ގާތުގާވުމަށް ހިތް އެދެނީ (12)
ޔުލީން ލައިހާ އަދި ޒިވްޔާގެ އަތުގައި ހިފާލަމުން ޔުލީންގެ ކޮޓަރިއަށް ވަންތަނުން ޔޫއާން އަދި ރިޔާންވެސް ވާހަކައިގައި ތިބެ ކޮފީއެއް ބޯލަން ނިކުތެވެ.
” ލައީ ބުނީމެންނު ޒިވްޔާ އެއްގެ ވާހަކަ މީއޭނަ އިނގޭ ، އެން ޒިވް ދިސްއިޒް މައި ބެސްޓީ ލައިޙާ ” ޔުލީން އެކަކު އަނެކަކަށް ތަޢާރަފް ކޮށްދިނެވެ. ” ނައިސް ޓު މީޓް ޔޫ ޒިވް ” ލައިހާ އޭނާ ބޭސްއަޅާފައި އޮތް އަތް ދިއްކޮށްލަމުން ބުނެލިއެވެ. ” ޔަހް މީޓޫ ” ލައިޙާގެ އަތުގައި ތަދުނުވާނޭހެން މަޑުމަޑޫން ހިފާލަމުން ޒިވްޔާ ބުނެލިއެވެ. ” ވެއިޓް ލައީގެ އަތަށް ކީއްވީ ” ލައިހާގެ އަތަށް ބަލައިލަމުން ޔުލީން ބުނެލިއެވެ. ” ޒަޔާން ” ފުންނޭވާއެއް ދޫކޮށްލަމުން ލައިހާ ޔުލީން އަށް ސިއްރުނުކުރަންވެގެން ބުނެލިއެވެ. ” ތިބުނީ ” ލައިޙާ ބުނިއެއްޗެއް ނޭނގިގެން ޔުލީން އަހާލިއެވެ. ” މިއަދު އައިގަނޑީ އަހަރެންގެ އަތުގައި ހިފީ ސަލާމް ކުރަން ބަޓް ވަރަށް އަންކޮންފީވި އޭނާ އަތުގާ ބާރަށް ހިފާ އަތުގައި ފިރުމާ ހެދީ އިޓްވޯސް ހޮރިބަލް އެހެންވެ އައިރުޅިން ގަދަޔަށް އަތްދޮވެލީ ، ދެން ރިޔާން އަށް ފެނިގެން އޭނާ ބޭސްއަޅާދިނީ ” ވީގޮތް ލައިހާ ކިޔާދިނެވެ. ” ވަޓް ، މިހާރު އިނގިއްޖެ ކޮންކަހަލަ ފިރިހެނެއްކަން ” ޔުލީން ބުނެލިއެވެ. އެ މަޢުލޫ ދޫކޮށްލާފައި ޔުލީން އަދި ލައިހާ ޒިވިޔާ ބައިވެރިކޮށްގެން އެހެންވާހަކަ އެއް ފެށިއެވެ. ނުހަނު އަވަހަށް ޒިވިޔާ އަދި ލައިހާ ވެސް އެކުވެރިންނަށް ވެގެން ދިޔައެވެ. ޒިވިޔާއޭނާގެ ހަޔާތުގެ އެކިއެކި ވާހަކަ ތައް ލައިހާ މެންނާ ހިއްސާކޮށްލިއެވެ. އަދި ޔުލީން އަދި ލައިހާ އަކީ އޭނާގެ ފުރަތަމަ އެކުވެރިން ކަމުގައިވެސް