ގާތުގާވުމަށް ހިތް އެދެނީ (10)
ލައިހާ އަނބުރާ ނިދަން އޮށޯވެލަން އުޅުނުނަމަވެސް ކަރުހިތްކާފައި ހުރުމުން ފެންފޮދެއް ބޯލަން ބެލިއިރު ފެން ފުޅި ނުގެނެވޭކަން ހަނދާންވުމުން ނިތްކުރިމަތީޖަހާލަމުން ކޮޓަރިން ނިކުމެގެން ކައިގެއަށް ދިޔައީ ފެންފުޅިބަލައެވެ. އެހިސާބަށް ދެވުނުއިރު އެތަން ދިއްލާފައި ހުރުމުން ލައިހާ ހައިރާންވިއެވެ.
*******
ހައިރާން ކަންމަތީގައި ހުރެ ލައިހާ ބަދިގެއަށް ވަންއިރު ރިޔާން ފުރުޖުދޮށުގައި ޖޫސްތައްޓެއް ބޯން ހުއްޓެވެ. ” ރިޔާން ” ލައިހާ އަށް ބުނެވުނެވެ. ” އާން ކަރުހިތްކާގަނެގެން ” ހީލަމުން ރިޔާން ބުނެލިއެވެ. ލައިހާ ވެސް ހިނިތުންވެލަމުން ފެންފުޅިއެއް ނަގަން ފުރުޖުކައިރި އަށް ޖެހެލިއެވެ.
އިރުގެ ދޯދިތައް ދުނިޔެއަށް ދައްކާލީ ޔުލީން އަދި ލައިހާ ބެލްކަނީގައި ކޮފީބޯން ތިއްބައެވެ. އެކިއެކި ވާހަކައިގައިތިބެގެން ދެމީހުންވެސް ކޮފީތަށިހުސްކޮށްލަމުން ބަދިގެފަރާތަށް ދިޔައިރު ރިޔާން އަދި ޔޫއާން ވެސް ހޭލައިގެން އަންނަނީއެވެ. ” ޔުލީ ކޮފީހަދާބަ ” އާފުރިލަމުން ރިޔާން ބުނެލިއެވެ. އަނގަޔަށް ގޮތެއް ހަދާލަމުން ޔުލީން ކޮފީހަދަން އަވަސްވެގަތެވެ. މެންދުރު އަތަށް އެޅުމުން ލައިހާ ގެއަށް ދާން މިސްރާބުޖެހީ ރިޔާން އާއެކުއެވެ. ނުވާކަމަކަށް ހަދައިގެން ތިއްބަސް ދެމީހުންގެ ހިތުގައި އެރޭވީ ކަންތައް އަދިވެސް ދެންމެ ވީކަމެއް ހެން ހަނދާން އެބަހުއްޓެވެ. އެކަމާ ދެމީހުންވެސް ތިބީ ވާހަކަ ދައްކަން ނުކެރިފައެވެ. ލައިހާ ގޭތެރެ އަށް ވަނުމާއެކު ރިޔާން ސައިކަލު ދުއްވާލީ ހިނިތުންވެލަމުންނެވެ. ” އަހަ ދަރިފުޅާ އައީތަ ” ކޮޓަރިން ނިކުން ނޫރީން އަށް ލައިހާ ވަންތަން ފެނުމުން އަހާލިއެވެ. ” ލައްބަ މަންމާ ” ހިނިތުންވެލަމުން ލައިހާ ބުނެލިއެވެ. ކޮޓަރިއަށް ވަންގޮތަށް ލައިހާ އެނދުމައްޗަށް ވެއްޓިގަނެވުނެވެ. ލައިގެން ހުރި ބޮޑުހެދުން ބޭލީ އަޑިން ޖާރޒީ ލައިގެން ހުރީމައެވެ. ފެންވަރާލަން ލައިހާ ވަދެލީ ހޫނުވެފައި ހުރުމުންނެވެ. ފެންވަރާގެން ލައިހާ އަށް ފާހަނައިން ނިކުންތަނާ ދޮރުގައި ޓަކިދޭންފެށިއެވެ. އެހެންކަމުން އަވަސްއަވަހަށް ދޮރުހުޅުވާލިއިރު