސް ނުޒްހަތް އެ އެންމެން ކައިރި ބުނެލިއެވެ.
އަރޫޝާ ގެ ކަށުކަމާކެމީގެ ކަންތައް ނިންމާލީ ފަތިސް ނަމާދަށް ގޮވިތަނުންނެވެ. އެއިރަށް ޒިވްޔާ ކައިރި ލައިހާ އަދި ޔުލީންވެސް ތިއްބެވެ. އެހާއިރު އެތާ ޒަޔާން އަދި ރިޔާން ވެސް ހުއްޓެވެ. ދުނިޔެ މައްޗަށް އިރުގެ ދޯދިތައް ދޫކޮށްލީ ނުޒްހަތް މެންގޭގައި އިން ޒިވްޔާ ރޯން އިންދައެވެ. އޭނާ އަށް ޙާއްސަ ކުރެވިފައިވާ ކޮޓަރީ ގައި ޒިވްޔާ އިނީ އެނދުގައި ލެގިލައިގެން ރޯލާށެވެ. ކައިރީ އޭނާގެ ދެގޮތެއް ނުވާ އެކުވެރިއެއް ކަމަށް ވާ އޭނާ ގެ ޑައިރީ ހުޅުވިފައިވެއެވެ. އޭނާ ހަޔާތުގެ އުސްއަލިތަކާ ނާކާމިޔާބީތައް އެއިގައި ޒިވްޔާ ހިއްސާކުރަނީ ހިތުގައި ރައްކައުކުރަން ބޭނުން ނުވެގެންނެވެ. ލޯމަރާލާއިރަށް އަރޫޝާ ގެ އެއްވެސް ދިރުމެއް ނެތް މޫނުފެންނަކަހަލަ އެވެ. އެހެން އިންދާ ނިދުނީވެސް ރުޔުމުގެ ތެރެއިންނެވެ.
” ކޮބާ ޒިވް ކިހިނެއް ؟ ” ޔުލީން އާ ގުޅާލަމުން ލައިހާ އަހާލިއެވެ. ” ނޭނގެ އައިފަހަކުން ކޮޓަރިންނެއް ނުނިކުމޭ ، ނުވެސް ދަން ރޯލިއަ ދޭން ވާނެއެއްނު ދޯ ޒިވްގެ ހުރި ހަމަ އެކަނި މީހަކީ އެއީނު ” ދެރަވެލާފައި ޔުލީން ބުނެލިއެވެ. ” އާން ދޯ ޒިވް އަށް ބަލާއްޗޭ ، އެވަރަށް ރޯކަށް ވެސް ނުވާނެ ޔުލީ ދޭބަލަ ނިކަން ބަލައިލަން ” ހާސްވެފައި ހުރެ ލައިހާ ބުނެލިއެވެ. ” އާން އެބަ ހަބަރެއް ވަން ” މިހެން ބުނެ ޔުލީން ފޯނުކަނޑާލިއެވެ. ލައިހާ ދެއްކި ވާޙަކަ އަޑުއިވޭ ހިސާބުގައި ހުރި ޒަޔާން އަށް ފުންނޭވާއެއް ދޫކޮށްލެވުނެވެ. ޒިވްޔާ އަށް ކާއެއްޗެހި ހިފައިގެން ޔުލީން އެކޮޓަރިއަށް ދިޔައިރު މުށިތައް މަތީ އޮތް ޒިވްޔާ ފެނުމުން ކަންބޮޑުވިއެވެ. އެހެންކަމުން އަވަސް އަވަހަށް އެތެރެ އަށް ވަނެވެ. ގޮވާގޮވާވެސް ޒިވްޔާ ނުތެދުވުމުން ޔުލީން ނުޒްހަތް އަށް ގޮވަން ފެށުނެވެ. އަވަސް އަވަހަށް އޭނާ ހޮސްޕިޓަލް އަށް ގެންދަން ނުޒްހަތް ބޭނުންވިއެވެ. ލައިހާ އަށް ގުޅާލަމުން ޔުލީން ޒިވްޔާ ހޮސްޕިޓަލް އަށް ގެންދިޔަ ވާހަކަ ބުނެލިއެވެ. އެވަގުތު ގޭގައި ޒަޔާން އެކަނި ހުރުމުން ބޭނުން ނުވިޔަސް ޔުލީން ޒަޔާން އާއެކު ހޮސްޕިޓަލް އަށް ދާން މިސްރާބުޖެހިއެވެ. ހަކަތަ ހުސްވުމުގެ ސަބަބުންނާ ގަދަޔަށް ހުން އައިސްފާ ހުރުމުގެ ސަބަބުން ޒިވްޔާ ހޭނެތުނީ ކަމާ ރަނގަޅުވަންދެން ހޮސްޕިޓަލް ގާ ބާއްވާ ވާހަކަ ޑޮކްޓަރު ބުނި އަޑު އެތަނަށް އައި ލައިހާ އަދި ޒަޔާން ގެ ކަންފަތާ ހަމަޔަށް ފޯރިއެވެ. އަދިވެސް ޒިވްޔާ ހޭނާރާތީ ޔުލީންގެ އެދުމަށް ރިޔާން ނުޒްހަތް ގޮވާގެން ދިޔުމަށް އެދުނީ އޭނާ އެތާގައި އިންނާށެވެ. ގަދަހެދުމައް ނެތި ނުޒްހަތް ރިޔާން އާއެކު ދިޔައެވެ. ދަމުން ރިޔާން ދިޔައީ އޭނާ ކައިރި ހުރި ލައިހާ ގެ އަތުގައި ހިފާލަމުންނެވެ. ލައިހާ އަށް ސިހުން ލިބުނެއް ކަމަކު ހިނިތުންވެލީ ރިޔާން ވެސް ހިނިތުންވެލުމުންނެވެ. މިމަންޒަރު