Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ލޯބި

ގާތުގާވުމަށް ހިތް އެދެނީ (11)

🌹YEOJA🌹 Level 610 Stories100 Login100 Comments
August 22, 2021 4 Mins Read
1 Comment

ޕްރައިވެޓް ރޫމް ތަކާދިމާލުން ތަންކޮޅެއް ދުރުގައި ހުރި ރޫމްއަކަށް ނުޒްހަތް އާއެކު ޔުލީން ވަންއިރު ދޮރާ ފުރަގަސް ވާގޮތަށް އިން އަންހެން ކުއްޖާ ފެނުމުން އެއީ އަރޫޝާ ގެ ދަރިކަން ޔުލީން އަށް އިނގުނެވެ. ދަނބުކުލައިގެ ޝޯލް އަކުން ބޯނިވާކޮށްލާފައި އިން އެ އަންހެން ކުއްޖާ ގެ މޫނުދުށުމަށް ޔުލީން ބޭނުންވެލިއެވެ. ޔުލީންމެންގެ ހިލަންވެގެން އެކުއްޖާ ފަހަތަށް ބަލައިލި ގަނޑީ ޔުލީން އަށް އެމޫނުފެނިލިއެވެ.

*******

” ޒިވްޔާ ، ދަރިފުޅާ ކިހިނެއްތަ ؟ ” ޒިވްޔާގެ ބޮލުގައި ފިރުމާލަމުން ނުޒްހަތް ބުނެލިއެވެ. ޔުލީން ޒިވްޔާ އަށް ހިނިތުންވުމެއް ރައްދުކޮށްލަމުން އެނދުމަތީގައި އެމީހުންނާ ދިމާލަށް ބަލަހައްޓައިގެން އޮތް މެދުއުމުރުގެ އަންހެންމީހާއަށް ބަލައިލިއެވެ. އަދި އެމީހާއަށް ވެސް ހިނިތުންވެލިއެވެ. ” ނުޒްހަތް މީތަ ޔުލީން އަކީ ” މަޑުމަޑުން އަރޫޝާ އަހާލިއެވެ. ” އާން ބޮޑުވެއްޖެ އެތްނު ދޯ އަރޫ ” ހީލަމުން ނުޒްހަތް ބުނެލިއެވެ. ” ޔުލީ ދަރިފުޅާ މީ އަރޫގެ ދަރިފުޅު ޒިވިޔާ އިނގޭ ހަމަ ދަރިފުޅުމެން ޢުމުރު ކުއްޖެއް ” ނުޒްހަތް ބުނެލިއެވެ. ” ހައި ” އިސްވެ ޔުލީން އަށް އަތްދިއްކޮށްލަމުން ޒިވިޔާ ބުނެލިއެވެ. ” ޔާ ހައި ” ޒިވިޔާގެ އަތުގައި ހިފާލަމުން ޔުލީން ބުނެލިއެވެ. ނުޒްހަތް އަށް ތަންދެމުން ޒިވިޔާ ކޮޓަރީ އެތްފަޅީގައި ހުރި ސޯފާ ގައި ޔުލީން އާއެކު އިށީނދެލިއެވެ. ދެމީހުންގެ މިޒާޖުއެތް ގޮތްކަމުން ޔުލީން އަދި ޒިވިޔާ ވެސް އެކުވެރިވާން ނެނގީ މަދު މިނެޓް ކޮޅެކެވެ. ” ނުޒޫ ، އަހަރެންގެ އެދުމެއް އޮބެތް ” ހިނިތުންވެ ވާހަކަ ދައްކަން ތިބި ޒިވިޔާ  އަދި ޔުލީން އަށް ބަލައިލަމުން އަރޫޝާ ބުނެލިއެވެ. ” އަވަހަށް ބުނޭ ” ނުޒްހަތް ބުނެލިއެވެ. ” ނުޒޫ އަށް އިނގެއެތްނު ޑޮކްޓަރުންވަނީ އަހަރެން ރަނގަޅުވާނެ ކަމަށް އުންމީދުކަނޑާލާފައި މިހެންއޮވެފައިވެސް އަހަރެން ޖެހިދާނެ އެންމެ ފަހު ނޭވާ ދޫކޮށްލަން ،ޒިވިޔާގެ ނެތް އަހަރެން ނޫންމީހެއް ، އަހަރެން އެދެނީ ނުޒޫ ޒިވްޔާ އާ ހަވާލުވެލުމަށް އެއީ އަހަރެންގެ ފަހުގެ ވަސީއްޔަތް ކަމަށް ބަލާ އަދި އަހަރެން ހަވާލުކުރި އަމާނާތެއް ކަމަށް ނުޒޫ ބަލާ ، ” ލޮލުން ކަރުނަ ހިލުނު ނަމަވެސް އަރޫޝާ ބުނެލިއެވެ. ” ދެން އަރޫ ތިކަހަލަ ވާހަކަ ނުދައްކަބަލަ ، އަރޫ ނުބުނިޔަސް އަހަރެން ޒިވިޔާ ބަލާނަމޭ އަހަރެންގެ ދަރިއެއްފަދައިން ދެން ތިކަހަލަވާހަކަ ނުދައްކާތި ” ލޮލުން އައި ކަރުނަތިކި ފޮހެލަމުން ނުޒްހަތް ބުނެލިއެވެ. ” ޝުކުރިއްޔާ އަހަރެންނަށް އަދިކިރިޔާ ހަމަޖެހެލެވުނީމިގެން އަހަރެން ނިމިގެން ދެންދާނީވެސް އުފަލާއެކީ ” ނުޒްހަތް ގެ އަތުގައި ހިފާލަމުން އަރޫޝާ ބުނެލިއެވެ. ރޭގަނޑު މާލަސްވުމާއެކު ނުޒްހަތް ޔުލީން ގޮވާގެން ދާން ހިނގާގަތީ ކަމެއް ބޭނުންވެއްޖެ ނަމަ ޒިވިޔާކައިރި ގުޅުމަށް ބުނުމަށް ފަހުއެވެ. ޔުލީން އަދި ޒިވިޔާވެސް އެކުވެރިވެފައިވާއިރު ހޭދަވި މަދު ގަނޑިއިރު ތެރޭގައި އެކަކު އަނެކަކާ ބެހޭ ގޮތުން އެތައް ބައިވަރު ކަމެއް މިދެމީހުންނަށް އިނގިގެން ދިޔައެވެ.