ބުނެލިއެވެ. ނުޒްހަތް އަރޫޝާ ކައިރިއަށް ގޮސްފައިވުމުން ޒިވްޔާވެސް ކުރާނެ ކަމެއް ނެތުމުން ނުޒްހަތް ގެ އެހީގާ ޔުލީން ކައިރި އަށް އައީއެވެ. ތިން އަންހެން ކުދިން ވެސް އެކިއެކި ވާހަކައިގައި ތިބެސިޓިންރޫމް އަށް ނިކުން ވަގުތާ ރިޔާން މެން ވެސް އެތެރެ އަށް ވަން ވަގުތުވީ އެއްވަގުތަކަށެވެ. ” އުޅޭ މިރޭ އެންމެން ޑައިނަމޯ އަށް ޕިއްޒާ ކާންދާން ، މިހެން އުޅެފާ އެތެވެލެވެނީ ވެސް މަދުންނެއް ނު ދޯ ” ޔުލީން އޭނާގެ ހިޔާލު އެންމެނަށް އިއްވާލިއެވެ. ” ސަޅިވާނެ ” ރިޔާން ބުނެލިއެވެ. ” އެހެންމާ ހަރަދުގާ ހިފަން ޖެހޭނީ ރިޔާން ” ޔޫއާން ބުނެލިއެވެ. ” އޯކޭ އޭ މަނޫޅެމޭ ފިލާކަށް ” ހެމުން ހެމުން ރިޔާން ބުނެލިއެވެ. ޒިވިޔާ ވެސް އެމީހުންނާ ބައިވެރިވާން ނިންމާގެން ލައިހާ އާ ދެމީހުން ގެއިންނިކުމެގެން އެކީގައި ދިޔައީ އިއްތިފާޤުން ނަމަވެސް ދެމީހުން ގެ ގެ ކައިރީ ގައި ހުރީމައެވެ. ” ޒިވީ ގެ ބީއެފް އެއް ހުރޭތަ ؟ މިއޮތް ހުރިހާއިރު ވާހަކަ ދެއްކިއިރުވެސް އަހާލަން ހަނދާން ނެތުނީ ” ލައިހާ ބުނެލިއެވެ. ” ނޫން މިހާރު ނުހުރޭ އިޔާއެއްވެއްޖެ ބްރޭކް އަޕްވީތާ ، މީއަށް ޗީޓް ކުރީ އެހެންވެ ދެން މިހާރު ގެޓް އޯވާރ ވެސް ވެއްޖެ ، ދެން ހަމަ ބޭނުމީ މަންމަ ކައިރި ހުންނަން ” ހިތިގޮތަކަށް ހީލަމުން ޒިވިޔާ ބުނެލިއެވެ. ” އޯހް ރަނގަޅު ، ޒިވީ މަންމަ މިހާރު ރަނގަޅުތަ ؟ ” ލައިހާ އަހާލިއެވެ. ” ރަނގަޅުވާ ފަހަރާ ސަކަރާތް ވާ ފަހަރު ފަހަރު ހުންނަނީ ” ޒިވިޔާ ބުނެލިއެވެ. ” އިންޝާﷲ އަދި ރަނގަޅުވާނެ ” ޒިވިޔާ އަށް ހިތްވަރު ދިނުމުގެ ގޮތުން ލައިހާ ބުނެލިއެވެ. ދެމީހުން ވެސް އޮލަވާހަކައިގައި ތިބެ ވަކިވީ ޒިވިޔާ މެން ގޭ ދޮރުމަތިންނެވެ.