ނޫރީން ހުރުމުން އެއައީ ކާންބަލާކަން ލައިހާ އަށް އިނގުނެވެ. މަތިން ކަޅުކުލައިގެ ވައްބުރުގަލެއް އަޅާލަމުން ލައިހާ މިސްރާބުޖެހީ ކާބަޔަށެވެ. އެއިރު ޒިޔާދުވެސް އައިސް އިށީނދެއްޖެ އެވެ. ” ދަރިފުޅާ ހަނދާންވޭތަ ޒަޔާން ؟” ޒިޔާދު އަހާލިއެވެ. ” ބައްޕާ ކޮން ޒަޔާން އެތް ހަނދާނެއް ނުވޭ ” އިރުކޮޅެއް ފަހުން ލައިހާ ބުނެލިއެވެ. ” ހަނދާނެއް ނެއް ދޯ ” ހީލަމުން ޒިޔާދުބުނެލިއެވެ. ލައިހާ ބޯޖަހާލިއެވެ. ” ދަރިފުޅުގެ ކުޑައިރުގެ ރަޙްމައްތެރިއެއް އެއީ މިހާރު ލަންކާ ގައި ކިޔަންވަން ހުންނަނީ ” ޒިޔާދު ކިޔާދިނެވެ. ” ބައްޕާ ކިހިނެއް ވީ ؟ ” ކުއްލިއަކަށް ޒިޔާދު ޒަޔާން ވާހަކަ ދެއްކުމުން ލައިހާ އަހާލިއެވެ. ” ޒަޔާން މިހަފްތާތެރޭގައި އަންނާނެ މާލެ ހުންނާނީ މިގޭގާ އިނގޭ ” ޒިޔާދުބުނެލިއެވެ. ” ލައްބަ އަޅުގަނޑަކަށް މައްސަލަ އެތް ނެތް ބައްޕާ ” ހިނިތުންވެލަމުން ލައިހާ ބުނެލިއެވެ.
ބަންދުދެދުވަސް ނިމި ލައިހާ މެން ވަޒީފާއަށް ނިކުންނަން ޖެހުނީއެވެ. ޔޫއާން އާ ރިޔާން ވެސް މިފަހަރު އަދްހަމް ގެ އޮފީހަށް ވަޒީފާއަށް ވަންއިރު ހަތަރުމީހުން ދިމާވާން ވަގުތު ވެސް ވަނީ މަދުންނެވެ. ދިޔަތާ ދެދުވަސްފަހުން ނުޒްހަތް މެން މާލެ އައީ ދަރިން އެކަނި ދޫކޮށްލާފައި ދެވުމާ އަދްހަމް އޮފީހުގައި ބުރަކޮށް އުޅެންޖެހޭނޭތީއެވެ. ޔުލީން އާ ލައިހާ ސްކޫލު ނިންމާލިގޮތަށް ކައިރީ ހުރިރެސްޓޯރެންޓްއަކަށް ވަދެލީ ބަނޑުހައިވެފާ ހުރުމާއެކުއެވެ. ދެމީހުންވެސް ރައިސް އަކަށް އޯޑަރުޖަހަމުން ގެނައި ކޯކުތަށިން ކޯކުކޮޅެއް ބޯލިއެވެ. ” އާން އަދި އިނގޭތަ ބައްޕަ ބުނި ކޮންމެވެސް ޒަޔާން އެތް އަހަރުން ގެއަށް އުޅެން އަންނަ ވާހަކަ ، އަދި ބުނި އެއީ އަހަރެން ވަރަށް ކުޑައިރު އެކުގައި އުޅުނު ކުއްޖެކޭ ، ބަޓް ހަނދަނެއް ނުވޭ ” ޒަޔާންގެ ވާހަކަ ލައިހާ ޔުލީން ކައިރި ބުނެލިއެވެ. ” އޭން ޒަޔާން އެކޭ ، ކާކުބާ އަނެއްކާ ، ލައީ ވަރަށް ކިޔުރިއަސް ތަ އޭނަ ބަލައިލަން ” ޔުލީން އަހާލިއެވެ. ” ނޯވޭ އިންޓަރެސްޓް އެތް ނެތް ދެން ބައްޕަ ކުޑައިރުގެ ފްރެންޑްއެކޭ ބުނީމާ ޖެހޭނެ އެތް ނު ވާހަކަ ދައްކަން ދޯ ” ފޫހިކަމާއެކު ލައިހާ ބުނެލިއެވެ. ” ދޮންބެ ގެ ކުއްޖެކޭ ދޯ މީ ” ދިމާކޮށްލުމުގެ ގޮތުން ޔުލީން ބުނެލިއެވެ. ” ހޫމް ދެން ޔުލީ އަކަށް ނޭނގޭތަ ؟ ” ދެރަނުވާން ވެގެން ލައިހާ ބުނެލިއެވެ. ދެމީހުންވެސް ކައި ނިންމާލުމަށްފަހު އައިސްކްރީމް ކައިގެން ރެސްޓޯރެންޓް އިން ނިކުތީ ސަކަރާތް ޖަހަމުންނެވެ. ދެމީހުންނަށް ވެސް އެރުނީ ރެސްޓޯރެންޓް ދޮރުން އެތެރެ އަށް ވަންނަން އައި ޔޫއާން އާ އޭނާގެ ކައިރި ހުރި އަންހެން ކުއްޖާ ކުރިމައްޗަށެވެ. ޔުލީން އަށް ޔޫއާން ކައިރި ހުރި އަންހެން ކުއްޖާ ނޫން އެހެން ދިމާލަކަށް ނުބެލެއެވެ. ޔޫއާން އާ އެހާ ކައިރ ހުރުމުން އޭނާއަށް ހަޖަމް ކުރަން އުނދަގޫވެލިއެވެ. ކިތަންމެ މޫނުމަތިން ދައްކަން ބޭނުންނުވިޔަސް ޔުލީންގެ މޫނުމަތިން ސާފުކޮށް އޭނާ ދައްކަން ބޭނުން ނުވާ ކުލަވަރުފެނެއެވެ. މިކަން ޔޫއާން އަދި ލައިހާއަސް ވެސް ފާހަގަ ވިއެވެ. ” ހައި ޔޫހާން ، މިހާރު ވަރަށް ދިމާނުޥޭ ދޯ ” ލައިހާ ބުނެލިއެވެ. ” ޔޫއާން މެން އެކިއެކި ކަންކަމުގައި ބިޒީ ވީމާ ދިމާއެއް ނުވާނެ އެތްނު ” ޔުއާން ކައިރީ ހުރި އަންހެން ކުއްޖާއަށް ބަލައިލަމުން ޔުލީން ބުނެލިއެވެ. ” އެ ތެދެއް ” ހިނިގަނޑު މަތަކުރަމުން ޔޫއާން ބުނެލިއެވެ. ލައިހާ އަދި ޔުލީން ވެސް އެތަނުން ދިޔައީ ޔޫއާން މެން އެތެރެ އަށް ވަނުމުންނެވެ. ” ޔުލީ ވާރޔޫ ޖެލަސް ދެންމެ ” ހެމުން ހެމުން ލައިހާ ބުނެލިއެވެ. ” އޭން ނޯ ” ޔުލީން އެކަމަށް އިންކާރުކުރިއެވެ. ” އޯކޭ ބަޓް އައިތިންކް ޔޫވާރ ” ލައިހާ ބުނެލިއެވެ. އެއިރު އޭނާގެ ހިނިގަނޑުމަތަވަނީ ކިރިޔާއެވެ. ނަމަވެސް ޔުލީން ރުޅިއައިސްފާނޭތީ ލައިހާ ނުހޭން ވެގެން ހުއްޓެވެ.
” ތިއްތީ ދެންމެ އަޅުގަނޑާ ދިމާލަށް މާވަރަކަށް އެބެލީ ކާކުތަ ، އައިވޯސް ސްކެއާރޑް ” އައިސްކްރީމް ކާން އިން އީޝާ ބުނެލިއެވެ. އީޝާ އަކީ ޔޫއާން ގެ ކަޒިން އެކެވެ. ދެމީހުން ވެސް އުޅެ ބޮޑުވީ އެކުއެކީގައެވެ. އެހެންކަމުން މިދޭތެރޭގައި ވަނީ އާދަޔާހިލާފު ލޮއިއްބެކެވެ. ” އެއީ ދޯ ، އެއީ ހަމަ ކްރޭޒީ ގާރލް އެތް ” ހިޔާލަކަށް ގެއްލިފައި އިނދެ ޔޫއާންބުނެލިއެވެ. ” އޯކޭ ” އެވާހަކަ އޮތްބާލަމުން އީޝާ ބުނެލިއެވެ.