” ހަލޯ ލައީ ” ލައިހާ ފޯނުނެގުމާއެކު ޔުލީން ބުނެލިއެވެ. ” ލައްބަ ” ލައިހާ ބުނެލިއެވެ. ” މިރޭ ނިއު ފްރެންޑްއަކާ މީޓްވެއްޖެ އެތްނު ” ވަރަށް ހެވިލާފައި ޔުލީން ބުނެލިއެވެ. ” ކާކު އަނެއްކާ ” ލައިހާ އަހާލިއެވެ. ” މަންމަ ގެ ރައްޓެއްސެއްގެ ކުއްޖެއް ޒިވިޔާ ކިޔަނީ ” ޔުލީން ޒިވިޔާގެ ވާހަކަ ތައް ޔުލީން އަށް ކިޔާދިނެވެ. އަދި ލައިހާ އަދި ޒިވިޔާވެސް ބައްދަލުކޮށްދޭން ޔުލީން ނިންމިއެވެ. ” އަދި އިނގޭތަ މާދަމާ އޯ އެ ޒަޔާން އެތް ވެސް އަންނަނީ ” ލައިހާ ބުނެލިއެވެ. ” އަސްލު ކޮންއިރެއްގައި ” ޔުލީން އަހާލިއެވެ. ” މެންދުރު ފުރަޔޯ ،ބައްޕަ ބުނެއްޖެ ބާލަން ދާންޖެހޭނޭ ” ލައިހާ ބުނެލިއެވެ. ” އޯހް އޯކޭ ” ޔުލީން ބުނެލިއެވެ. އެކިއެކި ޥާހަކައިގައި ދެއެކުވެރިން ހޭދަކޮށްލަމުން ވަކިވެލީ އެގާރަވެސް ޖަހާފައި ހުއްޓައެވެ.