ލައިހާ ގޭތެރެ އަށް ވަންއިރު ޒަޔާން އާއެކު ނޫރީން އަދި ޒިޔާދުވެސް ވާހަކައިގައި ތިއްބެވެ. ކިތަންމެ ދާން ބޭނުން ނުވިޔަސް ލައިހާ ގޮސް ނޫރީން މެން ކައިރި އިށީދެލިއެވެ. ” ދަރިފުޅާ ދިޔައިރު ޒަޔާން ވެސް ގޮވާގެން ދިޔަނަމަ އެތްނު ، އެ ސޮރުވެސް އެއިނީ ފޫހިވެފައެއް ނު ” ޒިޔާދު ލައިހާ އަށް ބަލައިލަމުން ބުނެލިއެވެ. އެއްޗެކޭ ނުބުނެ ލައިހާ ހަމައެކަނި ހިނިތުންވެލިއެވެ. އިރުކޮޅެއް ނުވެ ލައިހާ އަދި ނޫރީންވެސް އެތަނުން ދިޔައީ ބެލްކަނީގައި ހުރި ގަސްތަކަށް ފެންފޮދެއް ލާށެވެ. ” މަންމާ މިރޭ ދާނަން އިނގޭ ޑައިނަމޯ އަށް ދާން ޔުލީ މެންގެއަށް ” ގަސްތަކަށް ފެންދޭން ހުރި ލައިހާ ބުނެލިއެވެ. ” މަންމަ އަށް މައްސަލަ އެއް ނެތް އަވަހަށް އަންނާތި އެކަމް ، ދަރިފުޅާ ޒަޔާންވެސް ގޮވާގެން ދޭބަލަ ނިކަން ” ނޫރީން އެދުނެވެ. ވަގުތުން ލައިހާ ގެ ހިތުގައި ފޫހިކަން އުފެދުނެވެ. އެހެންނަމަވެސް ނޫރީން ގެ އެދުން ޤަބޫލުކޮށްލިއެވެ. ގަސްތަކާ ކުޅެ ނިމުމާއެކު ލައިޙާ ގޭތެރެ އަށް ވަންއިރު އެކަނިމާއެކަނި ފޯނާކުޅެން ޒަޔާން ސޯފާގައި ހަމަޖެހިލާގެން އިނެވެ. އޭނާކައިރި މިރެއަށް ތައްޔާރުވެގެން ހުންނާށޭ ބުނަން ހިތްވަރު ކޮށްލާފައި ލައިހާ ޒަޔާން ކައިރި އަށް ހުއްޓުނެވެ. މީހެއްގެ ހިލަމެއް ވެގެން ޒަޔާން އިސްއުފުލާލިއިރު ކައިރީ ހުރި ލައިޙާ ފެނުމުން އެތްމިޔަކަނިން ޒަޔާން ހީލިއެވެ. ” މީއަނެއް މިރެއަށް ތާކަށްދާން ތައްޔާރުވެގެން ހުންނާށޭ ބުނަންވެގެން ” ޒަޔާން އެހާވަރަށް ބަލާތީ އުނދަގޫވެގެން ލައިހާ އިސްޖަހާލަމުން ބުނެލިއެވެ. ” އޯކޭ ސްވީޓްހާޓް ބުނިގޮތެއް ” ފޮނިގޮތަކަށް ޒަޔާން ބުނެލިއެވެ. ލައިހާ އަށް އުނދަގުލެއް ވިއެއް ކަމަކު ކުޑަކޮށް ހިނިތުންވެލަމުން ބާރު ފިޔަވަޅުތަކެއްގައި ކޮޓަރިއަށް ވަނެވެ. ލައިހާ ގޮސް އޮބާލަން ދެން ޒަޔާން ބަލަން އިނީ ދީވާނާ ވެފައި އިން މީހެއް ހެންނެވެ. އޭނަގެ ފިރިހެންވަންތަ ހިތާ ލައިހާ ކުޅެލިކަން ގައިމެވެ. އެހިތުގައި ލައިހާ ހޯދުމަށް އަޒުމް ކަނޑައެޅިއެވެ.