އޮފީހުން އައިގޮތަށް ނިދާފައި އޮތް ރިޔާން އަށް ހޭލެވުނީ ޔުލީން ގޮވާގޮވާ އަނގައިގައި ލޭރަހަ ލާވަރުވުމުންނެވެ. ޔުލީން ފޮނުވާލަމުން ރިޔާން ފާހަނަ އަށް ވަދެ ތާޒާވެލައިގެން ކޮޓަރިން ނިކުތީ ޢަސުރުނަމާދުވެސް ކޮށްލައިގެންނެވެ. އޭނާ ނޫން އެންމެން ވެސް ސައިމޭޒުދޮށުގައި އިނުމުން ރިޔާންވެސް އަވަސްއަވަހަށް މޭޒުދޮށުގައި އިށީދެލިއެވެ. ” ދަރިފުޅާ އޮފީސް ކިހިނެއް ،؟ ކަމުދޭތަ ؟ ” އަދްހަމް އަހާލިއެވެ. ” ލައްބަ ” އަދަބުވެރިކަމާއެކު ރިޔާން ބުނެލިއެވެ. ހަވީރު ސައި ނިންމާލަމުން އެންމެން ސޯފާގައި ހަމަޖެހެލީ އިތުރަށް ކުރާނެ ކަމެއް ނެތުމުންނެވެ. ސޯފާގައި އިނުމަށް ފަހު ފޯނު ހުޅުވާލި ރިޔާން އަށް ލައިހާ ގެ މެސެޖް ފެނުމާއެކު އުފަލާއެކު މެސެޖް ހުޅުވާލިއެވެ. ވަޒީފާ އާ ބެހޭގޮތުން ލައިޙާ އަހާފައިވުމުން ރިޔާން އެ ސުވާލަށް ޖަވާބު ދެމުން ފޯނުނިއްވާލިއެވެ. މުޅި ސިޓިންރޫމްގައި ވާ ހަމަހިމޭން ކަން ނަގާލީ ނުޒްހަތް ގެ ފޯނު ރިންގްވި އަޑަށެވެ. އެހެންކަމުން އަވަސް އަވަހަށް ފޯނުނެގީ ގުޅަނީ އޭނާ ގެ އެކުވެރިއަކަށް ވުމުންނެވެ. ފަސްމިނެޓް ވާހަކަ ދެއްކުމަށް ފަހު ނުޒްހަތް ފޯނުބާއއްވާލިއިރު އޭނާގެ ތުންފަތުގައު ކުޅެލާފައިވާ ހިނިތުންވުމުގެ ސަބަބުން އެންމެންގެ ހިތުގައި ސުވާލުއުފެދުނެވެ. ” ކިހިނެއް ވީ ؟ ކާކުގެ ފޯނެއް ” އަދްހަމް އަހާލިއެވެ. ” އަރޫޝާ މާލެ ގެނެސްފިއޯ ދެންމެ އެބުނީ އަދްހަމް އޭނާ ކައިރި އަށް ގޮސްލަން ވާނެ އެތްނު ، އަދި ބުނީ ކުޑަކޮށް ހާލު ދެރަވާހަކަ ހޮސްޕިޓަލް ގާވީ ” ނުޒްހަތް ބުނެލިއެވެ. ” މަންމާ އެއީ ކާކު ؟ ” ސުވާލު އުފެދިފައި އިން ޔުލީން އަހާލިއެވެ. ” މަންމަ ދިޔާމެންނު ބޭރަށް ދޯ އެކުވެރިއެއް ހާލު ދެރަވެގެން އެއީ އަރޫޝާ ، ހިތުގެ ބަލި ހުންނަ ދައްތަ އެއް އެއީ ، ޔުލީ ވެސް ވާނެ މަންމަ އާއެކީ މިރޭ ދާން، އަރޫޝާ ހުންނާނެ ޔުލީ މެންވަރުގެ އަންހެން ކުއްޖެއް ވެސް ، ” ނުޒްހަތް ކިޔާދިނެވެ. ” ލައްބަ މަންމާ ” ޔުލީން ބުނެލިއެވެ.