އެރިއިރާއެކު ޔުލީން އަދި ލައިހާ ދުވެ ނިންމާލައިގެން އެމީހެއްގެ މަންޒިލަށް އެމީހަކު ދިޔައެވެ. ސްކޫލަށް ދާންވާއިރަށް ނާސްތާކޮށްލައިގެން ޔުލީން ރިޔާން އާއެކު ލައިހާމެން ގޭދޮށަށް ނިކުންއިރު ވާހަކަ ދައްކަމުން ލައިހާ އަދި ނޫރީން ގެއިން ނިކުތެވެ. ” އަހަ ޔުލީން ، މިހާރު ނުވެސް އާދޭ ” ފުރަތަމަ ވެސް ނޫރީން ޝަކުވާކޮށްލިއެވެ. ” ސޮރީ ދައްތާ ، އެކަމް އައިސްލާނަން އަދި އިނގޭ ” ޔުލީން ބުނެލިއެވެ. ” އާން އަންނަން ވާނެ ، މީކޮންކުއްޖެއް ، ރިޔާން ތަ މީ އަނެއްކާ ؟ ” ނޫރީން އަހާލީ ޔަޤީންނުވެ ހުރެއެވެ. ” ލައްބަ ” ރިޔާން ޖަވާބު ދިނެވެ. ” ނޭނގޭނެ އެތްނު ދޯ އެދުވަހު ލައިހާ ގޮޥާގެން އައިއިރުވެސް ހީވިއޭ އެންމެން ތިބީމާ އަހަން ހަނދާން ނެތުނީ ، ކުޑައިރު ނިކަން ގިނައިން ރިޔާން އުރީމޭ ” ނޫރީން ބުނެލިއެވެ. ހިނިތުންވެލަމުން ރިޔާން ލައިހާ އަށް ބަލައިލަމުން ބޮލުގެ ފުއްކިބައިގައި އަތް ހިންގާލިއެވެ. ނުރީން ފިހާރަށް ދިޔުމުން ލައިހާ އަދި ޔުލީން ވެސް ސްކޫލާ ދިމާލަށް މިސްރާބުޖެހީ ވާހަކަ އޮލް ކޮށްލަމުންނެވެ. އެއިރު ރިޔާން ވެސް ގޮސްފިއެވެ.

މެންދުރުގެ އަވިގަދަ ވަގުތު ލައިހާ ގެއަށް ވަނީ ވަރުބަލިވެފައި ހުރެއެވެ. އެއާޕޯޓް އަށް ދާންޖެހޭތީވެ ލައިހާ ފެންވަރާލަން ވަނެވެ. ދޭއްޖަހަން ދިޔައިރު ލައިހާ ގެ އާއިލާ ތިބީ އެއާޕޯޓް ތެރޭގައެވެ. އެރައިވަލް ގޭޓް އާތަންކޮޅެއް ދުރުގައި ތިންމީހުންވެސް ތިބެލީ ޒަޔާން ނިކުންނާނެއިރެވެ. އެރައިވެލް ގޭޓުން ނިކުން ފިރިހެންކުއްޖާ އަށް އެތާ ތިބި އެންމެން ކަހަލަ ގޮތަކަށް ބަލަމުން ދިޔައެވެ. ހަމުގެ ކުލަ އަލިވެފައި މީހާގެ ރީތިކަން ވެސް ގަލަމުން ބަޔާންކުރަން އުނދަގޫވާނެކަން ޔަޤީނެވެ. އިސްކޮޅުން ދިގުވެފައި އެދެލޯ ފޮރުވާލައިފަނީ މިހާރުގެ އައިނަކުންނެވެ. ކަޅުކުލައިގެ ޖިންސްއަކާ ކަޅާ ހުދުގެ ގޮޅިޖެހި ގަމީހެއް ލާފައި ވާއިރު މީހާގެ ފިރިހެންވަންތަކަން އިތުރުކޮށްދީފައިވެއެވެ. ލޮލުން އަވިއައިނު ވަކިކޮށްލަމުން ޒަޔާން ވަށާ ނަޒަރު ހިންގާލިއެވެ. ތަންކޮޅެއް ދުރުން މެދުއުމުރުގެ ފިރިހެނެއް ހަނާއަޅާލިތަން ފެނުމުން ޒަޔާންގެ ތުންފަތަށް އަންހެން ކުދިންގެ ހިތްތައް ކަތިލާނެ ފަދަ ހިނިތުންވުމެއް ވެރިވެއެވެ. އެދިމާލަށް މިސްރާބުޖެހީ އެތްއަތުން ފޮށުދަމަމުންނެވެ. ޒިޔާދު ކޮޅަށް ތެދުވުމާއެކު ލައިހާ ވެސް ކޮޅަށް ތެދުވެލިއެވެ. ކުރިމަތިން އަންނަމުން ދިޔަ ފިރިހެން ކުއްޖާފެނި ލައިހާ އެހެންދިމާލަކަށް ބަލައިލަމުން އިސްޖާހާލިއެވެ. ޒިޔާދު އާ ހަމަވުމާއެކު ފުރަތަމަ ވެސް ޒަޔާން ގެ ނަޒަރު ދަތުރުކޮށްލީ އިސްޖާހާލައިގެން ހުރި ޒުވާން ރީތި އަންހެން ކުއްޖާ އާ ދިމާލަށެވެ. ފުރަތަމަ ވެސް ލައިހާގެ ރީތިކަން ޒަޔާންގެ ލޮލުގައި އަޅާގަތެވެ. ކޮންމެ ފިރިހެން ކުއްޖެގެ ވެސް ހިތްދަމައިގަންނަ ކަހަލަސިފައެއް ލައިހާ ގައިގައި ހުންނަކަން އޭނާ އަށް ފާހަގަވިއެވެ. މިމަންޒަރުބަލަން ޒިޔާދު އަށް ހުރެވުނީ ހިނިތުންވެލައިގެންނެވެ. ” ޒަޔާން މިއީ ލައިހާ އިނގެއެއް ނުދޯ ” ޒިޔާދު ބުނެލިއެވެ. ހިނިތުންވެލަމުން ޒަޔާން ލައިހާ އާ ދިމާލަށް އަތް ދިއްކޮށްލީ ސަލާމް ކޮށްލުމަށެވެ. ނުކެރިހުރެފައި ނަމަވެސް ލައިހާ ޒަޔާންގެ އަތުގައި ހިފާލިއެވެ. ލައިހާގެ މަޑުމަޑު އަތް ޒަޔާން އޭނާގެ އަތުތެރޭގައި ފިއްތާލިއެވެ. ފުރަތަމައިން ވެސް ލައިހާއަށް ޒަޔާން ގެ ފަރާތުން އުނދަގޫވެލިއެވެ. ވަރަށް ހާލަކުން ލައިހާ އޭނާގެ އަތް ޒަޔާން ގެއަތުން ވަކިކޮށްލިއެވެ. ” ހިނގާދަމާ ދޯ ” ޒިޔާދު ބުނެލިއެވެ. އެންމެން ވެސް އެއާރޕޯޓުން ނިކުންނަމުން ޒިޔާދުގެ ކާރަށް އަރައިލައިގެން މާލެ ދާން މިސްރާބުޖެހިއެވެ.