ރޭގަނޑުގެ ވަގުތެވެ. ތައްޔާރުވެގެން ކޮޓަރިން ނިކުން ލައިހާ ޖެހުނީ އެކޮޓަރިއަށް ވަންނަން އައި ޒަޔާން ގެގައިގައެވެ. ލިބުނު ފުރުސަތުގެ ބޭނުން ހިފަމުން ޒަޔާން ލައިހާގެ އުނަގަނޑުގައި ހިފާލިއެވެ. ލައިހާ ކައިރިއަށް އައި ރުޅީގައި ޒަޔާންގެ އަތުގައި ވިކާގަންނަމުން ގަދަކަމުން ދުރުވެލިއެވެ. ” ބިހޭވް ޔުއާރ ސެލްފް ” ލައިހާ އަށް ބުނެވުނެވެ. ވަކިއެއްޗެއް ނުބުނެ ހަމައެކަނި ހިނިތުންވުމަކުން ޒަޔާން ފުއްދާލިއެވެ. ” ސްވީޓީ ނުބުނަމެންނު ދާތަނެއް ވެސް ކޮންތާކަށް މިދަނީ ” ޒަޔާން އަހާލިއެވެ. ” ފުރަތަމަ އަހަރެންނަށް ނަމެއް ދެވިފައި ވޭ ސޯ އެނަމުން ގޮވަންވީނު އެން ދެން ބިހޭވް ކުރާތި މިދަނީ އަހަރެންގެ އެކުވެރިންތަކަކާއެކު ބޭރަށް އެހެންވެ އަހަރެން އެދެނީ ޒަޔާން އަމިއްލަ މީހާ ގެ ބިހޭވިޔާ އަށް ބެލުމަށް ” ހިތްހަމަ ނުޖެހިފައި ހުރެ ލައިހާ ބުނެލިއެވެ. ” ރުޅިއަރުވާލެވުނީ ދޯ ، ސޮރީ އެކަމް އައިކާންޓް ހެލްޕް ” ފޮނިގޮތަކަށް ޒަޔާން ބުނެލިއެވެ. ދެމީހުން ނިކުންނަމުން ފުރަތަމަވެސް ލައިޙާ ދިޔައީ ޒިވްޔާ ބަލައެވެ. އެގެއަށް ދިޔައިރު ޒިވްޔާ އަވަސް އަރުވާލައިގެން އުޅެގަތެވެ. އެހެންކަމަކަށް ބަލައިގެން އަންނަން ހަދައިގެން ޒިވްޔާ ގޮސް ޖެހުނީ ލައިހާ ކައިރި ހުރި ޒަޔާންގެ ގައިގައެވެ. ” ތަންކޮޅެއް ބަލައިގެން އުޅެބަ ” ހިތްހަމަ ނުޖެހިފައި ހުރެ ޒަޔާން ބުނެލިއެވެ. ” ސޮ..ސޮރީ ” ބިރުގަނެފައި ހުރެ ޒިވްޔާ ބުނެލިއެވެ. އަދި ލައިހާ ކައިރި އަށް ޖެހިލިއެވެ. ކިތަންމެ ރީއްޗަކަސް ޒިވްޔާ އަށް ޒަޔާންގެ ބަހުރުވަ އަދި އުޅޭ އުޅުން ކަމަކުނުދިޔައެވެ. ޒަޔާންގެ ގައިގައި ޖެހުނު ވަގުތާ އެ ފިރިހެން ވަންތަ މޫނުފެނުނުވަގުތު ޒިވްޔާގެ ހިތް ތެޅެލިއެއް ކަމަކު ޒިވްޔާ ޖެހިލުން ވިއެވެ. ” ޒިވް މީ ބައްޕަ ގެ އެކުވެރިއެއްގެ ދަރިއެއް ބުނީމެންނު ޒަޔާން އެއްގެ ވާހަކަ ، މީ އޭނާ ” ޒަޔާންގެ ބަހުރުވައިން ހިތްހަމަ ނުޖެހިފައި ހުއްޓަސް ލައިހާ ބުނެލީ ހިނިތުންވެލައިފައެވެ. ލައިހާ ޒިވްޔާގެ އަތުގައި ހިފާގަންނަމުން ހިނގާގަތެވެ. ފަހަތުން ޒަޔާން އައީ ހިތްހަމަ ނުޖެހިފައިހުރެއެވެ. ތިންމީހުން ޔުލީން މެން ގެއަށް ވަންއިރު ޔޫއާން އަދި ޔުލީން ކޮންމެސް ކަމަކާ ކޯޅެން ތިއްބެވެ. އެތާ ބޮލަށް އުނދަގޫވެފައި ރިޔާން އިނެވެ. ހެމުން ހެމުން