އައިސްފައިވާ ރިޔާންގެ މެސެޖް އަށް ރިޕްލައި ދެމުން ކޮޓަރިން ނިކުން ލައިހާ ގެ މޫނުމައްޗަށް ހައިރާންކަމެއް ވެރިވެގަތީ އަވަދިނެތި އުޅެމުން ދިޔަ ނޫރީން ފެނުމުންނެވެ. ޒިޔާދު ވެސް ބެލްކަނީގައި ފޯނެއްގައި ހުރިތަން ލައިހާ އަށް ފެނުނެވެ. ” މަންމާ ކިހިނެއް ވީ އޯ ހާދަ ބުރަކޮށްލާގެން ” ބަދިގެތެރޭން ނިކުން ނޫރީން ފެނުމުން ލައިހާ ސުވާލުކޮށްލިއެވެ. ” އާން ދަރިފުޅާ ، މާދަމާ ޒަޔާން އަންނަ ވާހަކަ ބުނެގެން އެހެންވެ އެ ކޮޓަރި ސާފުކޮށްލަނީ މިގެން ، ހަމަ ކުއްލިއަކަށް ބުނީ އެހެންވެ ” ހުޅުވާފައި ހުރި ކޮޓަރިތެރެ އަށް ވަންނަމުން ނޫރީން ބުނެލިއެވެ. ” އޯހް ، މަންމާ ހިނގާ ލައީ ވެސް އެހީވާނަން ” މިހެން ކިޔާ ލައިހާ ވެސް ނޫރީން ފަސްފަހަތުން ނޫރީން އަށް އެހީވަމުން ދިޔައެވެ. ޒަޔާން ހުންނަން ހަމަޖެހުނު ކޮޓަރި ސާފުކޮށްނިމުނު އިރު ލައިހާ ހުރީ ވަރުބަލިވެފައެވެ. ފުރުޖުން ޖޫސްޕެކެޓް އެއް ނަގަމުން ލައިހާ އެ ބޯލައިގެން ފެންވަރާލަން ދިޔައީ މަޢްރިބް ނަމާދު ވަގުވެސް ކައިރި ވާތީއެވެ.
ނުޒްހަތް އާއެކީ ދިޔުމަށް ޔުލީން ތައްޔާރުވެގެން ނިކުން އިރު ނުޒްހަތް ސިޓިންރޫމްގައި ޔުލީންގެ އިންތިޒާރުގައި އިނެވެ. އޮފީހުގައި ކަމެއް ޖެހުމުގެ ސަބަބުން އަދްހަމް އަށް ދެވޭގޮތެއް ނުވިއެވެ. އެހެންކަމުން ނުޒްހަތް އަދި ޔުލީން އެކަނިދާން ނިންމިއެވެ. އޭޑީކޭ ހޮސްޕިޓަލް ތެރެ ވަނީ ފުރިބާރުވެފައެވެ. އެހެންކަމުން ޔުލީންގެ ހިތުގައި ފޫހިކަމެއް އުފެދުނެވެ. ނަމަވެސް ކެތްކޮށްލައިގެން ނުޒްހަތް ގެ ފަހަތުން ދިޔައެވެ. ޕްރައިވެޓް ރޫމް ތަކާދިމާލުން ތަންކޮޅެއް ދުރުގައި ހުރި ރޫމްއަކަށް ނުޒްހަތް އާއެކު ޔުލީން ވަންއިރު ދޮރާ ފުރަގަސް ވާގޮތަށް އިން އަންހެން ކުއްޖާ ފެނުމުން އެއީ އަރޫޝާ ގެ ދަރިކަން ޔުލީން އަށް އިނގުނެވެ. ދަނބުކުލައިގެ ޝޯލް އަކުން ބޯނިވާކޮށްލާފައި އިން އެ އަންހެން ކުއްޖާ ގެ މޫނުދުށުމަށް ޔުލީން ބޭނުންވެލިއެވެ. ޔުލީންމެންގެ ހިލަންވެގެން އެކުއްޖާ ފަހަތަށް ބަލައިލި ގަނޑީ ޔުލީން އަށް އެމޫނުފެނިލިއެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
5 Comments!
Comments are closed.




Hlw readers
Hope u like this part
Next ISA soon
Stay safe and tvgc ❤️❤️
Loved this part too! ❤ waitin for the next curiouslyyyy ? take care and be safe sweetie
In reply to magnummm
Thank uu soo much luws
ISA next soon
keep waitting sweetie
stay safe and tvgc
Nice story
Your the best author
In reply to Unknown one
Thank uuu soo much
Aleyy srsly vrh ufaavehje thikan inguny maa
Thanks again
Stay safe and tvgc