ޒަޔާންގެ ލޮލަށް ވަންހަނުވެއެއް ނުދިޔައެވެ. ރިޔާން އާ ދިމާލަށް ބަލައިލަމުން ޒަޔާން ދެން ކަންތައް ކުރަންވީގޮތް ހިތަށް އަރުވާލިއެވެ. އެތާ ތިބިތާ އިރުކޮޅެއްފަހުން ބޭސްސިޓީ ހިފައިގެން ނަރުސް ކުއްޖާ އައުމުން ލައިހާ އޭގާ ހިފާލިއެވެ. ލައިހާ ދާން ހެދުމުން ޔުލީން ވެސް އޭނާފަހަތުން ދިޔައީ ކެންޓީނުން އެއްޗެއް ކާލަން ކަމަށެވެ. ޒަޔާން ޒިވްޔާ ކައިރި އިށީނދެލިއެވެ. މަޢުސޫމް ގޮތަކަށް ޒިވްޔާ ނިދާލާފައިވާއިރު އެ ދޮންމޫނުގައި ދިރުމެއް ނުވެއެވެ. ޒިވްޔާ އަށް ބަލަން ޒަޔާން އަށް އިނދެވުނީ ކީއްވެގެން ކަމެއް ނޭނގެއެވެ. އެނދުމަތީގައި އޮތް ޒަޔާންގެ އަތުގައި ޒިވްޔާ ހިފާލިކަމުގެ އިޙްސާސް ވުމުން ޒަޔާން އެދިމާލަށް ބަލާލިއެވެ. އެއިރު ދެލޯ ފިއްތާ ބާރުކޮށްގެން އޮވެ ޒިވްޔާ ދިޔައީ އަރޫޝާ އަށް ގޮވަމުންނެވެ. ދެލޮލުގެ ކޮޅުން ކަރުނަ އަންނަތަން ފެނެއެވެ. ޒިވްޔާ ހޭއަރާފިކަން އިނގުމުން ޒަޔާން ޒިވްޔަގެ ކޮނޑުގައި ހިފާލަމުން ތަޅުވާލިއެވެ. އެއާއެކު ސިއްސާގެން ގޮސް ޒިވްޔާ ދެލޯ ހުޅުވާލިއެވެ. ކައިރީ ހާސްވެފައި އިން ޒަޔާން ފެނުމުން މީހާ އަށް ހައިރާން ކަމެއް ލިބުނެވެ. ދެލޮލުން އައިސްފާ ހުރި ކަރުނަތައް ޒިވްޔާ ފިލުވާލީ ޒަޔާން އަށް ފެނުނަ ނުދޭންވެގެންނެވެ. ” ޒިވްޔާ ޔޫއޯކޭ ؟ ” ޒަޔާން އަހާލިއެވެ. ބޯޖަހާލަމުން ޒިވްޔާ އޭނާ ކައިރި ހުރި މޭޒަށް ބަލައިލީ ކަރުހިއްކާފައި ހުރުމުންނެވެ. ” ކޯންޗެއް ހޯދަނީ ” ޒަޔާން އަށް ފާހަގަ ވެގެން އަހާލިއެވެ. ” ފެން” މަޑުމަޑުން ޒިވްޔާ ބުނެލިއެވެ. ގިނައިން ރުޔުމުގެ ސަބަބުން ޒިވްޔާގެ އަޑުވަނީ ބެދިފައެވެ. އެހެންކަމުން އެހާބާރަށް ވާހަކަ ދައްކަން އުނދަގޫވީއެވެ. ބޯޖަހާލަމުން ޒަޔާން ފެންތައްޓެއް އަޅާފައި ޒިވްޔާ ތެދުވެލަން އެހީވެލިއެވެ. އެއަށްފަހު އޭނާގެ އަތުން ފެންތަށި ދިނެވެ. ޒަޔާން އަށް ބަލައިލަމުން ޒިވްޔާ ފެންފޮދެއް ބޯލިއެވެ. ” ބަނޑުހާ ދޯ ، ހަކަތަ ހުސްވެގެން ހޭނެތުނު ވާހަކަ ޑޮކް ބުނި އަޑުއެހިން ” ހިނިތުންވެލަމުން ޒަޔާން ބުނެލިއެވެ. އެވަގުތުވީ ޒިވްޔާގެ ބަނޑުން އަޑުކިޔާލި ވަގުތެވެ. އެހެންކަމުން ޒިވްޔާ ބޯޖަހާލިއެވެ. ” ވެއިޓް އެބަހުތިބާ ކާއެއްޗެއް ؟ ” މިހެން ކިޔާފައި ޒަޔާން މޭޒުމައްޗަށް ނަޒަރު ހިންގާލިއެވެ. އެއިރު ކޮތަޅެއްގައި އިން ދެ ސޭންޑްވިޗް އޭނާގެ ލޮލުގައި އަޅާގަތެވެ. އެހެންކަމުން އެގެނެސް ޒިވްޔާ އަށް އެ ކެވޭ ގޮތް ހެދިއެވެ. ކެއުމުގެ ސަބަބުން ގައިގާ ވަރުޖެހުމުން ޒިވްޔާ އަށް ހަރަކާތް ކުރެވޭ ވަރުވިއެވެ. ” ތެންކިޔޫ ” އޮށޯވެލަމުން ޒިވްޔާ ޒަޔާން އަށް ޝުކުރު އަދާކުރިއެވެ. މިއަދު ޒަޔާންގެ ފަރާތުން ފެނުނު ގާތްކަމުގެ ސަބަބުން ޒިވްޔާ ގެ ހިތަށް ކުޑަނަމަވެސް އުފާވެރިކަމެއް ލިބުނުފަދައެވެ. ” ކޮބާ ދެން އެހެން މީހެއް ނާދޭތަ ” އިރުކޮޅެއް ފަހުން ޒިވްޔާ އަހާލިއެވެ. ” ނޫން