ގެއަށް އާދެވުމާއެކު ފުރަތަމަ ވެސް ޒަޔާން ވަނީ އޭނާގެ ކޮޓަރިއަށް ވަރުބަލި ފިލުވާލުމަށެވެ. ލައިހާ ވެސް އޭނާގެ ކޮޓަރިއަށް ވަތެވެ. ޒަޔާންގެ ސަބަބުން އޭނާގެ ހަމަޖެހުން މިއަދު ނަގާލިއެވެ. އައިރުޅިން މިއަދު ޒަޔާން ހިފި އަތް ގިނަފަހަރަކު ސައިބޯނި ލައިގެން ދޮވެލިއެވެ. އަތް ކޮންމެސް ވަރަކަށް ރަތްވެފައިވުމުން ލައިހާގެ އަތުގައި މަޑުތަދެއް ހުއްޓެވެ. އެގަނޑީ ރިންގްވި ފޯނާ އެކު ލައިހާ އަށް ފޯނާދިމާލަށް ދެވުނެވެ. ” ކިހިނެއް ވީ ޔުލީ ” ޔުލީންގެ ކޯލަކަށް ވުމުން ލައިހާ އަހާލިއެވެ. ” އެބަ ދޮންބެ ފޮނުވަން ބަލާ އާދެބަ މިގެއަށް ” ޔުލީން ބުނެލިއެވެ. ” އޯކޭ ” ލައިހާ އެއްބަސް ނުވަނީސް ޔުލީން ނުހުއްޓާނެ ކަން އިނގުމުން ލައިހާ ބުނެލިއެވެ. ރިޔާން އަންނަން ވާއިރަށް ތައްޔާރުވެލައިގެން ލައިހާ ނިކުތީ ރަތްވެފައިވާ އަތުގައި ހިފާލައިގެންނެވެ. އަތުގައި ތަދެއް ހުރުމުން ލައިހާ އަށް އުނދަގޫވަމުން ދިޔައެވެ. ލައިހާ ނިކުން އިރު ރިޔާން އެދިމާލަށް ގާތް ކުރަނީއެވެ. ” ހައި ލައީ ” ރިޔާން ބުނެލިއެވެ. ލައިހާ ހިނިތުންވެލަމުން ރިޔާން ގެ ފަހަތައް އަރަންވެގެން ރިޔާންގެ ގައިގައި އޮޅުމަކުން ޖައްސާލެވުނީ ތަދުވާ އަތެވެ. ” އައުޗް ” ސައިކަލަށް ރަނގަޅަށް ނޭރެނީސް ފައިބަމުން ލައިހާ އަށް ބުނެވުނެވެ. ” ލައީ ކިހިނެއް ވީ ” ކަންބޮޑުވެފައި ރިޔާން އަށް އަހާލެވުނެވެ. އެގަނޑީ އޭނާގެ ލޮލުގައި ލައިހާގެ ރަތް ވެފައިވާ އަތް އަޅާގަތެވެ. ” މީކީއްވެފާ ” ލައިހާގެ އަތުގައި ބަލައިގެން ތަދުނުވާނޭހެން ހިފާލަމުން ރިޔާން ބުނެލިއެވެ. ” އެއީ … އަނެއް ފިހިފާ ” ބުނާނެ އެއްޗެއް ނޭނގިގެން ލައިހާ ބުނެލިއެވެ. ” ލައީ މެންނަކަށް ނޭނގޭނެ ބަލައިގެން އުޅޭކަށް އެންމެ ފަހުން މިހުރީނު ވެފައި ހުރިގޮތް ، އެހަށް ހިނގާ ތިތާ ބޭސްއަޅަންދާން ” ކަންބޮޑުވެފައި ހުރެ ރިޔާން ބުނެލިއެވެ. ރިޔާންގެ ފަރާތުން އޯގާތެރިކަން ފެނުމުން ލައިހާގެ ހިތް ތެޅެލިއެވެ. މިހާރުން މިހާރަށް ރިޔާން ކައިރި ލޯބިވާ ވާހަކަ ބުނަން ވެސް ލައިހާ ހިތަށް އެރިއެވެ. ނަމަވެސް އެއީ ލައިހާ އަށް ވާނެކަމެއް ނޫނެވެ.