ޒިވްޔާ އަދި ލައިހާ އެތެރެއަށް ވަންއިރު އާވެފައި ހުރި ޒަޔާން ވެސް އެތެރެ އަށް ވަތެވެ. ” ޔުލީ މިއައީ ” ލައިހާ ވަރަށް ބާރަށް ބުނެލިއެވެ. ހިނިތުންވެލި ޔުލީން ގެ ހިނިތުންވުން ފަނޑުވީ އެމީހުންނާ ދިމާލަށް ބަލަން ހުރި ޒަޔާން ފެނުމުންނެވެ. ” ލައީ މީތަ އެ ޒަޔާން އަކީ ” ލައިހާ ކައިރި އަށް ޖެހިލަމުން ޔުލީން އަހާލިއެވެ. ލައިޙާ ބޯޖަހާލިއެވެ. އެއިރު ރިޔާން އަދި ޔޫއާން ތިބީ ވާނުވާގައެވެ. އެހެންކަމުން ލައިހާ ޒަޔާން ގެ ތަޢާރަފް އެއް އެދެމީހުންނަށް ދިނެވެ. ރިޔާން ގެ ހިތްނުތަނަވަސް ކަމަކަށް ވެއްޓުނެވެ. އެމީހުންނާ ހިނިތުންވެލާފައި ޒަޔާން ސަލާމް ކޮށްލިއިރު ވެސް ރިޔާން ޖެހުނީ ގަދަކަމުން ހިނިތުން ވާށެވެ. ” ލައީ ހާދަ ގިނައޭ ދޯ ފްރެންޑްސް” ޒަޔާން ބުނެލިއެވެ. ލައިޙާ ބޯޖަހާލަމުން ޔުލީން ކައިރި ދަނީކޮންއިރަކުން ތޯ އަހާލިއެވެ. އެންމެން ވެސް ހިނގާފައި ދާން ނިންމީ ޑައިނަމޯ އެމީހުންގެ ގެއާ މާދުރުނޫން ކަމުންނެވެ. ގިނައިރު ވީވަރަކަށް ޒަޔާން ވެސް އެމީހުންނާ ރައްޓެހިވިއެވެ. އަދި ޒިވްޔާ ކިބައިން މާފަށް އެދުނީ އެނާ އަށް ރުޅިއާދެވުނީމައެވެ. ރިޔާން ގެ މޫނުން ހާސްކަން ފިލައިގެން ނުދެއެވެ. ޒަޔާން ލައިހާ އަށް ބަލާގޮތާ އޭނާގެ މޫނުގައި ވާ ހިނިތުންވުން ރިޔާން އަށް އުނދަގޫކުރެއެވެ. އެހެންނަމަވެސް މީހަކަށް ފާހަގަ ވުމުގެ ކުރިން އޭނާ ހިނިތުންވެލައެވެ. މަޑުން އިނެއް ކަމަކު ޒިވްޔާގެ ހާލަތު ގޯހެވެ. މީހާގެ ހިތްތެޅެމުން ދިޔައީ އޭނާ ގެ ކުރީގެ ލޯބިވެރިޔާ ފެނުނަސް ނުތެޅޭ ހާ ބާރަށެވެ. ޒަޔާން ގެ ހިނިތުންވުން އަދި އޭނާގެ ކޮންމެ ހަރަކާތެއް ޒިވްޔާގެ ހިތުގައި ރައްކައުކުރެވިފައިވެއެވެ. އެހެންނަމަވެސް އެއިން އެއްވަގުތުވެސް ޒަޔާން ގެ ނަޒަރު އޭނާ އަށް އަމާޒުނުވިތާ ވާހަކަ ވެސް ނުދައްކައެވެ. އެކަމާ ޒިވްޔާ ހިތް ރުޔެވެ. އޭނާއަށް ޒަޔާން ދެކެ ލޯބިވެވުނީ ބާއޭ ވެސް ހިތަށް އަރައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
3 Comments!
Comments are closed.




Hlw readers
hope u like this part too
next ISA soon
stay safe and tvgc
Vr reethi mi part ves.when is next.?? can’t wait ?
Thank uuu soo much ❤️❤️❤️
Ufaavehje kamudhiyakan Inguny maa
Next mihaaru in up vefaa
Stay safe and tvgc☺️?