ލައިހާ އާ ޔުލީން އުޅުނު މިހާރުވީ ކެންޓީނަށް ގޮސްފާ ” ޒަޔާން ބުނެލިއެވެ. އެވަގުތު ރޫމް ތެރެ އަށް ލައިޙާމެން ވަތެވެ. ” ޒިވްޔާ ހޭލީ ދޯ ، ހިނގާ ކާން ” އަވަސް އަވަހަށް ޔުލީން ބުނެލިއެވެ. ” ކައިފިން ދެންމެ ” ޒަޔާން އަށް ބަލައިލަމުން ޒިވްޔާ ބުނެލިއެވެ. ” އޯހް ދެން ހިނގާ ބޭސް ކާން ، ޒަޔާން ދެން ދިޔަޔަސް އޯކޭ ” ލައިހާ ބުނެލިއެވެ. ބޯޖަހާލާފައި ޒަޔާން އެތަނުން ދިޔައެވެ. ތިން އަންހެން ކުދިން މެދުގައި އެވަގުތު ވާހަކަ އޮލަވެގަތެވެ. ޒިވްޔާ ކުޑަކޮށް ނަމަވެސް ހަމަޖެހިފައި ވުމުން ލައިހާ އަދި ޔުލީންގެ ހިތަށް ވެސް ވަނީ ހަމަޖެހުން ލިބިފައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
4 Comments!
Comments are closed.




ummm hlw readers
keeve ehn id akah up vefaa meenee
i cant see this part on my page
i will repost it in my id
Hlw readers
mihaaru alugaduge iD ragaluvefaa vhk bunelan
and ISA vrh avaha 16 vana baa kiyaalan libeyne
keep waitting
hellw sisooooo… lakka zamaan vejje dhw cmnt eh nukohleveythaa.. hehehe.. hama bxy kamun ingey… eyyy vvvvvvvvv salhi ingey hama stry kuriyah dhaa goiy.. hama habeys! 1 vana! u r one of my fvrt authors now.. hehehe… alheyyy ziv ge mum maru v dhww… RIP.. so sad… alhe dhn zayaan ah vx heyo visun libeyne dhuvahakah mi wait kurevenee. dhn riyaaanoo kaey firihenakah vgn avahah propose kohbala dhenvx.. ehn noonee theyo naashi kaalhu jahaigenfaane.. hahah dhw ril sisoo.. bunebala mi riyaan soru gaathu… adhi ma bunaa ehcheh adeh vx ahaa soreh nooney mi riyaan meekee.. sahaadheh.. amaa kekkeema kaigen ulhey ehcheh rangalhah viyyaa mee.. huvaa.. ey once again hama vvvvvvvv reethi ingey kuryah dhaa goiy.. waiting for the nxt prt.. ss nd tvgc darling! lysssssssssssssmmmm.. emmenah vx vrh salaam ingey… bye for now lwbyyyyy
Hlwww naayuuu
ahahaha aan lahka zamaaneh dhw. but its fine I undrstand so dont worry sweetie
Awwwwnnn Thank uuu sooo much
Rly it means a lot to me . Ima so happy .
Labba saydu right ziv mom died
ISa zayaan vxx adhi ragalu vaane waitu kohlaa
hahahahahah Riyaan vxx adhi firihenakah vaane eyyy . ahahaha labba bunelaana riyaan kairi naayuu ge vhk . Ahahahaha heyw kohvee aa vaany thiyahen
Thank uuu again ISA i wont disappont u or any other reader
next part mihaaru submit kohlan vegen mioleny . keep waiting luwss
Aww luws yaa more , labba salaam naayuu ah vxx yup byeee sweetie Take care