ލައިހާގެ އަތުގައި ބޭސް އަޅައިގެން ގެއަށް އާދެވުނު އިރު ބައިގަނޑިއިރު ލަސްވިއެވެ. ” ކަލޭނޭ ދެމީހުން ޑޭޓް އަކަށް ދިޔައީތަ މާލަސްވީ ” ޔޫއާން އަހާލިއެވެ. ވަގުތުން ލައިހާގެ މޫނަށް ޖަންބުކުލަ އެރިއެވެ. ރިޔާން ކަނޑަ ނުޥާންވެގެން އެއްބަސްވެލިއެވެ. އެވަގުތު ލައިހާގެ ލޮލުގައި އަޅާގެން ޒިވިޔާފެނި ޔުލީން އަށް ބަލައިލިއެވެ. ލައިހާ ކައިރ އައުމަށް އިޝާރަތް ކޮށްފައި ޔުލީން ސޯފާއިންތެދުވަމުން ޒިވްޔާގޮވާގެން ލައިހާ އަށް އެއްވަރަށް ދިޔައީ އޭނާގެ ކޮޓަރިއަށެވެ. ރިޔާން އަދި ޔޫއާން ވެސް އަމިއްލަވާހަކައިގައި ތިބެފައި ކޮފީއެއްބޯލަން ނިކުމެލިއެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

🌹YEOJA🌹

Level 610 Stories100 Login100 Comments

Other Articles

Previous

ތި ސޫރަ ނޫން 11

Next

ވާ ލޯބި އެނގޭ ނަމަ ( 5 ވަނަ ބައި )

Next
August 22, 2021

ވާ ލޯބި އެނގޭ ނަމަ ( 5 ވަނަ ބައި )

Previews
August 20, 2021

ތި ސޫރަ ނޫން 11

One Comment

  1. ?YEOJA? says:
    August 22, 2021 at 1:00 pm

    Hello readerss
    Here’s the 11 th part with new characters and also with a new cover
    hope u all will like it
    next ISA soon
    stay safe and tvgc

Comments are closed.

Next Episodeގާތުގާވުމަށް ހިތް އެދެނީ (12)←


All Right Reserved!